Esfiya - Dhivehi Vaahaka Site
  • އިތުރު
    • އެހެނިހެން
    • ހަޤީޤީ
    • ހިތާމަ
    • ދީނީ
    • މަޒުމޫނު
    • ޅެން
    • މަޖާ
    • ލޯބި
    • ބިރުވެރި
  • އެސްފިޔަ
    • އެސްފިޔަ ޕްރޯ
    • ޤަވާއިދު
    • އިސްތިހާރު ކުރެއްވުމަށް
    • ގުޅުއްވުމަށް
    • މަގޭ ވާހަކަތައް
    • ★ޕޮއިންޓްސް★
  • ލޮގިން
  • ރެޖިސްޓަރ
  • އެހީ
  • ސީރީސްތައް
  • ފުރަތަމަ ޞަފްހާ
ހިތާމަލޯބި

އިންތިހާ (ޓްރެއިލާރ)

Afaa Level 310 Stories100 Comments
July 27, 2020 2 Mins Read
25 Comments

‎ރާއްޖޭގެ މަޝްހޫރު ވިޔަފާރި ވެރިޔާ ހަސަން އުޒާމް ގެ ހުރި ހަމައެކަނި ދަރި އިވާން އަކީ ބިސްނަސްގެ ދުނިޔޭގަ އާ އުސްމިންތަކެއް ކަނޑައަޅަމުން އަންނަ ހަރުދަނާ ޒުވާނެކެވެ. އުމުރުން ފަންސަވީސް އަހަރުގެ އިވާން އަކީ ބަސްމަދު ސީރިއަސް މިޒާޖެއްގެ ވެރިއެކެވެ. އޭނާގެ ދިރިއުޅުމުގައި މުހިންމު ވަނީ ދެކަމެވެ. ފުރަތަމަ ކަމަކީ އޭނާގެ އާއިލާއެވެ. ދެވަނަޔަށް އިވާން އެންމެ ބޮޑު އަޚަންމިއްޔަތު ކަމެއް ދެނީ އެމީހުންގެ އާއިލީ ވިޔަފާރިޔަށެވެ. އާއިލާގެ ބޮޑުންގެ ފަރާތުން ވާރުތަވެފައިވާ މި ވިޔަފާރިއަކީ އިވާންގެ ދިރިއުޅުމުގެ މައި ތަނބެވެ. ބައްޕަ އުޒާމް ފަދައިން އިވާން ވެސް އަންނަނީ ޒުވާން އުމުރުގަ ފާހަގަ ކޮއްލެވޭފަދަ ކާމިޔާބީ ތަކެއް އެމީހުންގެ ވިޔާފާރިއަށް ހޯދައިދީ އެ ވިޔަފާރި ކުރިއަރުވަމުންނެވެ. ނަމަވެސް ކިތަންމެ ވަރުގަދަ ޝަހުސިއްޔަތަކަސް ކޮންމެ މީހެއްގެ ވެސް ބަލިފަޔެއް ވާނެކަމީ ދުނިޔޭގެ ހަޤީގަތެވެ. މިގޮތުން އަހްމަދު އިވާން އުޒާމްގެ ވީކްނެސް އަކީ އޭނާޔާ ދެބެންގެ ދެދަރި ކޮއްކޮއެވެ. އުޒާމްގެ އެއްބަނޑު އެއްބަފާ އަންހެން ކޮއްކޮގެ ދަރިފުޅު އައިމަންއެވެ. އެކާވީސް އަހަރުގެ އައިމަންއަކީ ރާއްޖޭގެ އެންމެންގެ މެދުގައި މަޤުބޫލު ޒުވާނެކެވެ. ޚާއްސަކޮން ޒުވާން އަންހެން ކުދިންގެ މެދުގައެވެ. އިވާންއާއި ހިލާފަށް އައިމަންގެ ދިރިއުޅުން ބިނާވެފައިވަނީ އާއިލީ ވިޔަފާރީގެ މައްޗަކަށް ނޫނެވެ. އޭނާގެ ޝައުގުވެރިކަމާއި ރޫހު ގުޅިފައިވަނީ އޭނާގެ އަޑާއެވެ. އެ ހިތްގައިމު އަޑުގެ ޒަރިއްޔާއިން އައިމަން ކިޔާ ލަވަތަކަކީ އެތަށް ބަޔެއްގެ ހިތާ ކުޅެލުމުގައި ކާމިޔާބު ހޯދާފައިވާ ލަވަތަކެކެވެ. މިއުޒިކުގެ ދާއިރާގައި އައިމަން އަކީ ވިދަމުން އަންނަ ތަރިޔެކެވެ. އޭނާގެ މަންމަ އެކަމާ ކިތަންމެ ދެކޮޅަސް އޭނާ އެ ދާއިރާާގައި ފައިތިލަ ސާބިތުކުރީ ލޯބިވާ ދޮންބެ އިވާން އާއި ބޮޑުބޭބެ އުޒާމްގެ އެހީއާއި އެކުގައެވެ. އިވާން އާއި އައިމަންގެ ގުޅުމަކީ އެންމެން ދަންނަ ވަރުގަދަ ގުޅުމެކެވެ. އާއިލީ ގުޅުމަށްވުރެން ބޮޑަށް މިދެ ޒުވާންނުންގެ މެދުގައި ވަނީ ވަކި ނުވާނެ ފަދަ އެކުވެރިކަމެވެ. އިވާން އަކީ އައިމަންގެ ހިއްވަރެވެ. އައިމަންއަކީ އިވާންގެ ފުރާނައެވެ. މި ދެމީހުންގެ މެދުގައިވާ ގުޑުމެއް ނުވާ ގުޅުމުގެ ސަބަބުން ދެމީހުން ޅަފަތުގެ ދުވަސްތައް ގިރާކޮށް، އަދިއަދާ ޖެހެން ދެންވެސް ދިރިއުޅެނީ އެކަކު އަނެކަކުގެ ދިރިއުޅުމުގައިވާ ހުރިހާ ތަކުލީފަކާއި އުފަލެއް އެކަކު އަނެކަކާއި ހިއްސާ ކޮއްގެންނެވެ. އެކަކަށް އަނެކަކާއި ނުލާ ނޭވާ ވެސް ނުލެވޭ މި ބޭބެ އާއި ކޮއްކޮގެ ދިރިއުޅުމުގެ ހަމަޖެހުން ގެއްލި ދަނީ އެދެމީހުންގެ ދިރިއުޅުމަށް އަންނަ ގޮތް ނޭނގޭ އަންހެން ކުއްޖެއްގެ ސަބަބުނެވެ. ނޫރްގެ ސަބަބުން އިވާން އާއި އައިމަންގެ ދިރިއުޅުމަށް ބޮޑުތޫފާނެއް އަންނަ އިރު އެދެމީހުންގެ ހުރިހާ ސުވާލެއްގެ ޖަވާބު ގުޅިފައި ވަނީވެސް ހަމަ އެ އަޖައިބެއްފަދަ އަންހެންކުއްޖާ އާއެވެ. ނޫރްއާއެވެ. ނޫރްގެ ސަބަބުން ލޮޅުމެއް އަންނަނީ ހަމައެކަނި އިވާން އާއި އައިމަންއަކަށް ނޫނެވެ. އެދެމީހުންގެ އާއިލާއަށްވެސް ނޫރްގެ ސަބަބުން އެތައް ކަމަކާ ކުރިމަތި ލާން ޖެހެއެވެ. އުފާވެރިކަމާއި އެކު އުޅެމުން އައި އެ އާޢިލާއަށް ނޫރްގެ ކަޅު ހިޔަނި އެޅިގެން ދެއެވެ. އިވާން އާއި އައިމަންއަށް އެމީހުންގެ އާއިލާ ސަލާމަތް ކުރެވޭނެ ބާއެވެ؟ އެދެމީހުންގެ ދިރިއުޅުމަށް މިއައި ގޮތްނޭނގޭ އަންހެން ކުއްޖާގެ އަސްލު މަޤުސަދަކީ ކޮބައި ބާއެވެ؟ ނޫރްއަކީ ކާކު ބާއެވެ؟ އެ އާއިލާގެ ހަމަޖެހުން ނަގާލާ، އެ އާއިލާގެ ދެ ފިރިހެން ދަރިންގެ ދިރިއުޅުމަށް ނޫރް އައުމުގެ ބޭނުމަކީާ ކޮބާ ބާއެވެ؟ ނޫރްގެ ސަބަބުން އައިމަން އާއި އިވާންގެ ގުޅުމަށް އެއްވެސް ނޭދެވޭ އަސަރެއް ކުރާނެ ބާއެވެ؟

