Esfiya - Dhivehi Vaahaka Site
  • އިތުރު
    • އެހެނިހެން
    • ހަޤީޤީ
    • ހިތާމަ
    • ދީނީ
    • މަޒުމޫނު
    • ޅެން
    • މަޖާ
    • ލޯބި
    • ބިރުވެރި
  • އެސްފިޔަ
    • އެސްފިޔަ ޕްރޯ
    • ޤަވާއިދު
    • އިސްތިހާރު ކުރެއްވުމަށް
    • ގުޅުއްވުމަށް
    • މަގޭ ވާހަކަތައް
    • ★ޕޮއިންޓްސް★
  • ލޮގިން
  • ރެޖިސްޓަރ
  • އެހީ
  • ސީރީސްތައް
  • ފުރަތަމަ ޞަފްހާ
ލޯބި

ހާސިލް ވުމަށް އެދި ހިތް ރޮނީ 17

Anjal Level 210 Stories100 Comments100 Login
October 12, 2018 9 Mins Read
33 Comments

މިއީ ފްރޭމް ކުރެވިގެން ކުރެވޭ ކަމެއްކަން އެވަގުތު އަލްޔާން ގެ ހިތަށް އެރިނަމަވެސް އެއްޗެކޭ ނުބުނެ އެމީހުންނާއެކު ދިޔުމަށް ފަސްއެނބުރުނީ ފެންކަޅިވެފައިވާ ހާލުގައެވެ.

ދެ ފުލުހުން ގެ މެދުގައި ހުރެގެން އަލްޔާން ބޭރަށް ނިކުތް ވަގުތު މޫނާ ދިމާލަށް އަތް ދިއްކޮށްލެވުނީ މޫނަށް އެޅެން ފެށި ކެމެރާ ފްލެޝް ތަކުގެ ސަބަބުންނެވެ. އެކި މީޑިއާ ތަކުން ބްރޭކިން ނިއުސްގެ ގޮތުގައި ވަގުތުން އެ ހަބަރު ގެނެސް ދެމުން ދިޔައިރު ބައެއް މީހުން އަމިއްލަ ފޯންތަކުންވެސް ފޮޓޯ ނަގަމުން ދިޔައެވެ. އެއްވެފައިވާ މީސްތަކުގެ ތެރެއިން އަލްޔާން ގެންގޮސް ފުލުހުންގެ ވެހިކަލް އަށް އަރުވަން އުޅެނިކޮށް ބާރު ސްޕީޑެއްގައި އައިސް ސައިކަލުގައި މަޑުކުރި އީތަން މީހުންގަނޑު ތެރެއިން ފުރޭނިގެން އަލްޔާން ފެންނަ ހިސާބަށް ދިޔައެވެ. ކަންބޮޑުވެފައި ހުރި އީތަން އަށް އެހިސާބަށް ފޯރިިއިރު އަލްޔާން ވެހިކަލަށް އަރުވާ ދޮރު ލައްޕަނީއެވެ. އެވަގުުތު އަލްޔާން އީތަން އަށް ބަލާލަމުން ހަމައެކަނި ބުނެލި ބަހަކީ “ޓޭކް  ކެއާރ އޮފް އީން” އެވެ. އެ މަންޒަރު ބަލަން ފަހަތުގައި ހުރި އީން ގެ ހިތް ހުއްޓުނު ފަދައެވެ. މުޅިއުމުރަށް އަލްޔާން އާއި ވަކިވީ ފަދަ އިހްސާސް ކުރެވި އަނެއްކާވެސް ރޮވެންފެށިއެވެ.ވާނުވާ ނޭނގި ހާސްވެފައި ހުރި އީތަން އެވަގުތު އީން ކައިރިއަށްގޮސް ވަރަށް އުނދަގުލުން ކަހަލަ ގޮތަކަށް ގޭތެރެއަށް ވެއްދިއެވެ. ގާޑް މީހާ އީތަން އަށް ވީ ގޮތް ކިޔާ ދިނުމުން އީތަން އެއްއަތުން ބޮލުގައި ހިފަހައްޓާލިއެވެ.ޕްރޮޖެކްޓެއް ހާސިލް ކުރުމަށް ނޫވަތަ އެހެން ކަމެއްގައި ވިޔަސް އަލްޔާން އެކަހަލަ ކަމެއް ނުކުރާނެކަން އީތަން އަށް ފުރިހަމަ ޔަގީންކަން އޮތުމުން މިކަމަކީ ސީދާ މީހަކު ގަސްތުގައި އަލްޔާން އަށް ދިން ލަނޑެން ކަމަށް އީތަން ވަގުތުން ބުނެލިއެވެ. އެއަޑު އިވުނު އީން ގެ ހިޔާލަށް އެންމެ ފުރަތަމަވެސް އައީ ޒިން ގެ ނަމެވެ. “އަލްޔާން ޖެހޭނީ މި ޕިކްޗާރ އިން ދާން” ޒިން ގެ އެ ޖުމްލަ އީން ގެ ކަންފަތުގައި ގުގުމާލުމާއެކު ރުޅިގަދަވެ ބުމަގޮތް ޖަހާލެވުނެވެ.ދެލޮލުގައި ހުރި ކަރުނަޔާ އެކު މޫނު ފޮހެލަމުން އީން ހިނގައިގަތުމުން އީތަން މަޑުކުރުވިއެވެ.”އީން ކޮންތަނަކަށް..ވެއިޓް އަހަރެން ގެއަށް ލާދޭނަން” އައިސްފާ ހުރި ރުޅިން އީތަން ގެ އަތް ފޮޅުވާލަމުން އީންކުރިއަށް ހިނގައިގަތީ މިދަނީ އަލްޔާން އަށް އެލަނޑު ދިން މީހާ ބައްދަލުކުރުމަށް ކަމަށް ބުނެއެވެ. “ކާކު..ޒިން ވާހަކަ ތަ؟..ނޫން..އީން އޭނަ ކައިރިއަށް ދާނެ ކަމެއް ނެތް..ހީ އިޒް ޑޭންޖަރެސް.އެކަން އީން އަށް އިނގެއެއްނު” އަލްޔާން ގެ ބައްޕަ ގެ އެހެން ރައިވަލްސް ތައް ތިބޭކަމާއި އެއިން މީހަކުގެ ކަމަކަށް ވެސް މިކަން ވެދާނެކަމާއި އަދި އަލްޔާން އަށް އެއްކަމެއްވެސް ނުވާނެ ކަމަށް ބުނެ އީން ގެ ހިތްހަމަޖައްސައިދެވޭތޯ އީތަން މަސައްކަތް ކުރިއެވެ. އެހެނަސް އެއިން ވާހަކަ އެއް އީން އަށް ގަބޫލް ނުކުރެވުނީ ހަގީގަތުގައިވެސް ޒިން ގެ ނުލަފާކަން ފެނިފައި ހުރުމުންނެވެ. އެހެން ނަމަވެސް އިތުރު އެއްޗެކޭ ނުބުނެ އީތަން އާއެކު ދިޔައެވެ. ގެއަށް ލާދީފައި އީތަން ހަމަ ދިޔުމާއެކު އީން މަގުމަތީން ޓެކްސީއެއް ނެގިއެވެ. ޑްރައިވަރ ދާންވި ތަން އަހާލުމުން އީން އަށް އިނގިލީގައި ދަތްއަޅާލެވުނެވެ. މިވަރުން އަދި ދާން މިއުޅުނީ އެގެއަށް ކިޔާނަންވެސް ނޭގިއެވެ. ކުޑަކޮށްލަދުގަތް ނަމަވެސް ހަަމަޖެހޭ ގޮތް ދައްކަމުން އެޑްރެސް ނޭނގޭކަމަށާއި އެކަމަކު ދާން ބޭނުންވަނީ އަހްމަދު އަބްދުއްރައްޒާގު މެންގެއަށް ކަމަށް ބުނުމުން ނަސީބަކުން ޑްރައިވަރ ފާޑަކަށް އީން އަށް ބަލާލާފައި ބޯޖަހާލަމުން ދުއްވާލިއެވެ.

