ހާސިލް ވުމަށް އެދި ހިތް ރޮނީ 14
އިރުކޮޅަކުން ގޭގެ ބެލްޖަހާލުމުން އީން އަވަސް އަވަހަށް ތެދުވެ ދޮރުހުޅުވަން ދިޔައީ އަލްޔާން އައީކަމަށް ހީކޮށެވެ. ދޮރު ހުޅުވާލުމާއެކު ރަތްކުލައިގެ ފިނިފެންމަލުގެ ބޮކޭ އެއް ހިފައިގެން ކުރިމަތީގައި ހުރި މީހާ ފެނި އީން ހައިރާންވެ ސިހުނެވެ….
“މައިރީން..” ހައިރާންވެފައި ހުރެ އީން އަށް މައިރީން ގެ ނަން ކިޔާލެވުނެވެ. ސްކިނީ އަކާ އެކު ޓޮޕެއް ލާފައި ހުރި އިރު އަތާ މޭމަތީގެ ބޮޑުބައެއް ފާޅުވާން ހުއްޓެވެ. ބޮލުގައި ކަޅުކުލައިގެ ފަން އިސްތަށިގަނޑެއް ލާފައި ހުރި ވިގެއް އަޅާލައިފައި ހުރި އިރު ފޭކެއް ހެން ހީވެސް ނުވެއެވެ. މައިރީން ގެ މޫނު މަތީގައި މާބޮޑު ތާޒާކަމެއް ނެތް އިރުވެސް އުފާވެރިކަން ފާޅުވީ މައިރީން ގެ ހިނިތުންވުމުންނެވެ. “ޔޫ…ކަލޭ މިގޭގަ ކީއްކުރަނީ؟” އަލްޔާން ގެ ގެއިން އީން ފެނުމާއެކު މައިރީންގެ ހިނިތުންވުން ފިލާ ބުމަގޮތް ޖެހުނެވެ.އަލްކާ އާ ގުޅައިގެން ވާހަކަ ދައްކަން ފެށި އީތަން އަށް ގޭގެ ބެލް ޖެހި އަޑު އިވުމާއެކު ހިތް ނުތަނަވަސް ވިއެވެ. އަލްޔާން ބެލް ނުޖަހާނެ ކަން އީތަން އަށް ރަނގަޅަށް އިނގެއެވެ. އެހެން ކަމުން ފޯން ކަނޑާލަމުން އަވަހަށް ދުވެފައި ބޭރަށް ނިކުތެވެ. ރުޅިއައިސް އީން އާ ދިމާލަށް ބަލަން ހުރި މައިރީން ފެނުމުން އީތަން އަށް އަނގަމަތީ އަތް އަޅާލެވުނެވެ. “ޑޭމް އިޓް.!!” މައިރީން އަށް އަލްޔާން ޖެެއްސި ގޭމް އެނގިއްޖެ ނަމަ ކޮންމެފަދަ ކަމެއް ވެސް ކޮށްފާނެ ކަން އީތަން އަށް އެނގެއެވެ. އޭރުން ދެން ކަންތަށް ވާނެ ގޮތް ހިތަށް އެރުމުން ވެސް އީތަން އަށް ލޯމަރާލެވުނެވެ.އެހެންކަމުން އެއްވެސް ގޮތަކަށް މައިރީން އަށް ހަގީގަތް އެނގިގެން ނުވާނެޔޭ ހިތައި އީތަން އެދިޔަގޮތަށް ގޮސް މައިރީން ނުފެންނަ ކަމަށް ހަދަމުން އީން ގެ ގައިގައި ފުރަގަހުން ބައްދާލަމުން ނިކަން ލޯބިން “ބޭބީ ކާކު އައީ؟” ހޭ އަހާލިއެވެ.ނުވިސްނައި ހުއްޓާ ކުއްލިއަކަށް އީތަން ގެނައި އެ ހަރަކާތުން ސިހުން ލިބުނު ވަރުން އީން ތެޅިގެންފައި ދުރަށް ޖެހިލީ ބިރެއް ފެނިގެން އުޅޭފަދަ ގޮތަކަށެވެ. އޭރު އީން ގެ ހިތް ބާރަށް ތެޅެމުން ދިޔައެވެ. ހައިރާން ކަމާއެކު ލޯ ބޮޑުކޮށްލަމުން އީން އަށް ބަލާލެވުނީ އީތަން ގެ މޫނަށެވެ. އެވަގުތު އީތަން ބުމަ އަރުވާލަމުން އެއްލޯ މަރާލި ގޮތުން އީތަން ބުނަން އުޅުނީ ކީކޭކަން އީން އަށް ވިސްނުނެވެ. އަލްޔާން ހުރިހާ ވާހަކައެއް ސާފުކޮށް ކިޔައިދީފައި އޮތުމުން އީތަން އެހެން ހެދީ އީން އާއި އަލްޔާން ގެ ގުޅުން މައިރީން އަށް ސިއްރު ކުރަން ކަން އީން އަށް ނަގައިގަނެވުނެވެ.އީތަން މަކަރުވެރި ގޮތަކަށް ދެން ބަލާލީ މައިރީން އާ ދިމާލަށެވެ.”އަހަނ..މައި..ވަޓް އަ ޕްލެސެންޓް ސަޕްރައިޒް..ޕްލީޒް ކަމް އިންސައިޑް” ވަރަށް ހެވިލާފައ މައިރީން ކައިރީ އެތެރެއަށް ވަންނަން އީތަން ބުނެލީ އަދި ކިރިޔާ މައިރީން ފެނުނީ ކަހަލަ އެކްސްޕްރެޝަނެއް މޫނު މަތީން ދައްކަމުންނެވެ. “ވަޓް ދަ ހެލް…މީ އީތަން ގެ…” ކުރިއަށް ވުރެ ބޮޑަށް ބުމަ ގޮށްޖަހާލަމުން ނިތަށް ރޫ އަރުވާލަމުން މައިރީން އަހަން ފެށި ސުވާލު ނުނިމެނީސް މެދުކަނޑާލަމުން އީތަން ޖަވާބު ދޭން ފެށިއެވެ. ” ހައިރާންވެއްޖެ ދޯ..އަސްލު އަލްޔާން އެޓްރެކްޓް ވީ އީން ފެނިގެން ދެން މަޖަލަކަށް ރައްޓެހިވީ..އެކަމް ވަރަށް އަވަހަށް ދެމީހުންނަށް ވެސް ރިއަލައިޒް ވެއްޖެ މީ އަސްލު ލޯބި ނޫންކަން..އެހާ މެޗެއް ނުވި ދެމީހުން ގެ ވިސްނުންވެސް އެހެންވެ އީން އާ ބްރޭކްއަޕް ވީ..އަހަރުން ދެމީހުން ޓިއުން ވީ އޭގެ ފަހުން…އަލްޔާން ވެސް ވަރަށް ކޫލް އަހަރުންގެ ގުޅުމަށް..އަލްޔާން އަށް މިހާރު ވިސްނޭ މައި ވާ ވަރަށް އޭނަ ދެކެ ލޯބިވާ މީހަކު ދުވަހަކުވެސް ނުލިބޭނެ ކަން ސޯ އެހެންވެ މައި އާ އަލުން ގުޅުނީ..އާފްޓަރ އޯލް ކާކު ބޭނުން ނުވާނީ އެމީހަކު ދެކެ ތިކަހަލަ ގަދަފަދަ ލޯތްބެއްވާ މީހަކު” އީތަން އެއްނޭވާއިން ހުރިހާ ވާހަކަ އެއް ކިޔައިދިން އިރު މިއީ ހަދަހަދައިގެން ދެއްކިވާހަކަ އެކޭ މީހަކު ހިތަށްވެސް ނާރާހާ އޮމާނެވެ. އީން އަށްވެސް އީތަން އާ ދިމާލަށް ބަލަން ހުރެވުނީ ކުޑަކޮށް އަނގަ ހުޅުޅުވިފައިއެވެ.” ބޭބީ…އަހަރެން ހިތަށް އަރާ ބޭބީ ވެސް މައި އަލްޔާން ދެކެ ވާ ކަހަލަ ޕިޔޯ ލޯތްބެއް އަހަރެން ދެކެ ވާނެ ނަމައޭ..”އީން އަށް ބަލާލަމުން މަލާމާތުގެ ވަތްތަރަށް ޕްލާސްޓިކް ސްމައިލް އެއް ދެމުން އީތަން އެހެން ބުނި ގޮތުން އީން ގެ ހިނިގަނޑު ފަޅާއިގެން ނުދިޔައީ ހަމަ ކިރިޔާއެވެ. ނޫނޭވާ މޮޅު އެކްޓަރެކޭ މީ އީން ގެ ހިތަށް ވެސް އެރިއެވެ. އީތަން ގެ ވާހަކަތަށް އިވި މައިރީން ގެ ހިތަށް ހަމަޖެހުމެއް ލިބުނެވެ.އަލްޔާން އާ އީން އާ އެއްވެސް ގުޅުމެއް ނެތިއްޔާ ރުޅި އަންނަންވީ ސަބަބެއް ނެތޭ ހިތަށް އަރައި އެދިޔަށް ގޮތަށް ވަދެ އީން ގައިގައި ބައްދާލާފައި “އޫހް..އައެމް ސޯ ހެޕީ ކޮންގްރާ” އޭބުނެލީ ވަރަށް ހެވިފައި ހުރެއެވެ. މައިރީން ގެ އެހަރަކާތުން އުނދަގޫވެފައި ހުރެމެ އީން ބަލާލީ އީތަން އަށެވެ. އޭރު އީތަން ދެކަންފަތުގައި ހިފާލަމުން ސޮރީ އޭ ބުނެލީ އަޑުބޭރަށް ނުނެރެއެވެ. އޭނަ ދެއްކި ވާހަކަ މައިރީން ގަބޫލް ކުރުމުން އީތަން ގެ ހިތަށް ފިނި ކަމެއް ލިބުނެވެ.
ދޮރުން ވަން އަލްޔާން އަށް މައިރީން އީން ގައިގައި ބައްދައިގެން ހުރި މަންޒަރު ފެނުމުން ހުއްޓުން އެރިއެވެ. ނުތަނަވަސް ކަމާއެކު އަލްޔާން ގެ ހިތް ތެޅެން ފެށީ ނުހަނު ބާރަށެވެ. އަނެއްކާ އަހަރެންގެ ޕްލޭން ފެއިލް ވީބާއޭ ހިތަށް އެރުމުން މާޔޫސްވިއެވެ. އެހެނަސް ކުރިމަތީން ފެންނަމުން ދިޔަ މަންޒަރުން އަލްޔާން ހައިރާންވިއެވެ. އީން ފެނުމުން މައިރީން ރުޅިނައިސް ބައްދާލައިގެން އެހެރީ ކީއްވެބާއޭ ހިތަށް އެރިއެވެ. މިވަނީ ކީއްކަމެއް ނޭގި ތެޅިތެޅި އޮތް ހިތަކާއެކު އެތެރެއަށްވަން އަލްޔާން ފެނުމާއެކު އީތަން އަވަސް އަވަހަށް އީން ކައިރިއަށް ޖެހި އީން ގެ ކޮނޑަށް އެއް އަތް ލަމުން އަނެއް އަތުން އީން ގެ އަތުގައިހިފާ ގެންގޮސް އަމިއްލަ އުނަގަނޑުގައި ވަށާލިއެވެ. އީތަން އީން އާ ގާތްވެލި އެމަންޒަރު ފެނުމުން އަލްޔާން ހައިރާންވެ އަންތަރީސްވީ އިރު ހިތުގައި އަލިފާން ގަނޑެއް އަނދައިގަތް ފަދަ ދިލަ ހޫނެއް އިހްސާސްވިއެވެ.އަލްޔާން ގެ ދެލޮލުން ފާޅުވާން ހުރި ރުޅިވެރިކަން ފެނުމުން އީން ޖެހިލުންވެ އަވަހަށް އީތަން ގެ އުނަގަނޑުން އަތްދުރުކުރަން މަސައްކަތް ކުރިއެވެ. އެހެނަސް އީތަން އީން ގެ އަތަށް ބާރުކޮށްލީ ދޫނުކުރާށޭ ބުނާކަހަލަ ގޮތަކަށެވެ. “ހެހެހެ..ހެއި ބްރޯ..ހާސްނުވޭ..އަހަރެން މައި އަށް ހުރިހާ ވާހަކަ އެެއް ތެދަށް ކިޔައިދީފިން..ތިދެމީހުން ބްރޭކްއަޕް ވި ވާހަކަ އާއި އަހަރުން ދެމީހުން ގުޅުނު ވާހަކަ..” އީތަން ވެސް ހުރި އަލްޔާން ގެ މޫނުން ފެންނަމުން ދިޔަ ރުޅިވެރިކަމާއި މުއްކަވާލެވިފައި ހުރި ވަރު ބާރުކަން ފެނި ކުޑަކޮށް ޖެހިލުންވެފައެވެ.ހީވަނި ހަމަ ދެންމެ ދެންމެ އައިސް ހަަމަލާއެއް ދީފާނެ ހެންނެވެ. “އެއީ ތެދެއް..އެދެމީހުން ވަރަށް ގުޅޭ..ވަރަށް ކިއުޓް..އޯ އައިމް ސޯ ރިލެކްސްޑް.. ސޯ ހެޕީ…” މައިރީން އައިސް އަލްޔާން ގެ އުނަގަނޑުގައި ދެއަތް އަޅުވާލަމުން މޭގައި ބޯ އަޅާލިއެވެ.މިއީ މައިރީން އަށް ހަގީގަތް ސިއްރު ކުރަން އީތަން ރޭވި ގޮތެއް ކަން އަލްޔާން އަށް ވިސްނުނެވެ. އެހެނަސް އެއްވެސް ހަރަކާތެއް ނެތި ހުއްޓިގެން ހުރެވުނީ އީން އާ ދިމާލަށް ބަލަންށެވެ. ދެމީހުން އެކަކު އަނެކަކާ ހަތަރުކަޅި ހަމަވީވަގުތު ބަޔާންކުރަން ދަތި ހިތްދަތިކަމެއް އެދެހިތަށް ކުރުވިއެވެ.އެއްވެސް ހާލަތެއް މެދުވެރިވިޔަސް އެހެން މީހަކު ކައިރިވިޔަ ނުދޭން އިރުގަނޑެއް ކުރީން ދެމީހުން އެކަކު އަނެކަކަށް ވީ ވައުދު މަތީން ހަނދާންވުމުން ހިތްރޯލިއެވެ. މިއީ ކޮންފަދަ މަޖްބޫރީ ހާލަތެއް ބާއޭ އީން ގެ ހިތަށް އެރިއެވެ. ދެމީހުން އިންތިހާއަށް ލޯބިވާއިރުވެސް މިޖެހުނީ އެކަކު އަނެކަކު ކުރިމަތީ އެހެން މީހުންނާ ގާތްވެލައިގެން ތިބޭށެވެ.މައިރީން އަލްޔާން ގެ މޭގައި ބޯ އަޅާލައިގެން ހުރިއިރު ކަޅިވެސް ޖަހާނުލާ އީން އާ ދިމާލަށް އަލްޔާން ބަލަން ހުރިއިރު އެދެލޮލުގައިވީ އަސަރު ފެނި އީން ގެ މޭގައި ރިއްސިއެވެ. ދުލުން ނުބުންޏަސް އެތަށް ވާހަކައެއް އެދެމެދުގައި ދެކެވުނެވެ. އީތަން އަށް ހުރިހާކަމެއްހެން ވިސްނުނެވެ. އެދެމެދަށް ވެރިވެފައިވީ ނުތަވަސްކަން ދުރުކުރުމަށް އީން ގައިން ދޫކުރަމުން ކުޑަކޮށް ކަރުކެހިލާފައި ގޮސް ސޯފާގައި އިށީނެވެ. އީން ވެސް މަޑުމަޑުން ގޮސް އީތަން ކައިރީ އިށީނެވެ. އަލްޔާން ވެސް އިށީންނަން ހިނގައިގަތުމުން މައިރީންވެސް ހީލާފައި އަލްޔާން ގެ އަތުގައި އެލިގެން ކަހަލަ ގޮތަކަށް ގޮސް އިށީނީ އަލްޔާން ގައިގައި ޖެހިފިތި ބާރުވެގެންނެވެ.” ބޭބީ..މިއަދު ފުރަން ވީމަ ވަރަށް ދެރަވޭ..މަޑުކޮށްލަންވީ ދޯ..