Esfiya - Dhivehi Vaahaka Site
  • އިތުރު
    • އެހެނިހެން
    • ހަޤީޤީ
    • ހިތާމަ
    • ދީނީ
    • މަޒުމޫނު
    • ޅެން
    • މަޖާ
    • ލޯބި
    • ބިރުވެރި
  • އެސްފިޔަ
    • އެސްފިޔަ ޕްރޯ
    • ޤަވާއިދު
    • އިސްތިހާރު ކުރެއްވުމަށް
    • ގުޅުއްވުމަށް
    • މަގޭ ވާހަކަތައް
    • ★ޕޮއިންޓްސް★
  • ލޮގިން
  • ރެޖިސްޓަރ
  • އެހީ
  • ސީރީސްތައް
  • ފުރަތަމަ ޞަފްހާ
ލޯބި

ލޯތްބައްޓަކައި(22ވަނަ ބައި)

Afaa Level 310 Stories100 Comments
July 26, 2020 9 Mins Read
50 Comments

‎ޔަނާއާއި ދިމާލަށް އާލިމް އަޅާ ކޮންމެ ފިޔަވަޅަކަށް ޔަނާ ދިއައީ ފަހަތަށް ފިޔަވަޅެއް އަޅަމުންނެވެ. އެގޮތަށް ގޮސް އޭނާ ފާރުގައި ޖެހުމުން ޔަނާ ކުރިމައްޗައް ބަލާލިއެވެ. އޭރު އާލިމް ހުރީއޭނާއާއި ޖެހޭ ނުޖެހޭހިސާބު ކައިރީގައެވެ. އަނެއްފަޅިން ރެކިގަންނަން މަސައްކަތްކުރި ޔަނާއަށް ކާމިޔާބު ނުވީ އާލިމް ފާރުގައި އެއް އަތް އަޅުވައި އޭނާއާއި އިތުރަށް ކައިރިވެލުމުންނެވެ. ބިރުންގޮސް ޔަނާއަށް އޭނާގެ ދެލޯ މަރާ ބާރު ކޮށް ލެވުނެވެ.