ގޭގައި ހުންނަ އޭނާގެ ނުރަސްމީ އޮފީހުގެ ސޯފާގައި ޓީވީ ބަލަން ވަރަށް ހަމަޖެހިލާފައި ޒިން އިން އިރު އޭނާއަށް އިރުއިރުކޮޅާ ހިނިތުންވެލެވެއެވެ. ” ތުހުމަތު ކުރެވޭ ރިޝްވަތުގެ މައްސަލައެއްގައި ރާއްޖޭގެ މަޝްހޫރު ވިޔަފާރިވެރިޔާ އިބްރާހިމް ވަލީދު ގެ ދަރިފުޅު އަދި އޭ.ވީ ގްރޫޕްސް އޮފް ކޮމްޕެނީގެ އެމް.ޑީގެ މަގާމުގައި ހުންނެވި އަލްޔާން ވަލީދު ހައްޔަރުކޮށް ދާދި ދެންމެ އަކު ވަނީ ފުލުހުންގެ ބެލުމުގެ ދަށަށް ގެނެސްފައި” ޓީވީ އިން ގެނެސްދެމުން ދިޔަ ބްރޭކިން ނިއުސްގެ ތެރެއިން އަލްޔާން ފުލުހުންގެ ވެހިކަލަށް އެރުވި މަންޒަރު ފެނުމުން ޒިން ގެ ހިތަށް ފިނިކަމެއް އިހްސާސްކުރެވުނެވެ.ހަމަޖެހުމުގެ ނެވާއެއްލަމުން ތެދުވެ ކޮފީތަށިން ކޯވަރެއްދަމާލަމުން ބެލްކަނީ އަށް ނިކުމެލިއެވެ. އެވަގުތު ގޭޓުކައިރީ ހުރި ގާޑް އާ ވާހަކަދައްކަން ހުރި އީންފެނި ޒިން އަށް ކުއްލި ސިހުމެއްލިބުނެވެ.އެހެންކަމުން ގާޑްއަށް ގޮވާލާފައި އީން އަށަދޭށޭބުނާފަދަގޮތަކަށް އިޝާރާތް ކުރުމުން އެމީހާ އަވަސްއަވަހަށް ގޭޓް ހުޅުވާލަދިނެވެ.ރުޅިވެރިކަމާއެކު ބާރު ހިނގުމެއްގައި ގޮސް އީން ގެއަށް ވަން އިރު ޒިން ސިޑިން ތިރިއަށް ފައިބަނީއެވެ. ” ވެލް..ވެލް..ވެލް..ފައިނަލީ..އަހަންނާ ބައްދަލް ކުރަން މިއައީ އަހަރެންގެ ހިތުގެ ރާނީ..ވަޓް އަ ޕްލެޒެންޓް ސަޕްރައިޒް..ޕްލީޒް ހޭވް އަ ސީޓް..ކޯއްޗެއް ގެންނަވީ..ކޮފީ؟” އަނގައިގެ ހުރިހާ ދަތްތައް ފެންނަވަރަށް ހީލަމުން ޒިން އައިސް އީންގެ ކުރިމައްޗައް ހުއްޓުނެވެ.”އަހަރެން މިއައީ އިށީންނާ ކަށެއް ނޫން..ހަމަ މިހާރު އަލްޔާން މިނިވަންކުރޭ..!!”   “އެކްސްކިއުޒް މީ..އަލްޔާން މިނިވަންކުރާށޭ؟؟”ރުޅިއައިސް ރަތްވެފައި ހުރެ އީން އަމުރު ކޮށްލުމުން ޒިން ހިނިއައެވެ. “މާ އިނޮސެންޓްވާން އުޅޭނެ ކަމެއްނެތް..އަހަންނަށް އިނގޭ.. އަލްޔާން ފްރޭމްކޮށްގެން ހައްޔަރު ކުރުވާނީ ހަމަ ޒިން..ލަދެއް ވެސް ނުގަނޭތަ ކުށެއް ނެތް މީހަކަށް އެވަރު ލަނޑެއްދޭން..ހަމަމިވަގުތު އަލްޔާން މިނިވަންކުރަން ބުނޭ..ނޫނީ” “އައްދެ..މަށަކީ ކްރިމިނަލް ކޯޓުގެ ގާޒީތަ ކޯޓު އަމުރެއްގެ ދަށުން ހައްޔަރު ކޮއްފަ ހުރި ކުއްވެރިޔަކު މިނިވަންކުރަން ބުނަން” މަލާމާތުގެ ޒާތަށް އެހެން ބުނަމުން ޒިން ގޮސް ސޯފާގައި އެއްފައި މައްޗައް އަނެއްފައިލަމުން ވަރަށް ހަމަޖެހިފައި އިށީނެވެ. ޒިން ގެ އެ ހަރަކާތުން އީން ހިތަށް ތަދުވެ ރުޅިގަނޑު އިންތިހާ އަށް ގަދަވިއެވެ”ތީ އަސްލުވެސް ވަރަށް ނުބައި މީހެއް… ކޮންމެ ކަމެއް ކުރިއަސް  ހެޔޮ..ޒިން އަކަށް އަހަރެންގެ ލޯތްބެއް ނުލިބޭނެ.. ދުވަހަކުވެސް ނުލިބޭނެ..އައި ލަވް އަލްޔާން” އީން ގެ ހިތުތެރޭގައި ވަނީ އަޖާއިބެއްކަހަލަ ތޫފާނެއް އުފެދިފައެވެ.މުޅި ދުނިޔެއާ ހަނގުރާމަކޮށްގެންވިޔަސް އަލްޔާން މިނިވަން ކުރަން އީން ބޭނުންވިއެވެ. އެންމެން އެއްކޮށްގެން ހުރެ ހަޅޭއްލަވާފައި އަލްޔާން ގެ ކުށެއް ނެތްކަމާއި ޒިން ނުބައިކަން ބުނެދޭން ބޭނުންވިއެވެ.ރުޅިގަނޑު ކޮންޓްރޯލް ނުކުރެވި އީން އެދިޔަގޮތަށް ގޮސް ޒިން އިށީދެ އިން ސޯފާ މޭޒުމަތީހުރި ބިއްލޫރި ވާސް ނަގާ ބިންމައްޗައް ވައްޓާލިއެވެ.ބާރު އަޑަކާއެކު ކުދިކުދިވެގެން ދިޔަ ބިއްލޫރި ކޮޅުތަކަށް ބަލާލަމުން ޒިން ހައިރާންކަމާއެކު އިން ގެ މޫނަށް ބަލާލިއެވެ.”ވޯހް..ހާދަ ރުޅިގަދަ ކުއްޖެކޭ ދޯ…އަސްލު ބަލާފަ ހިއެއްނުވޭ އެހާ ރުޅިގަދަ ވާނެހެން..ބޭރުން ބަލާފަ ހީވަނީ ވަރަށް ފްރެޖައިލް ހެން..އެކަމް އަސްލު ވަރަށް ޓަފް ދޯ..އައި ލައިކް އިޓް” އީން ގެ ބަސްތަކުން ހިތަށް އުނދަގޫވިނަމަވެސް އެކަން ދައްކާކަށް ޒިން ބޭނުމެއްނުވިއެވެ.”އަލްޔާން ސަލާމަތް ކުރެވެން އޮތީ އެންމެ ގޮތެއް ..މެރީ މީ!!!” ފެންކަޅިވެފައި ހުރެ ހިނގައިގަތް އީން ގެ އަތުގައި ހިފަމުން ޒިން އެހެން ބުނުމާއެކު އީން ހުއްޓުނެވެ.”މައި ފުޓް!!.އަތުން ދޫކުރޭ ހަމަމިހާރު!!” ހަރު އަޑުން އީން ބުނުމުން ވެސް ޒިން ދޫކުރާކަށް ނޫޅުނެވެ.އީން ރުޅިވެރިކަމާއެކު ޒިން އަށް ބަލަން ހުރެ އަނެއް އަތުން އަތްދަބަސް ތެރޭ އޮތް ކަޓަރު ނެގިއެވެ.”އަހަރެން މިބުނީ އަތުން ދޫކުރާށޭ!!” އެތަންފެނި ޒިން ގެ ހިތް ތެޅިލިނަމަވެސް އީން އަށް ކަމެއް ކުރަން ނުކެރޭނެޔޭ ހިތާ އަނެއްކާވެސް އީން ގެ އަތަށް ބާރުކޮށްލިއެވެ.ރުޅިއައިސް ތުރުތުރުއަޅާ ހުރި އީން ބަލާކަށް ނުހުރެ ޒިން ހިފަހައްޓައިގެން ހުރި އޭނާގެ އަމިއްލަ އަތުގައި ކަޓަރު އަޅާ ދަމާލިއެވެ.”ހޮލީ ޝިޓް!!!” ޒިން އަށް ލިބުނު ކުއްލި ސިހުމާއެކު ލޯބޮޑުކޮށްލަމުން ގަބޫލްކުރަންދަތި ނަޒަރަކުން އީން އާ ދިމާލަށް ބަލަމުން ތެޅިގެންފައި އީން ގެ އަތުން ދޫކޮށްލެވުނެވެ. އޭރު ހޯސްލާފައި އީން ގެ އަތުން ލޭފައިބަނީއެވެ. “ކަލޭ…ހީވެސް ނުކުރާތި އަލްޔާން ޖަލަށް ލީމަ އަހަރެން ތިކަހަލަ ސައިކޯ ގޭންގްސްޓާރ އަކާ މެރީ ކުރާނެޔޭ…ނެވާ..ލޯބިން ރީތިކޮށް ވިސްނާ ދިނީމަ ނުވަނެއްނު ތި ބޮލަކަށް..ދެން ވިސްނާދޭނީ މިހެން…ހުވާކޮއްފަ މިބުނީ އަލްޔާން އަށް އެއްވެސްކަމެއް ވެއްޖެއްޔާ ފެންނާނީ އަހަރެންގެ މަރުވެފަ އޮތް މަސްގަނޑު..މިދެއްކީ އޭގެ ޓްރެއިލާ އެއް..އަދި އޭގެ ފުރިހަމަ ޒިއްމާ ނަގަން ޖެހޭނީ ކަލޭ…މިހިތަކުން ތި ޒިން އަކަށް ދުވަހަކުވެސް ޖާގައެއް ނުލިބޭނެ..އަލްޔާން ހައްޔަރު ކުރީ އަހަރެން ހާސިލް ކުރަން ހިތާ ނަމަ  ޔޫއާ އެޓް ގްރޭޓް ލޮސް…” ކޮންމެ ލަފްޒަކަށް ވަކިވަކީން ބާރުލަމުން ލޯއަޅާއިގެން ހުރެ ވާހަކަ ދައްކަމުން ދިޔައިރު އީން އަށް ތަދުގެ އެއްވެސް އިހްސާސެއްވެސް ނުވާކަހަލައެވެ. ދަބަހުން ޓިޝޫއެއްނަގާ އަތުގާ އަޅާބާރުކުރަމުން އީން ނިކުމެގެން ދިޔަ އިރުވެސް ހުއްޓުވަންވެސް ނޭނގި ޒިން އަށް ހުރެވުނީ ގާވެފައެވެ. ފަހަރެއްގައިވެސް އީން އެފަދަކަމެއް ކޮށްފާނެޔޭ ޒިން ގެ ހިތަކަށްވެސް ނާރައެވެ. އީން ގެ އަތުން ވެއްޓިފައި ހުރިލޭ ފެނުމުން ޒިން ގެ ހިތަށް ތަދުވިއިރު މޭނުބައިކުރާ ކަހަލަ ގޮތެއްވުމުން ދުވެފައި ފާހާނާ އަށް ދިޔައެވެ.މޫނުގައި ފެން ހާކައިގެން ނިކުމެ އިސްތަށިގަނޑު ތެރެއަށް އަތްމަހާލަމުން އެނދުގައި ޖައްސާލިއިރުވެސް މެޔާދިމާލުން ދިލަހޫނެއްގެ އަސަރު ކުރަމުންދިޔައެވެ.އޭރުވެސް އީން ދެއްކިވާހަކަ ޒިން ގެ ކަންފަތުގައި ގުގުމަމުން ދިޔައިރު ލޯ ކުރިމަތީން ސިފަވަމުން ދިޔައީ އެއްވެސް ޖެހިލުމެއްނެތި އީން އަތުގާ ކަޓަރު އަޅާ ދަމާލި މަންޒަރެވެ.އެދެލޮލުން ފެންނަން ހުރި ވަރުގަދަ ޖަޒްބާތު ޒިން އަށް އުނދަގޫ ކުރަމުން ދިޔައެވެ.