ތިހާ ބޮޑުކަމެއް ދިމާވީމަ ދޫކޮށްލާފަ ދާހިތެއް ނުވޭ” އަލްޔާން ގެ ކޮނޑުގައި ބޯ އަޅާލައިގެން އޮވެ މައިރީން ބުނެލި ގޮތުން އަލްޔާން އާ އީތަން އާ ދެމީހުންނަށް އެއްފަހަރާ ހެން “ނޯ” އޭ ބުނެލެވުނެވެ. ” އައި މީން..މައި ގެ ފަރުވާ މިވަގުތު މާ މުހިއްމު..ޔޫ ނީޑް ޓުގޯ..އެހެން ނޫނަސް އަހަރެން ރަނގަޅޭ..!” އަލްޔާން އަވަސް އަވަހަށް މައިރީން ގެ މޫނަށްބަލާލަމުން އަތުގައި ހިފާލަމުން ވާހަކަ ދެއްކުމުން މައިރީން ވީ އުފަލުން އޯކޭ އޭ ބުނެ ބޯޖަހާލިއެވެ. އަލްޔާން މައިރީން ގެ މޫނަށް ބަލަން ހުރެ ލޯބިން ވާހަކަ ދެއްކި ގޮތުން އީން ގެ ގެ ހިތަށް ވަރަށް އުނދަގޫ ވިއެވެ. އަވަހަށް އެތަނުން ތެދުވެގެން ހިނގައިގަތީ އިތުރަށް އެމަންޒަރު ބަލާނެ ހިތްވަރު ނެތުމުންނެވެ. އަލްޔާން އަށް ވަގުތުން އެކަން ވިސްނުނެވެ.އީން ކައިރިއަށް ދާން އަލްޔާން ގެ ހިތް އެދެމުން ދިޔައެވެ.އެހެން ކަމުން ތެދުވެގެން ހިނގައިގަތެވެ.ކުއްލިއަކަށް އަލްޔާން ތެދުވެގެން އީން ގެ ފަހަތުން ދިޔުމުން މައިރީން ބަލާލީ އީތަން ގެ މޫނަށެވެ. އީތަން ހަމަޖެހިލައިގެން ހީލާފައި އީން ދިޔައީ ކޮފީ ހަދަން ކަމުގައި ބުނެލިއެވެ. އަދި އީން ކުޑަކޮށް މިގެއަށް އާވާނެތީ އަލްޔާން އެދިޔައީ އެހީތެރިވެލަން ކަމުގައި ބުންޏެވެ. މައިރީން ގެ ވިސްނުން އެކަމާ ދުރުކުރުވަމުން ހުށިއާރު ކަމާއެކު ދެން އީތަން ފަށައިގަތީ އީން އަށް ޕްރޮޕޯސް ކުރި ގޮތާއި އެދެމީހުން ގެ ލަވް ސްޓޯރީ ކިޔާދޭންށެވެ. މައިރީންވެސް އެވާހަކައަށް ޝައުގުވެރިވިއެވެ.
ސިންކު ކައިރީ ހުއްޓިލައިގެން ހަށަން ބަނދެގެން ހުރިއިރު އީން ގެ މޫނު މަތީން ފާޅުވަމުން ދިޔައީ ހިތާމަވެރިކަމެވެ. ބަދިގެއަށް އައިސް ވަން އަލްޔާން އަށް އީން ގެ މިލާމޯޅިވެފައިވީ މޫނު ފެނުމުން ދެރަވިއެވެ. އަލްޔާން ގޮސް އީން ގެ ކުރިމަތީ ހުއްޓުމުން ޝަކުވާއިން ފުރިގެންވީ ނަޒަރަކުން ބަލާލަމުން އީން އަނެއް ފަރާތަށް މޫނު އަނބުރާލިއެވެ.މިހާލަތުގައި އީން ކޮންފޯރޓް ކުރުވަން ބުނާނީ ވެސް ކީކޭ ކަމެއް އަލްޔާން އަކަށް ނުވިސްނުނެވެ. އެހިތުގައި ކުރެހިފައިވަނީ ހަމައެކަނި އީން ގެ ތަސްވީރު ކަމާއި ލިޔެވިފައިވަނީ ހަމައެކަނި އީން ގެ ނަން ކަން ބުނެދޭނީ ވެސް ކިހިނަކުން ހެއްޔެވެ. އަލްޔާން އީން ގެ މޫނަށް ބަލަން ހުރެ މަޑުމަޑުން ފަހަތަށް ފިޔަވަޅު އަޅަމުން ގޮސް ކައުންޓަރުގައި ލެނގިލިއެވެ.އެއްވެސް އެއްޗެކޭ ނުބުނެ އިޝްގީ ނަަޒަރަކުން އަލްޔާން އީން އާ ދިމާލަށް ބަލަން ހުއްޓެވެ. އީން އަށް މާ ގިނައިރަކު ކެތް ނުކުރެވުނެވެ. ދުވެފައި އައިސް އަލްޔާން ގެ ގައިގައި އޮޅުލައިގަތީ އެއް އަތް އަލްޔާން ގެ އުނަގަނޑުގައި ބާރަށް ވަށާލަމުން އަނެއް އަތް ފުރަގަހުން އަލްޔާން ގެ އިސްތަށިގަނޑު ތެރެއަށް މަހާލަމުންނެވެ.އީން އަށް މަޑުމަޑުން ގިސްލެވެން ފެށުނެވެ.”ޔޫ އާރ މައިން..އޮންލީ މައިން..ކެތްނުވާނެ އެހެން މީހަކު ކައިރިވާން..ހައު ޑޭއާރ ހާ ޓު ހަގް ޔޫ..ކީއްވެ އަލްޔާން..” އީން ގެ އެ ޕޭޝަނޭޓް ހަރަކާތުން އަލްޔާން ގެ ހިތަށް ފިނިކަމެއް ލިބުނެވެ. އީން އޭނާ ދެކެ ލޯބިވާވަރު ހިތަށް އެރުމުން މަޑުމަޑުން ހިނިތުންވެލެވުނީ ހިތްހަމަޖެހުމާއެކުގައެވެ.”ޝްޝްޝް..އައި ލަވް ޔޫ..އައިމް ޔޯރސް އޮންލީ” އަލްޔާން ވަރަށް ލޯބިން އީން ގެ ބޮލުގައި ފިރުމާލަމުން ބުނެލިގޮތުން އީން ބޯ ހިއްލާލާފައި އަލްޔާން ގެ މޫނަށް ބަލާލިއެވެ. ކަރުނައިގެ އަސަރުން އީން ގެ އެސްފިޔަތަށް ތެމިފައި ހުރުމުން ހިތްގައިމު ގޮތެއް ހުއްޓެވެ. އައިބެއްނުވާ އެ ރީތި މޫނު އެހާ ކައިރީން ފެނުމުން އަލްޔާން އަށް ގަސްތަކާނުލާ އެމަޑު ޖެލީކޮޅެއް ފަދަ ތުންފަތުގައި ބޮސްދޭން ފެށުނެވެ.