ލޯތްބައްޓަކައި(21ވަނަ ބައި)
ކައިނިމުނުން ފަލަކް އެރެޔަށް ހާއްސަ ކޮޓަރިއަށް ގެންގޮސްދިނީ ޒުމާއާއި ޝޫރާ އަދި ނުހާއެވެ. އެ ކޮޓަރިތެރެ ޒީނަތްތެރި ކޮއްފައިވާލެއް ފުރިހަ ކަމުން ފަލކްއަށް ބަލަހައްޓައިގެން ހުރެވުނެވެ. އުއްބައްތިއާއި މަޑު ފިޔާތޮށި އަދި ހުދު ކުލައިގެ ލިލީ ބޭނުންކޮއްގެން ޒީނަތްތެރި ކުރެވިފައި ވުމުން މުޅި ކޮޓަރި ތެރޭގައި ވެސް ހިފާފައި ހުރީ މާމެލާމެލީގެ މީރު ވަހެވެ. ނިކްޔަން އަންނަން ވާއިރަށް ހޭލާ ހުންނަން ބޭނުން ނުވާތީ ފަލަކް ބޭނުންވީ އަވަހަށް ފެންވަރާލާށެވެ. އޭނާގެ އެއްވެސް އަންނައުނެއް އެ ކޮޓަރީގައި ނުހުންނާނެ ވާހަކައާއި އޭނާ ލާންޖެހޭނީ ޑްރެސިންގް ޓޭބަލް މަތީގައި ހުންނާނެ ފޮއްޓެއްގައި އޮތް އެއްޗެއްކަމުގައި ޒުމާ ބުނެފައި އޮތުމުން ފަލަކް ގޮސް ޑްރެސިންގް ޓޭބަލްމަތީގައި އޮތް ފޮށި ހިފައިގެން ފާހަނާއަށް ވަނެވެ. ފެންވަރާލައިގެން އެ ފޮށިހުޅުވާ ބަލާލި އިރު ފެނުނު އެއްޗަކުން ފަލަކްގެ ދެލޯ ބޮޑުވެގެން ދިއައެވެ. ހިތާ ހިތުން ޒުމާއާއި ދިމާލަށް އެއްޗެހި ކިޔަމުން ލާން ނުލާން ހުރެފައިވެސް އިތުރު ގޮތެއް ނެތުމުން އެ ލައިގެން ފާހަނައިން ނިކުތް ފަލަކް ސިހުނީ ކޮޓަރިތެރޭގައި ހުރި ނިކްޔަން ފެނުުނުމުންނެވެ.
ކޮޓަރިއަށް ވަތް ނިކްޔަންއަށް ފާހަނަޔާ ދިމާލަށް ބަލާލެވުނީ ފާހަނައިގެ ދޮރު ހުޅުވުނު އަޑަށެވެ. ކަކުލާއި ހަމައަށް އަންނަ ލޭސް ހުދު ކުލައިގެ ގަމީހެއްގައި ހުރި ފަލަކް ފެނުމުން ނިކްޔަން އަށް ބޭއިހްތިޔާރުގައި ބަލަހައްޓައިގެން ހުރެވުނެވެ. “މި އަމް…ޒުމާމެން..” ނިކްޔަން ފެނުމުން ގަތް ލަދުން ފަލަކް އަށް ވާހަކަ ދެއްކުނީވެސް އަޅައަޅައި ގަންނަމުންނެވެ. އަވަހަށް ގޮސް އެނދަށްއަރާ ރަޖާގަނޑު ގައިގައި އޮޅާލަމުން ފަލަކް ހާމަޔަށް އޮތް އޭނާގެ ދޮންފައި ފޮރުވާލީ ހިތާ ހިތުން ޒުމާއާއި ޝޫރާ އާ ދިމާލަށް ކުދި ކިޔަމުންނެވެ. ނިކްޔަން ހީ ކުރާނީވެސް ކީކޭ ހެއްޔެވެ. ފަލަކް ގޮސް އެނދަށް އެރުމުން ނިކްޔަން ވެސް ތުވާލި ހިފައިގެން ގޮސް ފާހަނައަށް ވަނެވެ. އެއީ ޒުމާމެންގެ ކަމެއްކަން އިނގުމުން ނިކްޔަން ގެ ގާތަށް ހިނިއައީ ފަލަކްގެ މޫނަށް އެރި ކުލަވަރުގެ ސަބަބުންނެވެ. ފެންވަރާލައިގެން ނިކްޔަން ނިކުތް އިރު ފަލަކް އަށް އޮތީނިދިފައެވެ. އެނދުގެ ފަލަކް އޮތް ފަޅި ނޫން އަނެއް ފަޅިއަށް އަރާ އޮށޯވެލަމުން ނިކްޔަން ފަަލަކްއާއި ދިމާލަށް އެނބުރިލިއެވެ. ނިދާފައި އޮންނަ އިރު އިތުރަށް މައުސޫމު ކަމަށް ދައްކައެވެ.ދިގު އެސްފިޔަތަކަކާއި ލޯބިލޯބި ކުޑަ ނޭފަތެކެވެ.ދޮން ކޯތާފަތަކާއި ރަތްކުލަ އަރާ ތުނިތުންފަތެކެވެ. ނިކްޔަންއަށް ނިދުނީވެސް ފަލަކްއާ ދިމާލަށް ބަލަހައްޓައިގެން އޮއްވައެވެ. ކޮޓަރީގައި ހުރި ކުޑަދޮރުން ފުރޭނިގެން އައި އިރުގެ އަލި ލޮލަށް އެޅުމާއި އެކު ފަލަކްއަށް ހޭލެވުނެވެ. އެންމެ ފުރަތަމަ ވެސް އޭނާގެ އުނަގަނޑުގައި އަތް އަޅުވާލައިގެން އޮވެ ނިދާފަ އޮތް ނިކްޔަން ފެނުމުން ފަލަކްއަށް ބިރުން ގޮސް ހަޅޭއްލަވައި ނުގަނެވުނީ ހަމަކިރިޔާއެވެ. އަމިއްލަ އަނގަ މަތީ އަތް އަޅައިގެން ހުރެ ދުވެ ގޮސް ފަަލަކް ވަނީާ ފާހަނަޔަށެވެ. ފާހަނައިގެ ދޮރު ލައްޕާލުމަށް ފަހު ފަލަކް ދޮރުގައި ހެގިލިއެވެ. ރޭގައި އެހާ ލަހުން ނިދުމުން ފަތިސް ނަމާދު ވަގުތަށް ނުހޭލެވުމުން ފަލަކް ދެރަވިއެވެ. ފެންވަރާލައިގެން ނިކުމެ ފަތިސް ނަމާދު ގަޟާ ކޮއްލުމަށްފަހު ފަލަކް ކޮޓަރިން ނިކުތް އިރުވެސް ނިކްޔަން އޮތީ ގަދަ ނިދީގައެވެ. ސިޑިން ތިރިއަށް ފައިބައިގެން އައި ފަލަކް ފެނުމުން ސޯފާގައި އިން ނަޔާޒް ހިނިތުންވެލިއެވެ. “ގުޑް މޯރނިންގް ބޭބޭ” ހެނދުނުގެ ތަހުނިޔާ ފަލަކް ނަޔާޒްއަށް އަދާ ކޮއްލުމަށްފަހު ބަދިގެ އާ ދިމާލަށް ދާން ނެގި ފިޔަވަޅު ހުއްޓުނީ ރޫމާ އޭނާއަށް ގޮވާލި އަޑަށެވެ. “ފަަލަކް ނިކަން އާދެބަލަ” އެހެން ބުނުމަށް ފަހު ރޫމާ ގޮސް ނަޔާޒްގެ ގާތުގައި އިށީންނުމުން ފަލަކްވެސް ގޮސް އެތަނުން ސޯފާ ގޮނޑިއެއްގައި ޖައްސާލިއެވެ. “ކިހިނެއްވީ ދައްތާ؟” “ޕިސް ޕިސް ރޭގަ ނުހާ ކައިރީގަ ބުނީ…މިއަދު މިޖެހެނީ ދަރިފުޅު ކައިރީ މިހެން ކިޔަން….