އެކުދިން ހެވިލާފައި ބަލަން ތިއްބަސް އެކަމާ އަލްޔާން ގެ އެެއްވެސް ފަރުވާލެއް ނެތް ކަހަލައެވެ. ލާނެތް ހިނިތުންވުމަކާއެކު އީން އަށް ބަލަން ހުރެ ކުޑަކޮށް ވޭވް ކޮށްލިއެވެ. އީން ގަތީ އަމަށަކު ލަދެއްނޫނެވެ. އަވަހަށް އަނެއް ފަރާތަށް އެނބުރި ހިނގައިގަތީ އަހަރެން ދަންނަ މީހެއް ނޫނޭ ބުނާ ފަދައިންނެވެ. އަވަސް ހިނގުމެއްގައި ގޮސް ލައިބްރަރީ އަށް ވަދެ އިށީނދެ އީން ފުން ނޭވާ އެއް ލިއެވެ. އެ ހިތުގެ ތެޅުން އަދިވެސް މަޑެއް ނުވެއެވެ. ވާނީވެސް އެހެން […]
ކާރުގެ ރިއަރ މިރާ ސީދާ އީން ގެ މޫނު ފެންނާނޭހެން ސެޓް ކޮށް ޑްރައިވަރ އީން ގެ ހުރިހާ ހަރަކާތަށް ބަލަމުން ދިޔައެވެެ. ކާރު ގޮސް ފެކަލްޓީ ކައިރިއަށް މަޑުކޮށްލުމާއެކު އީން ވޮލެޓުން 50ރ ނަގާ ޑްރައިވަރ އަށް ދިއްކޮށްލިއެވެ. އެހެން ނަމަވެސް ޑްރައިވަރ ހަމަ ސްޓެޗޫ އެއްހެން ގުޑިވެސް ނުލާ އިނެވެ. މިވަނީ ކީއްކަމެއް ނޭނގި ފައިސާ ސީޓްމަތީ ބޭއްވުމަށްފަހު “ކީޕް ދަ ޗޭންޖް.. ތެންކިޔު” އޭ ބުނެފައި ފައިބައިގެން ދުވަމުން ކަހަލަ ގޮތަކަށް ގޮސް ކޮލެޖަށްް ވަނެވެ. އީން ދިޔަ މަންޒަރު ބަލަން އަލްޔާން އަށް ހުރެވުނީ އާޝޯހުވެފައެވެ. ސިއްސައިގެން ގޮސް ކާރު ދުއްވާލީ ފަހަތުން އައި ޕިކަޕް ކުރިއަށް ނުދެވިގެން ބަރުގޮނު އަޅަން ފެށުމުންނެވެ. އަލްޔާން ގެ ހިތް ގަނޑުވެފައިވާކަހަލަ އެވެ. ރީތި އަންހެންކުދީން އަބަދުވެސްދެކެއެވެ. އެކަމަކު ވާރޭތެރެއިން މި ނިކުތް ޕަރީ އެއްފަދަ ލޯބި އަންހެންކުއްޖާ ފެނި ހިތަށް މިވީ ކިހިނެތް ހެއްޔެވެ. މުއްކަވާލުމަށް ފަހު އަލްޔާން މަޑުމަޑުން މޭގައި ޖަހާލިއެވެ. ހަމަޖެހިބަލާށޭ ބުނާފަދަ ގޮތަކަށެވެ. މަޑު ދުވެއްޔެއްގައި ގޮސް އެކުވެރިޔާ އީތަން މެންގެއާ އަރާމަވިއިރު އިންތިޒާރުގައި އީތަން ހުއްޓެވެ. ހިސާބަކަށް ތެމިފައި ހުރި އީތަން ގެ މޫނުމަތިން ހިތްހަމަ ނުޖެހުމުގެ އަސަރު ފާޅުވާން ހުއްޓެވެ. ކާރު މަޑުކޮށްލުމާއެކު އަރައި ޝަކުވާ ކުރަން ފެށިއެވެ. ” ބްރޯ ކިހާ އިރެއް އަންނާނަމޭ ބުނި ފަހުން.. ގެއިން ނައްޓާލަމުން ބުނި މިކައިރި ކުރީއޭ.. އެފަހުން ފޯނު ނެގީ އެއް ނޫން..