ކުއްލިއަކަށް ލޭގައި ހިނގައިގަތް ޖަޒުބާތާއެކު އަލްޔާން ގެ އިސްތަށިގަނޑު ތެރެއަށް މަހާލެވިފައި އޮތް އަތަށް އީން އަށް ބާރުކުރެވެމުން ދިޔައެވެ. “އާ..އައުޗް” އީން ގެ ގައި ދޫކުރަމުން ހެވިފައި ހުރެ އެއްއަތުން އަލްޔާން ބޮލުގެ ފުއްކިބާގައި ކުޑަކޮށް ފިރުމާލިއެވެ.އީން ވެސް އަނގަމަތީގައި އަތް އަޅަމުން ރަކި ހިނިތުންވުމަކާއެކު ކުޑަކޮށް ދުރަށް ޖެހިލީ ސޮރީ އޭ ބުނަމުންނެވެ. “ހްމްމްް..އެޕޮލޮޖީ އެކްސެޕްޓެޑް…އެކަމް މިފަހަރު ތަންކޮޅެއް އިމްޕްރޫވްޑް އިނގޭ” އަލްޔާން ލާނެތް ގޮތަކަށް ހީލަމުން އެއްލޯމަރާލަމުން ބުނެލި ގޮތުން އީން އަށް ތުންފަތުގައި ދަތް އަޅާލަމުން އަނެއް ފަރާތަށް މޫނު އަނބުރާލެވުނީ ލަދުންނެވެ. “އީން ބޭބީ..ކޮބާ ނިމިއްޖެތަ؟” ތަންކޮޅެއް ބާރަށް އިވުނު އީތަން ގެ އަޑާއެކު ދެމީހުންވެސް ތެޅިގެންފައި ދުރަށް ޖެހިލިއެވެ. އެވަގުތު މައިރީންވެސް އައިސް ބަދިގެއަށް ވަދެ ކޮފީ ކޮބާހޭ އަހާލިއެވެ. އީތަން ގެ ރޮމޭންޓިކް މޮޅު ލަވްސްޓޯރީ އަޑުއިވުމުން އަލްޔާން އާއި އީން އަށް ޝައްކު ކުރާކަށް މައިރީން ގެ ހިތަކަށް ނުވެސް އެރިއެވެ. އުފާވެފައި ހުރި އަލްޔާން ވެސް ވަރަށް ހަމަޖެހިލާފައި ކޮފީ ހުސްވެފައި ހުރި ވާހަކަ އާއި އެއްޗަކަށް އޯޑަރު ކުރަންވީ ނޫންހޭ ބުނެލިއެވެ. އެހެނަސް ފުރަން ދާން ލަސްވާނެ ކަމަށް ބުނެ އަލްޔާން ގެގައިގައި ކުޑަކޮށް ބައްދާލަމުން ޓޭކް ކެއާރ އޭ ބުނެ މައިރީން އުފާވެފައި ހުރެ ދިޔައެވެ. މައިރީން ގޮސް ދޮރުން ނިކުމެ ދޮރު ލެއްޕުމާއެކު އީތަން އަނގަ ހުޅުވާލާފައި ދިގު ނޭވާއެއްލަމުން ބަދިގޭ ކައުޓަރ ކައިރީ ހުރި ގޮނޑި މައްޗައް ދެމިލީ ވަރުބަލިވެގެން ގޮސް ހަލާކުވެފައިވާ މީހެއް ފަދައިންނެވެ. އެއާއެކު އެކަކު އަނެކަނުގެ މޫނަށް ބަލާލަމުން ތިން މީހުންނަށް އެއްފަހަރާ ހީގަނެވުނެވެ.
*******
ދުވެފައި ކަަހަލަ ގޮތަކަށް ގޮސް ގެއަށް ވަން މައިރީން އަށް އޭނާގެ ބައްޕަ އާއި ދޮންބެ ސޯފާގައި ތިއްބާ ފެނުމުން ހިނިތުން ވަމުން އެދިމާލަށް ދިޔައެވެ. މައިރީން އެދިޔަ ގޮތަށް ގޮސް ޒިން ގެ އުނގުގައި އިށީދެލަމުން ކުޑަކޮށް ބައްދާލާފައި ތެންކިޔު އޭ ބުނެލިއެވެ. ސީދާ ކޮންކަމަކާ ކަމެއް ނޭގުނަސް މައިރީން ގެ މޫނު މަތީން ފެނުނު އުފާވެރިކަމުން ޒިން އާ ބައްޕަވެސް ވަރަށް އުފާވިއެވެ.”މައި ބޭނުން ވޭތަ ހަމަ ފުރަން މެރިޖް ކެންސްލް ކޮއްފަ؟” ޒިން ގެ ސުވާލަށް މައިރީން ބޯ ޖަހާލަމުން އާއެކޭ ބުނެލިއެވެ.މައިރީން ގެ އެ ނިންމުމުން ޒިން ގެ ހިތް މާޔޫސްވީ ކީއްވެ ކަމެއް ޚުދް އޭނާއަކަށްވެސް ނޭގެއެވެ. މައިރީން އަށް ވުރެބޮޑަށް އަލްޔާން އާ މައި ގުޅުވަން މިހާރު ޒިން ބޭނުންވަމުން ދިޔައެވެ.އެހެން ކަމުން މައިރީން ގެ ހިޔާލް ބަދަލް ވޭތޯ އަނެއްކާވެސް ފެށިއެވެ.” ދޮންބެ ހިތަށް އަރަނީ މެރީ ކޮށްގެން ދިޔައީމަ ޓްރީޓްމެންޓަށް މާ ރަނގަޅުވާނެ ނޫންހޭ..އޭރުން ހަނީމޫން އަށް ވެސް އެކުގަ ދެވުނީނު..” މައިރީން ކުޑަކޮށް ހީލަމުން މެރީ ކުރަން ބޭނުންވަނީ އެއްކޮށް ރަނގަޅު ވުމުން ކަމަށާއި އަދި މިހާރު ބޭނުންވަނީ މުޅީން ބްރޭންޑް ނިއު، ކޮންފިޑެންޓް މައިރީން އަކަށް ބަދަލް ވާން ކަމަށާއި އެމަސައްކަތް ކުރަން ބޭނުން ވަނީ އެކަނި ކަމުގައިވެސް ބުނެލިއެވެ.އަދި ދެން ބޭނުން ވަނީ ގަދަކަމުން އަލްޔާން ހާސިލް ކުރަން ނޫން ކަމާއި ހިތުން ރުހުމުން އަލްޔާން ގެ ލޯބި ހޯދަން ކަމަށް ވެސް މައިރީން ބުންޏެވެ. އެ ވާހަކަ ތަށް އަޑުއިވުމުން ޒިން ގެ ކަރު އެލުނު އިރު އަހްމަދު އުފާވެ މައިރީން އަށް ހިތްވަރު ދިނެވެ.