މިހާރު މީ ދަރިފުޅުގެ ބޭބެ އާ ދައްތަ އެއް ނޫނޭ…މަންމަ ޔާ ބައްޕައޭ” އުކުޅުގައި އަތް ވިއްދާލަމުން ރޫމާ ބުނެލި ގޮތުން ފަލަކްއަށް ހެވުނެވެ. “ތެދެކޭ ފަލަކް މިހާރު ދެން ބޭބެ އެއް ނޫނޭ މީ” ރޫމާޔާ ބައިވެރިވެލަމުން ނަޔާޒްވެސް ބުނެލިއެވެ. “ދެން ވަޓް އެބައުޓް މީ…އަހަންނަކަށް ނިއު ނޭމް އެއް ނުކިޔާތަ؟” ޓޯސްޓެއް އަނގަޔަށް ޖަހައިގެން ހުރެ ކާމޭޒު ކައިރިން ތެދުވެގެން އައިސް ފަލަކްގެ ގާތުގައި އިށީންނަމުން ނުހާ އަހާލުމާއެކީ އެންމެނަށްވެސް ހެވުނެވެ. “އާން ދެން ނުއްކޮ އަދިވެސް ބޮޑުވީކީ ނޫން ވިއްޔަ” ނިކްޔަންގެ އަޑު އިވުމުން އެންމެން ސިޑިއާއި ދިމާލަށް ބަލާލިއެވެ. ނިކްޔަން ފެނުމުން ފަލަކްއަށް އިސް ޖަހާލެވުނީ ރޭގެ ހާދިސާ މަތިން ހަނދާން ވުމުންނެވެ. “ނިކް އޮފީހަށް ދަނީތަ؟” ކޯޓު ފަޓުލޫނުގައި ތައްޔާރުވެގެން ހުރި ނިކްޔަން ފެނުމުން ރޫމާ އަހާލިއެވެ. “ޕިސް ޕިސް ދޮންބޭ…ކޮން ހަޒްބެންޑް އެއްތަ ކައިވެނީގެ ފުރަތަމަ ދުވަހު އޮފީހަށް ދާނީ” ނިކްޔަން އާއި ދިމާކޮއްލާނެ ފުރުސަތެއް ނުލިބިފަ ހުރި ނުހާ ލިބުނު ފުރުސަތުގެ ބޭނުން ހިފާލިއެވެ. “ތެދެއް ދަރިފުޅާ ކުޑަ ދުވަސް ކޮޅަކު ގޭގަ މަޑުކޮއްލާ…ބައްޕަ ހުރިހާ ކަމެއް ވެސް ބަލަހައްޓާނަމޭ..” އަތުގައު ހުރި ކޮފީ ޖޯޑު ނަގައި މޭޒުމަތީ ބަހައްޓާލަމުން ނަޔާޒް ތެދުވެ ސޯފާ މަތީގައި އޮތް އޭނާގެ ކޯޓު ނަގަމުން ވާހަކަ ދެއްކިޔެވެ. “އާން ނިކް ދޭ ޗޭންޖް ކޮއްގެން އަވަހަށް ސައިބޯން އަންނަން” ރޫމާ ބުނެލުމާއި އެކީ ނިކްޔަން އޯކޭ އޭ ބުނެ ސިޑިން މައްޗަށް އަރައިގެން ދިއުމުން ރޫމާ ބޮލުގެ އިޝާރާތުން ފަލަކްއަށް ނިކްޔަންގެ ފަހަތުން ދިއުމަށް އެންގިއެވެ. އިތުރު ގޮތެއް ނެތުމުން ފަލަކްވެސް ނިކްޔަން ގެ ފަަހަތުން އެމީހުންގެ ކޮޓަރިއަށް ދިއައެވެ. ކޮޓަރިއަށް ވަދެ ލައިގެން ހުރި ކޯޓު ބޭލުމަށް ފަހު ނިކްޔަން އެ ކޮޓަރީގެ ސޯފާ މައްޗައް އެއްލާލުމުން ފަލަކް އައިސް އެނަގާ ކޮނޑުގައި އަޅުވާލަމުން އަލަމާރީގެ ދޮރު ހުޅުވައި އަޅުވާލިއެވެ. އަލަމާރީގެ ދޮރު ލައްޕާލުމަށްފަހު ފަހަތަށް އެނބުރުނު ފަލަކް އަށް ކުއްލި ސިހުމެއް ލިބުނީ ހުސްގަޔާ އޭނާގެ ގައިގައި ޖެހޭ ނުޖެހޭ ހިސާބުގައި ހުރި ނިކްޔަން ފެނުމުންނެވެ. “ޔަން ކިހިނެއްވީ؟” ދެލޯ ބޮޑު ކޮއްލަމުން ނިކްޔަންގެ ގާތު ފަލަކް އަހާލިއެވެ. “ފަލްކީ މިހާރު އަހަރެން ދެކެ ބިރު ވެސް ގަންނަނީތަ؟” ލާނެއް ރާގަކަށް ނިކްޔަން އަހާލުމުން ފަލަކް އަވަހަށް ހަމަޔަކަށް އެޅިލިއެވެ. “ނޫން…ތިހެން ކުއްލިޔަކަށް އައީމަ ހީވީ…” “ކްރީޕް އެއް ހެން ދޯ” ފަލަކް އާއި ދުރުވެލަމުން ހެމުން ހެމުން ނިކްޔަން ބުނެލި ލަފްޒާއި އެކު ހަނދާންކުރަން ބޭނުންނުވާ އެތަށް ހަނދާންތަކެއް ފަލަކްގެ ލޮލު ކުރިމަތީ ސިފަވެގެން ދިއައެވެ. ލޮލަށް ކަރުނަ ޖަމާވުމުން ތުންފަތުގައި ދަތްއަޅާލަމުން ފަލަކް އިސްޖަހާލިއެވެ. ފަލަކްއަށް ވީ ގޮތް ފެނުމުން ސުވާލު މާރކެއްގެ ތެރޭގައި ހުރި ނިކްޔަން ފަލަކްއާއި ގާތް ވެލަމުން ފަަލަކްގެ ދެކޮނޑުގައި ހިފާލިއެވެ. “ފަލަކް ކިހިނެއްވީ؟” “ނިކްޔަން ޕްލީސް އަހަންނާ ގާތް ވާން މަސައްކަތް ނުކޮށް ދުރުގަ ހުރެދީ” ވީ ދެރަ ފޮރުވަން ފަަލަކްއަށް އިސްކުރެވުނީ ރުޅިއެވެ. ނިކްޔަންގެ އަތް ފޮޅުވާލަމުން ފަލަކް ކޮޓަރިން ނިކުމެގެން ދިއައިރުވެސް ނިކްޔަން ހުރީ ސުވާލުމާރކެއްގެ ތެރޭގައެވެ. ނަމަވެސް ފަލަކް ދެންމެ ބުނެލި ބަސްތަކުން އޭނާއަށް އެއްކަމެއް ޔަޤީން ވެއްޖެއެވެ. ފަަލަކް އޭނާ ދެކެ ލޯބިނުވާ ކަމެވެ.