ލޯތްބައްޓަކައި (3ވަނަ ބައި)
ގޭގެ ދޮރުގައި ބެލް އޅާލި އަޑު އިވުމުން ސޯފާގައި އށީނދެއިން ރާއިދާ ގޮސް ދޮރު ހުޅުވާލިއިރު ކުރިމަތީގައި ހުރި ޝޫރާ ފެނުމުން އަވަހަށްް ވަންނަން ތަންދެއްކިއެވެ.”ދައްތާ، ރަފްއަދިވެސް ހުރީ ރުޅިއައިއްސަތަ؟”ރާއިދާގެ މޫނު މަތީގެ ކުލަވަރުތަކައް ބަލާލުމުންވެސް އެ ސުވާލުގެ ޖަވާބު އިނގެން ހުރި ނަމަވެސް ޝޫރާ އަހާލީ ޔަޤީންކޮއްލުމުގެ ގޮތުންނެވެ.”އާން ދައްތަ ކިޔައި ކިޔައި ނުވެސް ތެދުވި، ޝޫ ގޮސް ގޮވާލަބަލަ އަޅެެ ރޭންސުރެ ނުވެސް ކައި އެއޮތީ”މާޔޫސް ކަމާއެކު ރާއިދާ ކިޔައިދިނެވެ se puede encontrar aquí.”ދައްތަ ހާސްނުވޭ އަޅުގަނޑު ރަފްއާ ވާހަކަދައްކާނަން”އެހެން ބުނުމަށްފަހު އެބޮޑު ސިޓިން ރޫމްގެ މެދާވީދިމާލަށްހުރި ސިޑިން އަރައިގެން ޝޫރާ މިސްރާބުޖެހީ ރަފްގާގެ ކޮޓަރިއާއި ދިމާލަށެވެ.ރަފްގާގެ ކޮޓަރިއަށް ވައިން އިރު ހުސްކޮށް އޮތް ކޮޓަރި ފެނުމުން ޝޫރާ ގޮސް އެ ބޮޑު ކޮޓަރީގައި ހުރި ހުދުކުލައިގެ ސޯފާގައި އިށީނދެލީ ރފްގާ ވީ ފާހަނައިގައިކަން ނަގައިގަނެވުމުންނެވެ.ހަތަރު ފާރުގައިވެސް މަޑު ފިޔާތޮށި ކުލައެއް ލެވިފައިވީއިރު ބޮޑު ކިންގް ސައިޒްގެ އެނދާދިމާލަށްވީ ފާރުގައި ރަފްގާގެ ބޮޑު ތަސްވީރެއް ހަރުކުރެވިފައި ހުއްޓެވެ.އެނދުގައި އަޅާފައިއޮތް ބެޑްޝީޓާއި ބާލިސް އުރަތަކުގައި ގަދަ ފިޔާތޮށިކުލަވީއިރު،އެނދުމަތީގައި އޮތް ކަފަރަޖަލުގައި ވަނީ ހުދުކުލައެވެ.އެނދުމަތީގައި ރިހިކުލައިގެ ދެ ސީކުއެންސް ޕިލޯ އޮތްއިރު،އެކޮޓަރީގެ ހުރިހާ ފަރުނީޗަރެއްވެސް ވަނީ ހުދުކުލައިންނެވެ.އެނދުގެ ދެފަރާތުގައިވެސް ދެ ކުޑަ ކަބަޑު ބެހެއްޓިފައިހުރިއިރު އެދެ ކަބަޑުގެ މަތީގައިވެސް ހޭންޑް ލޭމްޕް ބެހެއްޓިފައި ހުއްޓެވެ.އެނދުގެ ކަނާތްފަޅީގައި ތިންދޮރުފަތްލީ ބޮޑު އަލަމާރިއަކާއި ރީތިވާމޭޒެއް ހުރިއިރު،އެމޭޒުމަތީގައި އަގުބޮޑު ސެންޓުފުޅިތަކާއި ރީތިވާ ސާމާނު އަތުރާލާފައިހުއްޓެވެ.