‎

‎ޔަނާއަށް ދެލޯ ހުޅުވާލެވުނީ ފިނި އެއްޗެއް އެނާގެ ނިއްކުރީގައި ޖެހުނު ކަމުގެ އިހުސާސް ވުމުންނެވެ. ނިއްކުރިން ފަޅައިގެން ގޮސްފައި ހުރި ތަން ކަރައި ގަތުމުން މަޑު އާހެއް ޔަނާގެ އަނގައިން ބޭރުވެގެން ދިއައެވެ. އޭރު އާލިމް ދިއައީ ކަފަ ކޮޅަކުން ޔަނާގެ ނިއްކުރީގައި ހުރި ލޭތަށް ސާފު ކުރަމުންނެވެ. އާލިމް އޭނާގެ ނިއްކުރީގައި ބޭސް އަޅައިދީ ނިމެންދެން ކަޅި ޖަހާ ނުލާ އާލިމްގެ މޫނަން ބަލަހައްޓައިގެން ޔަނާއަށް ހުރެވުނެވެ. ސުކޫލުގެ އަހަރު ނިމުން ފަހުން ހަތް އަހަރު ވެގެން ދިއަ އިރު އޭނާއަށް މީގެ ކުރިން އާލިމް ފެނިފައިވަނީ ހަމައެކަނި ނޫސްތަކުންނާއި ފޮޓޯ ތަކުންނެވެ. ހަމަ ލޮލަށް ފެނިލުމުން މިވީ ހަތް އަަހަރު ތެރޭ އާލިމްއަށް އައިސްފައިވާ ބަދަލު ޔަނާއަށް ނަގައިގަނެ ވުނެވެ. ހަށިގަނޑު ބިޔަ ވެފައި ކަސްރަތު ކުރާކަން ހާމަވަނީ އާލިމްގެ އަތުގެ ވަރުގަދަ މަސްތަކުންނެވެ. ކުރީގެ ސަކަ ގޮތްގަނޑު ކެނޑި އެ ހިތްގައިމު މޫނުމަތީގައި ވަނީ ސީރިއަސް ކަމެވެ. އާލިމްގެ މޫނަށް ކަޅިޖަހާ ނުލާ ބަލަން ހުރި ޔަނާ ސިއްސައިގެން ދިއައީ ބޭސްމަލަން ކޮޅު އޭނާގެ ނިއްކުރީގައި ތަތް ކޮއްލުމަށްފަހު އާލިމް އޭނާއާއި ދިމާލަށް ބަލާލުމުންނެވެ. އަވަހަށް ޔަނާ އިސްޖަހާލިއެވެ. “އައިޝަތް ޔަނާ…އަހަރެން މިތަނަށް ޔަނާ ގެނައީ އެއްގޮތަކަށް ވެސް ޔަނާ ތިހީކުރާ ކަހަލަ ކަމަކުގައެއް ނޫން…އިފް ޔޫ ލަވް ޔުއަރ ލައިފް އެންޑް ސޭފްޓީ ޖަސްޓް ބެކް އައުޓް ފްރޮމް ދިސް ކޭސް…ޔަނާއަށް ގޮތެއް ވެއްޖިއްޔާ ޔަނާގެ މަންމަ ބަލާނެ މީހެއް ވެސް ނުހުންނާނެ ސޯ…” އާލިމްއަށް އެހިސާބަށް ބުނެވުނު ތަނާ ނުރުހުމުގެ ނަޒަރަކުން ޔަނާ އާލިމް އާއި ދިމާލަށް ބަލާލިއެވެ. ”ސޯ މިސްޓާރ އާލިމް އަހަރެން މިތަނަށް ގެނައީ އަހަންނަށް ބިރުދައްކަންތަ؟ ނޮޓް ބޭޑް ސީމްސް ލައިކް ޔޫ ނޯ އަލޮޓް އެބައުޓް މީ….އެހެންވީރުން މިކަން ވެސް އިނގެންޖެހޭނެ، އަހަރެން އެއްވެސް މީހެއް ދެކެ ބިރުގަނެ ޖެހިލުންވެގެން ދުވެ ނުއެއް ފިލާނަން” އާލިމް އާއި ދިމާލަށް އިނގިލި ދިއްކޮއްލަމުން އެނދުމަތީގައި އޮތް އޭނާގެ އަތް ދަބަސް ހިފައިގެން ޔަނާ އެތަނުން ދާން ހިނގައިގަތެވެ. މީ ހާދަ ބޯހަރު ކުއްޖެކޭ އާލިމްގެ ހިތަށް އެރިއެވެ. “ޔަނާއަށް ރަނގަޅަކަށް އަހަރެން މިބުނަނީ ޖަސްޓް ބެކް އޮފް” އާލިމްގެ އަޑަށް ޔަނާ ހުއްޓި އާލިމްއާއި ދިމާލަށް ބަލާލިއެވެ. “އަހަރެމެންގެ ޗެނަލް އިން އެކަނި ކްރިމިނަލް ކޭސްތަކަށް ސްޕެޝިއަލް ޕްރޮގްރާމުތަށް ގެނެސްދީ ރީސާރޗް ކޮށް ހަދާނީ…އެއީ އާންމުންނާ ހަމަޔަށް މިރާއްޖޭގެ ކުށުގެ މާަހައުލާ ކޯޓުގެ މަރުހަލާ ތަކުގަ ކަން ހިނގާގޮތް ގެނެސް ދޭންވެގެން…ތިކަހަލަ ވާރނިންގްސް ދީގެނެއް އަހަރެމެން ފަހަތަކަށް ނުޖެހޭނަން…ވީ ވިލް ޑޫ އަވަރ ޑިއުޓީ” ސާބިތުކަމާއެކު ޔަނާ ބުނެލިއެވެ. އެ ހުރިހާ އިރު ދެޖީބަށް އަތް ޖަހާލައިގެން އާލިމް ހުރީ މި އަންހެންކުއްޖާގެ ކެރުންތެރި ކަމުގެ ސަބަބުން އާޝޯހު ވެފައެވެ. “ވަން މޯ ތިންގް…މިއަދު އާލިމް އަހަރެން ގަދަ ކަމުން މިތަނަށް ގެނައީ…އަހަރެން ބޭނުންނަމަ އާލިމް އާ ދެކޮޅަށް މައްސަލަ ޖެއްސިދާނެ… އަހަންނަށް ވުރެން ރަނގަޅަށް ޤާނޫނާ ގަވައިދުތަށް އާލިމްއަށް އިނގޭނެ ކަންނޭގެ…ދެވެހިރާއްޖޭގެ ޤާނޫނު އަސާސީގެ ދެވަނަ ބާބުގެ އަށާވީސް ވަނަ ނަމްބަރު…ހަނދާން ނެތިއްޔާ އަހަރެން ހަނދާން ކޮއްލަދީފާނަން، ނޫސްވެރިކަން ކުރުމާ މުޢާސަލާތީީ ވަސީލަތްތަށް ބޭނުންކުރުމުގެ މިނިވަންކަން ކޮންމެ މީހަކަށްމެ ލިބިިިގެންވެއެވެ. މީގެތެރޭގައި ޙަބަރާއި، މަޢުލޫމާތާއި ފެންނަ ގޮތްތަކާއި ޙިޔާލުތަށް ފާޅުކުރުމާއި ޝިއާއުތަށް ފެތުރުމުގެ މިިނވަންކަން ހިމެނެއެވެ. މިގޮތުން ޝިއާޢުކުރާ ނުވަތަ ފަތުރާ ނުވަތަ ފާޅުކުރާ މަޢުލޫމާތެއްގެ މަޞްދަރު ހާމަކުރުމަށް އެއްވެސް މީހަކަށް މަޖުބޫރުކޮށްގެނެއް ނުވާނެއެވެ. ” ޤާނޫނު އަސާސީގެ ޤާނޫނެއް ފަރިތަކަމާއި އެކު ކިޔާލައިފައި އެ ކޮޓަރިން ނިކުމެގެން ޔަނާ ދިއުމުން އާލިމްއަށް ހީލެވުނެވެ. ޤާނޫނުވެސް މި މޮޔަ ކުއްޖާ އުޅެނީ ހިތުދަސްކޮއްގެން ނެވެ. މި ގޮތްދޫނުކުރާ ކުއްޖާއަށް ހަނީފުގެ ނުރައްކާތެރި ކަމާއި ބެހޭގޮތުން ވިސްނާދޭނީ ކިހިނަކުން ބާއޭ އާލިމްގެ ހިތަށް އެރިއެވެ. އޭނާ ކުރި ކޭސް އެއްގެ ސަބަބުން ކުށެއް ނެތް އެވެސ މީހެއްގެ ފުރާނަޔަށް ގެއްލުން ވާކަށް އާލިމް ނޭދެއެވެ. އެގޭ ސަޑިން ފައިބައިގެން ނިކުމެގެން ދިޔަ ޔަނާ ފެނުމުން ކައިލާން އަވަސް އަވަހަށް ސިޑިން އަރައިގެން ގޮސް އާލިމް ހުރި ކޮޓަރިއަށް ދިއައެވެ. އޭރު އެ ކޮޓަރީގެ ކުޑަދޮރުން ބޭރަށް ނަޒަރު ހުއްޓާލައިގެން ޔަނާ އެގޭގެ ގޭޓުން ނިކުމެގެން ދާ ތަން ބަލަން ހުރި އާލިމްގެ މޫނުމަތީގައި ވަނީ ހިނިތުންވުމެކެވެ. “ސަރ އާރޔޫ ސްމައިލިންގް…އެ އަންހެން ކުއްޖާ” “ކައިލާން މޭކް ޝުއާރ ދެޓް ހަނީފް ޑަސަންޓް ކޯސް އެނީ ހަރމް ޓު ހާރ…ބޮޑީގާރޑުން ހަޔާރ ކުރޭ…ކީޕް ދެމް އަންޑާރކަވާޑް އަރައުންޑް ދެޓް ގާރލް” އެހެން ބުނެލުމަށްފަހު އާލިމް އެ ތަނުން ނިކުމެގެން ދިއައެވެ. އޭރު ކައިލާން ހުރީ ބުނާނެ އެއްޗެއް ވެސް ނޭނގިފައެވެ. މިވީ ހަތަރު އަހަރު ތެރޭ އާލިމް އަންހެން ކުއްޖަކަށް ސަމާލުކަން ދޭތަން އޭނާއަށް ފެނުނުމީ ފުރަތަމަ ފަހަރޭ ބުންޔަސް ދޮގަކަށް ނުވާނެއެވެ. ގޭގެ ސިޓިން ރޫމުގައި އިން ހާޖަރާގެ ސަމާލުކަން ހުއްޓިފައިވަނީ ކުރިމަތީގައި ހުރި ޓީވީއިން އިވެމުންދިޔަ ހަބަރަށެވެ. ގޭގެ ދޮރާއި ދިމާލަށް އޭނާއަށް ބަލާލެވުނީ ވަދެގެން އައި އާލިމް ފެނުމުންނެވެ. އައި ގޮތަށް އައިސް އާލިމް ހާޖަރާގެ ގާތުގައި އިށީންދެލިއެވެ.
‎” މާމާ،އެއްޗެއް އަހާލަންތަ؟” އަހަން ނާހަން ކަހަލަ ގޮތަކަށް ހުރެފައި ހާޖަރާއާއި ދިމާލަށް ބަލާލަމުން އާލިމް އަހާލިއެވެ. “ކިހިނެއްވީ ހާދަ ފާޑަކަށް ތިހިރީ….ހުރިހާ ކަމެއް ވެސް ރަނގަޅު ތަ ދަރިފުޅާ” ލޯތްބާއި އެކު އާލިމްގެ ބޮލުގައި ފިރުމާލަމުން ހާޖަރާ އަހާލިއެވެ. “މާމާ ކީއްވެތަ ބައެއް މީހުން އެހާ ގޮތް ދޫ ނުކުރަނީ؟” ސޯފާޔަށް ވެއްޓިގަންނަމުން ކަހަލަ ގޮތަކަށް އާލިމް އަހާލިއެވެ. އެޔާއިއެކު ހާޖަރާ ހިނިގަނޑެއް ޖަހާލިއެވެ. “އާލްތަ މާމަ ކައިރީ ތިހެން ތިއަހަނީ؟އާލް ފުރަތަމަ އަމިއްލަ ނަފްސާ ތި ސުވާލު ކޮއްލަބަލަ” ލުއި ހުނުމަކާއި އެކު ހާޖަރާ ބުނެލިއިރު އޭނާގެ މޫނުމަތީގައި ވަނީ ސަމާސާގެ ކުލަަވަރެވެ. “އަހަރެން ކޮން އިރަކު ގޮތްދޫނުކޮށް އުޅުނީ….ހަމަގައިމުވެސް އެ ކުއްޖާހާ ގޮތް ދޫ ނުކުރާއެއް ނުވާނެ” އެ ޖުމްލަވީ އާލިމްގެ ހިތުތެރޭގައެވެ. ހުނުން ހުއްޓާލުމަށް ފަހު އާލިމްގެ މޫނަށް ހާޖަރާދެން ބަލާލީ ކަމެއް ދޭހަ ކުރަން އުޅޭފަދަޔަކުންނެވެ. އަމިއްލަ ހިޔާލުތަކަށް ގެއްލިފައި އިން އާލިމްއަށް އޭނާއާއި ދިމާލަށް ބަލަހައްޓައިގެން އިން ހާޖަރާ ފެނުމުން ކިހިނެއްވީތޯ އަހާލިއެވެ. “އާލް ތި ކުރިމަތިލަނީ ވަރަށް ބޮޑު ކަމަކާ…އުލްފާ ގެއްލުނު ގޮތަށް އާލް ގެއްލޭކަށް މާމަ ބޭނުމެއް ނޫން…ތިކަން ދޫކޮއްލާފަ ރީތި ދިރިއުޅުމެއް ފަށަންވީނު ދަރިފުޅާ” އާދޭހުގެ ރާގަކަށް ހާޖަރާ ވާހަކަދެއްކިއެވެ. “މާމާ އަހަރެންގެ ދިރިއުޅުމުގެ މަޤްސަދު ވަރަށް ކުރިން ސުރެ އަހަރެންވާނީ ކަނޑައަޅާފަ….އަހަންނަކީ ހިނގަންފަށައިފި މަގަކުން ހިނގާ މަންޒިލާ ހަމަޔަށް ނުދެވެނީސް ހަތިޔާރު ބަހައްޓާނެ މީހެއް ނޫންކަން މާމަޔަށް އިނގޭނެ…ލައިފްގެ ދެވަނަ ނަމަކީ ރިސްކް…އަހަރެން މި ރިސްކު މިނެގީ މަންމަޔަށް އިންސާފު ހޯދައިދޭން…އެހެންކަމަކަށް އަހަންނަށް ސަމާލުކަން ދެވޭނީ މި މަޤްސަދު ހާސިލްވީ އިރަކުން” އެހެން ބުނެލުމަށްފަހު އާލިމް އެ އެޕާރޓުމެންޓުގެ ސިޑިން އަރައިގެން ދިއައެވެ. އޭރު ހާޖަރާގެ ދެލޮލުގައި ބޮނޑިވެފައި ހުރި ކަރުނަތަށް އޭގެ މަޤާމު ދޫކޮށް ފައިބައި ގަނެފިއެވެ. އާލިމްގެ ދިރިއުޅުން މިހާލަތުގައި މިއޮތީ ހަމަ އޭނާގެ ބަނޑުން ވިހޭ ދަރިޔާ ހެދިއެވެ. ހަނީފްއާއި ހެދިއެވެ.