ވާކަށް ނުވެސް ޖެހޭއްނުން ހެއްޔެވެ. މި ކައިވެންޏަކީ ހަމައެކަނި ރޫމާއަށްޓަކައި ކުރެވުނު ކައިވެންޏެކެވެ. ކިތަންމެ ދެރަވި ނަމަވެސް ފަލަކްގެ ލޯބި ހޯދަން ނިކްޔަން އަޒުމް ކަނޑައެޅިއެވެ. ކޮޓަރިން ނިކުތުމަށް ފަހު ފަލަކް ހަމަޔަކަށް އެޅިލިއެވެ. އާލިމްދެކެ އޭނާ އޭރު ވީ ލޯބި އެހިތުން ފޮހެވިގެން ގޮސްފައި ވިޔަސް އެހަނދާންތައް އާރޯކަން މިތީ އޭނާގެ ހިތުގައި ފޮރުވިފައި އެބަ ހުއްޓެވެ. އެ ހަނދާންތަށ މަދުމަދުން ނަމަވެސް އާވެޔެވެ. އަދި އެންމެފަހުން އޭނާ އާލިމްއާއި ދިމާލަށް ކީ އެއްޗެހިވެސް އޭނާ ހަނދާން އެބަހުއްޓެވެ. ދެން އިތުރަށް އެހެން މީހެއްދެކެ ލޯބިވާނޭ ހިތްވަރެއްވެސް ފަލަކްގެ ގަޔަކު ނެތެވެ. ލޯބި ވެވެނިކޮށް އަނެއްކާ އޭނާގެ އަތުން އެ ލޯބި ބީވެގެން ގޮއްސިއްޔާ ދެނެއް ދިރިއުޅުމުގައި ކުރިއަށްް ދިއުމަށް އޭނާއަކަށް ހިތްވަރެއް ނުކުރެވޭނެއެވެ.
ހިލްޔާ ކޮމްޕެނީގެ މައި އޮފީހުން ނިކުތް ރަފްގާގެ މޫނުމަތީގައި ވަނީ ހިތްހަމަނުޖެހުމުގެ ކުަލަވަރުތަކެވެ. މިހާ ހެނދުނާ މީޓިންގް ތަކަށް ދާން ޖެހުމަކީ އޭނާ އެއްގޮތަކަށްވެސް ގަޔާ ވާ ކަމެއް ނޫނެވެ. ކާރަށް އަރައި ހަމަޖެހުލުމަށް ފަހު އަތްދަބަހުން ފޯނު ނަގައި ޑާޓާ ޖައްސާލުމަށްފަހު ރަފްގާ އިންސްޓަގްރާމަށް ވަދެލިއެވެ. ޕޯސްޓުތަށް ސްކްރޯލް ކުރަމުން ދިޔަ ރަފްގާއަށް މަޑުޖެހި ލެވުނީ ފެނުނު ފޮޓޯ އެއްގެ ސަބަބުންނެވެ. އެއީ ޝޫރާ ލާފައި އިން ފޮޓޯއެކެވެ. އެ ފޮޓޯގައި ޝޫރާ އަދި ހަމްދާނުގެ އިތުރުން ތިބި ފަލަކްއާއި ނިކްޔަންއަށް ރަފްގާ ޒޫމް ކޮއްލިއެވެ. ކައިވެނީގެ ހެދުމުގައި ފަލަކް ހުރި އިރު ރަފްގާއަށް އެންމެ ކަމުނުދިޔައީ ފަލަކްގެ މޫނުމަތީގައިވީ ހިނިތުންވުން ފެނުމުންނެވެ. އޭނާގެ ހުރިހާ އެއްޗެއް ފޭރިގަތުމަށްފަހު ގޮސް އެހާ އުފަލުގައި އުޅުމުގެ އެއްވެސް ހައްގެއް ފަލަކް އަކަށް ނޯންނެއެވެ. ނަމަވެސް އެއްގޮތަކުން ރަނގަޅެވެ. އަނބުރާ އޭނާގެ މިހާރުގެ ދިރިއުޅުމަކަށް ދެނެއް ފަލކްއެއް ނާންނެތާއެވެ. އޭނާގެ އާލިމްއަކާއި ފަލަކް ކައިރި އެއް ނުވާނެ ތާއެވެ. ކައިރިވާކަށް ވެސް ނުކެރޭނެއެވެ. އޭނާ ދިރި ހުއްޓައި އާލިމްގެ ދިރިއުޅުމަށް ފަލަކް އެނބުރި އައުމަކީ ވާނެކަމެއް ނޫނެވެ. ފޯނު ނިއްވާލުމަށްފަހު ރަފްގާ ހަމަޖެހިލިއެވެ.
”ހާނިމް…އެ އަންހެން ކުއްޖާގެ ކޮންމެ ފިޔަވަޅަކަށް ބަލާތި….އަހަންނާ ދެކޮޅަށް އެންމެ ލަފްޒެއްވެސް އެކުއްޖާގެ ދުލުން ނިކުމެއްޖިއްޔާ…ދެން ކަންކުރަންޖެހޭނެ ގޮތް ހާނިމްއަށް ރަނގަޅަށް އިނގޭނެ” ހަނީފް ވާހަކަ ދައްކަމުން ދިއައީ އޭނާއަށް ޔަނާގެ ހަބަރު ގެނެސްދިން ބޯ ދިގު ޒުވާނާއާއެވެ. “ޖާން މިހުރިހާ ގަނޑެއް ގަންނާކަށް ނުޖެހޭނެ ދޯ ނިކަން އެ އާލިމްގެ ދުވަސް ދުއްވާލަބަލަ” ވާހަކަ ދެއްކީ ލައިލާއެވެ. އެތިން މީހުންވެސް ތިބީ ހަނީފްގެ ސްޓަޑީގައެވެ. “ލައި އަކަށް ނުވިސްނޭނެ….ހެހެހެ…އާލިމް އެދިމާކުރަނީ އޭނާއަށް ކާންދިން އަތުގަ ދަތް އަޅަން…މިފަހަރު އަހަރެންވެސް ނޭނގި ހަމަލާ ދޭކަށް ބޭނުމެއް ނޫން…އާލިމްގެ ކުރިމަތީގަ ކޯރޓުން އަހަރެން ނިކުމެގެންދާނީ ކުށެއްނެތް މީހެއްގެ ގޮތުގަ” ލައިލާއާއި ދިމާލަށް ބަލާލަމުން ހަނީފް ބުނެލިއެވެ. އެ އަޑުގައިވެސް ވަނީ މަކަރުވެރިކަމެވެ. އޭރު ނުލަފާ ހނިތުންވުމެއް ހަނީފްގެ މޫނުމައްޗައް ވެރިވެފައި ވިއެވެ. އާލިމް އޭނާއާާއި ދެކޮޅަށް ހަތްއަހަރުފަހުން އެ މައްސަލަ ކޯރޓަށް ހުށައަޅައި ފާނެ ކަމަކަށް ހަނީފް ހީ އެއްވެސް ނުކުރެއެވެ.