އެހުރި ގޮތަށް ގެޔަށް ދާން ނުކެރުމުން އީން ގުޅީ އީތަން އަށެވެ. އީން ގޮވައިގެން އަލްޔާން ގެ އެޕާރޓްމެންޓަށް ގޮސް އަތުގައި ބޭސް އަޅާދިން އިރުވެސް އީން ކަންތަށް ކުރި ގޮތުން އީތަން ހުރީ ވަރަށް ހިތްހަަމަ ނުޖެހިފައެވެ.”ސޮރީ..އެގަޑީގަ އިތުރު ގޮތެއް ނުވިސްނުނު…އަހަންނަށް އިނގޭ އެއީ ހަމަ އޭނަ ގެ ކަމެއްކަން..އަދި އެކަން ކުރީ ކީއްވެކަންވެސް އިނގޭ..އެހެންވެ އަންގަންވެގެން ދިޔައީ އޭނާގެ މަގްސަދު ދުވަހަކުވެސް ހާސިލް ނުވާނެ ކަން..ފަހަރެއްގަ އޭރުން ތަންކޮޅެއް އަވަހަށް އަލްޔާން ސަލާމަތް ވެސް ވެދާނެ އެއްނު..” އިސްދަށަށް ޖަހާލާއިގެން އިނދެ ވާހަކަ ދެއްކިި އިރު އެ އަޑުގައި މަޑު ތުރުތުރުލުމެއް ވިއެވެ.”ދެން އީން ގޮސް އަމިއްލަ އަށް ތިކަހަލަ ޗީޕް ކަމެއް ކުރިއޭ ކިޔާފަ މިހާރު އަލްޔާން ސަލާމަތް ވެއްޖެތަ؟؟ ހިތްހަމަނުޖެހިފައި ހުރެ އެހެން ބުނަމުން ގޮސް ޓީވީ އޮން ކުރަމުން އީތަން އިށީނީ އީން ކައިރީގައެވެ.

