Esfiya - Dhivehi Vaahaka Site
  • އިތުރު
    • އެހެނިހެން
    • ހަޤީޤީ
    • ހިތާމަ
    • ދީނީ
    • މަޒުމޫނު
    • ޅެން
    • މަޖާ
    • ލޯބި
    • ބިރުވެރި
  • އެސްފިޔަ
    • އެސްފިޔަ ޕްރޯ
    • ޤަވާއިދު
    • އިސްތިހާރު ކުރެއްވުމަށް
    • ގުޅުއްވުމަށް
    • މަގޭ ވާހަކަތައް
    • ★ޕޮއިންޓްސް★
  • ލޮގިން
  • ރެޖިސްޓަރ
  • އެހީ
  • ސީރީސްތައް
  • ފުރަތަމަ ޞަފްހާ
ލޯބި

ލޯތްބައްޓަކައި(24ވަނަ ބައި)

Afaa Level 310 Stories100 Comments
August 2, 2020 9 Mins Read
46 Comments

‎ރޭގަނޑު ގެއަށް އާދެވުމާއި އެކީ ކޮޓަރިއަށް ދިޔަ ނިކްޔަންއަށް ކޮޓަރީގެ ދޮރު ކުރިމަތީގައި މަޑު ޖެހި ލެވުނީ، އެނދުމަތީގައި ދޮރަށް ފުރަގަސް ދީގެން އިން ފަލަކް ފެނުމުންނެވެ. އިސްތަށިގަނޑު އެއްފަރާތަކަށް ގެންގޮސްފައި ވުމުން އެ ދޮން ކަނދުރާ އޮތީ ހާމަޔަށެވެ. އަމިއްލަ ކަރުގައި އުނދަގުލާއި އެކު ބޭސް އުނގުޅަމުން ދިޔަ ފަލަކް ފެނުމުން މަޑު މަޑުން ގޮސް ނިކްޔަން ފަލަކްގެ ފުރަގަހުން އެނދުމަތީގައި އިށީންދެލިއެވެ. ފަލަކް ސިއްސައިގެން ދިޔައީ އޭނާގެ ކަރުގައި މީހެއްގެ ބީހުން އިހުސާސް ކުރެވުމުންނެވެ. ސިހިފައި ފަހަތް ބަލާލި ފަލަކްގެ އަތުގައި އޮތް ބޭސްފުޅި ޖަހައި ގަންނަމުން ނިކްޔަން ފަލަކްގެ ކަރުގައިބޭސް އުނގުޅައިދޭން ފެށިއެވެ. މަނާ ކުރާނެ ހައި ހިތްވަރެއް ފަލަކްއަކަށް ވެސް ނުލިބުނެވެ. އެޔާއި އެކު ކޮޓަރީގައި ހުރި ރޭޑިއޯ އިން އަންނަންފެށި ލަވައިގެ ސަބަބުން ފަލަކްއަށް ދެލޯމަރާލެވުނެވެ. މިއަދު ސްޓޯރ ރޫމް ސާފުކުރަނިކޮށް ފެނުނު އެ ކުރީ ޒަމާނުގެ ރޭޑިއޯ އޭނާ ކޮޓަރިއަށް ގެނައީ ވެސް ކީއްކުރަން ހެއްޔެވެ. އިވެމުން ދިޔަ ލަވަޔަށް ދެމީހުންގެވެސް ސަމާލުކަން ހުއްޓުނެވެ.

‎ސިހިއްޖޭ ބިރުން
‎ ކަލާ އަތްލުމުން
‎މަގޭ ހަށިގަނޑުން ބާރު
‎ދޫވެއްޖެޔޭ ދޫވެއްޖެޔޭ
‎ކުރީގައި ނުވާ
‎އެތަށް ގޮތްތަކެއް
‎ވީކަން އަހަންނަށް
‎ޔަޤީންވެއްޖެޔޭ ޔަޤީންވެއްޖެޔޭ