ކޮޓަރީގެ ވާތްފޅީގައި ކިޔަވާ މޭޒަކާއި ގޮނޑިއެއް ހުރިިއިރު އެ މޭޒާއިންވެގެން ބޯ ވާހަކަފޮތްތަކުން ފުރިބަރާވެފައިހުރި ހިމަދިގު ކަބަޑެއް ހުއްޓެވެ.އެ ކަބަޑާއިޖެހިގެން ކެހޭގޮތައް ހުރި ބޮޑު ކުޑަދޮރެއް ހުރިއިރު އެ ކުޑަދޮރު ކަހާލާފައި ނިކުމެވޭގޮތަށް ކުޑަ ބެލްކަނީކޮޅެއް ހުއްޓެވެ.ބެލްކަނީގައި ކުޑަ އުނދޯއްޔެއް އެލުވާފައިހުރި އިރު އެކި ވައްތަރުގެ މާއަޅާގަސްތައްވެސް ހައްދާފައިހުއްޓެވެ.އެނދާދިމާ ކުރިމައްޗައްވާގޮތަށް ހުދުކުލައިގެ ސޯފާސެޓެއް ހުރިއިރު ސޮފާގެ މެދަށްވީގޮތަށް ކުޑަ ބިއްލޫރި މޭޒެއް ހުއްޓެެވެ.ސޯފާއާއި ކުރިމައްޗައްވާގޮތަށް ހުރި ފާރުގައި ބޮޑު ފަތި ޓީވީއެއް ހަރުކުރެވިފައިވީއިރު އެ ފާރުގައި އެކި ލިޔުންކޮޅުތައް ލިޔެފައި ހުރި ފްރޭމުތަކާއި ރަފްގާގެ ފޮޓޯތަކެއްވެސް ހަރުކޮއްފައިހުއްޓެވެ.މުޅިކޮޓަރި ތެރެއިންވެސް ފެންނަން ހުރީ ހުދުކުލައާއި ފިޔާތޮށި ކުލައެވެ.މުއްސަނދިކަމާއި ފޯރާކަމެވެ.ފާހަނައިގެ ދޮރު ހުޅުވުނު އަޑަށް ކޮޓަރިތެރެއަށް ނަޒަރުހުއްޓައިލައިގެންއިން ޝޫރާ އެދިމާލަށް ބަލާލިއެވެ.ގަދަ ފިޔާތޮށި ކުލައިގެ އޮފްށޯލްޑާރ ހެދުމެއް ލައި ތެތް އިސްތަށިގަނޑު ހިއްކަމުން ނިކުތް ރަފްގާ އަށް ޝޫރާ ފެނުމުން އައިސް ޝޫރާ ގައިގަ ބައްދައިގަތެވެ.”ރަފް ނުރޮއްޗޭ”ރަފްގާ ރޮނީ ކަމަށް ހީކޮށް ރަފްގާ ދުރު ކޮއްލި ޝޫރާ އަށް ހައިރާން ކަމެއް ލިބުނީ ފުޅާ ހިނިތުން ވުމަކާއެކުގައި ހުރި ރަފްގާ ފެނުމުންނެވެ.ޝޫރާއާއި ދުރަށް ޖެހިލަމުން ރަފްގާ ގޮސް ރީތިވާ މޭޒު ކައިރީގައި ހުއްޓުނު އިރުވުސް އެ މޫނު މަތިން ހިނިތުންވުން ނުފިލައެވެ.”ހަމަގައިމު ރަފްގެ މަންމަ ބުނި ރުޅިއައިއްސައޭ އަދިވެސް ހުރީ،އަހަރެން ހީކުރީ ކަމަނާފާނު ރޯންކަމަށް ފަށާނީ.އެކަމް އެޔާ ދިމާ އިދިކޮޅު މިފެންނަނީ”ހައިރާންވެހުރެ ޝޫރާ ވާހކަ ދެއްކީ އެހެންޔާ ރަފްގާ އަކީ އެފަަދަ ކޮންމެކަމެއް ވިޔަސް އެހެންމީހުން ކުރިމަތީގައި ރުޅި މޫނު ހަދައިގެން ހުއްޓަސް އޭނާ ގެކުރިމަތީގައި ރޮއެ ހުރިހާ ޝަކުވާތަކެއް ބޭރުކުރާ މީހަކަށް ވީތީއެވެ.”