“އާދެ.. އަޅުގަނޑު މެންނަށް ދާދި ދެންމެ އަކު ޚަބަރު ލިބިފާވާ ގޮތުގައި ޗީފް އިނިސްޕެކްޓާ އޮޕް ފޮލިސް އަދި ފުލުހުންގެ އިންޓެލިޖެންސް ގެ އިސްވެރިޔާގެ މަގާމުގައި ހުންނެވި އިމްރާން މުހައްމަދު މިވަނީ ކުއްލިގޮތަކަށް ސަސްޕެންޑް ކުރެވިފައި..މިކަމާ ގުޅޭ އިތުރު ތަފްސީލް ދެއްވުމަށް މިއަދު މެންދުރު ފަހު ދޭއްޖަހާއިރު ފުލުހުންގެ ނިއުސްކޮންފަރެންސެއް ބޭއްވޭނެ ކަމަށް މިވަނީ މައުލޫމާތު ލިބިފަ..”

“ފެނޭ ތަ އީން އަށް..އިނގޭތަ އިއްމަ ކުއްލިއަކަށް ސަސްޕެންޑް އެ ކުރީ ކީއްވެކަން؟ އެއީ އަލްޔާން އާ އެއްކޮޅަށް ސްޓޭންޑް ނެގީމަ ޑިސިޕްލިން މައްސަލައަކަށް ފައްތާލީ..ވަލީދުބޭ އާ ވާހަކަ ދެއްކިއޭ އޭނަ މިއަދު…މީ ހަމައެކަނި ޒިން ކުރާ ކަމެއް ނޫން އޭނާގެ ބައްޕަ ގެ ނުފޫޒު ވެސް ވަރަށް ބޮޑަށް އޮވެގެން ސީދާ އެންމެ އެތެރެއިން ހިނގާކަމެއް..އީން އަކަށް ނުވިސްނޭނެ މިކަހަލަ ހައިލެވެލް ގޭމްސް އެއް..އެހެންވެ ބުނީ އޭނަ ކައިރިއަށް ނުދާށޭ..ވިސްނާބަލަ އީން ކަންތަށް ކުރި ގޮތް އަލްޔާން އަށް އެނގިއްޖެނަމަ ކިހާ ދެރަވާނެ..އައި ނޯ ޔޫ އާރ ހާރޓް އެކަމަކު މިވަގުތަށް ކެތްކުރުން ނޫން ގޮތެއް ނެތް” މަޑުމައިތިރިކަމާއެކު އީތަން  ބެލީ އީން އަށް ވިސްނާދެވޭތޯއެވެ. އެއީ އަލްޔާން ނެތް މިހާލަތުގައި އީން އަށް އެއްވެސް ގެއްލުމެއްވިޔަ ނުދިނުމަކީ އަމިއްލަ ޒިއްމާއެއްގެ ގޮތުގައި ދެކޭތީއެވެ. އެވާހަކަތަށް އަޑުއިވުމުން އީން އަށް އިތުރަށް ރޮވޭ ގޮތްވިއެވެ.އެވަގުތު އެގެއަށް އައިސް ވަން އަލްކާ އަށް އީން ފެނުމުން ދެރަވިއެވެ. އެންމެ ގާތް އެކުވެރިޔާ ހިތަށް މި ވަގުތު ކުރާނެ އަސަރު ވިސްނި އަވަހަށް ގޮސް އީން ގައިގައި ބައްދާލިއެވެ.އަލްކާ އާއި އީތަން އާ ވެގެން އީން ހަމައަކަށް އެޅުވޭތޯ މަސައްކަތް ކުރިއެވެ.

