Esfiya - Dhivehi Vaahaka Site
  • އިތުރު
    • އެހެނިހެން
    • ހަޤީޤީ
    • ހިތާމަ
    • ދީނީ
    • މަޒުމޫނު
    • ޅެން
    • މަޖާ
    • ލޯބި
    • ބިރުވެރި
  • އެސްފިޔަ
    • އެސްފިޔަ ޕްރޯ
    • ޤަވާއިދު
    • އިސްތިހާރު ކުރެއްވުމަށް
    • ގުޅުއްވުމަށް
    • މަގޭ ވާހަކަތައް
    • ★ޕޮއިންޓްސް★
  • ލޮގިން
  • ރެޖިސްޓަރ
  • އެހީ
  • ސީރީސްތައް
  • ފުރަތަމަ ޞަފްހާ
ލޯބި

އިންތިހާ – 10

aminath shiyaa Level 110 Stories
February 15, 2018 5 Mins Read
16 Comments

“ހައެ” ޔާންގެ އަޑު އައި ދިމާލައް ޝާޔާ ބަލައިލި އިރު ދާދި ކައިރީގަ ޔާން ހުއްޓެވެ. ކަޅު ކުލައިގެ އަތްދިގު ގަމީހަކާ ސްކައި ބުލޫ ޖިންސެއްގައި ޔާން ފެންނަނީ ވަރަށް ހިތްގައިމު ކޮށެވެ.

އެކަހެރި މާހައުލެއްގައި ދެމީހުން އެކަކު އަނެކަކާ ބައްދަލު ވުމުން ދެމީހުންވެސް ތިބީ ދައްކާނެ ވާހަކަ އެއް ނޭގިފައެވެ.

“ޝާޔާ އާދެބަ މިތާ އިށީނަން” ޝާޔާ އަގައިން ނުބުނެ ހުންނަން ފެށުމުން ޔާންގެ ހިތައް އުދަގޫވިއެވެ.

“މިހާރުމި އިށީދެވެސް ވެވުނީ، ދެންބުނެބަލަ ތި  ބުނަން އުޅޭވާހަކައެއް” ޝާޔާ ރާޅުޖަހާ ދިމާލައް ބަލަހައްޓައިގެން އިދެ ބުނެލިއެވެ. ބަލާބެލުމައް އެ މޫނުމަތިން އެތައް ނުތަނަވަސް ކަމެއް ފާޅުވެވޭ ހުއްޓެވެ.

“ޝާޔާ ކަމަކާ ވަރަށް ބޮޑަށް ހިތްހަމަނުޖެހިފަ ހުރިހެން ހީވޭ، އަނެއްކާ މީހަކު އެއްޗެއް ބުނީތަ؟ ވެގެން އުޅޭ ގޮތެއް ނުބުނަނީހެން މަށެއް މިތާކުން ނުދާނަން މިރޭ… ޝާޔާ މިޔަދު ހޮސްޕިޓަލްއިން އެންމެ ފަހުން ދިމާވި އިރުވެސް ހުރީ ތިހެންނޫންވިއްޔަ” ޔާންވެސް މިފަހަރު ގޮތްދޫ ކުރާކަށް ބޭނުމެއް ނުވިއެވެ.

“ޔާން ތީ ކާކުތަ އަހަރެން ކަންތަކާ ބެހެން … ބުނެބަ ؟” ޔާން އާ މިގޮތައް ވާހަކަ ދައްކަންޖެހުމުން ހުދު ޝާޔާވެސް ދެރަވެއެވެ. އެ ހިތުގައި ވަނީ ބަޔާން ކުރަން ދަތި ވޭނީ އިހުސާސްތަކެކެވެ. ފުރަތަމަ ފަހަރައް އެ ހިތުގައި ހާއްސަ މަޤާމެއް ދެވުނު ފަރައިތަކީ ޔާންއެވެ.