ޝޫވެސްދޯ!އަސްލު ވަރަށް ދެރަވި ޑޭޑް ދިޔައީމަ އެކަމް އާފްޓާރ އައި ސޯ ހިސް ޓެކްސްޓް އައި އޭމް ސޯ ހެޕީ”މާޔޫސް ކަމާއެކު ފެށި ޖެމްލަ ރަފްގާނިންމާލީ އުފާވެ ހުރެ ކުޑަކޮށް ފުންމާލަމުންނެވެ.”އޯ މިއީ ދޯ ސިއްރަކީ،އޭރު ވެސް ހީވިޔޭ މީ އޭނަގެ ކަމެކޭ”ލާނެއް ހިނިތުންވުމކާއެކު ޝޫރާ ބުނެލިއެވެ.ރަފްގާގެ މޫނުމައްޗަށް ލަދުވެތި ހިނިތުންވުމެއް ވެރިވެގެން ދިޔަ އިރު އެކަން ފޮރުވުމަށްޓަކައި އޭނާ އަވަހަށް ބޮލުގަ ފުނާއަޅަން ފެށީ ޝޫރާައަށް ފެނިއްޖެނަމަ އިތުރަށް ދިމާކުރާނެކަން އިނގޭތީއެވެ.”ޝޫ އައި ޓޯލްޑް މޯމް ޕާރޓީއެއް ނުބާއްވާނަމޭ ދެން އޭނަޔާ މީޓް އެއްވެސް ނުވާނެ”ރިތިވާންހުރެ ރަފްގާ ވާހަކަ ދެއްކިއެވެ.”ދެން ހަވީރު ކޭކްފަޅާގަޑިއަށް އޭނައަށް އިންވައިޓް ކުރަން ވީނު.”ޝޫރާ އޭނާގެ ހިޔާލު ފާޅު ކުރިއެވެ.އެދެމެދުގައި ދެކެވެމުން ދިއައީ ރަފްގާއަށް ވަރަށް ހާއްސަ ފަރާތެއްގެ ވާހަކައެވެ.”ނޯވޭ ޝޫ ހަދާންނެތުނީތަ؟ތުއްތު ހޭޓްސް ހިމް،ތުއްތުވެސް ހުންނާނެ އަހަރެންނަކަށް ލާހިކެއްނޫން ތުއްތު ހުންނަ ތަނެއްގަ އޭނަގެ ނަން ގަންނާކަށް ވެސް”ދެލޯ ބޮޑު ކޮށްލަމުން ޝޫރާއާއި ދިމާލަށް ބަލާލަމުން ރަފްގާ ބުނެލި ގޮތުންވެސް އޭނާ ބިރުގަނެފައި ހުރިވަރު ހާމަވެއެވެ.”ރަފް އައި އޭމް ސްޓިލް ޝޮކްޑް އެދެމީހުން އެއީ ސްކޫލްގަ އުޅުނު އިރުގަވެސް އެހާ ކްލޯސްކޮށް އުޅުނު ދެމީހުން،ދޭ ވާރ ލައިކް މެގްނެޓްސް،ކިހިނެއްތަ އަސްލުވީ މިހާރު އެ ދެމީހުނެކޭ ދެ އެެނެމީސް އެކޭ ތަފާތެއް ނެތް”އޭނާގެ ހިތުގައި އަބަދުވެސް އޮންނަ ސުވާލު ޝޫރާ ރަފްގާއާއި ކޮއްލިއެވެ.”ތެދައް ބުނަންޔާ އަހަރެންނަކަށް ވެސް ނޭނގެ،ތުއްތު ކައިރީ އަހާކަށްވެސް ނުކެރޭ، ތުއްތުއަށް އަހަރެން އޭނާއާ ވާހަކަ ދައްކާކަން އިނގިއްޖިއްޔާވެސް ވަރަށް ރުޅި އަންނާނެ.”ދެ އެކުވެރިން ދައްކަމުން ދިއަ ވާހަކަ މެދުކަނޑާލަންޖެހުނީ އެ ކޮޓަރީގެ ދޮރުގައި މީހަކު ޓަކި ޖެހުމުންނެވެ.