 

 

 

މިއީ އަޅުގަނޑު މިހާރު މިގެނެސް ދެމުންދާ ވާހަކަ “ލޯތްބައްޓަކައި” ނިމުމާއި އެކު ދެން އަޅުގަނޑު ގެނެސްދޭނެ ވާހަކައެވެ. ހިތާމަ، ލޯބި އަދި ނަފްރަތުގެ އިންތިހާ މިވާހަކައިން ފެނިގެންދާނެއެވެ. “ލޯތްބައްޓަކައި” އަށް ލިބެމުން އަންނަ ފަދަ ތަރުހީބެއް މިވާހަކަޔަށްވެސް ލިބޭނެ ކަމަށް އުންމީދު ކުރަމެވެ.

Share Article

Follow Me Written By

Afaa

Level 310 Stories100 Comments

A whole new world A new fantastic point of view This is what i see and want to show you guys through my stories?❤️ Love you all readers please be in touch with me through comments ❤️❤️❤️

Other Articles

Previous

މާޒީގެ ސަފްޙާއެއް

Next

ނޭނގި ވެވުނީ ލޯތްބޭ – 9 & 10

Next
July 27, 2020

ނޭނގި ވެވުނީ ލޯތްބޭ – 9 & 10

Previews
July 27, 2020

މާޒީގެ ސަފްޙާއެއް

25 Comments!

  1. Maesara says:
    July 27, 2020 at 2:23 pm

    Vaahaka Varah reeithi

    1. aphxxx says:
      July 27, 2020 at 2:28 pm

      Thank you maesara its the trailer♥️✨

  2. Nuhyy says:
    July 27, 2020 at 2:35 pm

    Wowowoow mi sisooo ge next story ge trailer dho wowww so interesting ???? looking forward to read this story sisooo tc lysm♥️♥️♥️♥️

    1. Afaa says:
      July 27, 2020 at 3:48 pm

      Aww thankyou nuhyy✨♥️

  3. N0 oNe says:
    July 27, 2020 at 2:49 pm

    sis… varah reethi vaanehen hehvanee…
    looking forward to read it..
    Luv you sissssoooo..

    1. Afaa says:
      July 27, 2020 at 3:48 pm

      Thankyou darling✨?

  4. Starlight vixx says:
    July 27, 2020 at 3:29 pm

    Sis where is that story part 23 please please please please get that part soon

    1. Afaa says:
      July 27, 2020 at 3:48 pm

      Insha allah i will submit it today ingey♥️

  5. Naani says:
    July 27, 2020 at 3:53 pm

    Woaah??? aphxxx ge aa vaahaka eh annani yeyyyy???????? varah varah varah inthixaaru kurevey mihaaru eba??? aphxxx liyanyaa heevani eh nun hama yageen reethi vaane kan mi vaahaka ves????????❤️❤️❤️?????

    1. Afaa says:
      July 27, 2020 at 6:11 pm

      Awwww alhey thankyou so much naani♥️♥️♥️♥️♥️

  6. Afu says:
    July 27, 2020 at 8:33 pm

    OMG siss new one eh dhww ??? Masha Allah varah reethi trailer ♥️♥️♥️♥️♥️♥️♥️ Hama obiness to the max dhn eyah vure bodah viyas ♥️♥️♥️??????? so I’m waiting for the 1 prt ❤️❤️❤️❤️??? ehn vma aneh stry nimunas siss ehaa avahakah nugehley nan dhww ?????? luv u bigs Koh sissyyyyyy ♥️♥️♥️♥️♥️♥️♥️
    Stay safe ❤️❤️❤️❤️
    TC ????
    Lysssssmmmmmm ❤️❤️❤️❤️❤️

    1. Afaa says:
      July 27, 2020 at 11:43 pm

      Yess insha allah nugelleyne♥️?thankyou lym♥️♥️

  7. Anuahs says:
    July 27, 2020 at 9:41 pm

    Omg booooo.?… Anehkkkaa ves salhi vaahaka eh start kuranee dhw.. good luck booooo…❤️?.Trailer varah salhi….booo u are so talented…Masha Allah ?… keep up the good work…❤️..first part ah inthizaaru kuran feshee mi…up soon..and loaiybahttakaa ves avahah up kohdhehchey..?❤️?❣️?????. love you booooo and TAKE CARE…SEE YOU SOON ??

    1. Afaa says:
      July 27, 2020 at 11:44 pm

      Yess booo Thankyou so much ly♥️♥️♥️♥️

  8. ?Ril? says:
    July 27, 2020 at 9:55 pm

    Omg sis ge new story ge trailer dhw vrh Sali Masha Allah ?????????
    And ya of course my support is with u❤️❤️❤️??? always sis mi haaru kuriyahdhaa vaahak nimeny tha❤️❤️
    Love uu❤️❤️
    Be safe??

    1. Afaa says:
      July 27, 2020 at 11:44 pm

      Loaiibahtakaa nimunyma will start uploading thiss it will end soon♥️♥️?thankyou rilooo✨?

  9. Anonymous says:
    July 28, 2020 at 8:37 am

    Ooh.. So loehbahtakaa nimuneee dhww

    1. Afaa says:
      July 28, 2020 at 4:31 pm

      Adhi nunimey?

  10. Scarlet says:
    July 28, 2020 at 8:42 am

    Loehbahtakaa nimenee dhww sis.. I can’t wait to read this story.. Vvvvvvvv Reethi vaane kamah mibalanyy…
    Lysm sisoooooo

    1. Afaa says:
      July 28, 2020 at 4:31 pm

      Lyt and yes loaiibahtakaa awahah nimeyne♥️

  11. Raayaa? says:
    July 28, 2020 at 11:29 am

    Alhey loibahtakaa ge emme fahu part nunerentha… Nerefa iniyyaa keehve akhuganfah nufennany… ??????afaa all the best mi vhk ah vc…. Bye

    1. Afaa says:
      July 28, 2020 at 4:32 pm

      Adhi nulhey eythi nimeykah hehehe myge trailer hama mi up kohly ep 30 hisaabuga nimeyny ♥️

  12. ekkala says:
    July 28, 2020 at 8:14 pm

    kartik and varun?

    1. aphxxx says:
      July 30, 2020 at 4:03 am

      Yesss my very fav dhe actors ehnwe heheh?

  13. Visnaa says:
    August 2, 2020 at 10:31 pm

    Vaahaka vvv reethi.. kyp it up dear

Comments are closed.



All Right Reserved!