އަވަސް އަވަސް ކޮއްލާ އޮފީހަށް ދާން ތައްޔާރުވެގެން ޔަނާ ނިކުތް އިރު ސައި ހަދައިގެން އޭނާގެ އިންތިޒާރުގައި ވަރުދާ އިނެވެ. ވަރުދާގެ ނަފްސާނީ ހާލަތު މުޅި އެކުން ރަނގަޅު ނޫނަސް މިވީ ހަތް އަހަރު ތެރޭ ވަރުދާވެސް ވަނީ ހަމަޔަކަށް އެޅިފައެވެ. ހަމައެކަނި ތަފާތަކީ އޭނާ މީހުނާ ވާހަކަ ނުދައްކާ ކަމެވެ. ކޮންމެހެން ބުނަންޖެހޭ އެއްޗެއް ބުނަން މެނުވީ ވަރުދާ އެކަކާ ވެސް ވާހަކައެއް ނުދައްކައެވެ. އަވަހަށް ސައި ބޮއެގެން ގެއިން ނިކުތް ޔަނާގެ ދެބުމަ ގޮއްޖެހިގެން ދިއައީ އޭނާގެ ސައިކަލުގެ ހަންފަޅައިގެން ގޮއްސަ ހުރުމުންނެވެ. “މިއޮތީ ގަޑިއަށް ދެވިފަ މިއަދު…ނޭނގެ ދެން ޓެކްސީއެއް ލިބޭނެ ކަމެއް ވެސް..އިންޑިއާގަ އުޅޭ ކަހަލަ ކުރޮޅި އެއްވެސް މިތާކު ނޫޅޭ ވިއްޔަ” ހިތާހިތުން ކުދި ކިޔާ ލަމުން ޔަނާ އޭނާގެ ގެ ހުންނަ ގޯޅި ގަނޑުން ބޮޑު މަގަށް ނިކުމެ ކާރެއް ހޯދުމުގެ މަސައްކަތް ފެށިއެވެ. ގެޔާ އޮފީހާ ހުންނަނީ ފުދޭވަރަކަށް ދުރުގައި ކަމުން ހިނގާފައި ދާން ވެއްޖެ ނަމަ މާ ލަސްވާނެ ވިއްޔާއެވެ. 10 މިނެޓު ވީ އިރުވެސް ކާރެއް ނުލިބިފައި ހުރި ޔަނާ އަށް ހަމަޖެހުމެއް ލިބުނީ އޭނާގެ ކުރި މައްޗައް ކަޅު ކުލައިގެ ކާރެއް އައިސް މަޑުކޮއްލުމުންނެވެ. ލަސްވެފައި ހުރި ވަރުން ކާރުގެ ނަމްބަރު ބޯޑަށް ވެސް ބަލައިލުމެއް ނެތި ޔަނާ ކާރަށް އަރައި ހަމަޖެހިލިއެވެ. “ރާއްޖެ ޓީވީ އޮފިސް ބިލްޑިންގް އަށް” ކާރު ދުއްވަން އިން މީހާއާއި ދިމާލަށް ބަލައިލުމެއް ނެތި ޔަނާ ބުނެލިއެވެ. އަދި އަތްދަބަހުން ޓިޝޫ އެއް ނަގައި މޫނުމަތި ރީތި ކޮއްލުމަށް ފަހު ލިޕްސްޓިކެއް ނަގައި ތުންފަތުގައި ހާކަން ފެއްޓިއެވެ. ޔަނާގެ މިހުރިހާ ހަރަކާތަކަށް ޝައުގުވެރިވެގެން ކާރު ދުއްވަން އާލިމް އިން އިރު އޭނާގެ މޫނުމަތީގައި ފަނޑު ހިނިތުންވުމެއް ދުވެލީ ޔަނާގެ ހަރަކާތްތަށް ހުރި ގޮތުންނެވެ. ހިތްފުރޭވަރު ވުމުން ލިޕްސްޓިކް ނަގައި ދަބަހަށް ލުމަށްފަހު ޔަނާ ހަމަޖެހިލަމުން ކާރުގެ ކުޑަދޮރުން ބޭރު ބަލައިލިއެވެ. އެޔާއެކު އޭނާގެ ދެލޯ ބޮޑުވެގެން ދިއައީ ކާރު ދުއްވަމުން ދިއައީ ސިނަމާލެ ބްރިޖް މަތިން ކަމުގައި ވުމުންނެވެ. ބިރުންހުރެ އަތްދަބަސް ތެރެއަށް އަތް ކޮއްޕާލުމަށްފަހު ޔަނާ ބެެލީތޫނު ހަތިޔާރެއް ކަހަލަ އެއްޗެއް އަތުޖެހޭ ތޯއެވެ. “އަހަރެންގެ ގަޅި ކަމޭ މީ އަމިއްލަ ސޭފްޓީއަށް އެކައްޗެއް ވެސް ނުގެން ގުޅޭނެ…އަގްގްގް ޔަނާ ޔޫ އަރ ސޯ ސްޓުޕިޑް…މިއަދު މޭ ތޯ މަރްގައީ”އަމިއްލަ ނަފްސާ ދިމާލަށް ކުދި ކިޔަމުން ދިޔަ ޔަނާގެ މޫނުމަތިން ހިނިތުންވުމެއް ދުވެލީ ދަބަސް ތެރެއިން އޭނާ ބޭނުންވާ ކަހަލަ އެއްޗެއް އަތުގައި ޖެހުމުންނެވެ. “ސްޓޮޕް ދަ ކާރ…ސްޓޮޕް ދަ ކާރ ރައިޓް ނައު” ނިޔަފަތި ކަނޑާ ދަތީގައި އިންނަ ކުޑަވަޅި ނެރެ އޭނާޔާ ދިމާލަށް ދިއްކޮއްގެން ހުރި ޔަނާ ފެނުމުން އަމިއްލަ ހިނިގަނޑު އާލިމްއަށް ހިފަހައްޓާލެވުނީ ހަަމަ ކިރިޔާއެވެ. މީ ކޮންކަހަލަ މޮޔަ ކުއްޖެއް ބާއޭ އާލިމްގެ ހިތައް އަރިއެވެ. ނިޔަފަތި ކަނޑާ ދަތީގައި އިންނަ ކުޑަ ވަޅި ދެކެ މީހަކު އެއްވެސް ބިރެއް ނުގަންނާނެ ކަން މި މޮޔަ ކުއްޖާޔަށް ހަމަ ނޭނގެނީ ބާއެވެ. ޔަނާ އަޑުގަދަ ކުރަން ފެށުމުން އާލިމް އިހުނަށް ވުރެން ކާރުގެ ސްޕީޑް ބާރު ކޮއްލިއެވެ. ސީޓް ބެލްޓް ނާޅުވާ އިނުމުން ޔަނާގެ ބޯ ގޮސް ކާރުގެ އަނެއްފަޅީގައި ޖެހި ކުޑަކޮން ފަޅައިގެން ގޮސް ލޭ އަންނަން ފެށިއެވެ. ލޭ ފެނުމުން ޔަނާއަކީ ބޯ އަނބުރާ ގޮތްވާ މީ ހެއްކަމުން ، އަމިއްލަ ބޮލުގައި އަތްލުމާއެކު ފެނުނު ރަތް ކުލަ ގަދަ ލޭގެ ސަބަބުން ހޭނެތިގެން ކާރުގެ ތެރެއަށް ޔަނާ ވެއްޓުނެވެ. އިރުކޮޅަކު ދުއްވުމަށްފަހު އާލިމް ކާރު މަޑުކޮއްލީ ބޮޑު ގޭޓެއްގެ ކުރިމައްޗަށެވެ. ސެކިއުރިޓީ ގާރޑު ގޭޓު ހުޅުވާލުމާއި އެކީ ކާރުގައި އެ ގޭޓުގެ ތެރެއަށް ވަދެގެން އާލިމް ދިއައެވެ. ގޭޓުގެ މެދުގައި މަގެއް ހެދިފައިވީއިރު ދެފަރާތުގައި ވަނީ ބަގީޗާ ހެއްދިފައެވެ. ކުރިމަތީގައި ހުރީ ގަނޑުވަރެއްފަދަ ބޮޑު ގެއެކެވެ. ތިން ބުރިއަށް ނެގިފައިވީ އެގޭގެ ގަރާޖަށް ކާރު ވެއްދުމަށްފަހު ޔަނާ އޭނާގެ އަތްދަނޑި މައްޗައް ލައިގެން އާލިމް އެ ބޮޑު ގޭގެ އެތެރެއަށް ވަދެގެން ދިއައެވެ.