“އަހަރެން މީ ޝާޔާގެ އެއްވެސް މީހަކަށް ނުވެދާނެ..އެކަމަކު ޝާޔާތީ މިހާރު އަހަރެން ދިރި އުޅުމުގަ ވަރަށް ހާއްސަ މީހަކަށްވެއްޖެ…ބަލާބަ އެ ގަސްތަކު ދިމާ އެއޮތް ހުސްތަނައް އޭރުން ޝާޔާއަށް އެގޭނެ ތީ ކިހާ މުހިތްމު މީހެއްކަން އަހަންނައް” ޔާން އަތުގެ އިޝާރާތުން ގަސްތަކާވީ ދިމާލުގައިވާ ހުސްވެލިގަނޑައް އިޝާރާތް ކޮށްލިއެވެ.

ޝާޔާ ވަރަށް ސަމާލުކަމާއެކު އެ ދިމަ ބަލާލިއެވެ. ހިތެއްގެ ބައްޓަމައް ކުދި ކޭންޑަލްސް ބޭނުން ކޮށްގެން ޑިޒެއިން ކޮށްފައި ހުއްޓެވެ. އަދި އެތެރޭގައި އައިލަވްޔޫ …ޖަހާފައި ހުއްޓެވެ. ޝާޔާ އަށް އެ މަންޒަރު ފެނުމާއެކީ ވަގުތުން ތެދުވެވުނެވެ. އަދި ފައިވަން އަތައް ލައިގެން ހިނގާފައިގޮސް އެތާ މަޑުކޮށްލިއެވެ. ޔާންވެސް ޝާޔާ ފަހަތުން އެތަނައް އަޔެވެ. ޝާޔާ ދޭނެ ޖަވާބަކަށް އެ ހިތް ވަނީ ކެއްމަދު ވެފައެވެ.

“މީ ޔާން ހުރިހާ އަންހެން ކުދިންނާވެސް ކުރާ ސަމާސާއެއްތަ؟ ލޮއެބަކީ ކުޅޭކުޅިވަރެއް ނޫން…އަހަރެން ގެ އިހުސާސްތަކާ ކުޅުންއިރު އެއްފަހަރުވެސް ވިސްނާލިނަމަ” ޝާޔާގެ ލޮލުން އަރުނަތައް ފައިބައި ގަތެވެ. އެ ހިތައް ކެއްކުރަން ދަތިވީއެވެ.

“އަޅޭ ޝާޔާ ކީކޭތަ ތިކިޔަނީ ތަންކޮޅެއް ސާފުކޮށް ބުނެބަ ..މަށަކީ އެއްވެސް އިރެއްގަ އެއްވެސް މީހެއްގެ އިހުސާސްތަކާ ކުޅުން މީހެއްނޫން.. އަދި ސަމާސާއެއްވެސް ނުކުރަން” ޝާޔާ ކިޔާއެއްޗެއް ޔާންއަށް ސާފުނުވެގެން ޔާން ހުރީ ހަދާނެ ގޮތް ނޭގިފައެވެ. އަދި ޝާޔާ ރޯތަން ބަލަން ހުންނަން އަމުދުން އެހިތަކަށް ކެތެއް ނުވާނެއެވެ.

“މިޔަދު ހޮސްޕިޓަލްއިން ޔާން އެއްކޮށް އެ ފެނުނީ ކޮންކުއްޖެއް… އަދި ޝާ ކާރުގައި އިންދަ ކުރިމަތިން އެ އަންހެން ކުއްޖާ ގޮވައިގެން ޔާންދިޔައީ، އޭނަ އިނީވެސް ޔާންޔާޖެހި ފިތިގެން… ” ޝާޔާ ފުންނޭވާއެއް ލުމައްފަހު ބެލިއެވެ.