*******

ހައްޔަރުކޮށްގެން ފުރަތަމަ ވެސް އަލްޔާން ގެންދެވުނީ ދޫނިދޫ ޖަލަށެވެ. ފޯރމޭލިޓީސްތަށް ނިންމާލުމަށް ފަހު ޖަލުގެ ދޮރު ހުޅުވާލަމުން ފުލުސް މީހާ އެތަނުގެ ތެރެއަށް އަލްޔާން ކޮށްޕާލީ ރަހުމްކުޑަގޮތަކަށެވެ.ރޯމާ ދުވާލުވެސް އަލިކަމެއް ނެތް ހަފޫޓް ގެ އަނދިރި ގޮޅިތެރެއަށް ވަދެވުމާއެކު ނޭވާ ހާސްވާ ކަހަލަ އިހްސާސެއް ކުރެވި އަލްޔާން އަށް މަޑުމަޑުން ބިންމަތީގައި އިށީނދެލެވުނެވެ. ޖަލުގެ ތޭރިތަކުގެ ފަހަތުގައި މިފަދަ ގޮތަކަށް ގައިދުވެފައި އިންނަން ޖެހިދާނެއެކޭ މީގެ ކުރީން ދުވަހަކުވެސް ހިތަކަށްވެސް ނާރައެވެެ.މައިންބަފައިންގެ މުއްސަނދި ކަމުގެ ނިއުމަތުގައި، އެއްވެސް ތުރާލަކާ ދައްޗެއްކުރިމަތި ނުވެ ބޮޑުވެފައިވީ އަލްޔާންގެ ހިތަށް މިކަމުގެ ސަބަބުން ވަނީ ކުއްލި ލޮޅުމެއް ގެނުވާފައެވެ.އީން ގެ ހަނދާންތަށް މެދުކެނޑުމެއް ނެތި އާވަމުން ދިޔައިރު އަލްޔާން ދިޔަ ނުދޭންވެގެން އީން އޭނާގެ ގަމީހުގައި ހިފާގެން ހުރިމަންޒަރު ލޯކުރިމަތީން ސިފަވުމުން އެހިތްކުދިކުދިވީކަހަލައެވެ.މިއަދު ހެނދުނު އީން އާއެކު އުޅެވުނު އުފާވެރި ވަގުތުކޮޅު ހަނދާންވުމުން އިންސާނާގެ ހަޔާތުގައި ހާލަތު ބަދަލުވެގެންދާ ގޮތްހާދަ އަވަހޭ ހިތަށް އެރިއެވެ. އިސްތަށިގަނޑުތެރެއަށް އަތް މަހާލަމުން އަލްޔާން އަށް ފާރުގައި ބޯޖަހާލެވުނީ ގޮތްހުސްވެފައިވާ ހާލު މާޔޫސްކަމާއެކީގައެވެ. އެއާކު ހޫނު ކަރުނައިގެ ސާލެއް ލޮލުން ފޭބީ އެއްވެސް އިހްތިޔާރަކާ ނުލައެވެ.

****

ނިދާފައި އޮތްކަން ކައިރީގައި އޮތް އަލްކާ އަށް އެންގުމައްޓަކާ އެއްފަރާތަށް އެނބުރި އޮތް އީން ގެ ދެލޮލުން ހިފެހެއްޓުމެއް ނެތި ކަރުނަ ފައިބަމުން ދިޔައެވެ. އަލްޔާން މިހާރު ހުންނާނީ ކޮންފަދަ ހާލެއްގައިބާއޭ ހިތަށް އެރުމުން އީން ގެ ހިތަށް އުނދަގޫވަމުން ދިޔައެވެ.މިވީ ކުޑަދުވަސްކޮޅުގެ ތެރޭގައި އަލްޔާން ގެ ތަސްވީރު ވަނީ އީން ގެ ހިތުގައި ދުވަހަކުވެސް ނުފޮހެވޭނެހެން ކުރެހި ބިންވަޅުނެގިފައެވެ. ވީ އިރު އެހިތުގެ ދިރުން ކަމުގައިވާ އަލްޔާން އެފަދަ ހާލެއްގައި ހުއްޓާ އީން އަށް ނިދޭނީވެސް ކިހިނަކުން ހެއްޔެވެ. އީތަން އާއި އަލްކާ ކިތަންމެ ވަރަކަށް ހިތްވަރު ދިން ކަމުގައިވިޔަސް ހިތްވަރު ކުރާނީ ކިހިނެތް ކަމެއް އީން އަކަށް ނުވިސްނުނެވެ. އިރުއިރުކޮޅާ އީން ނޭފަތް ދަމާލާ އަޑުއިވުމުން ކައިރީގައި އޮތް އަލްކާއަށް އީން ރޮނީކަން އެނގުނެވެ. އަލްކާ މަޑުމަޑުން ހިތްވަރު ކުރާށޭ ބުނާފަަަދަ ގޮތަކަށް އީން ގެ ކޮނޑުގައި އަތް ޖައްސާލުމާއެކު އީން ތެދުވެ އެނދުގައި އިށީނެވެ .”އަލްކް..އަހަރެންގެ ހިތަށް އުނދަގޫވަނީ..ދެރަވަނީީ..އައި ކާންޓް ސްލީޕް..އަ..އަލްޔާން ނިދާނީ ކިހިނެތް..އަނެއްކާ އެމީހުން އަލްޔާން އަށް އަނިޔާ ކުރާނެތަ..ޖަހާނެތަ..މަރާވެސް ލަފާނެދޯ..ޖަލުގަ ކުރީންވެސް އެހެންވި އަޑު އެހިން..އައި ކާންޓް ލިވް ވިތައުޓް ހިމް..ބޭނުން އަލްޔާން ކައިރިއަށް ދާން ހަމަ މިހާރު” ހިތުގައި ހުރި ޝަކުވާތަށް ބަންޑުން ކުރަމުން އަނެއްކާވެސް އީން އަށް ގިސްލަ ގިސްލާފައި ރޮވެންފެށިއެވެ.ހަމްދަރްދީއިން ފުރިގެންވީ ނަޒަރަކުން އީން އަށް ބަލަން ހުރި އަލްކާވެސް ފެންކަޅިވިއެވެ. އެހެނަސް ހިތްވަރުކޮށްފައި އީން އަށް ވިސްނާދެވޭތޯ ބެލިއެވެ.