‎ކޮޓަރިއަށް ވައިތް ގޮތަށް ފަލަކް މިސްރާބުޖެހީ އަލަމާރިއާއި ދިމާލަށެވެ. ދޮރުފަތް ހުޅުވާލުމަށްފަހު އޭނާ އަލަމާރީގެ ތަޅުލެވޭ ވަތްގަނޑުގެ ތަޅު ހުޅުވާލިއެވެ. އަދި އެ ވަތްގަނޑު ހުޅުވާލުމަށް ފަހު ފުދޭވަރަކަށް ބޯ ކަޅުކުލައިގެ ބަނޑޭރި ގަނޑެއްލީ ފޮތެއް ނެގިއެވެ. އެއީ މިވީ ހަތް އަހަރު ތެރޭ އެކަނިވެރިކަން އިހުސާސްވާ ކޮންމެ ފަހަރަކު ފަލަކް އޭނާގެ ހިތުގެ ހާލު ހިއްސާ ކުރާ ބައިވެރިޔާއެވެ. އޭނާގެ އެންމެ ގާތް މިތުރެވެ. އެ ފޮތް ހިފައިގެން ގޮސް ފަލަކް އެ ކޮޓަރިން ނިކުމެވެން އިންނަ ބެލްކަނީ ކޮޅަށް ނިކުމެލިއެވެ. އަދި ބެލްކަނީގައި ހުރި އުނދޯލީގައި ދެފައި ވަތް ކޮއްލައިގެން އިށީންނަމުން އެފޮތާއި އޭނާގެ އިހުސާސްތަށް ހިއްސާ ކުރަން ފެށިއެވެ. ފަލަކްގެ އަމަލުތަށް ހުރި ގޮތުން ކަންބޮޑުވެ ހުރެ ޓެރަހުން ފޭބި ނިކްޔަން ބޭނުންވީ އޭނާގެ ސަމާލުކަން އެހެން ދިމާލަކަށް ހުއްޓާލާށެވެ. އެހެންކަމުން އޭނާ ގޭގެ ލޯންޑްރީ ރޫމްއަށް ގޮސް އެތަނުން އޮފީހަށް ދާއިރުލާ ކޯޓުފަޓުލޫނެއް ނަގައި އެއްޗެހި ބަދަލު ކޮއްލައިގެން އޮފީހަށް ދާން މިސްރާބުޖެހިއެވެ. ކޮޓަރިއަށް ވަންނަން އޭނާ ބޭނުންނުވީ ފަލަކްއަށް އެކަނިވެލަން ވަގުތު ކޮޅެއް ދިނުމުގެ ގޮތުންނެވެ. ދެތިން ދުވަހުގެ ޗުއްޓީއެއް ހޮސްޕިޓަލުން ނަގައިގެން ހުރުމުން ފަލަކް އިނީ ފޫހިވެފައެވެ. ކޮޓަރީގައި އޮވެ އޮވެ ކުރާނެ ކަމެއް ނޭނގުމުން ފަލަކް ތިރިއަށް ފޭބިއެވެ. ގޭގެ ބޭރުގައި އޮންނަ ބަގީޗާއަށްދާން ހިނގައިގަތް ފަލަކް މަޑުޖެހިލީ ރޫމާގެ ކޮޓަރިއާއި ދިމާލުން ކެއްސުމުގެ އަޑު އިވެން ފެށުމުންނެވެ. ހުރިބާރެއް ލައިފައި ފަލަކް އެދިމާލަށް ދުއްވައިގަތެވެ. ރޫމާގެ ކޮޓަރީގެ ދޮރު ހުޅުވާލުމާއި އެކު ފެނުނު މަންޒަރަކުން ފަލަކްގެ ދެލޯ ބޮޑުވެގެން ދިއައެވެ. ތަޅުން ގަނޑު މަތީ އިނދެ ރޫމާ ހުއްޓުމެއްނެތި ކެއްސަމުން ދިއައިރު އޭނާގެ އަނގައިން ލޭ ފައިބައިފައި ހުއްޓެވެ. މަންމާ އޭ ކިޔައި ހަޅޭއްލަވައި ގަންނަމުން ރޫމާ ކައިރިއަށް ގޮސް ކުޑަކަކޫޖަހައި ފަލަކް އިށީންދެލިއެވެ. ކަރުނަވީ ދެލޮލާއި އެކުރޫމާ ފަލަކްއާއި ދިމާލަށް ބަލާލިއެވެ. މި އަޅަމުންދާ ވޭނަށް އޭނާއަށް މާކަގިނަ ދުވަހަކު ކެތެއް ނުކުރެވޭނެކަން ރޫމާއަށް އިނގެއެވެ. “ފަލަކް” އުނދަގުލާއެކު ރޫމާ ފަލަކްއަށް ގޮވާލިއެވެ. ރޫމާގެ ދެއަތުގައި ހިފައިލަމުން ފަލަކް ބޯ ޖަހާލިއިރު އޭނާގެ ދެލޮލުންވެސް ކަރުނަ ފައިބަން ފަށައިފިއެވެ. “ދައްތައަށްޓަކާ ދަރިފުޅުތިކޮއްދިނީ ވަރަށް ބޮޑުކަމެއް….ދައްތަ އަށް ވަޢުދުވެދީ ދައްތަ ނެތް ދުނިޔެއެއްގަ ނުއްކޮއަށް މިހާރުވެސް ތިދޭހެން ހިތްވަރުދީ ނިކް ކައިރީގަ ހުރެ އޭނާއަށް މަންމަ ނެތްކަން އިހުސާސު ނުވާ ވަރަށް ލޯބި ދޭނެކަމަށް….ދައްތަ އަށް މިކަން ކޮއްދޭނަން ދޯ” އަނގައިން ލޭ ފައިބާ ހާލު ރޫމާ ފަލަކްގެ ގާތުން އެދުނީ އާދޭހާއިއެކުގައެވެ. ދެވަނަ ވިސްނުމަކާއި ނުލާ ފަލަކް އަވަހަށް ބޯ ޖަހާލިއެވެ. އަދި ޑޮކްޓަރަށް ގުޅައި އަވަހަށް އައިސް ދިނުމަށް އެދުނެވެ. ފަނަރަ ވަރަކަށް މިނެޓު ތެރޭ ޑޮކްޓަރުވެސް އައިސް ރޫމާއަށް ފަރުވާދޭން ފެށިއެވެ.
‎” ޕޭޝަންޓުގެ ހާލަތު ދުވަހެއް ދުވަހަކަށް އެދަނީ ދައްވަމުން…ހާލަތު ވަރަށް ގޯސް…އިތުރަށް ދެވޭނެ ފަރުވާއެއް އަޅުގަނޑުމެން އަތަކު ނެތް…ޖަސްޓް ކީޕް ހަރ ހެޕީ” ރޫމާގެ ކޮޓަރިން ނިކުންނަމުން އިނގެރޭސި ބަހުން ޑޮކްޓާރ ވިލިއަމް ފަލަކްއާއި މުހާތަބުކޮށް ބުންޏެވެ. ފަލަކްއަށް ރޮވެންފެށުމުން ވިިލިއަމް އެތަނުން ދާން ހިނގައިގަތީ ފަލަކްއަށް ހިތްވަރު ލައިދިނުމުގެ ގޮތުން ދެތިން ބަހެއް ބުނެލާފައެވެ. ނަމަވެސް އެފަދަ ދަނޑިވަޅެއްގައި ހިތްވަރު ކުރެވޭނީވެސް ވަކި ކާކަށް ހެއްޔެވެ.