ދެލޯ ތަޅުވާލުމަށްފަހު މޯޅިއަކަށް ދެމިލަމުން ތެދުވެ ޔަނާ އެނދުގައި އިށީންދެލިއެވެ. ވަށައިގެންވީ މާހައުލަށް ޔަނާއަށް ބަލާލެވުނީ ދެނެވެ. ފުދޭ ވަރަކަށް އަނދިރި ކޮށް އެ ކޮޓަރި ތެރެ އޮތުމުން ތަނެއް ދޮރެއް ޔަނާ އަކަށް ވަކި ކުރާކަށް ނޭނގުނެވެ. އޭނާ މިހިރީ ކޮންތާކު ބާއެވެ؟ އޭނާ މިތަނަށް ގެނައީ ކާކު ބާއެވެ. އިރުކޮޅަކަށް ފަހު ކުޑަ ހިތްވަރެއް ކޮއްލަމުން ޔަނާ އެނދުމަތިން ތެދުވިއެވެ. އެކި ތަންތަނުގަ އަތް ޖައްސަމުން ގޮސް ޔަނާއަށް ފޮތިގަނޑެއް ކަހަލަ އެއްޗެއްގައި އަތް ލެވުނެވެ. އެއީ ފަރުދާ އެއްކަން އިނގުމުން ޔަނާ އަވަހަށް އެ ފަރުދާ ކަހާލިއެވެ. އެއާއި އެކު މުޅި ތަނަށް އަލި ފެތުރިގެން ދިއައެވެ. ބޮޑު ކޮޓަރިއެކެވެ. ހަތަރު ފާރުގައި ހުދު ކުލަ ލެވިފައިވީއިރު ފަރުނީޗަރާއި އެނދުގައި އަޅާފައި އޮތް ބެޑްޝީޓުގައި ވެސް ވަނީ ހުދު ކުލައެވެ. ބޮޑަށް ވައްތަރީ ގެސްޓް ހައުސް އެއް ކަހަލަ ތަނަކާއެވެ. “އަނެއްކާ މީ…..ނޯ ނޯ…ޔަނާ ޔޫ ހޭވް ޓު ޕްރޮޓެކްޓް ޔުއަރ ސެލްފް ގަރލް… ޔޫ ކޭން ޑޫ ދިސް” ހިތައްއެރި އެއްޗަކުން ޔަނާ އަށް ބޯ ހޫރުވާލެވުނެވެ. އަދި އެ ކޮޓަރިތެރެއަށް އޭނާ ބަލާލީ އަމިއްލަ ރައްކާތެރި ކަމަށް ބޭނުން ކުރެވޭނެ އެއްޗެއް ހުރި ތޯ އެވެ. އެކަހަލަ އެއްވެސް އެއްޗެއް ނުފެނުމުން ޔަނާ އެނދުމަތީގައި އިށީނދެލިއެވެ. “އޯ ގޯޑް މިހާރު އެ އީވަލް ފޮކްސް ހުންނާނީ އަހަރެން އޮފީހަށް ނައިސްގެން އަރާ ރަތުގަ…ކިހިނެއްތަ ސެލްފް ޕްރޮޓެކްޓް ކޮއްގެން މިތަނުން ނިކުންނާނީ ވެސް” އަމިއްލަ ނަފްސަށް އަޑު އިވޭ ވަރަށް ޔަނާ ބުނެލިއެވެ. އެޔާ އެކު އޭނާގެ ލޮލުގައި އަޅައިގަތީ އެ ކޮޓަރިތެރޭގައި ހުރި ސިންގަލް ސޯފާ ގޮނޑިތަކެވެ. ކޮޓަރީގެ ދޮރާ ދިމާލަށް ބަލާލަމުން ޔަނާ އިންތަނުން ފުންމައިގެން ތެދުވިއެވެ. ހީވާ ގޮތުން އޭނާއަށް މޮޅު ހިޔާލެއް ލިބުނީއެވެ. ގައިގައި ނެތް ބާރެއް ލައިފައި ޔަނާ އެ ސޯފާ ގޮނޑިތަށް ދަމައިފައި ގެންގޮސް ކޮޓަރީގެ ދޮރު ބުޑުގައި ބެެހެއްޓިއެވެ. “ޔޫ މިސްޓާރ ކިޑްނެޕާރ…ދެން ނިކަން ވަދެބަލަ މި ކޮޓަރި ތެރެއަށް” ކާމިޔާބީގެ ހިނިތުންވުމަކާއި އެކު އުކުޅުގައި އަތް ވިއްދާލަމުން ޔަނާ ބުނެލިއެވެ. ދެން އެކަކަށް ވެސް އެ ކޮޓަރިއަކަށް ނުވަދެވޭނޭ ހިތަށް އެރުމުން ޔަނާ އެ ކޮޓަރީގައި ހުރި ކުޑަދޮރާ ގާތްވެލީ އެތަނުން ބޭރަށް ފުންމާލެވެން އޮތްތޯ ބަލާލުމަށެވެ. ކުޑަދޮރުން ބޭރު ބަލާލި ޔަނާގެ މޫނުމަތިން މާޔޫސްކަން ފާޅުވީ އެ ކޮޓަރި ހުރި އުސްމިން ފެނުމުންނެވެ.
