.ކުއްލިއަކަށް އޯކާ އަށް ދެމިފައި އެހުރިތަަނަށް ހޮޑުލެވެންފެށިއެވެ.ހަމައެވަގުތު އަޅައިގަތް މާ ވަރުގަދަ އެލާރމް އާއެކު “އިޓްސް އަ ކާޑިއެކް އެރެސްޓް” އޭ ކިޔާ އެކަކު ހަޅޭއްލަވައިގަތް އަޑު އީން އަށް އިވުނެވެ. އެއާއެކު އީން ގެ ފައިދަށުން ބިންގަނޑު ދެމިގެން ދިޔަހެން ހީވިއެވެ.ނެގިނެގިފައި ހިތް ޖެހެން ފެށިއިރު ހީވަނީ ބޭރުގައި އޮވެ ތެޅެން ފެށީ ހެންނެވެ.ބޯ އަނބުރާގަތުމާއެކު ބެލެންސް ނުވެ ބިންމައްޗައްވެއްޓެން ދިޔަ އީން އަލްޔާން އާ ދިމާލަށް އަށް ދިއްކުރުމުން ހަމައެކަނި ފިރުމާލެވުނީ ގަދަމުށިކުލައިގެ އެ […]
ހަމަ އެބާރުމިނުގާ އީން ގެންގޮސް އެތާހުރި ރުކެއްގައި ޖައްސާލަމުން އަލްޔާން އޭނާޔާ ގާތްވެލިއިރު ޖެހެމުން ދިޔަ ބާރު ވައިރޯޅިއަށްވެސް އެދޭތެރެއަށް ވަދެވޭނެ ޖާގައެއް ނެތްކަހަލައެވެ.” ކޮބާތަ އީން ގެ މައްސަލައަކީ..ލޯބިވޭ. ލޯބިވޭ.. ލޯބިވޭ..ހަމަ ވަރަށް ލޯބިވޭ.. މިހާ ވަރަށް ބުނާ އިރުވެސް ކީއްވެތަ ގަބޫލް ނުކުރެވެނީ..ކިހިނެތް ހެދީމަތަ ގަބޫލް ކުރާނީ..އިތުބާރު ކުރާނީ…އެމެސެޖަށް އީން އަށް އިތުބާރު ކުރެވުނު އިރު އަހަރެން މިކުރާ ކަންތަކުން..އީން ކުރިމަތީ ހުރެ މިދައްކާ ވާހަކަޔަށް އިތުބާރު ނުކުރެވެނީ ކީއްވެ؟؟ މިހިރީ އީން އަށް […]
ގޭން އިންޓަނޭޝަނަލް އެއާޕޯރޓްގެ ރަންވޭ ގައި ފްލައިޓް ޖެއްސުމާއެކު އަލްޔާން އާ އީތަން އެކަކު އަނެކަކުގެ މޫނަށް ބަލާލަމުން ހިނިތުންވެލިއެވެ. “އައެމް ކަމިން އީން”އަލްޔާން އަމިއްލަ ނަފްސަށް ބުނެލިއެވެ. ދެމީހުންވެސް އައްޑޫއަށް އައި ދެވަނަ ފަހަރު ކަމުން ވަރަށް ފަރިތަ ކަމާއެކު ގޮސް ޓެކްސީ އެއް ނަގާގެން ހިތަދޫ އަށް ދިޔައެވެ. ކުރީ ފަހަރާ ތަފާތުކޮށް މި ފަހަރު އަލްޔާން އާ އީތަން ތިބެން ހަމަޖެއްސީ އަލްކާގެ ދައްތަ އެއްގެ ގޭގައެވެ. ވަރަށް ފަހުން ހަތަރު ކޮޓަރީގެ […]
އެވަގުތު ބޮލުގައި މީހަކު މާލޯބިން ފިރުމާލުމާލުމުން އެއޮތް ގޮތަށް އޮވެ ބަލާލިއިރު ކުރިމަތީގައި ހުރި މީހާ ފެނުމުން އީން އަށް ހައިރާންވެފައި ބަލަން ހުރެވުނެވެ. ********** “ބައްޕާ!!” އެހާލަތުގައި ކުއްލިއަކަށް ބައްޕަ ފެނުމުން އޮޅުލައިގަންނަމުން އީން އަށް ރޮއެގަނެވުނީ އިޚްތިޔާރަކާ ނުލައެވެ.”ބައްޕާ..އަ..އަލް..ޔާން” އީން ވާހަކަ ދައްކަން އުުޅުމުން ދެއްކޭ ގޮތެއްވެސް ނުވިއެވެ.ހަމަ ގިސްލެވެނީއެވެ. “ދަރިފުޅާ..ބައްޕަ އަށް އިނގޭ ހުރިހާކަމެއް..ހުއްޓާލާ..ނުރޮއެ..” އަޝްރަފް އަށް އޭނާގެ ދަރިފުޅުގެ ހާލު ފެނި ފެންކަޅިވެފައިވާ ހުރެ ހުއްޓުމެއްނެތި ނިކަން ލޯބިން އީން ގެ […]