‎ދުވަހުގެ ޑިއުޓީގެ ދެބައިކުޅަ އެއްބައި ޑިއުޓީއަށް ނުގޮސް އަދި ގަޑި ޖެހިގެން ދިއުމުން މެނޭޖަރުގެ ލެކްޗަރު އަޑުއަހަން ޔަނާއަށް ޖެހުނެވެ. އެހުރިހާއިރު ޔަނާ ހުރީ ހިތާ ހިތުން އާލިމްއާއި ދިމާލަށް އެއްޗެހި ގޮވަގޮވައެވެ. މި ކޭސް އަވަހަށް ނިމެން ޔަނާ ބޭނުންވިއެވެ. އޭނާ ދިރިއުޅެން ބޭނުންވާ އާންމު ދިރިއުޅުމަށް މި ކޭސްގެ ސަބަބުން އެއްވެސް އަސަރެއް ކުރާކަށް ޔަނާ ބޭނުމެއް ނޫނެވެ. އެހާ ހައިޕްރޮފައިލް ބަޔަކާ ވައި އެޅެން ވެސް ބޭނުންނުވިޔަސް ވަޒީފައިގެ ގޮތުން އެކަމާ ވެސް ކުރިމަތިލާންޖެހެނީއެވެ. ދެލޯ މަރާ ތަގުޅި ކޮއްލައިގެން އިން ޔަނާ ސިއްސައިގެން ދިއައީ އޭނާގެ މޭޒުމަތީގައި މީހަކު ބާރުބާރަށް އެއްޗެއް ބޭއްވި އަޑަށެވެ. ސިހިފައި ދެލޯ ހުޅުވާލިއިރު އޭނާއާއި ދިމާލަށް ބަލަހައްޓައިގެން އިން ވިޝާލް ފެނުމުން ޔަނާއަށް މޫނު ކުނިކޮއްލެވުނެވެ. އެއްމެ ސިކުންތަކުވެސް އޭނާ ހަމަޖެހިލައިގެން އިނަ މި އީވަލް ފޮކްސްނުދޭނެޔޭ ޔަނާގެ ހިތަށްއެރިއެވެ. “ކިހިނެއްވީތޯ ސަރ؟” އެ ހުރިހާ ހިޔާލެއް އެއްފަރާތް ކޮއްލަމުން ޕްލާސްޓިކް ހިނިތުންވުމަކާއިއެކު ޔަނާ އަހާލިއެވެ. “މި ފައިލްގަ ހުންނާނެ މީގެ ހަތް އަހަރު ކުރިން ހައްވާ އުލްފާގެ އެކްސިޑެންޓް ހިނގައިދިއައިރު ސިޓުއޭޝަން އޮތްގޮތުގެ އިންފޯރމޭޝަން…..މިރޭ ޔަނާ ގެއަށް ދާންވާނީ މީގެ ރިޕޯޓެއް ނިންމާ ވެބްސައިޓަށް އަޕް ކޮއްފަ” މޭޒުމަތީގައި އޮތް ފައިލަށް އިޝާރާތް ކުރަމުން ކުރަންވީ ކަންތަށް ޔަނާއަށް ކިޔައިދިނުމަށް ފަހު ޔަނާގެ މޭޒާއި ދުރަށް ވިޝާލް ހިނގައިގަތުމުން ޔަނާއަށް އަނގަޔަށް ވައްތަރެއް ޖައްސާލެވުނެވެ. އަދި ލަސްނުކޮށް އޭނާޔާ ހަވާލުކުރެވުނު މަސައްކަތައިގެން ކުރިއަށް ދިއުމަށް އަވަސްވެގަތެވެ. ޔަނާއަށް ރިޕޯޓު ލިޔެ ނިންމައި އެޑިޓް ކޮށް ޕަބްލިޝް ކުރެވޭ ވަރު ވީ މެންދަމު އެކެއް ޖެހީ ފަހުންނެވެ. އޭނާ ފިޔަވައި އެހެން އެކަކު ވެސް މިހާރު އެ އޮފިސްތެރެއަކު ނެތެވެ. މަރުފަދަ އެ ހަމަހިމޭންކަމުގެ ސަބަބުން ޖެހިލުންވީ ނަމަވެސް، އެޔޮތް ހުރިހާއިރު މަސައްކަތަށް ގެއްލިފައި އިންވަރުން އެއިން ކަމެއް ޔަނާއަށް ރޭކާނުލީއެވެ. އެ ކޭސްގެ ރިޕޯޓު ތައްޔާރުކޮށް ނިމުނު އިރު ޔަނާގެ ހިތުގައިވެސް އާދަޔާހިލާފު ޝައުގުވެރިކަމެއް އެކޭސް އާއި މެދުވަނީ އުފެދިފައެވެ. ފައިލްގައިވާ މައުލޫމާތުތަކަށް ބަރޯސާވާނަމަ އެ ހާދިސާއެއް ހިނގިއިރު އާލިމް ހުރީ ސުކޫލުން ގުރޭޑް ދިހައެއްގެ ޓްރެވަލް އެންޑް ޓުއަރިޒަމް މާއްދާ ކިޔަވާ ކުދިންނަށް ހާއްސަ ކޮއްގެން ބޭއްވުނު ދަތުރެއްގައި ގޮސް ޕެރެޑައިސް ރިސޯޓުގައެވެ. އެހެންކަމަށް ވާނަމަ އާލިމްއަށް އެލިބުނީ ކްލީން ޗިޓެކެވެ. އުލްފާގެ މަރުގައި އާލިމްގެ އެއްވެސް އަތެއް ނެތެވެ. މި މައްސަލައިގެ އެންމެ ބޮޑު ސަސްޕެކްޓްއެއް ކަމަށްވާ ހަނީފް އެވަގުތު ހުރިކަމަށްވަނީ ބިޒްނަސް މީޓިންގް އެއްގައި އޭނާގެ އޮފީހުގައެވެ. އަޅައިގަންނަ ތަންކޮޅަކީ އެކްސިޑެންޓް ހިނގައިފައިވަނީ ހަނީފް ހުރި އޮފީހުގެ އިމާރާތާ އެންމެ ސާޅީހަކަށް ފޫޓު ދުރުގައި އެ އޮފިސް އިމާރާތް ހުންނަ މަގުގައި ކަމަށް ވުމެވެ. ދެން ފާހަގަކޮއްލެވޭ ނުކުތާއަކީ އުލްފާގެ ނަފްސާނީ ބަލިމަޑުކަމެވެ. އާލިމްގެ އުމުރުން ދިހަ އަހަރުގައި ޕްލޭން ކްރޭޝް އެއްގައި އުލްފާގެ މަންމަ، ބައްޕަ އަދި ކޮއްކޮ މަރުވެދިޔުމުގެ ސަބަބުން އުލްފާ ހުރީ ނަފްސާނީ ބައްޔެއް ކަމުގައިވާ ޑިޕްރެޝަންގެ ޝިކާރައަކަށް ވެފައެވެ. ހަ އަހަރު އެގޮތުގައި ވޭތުވެދިޔުމަށްފަހު އުލްފާ ނިޔާވީ އެ އެކްސިޑެންޓުގައެވެ. އެކްސިޑެންޓު ހިނގައިފައިވަނީ ޓެކްސީ އެއްގައި އުލްފާ ޖެހިގެންނެވެ. ނަމަވެސް އަދިއަދާ ޖެހެންދެންވެސް އެ ޓެކްސީ ދުއްވަން އިނީ ކާކު ކަމެއް ހޯދިފައެއް ނުވެއެވެ. އެ ޓެކްސީ ކުންފުނީގެ ނަން ފެނުމުން ޔަނާގެ ހިޔާލު ދަތުރުކުރީ ގެއްލިފައިވާ އޭނާގެ ލޯބިވާ ދޮންބެ ޔާފިއުއާއި ދިމާލަށެވެ. ފްލޭޝް ޓެކްސީސް ކުންފުންޏަކީ އެ ކުންފުންޏެއްގައި އޭނާގެ ދޮންބެ މަސައްކަތް ކުރި ކުންފުންޏެވެ. ޑްރައިވަރެއްގެ ގޮތުގައި ފްލޭޝް ޓެކްސީސްއާއި ގުޅުނު ޔާފިއުއަށް ޕްރޮމޯޝަން ލިބި އެއްއަހަރު ތެރޭގައި އެކުންފުނީގެ މެނޭޖަރުގެ މަޤާމު އޭނާއަށް ލިބުނު ހަނދާން ޔަނާ އެބަހުއްޓެވެ. އަމިއްލަ ހިޔާލުތަކުން ނިކުމެ ޔަނާ އަވަސްވެގަތީ ގެއަށް ދިއުމަށެވެ. މިހާރު އޭނާ ގެއަށްދަނީ ކޮންއިރަކުތޯ ބަލަން އެތައްފަހަރަކު އެ އިމާރާތުގެ ސެކިއުރިޓީ ގާރޑުވެސް އައިސްފިއެވެ. ސައިކަލުވެސް ނެތުމުން ޔަނާއަށް ގެއަށްދާންޖެހުނީ ހިނގާފައެވެ. މިއޮށް ދަންގަޑީގައި ޓެކްސީއެއް ހޯދުމަކީ ނާދިރުކަމެއް ވިއްޔާއެވެ. މެންދަމުގެ ވަގުތު ކަމުން މަގުމަތީގައި އެހާގިނަ މީހުން ހޭލަމޭލަވެ ނޫޅުނަސް ދެތިން މީހަކާއި ސައިކަލެއް ފެނިލައެވެ. ދުވާރުމަތިން ހިނގަމުންދިަ ޔަނާގެ ހިޔާލުތަށް އަނެއްކާވެސް އުލްފާގެ މަރުގެ ކޭހާއި ގުޅުނެވެ. އެމަރުގެ ދައުވާ އާލިމް ހަނީފްގެ މައްޗަށް އެ އުފުލަނީ ކީއްވެބާއެވެ؟ އަމިއްލަ ބައްޕަގެ މައްޗަށް އެފަދަ ބޮޑު ތުހުމަތެއް އާލިމް ހަމަ އެހެން ހުރެލާފަކައި ނުކުރާނެކަން ޔަނާއަށް އިނގެއެވެ. އާލިމްއަށް އުލްފާ މަރާލީ ހަނީފްކަން ޔަޤީންވަނީ ކީއްވެ ހެއްޔެވެ؟ ވިސްނި ވަރަކަށް އެ ކޭސްގެ އޮޅުންބޮޅުންތައް ގިނަ ވާނެކަން ޔަނާއަށް އިނގެއެވެ. މަޑު ހިނގުމެއްގައި ގޮސް ޖެހިގެން ހުރި ގޯޅި އަޅާލި ޔަނާ ސިއްސައިގެން ދިއައީ އޭނާގެ އަނގަމަތީ އަތްއަޅައި މީހަކު އޭނާ ދަމާފައި ގެންގޮސް ހަދަހަދައި ހުރި އިމާރާތެއްގެ ތެރެއަށް ވެއްދުމުންނެވެ. އެމީހާ އޭނާގެ އަނގަ މަތީ އަތް އަޅައިގެން ހުރިލެއް ބާރުކަމުން ހަޅޭއްލަވައި ލަވައިވެސް އޭނާގެ އަޑެއް ނުނިކުތެވެ. އެމީހާގެ އަތުން ރެކި ގަންނަން ކުރި ހުރިހާ މަސައްކަތެއް ބޭކާރުވީ އެމީހަކު ޔަނާގެ ގައިގައި ހިފަހައްޓައިގެން ހުރިލެއް ބާރު ކަމުންނެވެ.

