Esfiya - Dhivehi Vaahaka Site
  • އިތުރު
    • އެހެނިހެން
    • ހަޤީޤީ
    • ހިތާމަ
    • ދީނީ
    • މަޒުމޫނު
    • ޅެން
    • މަޖާ
    • ލޯބި
    • ބިރުވެރި
  • އެސްފިޔަ
    • އެސްފިޔަ ޕްރޯ
    • ޤަވާއިދު
    • އިސްތިހާރު ކުރެއްވުމަށް
    • ގުޅުއްވުމަށް
    • މަގޭ ވާހަކަތައް
    • ★ޕޮއިންޓްސް★
  • ލޮގިން
  • ރެޖިސްޓަރ
  • އެހީ
  • ސީރީސްތައް
  • ފުރަތަމަ ޞަފްހާ
ހިތާމަ

ކަތިފިޔަވަޅު

aminath shiyaa Level 110 Stories
January 22, 2018 6 Mins Read
10 Comments

ކޮންމެ އަހަރެއްގަ ބޮޑުޗުއްޓީ ވެގެންދަނީ  އަހަރެންނައް އުފާވެރިކަން ގެނެސްދޭ ދުވަސްތަކަކަށެވެ. ކިޔެވުމުން ބުރޭކްއެއްނަގާ މިހާ ހަމަޖެހެލުމައް ލިބޭދުވަސްތަކެއްގެ ގޮތުގައެވެ. އެގޮތުން ކޮންމެ އަހަރެއްގެ ބޮޑު ޗުއްޓީއަކު މަންމަގެ އެއްބަޑު އެއްބަފާ ދައްތައެއް ކަމަށްވާ ނަސީރާ  ކައިރިއަށް އަހަރެން މާލެދަމެވެ. ދައްތަމެންނަކީ މާލޭގަ ކުއްޔައް އުޅެމުންދާ ބަޔެކެވެ. އެގޮތުން އިތުރު އާމްދަނީއެއް ހޯދުމައްޓަކާ ހެދިކާ ހަދައިގެން ހެދިކާ ވިއްކައެވެ. ގެއާ ޖެހިގެން ކުއްޔައް ހިފާފައިވާ ކުޑަ ތަނެއްގައި އަހަރެންނާ ދައްތަކެ ދޮށީ އަންހެން ދަރިފުޅު ކަމައްވާ އީންއާ ދެމީހުން ކޮންމެ ދުވަހަކުވެސް ހެދިކާ ވިއްކަން ތިބެމެވެ.

އެގޮތުން އެއްދުވަހައްގެ ހަވީރެވެ. އަހަރެން ސިއްސައިގެން ދިޔައީ އައި ކަސްޓަމަރެއް އަހަރެންގެ ނަމުން ގޮވާލީމައެވެ. އަހަރެން ވަރަށް ހައިރާންވެފައި އޭނަކައިރީ އަހަރެންގެ ނަން އެގުނީ ކިހިނެއްހޭ އެހުމުން ބުނީ ލައިކްވާ ކުއްޖެއް ވެއްޖެއްޔާ ނަން ހޯދުމަކީ އެހާ އުދަގޫ ކަމެއް ނޫން ކަމަށެވެ. އަދި އޭނަ އަށް ކިޔަނީ ޝާއިން ކަމުގައި ބުންޔެވެ. އަހަރެން ކައިރީގައި އީންދައްތަ އިނުމުން އެއްޗެއް ބުނާކަށް އަހަންނަކަށް ނުކެރުނެވެ. މި ގޮތައް އޭނަ އަންނަތާ ތިން ވަނަ އަށް ވީދުވަހު އަހަރެން ވަރަށް ހިއްވަރު ކޮށްފައި އޭނައާ ކުރިމަތިލީމެވެ. އޭރު އީން ދައްތަވެސް އަދި އިތުރު ކަސްޓަމަރެއް ފިހާރައިގައި ނެތުމުގެ ސަބަބުން ޝާއިންއާ ކުރިމަތިލުން ވީ ވަރަށް ފަސޭހަ ކަމަކަށެވެ.

“ކިހާ ދެރަކަމެއްތަ ތަނަކުން އަންހެން ކުއްޖެއް ފެންނަ އިރަށް ޖެހޭތަ ފޮށެން، ތިހެން އުދަގޫ ކުރަން މިތަނައް އަންނަންޔާ ޕޮލިހައް އަންގާނީ” އަހަރެން ޝާއިން ދިމާލައް ބުނީމެވެ.

“ވަރަށް ބޮޑަށް ސޮރީ ނާޝް، ފަހަރެއްގަ ވެސް ޝާއިން ބޭނުމެއްނޫން ނާޝްއަށް އުދަގޫ ވާފަދަ އެއްވެސް ކަމެއް ކުރާކަށް، އިރާދަ ކުރެއްވިއްޔާ ދެން އުދާގޫ ކުރާކަށް ނާނާނަން” މިހެން ބުނުމައްފަހު ޝާއިން ފިހާރައިން ނިކުމެގެން ހިގައްޖެއެވެ.