……………………………
މާލެއާއި ހުޅުމާލެ ގުޅުވާދޭ ބްރިޖް މަތިން ބާރު ސްޕީޑުގައި ދުއްވާފައި ދިޔަ ރަތްކުލައިގެ ލެމްބޯރގިނީ ކާރުގެ ސްޕީޑު ބާރުކަމުން ހީވަނީ ދެންމެ ދެންމެ އެކްސިޑެންޓު ވެދާނެ ހެންނެވެ.ކާރުގެ ފުރޮޅު ކައިރިން އަލިފާން ކަނި ބުރާހާ ބާރަށް ދުއްވަމުން ދިޔަ އެކާރަށް ގިނަ ބަޔަކު ފާޑު ކިޔަމުން ދިޔައިރު ބްރިޖް މަތީގައި ތިބި އަނެއްބައި މީހުން ދިޔައީ އާޝޯހު ވެތިބެ އެމަންޒަރު ބަލާ ފޯނުތަކުގައި ރައްކާކުރަމުންނެވެ.އެއިން އެއްވެސްކަމަކަށް ކާރު ދުއްވަން އިން މީހާގެ ސަމާލުކަން ހުރި ހެނެއް ހީއެއް ނުވެއެވެ.ކާރު ތެރޭގައި އަޑު ބާރުކޮށް އިމޭޖިން ޑްރެގަންސް ގެ ބިލީވަރ ލަވަ ޖަހާފައި ހުރި އިރު،ކާރު ދުއްވަން އިން ޒުވާނާގެ މޫނު މަތިން ފެންނަނީ ހަމަޖެހުމުގެ އަސަރުތަކެވެ.ކާރު ދުވަމުންދިޔަ ބާރު ސްޕީޑާއި އަޑު ހަރު ކޮށް ޖަހާފައި ހުރި ލަވައިން އޭނާއަށް ހިތްހަމަޖެހުން ލިބެނީ ކަންނޭގެ އެވެ.ހިތްހިމަޖެހުމެގެ އަސަރުތައްވީ އެ މޫނުމަތިން ނުރުހުމުގެ އަސަރު ފާޅުވެ ދެބުމަ ގޮށްޖެހިގެން ދިއައީ ހައިވޭގެ ނިމޭ ކޮޅު މަގު ބަންދު ކޮށްގެން އޮތް ޕޮލިސް ޖިޕް ފެނުމުންނެވެ.އައި ރުޅީގައި ކާރުގެ ވީލްއަށް ގޮށްމުށުން ހަމަލާއެއް އަރުވާލުމަށްފަހު ބުރަކި ޖައްސާލަމުން ޕޮލިސް ޖިޕާއި ތަންކޮޅެއް ދުރަށް އޭނާކާރު މަޑުކޮށްލިއެވެ.އޭރު ހައިވޭމަތީގައި ސައިކަލުތަކުގައި ވެސް ގިނަ މީހުން މިމަންޒަރު ބަލަން މަޑުކޮށްލައިގެން ތިއްބެވެ.ވާނީވެސް އެހެން ނޫންހެއްޔެވެ.ބަލާބެލުމަށް ހީވަނީ ފިލްމް އެއްގެ މަންޒަރެއް ހެނެވެ.އެ ޒުވާނާ ކާރުގެ ދޮރު ހުޅުވާލުމަށް ފަހު ނިކުތުމާއެކީ ޕޮލިހުންގެ ދެ މީހަކު ގޮސް އޭނާގެ ގާތުގައި މަޑުކޮއްލިއެވެ.”އާލިމް އަބްދުލް ހަނީފް”ޕޮލިސް އޮފިސަރ އޭނާގެ ނަމުން ގޮވާލުމާއެކީ ފޫހި ގޮތަކަށް އެ ފުލުސް މީހާއާއި ދިމާލަށް އާލިމް ބަލާލީ ކިހިނެއްވީހޭ އަހާފަދަޔަކުންނެވެ.އާލިމް ގެ ލޮލުގައިވީ ޖެހިލުން ކުޑަކަމާއި ކެރުންތެރިކަމުން މިއީ އޭނާއަށް އާކަމެއް ނޫންކަން ހާމަވެއެވެ.