‎އެނދުމަތީގައި ފުރޮޅިލަ ފުރޮޅިލައި އޮތް ފަލަކް އިރުއިރު ކޮޅާ ފާރުގައި ހަރުކުރެވިފައި ހުރި ވައް ގަޑިއަށް ބަލާލައެވެ. މެންދަމުގެ ވަގުތު ތަށް އެގަޑި ގުނަމުން ދިއައިރު ހެނދުނު ގެއިން ނިކުތް ނިކްޔަން އަދިވެސް ގެއަށް ނާންނަނީ ހެއްޔޭ ފަލަކްގެ ހިތަށް އެރިއެވެ. އެހެންޏާ އޮފީހަށް ގޮސްފިނަމަ ބާރަ ޖެހުމުގެ ކުރިން ނިކްޔަން އަބަދުވެސް ގެއަށް އަންނާނެއެވެ. ގުޅާލާފައި ކޮބައިތޯ ބަލާލާކަށްވެސް ފަލަކް އަކަށް ނުކެރުނެވެ. މިއަދު ކަންތައް ވެދިޔަ ގޮތުން ނިކްޔަން އާއި ކުރިމަތި ލާން ބޭނުން ނުވިޔަސް ޑޮކްޓަރު އޭނާގެ ގާތުގައި ދެއްކި ވާހަކަތަށް ނިކްޔަންއަށް ކިޔައިދޭން އެބަ ޖެހެއެވެ. އެންމެފަހުން ފަލަކް އެނދުން ތެދުވިއެވެ. ދޫހަރުވާޅާއި އެކު ލައިގެން ހުރި ޓީޝާރޓު ކޮޅަށް ދަމާލަމުން ކޮނޑަށް ވުރެން ތަންކޮޅެއް ތިރިއަށް ދާ އޭނާގެ އިސްތަށިގަނޑުގައި ވޫލްކޮޅު އައްސާލަމުން ފަލަކް ގޮސް ކޮޓަރީގެ ދޮރު ހުޅުވާލިއެވެ. އެއާއި އެކު ކޮޓަރިއަށް ވަންނަން އައްގަނޑުގައި ހިފާލަން އުޅުނު ނިކްޔަން އަށް ސިހިފައި ފަލަކްއާއި ދިމާލަށް ބަލާލެވުނެވެ. ނިކްޔަން ފެނުމުން ސިހުނު ނަމަވެސް އެކަން ނުދައްކާ އެއްފަރާތަކަށް ޖެހިލަމުން ނިކްޔަން ވަންނަން ޖާގަ ފަލަކް ދެއްކިއެވެ. ބަހެއް ބުނުމެއް ނެތި އަަތަުގައި އޮތް ކޯޓު ސޯފާ މަތީ ބޭއްވުމަށް ފަހު ތުވާލި ހިފައިގެން ނިކްޔަން ފާހަނައަށް ވަނެވެ. ސޯފާގައި އިން ފަލަކް ކޮއްޅަށް ތެދުވީ ބޯހިއްކަމުން ފާހަނައިން ނިކުތް ނިކްޔަން ފެނުުމުންނެވެ. ވާހަކަ ފަށާނެ ގޮތެއް ނޭނގިފައި ހުރި ފަލަކްއާއި ދިމާލަށް ބަަަލައިވެސް ނުލައި ނިކްޔަންގޮސް ރީތިވާ މޭޒު ދަށުގައި ހުއްޓުމުން ނިކްޔަން އެހެރީ ހިތްހަމަނުޖެހިފައިކަން ފަލަކްއަށް ނަގައިގަނެވުނެވެ. ލޯގަނޑަށް ބަލާލި ނިކްޔަން އަށް އޭނާގެ ފުރަގަހުގައި ހުއްޓިހުރި ފަލަކް ފެނުމުން ފަލަކްއާއި ވީފަޅިއަށް އެނބުރުނީ ފަލަކް އެއްޗެއް ބުނަން އުޅޭހެން ހީވުމުންނެވެ. “މިއަދު މަންމަ މާބޮޑަށް ކެއްސައިގަތީމަ ޑޮކްޓަރުގެނައިން” ނިކްޔަންގެ ސަމާލުކަން ލިބުމާއި އެކީ ފަލަކް ބުނި ޖުމްލައާއި އެކު ނިކްޔަން ފަލަކްއާއި ދިމާލަށް ނަޒަރު ހުއްޓާލިއެވެ. “ޑޮކްޓަރު ބުނީ……” އިތުރަކަށް އެންމެ ލަފްޒެއްވެސް ފަލަކްއަކަށް އޭނާގެ ދުލަކުން ބޭރުކުރެވޭ ގޮތެއް ނުވިއެވެ. ފަލަކްއަށް ގިސްލެވެން ފެށުނެވެ. ފަލަކްގެ ގައިގައި އަތް ނުލަން ލާން ހުރެފައި އެންމެ ފަހުން ނިކްޔަން ފަލަކްގެ ގާތަށް ޖެހިލާ އޭނާގެ ދެކޮނޑުގައި ހިފައިލިއެވެ. “ކީކޭ ޑޮކްޓަރު ބުނީ” ފަލަކްއާއި ހަތަރު ކަޅި ހަމަކޮއްލަމުން ނިކްޔަން އަހާލިއެވެ. އެއާއިއެކު ހިތްވަރެއް ކޮއްލަމުން ފަލަކް ޑޮކްޓަރު ދެއްކި ވާހަކަތަށް ނިކްޔަންއަށް ކިޔައިދިނެވެ. ލޮލަށް ޖަމާވަމުން ދިޔަ ކަރުނަތަށް ހިންދާލަން މަސައްކަތް ކުރަމުން ނިކްޔަން ގޮސް ސޯފާގައި އިށީނދެލީ ދެއަތް އޭނާގެ އިސްތަށިގަނޑުގެ ތެރެއަށް މަހާލަމުންނެވެ. މަންމަ އޭނާ ދޫކޮއްފައި ދާނެ ކަމަކަށް އަދިވެސް އޭނާގެ ހިތް އެއްބަހެއް ނުވެއެވެ.