******

ތިން ދުވަހަށްފަހު އަލްޔާން ގެ ވަކީލުންގެ ޓީމުން ތަހްގީގް ކުރުމަށް ފަހު ވަލީދު އާއެކު ބޭއްވި ބައްދަލުވުމުގައި އެމީހުންގެ ކަންބޮޑުވުން ހިއްސާކުރިއެވެ.އެގޮތުން އެމީހުންގެ އެންމެ ބޮޑު ކަންބޮޑުވުމަކީ މީގެ އެއްހަފްތާކުރީން އޭ.ވީ ގްރޫޕް ގެ ދަށުން ހިންގާ ކޮންސްޓްރަކްޝަން ކުންފުންޏަށް ލިބުނު ދެ މިލިޔަން ޑޮލަރުގެ އަގުހުރި ޕްރޮޖެކްޓް ހޯދުމަށް ރިޝްވަތު ދިން ކަމަށް ތުހުމަތު ކުރެވޭ މައްސަލަ އާ ގުޅޭ ލިޔުންތަކުގައި ކޮށްފައިވާ ސޮޔަކީ ސީދާ އަލްޔާން ގެ ސޮއިކަމަށްވުމެވެ. އެންމެ ފުރަތަމަ އެއީ ފޯޖް ކުރެވިފައިވާ  ސޮޔެއްކަމަށް ހީކުރެވުނު ކަމުގައި ވިޔަަސް އޭގެ ސައްހަ ކަން އެނގުމުން ދެން އެންމެ ފުރަތަމަވެސް ވަލީދު އާއި އޭނާގެ ޓީމްގެ ސުވާލުތަކާއި ކުރިމަތި ލާން ޖެހުނީ އައިލީންއަށެވެ.ސަސްޕެންޑް ކުރެވިފައިވީނަމަވެސް އިމްރާން ގެ ވެސް މަޝްވަރާއާއި އެއްބާރުލުމުގެ ދަށުން ވަލީދު ތައްޔާރުކޮށްފައިވީ ޓީމް ގެ އެތަށް ހޯދުންތަކަށް ފަހު އެނގުނީ މިކަމުގެ އެންމެ އަޑީގައި ހުރި މީހަކީ ނާޒިން ކަމާއި، އަލްޔާން ގެ ސޮއި ހޯދާފައިވަނި އަލްޔާން ގެ ޕީ.އޭ އައިލީން އަށް ނަފްސާނީ ގޮތުން ބިރުދެއްކުމަށްފަހު މަޖްބޫރު ކުރުވައިގެން ކަމެވެ. އަދި މިކަމުގައި އަހްމަދުގެ ނުފޫޒް ހޯމް މިނިސްޓަރ މެދުވެރިވެގެން ފުލުހުންނަށް ކުރެވިފައިވާކަން ވެސް ދަނެގަނެވުމުން ވަލީދުގެ ރުޅިގަނޑު ފަޅާއިގެން ދިޔައެވެ.އެންމެ ފުރަތަމަ ވަލީދުއަށް ހީކުރެވުނީ މިއީ އޭނަޔާ އަހްމަދު އާ ދެމެދު އޮތް ހިތްހަމަ ނުޖެހުމުގެ ސަބަބުން ހިނގި ކަމެއް ކަމަށެވެ. ސަރުކާރާ އެންމެ އިދިކޮޅު ސިޔާސީ ޕާރޓީ އަށް ވަލީދު ފަނޑު ކުރާކަމަށް ބުނެ ފަހަކަށް އައިސް އަހްމަދު ވަނީ އެތަށް ފަހަރަކު އޭނާއަށް ތުހުމަތުގެ އިނގިލި ދިއްކޮށްފައެވެ. އެހެނަސް އެކަމާހެދި މިފަދަ އިހާނެތި ގޮތަަކަށް އޭނާގެ ދަރިފުޅާ ދޭތެރޭ ކަންތަށް ކޮށްފާނެ ކަމަކަށް ވަލީދުއަށް ގަބޫލް ނުކުރެވުނެވެ. އެހެން ކަމުން އަލްޔާން އާދެކޮޅަށް ޒިން މިވަރުގެ ކަމެއް ހިންގި ސަބަބު ކޮންމެހެންވެސް އިނގެން ބޭނުންވީތީ އިމްރާން އާއި އީތަން އާ ވަކީން ބައްދަލުކުރިއެވެ. މައްސަލާއިގެ ސީރިއަސްކަން އިނގޭތީ އީތަން އެއްވެސް ކަމެއް ސިއްރުނުކޮށް ހުރިހާ ވާހަކައެއް ތެދަށް ކިޔާދިނެވެ.މިހުރިހާ މައްސަލަތަކެއްގެ އަސްލަކީ އަންހެންކުއްޖެއްކަން އެނގުމުން އަލްޔާން ގެ ސިކުނޑި ޅަކަމާއި ނުވިސްނޭކަން ހިތަށް އަރައި ވަލީދު ރުޅިގަދަވިއެވެ.އަދި ނުވިތާކަށް އެއީ އައްޑު އަށް ނިސްބަތްވާ އަންހެންކުއްޖެއްކަން އިނގުމުން ވަލީދު ގެ ރުޅިގަނޑު ކޮންޓްރޯލް ވެސް ނުވިއެވެ. އެހިސާބު މީހުން ދެކެ ވަލީދު ރުޅި އަންނަނީ ސަބަބެއް ނެތިއެއް ނޫނެވެ. އޭނާގެ އުމުރުގައު ފުރަތަމަ ފަހަރަށްވެސް ލޯބިވީ އައްޑޫ އަތޮޅަށް ނިސްބަތްވާ އަންހެނަކު ދެެކެއެވެ. އެހެނަސް އޭރު އޭނާ އަތުގައި ފައިސާނެތަތީވެ މުއްސަންޖަކާ އިންނަން ބޭނުންވެ އެނާގެ ހިތްހަލާކު ކުރުމަށް ފަހު އެއަންހެންނާ ބޭވަފާތެރިވީ ހަނދާން ވަލީދުގެ ހިތުން ދުވަހަކުވެސް ނުފިލައެވެ. އިރުގަނޑެއްވާންދެން ވިސްނަން ހުރުމަށްފަހު ވަލީދު ސީދާ ޒިން އަށް ގުޅައި ބައްދަލުކުރުމަށް އެދުނެވެ.