ހިތަށް ވެރިވި މާޔޫސްކަން ފޮރުވުމަށް ޒިން ބާރުބާރަށް ހިނގާފައި އައިސް ކޮޓަރިއަށްވަދެ ދޮރު ލައްޕާލިއެވެ. އެޒުމަތީގައި އޮތް ފައިލެއް ހުޅުވުމަށް ފަހު ރިޝްވާން ގެނެސްދިން ފޮޓޯތަކުގެ ތެރެއިން ޒިން ނަގާފައި އޮތް އީން ގެ ފޮޓޯ އަށް ބަލަމުން އެނދުގައި އިށީނެވެ. އިރު ކޮޅެއްވަންދެން ފޮޓޯއަށް ބަލަން ހުރުމަށްފަހު ތުންފަތުގައި ދަތްއަޅާލަމުން ދެއަތަކަށް ބޯހޫރާލާފައި އެންދުމައްޗައް ވެއްޓިގަތީ އަމިއްލައަށް އަންހެން ކުއްޖަކުދެކެ ލޯބިވެވުނީ ކަން ގަބޫލް ކުރަން ދަތިވީމައެވެ. އުމުރުން 19 އަހަރުއްސުރެން ފެށިގެން ބިޒްނަސް ކަންކަމުގަޔާ ބައްޕަގެ ޕޮލިޓިކަލް ކެރިޔާ ނަގާ ކޮޅަށްޖެހުމަށް ޒިން ވަނީ ކުރަން ނުޖެހޭ އެތަކެއް ކަމެއް ކޮށް ބޮޑެތި ޖަރީމާތަށް ހިންގިފައެވެ. އެކަންކަމުގައި އަވަދިނެތި އުޅުނުއިރު ލޯތްބޭ ކިޔާ ޖަޒުބާތުގެ ކަންފުޅެއްވެސް ދުވަހަކުވެސް ޒިން އަކަށް އިހްސާސްކުރެވިފައެއް ނެތެވެ. ނުވިތާކަށް އަންހެންކުއްޖަކާ ރައްޓެހިވެވިފައެއްވެސް ނެތެވެ. އޭނަ ރީތިވެގެން އަންހެން ކުއްޖަކު އެއިން ކަމަކާ އުޅުނަސް ޒިން ވަނީވެސް ފޫއްސެވެ. އުމުރުން ފާއިތު މިވީ 27 އަހަރު ގައި މިފަދައުނދަގޫ ތަކަކާއި ކުރިމަތިލާން ޖެހިފައިނުވީތީ ޒިން ހުރީ ހަދާނެގޮތް ނޭގިފައެވެ. ޒިން އަށް ދަސްވެފައި ހުރީ ބޭނުންވާހުރިހާ ކަމެއް އެހެންމީހުން ލައްވާ ކުރުވުމަށެވެ. ރީތިކޮށް ނުވިއްޔާ މަޖްބޫރުންނެވެ. އެހެނަސް އީން އަށް މަޖްބޫރު ކުރާކަށް ހިތް ނޭދެއެވެ. އީން ގެ އިމްޕްރެސް ކުރުވަން ކުރަންވީކަމެއްވެސް ނޭގެއެވެ. އެރޭ އީން މޭގައި ޖައްސާލައިގެން ހުރިއިރު ކުރެވުނު އިހްސާސް ތައްް މަތިން ހަނދާންވުމުން ޒިން އަށް ލޯމަރާލެވުނެވެ. ހިތާހިތުން އީން އޭނާކައިރީ އަބަދު އެހެން ވުމަށް އެދެވުނެވެ.
******
ރޭގަނޑު 10 ޖެހިއިރު އެއާޕޯރޓުން ނިކުތް އަލްކާ ހަލުވި ހިނގުމެއްގައި އައިސް ފެރީ ޓިކެޓް ނެގުމަށް ފަހު އަވަހަށް ދިޔައީ ނައްޓާލަން ތައްޔާރުވެ އޮތް ފެރީ އިން ޖާގަ ލިބޭތޯއެވެ.ތުނިކޮށް ވެހެމުން ދިޔަ ވާރޭން ސަލާމަތްވާން މަސައްކަތް ކުރަމުން މީހުން ގަނޑު ތެރެއިން ފުރޭނިގެން ގޮސް ފެރީތެރޭގައި ހުރި މީހެއްގެ އަތަށް ދަބަސް ދިއްކޮައްލުމުން އެމީހާ އޭގައި ހިފަމުން އަތް ދިއްކޮށްލިއެވެ.އަލްކާ އަވަސް އަރުވާލާފައި ހުރި ވަރުން މޫނަށް ބަލާވެސް ނުލާ އަތުގައި ހިފާފައި އަވަހަށް އެރިއެވެ. އެވަގުތު އެމީހާ ލުއްކެއްޖަހާލަމުން އަލްކާ ކައިރިއަށް ގެނެސް އުނަގަނޑުގައި ބައްދާލިއެވެ. އެކުއްލި ހަރަކާތުން ސިހުންލިބި އަލްކާ ބަލާލިއިރު އެއީ އީތަން އެވެ. އަނަގައިގެ ހުރިހާ ދަތް ތައް ފެންނަ ވަރަށް ހެވިފައިހުރި އީތަން ފެނުމުން އަލްކާ ހައިރާންވިއެވެ.”ޑޯންޓް ގެޓް މީ ރޯންގް..ހީލް އަކަށް އަރާފަ ހުރުމުން ވެއްޓިދާނެތީ ހިފީ..” މީހުންތަށް އެތާ ބަލަހައްޓައިގެން ތިބުމާއެކު އަލްކާ ގަތްލަދުންނާ އައި ރުޅީގައި ހީލް ގައި ހުރި ވަރު ދައްކާލާނަމޭ ހިތައި އީތަން ގެ ފަޔަތް އަރާ ފިއްތާލީ ހަމަ ގަސްތުގައެވެ. “އާ..އާއުޗް…އާ” ކުއްލިއަކަށް އަލްކާ ގައިން ދޫކުރަމުން ތަދުވީ ވަރުން އީތަން އަށް ފައިގައި ފިރުމާލެވުނެވެ. “މިދެން ބޮޑުވަރު..މިޒަމާނު މީހަކަށް ހެޔޮކަމެއް ކޮށްދޭނެ ކަމެއްވެސް ނެތް…ތެޔޮހަންގަޑު ވިއްޔަ ތި ދުއްވާލީ” ފެރީގެ އެންމެ ފަހަތު ސީތުގައި ގޮސް އިށީން އަލްކާ އާއި ޖެހިގެން އިށީންނަމުން އީތަން ބުނެލިއެވެ. “ހޭއި..ލެޓްމީ ގިވް ޔޫ އަ ފްރީ އެޑްވައިސް..މީގެ ފަހުން ވެސް މީހަކު ހެލްޕް އަށް ނޭދެނީސް ތިގޮތަށް ހެލްޕް ނުވައްޗޭ..ނޫނީ ތިއަށްވުރެ ބޮޑުވަރު ވެސް ހަަމަ ވެދާނެ..އެހެން ނޫނަސް އަހަރެން މީ އީތަން ބޭނުންވީމަ ގުޅާފަ..ބޭނުންވީމަ ހެލްޕްވާން ބަހައްޓާފަ ހުރި ކުޅޭ ބުދެއްނޫން..” އަލްކާ އަސްލު ބޮޑަށް ހިތުގައިޖެހި ރުޅިއައީވެސް މިއަދު ހެނދުނު ގުޅައިގެން ހުރެފަ ކުއްލިއަކަށް ފޯން ކަނޑާލީމައެވެ. އަދި ފަހުން ވީ ގޮތެއް އަންގަންވެސް ނުގުޅުމުންނެވެ.އީތަން އަށް އެކަން އިނގުނު ނަމަވެސް އެކަމާ ގުޅޭގޮތުން އެއްޗެކޭ ނުބުނީ ތިބެވުނު ތަނުގެ ގޮތުންނެވެ. އެކަމްސް މަށަށް އަލްކު ޑޯލް އަކާ ވަރަށް ވައްތަރޭ އީތަން ބުނެލީ ހަމަ އަލްކާ އާ ދިމާ ކޮށްލުމުގެ ނިޔަތުގައެވެ. އަލްކާ ރުޅި އައިސް ތުން ފިއްތާލައިގެން ހުރުމުން އީތަން އަށް މަޖާވިއެވެ. ފެރީން ފައިބަމުން އަލްކާ ކައިރީ މަޑުކުރާށޭ ބުނެ އީތަން ދިޔައީ ތަންކޮޅެއް ދުރުގައި ޕާރކް ކޮށްފައި އޮތް ކާރު ނަގަންށެވެ. އީތަން ދިއުމުން ތުންއަނބުރާލާފައި އަލްކާ އުޅެގަތީ ޓެކްސީ އެއް ލިބޭތޯއެވެ. ކުޑަކޮށް ވައިގަދަވެ ވާރޭ ވެސް ވެހިވެހި އޮތުމާއެކު އެހިސާބުން ޓެކްސީއެއް ލިބުން ވީ އުނދަގޫ ކަމަކަށެވެ. އިރުކޮޅެއް ނުވެ އީތަން ކާރުގައި އައިސް އަލްކާ ކުރިމައްޗައް މަޑުކޮށްލިއެވެ. އަވަހަށް ފައިބާގެން އައިސް ފޮށިއަރުވާފައި ގޮސް އީތަން ކާރަށް އެރިއިރުވެސް އަލްކާ އަރާކަށް ނޫޅުނެވެ. މޫނު އަނެއް ފަރާތަށް އަނބުރާލައިގެން ހުރީއެވެ.އޭރު ފަހަތުން ޓްރެފިކްވެސް ގިނަވެ ބަރުގޮނު އަޅައެވެ.އަލްކާ ހަމަ އެދިމާލަށް ބަލަން ވެސް ނޫޅުނެވެ. ހާދަ ބޯހަރު އަންހެންކުއްޖެކޭ މީ ހިތަށް އަރަމުން އީތަން ކާރުން ފައިބައިގެން އެދިޔަގޮތަށް ގޮސް އަލްކާގެ އަތުގައި ނިކަން ބާރަށް ހިފައި ގެންގޮސް ކާރަށް އެރުވިއެވެ. ކުޑަކޮށް ދެކޮޅު ހެދިޔަކަސް މީހުންތަށް ގިނަކަމުން މާބޮޑަށް ދެކޮޅުހަދާކަށް އަލްކާއަށް ނުކެރުނެވެ. އީތަން އައިސް ދުއްވާލުމުން ދެލޯ އަޅާލަމުން އަލްކާ މޫނު ހަދާލިއެވެ. “ޕްލީޒް…ފޮގިވް މީ..އައިމް ރިއަލީ ސޮރީ” އީތަން ފުން ނޭވާއެއް ދޫކުރަމުން ބުނެލިއެވެ. އަލްކާ ވަކި އިތުރު އެއްޗެކޭ ނުބުނެއެވެ. އީތަން އެހާ ކެއަރިން ކޮށް ކަންތަށް ކުރުމުންއަސްލު އަލްކާ ވެސް ހިތުގެ އަޑިން އުފާވިއެވެ. އެހެނަސް އެކަން އީތަން އަށް އަންގަން ބޭނުންނުވިއެވެ.