ކިތަށް ފަހަރު ގުޅިއްޖެ..ހުވާ މިބުނީ މަގުމަތި އެޅީތަ؟” އީތަން ރުންކުރު ގޮތަކަށް ބުނެލިއެވެ. އީތަން ދެއްކި އެއްވެސް ވާހަކަ އެއް އަލްޔާން އަށް ނީވޭ ކަހަލައެވެ. އޭނާގެ ސިނކުޑީގައި ދެންމެ ފެނުނު އަންހެން ކުއްޖާ ގެ ކޮންމެ ހަރަކާތެއް ތަސްވީރެއްހެން ކުރެހި ފަހަރަކު ތަސްވީރެއް ފްލެޝް ވަމުންދިޔައެވެ. ޓިޝޫ އިން މަޑުމަޑުން މޫނު ފޮހެލި މަންޒަރެވެ..ތުނި ތުނި ތުންފަތެވެ. ތެމިފައިވާ ދިގު އެސްފިޔަތަކާއެކު ގަދަ ކަޅުކުލައިގެ ރީތި ދެލޮލެވެ… “އޭ…ބަލަ އަލްޔާނޫ..ހައިރާނެއް ނުވާނެތަ..ބްރޯ އާ މަވާހަކަ މިދައްކަނީ..ކިހިނެތްހޭވީ..؟ އީތަން އަލްޔާން ގެ ކޮނޑުގައި ހިފާ ތަޅުވާލިއެވެ. “ހްމްމް…ވީ ގޮތަކީ ދޯ..މަށަށް އަސްލު ޕަރީ އެއް ފެނުނީ” “ރިއަލީ..ޑޫޑް.. ކޮން އިރަކުން ތިކަން ހުއްޓާލާނީ. ތި ކަހަލަ ކިތައް ޕަރީން ގެންގުޅެން..” އަލްޔާންގެ ޖުމްލަ ނުނިމެނީސް އީތަން އެއްބުމަ މައްޗަށް އަރުވާލަމުން ބުންޏެވެ. އަލްޔާން ވަކި އެއްޗެއް ނުބުނެ ހީލުމަކުން ފުއްދާލިއެވެ. ހަގީގަތަކީ މިވަނީ ކިހިނެތް ކަމެއް ޙުދް އޭނާއަށް ވެސް ނޭނގެއެެވެ. މީގެ ކުރީން އޭނާގެ ހަޔާތަށް އެތަށް އަންހެން ކުދީންނެއް އައިސްފާވެއެވެ. […]
ނިދާފައި އޮތް އީން އަށް ހޭލެވުނީ އެންމެ ގާތް އެކުވެރިޔާ އަލްކާ ގެ އަޑަށެވެ. “އޭތް.. އީން ހޭލަބަލަ.. އެއޮތް ކޮލެޖް އަށް ދާން ގަޑިޖެހެނީ..” ފުންމައިގެން ތެދުވެ އީން ގަޑިބަލާލިއެވެ. ގަޑިޖެހެން ފަނަރަ މިނެޓަށްވީއެވެ. އަވަހަށް ތެދުވެ ފާހާނާ ތެރެއަށް ދެމިގަންނަމުން ތަންކޮޅެއް ކުރިން ގޮވާލިނަމަ އޭ ކިޔާ އަލްކާ އަށް ލޯއަޅާލިއެވެ. ވާނީވެސް އެހެންތާ އެވެ. މިއަދަކީ އީން ގެ ފުރަތަމަ ޔުނިޓް ޓެސްޓް ނަގާ ދުވަސްކަމުން އެއްގޮތަކަށްވެސް ގަޑިޖެހޭކަށް ބޭނުމެއް ނުވެއެވެ. “މަ […]