****

ޖެހިގެން އައިދުވަހު ޒިން އާ ބައްދަލުކުރުމަށް ވަލީދު ދިޔައީ އޭނާގެ ރަސްމީ އޮފީހަށެވެ. މީޓިން ރޫމް ގެ ސޯފާގައި އިން އިރު ޒިން ގެ މޫނުމަތީގައިވި މާޔޫސްކަމާއި ނުތަނަވަސްކަން ފެނި ވަލީދު ހައިރާންވިއެވެ. އަހަރެންގެ ދަރިފުޅު ޖަލުގައި ހުރި އިރުވެސް މީނާގެ މޫނުމަތި މިވަރަށް މިލާފައި މިހިރީ ކީއްވެބާއޭ ހިތާހިތާ ސުވާލުވެސް ކުރެވުނެވެ. އެހެނަސް ވަގުތު ބޭކާރު ނުކޮށް ވާހަކަ ދައްކަން އައި ސީދާ މައުޟޫއަށް ދިޔައެވެ. އަދި އަލްޔާން ސަލާމަތް ކޮށްދިނުމަށާއި ބަދަލުގައި އީން އާ އަލްޔާން ވަކި ކުރުވާނެ ކަމާއި އެދެމީހުން ގުޅުނަ ނުދޭނެ ކަމުގެ ޔަގީންކަން ދިނެވެ. އަދި އެކަމުގެ ސަބަބަކީ އޭނާގެ ޕާރސަނަލް ރީޒަންސް ތަކެއް ކަމަށްވެސް ބުންޏެވެ.ކުޑަކޮށް ވިސްނާލުމަށްފަހު ޒިން އެކަމާ އެއްބަސްވިއެވެ. ހަގީގަތުއިވެސް ޒިން ބޭނުން ނަމަ އީން އަށް އެހެން ގޮތްތަކުން މަޖްބޫރު ކޮށްގެން ކައިވެނި ކުރެވިދާނެއެވެ. އެކަމަކު ޒިން ބޭނުންވަނީ ހަމައެކަނި އެހަށިގަނޑެއް ނޫނެވެ. އީން ގެ ހިތެވެ. އެ ލޯތްބެވެ. އަލްޔާން ހައްޔަރު ކުރި ދުވަހު އީން އައިސް އެގޭގައި ހިނގި ހާދިސާ އަށްފަހު ޒިން ގެ ހިތަކަށް ހަމަޖެހުމެއް ނުލިބެއެވެ. އަބަދުހެން ލޯ ކުރިމަތިން ސިފަވަނީ އީން ގެ އެ ޖެހިލުންކުޑައަމަލެވެ.ރޭގަނޑު ރަނގަޅަށް ނުވެސް ނިދެއެވެ. އީން ގެ ދެލޮލުން އެދުވަހު ފެނުނު ނަފްރަތުގެ ޖަޒްބާތު ގެ ހޫނުގައި ޒިން ގެ ހިތް ދިޔައީ ކޮންމެ ސިކުންތަކުގެން އަނދަމުންނެވެ. އެދެމީހުން ލޯބި ނަފްރަތަށް ބަދަލުވެ އީން ގެ ހިތުން ޒިން އަށް ޖާގައެއް ލިބޭނެ ގޮތެއް ހޯދުމަށް ޒިން ދިޔައީ ތާ އަބަދު ވިސްނަމުންނެވެ. އެހާފަސޭހައިން ވަލީދުގެ ހުށައެޅުމަށް އެއްބަސްވެވުނީ އެހެންވެއެވެ.

*****

ހޫނުގަދަކަމުގެ ސަބަބުން އިރުއިރުކޮޅާ އަލްޔާން އަށް އިސްތަށިގަނޑުތެރެއަށް އަތް މަހާލެވެނީ ބޯހާސްކަން ފިލާތޯއެވެ. އެ އަނދިރިކަމަށް ލޯ ހޭނިފައިވީ ނަމަވެސް ސިކުނޑިއަށް ވަރުބަލިކަން އިހްސާސް ކުރެވެއެވެ. ޖިސްމާނީ ގޮތުން އަނިޔާއެއް ނުދީން ކަމުގައި ވިޔަސް އޭނާ ގެ ނަފްސުވަނީ ވަރުބަލިވެފައެވެ. ތިން އިރު ކާން ދިން ކަމުގައި ވިޔަސް ކަން ގެންނަ އެއްޗެހި ނުބައިކަމުން ދިރުވާލެވޭ ވަރެއް ނުވެއެވެ. އެހެނަސް އިންސާނަކަށްވީތީ ހައިހޫނުކަން ފިލާވަރަށް ކެވެއެވެ.އެއްވެސް ކުށެއް ނުކުރާ ހާލު މިގޮތަށް ހުންނަން ޖެހުމުން ބައެއްފަހަރު ރުޅިގަދަވެ ހަޅޭއްލަވައިގެންފާނަމޭވެސް ހިތަށް އަރައެވެ. ގިނަ ފަހަރަށް ބަލަހައްޓަން ތިބޭ މީހުން ވެސް ވާހަކަ ދައްކާ ބަހުރުވައިންނާ، ކުއްވެރިއެއްފަދައިން ޓްރީޓް ކުރާ ގޮތުން އަތުންފައިން ގޯހެއް ނަހަދާ ރުޅި ކޮންޓްރޯލް ކުރެވެނީވެސް ކިރިޔާއެވެ. ގޮޅީގައި ހުންނަހުރިހާ ވަގުތަކުހެން އަލްޔާން އަށް ވިސްނެނީ އީން އާ މެދުގައެވެ. އަނެއްކާ ޒިން ގަދަކަމުން އީން އަށް ކަމެއް ނުކުރާނެބާއޭ ހިތަށް އެރުމުން އިށީދެގެން އިނިއްޔާ ބިންމަތީ ކޮޅަށް ހުރިއްޔާ ފާރުގައި މުއްކަވާލަމުން ޖެހެއެވެ. އެފަދަ ކޮންމެ ވަގުތަކު ހަނދާންވަނީ ކުރީން ރެއްގައި އަލްޔާން އެގޮތަށް ހެދުމުން އީން ދެރަވެފައި ހުރެ އޭނާގެ އަތް ނަގާ އަތުތެރޭގައި ފޮރުވި ހަނދާނެވެ. އީން ގެ ކޮންމެ ހަނދާނެއް އާވާ ވަގުތަކު އަލްޔާން ގެ ހިތްކުދިކުދިވެދެއެވެ. އެހެނަސް އީން ރައްކާތެރި ގޮތުގައި ލެއްވުމަށް އެދި ހިތާހިތާ ދުއާކުރެވެއެވެ.