މިއީ ފްރޭމް ކުރެވިގެން ކުރެވޭ ކަމެއްކަން އެވަގުތު އަލްޔާން ގެ ހިތަށް އެރިނަމަވެސް އެއްޗެކޭ ނުބުނެ އެމީހުންނާއެކު ދިޔުމަށް ފަސްއެނބުރުނީ ފެންކަޅިވެފައިވާ ހާލުގައެވެ. ދެ ފުލުހުން ގެ މެދުގައި ހުރެގެން އަލްޔާން ބޭރަށް ނިކުތް ވަގުތު މޫނާ ދިމާލަށް އަތް ދިއްކޮށްލެވުނީ މޫނަށް އެޅެން ފެށި ކެމެރާ ފްލެޝް ތަކުގެ ސަބަބުންނެވެ. އެކި މީޑިއާ ތަކުން ބްރޭކިން ނިއުސްގެ ގޮތުގައި ވަގުތުން އެ ހަބަރު ގެނެސް ދެމުން ދިޔައިރު ބައެއް މީހުން އަމިއްލަ ފޯންތަކުންވެސް ފޮޓޯ ނަގަމުން […]
“ކީއްވެ ތި ރޮނީ..ބުނީމެއްނު ޒިން އަކީ ނުލަފާ މީހެކޭ..ނުލަފާ ކަން ދައްކަން ވެގެންނޭ މިއުޅެނީވެސް”. އެވަގުތު އީން ކިޔަވާ މޭޒުމަތީ ހުރި ޕެން ހޯލްޑާރ ގައި ހުރި ކަޓަރު ފެނުމުން ފުއްމައިގެން ގޮސް ތެދުވެ ޒިން އެ ނެގިއެވެ.. އެމަންޒަރު ފެނި އީން ގެ ހަށިގަނޑު ތުރުތުރު އަޅައިގަތެވެ. ކަޓަރު ނަގައިގެން އޭގެ ތޫނު ތިލަ ބޭރު ކުރުމަށް ފަހު ޒިން ބަލާލީ އިން އާ ދިމާލަށެވެ. އީން ހުރީ ބިރުންގޮސް ނޭވާ ލާންވެސް ނޭނގިފައެވެ. ޒިން […]
ދެލޯ ބޮޑުކޮށްލާފައި ދެން އީން އަށް ބަލާލެވުނީ ފަހަތުން ހިނގާފައި އެދިމާލަށް އައި އަލްޔާން އަށެވެ. އޭރު އަލްޔާން އާ ދާދި ގާތުން އީން ދުވަހަކުވެސް ނުދެކޭ އެހެން މީހަކުވެސް އައެވެ. ވާނުވާ ނޭނގި އީން ހުއްޓުން އަރާފައި ހުރިއިރު އީން ކުރިމަތީގައި މަޑުކޮށްގެން ހުރި ޒިން ފެނި އަލްޔާން ގެ ހިނގުން ބާރުވިއެވެ….. އީން ހައިރާންވެ ކުރިމައްޗައް ބަލަން ހުރުމުން ޒިން ވެސް ފަސް އެނބުރި ބަލާލިއެވެ. އޭރު އަލްޔާން ބާރު ހިނގުމެއްގައި އައިސް އެމީހުންނާ […]
އިރުކޮޅަކުން ގޭގެ ބެލްޖަހާލުމުން އީން އަވަސް އަވަހަށް ތެދުވެ ދޮރުހުޅުވަން ދިޔައީ އަލްޔާން އައީކަމަށް ހީކޮށެވެ. ދޮރު ހުޅުވާލުމާއެކު ރަތްކުލައިގެ ފިނިފެންމަލުގެ ބޮކޭ އެއް ހިފައިގެން ކުރިމަތީގައި ހުރި މީހާ ފެނި އީން ހައިރާންވެ ސިހުނެވެ…. “މައިރީން..” ހައިރާންވެފައި ހުރެ އީން އަށް މައިރީން ގެ ނަން ކިޔާލެވުނެވެ. ސްކިނީ އަކާ އެކު ޓޮޕެއް ލާފައި ހުރި އިރު އަތާ މޭމަތީގެ ބޮޑުބައެއް ފާޅުވާން ހުއްޓެވެ. ބޮލުގައި ކަޅުކުލައިގެ ފަން އިސްތަށިގަނޑެއް ލާފައި ހުރި ވިގެއް އަޅާލައިފައި […]
ދުވެފައި ގޮސް ކޮޓަރިއަށް ވަދެ އީން އެނދު މައްޗަށް ވެއްޓިގަތެވެ.އިރުކޮޅެއް ނުވަނީސް ރިންގްވާން ފެށި ފޯން ބަލާލިއިރު ގުޅަނީ އަލްޔާން އެވެ.”މިހާރު ގުޅަނީ ކޮން ދޮގެން ހަދަން” ރުޅި އައިސް އީން ފޯން އެއްލާލިއެވެ. އަނެއްކާވެސް ގުޅަން ފެށުމުން އީން ފޯން ނެގިއެވެ.”އަހަންނަށް ނުގުޅާ !!އައި ޑޯންޓް ވޯންޓް ޓު..”އީން ބުނަން އުޅުނު ޖުމްލަ ހުއްޓުނީ އެކޮޅުން ވާހަކަ ދެއްކި މީހާ ބުނި އެއްޗެއް އަޑު އިވުމުންނެވެ. އެއީ އަލްޔާން ގެ އަޑު ނޫންކަން އެނގުނު އިރު […]