‎ސްޓަޑީގައި ކޮމްޕިއުޓަރަށް ނަޒަރު ހުއްޓާލައިގެންއިން އާލިމް އޭނާ ކުރަމުންދިޔަ މަސައްކަތް ހުއްޓާލީ މޭޒުމަތީގައި އޮތް އޭނާގެ ފޯނު ރިންގުވާން ފެށުމުންނެވެ. ގުޅަނީ ކައިލާން ކަމުން އާލިމް ދެވަނަ ރިންގަކަށް ނުދަނިސް ފޯނުނަގައި ކަންފަތުގައި ޖަހާލިއެވެ. “ސަރ ދެންމެ ރާއްޖެ ޓީވީގެ ވެބްސައިޓަށް ޕޯސްޓްވި ރިޕޯރްޓް ދެކުނިންތޯ؟” ކައިލާން ކޮއްލިސުވާލާާއި އެކު އަވަސް ހަރަކާތަކުން އާލިމް އެ ވެބްސައިޓް ހުޅުވާލިއެވެ. އެޔާއެކު އޭނާއަށް ދެލޯ ބޮޑު ކޮއްލެވުނީ މީގެ ދިހަ ވަރަކަށް މިނެޓު ކުރިން ޔަނާ އަޕް ކޮއްފައި އިން އަރޓިކަލްގެ ނަން ފެނުމުންނެވެ. “އަމިއްލަ އަނބިމީހާ މަރާލީ ރޭވުންތެރި ކާރު އެކްސިޑެންޓަކުން ބާ؟” އެ ރިޕޯޓުގެ ސުރުޚީ ކިޔާލެވުމާއި އެކު އާލިމްއަށް އަވަހަށް އިށީންދެން އިން ގޮނޑިން ކޮއްޅަށް ތެދުވެވުނެވެ. “ކައިލާން ކޮބާ ބޮޑީގާރޑްސް؟” ސްޓަޑީގެ ދޮރާއި ދިމާލަށް ހިނގައިގަންނަމުން އާލިމް އަހާިއެވެ. “ސަރ އެމީހުން ހަމަޖެހޭނީ މާދަން” “ކަންކަން މާދަމާއަށް ފަސް ނުކުރާށޭ ކައިލާން ކައިރީ އަހަރެން ބުނަނީ ކިތައް ފަހަރު…ޑޭމް އިޓް ކޯލް ހަރ އޮފިސް އެންޑް ޗެކް އިފް ޝީ އިޒް ދެއަރ” ފޯނު ކަނޑާލަމުން ދުވެފަ ކަހަލަ ގޮތަކަށް ސިޑިން ފައިބައިގެން ގޮސް އާލިމް އޭނާ ދިރިއުޅޭ ގެއިން ނިކުތެވެ. ގަރާޖުން ކާރު ނެރެ ބާރު ސްޕީޑުގައި އާލިމް ކާރު ދުއްވާލީ ޔަނާ މަސައްކަތް ކުރާ އޮފީހާއި ދިމާލަށެވެ. އެ ރިޕޯރޓު ފެނިފައި ހަނީފް މަޑުން ނުހުންނާނެކަން އާލިމްއަށް ރަނގަޅަށް އިނގެއެވެ. ހަނީފްގެ ގޮތް ރަނގަޅަށް އިނގޭތީ ހަނީފް ދެން އަޅާނޭ ފިޔަވަޅެއް ދެނެގަންނާކަށް އާލިމްއަކަށް މާ އުނދަގުލެއް ނޫނެވެ. ހެނދުނު ޔަނާ ހުޅުމާލެ ގެންދަންވެގެން ޔަނާގެ ސައިކަލުގެ ހަން ފަޅާލެވުނު މޮޔަ އާލިމްގެ ހިތަށް އެރިއެވެ. ޔަނާ އެ ރިޕޯޓު އަޕް ކުރީ ހަމަ ދެންމެޔަކު ކަމަުން ޔަނާ އަދި ހުންނާނީ އޮފީހުގައިކަން ނުވަތަ އޮފީހާއި ކައިރި ހިސާބެއްގައި ކަން އާލިމްއަށް ދެނެގަނެވުނެވެ. ޔަނާއަށް ދެރަގޮތެއް މެދުވެރި ވެއްޖެނަމަ އޭނާއަށް އަމިއްލަ ނަފްސަކަށް ދުވަހަކުވެސް މާފެއް ނުކުރެވޭނެއެވެ. އޭނާ ނެގި ފިޔަވަޅެއްގެ ސަބަބުން ކުށެއް ނެތް މީހަކަށް ގެއްލުމެއް ލިބުމެއް އޭނާ ނޭދެއެވެ. ކާރުގައި ގޮސް ރާއްޖެ ޓީވީ އިމާރާތުގެ ދޮރު މައްޗަައް މަޑުކޮއްލުމަށްފަހު އާލިމް ކާރުން ފޭބިއެވެ. އަދި ދުވެފައި ކަހަލަ ގޮތަކަށް ގޮސް ގޮނޑިއެއްގައި އިން ސެކިއުރިޓީ ގާޑު ކައިރީގައި ޔަނާ ކޮބައި ތޯ އެއްސެވެ. “އިރުކޮޅެއް ވެދާނެ މެޑަމް ގެއަށް ދާން ނިކުތްތާ” އެމީހާގެ ޖުމްލަ އަޑު އިވުމާއި އެކު އާލިމް ކުރިމަތިން ފެންނަން އޮތް މަގުގެ އެތެރެއަށް ދުއްވައިގަތެވެ. ޔަނާ ކޮބައިބާއެވެ؟ ވަކި ހިސާބަކަށް ގޮސް އާލިމް މަޑު ކޮއްލި އިރު އޭނާ ހުރީ ރަނގަޅަށް ދާ ހިއްލާ ފޯވެފައެވެ. ކުރިއަށް އަޅާލި ފިޔަވަޅުމަތީގައި އާލިމްއަށް ހުއްޓެވުނީ ކަންފަތުގައި ޖެހުނު އަޑެއްގެ ސަބަބުންނެވެ.