މޭޒުމަތީގައި ހުޅުވާލެވިފައި އޮތް ފޮތުގެ މަތީގައި ބޯއަޅާލައިގެން ވިސްނުމަކަށް ގެއްލިފައި އޮތް އީން ގެ ދެލޮލުގައި ވަނީ ހުސްކަމެވެ. އެއްވެސް ޖަޒުބާތެއް ފެންނަން ނެތް އެލޮލުގައިވީ ކަރުނަ ރޮެއެރޮއެ ހުސްވެފައިވާ ކަހަލައެވެ. އަލްޔާން ޖަލަށް ގެންދެވުނު ފަހުން އެ ހަނދާނުގައި އީން ގެ ހިތް ފަނާވަމުން ދިޔައިރު ކޮންމެ ދުވަހެއް އެތައްހާސް ދުވަސްތަކަކާ އެއްވަރެވެ. އަލްކާ ގަދަަކަމުން ކާންދޭން އުޅުނަސް އަރުތެރެއިން އެތިކޮޅެއް ދިރުވާނުލެވެނީ އަލްޔާން ހުންނާނީ ނުކައޭ ހިތަށް އަރާތީއެވެ.އެނދުގައި ނިދަން ނޯވެ ދަންވަރު ތެދުވެ ބިންމަތީގައި އޮށޯވެވެނީ އަލްޔާން އޮންނާނީ ބިންމަތީގައޭ ހިތަށް އަރާތީއެވެ. ގެއިން ނިކުންނަ ހިތް ނުވަނީވެސް އަލްޔާން ވެސް ދުނިޔޭގެ ހަމަވައި ނުލިބޭ ބަންދު ގޮޅިއެއްގެތެރޭގައި ހުންނާތީއެވެ. އެޓެންޑެންސް ކޮންޕަލްސަރީ ކްލާސްތަކެއް މިދުވަސްކޮޅުގައި ނެތްކަން އެއީވެސް އީން ގެ ނަސީބުކަންނޭގެއެވެ. އެވަގުތު ބޮލުގައި މީހަކު މާލޯބިން ފިރުމާލުމާލުމުން އެއޮތް ގޮތަށް އޮވެ ބަލާލިއިރު ކުރިމަތީގައި ހުރި މީހާ ފެނުމުން އީން އަށް ހައިރާންވެފައި ބަލަން ހުރެވުނެވެ.

މިވާހަކައިގެ ދެންއޮތް އެޕިސޯޑުގެ ލިންކު ކޮމެންޓް ސެކްޝަންގެ ތިރީގައި ވާނެއެވެ.

Share Article

Follow Me Written By

Anjal

Level 210 Stories100 Comments100 Login

Other Articles

Previous

ދުޢާ 27

Next

ދުޢާ 28

Next
October 13, 2018

ދުޢާ 28

Previews
October 12, 2018

ދުޢާ 27

33 Comments!

  1. Blue? says:
    October 12, 2018 at 3:06 pm

    Me first dhw?

    1. Anjal says:
      October 13, 2018 at 2:43 pm

      ☺️

  2. zeesh says:
    October 12, 2018 at 3:23 pm

    nice story.kn duvahakun dhen next part up kuraa i?

    1. Anjal says:
      October 13, 2018 at 2:44 pm

      Monday insha allah next part

  3. zeesh says:
    October 12, 2018 at 3:27 pm

    nice story.kn duvahakun dhen next part up kuraan? i alwsys hope this story ending will be nice.

    1. Anjal says:
      October 13, 2018 at 2:58 pm

      I hpe u guys wil like the ending ?

  4. miky says:
    October 12, 2018 at 3:37 pm

    Alhey alyaan and een dhurukuranithr hama ehn nuhadhahchey plx???
    Love it next part soon ???

    1. Anjal says:
      October 13, 2018 at 2:45 pm

      ☺️ thanx miky…

  5. zeek says:
    October 12, 2018 at 3:54 pm

    This stry is interesting love it angal …???

    1. Anjal says:
      October 13, 2018 at 2:46 pm

      Thanks zeesh???

  6. Anti Villanx says:
    October 12, 2018 at 4:05 pm

    ATTENTION!!! Whoever that tries to separate Alhan n Eeen will have to pay their price. Any forcefull attempts not only will harm them emotionally but will aslo be regreted someday. Therefore, we send our last warning. LEAVE ALYAN N EEN ALONE!

    1. Cassiopeia says:
      October 12, 2018 at 4:47 pm

      Blk. Meet kaakutha maa bodah fuhpaalaafa miulheny. ?????

    2. maya says:
      October 12, 2018 at 7:24 pm

      ur warnings r damn cute..luv it

    3. Unknown girlll.. says:
      October 12, 2018 at 8:27 pm

      I K R……asluves….that should be our last warning???..and i love that??????

    4. Anjal says:
      October 13, 2018 at 2:47 pm

      Hehe… Such a lovey warning ???

    5. Twinkle? says:
      October 13, 2018 at 5:17 pm

      Ur right… I luv it???❤❤❤

  7. Lotus says:
    October 12, 2018 at 4:08 pm

    This story is so supper.. writer vaahaka genesdhey gothun v asaru kuruvaa.. keep it up ?

    1. Anjal says:
      October 13, 2018 at 2:48 pm

      Thanks lotus??

  8. Airah says:
    October 12, 2018 at 7:02 pm

    v Reethi mi part ves.Alyaan n Een durunulurachey plx.Adhi kitha part eabaintha mi story ga.when next PART

    1. Anjal says:
      October 13, 2018 at 2:50 pm

      Thanx airah… Hurihaa kiyun theringe ideas ves noted ingey☺️☺️

  9. Hanaan says:
    October 12, 2018 at 7:19 pm

    Alhe dhen Zin aai Een aa…NO WAY!!! plz Alyan aai Een dhuru nukuracchey ? anyways.. Varah reethi mi part ves.. I really love this story!!

    1. Anjal says:
      October 13, 2018 at 2:52 pm

      Thanks hanaan???.. Alyaan and een ah vaa gotheh balama dhw next epi ga☺️☺️☺️

  10. maya says:
    October 12, 2018 at 7:26 pm

    u made me cry..alhey alyaan and een ah ehen nuhadhaba,,,vv reethi mi part ves..vvv emortional..enme asarugadha story ever read…waiting curiously for the nxt part..luv u anjal dear

    1. Anjal says:
      October 13, 2018 at 2:54 pm

      Thanx maya??? so happy to read ur comment ❤️????

  11. @Ikleel says:
    October 13, 2018 at 12:46 pm

    Speechless…!!! Vrh furihama story eh…Emotions thah genes dhey goiy hama habeys…!!!Cant wait for the next part…!!!

    1. Anjal says:
      October 13, 2018 at 2:57 pm

      Thanks ikleel?☺️☺️ insha allah next part Monday.

  12. Twinkle? says:
    October 13, 2018 at 5:19 pm

    Wow… masha allah… its really emotional n superb… kaakubaa een ge boluga firumaaly??? Curiously waiting for the nxt part???

    1. Mee says:
      October 14, 2018 at 7:00 am

      Huvafenuga alyaan ais kanneyge dhw

  13. aisha says:
    October 14, 2018 at 7:24 pm

    e vaani een ge dad kamah..really this story is superb

  14. Airah says:
    October 15, 2018 at 8:09 am

    tankolhea avaha upkolhavhey dear

  15. Aish says:
    October 15, 2018 at 2:57 pm

    Next part koba tha?

  16. Airah says:
    October 15, 2018 at 5:15 pm

    koba Next Part???

  17. aisha says:
    October 15, 2018 at 5:34 pm

    kobaatha next part. haadha inthizaarekey mi kureveni.

Comments are closed.

Next Episodeހާސިލް ވުމަށް އެދި ހިތް ރޮނީ 18←


All Right Reserved!