……………………..
”ސަރް ވަރަށް އަވަހަށް އިނޯގްރޭށަން ރޫމް އަށް ދުރުވެދެއްވުން އެދެން”މޭޒުމަތީގައި އޮތް ލޭންޑްލައިން ފޯނަށް ޖަވާބު ދޭން ކަންފަތުގައި ޖަހާލުމާއެކު އިވުނު އަޑުން މިދަނީ ކަމުގައި ބުނެ އިށީންދެގެން އިން ކަފަޖެހި އެނބުރޭ ގޮނޑިން ތެދުވެގެން ހަނީފް އަވަސްވެގަތީ އިނޯގްރޭށަން ރޫމް އަށް ދިއުމަށެވެ.އޭރު އޭނާގެ މޫނުމަތީގައިވަނީ ކާމިޔާބީގެ ހިނިތުންވުމެކެވެ.
ހަނީފް ގޮސް އިނޮގްރޭށަން ރޫމް ކުރިމަތީގައި ހުއްޓި ލުމާއެކު އެތާގެ ފާރަޔަށް ފުލުސް ޔުނީފޯރމުގައި ހުރި މީހާ އިހްތިރާމާއިއެކު އޭނާއަށް ސެލިއުޓްކުރިއެވެ.ބޯ ޖަހާލަމުން ދޮރުން އެތެރެއަތް ވަތް ހަނީފްގެ އަޑަށް އެ ކޮޓަރިތެރޭގައި ހުރި މޭޒުގައި ބޯއަޅާލައިގެން އޮތް އާލިމް ބޯ ހިއްލާލި އިރު އެ ދެލޮލާއި މޫނުމަތީގައިވަނީ އިންތިހާ ރުޅިވެރިކަމެވެ.ހަނީފްގެ އިށާރާތައް އެތާ އެތެރޭގައި ތިބި ދެ ފުލުހުން ބޭރަށް ނުކުތުމުން އޭނާގޮސް މަޑުކޮށްލީ އާލިމްއިން މޭޒުގެ ކުރިމަތީގައެވެ.ލައިގެން ހުރި ފުލުސް ޔުނީފޯރމާއި ކޮނޑަށް އަރާފައިވާ ބެޖްތަކާއި ތަރިތަކުންވެސް އޭނާއަކީ ފުލުހުންގެ އިސް ފަރާތެއްކަން ހާމަވެއެވެ.އަޅައިގެން ހުރި ގަދަ ނޫކުލައިގެ ތޮފިނަގާ އެމޭޒުމަތީގައި ބާއްވާލަމުން އޭނާގެ ބިޔަ ހަށިގަނޑު ސީދާ ކޮއްލަމުން އާލިމް ގެ ކުރިމައްޗައްވާގޮތައް ހުރި ގޮނޑީގައި ހަނީފް އިށީނެވެ.”ކޮމިޝަނަރ އޮފް ޕޮލިސް އަބްދުލް ހަނީފް ކީތްވެތޯ އަޅުގަނޑު މިތަނައް ތި ހާޒިރު ކުރުވީ، އެވެސް އެހާ އިއްޒަތުގަ”މަލާމާތުގެ ރާގަކަށް އާލިމް އަހާލި އިރު އައިސްފައި ހުރި ގަަދަ ރުޅީގެ ސަބަބުން އޭނާގެ ކަތުރު ކަށިގަނޑަށް ވާންވެގެން ދިޔައެވެ.”އާލިމް ތީތަ ބައްޕަޔާ މުހާތަބުކުރަން އިނގުނު ގޮތަކީ؟ތީތަ މިވީ 17 އަހަރު ތެރޭ އަހަރެންނަށް އާލިމަށް ދެވުނު ތަރުބިއްޔަތަކީ؟” ހަނީފް ގެ ބާރުއަޑު އެކުޑަ ކޮޓަރި ތެރޭ ގުގުމައިގެން ދިޔައެވެ.