ނުނިމޭ

މިވާހަކައިގެ ދެންއޮތް އެޕިސޯޑުގެ ލިންކު ކޮމެންޓް ސެކްޝަންގެ ތިރީގައި ވާނެއެވެ.

Share Article

Follow Me Written By

Afaa

Level 310 Stories100 Comments

A whole new world A new fantastic point of view This is what i see and want to show you guys through my stories?❤️ Love you all readers please be in touch with me through comments ❤️❤️❤️

Other Articles

Previous

އައިނާ (2) 17

Next

ފިޔަފަތް 9

Next
July 27, 2020

ފިޔަފަތް 9

Previews
July 26, 2020

އައިނާ (2) 17

50 Comments!

  1. Naani says:
    July 26, 2020 at 1:08 am

    Maasha Allah mi part ves haadha reehchey??????????????? n Aalim haadha loabi eyy????????????????? Eulhey fake Rafga gandu kobaitha mihaaru???

    1. aphxxx says:
      July 26, 2020 at 1:19 am

      Ahahha naani rafga mathin miss v dhww???thankyou darling♥️✨

  2. ?Kukkyyy? says:
    July 26, 2020 at 1:30 am

    This part is amazing too ? can’t wait to read the next part ☺️ Hope that yanaa is fine..
    Good luck ❤️
    Stay safe tc ❤️

    1. Afaa says:
      July 26, 2020 at 4:43 am

      Thankyou kukky✨? tc✨♥️

  3. RA NE says:
    July 26, 2020 at 1:40 am

    Maashallah! v reethi waiting for them nxt part

    1. Afaa says:
      July 26, 2020 at 4:44 am

      Thankyou Rane✨?

  4. Liyaa says:
    July 26, 2020 at 7:55 am

    Nice keep it up ❤️??

    1. aphxxx says:
      August 1, 2020 at 5:53 am

      Thankyou♥️

  5. Afu says:
    July 26, 2020 at 8:04 am

    Masha Allah varah reethi mi prt vx ♥️♥️♥️ bunaane ehcheh neygun ???? ehaavx reethi ❤️❤️❤️ alheyyyy dhn kihinei baa vaanee ???? curiously waiting for nxt ???? lysssssmmmmmm ❤️❤️❤️
    Stay safe ❤️❤️❤️❤️
    TC ♥️♥️♥️♥️
    Luv u bigu bigu Koh ❤️❤️❤️♥️♥️♥️

    1. Afaa says:
      July 26, 2020 at 3:07 pm

      Thankyou afu✨♥️Happy independence day love??✨lym♥️✨

  6. Anuahs says:
    July 26, 2020 at 8:22 am

    Booooo….❣️?..Masha Allah..mi part ves Hama varah habeys…??❣️?❤️?????????❣️??..OBINESS TO THE MAX…❣️??…ALHEY Yana kaaku tha e kidnap kuree.????… waiting for the next part….up soon booooo ??..love you and TC boo❣️…see u soon❤️

    1. Afaa says:
      July 26, 2020 at 3:08 pm

      Lets see dhww kaaku tho ei….happy independence day boo??♥️Lym tc✨?

  7. ❤️.....Rif.....❤️ says:
    July 26, 2020 at 8:40 am

    Masha Allah mi part ves vvv reethi. Curiously waiting tor the next. Ur my favourite author………….
    ❣️❣️❣️❣️❣️❣️❣️❣️❣️❣️
    Stay safe…..
    Tc…….