“އެކަމާތަ ޝާޔާ ތިހުންނަނީ ހިތްހަމަނުޖެހިފަ.. އެއީ ހޮސްޕިޓަލްގަ ރިސެޕްޝަންބައިގަ އުޅޭ އަންހެން ކުއްޖެއް ، ޔާން ބެސްޓީގެ ފުރެންޑެއް.. އޭނަ ކިޔާވަރުން ގޮތްދޫ ނުކުރުމުން ގޮވައިގެން ދާންޖެހުނީ.. ސޮރީ ޝާޔާ ހިތްހަމަ ނުޖެހޭ ކަމެއް ކުރެވުނީމަ” ޔާން ހުރީ ފުރަތަމަ ފަހަރަށް ޝާޔާ އިންޕްރެސް ކުރަން ބޭނުން ވެފައެވެ. ނަމަވެސް ނޭގި ކުރެވުނުކަމަކުން ޝާޔާދެރަކުރެވިއްޖެއެވެ.

“ޔާން މާފައްއެދެން ވީ ކީއްވެ… އަސްލު ޝާ ހުރިހާވެސް މައްސަލައަކީ ކަންދެކޮޅު ނުބަލަ ރުޅިއާދެވުނީ.. ސޮރީ.. ކޫސަނި ކަންތަކާ ޝާއަށް ވަރަށް ރުޅިއާދެވޭނެ… ދެން އެހެންނުވާނެ… ރިއަލީ ވަރަށް ބޮޑަށް ސޮރީ” ޝާޔާ ހުރީ އެހާ ކުޑަ ކުޑަ ކަމެއް އެހާ ބޮޑުކޮށްލެވުމުން ވަރަށް ލަދުގަނެފައެވެ. ޔާން ޝާޔާއާ މެދު ދެކޭނެގޮތް ނޭގިގެން އެ ހިތައް ވަނީ ބިރުވެރިކަމެއް ވަރިވެފައެވެ.

“އެއީ އެވަރު ކަމެއް ނޫން.. ޝާޔާގެ އެއްވެސް ކަމެއް ޔާންއަކަށް ފޫސެއް ނުވާނެ..ޔާން ގަބޫލުކުރަން އެއްވެސް މީހަކީ އެންމެ ޕާފެކްޓްމީހާ ނޫންކަމަށް… ޔާން ޝާޔާދެކެ ވަރަށް ބޮޑަށް ލޯބިވޭ.. ރިލޭޝަންޝިޕެއް ޕާފެކްޓް ކުރާނީ ދެމީހުން ވެގެން.. ބުނެބަ ޝާޔާ ލޯބިވޭތަ ޔާންދެކެ؟” ޝާޔާގެ ދަތްދޮޅީގައި ހިފާ މޫނު ޔާންގެ މޫނާ ސީދާކޮށްލުމައްފަހު ޔާން ޝާޔާގެ ފުށުން އެންމެ ބޭނުންވާ ޖަވާބައް އިންތިޒާރުކުރިއެވެ.

“ޔާން ފުރަތަމަ ފެނުންދުވަހުން ފެށިގެން މިހިތުގައި ވަނީ ތި ސޫރަ ކުރެހިފަ… އާން އަހަރެންވެސް ވަރަށް ވަރަށް ބޮޑަށް ޔާން ދެކެ ލޯބިވޭ.. މިހާ ލޯބިވާތީ ކަންނޭގެ ޔާން އެހެން އަންހެން ކުއްޖަކާއެއްކޮށް އެހާ ކައިރިން ފެނުމުން މިހިތައް ކެއްނުވީ” ޝާޔާ ވަރަށް ހިތްވަރު ކޮށްފައި އެ ހިތުގެ ހާލު ބަޔާންކުރިއެވެ.

ޝާޔާގެ އެޖަވާބުން ޔާންއަށް ހީވީ މުޅިތަން ކުއްލިޔަކަށް އަލިވިހެންނެވެ. ބަޔާން ކުރަންދަތި އުފާވެރިކަމެއް އެ ހިތައް ގެނުވައިދިނެވެ. ޝާޔާގެ ގައިގައި ވަރަށް ލޯބިން ބައްދާލުމައްފަހު ޔާންއަށް އިތުބާރު ކުރުމައް ބުންޏެވެ. އަދި ދުވަހަކުވެސް މި ލޮބައް ދެގޮތެއް ނުވާނެ ކަމައް ބުނެ ޝާޔާގެ ނިތުގައި ބޮސްދިނެވެ.