އޭރުވެސް އާލިމް ގެމޫނުމަތިން ޖެހިލުންވުމުގެ ކަންފުޅެއްވެސް ފެންނަން ނެތްއިރު އެ މޫނު މަތީގައިވަނީ މަލާމާތުގެ ހިނިތުންވުމެކެެވެ.”ބައްލަވާ ތިޔަ ބޭފުޅާއެއް ނޫންތޯ ބުނުންވަނީ ގެއުން ބޭރުގަ ތީ ފުލުހެކޭ، އަޅުގަނޑުގެ ބައްޕައަށް ވާނީ ހަމައެކަނި ގޭގެ ހަތަރު ފާރުތެރޭގައޭ”އާލިމްގެ ޖުމްލައާއެކު ހަނީފްގެ އަތުގެ ހޫނު ހަމަލާއެއް އޭނާގެ ކަންކަށި މައްޗައް އަރައިގެންދިއައިރު ކޮއްޅަށް ތެދުވެ ހުރި ހަނީފް ހުރީ ރުޅިއައިސްގެން ގޮސް ހަލާކުވާވަރުވެފައެވެ.އޭނާގެ ކުރުމަތީގައި އޭނާގެ އަމިއްލަ ދަރިފުޅު އެއްވެސް ޖެހިލުންވުމެއް އިހްތިރާމެއް ނެތި ވާހަކަ ދެއްކުމުން އޭނާއަށް ވެސް ކެތްނުވީއެވެ.”އާލިމް މިއަދު މިތަނަށް ގެންނަންޖެހުނު ސަބަބު އާލިމްއަށް ވެސް އޮޅިފައެއް ނޯންނާނެ, އަށާރަ އަހަރު ނުފުރެނީސް އިންޖީނުލީ އުޅަނދު ދުއްވުމުގެ ހުއްދައެއް އަދި މި ޤައުމަކުން ނުދޭ އަހަރެންގެ ދަރިއަކަސް ގާނޫނު ވާނީ ގާނޫނަށް މިފަހަރު ދޫކޮށްލިޔަސް ހަނދާންކުރާތި ދެން މިކަން ތަކުރާރު ވެގެން ނުވާނެ. ކާރަކާއެކު ޑްރައިވަރެއްވެސް އަަހަރެން އާލިމްއަށް ހޯދައިދީފަ ހުންނާނެ.”ރުޅި މަޑުކުރަން މަސައްކަތް ކުރަމުން މަޑުމައިތިރި ކަމާއެކު ވާހަކަ ދެއްކިއެވެ.”އޯ…އެކަމް ކޮމިޝަނަރ ގެދަރިއަށް ވިއެކޭ ކިޔާފަ އެއްވެސް އެއްޗެއް އަހަރެން ބޭނުމެއްވެސް ނޫން.ބައްޕަގެތި ޕޮސިޝަންއާ ބާރާ ނުލާވެސް އަހަރެންނަށް އުޅެވިދާނެ”އިންތަނުން ތެދުވެ ހިނގައިގަންނަމުން ހަނީފްއާއި ހަތަރުކަޅި ހަމަކޮށް އެހެން ބުނެލުމަށްފަހުއެތަނުން ނިކުމެގެން އާލިމް ދިއައެވެ.އާލިމް ނިކުމެގެން ދިއުމާއިއެކު އެމޭޒުމަތީގައި ހުރި ބިއްލޫރި ފެންބޯތަށީގައި އަތުންޖަހާ ހަނީފްއޭތި ބުރުވާލިއެވެ.ޝަހީދް ހުސެން އާދަމް ބިލްޑިންގް އިން ނިކުތް އާލިމް އަށް މަގުގެ އަނެއް ފަޅީގައި ޕާރކް ކޮއްފައި އޮތް އޭނާގެ ކާރާއި ކާރުގެ ކައިރީގައި ހުއްޓި ހުރި ޑްރައިވަރު ފެނުމުންވެސްއަޅާނުލައި ހިނގައިގަތީ އެވެ.