‎

‎ކަރު ކެހިލަމުން ބޭސް އުނގުޅައި ނިމުމާއި އެކު ނިކްޔަން ފަލަކްއާއި ދުރަށް ޖެހިލީ، ފަލަކްއާއި އެހާ ގާތުގައި ހުންނަން ވެއްޖެނަމަ އޭނާއަށް އަމިއްލަ ހިއްސުތަށް ކޮންޓްރޯލް ނުވެދާނެ ތީއެވެ. ބޭސްފުޅި އެނދުމަތީގައި ބޭއްވުމަށްފަހު ނިކްޔަން ތުވާލި ހިފައިގެން ގޮސް ފާހަނާއަށް ވަނުމުން ފަލަކް އަވަހަށް ގޮސް ސޯފާ ކުރިމަތީގައި ހުރި ބިއްލޫރި މޭޒު މަތީގައި ހުރި ރޭޑިއޯ ނިއްވާލިއެވެ. މެޔާވީ ފަރާތުގައި އަތް އަޅައިގެން ހުރެ ފަލަކް ގޮސް އެނދަށް އަރައި އޮށޯތެވެ. އަދި ފާހަނައިގެ ދޮރު ހުޅުވުނު އަޑު އިވުމާއި އެކީ ދެލޯ މަރާ ތަގުޅި ކޮއްލިއެވެ. ނިކްޔަންގެ ހިލަމެއް ނުވުމުން ދެލޯ ހުޅުވާލި ފަލަކްއަށް ސޯފާގައި އޮށޯވެގެން އޮތް ނިކްޔަން ފެނުމުން އަނެއްކާވެސް ދެލޯ މަރާލިއެވެ. ބޮޑު އެނދެކެވެ. ދެމީހުނަށް ދުރު ދުރުގައި ވެސް ނިދިދާނެ އެވެ. ނިކްޔަން ސޯފައިގައި ނިދުން އިޚްތިޔާރު ކުރީ ކީއްވެ ހެއްޔޭ ފަލަކްގެ ހިތަށް އަރަމުން ދިއައެވެ. ފަލަކްއަށް ނުވިސްނުނު ކަމަކީ ނިކްޔަން އެފަދައިން ކަންތައް އެކުރަނީ ހަމަ ފަލަކްގެ އެދުމަށްކަމެވެ. ނިކްޔަން ގާތު އޭނާއާއި ދުރުގައި ހުރުމަށް އެދުނީ ހުދު އޭނާ ކަމެވެ.
‎ދުވަސްތަށް ހަލުވިކަމާއި އެކު ފާއިތު ވަމުންގޮސް އެއްމަސް ވޭތުވެގެން ދިއައީ ހީވެސް ނުކުރާހާ އަވަހަށެވެ. މިވީ އެއް މަހުގެ ތެރޭ އެއްކޮޓަރިއެއްގައި އުޅުނަސް ނިކްޔަން އުޅެމުން އައީ ފަލަކްއާއި ވީހާވެސް ދުރުންނެވެ. އޭނާ ފަލަކްއާއި ވާހަކަ ދައްކަނީވެސް ކޮންމެހެން ވާހަކަ ދައްކަން މަޖުބޫރު ވެއްޖެ ހާލަތެއްގައެވެ. ފަލަކްވެސް ޑިއުޓީއަށް ދާން ފެށުމާއި އެކީ ދެމީހުން ބައްދަލުވަނީވެސް މަދު ފަހަރެއްގައެވެ. ނަމަވެސް ނިކްޔަންގެ އެދުރު ކަމާއި ބީރައްޓެހި ކަމުގެ ސަބަބުން ފަލަކްއަށް ދިއައީ އުނދަގޫ ވަމުންނެވެ. ކީތްވެ ކަމެއް ނޭނގެއެވެ. ނިކްޔަންއާއި ވާހަކަ ދައްކަން މަސައްކަތް ކުރާ ކޮންމެ ފަހަރަކު ނިކްޔަންގެ ފަރާތުން އެއްވެސް ސަމާލުކަމެއް ނުލިބޭތީ އޭނާގެ ހިތް މާޔޫސް ވެއެވެ. ނިކްޔަން އޭނާޔާ ވާހަކަ ދައްކާ ސަމާސާ ކޮށް ހެދުމަށް އެދެވެއެވެ. ދަންވަރު ޑިއުޓީ ނިންމާލާފައި ފަލަކްއަށް ގެއަށް އާދެވުނީ ނިކްޔަން އޮފީހަށްދާން ގެއިން ނިކުންނަ ގަޑިޔަށެވެ. އެހެނަސް ނިކްޔަން ގެ ކާރު ގަރާޖުގައި އޮތްތަން ފެނުމުން ނިކްޔަން އަދި އޮފީހަށް ނުދާކަން ފަލަކްއަށް ނަގައިގަނެވުނެވެ. ގެއަށް ވައިން އިރު ސިޓިން ރޫމާއި ކާ މޭޒު ދަށުގައިވެސް ނިކްޔަން ފެންނަން ނެތުމުން ފަލަކް އަވަސް ވެގަތީ އެމީހުންގެ ކޮޓަރިއަށް ދިއުމަށެވެ. ސޯފާ ހުރަސްކޮށް ސިޑި އާއި ދިމާލަށް އަޅާލި ފުރަތަމަ ފިޔަވަޅާއި އެކީ ފަލަކްގެ ތޫލި ހަޅޭކުގެ އަޑު މުޅި ހޯލް ތެރޭ ގުގުމައިގެން ދިއައެވެ. ހޯލްތެރޭގައި މޮޕުލާން ހުރި ނޯކަރު މީހާއާއި ސައިބޯން އިން ނުހާ އަވަސް އަވަހަށް އައިސް ފަލަކް އަށް ތެދުވުމަށް އެހީ ވެދިނެވެ. މޮޕުލާފައި ހުރީ ދެންމެޔަކު ކަމުން މާރބަލް ޓައިލްސް ތަށް މަތިން ފަލަކް ކައްސާލީއެވެ. ވެއްޓި ޖެހުނުގޮތަކުން އަތަށް އެރި ތަދުގެ ސަބަބުން ނުހާގެ އެހީގައި ކޮއްޅަށް ތެދުވި އިރުވެސް ފަލަކްއަށް ހުރެވުނީ އޭނާގެ ކަނައަތުގައި ހިފަހައްޓާލައިގެންނެވެ. ފަލަކްގެ ހަޅޭކުގެ އަޑަށް ހަލުވި ފަޔަވަޅުތަކެއްގައި ސިޑިން ފައިބައިގެން އައި ނިކްޔަންއަށް ސޯފާކައިރީގައި އުނދަގޫ ގޮތަކަށް ކަނައަތުގައި ހިފަހައްޓާލައިގެން ހުރި ފަލަކް ފެނުމުން ދުވެފަ ކަހަލަ ގޮތަކަށް ގޮސް ފަލަކްގެ ކައިރީގައި ހުއްޓިލަމުން ކިހިނެއްވީ ތޯ އަހާލިއެވެ. ނުހާ ވީގޮތް ކިޔައިދިނުމުން ނުރުހުމުގެ ނަޒަރަކުން ނިކްޔަން ބަލާލީ އެތާ ހުރި ނޯކަރު މީހާއާއި ދިމާލަށެވެ. “ޔަން އިޓްސް އޯކޭ އޭ…ބޭސް ކޮޅެއް އުނގުޅާލީމަ ރަނގަޅު ވެދާނެ” ނިކްޔަންގެ ނަޒަރު ނޯކަރުމީހާއާއި ދިމާލަށް ހުއްޓިފައި ހުރިތަން ފެނުމުން ފަލަކް އަވަހަށް ބުނެލިއެވެ. ” މީހުން ހޭލާ އުޅޭގަޑީގަ މިގޭ ތެރޭގަ މޮޕު ލައިގެން ނުވާނެ” ހަރުކަށި ރާގަކަށް އެހެން ބުނެލުމަށް ފަހު ނިކްޔަން ފަލަކް އޭނާގެ އަތްދަނޑި މައްޗައް އުފުލާލީ ލުއި ފަތެއް އުފުލާލާ ފަދައިންނެވެ. ނުހާ ގާތު ޑޮކްޓަރަށް ގުޅަން ބުނުމަށްފަހު ނިކްޔަން ފަލަކް ގޮވައިގެން ދިއައީ އެމީހުންގެ ކޮޓަރިއަށެވެ. އެނދުމަތީގައި ފަލަކް ބޭއްވުމަށް ފަހު އެނދުގެ މަގަތުގައި ނިކްޔަން އިށީނެވެ. “ވަރަށް ތަދުވޭތަ؟” ފަލަކް އަދިވެސް އޭނާގެ ކަނައަތުގައި ހިފަހައްޓާލައިގެން އިނުމުން ނިކްޔަން އަހާލިއެވެ. “ކުޑަކޮން..” އުނދަގޫ ގޮތަކަށް ފަލަކް ބުނެލިއެވެ. ޑޮކްޓަރު އައިސް އެކޮޓަރިއަށް ވަނީ އެވަގުތުގައެވެ. އެގޭގައި ފަލަކް ބޭސް އެޅުމަށް ބޭނުންވާނެ ފަދަ ހުރިހާ ތަކެއްޗަކާއި ޕްލާސްޓާރ ފަދަ އެއްޗެހި ވެސް ގެންގުޅޭތީ ފަލަކްއަށް ޑޮކްޓަރު އަވަސް ފަރުވާ ދިނެވެ. ވެއްޓި ޖެހުނު ގޮތަކުން ފަލަކްގެ އުޅަނބޮށި ކައިރިން ކަށިކޮޅެއް ވަނީ ރެނދުލާފައި ކަމަށް ޑޮކްޓަރު ބުނުމުން އެކަމާ އެންމެ ބޮޑަށް ހާސްވީ ނިކްޔަން އެވެ. ފަލަކްއަށް އެނދުން ތެދުވުންވެސް އޭނާ ވަގުތުން މަނާ ކުރިއެވެ. ޑޮކްޓަރު ދޮރާއި ހަމަޔަށް ގެންގޮސްދީފައި ކޮޓަރިއަށް ވައިތް ނިކްޔަންއަށް އެނދުން ތެދުވަން އުޅުނު ފަލަކް ފެނުމުން ގޮސް ފަލަކްގެ އަތުގައި ހިފައި އެނދުމަތީގައި ބޭއްވިއެވެ. “ޔަން ޑިއުޓީ އިން އައި ގޮތަށޭ އަހަރެން މިއޮތީ…އައި ނީޑް ޓު ބާތް އޯރ އައި ވިލް ސްމެލް ލައިކް ދަ ހޮސްޕިޓަލް” އަނގަޔަށް ގޮތެއް ހަދާލަމުން ފަލަކް ބުނެލުމާއިއެކީ ލުއި ގޮތަކަށް ނިކްޔަން ހީލިއެވެ. “ތި ޕްލާސްޓާރ ގަނޑާއެކު ފަލަކްއަށް އެކަނި ފެންވެރޭނެ؟” ނިކްޔަން އަހާލުމާއިއެކީ ފަލަކްވެސް އޭނާގެ އަތުގައި އޮތް ޕްލާސްޓަރު ގަނޑަށް ބަލާލިއެވެ. “މެއިޑް އަށް ގޮވަންތަ؟” ނިކްޔަން އެނދުން ތެދުވެގެން ނޯކަރަކަށް ގޮވަންދާން އުޅުމާއިއެކީ ފަލަކް ނިކްޔަންގެ އަތުގައި ހިފައި އެކަން ހުއްޓުވިއެވެ. “ނޫން އޭރުން މެއިޑް މަންމަ ކައިރީ ބުނާނެ….ޔަން ހުއްޓާ މެއިޑް ކައިރީ ހެލްޕް ވާން ބުނީމަ… ޔޫ ނޯ ވަޓް އައި މީން ރައިޓް؟” ފަލަކް ބުންޏެވެ. އެނދުމަތީގައި އިށީންނަމުން ނިކްޔަން ފަލަކްއާއި ދިމާލަށް ބަލާލިއެވެ. “އަހަރެން ހެލްޕް ވެދާނަން…ބަޓް އާރ ޔޫ ޝުއަރ؟” ފަލަކްގެ ގާތުގައި ނިކްޔަން އަހާލީ ޔަޤީންކޮއްލުމަށެވެ. އިތުރު ގޮތެއް ނެތުމުން ފަލަކްވެސް މަޑު މަޑުން ބޯ ޖަހާލިއެވެ. ފަލަކްއަށް ލައިގެން ހުރި އަންނައުނު ބޭލުމުގަޔާއި ފެންވެރުމުގައި އެހީތެރިވެދިން އިރު ފަލަކްގެ އެދުމަށް ނިކްޔަން ހުރީަ ދެލޯ މަރައިގެންނެވެ. ފެންވަރައިގެން ނިކުމެ ރީތި ވެލައިގެން ފަލަކް އެނދުގައި އޮށޯތުމުން އޮފިސް ހެދުން ބަދަލު ކޮއްލުމަށްފަހު ނިކްޔަން ބަދިގެ އަށް ގޮސް ފަލަކްއަށް ނާސްތާ ގެނެސްދިނެވެ. “ޔަން އަހަރެންނަށް އަމިއްލައަށް ކެވިދާނެޔޭ” “ޝްޝްޝް… ޖަސްޓް އީޓް” ނިކްޔަން އޭނާގެ އަތުން ފަލަކްއަށް ލަވައިދޭން އުޅުމުން ފަލަކް ބުނެލިއެވެ. ނިކްޔަން ލަވަމުން ދިޔަ ވަރަކަށް ފަލަކް ކަމުން ދިޔަ އިރު މިމަންޒަރު ފެނުމުން އެކޮޓަރިއަށް ވަނަންނަން އައި ރޫމާއަށް ދޮރު ކުރިމަތީގައި މަޑު ކޮއްލެވުނެވެ. އަދި ހިތާހިތުން އަބަދުވެސް ފަލަކް އާއި ނިކްޔަން އެކީގައި އުފަލުގައި ލެއްވުމަށްﷲ ގެ ހަސްރަތަށް ދުޢާ ކޮއްލިއެވެ.