އެރޭ ނިމިގެން ދިޔައީ އެތައް އަހުދުތަކާ ވައުދު ތަކެއް ކުރުމައްފަހުގައެވެ. ލޯބީގެ މާބަގީޗާގައި އިތުރު ދެ ނަން ލިޔެލެވިގެންނެވެ.

ޝާޔާގެއަށް ލުމައްފަހު ޒިދާންއަށް ގުޅާލިއެވެ. މިޔަދު ޒިދާންކަހަލަ ރަހުމަތްތެރިއެއް ނެއްނަމަ ޔާން އަށް މިކަހަލަ ކަމެއް އެކަނި އެހާ ފުރިހަމަ ކޮށް ނުކުރެވުނީސް ކަން ހަމަ ޔަގީނެވެ.

“ކޮބާ ބަޑީ.. ފަހަރިގެ ޖަވާބަކީ ޔޭސް ދޯ” ޒިދާން ޔާންގެ މޫނުމައްޗަށް އަރަމުންދާ ކުލަވަރަށް ބަލަހައްޓައިގެން ހުރެ ބުނެލިއެވެ.

“ކިހިނެއް ޒިދް އަށް ތިހާ ޔަގީންކޮށް ބުނަންއެގުނީ” ޔާން ޒިދާން ކޮޑުގައި ޖަހާލުމައްފަހު ބުނެލިއެވެ.

“މިގަޑީ މަގުމަތިން ދާ ކޮންމެ މީހަކަށް ވެސް ޔާން ފެނިއްޖެއްޔާ އެގޭނެ…” ޒިދާން ހިނިގަނޑެއް ޖަހާލުމައްފަހު ބުނެލިއެވެ.

************************************

އާދުވަހަކަށް އިރު އެރީ ދެމީހުންގެ ހަޔާތުގަ އާކުލަ ތަކެއްޖައްސަމުންނެވެ. އުފާވެރިކަމުގެ އިހުސާސްތަކެއް ގެނުވައި ދެމުންނެވެ. މޯޅިއަކަށް ދެމެލުމައްފަހު ތުވާލި ހިފައިގެން ޝާޔާ ފާހާނާއަށް ވަނެވެ. އަލައް ފެށި ގުޅުމުގެ ވާހަކަ ތިޔާ ފިޔަވާ އެއްވެސް މީހެއްކައިރީ އަދި ބުނަން ޝާޔާ ބޭނުމެއް ނުވެއެވެ. މަންމަ މެންކައިރީ ފޯނުން މިފަދަ ވާހަކަ ދެއްކުން އެހާ ރަންގަޅު ނުވާނެތީ އިހައް މިގުޅުން ސިއްރެއްގެ ގޮތުގައި ބާވަން ބޭނުންވަނީއެވެ.

ހޮސްޕިޓަލްއަށްދާން ރެޑީވެގެން ލިއުއެއްކޮށް ސައިކޮޓަރިއަށް ދިޔައިރު އެންމެން ސައި މޭޒު ކައިރީ އިންތިޒާރުގައި ތިއްބެވެ.

“ކޮބާ މަބުނީމެއްނު މި އަންހެންވެރިން ދެ ކޮލުގައި ކުލަ ހާކައިގެން އަންނަން ވާ އިރައް ހުންނާނީ ކާއެއްޗެހި ނުބައި ވެފައޭ” މިއާން ދިމާކުރާ ރާގައް ބުނެލިއެވެ.

“ހޫން ހެވޭ ..ކާކުތަ ބުނީ މިއާންކައިރީ ނުކައި އިންތިޒާރުކުރަން” ލިއު ތުންދަމާލުމައްފަހު ގޮޑީގައި އިށީނިއެވެ.

“ޝާޔާ ރޮށި ނުކާނަންތަ .. މިހުރީ މަސްހުނި ވެސް ” އަރީފު  ޝާޔާ  ހަމަ އެކަނި ކޮފީތައްޓެއް ބޯލުމުން ބުނެލިއެވެ.