މަގުމަތިން ހިނގަމުން ދިޔައިރު އެތައް ބައެއްގެ ނަޒަރު ދިއައީ އާލިމް އަށް ހުއްޓެމުންނެވެ.އޭގެތެރޭގައިވެސް ގިނައީ ޒުވާން އަންހެންކުދިންނެވެ.ހަމުގެ ކުލައަލިވެފައި ކަސްރަތީ ހަށިގަނޑެއް ލިބިފައިވާރު ލައިގެންހުރީ ވޯލްކޮމް ބްރޭޑްގެ ޓީޝާޓަކާއި ޖީންސް ފޮތީގެ ސޯޓެކެވެ.ކަޅުކުލައިގެ ފަން އިސްތަށި ކޮޅު މައްޗައް ހިއްލާލައިފައި ހުރި އިރު ލޮލަށްވަނީ އަޅިކުލައިގެ ލެންސް އެއް ލައްވާފައެވެ.ހިނގާފައި ދިޔަ ގޮތައް ގޮސް އާލިމް ވަނީ ހަބުރިއަށް ނަގާަފައިހުރި ބޮޑު އިމާރާތެއްގެ ތެރެއަށެވެ.
……………………………..
އިށީންދެގެންއިން ބެންޗް އިން ތެދުވެ ފާލިހް އާ ދިމާލަށް ފަލަކް އެނބުރިލިއެވެ .”ދަރިފުޅާ…. ބައްޕަޔަށް އިނގޭ ދަރިފުޅުގެ ހިތުގަ އެތައް ސުވާލެއް އެތައް ޝަކުވާއެއް ހުންނާނެކަން..އެކަމު މިވަގުތު ދަރިފުޅުގެ މަންމަ ބޭނުންވާނީ ދަރިފުޅު ހިނިތުންވެލައިގެން ހުންނަތަން ދެކެން”ފާލިހްގެ ބަހަށް ބޯޖަހާލަމުން ފަލަކް ހޮސްޕިޓަލުގެ ތެރެއަށް ވަދެގެން ގޮސް އޮޕަރޭޝަން ކުރާ ކޮޓރި ކުރިމަތީގައި ހުރި ގޮނޑިބަރި ތަކުގައި ފޫޖައްސާލިއެވެ.ކުޑަ އިރުކޮޅެއް ނުވަނީސް ފާލިހްވެސް އައިސް އެތާ މަޑު ކޮއްލީ ރަޝްފާގޮވައިގެން ނަރުސް ކުދިން އިރުކޮޅަކުން އަންނާނެ ކަން އިނގޭތީއެވެ.ފުރޮޅުލީ އެނދެއްގައި ނަރުހުން ރަޝްފާ އޮޕަރޭޝަން ކުރާ ކޮޓަރި ކައިރިއަށް ގެނައި އިރުގައިވެސް އޭނާގެ ހޭ ހުރީކިރިޔާއެވެ.މެރެމުން ދިޔަ ރަޝްފާގެ ދެލޯ ފެނުމުން ފަލަކް ގޮސް އޭނާގެ މަންމަގެ އަތުގައި ހިފައި ކަރުނަތައް ހިނަދާލަމުން ހިނިތުންވެލި އިރު ރަޝްފާއޮތް އެނދާއި ގާތުގައި ހުއްޓި ހުރި ފާލިހް ރަޝްފާގެ ބޮލުގައި ފިރުމާލަމުން ބޯޖަހާލީ ރަޝްފާ އެދުނުފަދައިން އޭނާކަންތައް ކޮށްދޭނެ ކަމުގެ ޔަޤީންކަންދިނުމުގެ ގޮތުންނެވެ.