‎ކޯޓު ތެރެއަށް ހަރު ހިނގުމެއްގައި ވަދެގެން ދިޔަ އާލިމްގެ ނަޒަރު ހުއްޓިފައިވަނީ ކޯޓުގެ ތެރޭގައި ހުރި ގޮނޑިބަރި ތަކުން ރިޕޯރޓަރުންނަށް ޚާއްސަ ކުރެވިފައި ހުރި ގޮނޑިބަރީގައި އިށީންދެލައިގެން އިން ޔަނާއަށެވެ. ކޯޓުގެ ދޮރާއި ދިމާލަށް ބަލަހައްޓައިގެން އިން ޔަނާއަށް އާލިމް ފެނުމާއި އެކީ އިސްޖަހާލިއެވެ. އެއް މަސް ފާއިތު ވެގެން ދިޔައިރު ކޭސްގެ މަސައްކަތުގައި އަވެދިނެތި އުޅެން ޖެހުމުގެ ސަބަބުން އާލިމްއަށް ޔަނާއާއި ބައްދަލު ކޮއްލެވޭ ގޮތެއް ނުވިއެވެ. ޔަނާވެސް އޭނާގެ އޮފިސް މަސައްކަތުގައި އުޅުނީ ނުހަނު ބުރަކޮށެވެ. ޔަނާއަށް ނޭނގުނު ކަމަކީ އޭނާގެ ރައްކާތެރިކަމަށްޓަކައި އާލިމް ބޮޑީގާރޑުން ހަމަޖައްސައިފައި ވީކަމެވެ. އޭނާ އުޅެމުންދިޔަ ގޮއިތް އާލިމް ގާތުން ބަލަމުން ދިޔަ ކަމެވެ. އަދި ޔާފިއު އަކީ ޔަނާގެ ބޭބެ ކަން އާލިމްއަށް އިނގިފައިވީކަމެވެ.

ހަސްތާ ރެހެތާ ހޫ ތުޖްސޭ މިލްކަރް ކިއު އާޖްކަލް
ބަދްލޭ ބަދްލޭ ހޭ މޭރޭ ތޭވަރް ކިއު އާޖްކަލް
އާކޭ މެރީ ހަރް ޖަގާ
ޑޫންޑޭ ތުޖޭ ބޭވަޖާ
ޔޭ މޭހު ޔާ ކޮއީ އޯރް ހޭ މޭރީ ތަރާ

ކޭސޭ ހުއާ، ކޭސޭ ހުއާ
ތު އިތްނާ ޒަރޫރީ ކޭސޭ ހުއާ
ކޭސޭ ހުއާ، ކޭސޭ ހުއާ
ތު އިތްނާ ޒަރޫރީ ކޭސޭ ހުއާ

މެ ބާރިޝް ކި ބޯލީ ސަމަޖްތާ ނެހީ ތާ
ހަވާ އޯ ސެ މޭ ޔޫ އުލަޖްތާ ނެހީ ތާ
ހެ ސީނޭ މެ ދިލް ބީ
ކަހާ ތީ މުޖޭ ޔޭ ޚަބަރް

ކަހީ ޕޭ ހޮ ރާތޭ
ކަހީ ޕޭ ސަވޭރޭ
އާވާރްގީ ހީ ރަހީ ސާތް މޭރޭ
ޓެހެރްޖާ ޓެހެރްޖާ
ޔެ ކެހެތީހެ ތޭރީ ނަޒަރް

ކިޔާ ހާލް ހޯ ގަޔާ ހެ ޔޭ މެރާ
އާކޭ މެރީ ހަރްޖަގާ
ޑޫންޑޭ ތުޖޭ ބޭވަޖާ
ޔެ މޭހު ޔާ ކޮއީ އޯރް ހޭ މޭރީ ތަރާ

ކޭސޭ ހުއާ، ކޭސޭ ހުއާ
ތު އިތްނާ ޒަރޫރީ ކޭސޭ ހުއާ
ކޭސޭ ހުއާ، ކޭސޭ ހުއާ
ތު އިތްނާ ޒަރޫރީ ކޭސޭ ހުއާ
ކޭސޭ ހުއާ، ކޭސޭ ހުއާ