“ޑިޑް ޝީ ވޭކް އަޕް” އެ ގޭގެ މައި ދޮރުން ވަދެގެން އައި އާލިމް އަހާލީ ކައިލާންގެ ގާތުގައެވެ. ޔަނާ އެ ކޮޓަރިއަށް ލުމަށް ފަހު އާލިމް ބޭރަށް ދިއައީ ޔަނާގެ ނިއްކުރީގައި އަޅާނެ މަލަމެއް ގަންނާށެވެ. އެގެއަކީ އޭނާ ދިރިއުޅޭ ތަން ކަމުގައި ނުވުމުން އެތާކު ފަސްޓް އެއިޑް ބޮކްސް އެއްގެ ހިސާބުވެސް ނެތެވެ. “ސަރ މީ ޤާނޫނީ ގޮތުން ކުށެއް ނޫންތޯ” ބިރުން ހުރެ ކައިލާން އާލިމްގެ ގާތު އަހާލިއެވެ. އެއްބުމަ އަރުވާލަމުން އާލިމް ކައިލާން އާއި ދިމާލަށް ބަލާލިއެވެ. “އައި މީން އިސިންޓް ދިސް އަ ކިޑްނެޕިންގް ސަރ” ދެލޯ މަރާ ބާރު ކޮއްލައިގެން ހުރެ ކައިލާން އަހާލިއެވެ. “ކައިލާންއަށް ރަނގަޅަށް އިނގޭނެ އަހަރެން ޔަނާ މިތަނަށް ގެނައީ ކީއްވެކަން…” އާލިމް ގެ އަޑުގައި ވީ ހިތްހަމަނުޖެހުމެވެ. “ސަރ އައި ނޯ ސަރ އެކުއްޖާ މިތަނަށް ގެނައީ ހަނީފް އެކުއްޖާއަށް ފާރަލާތީ ފޯރ ހާރ ސޭފްޓީ ކަން…ބަޓް ސަރ ޝީ ޑަސަންޓް ނޯ ދެޓް” “ސޯ އައި ވިލް ޓެލް ހަރ ދެޓް” އެހެން ބުނެލުމަށް ފަހު ހަލުވިކަމާއި އެކު ސިޑިން އަރައިގެން އާލިމް ދިއައެވެ.
މީހަކު އެ ކޮޓަރީގެ ތަޅަށް ތަޅުދަނޑި ޖަހާލި އަޑަށް ސިހިފައި ޔަނާ އިންތަނުން ކޮއްޅަށް ތެދުވިއެވެ. އެއީ ބޭރަށް ހުޅުވޭ ދޮރެއް ކަމުން ތަޅުދަނޑި ޖަހާލުމަށް ފަހު އާލިމް ދޮރު ހުޅުވާލިއެވެ. އެޔާ އެކު އޭނާއަށް ހައިރާން ކަމެއް ލިބުނީ ދޮރު ކުރިމަތީގައި ބަހައްޓާފައި ހުރި ސޯފާ ތަށް ފެނުމުންނެވެ. އެ ހައިރާން ކަންމަތީ ހުރެ އާލިމް ބަލާލީ ދޮރު ކުރިމަތީގައި އަނގަޔަށް ފާޑެއްގެ ވައްތަރެއް ޖައްސައިގެން ހުރި ޔަނާއާއި ދިމާލަށެވެ. “ވަޓް މި ދޮރު ހުޅުވެނީ ބޭރަށްތަ…އޯލް މައި ހާރޑް ވޯރކް…ދޮރެއްކަމަކު ބުނެލައިގެން އުޅެވި ދާނެ އެންނު ދޯ…އަގްގްގް އައި އޭމް ސަޗް އަ ފޫލް” އަމިއްލަ ނަފްސައް ކުދިކިޔައި ނިމުމުން ޔަނާ ހުޅުވިފައި ހުރި ދޮރާއި ދިމާލަށް ބަލާލިއެވެ. އޭނާއާއި ދިމާލަށް ބަލަހައްޓައިގެން ހުރި ޒުވާނާ ފެނުމުން ޔަނާއަށް ދެލޯ ބޮޑު ކޮއްލެވުނެވެ. ވީގޮތް ރޭކާލުމުން އާލިމްގެ މޫނުމައްޗައް ލުއި ހިނިތުންވުމެއް ވެރިވެގެން ދިއައެވެ. މީ ކޮންކަހަލަ އަންހެން ކުއްޖެއްބާއޭ އާލިމްގެ ހިތަށް އަނެއްކާވެސް އެރިއެވެ. “އާލިމް އަބްދުލް ހަނީފް” ޔަނާއަށް މަޑުމަޑުން އެނަން ކިޔާލެވުނެވެ.
ސައި ބޯން މޭޒުކައިރީ އިން އިރުވެސް ނިކްޔަންއާއި ފަލަކް ހިމޭންވެފައި ތިބިކަން ރޫމާއަށް ނަގައިގަނެވުނެވެ. އެމީހުނާ ވާހަކަ ދައްކަން އޭނާ ހުޅުވާލި އަނގައިން ބުނަން ބޭނުންވި ވާހަކަ ނުބުނެވުނީ އަރައިގަތް ކެހިވަރުގެ ސަބަބުންނެވެ. ރޫމާ ކެއްސަން ފެށުމުން ތިބި ތަނުން ތެދުވެގެން އެންމެން ރޫމާގެގާތަށް ދިއައިރު ، ހުއްޓުމެއްނެތި ކެއްސަމުން ދިޔަ ރޫމާ ފެނުމުން ނުހާ އެތަނާ ދުރަށް ޖެހިލީ މަންމަ އެ ހާލުގައި އުޅޭ ތަން ބަލަން ކެތް ނުވުމުންނެވެ. ރޫމާ ކުޑަކޮން ހަމަޔަކަށް އެޅިލުމުން ފަލަކްއަށް ނުހާ އެތާގައި ނެތްކަން އިހުސާސް ވިއެވެ. ނުހާ ދާނީ ކޮންތާކަށް ކަން އިނގުމުން ފަލަކް ސިޑިން އަރައިގެން ގޭގެ ޓެރަހަށް ދިއައެވެ. ޓެރަހަކަށް ވުރެން ބޮޑަށް އެތަން ވައްތަރީ ހުސް ހުދުކުލައިގެ އޯކިޑު މަލުގެ ބަގީޗާއަކާއެވެ. މުޅި ޓެރަސް ފުރިފައިވަނީ އޯކިޑް ގަސްތަކުންނެވެ. ޓެރަހުގެ ރެއިލިންގް ގައި އަތް އަޅުވާލައިގެން ދުރު ބަލަހައްޓައިގެން ހުރި ނުހާ ފެނުމުން ފަލަކް ގޮސް ނުހާގެ ކޮނޑުމަތީގައި އަތް ބާއްވާލިއެވެ. އެއާއެކު ފަހަތައް އެނބުރި ފަލަކްގެ ގައިގައި ބައްދައިގަންނަމުން ނުހާ ރޮއެގަތެވެ. ނުހާއަށް ރޯލުމަށް ފުރުސަތު ދީގެން ނުހާގެ ބޮލުގައި ފިރުމާލަ ފިރުމާލަ ފަލަކްވެސް ހުއްޓެވެ. އިރުކޮޅެއް ފަހުން ނުހާ ފަލަކްއާއި ދުރު ވެލިއެވެ. “ލައިފް އިޒް ސޯ ވިއަރޑް ދޯ ދޮންބެދައްތާ….ވަން މޮމެންޓްގަ އުފާވެރިކަން ގެނެސްދީފަ ދެން އޮތް ސިކުންތުގަ އެ އުފާވެރިކަމަށް ޓައިމް ލިމިޓެއް ކަނޑައަޅާފަ އެންމެންގެ ހިތް ރޮއްވާލަނީ…ހައު ކްރޫލް” ބޭރަށް ބަލަހައްޓައިގެން ހުރެ ނުހާ ވާހަކަ ދެއްކިއިރު އެ އަޑުގައި ވަނީ ޝަކުވާއެވެ. “ނުއްކޯ….