*******
ފޯން ހިފައިގެން އަލްޔާން އޮތީ އެނދުގައި އޮށޯވެލައިގެންނެވެ. ހަށިގަނޑަށް އަރާމު ދިނުމަށް އޮށޯވެލައިގެން އެނދުގައި އޮތުމަށް އީން ބުނެފައި ދިޔުމުން އޮށޯވެލައިގެން އޮތަސް އެހިތަކަށް އަރާމެއް ނުލިބެއެވެ. އިރުއިރު ކޮޅާ ގަޑި ބެލެނީ 10.30 ވޭތޯ އެވެ. މާދަމާވެސް ޓެސްޓްް އޮތުމުން ފިލާވަޅު ރިވައިސްކުރަން އެހާއިރު ވަންދެން ނުގުޅާ ހުރުމަށް އީން އެދިފައި އޮތުމުން އަލްޔާން ކެތްތެރިކަމެއް ނެތި އިންތިޒާރު ކުރަމުން ދިޔައީ އީން ކިޔަވާ ނިމޭ ގަޑިއަށެވެ. ގަޑިޖެހެން އަދިވެސް ދިހަވަރަކަށް މިނެޓް އޮތުމުން އަލްޔާން ފޯން ހުޅުވަމުން ޓީވީ އާ ގުޅާލަމުން އީން ގެ ފޮޓޯތަށް ބަލަން އެބޮޑު ސްކްރީން އިން ބަލަންފެށިއެވެ. މޫދަށް އެރެން ދިޔަ ދުވަހު ނަގާފައި ހުރި އީން ގެ “ސަންކިސްޑް” ފޮޓޯތަށް ބެލުމުން އަލްޔާން ގެ ހިތަށް ބުނެދޭން ނޭނގޭފަދަ އުފާވެރިކަމެއް ލިބުނެވެ. ދުވަސްކޮޅެއްކުރީން ވާރޭ ތެރެއިން ފެނުނު މި ރީތި ޕަރީއެއް ފަދަ ނިޔަނެތި އަންހެން ކުއްޖާގެ ތަސްވީރު ދުވަހަކުވެސް ނުފޮހެވޭނެހެން ހިތުގައި ކުރެހި ދިވާނާ ވާވަރަށް ލޯބިވެވިދާނެޔޭ ހިތަކަށްވެސް ނާރައެވެ. ވޭތުވެދިޔަ ދުވަސް ތަކުގައި ކުރިމަތިލާން ޖެހުނުހާ ކަަންކަން ހިތަށް ސިފަ ކުރެވެމުން ދިޔައިރު އެކަމުން އެހިތަށް އެކިކަހަލަ އިހްސާސް ތަށް ކުރުވިއެވެ.އަލްޔާން ވައިބަރ މެސެޖް ހުޅުވާލުމަށްފަހު ހަވީރު އީން އާ ދެމީހުން ޗެޓް ކުރި ލޮގް އަލުން ކިޔަން ފެށިއެވެ. “އައި ލަވްޔޫ ޓޫ..ހަމަ އެހާ ލޯބިވޭތަ؟”.. ތަދުވޭތަ؟… ބޭސް ކައިފިން..މިސިން ޔޫ..ހަގީގަތް އެނގުނަސް ފެނުނީމަ ހާޓް ވަނީ..ނޭނގޭ އަލްޔާން ފެނުމުން ހިތަށް މިހިރަ ވާ ގޮތެއް..އިނގޭތަ ޔޯ އައި ސްޕީކްސް..ރަށުގަ ވީ ކަންތަކާ މިއަދު ވީ ގޮތް ހަނދާން ވިޔަސް އިޓްސް އެންބްރެސިން” ހަމަ އެކަނި އީން ލިޔެފައި ހުރި ތަންކޮޅުތަށް ކިޔަމުން ދިޔައިރު އަލްޔާން އަށް ހިނިތުންވެވުނެވެ. އީން ގެ ގެއަށް އަލްޔާން ދިޔަރޭ ފުރަތަމަ ރުޅިއައިސް ހުރެފައި ފަހުން ލޯބިވާކަން އީން ގަބޫލް ކުރި އިރު މަޑުމަޑުން ބައްދާލަމުން ވަރަށް ލޯބިވެޔޭ އީން ބުނި ހަނދާނވުމުން އަލްޔާން އަށް ލޯމަރާލެވުނެވެ. އެރޭގެ ހަނދާންތަށް ސިނކުޑީގައި ކުރެހެން ފެށުމުން މޭމަތީގައި ބާއްވާއިގެން އޮތް ބާލީހުގައި ބާރަށް ބައްދާލެވުނީ ހިތަށް ކުރުވި އުފާވެރި އަސަރުންނެވެ.އެނދުގެ ހެޑްބޯރޑް ކައިރީގައި އަޅުވާފައި އިން ގިޓާ ނަގައިގެން ރީތި ރާގެއް ކުޅެމުން ދިޔައިރު އަލްޔާން އަށް ކަޅިވެސް ޖަހާނުލާ ބެލެމުން ދިޔައީ ކުރިމަތީން ފެންނަން ހުރި އީން ގެ ތަސްވީރަށެވެ. އިރުގެ އޮރެންޖް ކުލައިގެ އަލި މޫނަށް އެޅިފައި ހުރި އެތަސްވީރު ބަލާ މީހަކު ފޫހިނުވާނެހާ ރީއްޗެވެ. އެވަގުތު އަލްޔާން އަށް ކިޔާލެވުނީ ތަންކޮޅެއް ކުރީން އޭނައަށް ވަރަށް ރީތިވި ހިންދީ ލަވައެއް ގެ ލަވައެއްގެ ތަންކޮޅެކެވެ…
ހްމްމް..ދިވާނޯ ސާ ހާލް ހުވާ..ހަމްކޯ އުންސޭ ޕްޔާރް ހުވާ..
ދީރޭސޭ ވޯ ޕާސް އާއޭ..ޗުޕްކޭސޭ އިޒްހާރު ހުވާ..