ޔަނާއަށް ގެއްލިފައި ހުރި އާލިމް ސިހުނީ ފަހަތުން ކައިލާން އައިސް އޭނާއަށް ގޮވާލުމުންނެވެ. ގާޒީ ވަޑައިގަތުމާއި އެކީ އަޑުއެހުން ފެށިގެން ދިއައެވެ. މައްސަލަ ހުށައެޅީ ފަރާތް ކަމުން ފުރަތަމަ ވާހަކަ ދެއްކުމުގެ ފުރުސަތު ލިބުނީ އާލިމްއަށެވެ. ގާޒީގެ ހުއްދަޔާއި އެކު އާލިމް އިންތަނުން ކޮއްޅަށް ތެދުވެ އޭނާ ރާވާފައިވާ ގޮތަށް ކުރިއަށް ދިއައެވެ. “އިއްޒަތްތެރި ގާޒީ…އަޅުގަނޑު އަބްދުލް ހަނީފްއާ ސުވާލުތަކެއް ކޮއްލަން ބޭނުން” އާލިމްގެ އެދުމާއި އެކު ގާޒީ ހުއްދަ ދިނެވެ. ވަރަށް ހަމަޖެހިލައިގެން ހުރެ ހަނީފް އައިސް އޭނާ ހުއްޓެން ޖެހޭ ތަނުގައި ހުއްޓިލިއެވެ. “އަބްދުލް ހަނީފް، ފްލޭޝް ޓެކްސީ ކުންފުނީގެ ނަން އަޑުއެހިންތޯ؟” އާލިމްގެ ސުވާލާއިއެކު ހިތް ނުތަނަވަސްވީ ނަމަވެސް މޫނުމައްޗަކުން ހަނީފް އެކަމެއް ނުދައްކައެވެ. “ވަކީލު އާލިމް އަޅުގަނޑު މިތަނަށް ގެނައީ މާލޭގަ ހިންގާ ޓެކްސީ ކުންފުނިތައް އަޅުގަނޑަށް އިނގޭތޯ ބަލަަން ތޯ” ޖަވާބުގެ ބަދަލުގަ ހަނީފް ވެސް ކޮއްލީ ސުވާލެކެވެ. ” ހެހެ ނޫނޭ…އެކަމު އަޅުގަނޑު ހަމަ ހައިރާންވެއްޖެ އަމިއްލަ އަނބިމީހާ އެކްސިޑެންޓް ވި ކާރު އެ ޓެކްސީ ކުންފުންޏަކަށް ނިސްބައިތްވާ ކުންފުނީގެ ނަންވެސް ތިޔަބޭފުޅާ ހަނދާން ނެތީމަ….އެހެންވީރު މި ސުވާލުގެ ޖވާބު ދީ… މުހައްމަދު ޔާފިއު ކިޔާ ބޭފުޅެއް ދަންނަން ތޯ؟” ދެން އާލިމް ކޮއްލި ސުވާލާއި އެކީ ހަނީފް އަދި ލައިލާގެ އިތުރުން ގޮނޑިބަރީގައި އިން ޔަނާގެ ވެސް ދެލޯ ބޮޑުވެގެން ދިއައެވެ. “ތިނަން ކިޔާ އެކަކު ވެސް އަހަންނެއް ނުދަންނަން” “ދޮގު ހުސް ދޮގު…ތިޔަބޭފުޅާއަށް އެނަން ކިޔާ މީހެއް އެނގި ނުލައްވާނަމަ ތިޔަބޭފުޅާގެ އޮފީސް ނަންބަރަށް މަރްހޫމް އުލްފާގެ އެކްސިޑެންޓުގެ އެއް ހަފްތާ ކުރިން އަދި އެކްސިޑެންޓަށް ފަހު މުހައްމަދު ޔާފިއު ގެއްލުމާ ޖެހެންދެން ވީ އެއް އަހަރު ތެރޭ އެކި ފަހަރު މަތިން ގުޅާފަ ހުންނަންވީ ކީއްވެ؟ އަދި މުހައްމަދު ޔާފިއު ގެއްލުނު ދުވަހު އޭނާގެ ފޯނުން ކޮއްފައިން އެންމެ ފަހު ކޯލަކަށް ތިޔަ ބޭފުޅާގެ ނަންބަރު ވާންވީ ކީއްވެ؟” އާލިމްގެ ސުވާލުތަކާއި އެކު އެންމެ ބޮޑު ހައިރާން ކަމެއް ލިބެމުން ދިއައީ ޔަނާއަށެވެ. އަދި އާލިމްއަށް އެހުރިހައި މައުލޫމާތެއް ލިބުނީ ކިހިނެއްބާއޭ ހަނީފްގެ ހިތަށް އަރަމުން ދިއައެވެ. ” ބައްލަވާ އިއްޒައިތް ތެރި ގާޒީ މި ކޭސް އާ ނުވެސް ގުޅޭ ސުވާލުތަކެއް ކޮށް އާލިމް ކޯޓުގެ މުހިންމު ވަގުތު ތަކެއް ނޫންތޯ އެބޭކާރު ކުރަނީ؟” ވަގުތުން ހަނީފްގެ ވަކީލު ވާހަކަ ދެއްކިއެވެ. “އިއްޒައިތް ތެރި ގާޒީ…. އަޅުގަނޑު އެއްގޮތަކަށްވެސް މިދައްކަނީ މި ކޭސް އާ ގުޅުމެއް ނެތް ވާހކައެއް ނޫން…ގެއްލިފައިވާ މުހައްމަދު ޔާފިއުއަކީ އުލްފާގެ މަރު އެ ކޮމްޕެނީއެއްގެ ކާރުގައި ޖެހި ހިނގައިދިޔަ ކޮމްޕެނީގެ އޭރުގެ މެނޭޖަރު… ޔާފިއުގެ ކޯލް ރިކޯރޑްސް ވާނީ ފަނޑިއާރުންގެ ޑެސްކާ ހަވާލު ކުރެވިފަ” ވަގުތުން އާލިމް ބުނެލިއެވެ. އެއާއި އެކު ގާޒީ އަވަސްވެގަތީ އެ ރިކޯރޑުތަށް ބެލުމަށެވެ. ކޯރޓުތެރެ ފުދޭވަރަކަށް ހަލަބޮލި ވެގެންދިއައިރު ހަނީފްގެ މޫނުމަތީގައިވަނ ކަންބޮޑުވުމުގެ ކުލަވަރެވެ. ޔާފިއުއާއި ބެހޭ މައުލމާތު އެކަކަށް ވެސް ނުލިބޭނެވަރު އޭނާ ކޮށްފައިވީއިރު، އާލިމްއަށް އެހުރިހައި މައުލޫމާތެއް ލިބެންވީ ކޮންގޮތަކުން ހެއްޔެވެ. “އަބްދުލް ހަނީފް، ވަކީލު އާލިމްގެ ސުވާލުަތަކަށް ޖަވާބު ދެއްވާ” އިސްގާޒީ ބުނުމާއި އެކީ ކާމިޔާބީގެ ހިނިތުންވުމެއް އާލިމްގެ ތުންފަތްމަތީ ދުވެލިއެވެ. ” އަބްދުލް ހަނީފް، ދޭނެ ޖަވާބެއް ނެތީ ތޯ؟ އެއްބަސް ވޭ ޔާފިއު އާ ގުޅިގެން އަމިއްލަ އަނބިމީހާ މަރާލީ ތިޔަބޭފުޅާޔާ ލައިލާ ގާސިމް އާ ދެބޭފުޅުން ރާވައިގެންކަން، އެއްބަސްވޭ އެ އެކްސިޑެންޓަކީ ތިޔަބޭފުޅާގެ ރޭވުމެއްކަން، އަމިއްލަ އަނބިމީހާ މަރާލީ މުދަލާ ފައިސާގެ ބޭނުމުގަ ކަން، އަދި ނުވީތާކަށް މަރްހޫމް އުލްފާގެ އެކްސިޑެން ކޮއްލައިދިން ޑްރައިވަރު މުހައްމަދު ޔާފިއުގެ ގެއްލުމުގެ ފަހަތުގަވެސް ތިޔަބޭފުޅާގެ އަތެއް އެބަވޭ…އެއްބަސްވޭ!” ފަހަރަކަށް ވުރެ ފަހަރެއް އާލިމްގެ އަޑު ބާރުވަމުންދިޔަ އިރު ހަނީފް ހަނު ހިއްޓެވެ. އޭނާ ވަކި ބުނާނީވެސް ކީކޭ ހެއްޔެވެ. މުޅި ދުނިޔޭގެ ކުރިމައްޗައް އޭނާ މިއޮތީ ފަޅާއަރާފައެވެ. ގޮނޑިބަރީގައި އިން ލައިލާވެސް އިނީ ހަދާނެ ގޮތް ހުސްވެފައެވެ. އޭރު ދެލޯ ބޮޑުކޮއްލައިގެން ދެލޮލުން ކަރުނަ ފައިބާ ހާލު ޔަނާ އާލިމްގެ ކޮންމެ ލަފްޒެއް ކަނުލައި އަޑުއަހަން އިނެވެ. “އަބްދުލް ހަނީފް ޖަވާބު ދެއްވާ” ” އާން އުލްފާ މަރާލީވެސް އަހަރެން ޔާފިއު މަރާލީވެސް އަހަރެން…އެއީ އަހަރެންގެ ރޭވުމެއް..ބުނެބަލކީތްކުރެވޭީ…އޭގެން އެކަކުވެސް އަނބުރައެއް ނާންނެ” ހަނީފް ހަޅޭއްލަވައިގަތެވެ. އެޔާއެކު އެތާތިބި އެންމެންގެ ދެލޯ ބޮޑުވެގެން ދިޔައެވެ. އާލިމް ފިޔަވައެވެ. “އިއްޒައިތްތެރި ގާޒީ، ކުށްކުރި ގާތިލް އަމިއްލަޔަށް އެ އެއްބަސްވީ…އެންމެ ފުރާނައެއްނޫން ދެ މީހުންގެ ފުރާން އޭނަ ވަނީ ނަގާލާފަ….އަޅުގަނޑުގެ އެދުމަކީ އަބްދުލް ހަނީފްއަށް އޭނާއަށް ހައްޤު އަދަބު ދިނުން…ޝުކުރިއްޔާ” އެހެން ބުނެލުމަށްފަހު އާލިމް ގޮސް ގޮނޑިބަރީގައި އިށީނީ އޭނާގެ ދެލޮލުން ފޭދުނު ކަރުނަތިކި ފޮހެލަމުންނެވެ. ގާޒީ ހަނީފްގެ މައްޗަށާއި ލައިލާގެ މައްޗަށް އުމުރު ދުވަހުގެ ޖަލު ހުކުމެއް އިއްވައި އެ އަޑުއެހުން ނިމިގެން ދިއައީ އުލްފާ އަދި ޔާފިއުއަށްވެސް އިންސާފު ލިބިގެންނެވެ.
‎އަޑުއެހުން ނިމުމާއިއެކު ދުވެފައި ކަހަލަ ގޮތަކަށް ކޯޓުން ނިކުމެގެން ދުރަށް ދިޔަ ޔަނާގެ ފަހަތުންދާން ބޭނުންވީނަމަވެސް އޭނާ ވަށައިލި ރިޕޯރޓަރުންގެ ސަބަބުން އާލިމްއަކަށް ދެވޭގޮތެއް ނުވިއެވެ. މިއަދު އޭނާގެ ދިރިއުޅުމުގެ މަޤުސަދު ހާސިލް ވެގެން ދިޔައިރު އެކަމާ މެދު އުފާ ފާޅުކުރުމަށްވުރެން ބޮޑަށް އޭނާއަށް ވިސްނެނީ ޔަނާގެ ހިތަށްކުރާނެ އަސަރަކާއި މެދުގައެވެ. އަމިއްލަ ބޭބެގެ މަރުގެ ހަޤީގަތް މިފަދަ ގޮތަކަށް އިނގުމުން ޔަނާ ވާނެ ދެރަޔާއި މެދުގައެވެ. އޭނާއަށް މިވަނީ ކޮން ގޮތްތަކެއް ހެއްޔެވެ. އޭނާގެ ހިތުގައި އާ ވިންދެއް ޖަހަން ފެށީ ހެއްޔެވެ. މާޒީގެ ކުލަތަށް އޭނާގެ ހިތުން ފިލައިގޮސް ޔަނާގެ ލޯތްބަށް އޭނާއަށް އެދެވެނީ ހެއްޔެވެ.