“ހެދުނު  ކޮފީއަކުން ފުދޭނެ ..ދެން ބުރޭކްއަށް އައިސް ކާނީ” ޝާޔާ ހިނިތުންވެލަމުން ބުނެލިއެވެ.

ހޮސްޕިޓަލް އަށް ވަދެ ޕޭޝަންޓުން ބެލުމުގެ ކުރިން ޔާން ޝާޔާއަށް މެސެޖެއް ކޮށްލިއެވެ.

“މިސްޔޫ ޝަންޝައިން” މެސެޖު ކިޔާލުމައްފަހު ޝާޔާގެ މޫނުމަތި އުޖާލާވެގެން ދިޔައެވެ.

ބުރޭކް ގަޑިޖެހުމުން ޔާން ޝާޔާއަށް ގުޅާލިއެވެ. ޔާން އެކީ ލަންޗައް އެ ގެއަށް ދިއުމައް ދައުވަތު ދިނެވެ. ޝާޔާފުރުމުގެ ކުރިން ވަރަށް ހާއްސަ ބަޔަކާ ޝާޔާއާ ބައްދަލު ކުރުވަން ބޭނުން ވާކަމައް ބުންޏެވެ.

ވަރަށް ލަދުން ހުރެ ނަމަވެސް ޔާން ދިން ދައުވަތު ޝާޔާ ގަބޫލުކުރިއެވެ. ލިއު ކައިރީ ރައްޓެއްސަކާއެކު ލަންޗައްދަނީ ކަމައްބުނެ ހޮސްޕިޓަލްއިން ނުކުތެވެ.

“މީހަކު އެއްޗެއް ނުކިޔާނެތަ” ޝާޔާ ޔާން ސައިކަލް ކައިރިއަށް ހިގާފައި ގޮސް ބުނެލިއެވެ.

“މީހަކު އެއްޗެއް ނުބުނާ ގޮތަކަށް ނޫޅެވޭނެ…އެހެންނުނަސް ތީ މިހާރު މަގޭ ގާލްފްރެންޑެއްނު..ސޯ އައި ހޭވް ދަ ރައިޓްސް” ޔާން ޝާޔާގެ އަތުގައި ހިފާލަމުން ބުނެލިއެވެ.

ހޮސްޕިޓަލްއިން ނުކުމެގެން އައި އަރީފްއަށް ޝާޔާ ޔާންގެ ސައިކަލްފަހަތުގައި ދާ މަންޒަރު ބަލަން ހުރެވުނީ ހައިރާން ވެފައެވެ. ޝާޔާއާ ޔާންގެ އޮތީ ކޮންކަހަލަ ގުޅުމެއްބާއޭ އަރީފްގެ ހިތައް އެރިއެވެ. މި ކަމާ ގުޅޭ ގޮތުން ހުދު ޝާޔާއާ ވާހަކަދެއްކުން ރަންގަޅު ވާނެކަމައް އަރީފް ގަބޫކު ކުރިއެވެ. މިހެން ލަސް ކުރަންޔާ ޝާޔާ ގެއްލިދާނެ ކަމުގެ ބިރު އެހިތައް ވެރިމިވީ އަދި ފުރަތަމަ ފަހަރުއެވެ.

ގޭ ދޮރުމައްޗަށް ހުއްޓި ޔާން ސަލާމް ގޮވާލިއެވެ.

“ވާލެއަކުމް ސަލާމް…އަހަ ދަރިފުޅު ޔާންތަ މަންމަ ހީކުރީ އެހެން މީހެއްކަމަށް ސަލާމް ގޮވުމުން” ހުސްނާ އަށް ޔާން ފަހަތުގައި އިސްޖަހަލައިގެން ހުރި ރީތި އަންހެން ކުއްޖާފެނިފައި ބޮލުގެ އިޝާރާތުން އެއީ ކޮންކުއްޖެއްތޯ ޔާން ކައިރީ އަހާލިއެވެ. މީގެ ކުރިން ޔާން އަކީ ދުވަހަކުވެސް ގެއަށް އަންހެން ކުއްޖެއް ގެނައި ކުއްޖަކަށް ނުވާތީ އެ އަންހެން ކުއްޖާއަކީ ވަރަށް ހާއްސަ ކުއްޖެއްކަން ހުސްނާއަށް ޔަގީންވެއެވެ.