އީން ގެ ތަސްވީރު ތެރެއަށް ގެއްލިފައި ހުރި އަލްޔާން ސިހުނީ ފޯނަށް ވައިބާ މެސެޖެއް އައުމުންނެވެ.އަވަހަށް ބަލާލިއިރު އީން ގެ މެސެޖެކެވެ.ރަތްކުލައިގެ ފިނިފެންމާ މާބޮނޑިއެއް ހިފައިގެން އީން ސެލްފީއެއް ނަގާފައި ފޮނުވިއިރު ހުރިއިރު “އައިމް ޔޯރސް..ލަވް ދި ފްލާވާރސް ތޭންކްސް” ލިޔެފައި އޮތެވެ. ހައިރާންވެ ހުރެ އަލްޔާން ފޮޓޯ ތަންކޮޅެއްކައިރިން ޒޫމް ކޮށްފައި ބަލާލިއިރު “ޕްލީޒް ބީ މައިން..އީން” ލިޔެފައި އިން ނޯޓްކޮޅެއް މާބޮނޑީގައި ހަރުކޮށްފައި ހުއްޓެވެ. ވަގުތުން އަލްޔާން އަށް ބުމަގޮތް ޖަހާލެވުނެވެ. އޭނަ ނުފޮނުވާއިރު މިހެން ލިޔެފައި އީން އަށް މާ ފޮނުވީ ކާކުބާއެވެ؟ އަލްޔާން އަވަސްއަވަހަށް އީން އަށްގުޅާލިއެވެ. އެހެނަސް ފޯން އިނީ ވެއިޓިންގައެވެ. އިރު ކޮޅަކު މަޑުކޮށްލުމަށްފަހު ދެތިން ފަހަރުވެސް ގުޅާލިއެވެ. ހަމަ ވެއިޓިން އެވެ. އޭނާ ގުޅާކަން އެނގި ފޯން ނުނަގާ އީން މިވަގުތު ވާހަކަ ދައްކަނީ ކާކާ ބާއޭ އަލްޔާން ގެ ހިތަށް އެރިއެވެ. ހިނގާދިޔަ އެ ފަސްވަރަކަށް މިނެޓް ތެރޭ ދިހަ ވަރަކަށް ފަހަރު އަލްޔާން އީން ގެ ފޯނަށް ގުޅިއެވެ. އެހެނަސް ވެއިޓިން ގައި ހުރުމުން ކެތްތެރިކަން ކޮޅުން ލިއެވެ. ހަމަ މިވަގުތު އީން އާ ބައްދަލު ކުރަން ދާން އަލްޔާން ބޭނުން ވިއެވެ. ކާރު އޮތީ އީތަން އަތުގައި ކަން ހަނދާން ވުމުން އީތަން އަށް ގުޅާއަވަހަށް އައުމަށް އެދުނެވެ. ވޮލެޓްނަގާ ޖީބަށްލަމުން އަލްޔާން ވަރަށް އަވަސް އަރުވާލާފައި ނިކުތް އިރު ކުރިމަތީގައި ތިބި ދެމީހުން ފެނި ސިއްސައިގެން ދިޔައެވެ. އެހެނަސް އެއްކަހަލަ ގޮތަކަށް ތިބި ވަރުގަދަ ހަށިގަނޑުގެ ދެމީހުން ފެނުމުން މަންމަ ހަމަޖެއްސި ގާޑުން ކަން އަލްޔާން އަށް ވަގުތުން އިނގުނެވެ.”އައްސަލާމް އަލްއިކުމް..ބޭރަށް ދުރުވަންތޯ..؟”އެތަނުން އެކަކު އަދަބުވެރިކަމާއެކު ކުރިއަށް ޖެހިލާފައި އަހާލުމުން އަލްޔާން ސަލާމް ބައިގަނަންނަމުން އާއެކޭ ބުނެލިއެވެ. ލިފްޓަށް އަރަން ދިޔުމުން ދެމީހުން ފަހަތުން އައިސް ޖައްސާލި ގޮތުން އަލްޔާން ދެއަތަކަށް ބޯ ހޫރާލެވުނީ މަންމަގެވެސް ކަންތަކޭ ހިތަށް އަރާފައެވެ. އަލްޔާން ތިރިއަށްފޭބިއިރު އީތަންވެސް ގޭޓުން ވަދެގެން އަންނަނީ އެވެ.”އޭ..ބްރޯ ކީއްކުރަން ވަނީ ..ހިނގާބަލަ” އަލްޔާން ނިކުންނަން ހިގައިގަތުމުންއެތަނުން އެކަކު އަލްޔާން އާ އެކު ހިނގައިގަތެވެ. “ނޫން..ޔޫ ޑޯންޓް ނީޑް ޓު ކަމް ވިތް މީ..މަޑުކޮށްލާ..” އަލްޔާން ހުއްޓިލަމުން ބުނެލިއެވެ. “ސޮރީ ސަރ..އަޅުގަނޑުމެންނަށް އިނީ ސްޓްރިކްޓް އޯޑާރސް ލިބިފަ ހުރިހާ ތަނަކަށް އެކީގަ ދާން” އެމީހުން އެކިޔާ އޯޑަރު ދޭނީ މަންމަކަން އަލްޔާން އަށް އިނގުނެވެ. އެހެންކަމުން މިދަނީ ޕާރސަނަލް ތަނަކަށްކަމާއި ފަހަތުން ނައުމަށް އަލްޔާން އެދުނެވެ.”ސޮރީ ސަރ..ވީހޭވް އޯރޑާރސް..މަނާކުރި ކަމުގައިވިޔަސް އެކީގަ ދާން” މޫނު މަތީގައި ހަރުކަށި ކަން އެކުލެވިފައިވީ އެ ގާޑް ބުނެލިއެވެ. އަވަސް އަރުވާލައިފައި ހުރި އަލްޔާން ރުޅިއަންނަ ގޮތްވެ ނިތުގައި އަތުން ފިރުމާލަމުން ފުން ނޭވާއެއް ދޫކޮށްލިއެވެ. އެއްކޮޅުން މި ގާޑުން ބޮލަށް އުނދަގޫ ކުރާެއިރު އަނެއްކޮޅުން އީން އަދިވެސް ފޯން ނުނަގައެވެ.”ބަލަ މަމިދަނީ މަގެ ގާލްފްރެންޑް ކައިރިއަށް..އޭނަ ކައިރިއަށް ވެސް ދާންވީ ދެން ބޮޑީގާޑެއް ގޮވައިގެންތަ..ހައިރާނެއް ނުވާނެތަ މީހަކު!” ރުޅި އައިސް ހުރެ އަލްޔާން މަންމަ އަށް ގުޅަން ހިތަށް އެރިއިރު ފުރާވާހަކަ ބުނިކަން ހަނދާންވުމުން މިހާރުވާނީ ފްލައިޓްގައޭ ހިތަށް އެރިއެވެ.އެވަރުން ވެސް ގާޑް ވަރަށް ހަމަޖެހިލާފައި ބުނެލީ ހަމައެކަނި “ސޮރީ ސަރ” އެވެ. ހައިރާންވެފައި ހުރި އީތަން އަށް އެކަން ވީ މަޖާ ކަމަކަށެވެ.ރުޅިއައިސް ރަތްވެފައި ހުރެ އެންމެފަހުން އަލްޔާން ގޮސް ކާރަށް އެރިއެވެ. އީތަން ދުއްވަން އުޅުމުން އެކަން މަނާކޮށް ކާރު ދުއްވަން އެރީވެސް އޭނައެވެ. އީތަން އާ އަލްޔާން އެރީ ފަހަތަށެވެ. “ބްރޯ…ކަލޭ ކާރު ދުއްވި ދުވަސް މާޒީވެދިޔައީ..ދެން ހުންނަވާ ބެކްސީޓްގަ..ބައިދަވޭ ކީއްވެޔޯ މިގަޑިގަ އެގެއަށް މިދަނީ” އީތަން ބުމައަރުވާލަމުން އަލްޔާން އާ ދިމާކޮށްލަމުން އަހާލިއެވެ. އެހެނަސް ގާޑް ހުރުމުން ވީގޮތް ކިޔާދޭން އަލްޔާން ބޭނުމެއް ނުވިއެވެ.