‎ރަސްރަނި ބަގީޗާ ތެރޭގައި މީހުނާއި ދުރު ހިސާބެއްގައި ހުރި ބެންޗެއްގައި އިށީނދެއިން ޔަނާގެ ދެލޮލުން ހުއްޓުމެއް ނެތި ކަރުނަ ފައިބަމުން ދިޔައިރު، މަޑު ފިޔާތޮށި ކުލަ އަރާ ތުނި ތުންފަތްވެސް ވަނީ ހިކިފައެވެ. އޭނާގެ ބޭބެއަކީ ހަމަ އެހައި ގޯސް މީހެއް ހެއްޔެވެ. ކުށެއް ނެތް މީހެއް މަރާލި ޤާތިލެއް ހެއްޔެވެ. ޔާފިއު ހަމައަސްލުގައިވެސް އޭނާ އާއި މަންމަ ދޫކޮއްފައި ދިޔައީ ހެއްޔެވެ. ޔަނާ ސިއްސައިގެން ދިއައީ މީހަކު އައިސް އޭނާގެ ކުރިމަތީގައި ހުއްޓިލުމުންނެވެ.ކަޅު ކުލައިގެ ވަރަށް ރަސްމީ ހެދުމެއްގައި ހުރި އެ އަންހެންމީހާ ފެނުމުން ޔަނާއަށް އިންތަނުން ކޮއްޅަށް ތެދުވެވުނެވެ. “ރަފް؟” ޔަނާގެ އަނގައިން އެނަން ބޭރުވެގެން ދިއައެވެ. ” ހާއި ޔަނާ…ލޯންގް ޓައިމް ނޯ ސީ….އަހަރެން ހީއެއް ނުކުރަން މިކަހަލަ ގޮތަކަށް ޔަނާ ޔާ ދިމާކުރަން ޖެހިދާނެ އެކޭ…” ރަފްގާ ގެ އަޑުގައިވީ މަލާމާތާއި ނުރުހުން ޔަނާއަށް ކިތަންމެ ރަނގަޅަކަށްވެސް ނަގައިގަނެވުނެވެ. “ރަފް ކީއްވެ އަންހަންނާ ދިމާކުރަން ޖެހެންވީ؟” ލޮލުން ފައިބައިފައި ހުރި ކަރުނަތަށް ފޮހެލަމުން އިންތަނުން ތެދުވަމުން ޔަނާ އަހާލިއެވެ. “ބައެއްފަހަރު އަހަރެމެންނަށް ވުރެ ދަށް ފެންވަރުގެ މީހުނާ ދިމާކުރަންޖެހެނީ، އެމީހުންގެ ހައިސިއްޔަތު އެމީހުނަށް ހަނދާން ކޮއްލަ ދޭން” މަލާމާތުގެ ހިނިތުންވުމަކާއި އެކު ރަފްގާ ބުނެލުމުން ހައިރާންވެ ހުރ ޔަނާ ރަފްގާއާއި ދިމާލަށް ބަލާލިއެވެ. “ކީކޭ ކިޔަން ރަފްގާ ތިއުޅެނީ” ޔަނާ އަހާލިއެވެ. “އާލިމްއަކީ ކަލޭ އާ އެއްފެންވަރެއްގެ މީހެން ނޫން…ކޭސްވެސް މި ނިމުނީ…އާލިމް އާ ވައިވެސް ނޭޅޭތި” ޔަނާ އާއި ދިމާލަށް އިނގިލި ދިއްކޮއްލައިގެން ހުރެ ރަފްގާ ބުނެލި އިރު އެ އަޑުގައިވަނީ އިންޒާރެވެ. “ރަފްގާ ތީ ކާކު ޔަނާ ކައިރީ ތިހެން ބުނަން” ފަހަތުން އާލިމްގެ އަޑު އިވުމާއި އެކީ ރަފްގާއާއި ޔަނާ އާއި ދެމީހުނަށް އެއްފަހަރާ ފަހަތަށް ބަލާލެވުނެވެ. އޭރު އާލިމް އައިސް އެމީހުނާ އަރައި ހަމަ ކުރަނީ އެވެ. “ރަފްގާއަށް ކަންނޭގެ އަބަދުވެސް އަމިއްލަ ހައިސިއްޔަތު އޮޅިފަ ހުންނަނީ…މީގެ ހަތްއަހަރު ކުރިންވެސް އަދި މިހާރުވެސް” ނުރުހުންތެރި ކަމާއެކު އާލިމް ބުނެލިއެވެ. އޭރު ޔަނާ ހުރީ އާލިމް ގެ އެ ބަސްތަކުގެ ސަބަބުން ހައިރާން ވެފައެވެ. “އާލް މި ކަޓު ޔަނާއަށް ޓަކާ ތަ އަހަންނާ ދިމާލަށް ތިހެން ތިބުނަނީ….އޭނަ އަތުގަ އޮތީ ވެސް ކޯޗެއްތަ…” ރަފްގާ ވާހަކަ ދެއްކިއެވެ. “ޝަޓް އަޕް ރަފްގާ….އަދި ބުނަން އަހަރެން ކުރިންވެސް ރަފްގާ ގާތު ބުނިން އަހަންނާ އަހަރެންގެ ދިރިއުޅުމާ ދުރުގަ ހުންނާށޭ…..ޔަނާއަކީ އަހަރެންގެ ވާން އުޅޭ އަނބިމީހާ…އޭނަޔާ ދިމާލަށް ތިހެން ބުނުމުގެ އެއްވެސް ހައްޤެއް ރަފްގާއަކަށް ލިބިގެނެއް ނުވޭ” އެހެން ބުނެލުމަށްފަހު ޔަނާގެ އަތުގައި ހިފައިގެން އާލިމް އެތަނާ ތަންކޮޅެއް ދުރަށް ދިއައެވެ. ވަކި ހިސާބަކަށް ދެވުނުތަނާ އާލިމްގެ އަތުން އަމިއްލަ އަތް ނައްޓުވާލަމުން ޔަނާ އާލިމްއާއި ދުރަށް ޖެހިލިއެވެ. “އާލިމް ކީކޭ ހިތަށް އަރައިގެންތަ ތިއުޅެނީ….އަހަރެންމީ އާލިމް ގެންގުޅޭ ކުޅޭ ކުޅޭ އެއްޗެއްތަ….ބޭނުންވީމަ ކިޑްނެޕް ކޮއްފަ…އިންޒާރު ދީފަ…ސަލާމަތްކޮއްދީފަ…ބޭނުންވީމަ ކިސް ކޮއްފަ…ބޭނުންވީމަ އަހަރެންމީ އާލިމްގެ ވާން އުޅޭ އަނބިމީހާ ޔަށް ހަދާފަ…ވަޓް ޑޫ ޔޫ އިވެން ތިންކް އޮފް ޔުއަރ ސެލްފް” އާލިމްގެ އަމަލުތަށް ހުންނަ ގޮތުން ޔަނާ ހުރީ ހަޤީގަތުގައިވެސް ދެރަވެ ހިންހަމަނުޖެހިފައެވެ. “ޔަނާ ލިސެން ޓުމީ…އަހަރެން” “ނޯ އާލިމް ނޯ…އަހަރެން އާލިމް ދައްކާ އެއްވެސް ވާހަކައެއް އަޑުއަހާކަށް ބޭނުމެއް ނޫން…ޖަސްޓް ގިވް މީ އަ ބްރޭކް ފްރޮމް ޔޫ އެންޑް ޔުއަރ ލައިފް…އަހަރެން ވަރު ބަލި ވެއްޖެ، ސޯ ޖަސްޓް ލީވް މީ އަލޯން ޕްލީސް” އާލިމް އާއި ދުރަށް ހިނގައިގަންނަމުން ޔަނާ އޭނާގެ ކޯތާފަތްމަތީގައި ހުރި ކަރުނަތަށް ފޮހެލިއެވެ. އޭނާޔާއި ދުރަށް ހިނގަމުން ދިޔަ ޔަނާ އާއި ދިމާލަށް ބަލަހައްޓައިގެން އާލިމްއަށް ހުރެވުނީއެވެ. އޭނާގެ މި ލޯބިވެސް އޭނާއަށް ލިބެން ނެތީ ހެއްޔެވެ. އަނދިރި ވެފައިއޮތް އޭނާގެ ދިރުމެއް ނެތް ދިރިއުޅުން އަލިކޮއްދިނީ ޔަނާއެވެ. ދެވަނަ ފަހަރަށް ލޯބިވުމަށް އޭނާގެ ހިތަށް މަޖުބޫރު ކުރީ ޔަނާގެ އެސާދާ ކަމާއި ކުޑަކުއްޖެއްފަދަ ގޮތްދޫނުކުރާ އުޅުމެވެ. ޔަނާވެސް އޭނާއަށް ގެއްލެނީ ހެއްޔެވެ.

‎ގެއަށް ވައިން ގޮތަށް ރަފްގާ އޭނާގެ އަތުގައި ޖެހުނު ކޮންމެ އެއްޗެއް ނަގައި ފާރާއި ދިމާލަށް ހޫރާ ލައެވެ. މިއަދު އޭނާގެ ރުޅި އިހުނަށް ވުރެން މާގަދަ ހެން ހީވެއެވެ. ގޭތެރޭ އަޑުގަދަވެގެން ކޮޓަރިން ނިކުމެގެން އައި ރާއިދާއަށް ސުނާމީއެއް އަރައިފައި އޮތް ސިޓިން ރޫމް ތެރެ އާއި ރުޅި އައިސްގެން
‎ގޮސް ރަތް ވެފައި ހުރި ރަފްގާ ފެނުމުން އަޑުގަދވީ ކީއްވެގެން ކަން ނަގައި ގަނެވުނެވެ. “ރަފް ކިހިނެއްވެގެންތަ ތިއުޅެނީ” ރާއިދާ އަހާލުމާއި އެކީ ރުޅިވެރި ނަޒަރަކުން ރާއިދާއާއި ދިމާލަށް ބަލާލުމަށްފަހު ރަފްގާ ސިޑިން އަރައިގެން ގޮސް ބާރު ބާރަށް އޭނާގެ ކޮޓަރީގެ ދޮރު ލެއްޕިއެވެ. އަދި ލައިގެން ހުރި ކޯޓުގެ ޖީބުން އޭނާގެ ފޯނު ނަގައި ނަމްބަރަކަށް ޑައިލް ކޮއްލިއެވެ. “ހަލޯ ވިޝާލް”