“އަވަހައް އާދޭ އެތެރެއަށް .. މީ ކޮންނަމެއް ކިޔާ ކުއްޖެއްތަ” ޔާން އެއްލޯ މަރައިލުމުން ހުސްނާ ހިނިތުންވެލުމައްފަހު ޝާޔާއަތުގައި ހިފައިގެން ގެއަށް ވެއްދިއެވެ.

ހުސްނާއަކީ ޔާންގެ މަންމަ ކަން އެގުމުން ޝާޔާ ވަރަށް  ލަދުގަތެވެ. ފުރަތަމަ ފަހަރަށް މިކަހަލަ ކަމަކާ ކުރިމަތިލާން ޖެހުމުން ޝާޔާގެ ހިތް ބާރަށް ތެޅެންފެށިއެވެ.

ޔާން ޝާޔާ ގޮވައިގެން ގޮސް މުހުސިނު އޮންނަ ކޮޓަރިއަށް ވަނެވެ.

“ޝާޔާ މީ އަހަރެންގެ ބައްޕަ… އަހަރެންގެ ހުރިހާވެސް މީހަކީ ބައްޕަ އާ މަންމަ އެހެންވެ މިޔަދު މި ޝާޔާއާ ދިމާކުރުވަން މިގެއަށް މިގެނައީ”

“ދަރިފުޅާ ޔާން މީ ކޮން ކުއްޖެއްތަ” މުހުސިނައް ވެސް ޝާޔާ  ކުއްލިޔަކަށް ފެނުމުން ކޮށްލެވުނީ ސުވާލެކެވެ.

“ބައްޕާ މީ އަޅުގަނޑުގެ ވަރަށް ހާއްސަ ކުއްޖެއް ޝާޔާކިޔަނީ… ޝާޔާވެސް މީ ޑޮކްޓަރެއް” ޔާން ބައްޕަގެ އެދު ކައިރީ އިށީނަމުން ބުނެލިއެވެ.

“ބައްޕައަށް ވެސް އެގޭ ދަރިފުޅަށް ހާއްސަ ކުއްޖެއްކަން… ކިހިނެއްތަ އެކޮއެ؟” ޝާޔާ ދިމާލައް ބަލާލުމައް ފަހު މުހުސިނު ބުނެލިއެވެ.

“އަޅުގަނޑު އިރާދަ ކުރެއްވިއްޔާ ވަރަށް ރަންގަޅު …ޔާން ބައްޕަ ކިހިނެއްތަ؟” ޔާން އެއްފަހަރުވެސް އާއިލާ މީހުންނާ ބެހޭގޮތުން އެއްވެސް ވާހަކަ އެއް ދައްކާފައި ނެތުމުން ޝާޔާހުރީ ދައްކާނެ ވާހަކަ އެއް ނޭގިފައެވެ.

“ބައްޕަ އިރާދަ ކުރެއްވިއްޔާ ކުރިއަށް ވުރެ ވަރަށް ބޮޑުތަން ރަންގަޅު..ހަށިގަނޑަށް ލުއި ވާކަން އިހުސާސްވޭ މިހާރު” މުހުސިނު ދެއަތްނަގާ ﷲ އަށް ހަމްދުކުރިއެވެ.

“ދަރިފުޅާ ޔާން ..ޝާޔާ ގޮވައިގެން އަވަހަށް އާދޭ ކާން ގަޑިނުޖެހެނީސް” ހުސްނާ ބަދިގެފަރައިތުގަ ހުރެ ޔާން އަށް ގޮވާލަމުން ބުނެލިއެވެ.

ކައިނިމިގެން އަދި ފުރުމުގެ ކުރިންއަންނާނެ ކަމަށްބުނެ ގަޑިޖެހޭތީއާ އެއްކޮށް ޝާޔާ ޔާންއެއްކޮށް ނުކުތީ ބޭރަށެވެ.