ހިނިތުންވެގެން ހުރި ފަލަކް ފެނުމުން އެ ހާލުގައި އޮވެވެސް ރަޝްފާ ހިނިތުންވެލިއެވެ.ފާލިހް ފަލަކް އަށް ދެރަގޮތެއް ވިޔަނުދޭނެ ކަމުގެ ގެރެންޓީއޮތުމުން ބަރުވަމުން ދިޔަ އެސްފިޔަތަކަށް އެއްބާރުލުން ދިނުމުގެ ގޮތުން ރަޝްފާ ދެލޯ މަރާލިއެވެ.އޮޕަރޭޝަން ކުރާކޮޓަރީގެ ރަތް ބޮކި ދިއްލުނު ފަހުން ހަތަރު ގަޑީރު ވެގެން ދިއައިރުވެސް ނަރުހެއް އަދި ޑޮކްޓަރެއްގެ ވެސް ހިލަމެެއް ނުވުމުން ފަލަކްގެ ހިތް ބިރުގަންނަންފެށިއެވެ.މީހާ ހާސްވެއިންތަނުން ތެދުވެ ތިއޭޓާރ ކުރިމަތީގައި ހިނގަން ފެށި އިރު، ފަަލަކްގެ ހަރަކާތްތަކަށް ނަޒަރު ހުއްޓާލައިގެން ފާލިހް އިނީ ގޮތްހުސްވެފައިވާ މީހެއް ފަދައިންނެވެ.ދެމީހުންނަށް ވެސް އެއްފަހަރާ ތިއޭޓަރުގެ ދޮރާއި ދިމާލަށް ބަލައި ލެވުނީ ދޮރު ހުޅުވުނު އަޑަށެވެ.އުންމީދުން ފުރިގެންވީ ދެލޮލުން ޑޮކްޓަރާއި ދިމާލަށް ބަލައިލި ފަލަކްގެ އެ ޔަޤީންކަމަށް ގުޑުންއެރީ ޑޮކްޓަރުގެ މޫނުމަތީގައިވާ ކުލަތައް ފެނުމުންނެވެ.
ނުނިމޭ
މިވާހަކައިގެ ދެންއޮތް އެޕިސޯޑުގެ ލިންކު ކޮމެންޓް ސެކްޝަންގެ ތިރީގައި ވާނެއެވެ.
7 Comments!
Comments are closed.



Masha Allah varah salhi mi prt vx … Curiously waiting for nxt … Avahah up kohdhehchey .. lysm
Thankyou yeoja❤️ Liyewunu haa awahakah up koh dheynan…lym
Next part avahah up kohdhehche. ..
Yes glad you like it❤️
Salhiyey salhiyey just speechless ?? waiting for the next part
ekkala comment adhi vx pending ga thaa ahaha keehkeraaanuuu vvvvvvvvvvvvvvvvvvvvvvvvvvvvvvvvv reehhhchey vaahaka yaahoo????????????
Omgggg dhyyyburiii lilly pandaaa mage comment wes pendingga thoacheee streak wes gohojjee inba nufonuwanythingggg …..your storyyy wes soooo reeethi brooo i miss youuuu?❤️