‎އޮފީހަށް ވަދެގެން ގޮސް ޔަނާ އޭނާއަށް ހާއްސަ ކުރެވިފައިވާ ގޮނޑީގައި އިށީނދެލިއެވެ. އާލިމްއާއި ދިމާލަށް އެ ހުރިހައި އެއްޗެއް ކިޔުނީ ތީ އޭނާ މިހާރު އެބަ ދެރަވެއެވެ. ނަމަވެެސް އޭނާއަށްވެސް ކެތް ނުވީއެވެ. ހިތުގައި ބޮނޑިވެފައި ހުރި ޝަކުވާތަކާއި ވެފައި ހުރި ދެރައިގެ ސަބަބުން އޭނާއަށް އެހުރިހައި އެއްޗެއް އާލިމް އާއި ދިމާލަށް ކިޔުނީއެވެ. ހިޔާލުތަކަށް ގެއްލިފައި އިން ޔަނާ ސިއްސައިގެން ދިއައީ މޭޒުމަތީގައި ހުރި ޓެލެފޯނުގެ ރިންގުގެ އަޑަށެވެ. “ޔަނާ ކަމް ޓު މައި ކެބިން” ފޯނުނަގައި ކަންފަތުގައި ޖެހުމާއި އެކު ވިޝާލްގެ އަޑު އިވުމުން ޔަނާ އޭނާގެ މޫނު ޓިޝޫ އަކުން ސާފު ކޮއްލުމަށްފަހު އަވަސްވެގަތީ ވިޝާލްގެ ކެބިންއަށް ދިއުމަށެވެ. ވިޝާލްގެ ކެބިންގެ ދޮރުގައި ޓަކި ދިނުމާއިއެކު ވަންނަން ހުއްދަ ލިބުމުން ޔަނާ އެ ކެބިން ތެރެއަށް ވަނެވެ. އަދި ވިޝާލްގެ އިޝާރާތަށް ގޮސް އޭނާގެ ކުރިމަތީގައި ހުރި ގޮނޑީގައި އިށީނެވެ. ” ކޮންގްރެޓްސް…މި ކޭސް ވެސް މި ނިމުނީ…ޔަނާގެ މަސައްކަތާ މެދު އަހަރެން ވަރަށް ހިތްހަމަޖެހޭ” ފުޅާ ހިނިތުން ވުމަކާއި އެކު ވިޝާލް ވާހަކަ ދެއްކުމުން ބަދަލުގައި ޔަނާ ވެސް ހިނިތުންވެލިއެވެ. “ޔަނާޔާ ދެން އަހަރެން ހަވާލު ކުރަން މިއުޅެނީ ވަރަށް ބޮޑު ކޭސް އެއް…ބަލަމާ ގާތް ގަނޑަކަށް ތިންމަސްވަރު ނަގާނެކަމަށް މިކޭސްއަށް…ޔަނާ ރެޑީތަ؟” ވިޝާލް އަހާލިއެވެ. “ޔެސް ސަރ” ޔަނާގެ ޖަވާބު އިވުމުން ވިޝާލްގެ މޫނުމަތީގައި ކާމިޔާބީގެ ހިނިތުންވުމެއް ދުވެލިއެވެ. “ސޯ…އަހަރެމެން ނިންމާފަ އޮތީ ރާއްޖޭގެ ތާރީޚާ އާދަކާދަޔާ ބެހޭ ޕްރޮގްރާމެއް ގެނެސްދޭން…މި ޕްރޮގްރާމް ލައިވްކޮށް އަހަރެމެން ޝޫޓް ކުރާނީ ރާއްޖޭގެ އުތުރާ ދެކުނުގެ އެކި ރަށްތަކުގަ…އައި ވޯންޓް ޔޫ ޓު ބީ ދަ ހޯސްޓް ވާނެ ތަ؟” ވިޝާލް ގެ ސުވާލާއިެެކު ޔަނާގެ ދެލޯ ބޮޑުވެގެން ދިއައެވެ. “އޮފްކޯރސް ސަރ ވައި ނޮޓް” އެހައި ރަނގަޅު ފުރުސަތެއް ލިބުމުން ޔަނާ ވަރަށް އުފާވިއެވެ. “ސޯ ފުރަން ތައްޔާރު ވާންވީ މާދަމާ ހަވީރުގެ ފްލައިޓް…ސީ ޔޫ އާފްޓާރ ތްރީ މަންތްސް ޔަނާ” އެންމެ ފަހު ޖުމްލަ ވިޝާލް ބުނެލީ ވިހަ ހިނިތުން ވުމަކާ އެކީގައެވެ. އެދުވަހު އޮފީހުން ގެއަށް ދިޔަ ގޮތަށް ޔަނާ އުޅުނީ ފުރުމުގެ ތައްޔާރީ ގައެވެ. ނަމަވެސް މިއީ ކިހިނެއް އޭނާއަށް ލިބުނު ފުރުސަތެއްކަން ޔަނާއަށް ރޭކާވެސް ނުލައެވެ.

‎ތިންމަސް ވޭތުވެގެން ދިއައީ ހަލުވިކަމާ އެކީގައެވެ. އޮފީހުގައި މަސައްކަތުގައި މަސްޢޫލު ވެ އިން ނިކްޔަންއަށް ރިންގުވަމުން ދިޔަ އޭނާގެ ފޯނަށް ޖަވާބު ދެވޭ ވަރުވީ ދެވަނަ ރިންގާ އެކީގައެވެ. ފޯނު ކަންފަތުގައި ޖަހާލުމާއެކު ލިބުނު ޚަބަރަކުން ފޯނު ނިކްޔަން ގެ އަތުން ދޫވެގެން ތިރިޔަށް ވެއްޓި ދިއައިރު، ދުވެފައި ނިކްޔަން އޭނާގެ ކެބިން އިން ނިކުމެގެން ދިއައެވެ. އޭރު އޮސްޓްރޭލިއާގެ އުޑުމަގި ބަނަކުރަމުން ދިޔަ ވިލާތަށް ވާރޭގެ ކަނިތަށް އޮއްސައިލާފިއެވެ.

ނުނިމޭ

މިވާހަކައިގެ ދެންއޮތް އެޕިސޯޑުގެ ލިންކު ކޮމެންޓް ސެކްޝަންގެ ތިރީގައި ވާނެއެވެ.

Share Article

Follow Me Written By

Afaa

Level 310 Stories100 Comments

A whole new world A new fantastic point of view This is what i see and want to show you guys through my stories?❤️ Love you all readers please be in touch with me through comments ❤️❤️❤️

Other Articles

Previous

ނޭނގި ވެވުނީ ލޯތްބޭ- 15 & 16

Next

އީޝަލް (20ވަނަ ބައި)

Next
August 2, 2020

އީޝަލް (20ވަނަ ބައި)

Previews
August 2, 2020

ނޭނގި ވެވުނީ ލޯތްބޭ- 15 & 16

46 Comments!

  1. Nuhyy says:
    August 2, 2020 at 1:44 am

    Hey sisooooo
    Masha allah, this part is amazinggg alheeee finallyyy aalim ge mamma and yanaage beybe ah insaafu libuny dhoaa adhi e rafga ulhey gotheh maa zaaii kolhu bodu vegen varah foohi vey huvaa mibuny rangalhah evy aalim said those to her mihaaru hunnaane kada wefa hahahhahaah and i think rafga bunegen dhoa yanaa three months ah aalim aa dhurah fonuvaalany ughhhh i hate her so muchhhh why can’t she digest that she can’t get aalim ever ever ever…..and haneef and laila eyoh varah planning kohgen ulhefa ehme fahun hama busted ahahahah im so happy….ekam keehve tha yanaa aalim aa dhimaalah ehen bunee alhe can’t she see that he loves herrrr alhe sisoo edhekudhin gulhuvaba yanaa ah aslu adhi her own feelings realize nuwanee kanneyge dhoaa i hope aalim ge life ah happiness comes sooon! And nikyan and falak ge dhurukan vx nethemun dhoa e dhany i hope they both will happily live and nimmaali gothun heevanee nikyan ah varah shocking habareh libunee hen alhe plx make it good sisoooo and nikyan and aalim ge frndship alun koddhehchey story nimey iru
    Rlly looking forward for the next part and i love that song you have used kaise hua from kabir singh film that song is heart touching
    Best of luck sisooo❤️
    Lysm tc stay safe❤️

    1. aphxxx says:
      August 2, 2020 at 3:07 am

      O my god nuhyy haadha long comment ekey darling???yes finally insaafu wes libijje dhw ahahaha rafga ei hama nuwisney myhekey kyhkuraany dhw and she is cruel too yanaa ah adhi wisneyne kanneyge dhw yes falak and nik ge rel wes eba rangalhuwey kanneyge lets see what happens dhw
      Lym tc nuhyy♥️✨

  2. Hafu says:
    August 2, 2020 at 8:31 am

    Heiiii my lwbi sisoo
    Maasha Allah.this part is amazing.
    Aalim mom and yaana brother ah justice libunee dhw.and y can’t rafga understand tht aalim hate her and she can’t get his love.falak nd nik relation ves eba ragalhu veydhw.plx nik ah sad news eh nudhee happy news eh dehchey sis.I guess tht news might be relate to his mom.wish it will be a happy news.sis curious kohlaafa eyy this nimaalee.curiously can’t wait for the next part.whn is next part ?
    Sis how many part is left?sis up thikuranee story ge hurihaa part eh liyefa tha
    Love u my lwbi sisoo nd this story
    Stay safe sis nd take care

    1. Afaa says:
      August 2, 2020 at 9:22 am

      Ahaha yes rafga ah hama hajameh nuweyey dhw…next part soon insha allah..nooney hama liyamun midhany

    2. Afaa says:
      August 2, 2020 at 9:23 am

      Six parts left or maybe more lym stay safe thankyou hafu♥️

  3. Fairy says:
    August 2, 2020 at 9:23 am

    Vvvvv reethi mi part vx?????……btw kon irakun next??????