“ޔާން މަންމަމެން ހާދަ ސުވީޓޭދޯ ” ޝާޔާ ޔާންގެ ސައިކަލް ފަހަތައް އަރަމުން ބުނެލިއެވެ.

“ދޭ އާ އޯލްވޭސް ބެސްޓް… ވާނެ އަދި ކޮންމެވެސް ދުވަހަކުން ޝާޔާގެ އާއިލާއާވެސް ބައްދަލު ކޮށްދެން .. ޝާޔާގެ އާއިލާ ރުހުން ލިބުނީމަ މިހިތައް ހިންހަމަޖެހުން ލިބޭނީ” ޔާން ބޭނުންވަނީ ވީހާވެސް އަވަހަކަށް ޝާޔާ ޔާން ގެ މީހަކަށް ހެދުމަށެވެ. އެހެންނަމަވެސް ރަންގަޅު ވަގުތު ޖެހެންދެން އަދި އެވާހަކަ ނުބުނެ މަޑުކުރަނީއެވެ.

“ޝާގެ ނުހުންނާނެ މާ ބޮޑު ފެމެލީއެއް .. މަންމަ އާ ބައްޕަ ހުންނާނީ…ދެން ތިޔާ ހުންނާނެ އެއީ ޝާގެ ބެސްޓް ފުރެންޑް އެއްކަލަ އެއާޕޯޓްއިން ދިމާވިނު އެއީ ތިޔާއަކީ… ” ޝާޔާ ފޯނުން ގަޑިބަލަމުން ބުނެލިއެވެ.

“އޯ ކިހިނެއްތަ އެކުއްޖާ މަތިން ހަދާން ނައްތާލާނީ… ހާދަ ވަރެއް ކޮށްލިޔޭ އެދުވަހު .. ސަލާމް ބުނައްޗޭ ޔާން ގެ އެގޭ”  ތިޔާ ވާހަކަ ބުނުމުން އެއާޕޯޓްއިން ވި ކަންތައް މަތިން ހަދާންވިއެވެ.

ސައިކަލް ޕާކުކުރުމައްފަހު ދެމީހުން އެކުއެކީހެން ގޮސް ހޮސްޕިޓަލްގެ އެތެރެއަށް ވަނެވެ. ރިސެޕްޝަންގައި މިމަންޒަރު ބަލަން އިން ނިޝާ ގެ މޫނުމަތި ވަނީ މިލާ މޯޅިވެފައެވެ. ދުވަހަކުވެސް އެހާ ގާތްކޮށް ޔާން ނިޝާއާ ވާހަކަ ދައްކާފައެއް ނުވެއެވެ. އެހެން އަންހެން ކުއްޖަކާ އެކު ޔާންފެނުމުން ނިޝާގެ ހިތައް ބަޔާން ކުރަންދަތި ގޮތްތަކެއް ވިއެވެ.

“އޭ ނިޝާ … އާޔޫއޯކޭ.. ގައިމު ބުނި ޔާން އެއީ ތިމަންނަގެ ބޯއީފްރެންޑޭ.. އެކަމަކު މިޔަދު އެއައީ އެހެން އަންހެން ކުއްޖެއް ސައިކަލް ފަހަތައް އަރުވައިގެން ..” އިލްވީ ޖެއްސުމުގެ ރާގައް ބުނެލިއެވެ.

“އިލްވީ އަށް ތި ނޭގެނީ މަގޭ ގޮތް .. މަ ހިތުލީ ކަމެއްވެއްޖެއްޔާ އެކަމެއް ހާސިލް ނުވަނީސް ހުއްޓައެއް ނުލާނަން..ބަލައްޗޭ…މިރަށައް ދެދުވަހައް އައި މީހަކަށް މަށައްވުރެ ގަދައެއް ނުވެވޭނެ.. ހުރެބަލަ މަމީ ކިހާވަރެއްގެ މީހެއްކަން އޭނައަށް ދައްކާލާނަން”” ނިޝާ ދެބުމަ ގޮށްޖަހާލުމައްފަހު މޭޒުމަތީގަ އޮތް ކަރުދާސް ގަނޑެއް ބޮޑިކުރަމުން ވަރަށް ގޮތުގައި ހުރެ ބުނެލިއެވެ.