ބެލްކަނީގައި ފޯން ކަންފަތުގައި ޖަހާލައިގެން ދެކޮޅަށް ހިނގަހިނގާ ހުރި އީން އަށް އަލްޔާން ގެ ކާރު މަޑުކޮށްލިތަން ފެނުމާއެކު ނިތުގައި އަތުން ޖަހާލެވުނެވެ. ގުޅާގުޅާ ފޯން ނުނެގުމުން އެންމެ ފަހުން އަލްޔާން ގެއަށް އައީއެވެ. އީން އަށް ގުޅައިގެން ހުރީ ބައްޕައެވެ. ބައްޕަ ދެއްކީ ރަށުގައި އަލްޔާން އާ އެކު އީން ސައިކަލުގައި ދިޔަތަން ފެނި ބައްޕަގެ ރައްޓިއްސަކު ވާހަކަ ދެއްކިވާހަކަ އާއި ގެއަށް އަލްޔާން ދިޔަ ވާހަކަ މަންމަވެސް ބުނި ވާހަކައެވެ. އީން ގެ ފަރާތުން މިފަދަ ކަމަކަށް އެކްޕެކްޓް ނުކުރާވާހަކަ ދެއްކި އިރު ބައްޕަ ހިތްހަމަ ނުޖެހިފައި ހުރުމުން އީން އަށް މަޖްބޫރުވީ ހުރިހާ ވާހަކައެއް ތެދަށް ކިޔާދިނުމަށެވެ. އަލްޔާން ގެ ކޯލް އަންނަކަން އެނގުނަސް ނަގަން ކެރޭނީ ބައްޕަ ފޯން ބޭއްވުމުން ކަމުން އީން ހުރީއެވެ. އަލްޔާން ކާރުން ފައިބައިގެން ހިނގަންފެށުމާއެކު އެއްކަލަ ގާޑް އައިސް ފަހަތުން އަޅުވާލިއެވެ.”ޕިސް ޕިސް..ހެޔޮ ނުވާނެ..މިހާރު އާދެވިއްޖެ ނު މިތަނަށްވެސް..ދެން މަޑުކޮށްބަލަ ގޮސްކާރުގަ މަ ފަހަތުން ނައިސް” އަލްޔާން ހުރީ ފަހަތުން އައި ގާޑް އަކާ ހެދި ވަރަށް އުނދަގޫވެފައެވެ. “ސޮރީ ސަރ..ބަޓް އައިނޯ މައި ލިމިޓްސް..އެންޑް އަޅުގަނޑު ދާންޖެހޭ” ގާޑް ގެ ޖަވާބުން އަލްޔާން އައި ރުޅީގައި އެތިފަހަރެއް ޖަހާފާނަމޭވެސް ހިތަށް އެރިއެވެ. އެހެނަސް ކޮންޓްރޯލް ކުރަމުން ހިނގައިގަތެވެ.
އަލްޔާން އަންނަތަން ފެނި އީން ފޯން ބާއްވާނެ ގޮތެއް ނޭގިގެން އެންމެ ފަހުން ފާހާނާއަށް ވަންނަންށޭ ބުނެ އަވަހަށް ފޯން ބާއްވަމުން ބޭރަށް ދާން ނިކުތެވެ. ހިތްކުރަމުން ދިޔަ އުނދަގޫތަކަށް ކެތް ނުވެގެން ގޮސް އެންމެ ފަހުން އީން އަށް ފިނިފެންމަލުގެ ބޮކޭ އެއް ފޮނުވުމަށްފަހު ބައްދަލު ކުރުމަށް އައުމަށް އެދި ވަރަށް ޕޮލައިޓް މެސެޖެއް ވެސް ޒިން އީން އަށް ފޮނުވިއެވެ.އީން އަންނާނެ ކަމުގެ އިންތިޒާރުގައި ޒިން ވެސް ހުރީ އެގޭ ދޮރު ފެންނާނޭހެން ކުރިމަތީ ހުރި ގަރާޖް ކައިރީގައި މަޑުކޮށްލައިގެންނެވެ. ބައްޕައަށް ގުޅައިގެން ވާހަކަ ދައްކަން ހުރުމުން ޒިން މެސެޖެއް ފޮނުވިކަމެއް އީން އަކަށް ނުވެސް އެނގެއެވެ. އަދި ބެލްކަނީގައި ހުރި އިރުވެސް އީން އަކަށް ޒިން ނުވެސް ފެނެއެވެ. ހިނިތުންވުމަކާއެކު ދޮރު ހުޅުވާލާފައި ނިކުތް އީން ފެނުމުން ފާރަށް ލެނގިލައިގެން ހުރި ޒިން ސީދާވެލީ ގަބޫލު ކުރަން ދަތިހާލުގައެވެ.މޫނު މައްޗަށް ހިނިތުންވުމެއް ވެރިވިއިރު ހިތް އުފަލުން ފޮޅުނެވެ. މަގަށް ފުރަގަސް ދީގެން ހުރުމުން ފަހަތުން އަލްޔާން އަންނަ ކަމެއްް ޒިން އަކަށް ނުވެސް އިނގެއެވެ. އަލްޔާން އާ ބައްދަލު ކުރުމަށް ދާން ހިނގައިގަތްތަނާ ކުއްލިއަކަށް ޒިން މާ ވަރަކަށް ހެވިފައި ހުރެ ކުރިމައްޗައް އެރުމުން އީން ހައިރާންވެ ސިހުނެވެ. ދެލޯ ބޮޑުކޮށްލާފައި ދެން އީން އަށް ބަލާލެވުނީ ފަހަތުން ހިނގާފައި އެދިމާލަށް އައި އަލްޔާން އަށެވެ. އޭރު އަލްޔާން އާ ދާދި ގާތުން އީން ދުވަހަކުވެސް ނުދެކޭ އެހެން މީހަކުވެސް އައެވެ. ވާނުވާ ނޭނގި އީން ހުއްޓުން އަރާފައި ހުރިއިރު އީން ކުރިމަތީގައި މަޑުކޮށްގެން ހުރި ޒިން ފެނި އަލްޔާން ގެ ހިނގުން ބާރުވިއެވެ…..
މިވާހަކައިގެ ދެންއޮތް އެޕިސޯޑުގެ ލިންކު ކޮމެންޓް ސެކްޝަންގެ ތިރީގައި ވާނެއެވެ.
19 Comments!
Comments are closed.




Me first❤???yeyy..
Yayy.. First time first dhw raifa????
me secound
anyways stryyy hama vvvv habeys??? …. curiously waiting for nxt part❤❤❤❤?
Zeek?? thanks.. ☺️
Oh my love. Ilysm avahah up kohba haadha reehchey ?❤️
Thanx reader??? much love
mi story haada reechey?????.Waiting for The Next Part.
Ow??? thanks airah..
???????vvvv rythi
when Next Part dear?
Next epi Thursday insha allah ☺️?
OMG… Love triangle… ???????????zin ah een nudheythi.. ?????????alhe een akah nenge dhw bokey fonuvy zin kameh……. She thought alyaan kamah dhw???????????????enme curious hisaabun thi ninmaalyy ?????????vv reethi asarugadha. Love Story eh my… Vv reethi MashaAllah ??????????????????anjal u r great shining star ?????kihineh baa vaany dhen… Avahah up kohdhehchey Darling luv u ??????????????❤️?❤️???????
Maya ☺️???
Thank you so much for the lovely comment. ???❤️??. Thursday ga insha allah upkohla deynan. Much-love frm anjal???
OMG… Love triangle… ???????????zin ah een nudheythi.. ?????????alhe een akah nenge dhw bokey fonuvy zin kameh……. She thought alyaan kamah dhw???????????????enme curious hisaabun thi ninmaalyy ?????????vv reethi asarugadha. Love Story eh my… Vv reethi MashaAllah ??????????????????anjal u r great shining star ?????kihineh baa vaany dhen??????? … Avahah up kohdhehchey Darling luv u ??????????????❤️?❤️???????
Alhe koba tha hudher ?? habareh ves nuvey mifaharu.. ?Anekka balee tha. Missss u inge☺️???
Kobaa next part??..thursdayga up kohdeyn bunymehnun
Hey… stil up nuvey dhw ?? Evening ga submitted.. ?
Next part plxxx ??
kobaa tha aneh bai! this story is so good