  4. Scarlet says:
    August 2, 2020 at 10:21 am

    Yayyyyy!!! I haneef and Laila ah thihedhee hama rangalhah! Finally Aalim ge one dream complete vee.. Dhn othy Yanaa kurin hihvareh dhwwww????????
    3months vma now Yanaa will be back dhww. I I hope she meet Aalim.. And confess her love soon. ???
    Nikyan and falak vs now getting closer dhww. I am sooooooooooo so so so happy!???
    Rooma maruvee dhww.. Nik Ehnve dhw e shoke vee.
    Btw, My loabi sisoooo, v cool ingey mi part! ??Hama ehvana!
    Hope you’re enjoying this Eid ☺️
    Tvvvvvvvvvvvvvvvvvvvvgc..Lysm..❤️?❤️?❤️?❤️?

    1. Afaa says:
      August 2, 2020 at 10:58 am

      Yes finally dhwwww….let’s see what happens as yanaa comes back and if rooma is all ryt or nawt dhwww??thankyou darling ly tc♥️✨

  5. N0 oNe says:
    August 2, 2020 at 10:31 am

    alhey sis mi prt ves varah varah varah varah varah varah varah varah varah varah varah varah varah varah varah varah varah varah varah varah varah varah varah varah varah varah varah varah varah varah reeeeeethiiiiiiii???
    hama habeys ??????????????????
    its beautiful and amazing..?????????????
    its fabulous … hama varah reethi ????????? this is one of my favourite stries…????????
    mi prt kiyaalan libeyne irehge inthixaaruga hutaa read kohlan a libunee…????????????..
    finally hurihaa kameh ok vanee dhw..? hope hurihaa
    kameh ves ok koh dhaane kamah… yanaa ah adhives her own feelings neygenee kanneyge dhw… hope she realises it sooon…. nick and falak ge relationship ves mihaaru ok vanee dhw.. alhe nick ah kihineh a vee…? anehkaa nick ge mom ah kameh veethaa..? alhey…. haadha sad vaaney dhw.. and yaana ge brw n aalim ge mom ah insaafu libuneedhw..? hama rangalhah e vee… a rafgaaves … haadha foni bodheey..????? thta attitude of her’s i just hate it.. thimaavaru meeheh nufenigen… aalim a ee thimanna meyhekey blah blah blah… a mihla meehaage hahgeh namathaadhw ehn kiyey neeves…. ekuhjaa varu meeheh dhn nehvihya.. amihla sister a aalim aa dheythreah first vanee… mi haaru yanaa n aalim ge dhemedhah…. a kuhjaa ulheygithakah ulhen veenun dhw..?
    anyway sis once again mi prt hama beau(◍•ᴗ•◍)❤
    curiously waiting for the nxt prt..
    luv u a lots..(✿ ♡‿♡)(。♡‿♡。)(◍•ᴗ•◍)❤
    ?stay home ??
    ??stay safe and sound ???
    ??take care gey sissssoooo ????
    saranghae sissie..????????????????❤️❤️❤️❤️❤️❤️❤️❤️❤️❤️??????????????♥️♥️♥️♥️♥️♥️♥️?????????????????

    1. Afaa says:
      August 2, 2020 at 11:03 am

      Omyy haadha dhigu comment ekey darlingggg????eha awahah hurihaa kameh owk ehnuwaane ehnu dhww ahahaha???adhi some struggles are left ingey adhi nikyan and aalim wes meet waan jeheyne nu dhwww rafga and her mom wes bust waan jeheyne thr adhi dhwww…Thankyou so much no one lym tvgc♥️✨♥️✨♥️

    2. N0 oNe says:
      August 2, 2020 at 2:30 pm

      yes a dhw..? alhugandu adhi evareh nuvisnan… ahahaha..

    3. Afaa says:
      August 2, 2020 at 3:40 pm

      Ahaha yes adhi ebai othy dhw

  6. ?Zaakko? says:
    August 2, 2020 at 10:36 am

    Sis where is lilly sis waiting for her story. Anyways apxxx sis ge story vx v v v reethi??

  7. VANTEKTH says:
    August 2, 2020 at 11:08 am

    aslu feshunin sureves mi stry kiyan.. and vvvvvv reethi.. hama speechless vey .. alhe kee vetha mihaa curious kohlanee thii… hama hiyy heevanee athah ais faanehen viyya…hehe.. u r really talented mashallah…and finally yaanaage beybe and aalim ge mum ah justice libunee dhw.. and rafga sahaadheh mi bunee.. thimaa ah ragalhah ves thimaa fenifa e hunnanee.. haadha foni bodey… and i think nikyan and falak is in love.. btw keep up the good wrk>>!!! whn is next?? lysm.. be safe… tc

    1. Afaa says:
      August 2, 2020 at 3:41 pm

      Thankyouuu darling Ahahah curios kohlan waane nu dhw nimmaalamun ehehe next part soon ingey tc♥️✨

  8. Cutie??❤️ says:
    August 2, 2020 at 12:28 pm

    Alheyyyy this part is even awesome ❤️❤️❤️curiously waitting for next part❤️❤️❤️luv u sisoooo

    1. Afaa says:
      August 2, 2020 at 3:41 pm

      Thankyou cutie❤️❤️❤️Lym♥️♥️♥️

  9. ?Ril? says:
    August 2, 2020 at 1:44 pm

    Wow sis mi part ves vrh vrh vrh vrh vrh vrh vrh Sali ???????????
    Speecless and amazing????????
    Ril vrh curious veje dhen oi bayah ???
    Mihaaru Ril ah okey falak and aalim nugulunas ??Nik an falak maa guley mihaaru so as yaanaa and Alim .????? But I féel sad for aalim cause falak Vs nulibun and yaanaa ???????but yaanaa libeyne dhw kuriah oithaa.. ???and ulfaa an yaafiu ah ves insaafu libuny dhw ???wow I am so happy ??????????????
    Rafgaa heekuranee meenavaru ruliana meehaku nethy kamah tha?????? maa fonivegen yaanaa aa dhimaalah katu kiyaafaa foohi huva mi rafgaa hitha araamibunee ehchehi fashe kiyaalaanamey vaahaka thereah vadhefaa rafgaa aa dhimaalha ??????
    hehehehhe?????
    Mihaaru kobaa tha Shooraa men vrh nufeney …,??????????
    Btw sis !!!! Sis menge island gaa Eid gaa kameh neitha Ril men ge Island kudakoh kankaan ebaoi ????
    And sis men kulajahan tha vrh majaa kameh dhw …..?????
    Waiting for next ?????
    Luv uuuu sisooo❤️❤️❤️
    TC an stay safe ❤️❤️❤️❤️

    1. Afaa says:
      August 2, 2020 at 3:43 pm

      Shoora ge life ga ehwes prob eh nethyma ingey aslu shoora nufennany ekm nimey iru shoora wes fenilaane zuma yaa ehmen thankyou soo much rilooo ❤️❤️❤️❤️ And sis ulheny villimale ga ey so mithaa neii hama ehwes kameh eid ekey kiyaafa eid hen hywes nuwey???ly stay safe♥️♥️♥️

    2. ?Ril? says:
      August 2, 2020 at 6:12 pm

      Ohhhh.
      Sad dhw sis ehves kameh nethy maa
      Yaa baehfahru hiehnuvey Eid henehves but kudakoh kulivaraa kulaungulun kuriah dhey Ril men rashuga
      Sis vrh foohi dhw

    3. Afaa says:
      August 2, 2020 at 7:35 pm

      Yess sooo boringg i wanna escape from hereee????

  10. Naani says:
    August 2, 2020 at 2:06 pm

    Maasha Allah haadha loabi eyy mi part ves????????????????????????❤️❤️❤️❤️❤️???????????????
    Aalim dhera nukohbaa alhe aphxxx???????????????? Rafga gandah vejje landeh dheyn huvaaa???????????? Abadhuves konmes meehakah landeh dhinumuga viyya huvaa foohivey???? reethi gotheh vaane thohche adhi?????? n Eid Mubarak ingey aphxxx???✨✨✨✨ tc?❤️ stay safe❤️❤️❤️??????