 

 

-ނުނިމޭ-

މިވާހަކައިގެ ދެންއޮތް އެޕިސޯޑުގެ ލިންކު ކޮމެންޓް ސެކްޝަންގެ ތިރީގައި ވާނެއެވެ.

Share Article

Follow Me Written By

aminath shiyaa

Level 110 Stories

Other Articles

Previous

އަހަރެންގެ ދަރިފުޅު އެނބުރި އަންނާނެ ހެއްޔެވެ؟

Next

ތިޔަ އަސަރު 34

Next
February 15, 2018

ތިޔަ އަސަރު 34

Previews
February 15, 2018

އަހަރެންގެ ދަރިފުޅު އެނބުރި އަންނާނެ ހެއްޔެވެ؟

16 Comments!

  1. Ahammadhube says:
    February 15, 2018 at 11:54 am

    Asluves ahnhenverin v kanthah fala vaane

    1. aminath shiyaa says:
      February 17, 2018 at 11:07 am

      Thank you ahammadhube

  2. Shimla says:
    February 15, 2018 at 11:55 am

    V reethi… plx yaan n shaaya vakinukurahchey

    1. aminath shiyaa says:
      February 17, 2018 at 11:07 am

      Thank you shimla… ☺

  3. Yaaan says:
    February 15, 2018 at 11:56 am

    Nishaa ulhey vahthareh dhw

  4. Pinky shifoo says:
    February 15, 2018 at 11:57 am

    Hii shiyaa ??… Mi part vx v reethi ☺️☺️… N “ethereyga I love you jahaafa huhteve” e sentence ga huhteve ge badhaluga “ineve” innama eyah vure reethi vaane henn heevey n ” dhimaakuruvan ” eyge badhaluga ” bahdhalukuruvan” liyunyma eyah vure reethi vaane henn heevany… Ethanthan faahaga veema bunely.. ???.. Keep up the good work… Waiting for next part ???

    1. aminath shiyaa says:
      February 17, 2018 at 11:09 am

      Thank you pinky shifoo… really appreciate your kind opinion… inshaa Allah mistakes rangalhu kohlaanan… thank you once again☺☺☺

  5. Liu says:
    February 15, 2018 at 11:59 am

    Yaan kahala biteh maves beynumee ?????????

    1. aminath shiyaa says:
      February 17, 2018 at 11:10 am

      Yeah dhw ?? thank you liu

  6. Immi says:
    February 15, 2018 at 12:20 pm

    Konme dhuvahaku up kohdheeba shiyaa

    1. aminath shiyaa says:
      February 17, 2018 at 11:11 am

      Aslu office ga busy koh ulheythee udhagulee.. V vaahaka liyaa hithun mi liyanee cbc try kuraanan avahah up kureveytho
      Thank you immi ☺

  7. naavii says:
    February 15, 2018 at 8:19 pm

    when next part

    1. aminath shiyaa says:
      February 17, 2018 at 11:12 am

      Inshaa Allah this sunday
      ☺☺

  8. Sheyou says:
    February 17, 2018 at 12:00 am

    Ehaa avahah e dhekudhin vaki nukuracchey bbe
    Plz
    Vaahaka hama varah varah rythi igehhh ?
    Dhn kiyuntherin dhigu koh beynun vyma dhigu koffa hurikan faahaga kollan. Really appreciate ? thy hama loibbeh ?

    1. aminath shiyaa says:
      February 17, 2018 at 11:13 am

      Alhey so sweet
      Thank you seeyou ???☺

  9. Misha says:
    March 26, 2018 at 7:41 pm

    Dhekudhin vakinukurahchea..nice story..keep going.

Comments are closed.

Next Episodeއިންތިހާ – 11←


All Right Reserved!