    1. Afaa says:
      July 26, 2020 at 3:08 pm

      Awww thankyou darling tc✨♥️

  8. Starlight vixx says:
    July 26, 2020 at 9:09 am

    Varah reethi mi part ves but Falak and Nickyan ge vaahaka ves Gina kobba please but if you want and also waiting for the next part ☺️☺️☺️☺️☺️☺️☺️☺️☺️☺️☺️????????
    Take care sisooo♥️♥️♥️♥️♥️♥️♥️♥️♥️♥️♥️ love you and see you soon in the next part ☺️❤️❤️❤️❤️❤️❤️❤️❤️❤️❤️????????????????????????????????????????????????????????????????
    Happy Independence Day sisooo

    1. Afaa says:
      July 26, 2020 at 3:08 pm

      Happy independence day??♥️Thankyou darling✨♥️

  9. Shuba... says:
    July 26, 2020 at 9:54 am

    Wowwwwww vrh reethi mi story. Adhi kiriya dhw commenteh kollevey varu mi v. Abadhu vx story liyan ekam. Aslu mi story hama habeys I’m speechless.
    ❤️❤️❤️❤️❤️❤️❤️❤️❤️❤️❤️❤️❤️❤️❤️❤️❤️❤️❤️❤️

    1. Afaa says:
      July 26, 2020 at 3:09 pm

      Thankyou shuba✨♥️

  10. N0 oNe says:
    July 26, 2020 at 11:36 am

    varah reethi ?????
    kon iraku nxt prt sis…?
    luv ya sissssoooo…????
    take care and stay safe…???

    1. Afaa says:
      July 26, 2020 at 3:09 pm

      Thankyou✨♥️Next prt soooon✨?

  11. FaDe Sway says:
    July 26, 2020 at 11:56 am

    Nice story ❤❤❤???❤?❤?❤?❤
    Aaalim and yanaa gulhu vahchey sis
    Whn next
    Looking forward to the next part???
    Hope u will reply to this comment
    Lots of love from me❤❤❤❤❤❤
    Take care nd stay safe

    1. Afaa says:
      July 26, 2020 at 3:10 pm

      Ahaha yes lets see dhw?✨thankyou✨♥️

  12. Nerr__ says:
    July 26, 2020 at 12:26 pm

    so saad.for nik’s mom… ?
    mi aalim and yanaa haadha majaa ey dhw??.. always fighting..
    love this part, keep it up aphu..
    hope to see nxt part soon

    1. aphxxx says:
      August 1, 2020 at 5:53 am

      Thankyou

  13. Faathimath Naaya Abdulla says:
    July 26, 2020 at 2:31 pm

    Wow Vara reethi next part GA rafga ulheyne dho waiting for the next part

    1. aphxxx says:
      August 1, 2020 at 5:54 am

      Yes you miss rafga dhw?

  14. Scarlet says:
    July 26, 2020 at 3:29 pm

    Owwwwwwwwww sis, mi part vs V Vvvvvvvv Reethi… Rooma is dying dhw… Alheyyy so sad..
    ???????????????????
    Sis vaahaka genesdheefa hunna gothun vaahaka mihaa reethee aslu.. MaShaAllah u have true talent
    Your my favorite writer.. Keep it up.. I love you bod bod konn ❤️❤️❤️❤️???????????????????????????❣️❣️

    1. Afaa says:
      July 26, 2020 at 4:03 pm

      Awwww thankyou so much scarlet ✨♥️Means alot darling✨? lym & happy independence day love??♥️

  15. Afu says:
    July 26, 2020 at 4:06 pm

    Happy Independence Day u toooo ????♥️♥️ hii rilooo Happy Independence Day ??????♥️♥️♥️

    1. Afaa says:
      July 26, 2020 at 6:25 pm

      ♥️♥️♥️

    2. Ril says:
      July 26, 2020 at 9:28 pm

      hii afuuu
      ya same to u happy independence day

  16. Nuhyy says:
    July 26, 2020 at 5:47 pm

    Hey sisoooo
    HAPPY INDEPENDENCE DAY????????????????????
    This part is habeys sis??????????? falak and nikyan ge love story and yana and aalims love story both are awesome ????????? i love this story its my favvvvvv♥️♥️♥️♥️♥️
    Love you sisoo tc stay safe♥️♥️♥️♥️♥️♥️

    1. Afaa says:
      July 26, 2020 at 6:26 pm

      Awww Thankyou nuhyy♥️✨happy independence day??♥️Lym✨?

  17. Hafu says:
    July 26, 2020 at 10:50 pm

    Heii sisoo….
    Happy independence day
    This part was amazing..maasha allah.hama speechless
    Sis haadha curious kohlaafa eyy thi finish kuree
    Can’t wait too long for next part
    When is next part sis?
    Love this story and u too sis
    Don’t mind pls,sis ur name is afaa tha? And u r sis of author lily tha?
    Stay safe and tc
    Love u soooomuch

    1. Afaa says:
      July 27, 2020 at 12:46 am

      Hey hafu
      Happy independence day to you too??♥️ Next part insha allah i will submit tmrw and yes my name is afaa and lilly is my little cousin sister✨?
      Thankyouu✨?

  18. ?Ril? says:
    July 26, 2020 at 11:31 pm

    Hii sisoo??❤️
    Mi part Vs varh. Sali Masha Allah????
    Speechless ingey???
    And Ril ah heevanee enme fahun yaanaa and Alim hen dhw enmefahun couple akah vaanee heheheh????
    Btw Waiting for next ingey sis❤️❤️
    Love uuuu❤️❤️❤️
    TC and stay safe❤️❤️❤️

    1. Afaa says:
      July 27, 2020 at 12:47 am

      Yes i think so too hehe?♥️ Lym tc✨?

  19. Aalim says:
    July 27, 2020 at 2:31 pm

    Alhey yana kaakutha e kidnap kuryyyy???? but no worries aal midhany yanaa save kuran????

    1. Afaa says:
      July 27, 2020 at 2:48 pm

      Ahaha awahah dhahchey save kuran?

  20. Aalim says:
    July 27, 2020 at 2:33 pm

    Falak and nikyan adhi ahnaaane tha maldives ah ? Now they are in Australia ehnu

    1. Afaa says:
      July 27, 2020 at 2:49 pm

      Adhi ahnaane kanneyge dhw

  21. Aalim says:
    July 27, 2020 at 2:33 pm

    Mi part wes varah salhi ingey?

    1. Afaa says:
      July 27, 2020 at 2:50 pm

      Thankyou aalim♥️✨

  22. Just a reader says:
    July 27, 2020 at 6:14 pm

    This prt is also amazing
    Keep it up aphxxx
    Looking forward to the next prt

    1. Afaa says:
      July 28, 2020 at 12:08 am

      Thankyou darling

  23. Nuhyy says:
    July 28, 2020 at 1:41 am

    Whennnn next part sisoooo?♥️♥️♥️♥️

    1. Afaa says:
      July 28, 2020 at 4:05 am

      Submitted hehe♥️

  24. Raayaa? says:
    July 28, 2020 at 11:32 am

    Afaaa Hiii v miss ingeyyy……… Dhn hurihaa kudhinnah vc i ge faraathun eid mubaarak……… V reethi mi prt vc… Tc everyone…. Wish u all a happy and safe eid❤️❤️❤️❤️

    1. Afaa says:
      July 28, 2020 at 4:34 pm

      Thankyou darling✨♥️Miss more♥️

  25. Naayooo says:
    August 5, 2020 at 6:28 pm

    Vara reethi can’t wait for the next part

Comments are closed.

Next Episodeލޯތްބައްޓަކައި(23ވަނަ ބައި)←


All Right Reserved!