    1. Afaa says:
      August 2, 2020 at 3:44 pm

      Aphxxx ah wes hywany adhi rafga rythi bondi eh boane hen ahahaha aalim ah adhi fahun rangalhuwaane yey ingey?♥️♥️♥️ Eid mubarak and tc

  11. Afu says:
    August 2, 2020 at 2:21 pm

    Woah woah hama speechless ????????? neyge bunaane ehchehvx hama ???? siss hama afu aga bandhukohlaifi ??????? ehaa vx reethi Masha Allah ♥️♥️♥️♥️♥️♥️♥️ alheyyyy falaky is in luv dhww OMG OMG wow varah salhi ♥️♥️♥️♥️♥️ yan ge mom Maru v thr anehkkaa ??????? alhe pooooorrrryyyy aalim ????? so sady ??? alhe miulhey rafga gadeh??? huvaa mi bunee rulhi ais gn gos haaleh hn nolhaalafaanan ????????? alhe dhn
    kihinei baa vaanee ????? curiously waiting for nxt ????? lysssssmmmmmm ❤️❤️❤️❤️❤️❤️
    Once again Eid Mubarak ♥️♥️♥️????
    Stay safe ❤️❤️❤️
    TC ????
    Luv u bigu bigu Koh ♥️♥️♥️♥️????

  12. Afu says:
    August 2, 2020 at 2:29 pm

    Woah woah hama speechless ???? bunaane ehcheh neii ?????? siss hama afu aga bandhukohlaifi ????????? ehaa vx reethi Masha Allah ♥️♥️♥️♥️♥️♥️ oooooooooohhhhh falaky is falling luv ♥️♥️♥️♥️♥️♥️ alhe yan ge mom Maru vthr ???? pooooorrrryyyy aalim dhww so sad ???????? alhe dhn kihinei baa vaanee ??? curiously waiting ????? lysssssmmmmmm ❤️❤️❤️❤️❤️❤️
    Once again Eid Mubarak ❤️❤️❤️❤️❤️❤️???????
    Stay safe ?????
    TC ♥️♥️♥️♥️
    Luv u bigu bigu Koh ????♥️♥️♥️♥️♥️?????

    1. Afu says:
      August 2, 2020 at 3:37 pm

      N yey aalim ge mom n yanaagr beybe ah justice vx libihjje dhww finally ?????? alhe yan , falky n nuha raaje akah naahnaanebaa ??? genes nikan rafga ah kulhi dhahkaalabala ?????????? koba thr shoora n shoorage mom mn ????? lots and lots of love from Afu ??????♥️♥️♥️♥️

    2. Afaa says:
      August 2, 2020 at 3:46 pm

      Ahnaane kanneyge dhw emyhun adhi maldives ah letsss seeee ahaha shoora and zuma wes fenilaane kamah balamaa wrh awahah dhww♥️♥️♥️

    3. Afu says:
      August 2, 2020 at 3:39 pm

      Yanaage ****
      Nikyan mn rafga ah *********

    4. Afaa says:
      August 2, 2020 at 3:44 pm

      Afuu darling speechless nuwahchey ???❤️ Thankyou so muchh and eid mubarak tc♥️♥️♥️

    5. Afu says:
      August 3, 2020 at 1:54 pm

      Ahahhaha siss speechless kuruvanyya speechless vaanehnu ,?????♥️♥️♥️

  13. Just a reader says:
    August 2, 2020 at 4:16 pm

    Vvvvvvvv reethi mi part
    Keep it up aphxxx
    Waiting for next!

    1. Afaa says:
      August 2, 2020 at 7:35 pm

      Thankyou darling♥️

  14. ?Kukkyyy? says:
    August 2, 2020 at 5:38 pm

    OMG sis…..!!!…This part is amazing too.. Honestly I’m speechless… You r soo talented ??✍️?I’m sure that the upcoming parts would be much more amazing ? Finally that haneefu n lailaa was exposed hahaha…. Damn rafga is really a headache for alim…. Yanaa vx so stubborn but cute dhw… Finally Nick n Falak vx getting along…. ❤️❤️
    Curiously waiting for the very next part ❤️
    Good luck n Lot’s of love ❤️❤️
    Stay safe tc ❤️
    EID MUBARAK ❤️??

    1. Afaa says:
      August 2, 2020 at 7:36 pm

      Thankyou so much kukky♥️♥️♥️Means alot???yes ekm ehaa awahah hurihaa kameh hamayakah elheyne baa!? Stay safe♥️❤️♥️

  15. Nerr__ says:
    August 2, 2020 at 6:13 pm

    yaaayyyy!!! finally aalim ge mom nd yanaa ge brw ah insaaf libuny.. so happy..??
    this part is just stunning and amazing and beautiful and.. I don’t know, im out of words.. masha Allah.. u are a brilliant author.. i just love this part.. dhn neyge bunane ehche vx, hama ehaa vx reethi.. ??❤️
    also, im soo happy for yan and falak. finally their relation is getting better. hope it will fully change to how it was b4..
    ALHEYY.. nik ge mom ah kmeh v baa?? ?.. hope she is fine..
    kon irakun baa nikyan men Male’ alun dhaany?.. aalim and nikyan ekaku anekaku dheke rulhi annany keevebaa??.. hope mi hurihaa suvaalaka javaab libigen dhaane kama..
    Poor aalim dhww.. mi yanaa aka adhi vx neygey that she loves aalim kameh ???‍♀️.. but i am sure that she will knw that soon..?
    aphu mi rafga ah gotheh hadhan vejje nu tha mihaar.. i think rafga kanne e ulhenyy amilla fenvaru olhi gen ?..
    LOVE THIS STORYY.. KEEP IT UP.. HOPE TO SEE THE NXT PART SOON..
    once again, this is such an amazing storyy
    #staysafe
    ilysm ❤️❤️

  16. ?Kukkyyy? says:
    August 3, 2020 at 1:45 am

    Ahahah big question ? waiting to read more to know that ?☺️

    1. aphxxx says:
      August 4, 2020 at 4:12 pm

      Ahahah lets see dhw

  17. Raayaa? says:
    August 3, 2020 at 4:18 pm

    Hellow…. Yanaa and aalim v gulhey…… Ekam nick ah kon call ehbaa dhw eh aee… Anekkaa rooma maru vytha…….. Afaaa….. Miss u dhoonigandaaa hahahahha ril and afu vc……. Guys stay safe…. Tc

  18. Hafu says:
    August 4, 2020 at 2:52 pm

    Heiiii..my Lwbi sisii
    When is next part sis
    Lysm,tc

    1. aphxxx says:
      August 4, 2020 at 4:13 pm

      Kuda kn busy v ma ingey las wany insha allah soon!

  19. Falakk❤️? says:
    August 4, 2020 at 6:15 pm

    Can u plsss upload it tonight??sissyyyy pleeeessss..and this my one of the favourite storys..omg sissy this os awesome..each and every day i become speechless after reading each part..its more than awsome..idk how to describe..ur telented masha allah…and aalim and nikyan kommehen ves meet kodhechey..adhi varah salhi koh ingey rafgaa and eyna mom bust kuraany..use your telented brain ???……dhen kon irakuntha falak nikyan dheke loabi vaakan ingeynee?? Btw even my name is falak ??varah ufaavey dhigu mudhathakah dhigudhemigen nugos migothah story kiyaalan libeythee..keep it up sissyyyyy..❤️❤️❤️❤️?❤️❤️❤️and sis can i ask u a question?(actually 2?)if uh don’t mind ingey…….dhen avahah up kolla dhechey ..aneh part maybe can u upload it mirey???oh and one more thing aalim and yanaa veehaaves avahakah gulhuvacheyy varah cute cute koh..and nikyan and falak ge cute seen ehveslachey dheythereakun….and roomaa dhatha maruvytha anehkaa???soo saaddd…nikyan haadha dheravaaneyey?????????neyge mihaaru rafgaa aai vishaal vegen yanaa ah nahadhaa gotheh ves..?????anyways lots of loves from meh❤️❤️❤️❤️❤️❤️❤️❤️❤️❤️❤️❤️❤️❤️❤️❤️❤️❤️❤️❤️???????????????????????????????????❤️?❤️?❤️❤️?❤️?❤️?❤️❤️?❤️?❤️?❤️❤️?❤️?❤️?❤️?❤️?❤️❤️❤️?❤️?❤️??❤️❤️??❤️?❤️?❤️?❤️?❤️?❤️?❤️?❤️?❤️??❤️?❤️?❤️?❤️??❤️??????⚡⚡⚡⚡⚡⚡

  20. aphxxx says:
    August 4, 2020 at 8:32 pm

    Awww thankyou so much darling….what a coincidence your name is falak too??? aslu midhuwaskolhu busy kamun las wany ingey insha allah maadhan i will submit the 25th part and yanaa, aalim and falak,nikyan ah waa goii balamaa dhww thankyou so much stay safe♥️

  21. Falakk❤️? says:
    August 4, 2020 at 9:25 pm

    Stay safe ..hehe.coincidence dho hama?❤️hmm submit kodhechey busy noonviyyaa….??❤️

    1. aphxxx says:
      August 5, 2020 at 2:22 am

      Mirey submit kohlaifinn?♥️♥️

  22. Hafu says:
    August 4, 2020 at 10:08 pm

    Thxs for submitting the story when u were busy.and sorry sis
    U r the best author and I love you so much sissss
    Once again thxsss

    1. aphxxx says:
      August 5, 2020 at 2:23 am

      THANKYOU and WELCOME hafu darling I submitted next prt tonight ♥️

Comments are closed.

Next Episodeލޯތްބައްޓަކައި(25ވަނަ ބައި)←


All Right Reserved!