އެހެންވެ ވީ ޝުޑް އޯލްވޭސް ރިމެމްބަރ މި ދުނިޔެ މަތީގަ އެއްވެސް ކަމަކީ ދާއިމީ ކަމެއް ނޫންކަން…” ނިކްޔަންގެ އަޑު އިވުމުން ނުހާއާއި ފަލަކްއާއި ދެމީހުނަށް އެއްފަހަރާ ފަހަތް ބަލާލެވުނެވެ. އިރުކޮޅަކު ވާހަކަ ދައްކާލަން ހުރުމަށްފަހު ކޮލެޖްއަށްދާން ގަޑިޖެހެނީ ކަމުގައި ބުނެ ނުހާ އެތަނުން ދިއުމުން ފަަލަކްއާއި ނިކްޔަން އެކަނި ވިއެވެ. އަވަހަށް އެތަނުން ދާން ހިނގައިގަތް ފަލަަކްގެ ހަރަކާތްތަކަށް މަޑުޖެހުމެއް އައީ ނިކްޔަން އޭނާގެއަތުގައި ހިފުމުންނެވެ. ނުރުހުމާއި އެކު ފަލަކް ނިކްޔަންއާއި ދިމާލަށް ބަލާލިއެވެ. “ހޯނެއް” ފަލަކްގެ ފައިކައިރިޔަށް އިޝާރާތް ކުރަމުން ނިކްޔަން ބުނެލުމާއިއެކީ ބިރުން ގޮސް ހަޅޭއްލަވައިގަތުމަށްފަހު ފަލަކް އައިސް ނިކްޔަންގެ ގައިގައި އޮޅުލައިގަތެވެ. ހޯނަކީ އެ އެއްޗެއް ދެކެ އޭނާ ވަރަށް ބިރުގަންނަ ސުއިއްޕެކެވެ. ފަލަކް އައިސް އޭނާގެ ގައިގައި އޮޅުލައިގަތް ތާ އިރު ކޮޅެއްފަހުން ނިކްޔަން ހޭންފެށިއެވެ. އޭނާ ހޯނެކޭ ބުނީ ފަލަކް ދެރަވެފައި ހުރުމުން ހެއްވާލުމުގެ ބޭނުމުގައެވެ. ނިކްޔަން ހޭން ފެށުމުން ނިކްޔަންއާއި ދުރަށްޖެހިލަމުން ފަލަކް އޭނާ ހުއްޓި ހުރި ދިމާލަށް ބަލާލިއެވެ. އެތަނުން އެފަދަ އެކައްޗެއްވެސް ނުފެނުމުން ރުޅިވެރި ނަޒަރަކުން ފަލަކް ނިކްޔަންއާއި ދިމާލަށް ބަލައިލިއެވެ. އޭނާއަށް ހީކުރެވުނީ މިއީ އޭނާއާއި ގައިގޯޅިވާން ނިކްޔަން ކުރިސަމާސާއެއްކަމުގައެވެ. އެތަނުން ދާން ފަލަކް ހިނގައިގަތް އިރު ފަލަކްގެ ހަރަކާތްތައް ހުރި ގޮތުން ނިކްޔަން ހުރީ ނުވިސްނިފައެވެ.
ޔަނާއާއި ދިމާލަށް އާލިމް އަޅާ ކޮންމެ ފިޔަވަޅަކަށް ޔަނާ ދިއައީ ފަހަތަށް ފިޔަވަޅެއް އަޅަމުންނެވެ. އެގޮތަށް ގޮސް އޭނާ ފާރުގައި ޖެހުމުން ޔަނާ ކުރިމައްޗައް ބަލާލިއެވެ. އޭރު އާލިމް ހުރީއޭނާއާއި ޖެހޭ ނުޖެހޭހިސާބު ކައިރީގައެވެ. އަނެއްފަޅިން ރެކިގަންނަން މަސައްކަތްކުރި ޔަނާއަށް ކާމިޔާބު ނުވީ އާލިމް ފާރުގައި އެއް އަތް އަޅުވައި އޭނާއާއި އިތުރަށް ކައިރިވެލުމުންނެވެ. ބިރުންގޮސް ޔަނާއަށް އޭނާގެ ދެލޯ މަރާ ބާރު ކޮށް ލެވުނެވެ.
ނުނިމޭ
މިވާހަކައިގެ ދެންއޮތް އެޕިސޯޑުގެ ލިންކު ކޮމެންޓް ސެކްޝަންގެ ތިރީގައި ވާނެއެވެ.
54 Comments!
Comments are closed.



Hii sis…..wow amazing…masha Allah sis varah molhu.alhe dhn kihinehbaa vaanee…curiously can’t wait for next part so when is next part?love this story.me first tha?
Sis gud luck for ur studies
Lym,tc
Thankyou hafu and yes you first congrats✨♥️Next prt soon!
Omg booo i am the first dhw….mi part ves varah salhi…hama obiness to the max♥️??…luv u and tc boo..see u soon??♥️?
Thankyou boo and hafu first gengossiyey✨♥️Lym tc?♥️
Hey sissooooo
Wow this part is amazing????
MEYTHO MARGAEE
hahahahah yanaa haadha majaleu dhooa aalim has to always think kon galhi kujjeh hey meeee?????so falak doesn’t love aalim anymore dhoaaa just memories…..??i hope she falls in love with nikyan soooon!and alhey varah saddd rooma ge bai???? and e rafga ughhhh i hate her and haneef?????????
Love you sisooo❤️❤️❤️❤️
Curiously waiting for the next part tc♥️♥️♥️♥️
Hahaha yess yanaa is very funny dhw?thankyou nuhyy lym✨♥️
Sooooooo nice…❣️❣️❣️❤️❤️ Waiting for the next part plx aalim nd falak gulhuvadhyba ?
I don’t think thts possible noww thankyouu rose♥️
This part is amazing too ??waiting for the next part.. Good luck❤️
Take care ❤️
Be safe ❤️
Thankyou kukkyy✨♥️Stay safe tc✨?
Wowwww mi part vs hama best ingey.. Alhe so sad that falky doesn’t love Yan… ???? sis Puleeeeeeeeeeeeeez make her fall in love with Nikyan.. Dhn Aalim baakee ehvs nuvaanenu… Yanaa hunnaanenu Aalim ah… Yanaa ei haadha seyku kujjekey dhww..?????? So funny
Tvvvvvvvvvvvgc love you to infinity!! ❤️?????????????????????????????
Yana is like me?? and yes lets see if falak falls in love with nikyan or nawt dhww??lym tc✨♥️
Afaaaaaaaa?…….Im living in this world of the story????…..v.reethi????….alhey kudakoh shoora an hamdhaan ge bai ves genesdhiyba??….but falky ves dhw???….alhey yan ah eyna ge loabi libey goi hadhaadheeba????…..rafga gaathu buney theyo naashi kaalhu jahaigen gengohsiey???…naahtahves neengi????…..aslu yanaa ulhey goeh v.vahtharu abu mijaazaa???…kameh nuviyas v.varu dhehkeyne????….mi ah heevaniy yanaa ge cute kamah kahneynge serious aalim fall vaaniy???….how rom????…IA adhi rooma rangalhu vaane???….Aslu dhen rafga raaidha gein nerelaane kahneynge??…eyrun IA raaidhaa ah visneyne falky akiy javaahireh kan????….Alhe haneef ves??….ingeytha abu ge uncle eh ves hunnane haneef kiyaa????…nasiybakun ehaa cruel eh noon???….but does that mean aalim dheke falky love nuveyey mihaaru????….ONLY MEMORIES???…Alhe nuhy ah ves guy eh hoadhadheeba sis???…..kudakuda nuhy ves boduviy dhw???….vvvvvvvvvvvvvvvvvvvvvvvvvvvvvvvvvvvv.reethi??????……..
BTW sisoo EID Mubarak ? *advanced
Love ya????❤????❤????❤????❤????❤????❤????❤*even the hearts could not express
Tc❤.
stay safe?.
Scarlet mi hithah arany Abu thee girl eh baaey noony boy eh baaey? Boy name…. Dhn But girl akah Vedhaaney heekuree..
Awww thankyou abu???shoora and hamdhan ge bai aslu nugennany cuz they are married already ingey and nuhaa ah kujjeh hoadhaidheweytho balaanan ingey? lym eid mubarak✨♥️
LOL….Alhey aslu abu mi girl ekey???….Abu ge v.special person akah kiyaa nameh ABU akiy????….LOL eiy mi jaan ge nickname ?????…..mi buniy beybe ingey????…Funny right….friends scarlet ✌
Hehehe… Neyngeynenu… Scarlet ge V special person akah vs Abu kiyaane.. ???Comments hunna gothun heevi girl ehhn.. ???????and yh friendx… Ly❤️❤️❤️
wwoww sis mi prt ves varah reethi ?????
waiting for the nxt prt sis..?????
take care and stay safe ingey ???????
Thankyou no one✨♥️You too✨?
Alheyy sis falakah aaalim hwdhai dhehcheyy…..eyrah haaadha salhi vaaaney….and nikyan and yanaa vx vrh gulheyne…
I don’t think that is possible now blue?falak doesnt love aalim anymore and i don’t think aalim does either ehehe✨♥️
Dhn keehvetha falak Nikyan ah hate vany..?
Its not hate darling….its a misunderstanding dhw falak ah hywany nikyan ulheny falak aa kairi waashey ehnwe and they have been frnds before but wrh gina aharu wandhen meet nuwe ehn v ma trust nukurewifa ehn e wany?♥️
Maasha Allah mi part haadha salhi eyy???????????????????????????????????????????? Ekam Falak haadha dhera vaaney dho?????? n e Rafga aa Haneef aa vee kottakah laa bandhu kuran huvaa foohivey???????
Alhey aphxxx vaahaka genesdhey gothun heevani hama manzaruthah fenna hen???????❤️❤️❤️❤️❤️ Maasha Allah varah molhu ingey♥️♥️♥️♥️♥️???
Awwww Thankyou darling✨♥️ Yes rafga and haneef maraalan wefa dhw? lym✨?
Hi sis mi par ves Hama speechless ingey btw Nik and falak marry kureema v happy hope she will love him and they both will have a kid anyways love u very very very very very much ❤️??? tc
Lets see dhww elsa✨?lymm✨♥️?
please dnt say that falak anf aalim nugulheyne eyy ??…
anyways this part so nice ?? as always.. hama varah salhi ingey..
just hope falak and alim at least alun frnd vaane kama, if they cnt be together.. u knw that frndship was so amazing…
Lets hope for the best dhwww nerr♥️
Hey sis adhi mikiyaalevunee feshigen mihisaaabah. Mashaallah you’re very talented. Keep it up. ?
Thankyou zai♥️✨
Helloooo lovely afaa❤️❤️❤️❤️❤️ mi part vvv vc reethi????? dhn kon irakun next part?????eid annan 1 week to go dhw?????afaa and comment kohfa thibi adhi nukuraa kudhinnah vc alhugandu ge faraathun eid mubaarak????love u sisoo take care and wish u a happy eid?????
Thankyou raaya and eid mubarak ♥️✨
This part is also amazing i love aalim and yanaa s scenes hehe so cute
Waiting for next part
Thankyou ✨♥️
Wow sisoo mi part ves vrh Sali heheh
Adhi vrh majaa Vs me yaanaa ge baitha adhi vakin nail cutter ebaa vrh majaa???? heehee halaaku??? btw amazing ingey sisoo??????????????????
Waiting for the next part ???
Love uuu ❤️❤️??
TC an stay safe ❤️❤️??
Thankyou rilooo✨? yes yana is a lil ??? lym✨♥️
Hahahhahahahahhaha ?????????? this prt is very funny n varah varah reethi ♥️♥️♥️♥️♥️♥️ alhe pooorrrr yan ???? waiting for nxt ❤️❤️❤️❤️❤️ lysssssmmmmmm ??????
Stay safe ?????
TC ❤️❤️❤️❤️
Luv uuuuuuu sooooooooooo much ♥️♥️♥️??????
Hehhe thankyou afu darling ✨?lym tc✨♥️?
Varah reethi mi part ves curiously waiting for the next part ☺️☺️ and sorry for the late ☹️☹️☹️ take care ♥️♥️♥️♥️♥️♥️♥️♥️♥️♥️♥️♥️♥️♥️♥️♥️
Stay safe ❤️❤️❤️❤️❤️❤️❤️❤️❤️
Its owkk?♥️Thankyou darling✨♥️?
Heyy sis?this part is even awesome???I love it??? can’t wait for next part ❤️❤️?? how’s you doing sis??
Thankyou cutie✨? and Alhamdhulillah I’m doing fine✨? hws you darling? And next part soon✨♥️
I am fine? Eid mubarik in advance sis ah??and a happy holiday too????
Yes eid mubarak to you too ✨?
Can you tell me your age sis?if you don’t mind ?
I’m fifteen hehe? hby?
I am 16 right now? but I am going to be 17 in this December???
Wowowow aalim ah yanaa dho???i like her ahahah☺
Ahahaha.. Someones inlove again… ?????
Aalim, then just encourage falak to live happily with Nikyan… Lol
Ahahaha lets see wat happens✨??
Awww nasybehnu aalim ah kamudhaakan?✨♥️
“Aalim” jahaafa comment kohfa einyy hama real Koh ves boy ehtha?? Just asking???? boy ehtho balailan??
Eyyyyyy cutie ah 16 years tha??so cutie school nimihjje dho???