އެދުވަހައްފަހު ޝާއިން މަގެއްގެ މަތިންވެސް އަހަރެން ނުދެކެމެވެ. ޝާއިން އަކީ އަހަރެން މާ ގަޔާވާ ސިފަތަކެއް ލިބިފައި ހުރި ޒުވާނެއް ނޫން ކަމުން އަހަރެން އެހާ ގަޔާވާގޮތެއް ނުވިއެވެ. ރީތި ކަމަކީ ކޮންމެ އިންސާނަކުވެސް ވަރަށް ގަޔާވާ ސިފައަކަށް ވުމުން އަހަރެންވެސް ބޭނުން ވީ އަހަރެންގެ ހަޔާތުގެ ބައިވެރިއަކަށް ވާން ވަރަށް ރީތި މީހެކެވެ.

ޗުއްޓީ ނިމި ތައުލީމީ އާއަހަރަކަށް މަރުހަބާ ކިޔައިފިއެވެ. އެގޮތުން އަހަރެން ވެސް މާލެއިން ރަށައްއައީ އާއަޒުމެއް ކަނޑައަޅައިގެން ނެވެ. އެއީ ޖީ.ސީ.އޯލެވެލް އިމްތިހާނުން ރަންގަޅު ނަތީޖާއެއްހޯދާ މަންމަމެން ފަހުރު ވެރި ވާނެ ފަދަ ދަރިޔަކަށް ވުމުގެ އުންމީގުގައެވެ.

އެހެން އަހަރުތަކެކޭ އެއްގޮތައް ފުރަތަމަދުވަހުގެ އެސެންބުލީވެސް ނިމުނީ ވަރަށް ގިނައިރު ކޮޅައް އެސެންބުލީ ހޯލްގައި މަޑުކުރުމައްފަހުގައެވެ. އެސެންބުލީ ނިންމާލުމައްފު ހުރިހާ ކުދިން އެއްކޮށް އަހަރެންވެސް ކުލާސް ރޫމް ތެރެއަށް ވަނީމެވެ. ފިރިހެން އަންހެން ވަކި ކޮށްފައި ހުރުމުގެ ސަބަބުން އަހަރެންގެ ބޮލައް ވަރަށް ފަސޭހަވިއެވެ.

ރޭގަނޑު ނަގާ އެކްސްޓުރާ ކުލާސްތަކަކީ އަހަރެން އެހާ ގަޔާވާ ކުލާސްތަކެއް ނޫނެވެ. އެއީ ކިޔެވުމައް ވުރެ ބޮޑުބައި ދަނީ މަޖަލުގައެވެ. އެއްރޭ އަހަރެން އެންމެ ގާތް ރަހުމަތްތެރިޔާ އަދި ކުލާސްމޭޓް ކަމައްވާ މަރީއެއްކޮށް ބެލް ޖަހަންދެން ސްކޫލު ފާރުކައިރީ މަޑުކޮށްލައިގެން ހުރީމެވެ. އަދި އަހަރެމެންނާ މާދުރު ނޫން ހިސާބެއްގައި ތިން ފިރިހެން ކުދިން މަޑުކޮށްލައިގެން ތިއްބެވެ. އަހަރެން ލޮލުގައި ފުރަތަމަވެސް އަޅައިގަތީ އެތަނުން އިސްކޮޅުން ދިގު ޗޮކުލެޓް ކުލައިގެ ރީތި ހަންގަނޑެއް ލިބިފައިވާ ރީތި ޒުވާނަކަށެވެ.  އެ ވަރުގަދަ ދެބުމަ އާއި ،ރީތި ކަޅުކުލައިގެ ލޮލެކެވެ. އެހާމެ ރީތި ފިރިހެންވަންތަ ތުންފަތެކެވެ. އަހަރެން ސިއްސައިގެން ދިޔައީ މަރީ އަހަރެންގެ ކޮޑުގައި ހިފާ ތަޅުވައި ގަތީމައެވެ.

“ނާޝް ހާދަވަރަކަށޭ ތިބަލަނީ އެ މީހުން ދިމާލައް، މިހާރު ބެލް ވެސް އެއޮއް ޖެހީ ދެންވެސް ހިގާބަ ދާން” މަރީ އަހަރެންގެ އަތުގައި ހިފައިގެން ސްކޫލްގެ ގޭޓާދިމާލައް ދަމުން ބުންޔެވެ.

“މަރީ އެތާ އެހުރީނު ތަންކޮޅެއް ދިގުކޮށް ބޯއީއެއްދޯ، އެއީ ކޮން ކުއްޖެއްތަ؟ އަހަރެން ބޭނުންވީ އެއީ ކާކުތޯ ބަލާށެވެ.

“ހޫން މީދޯ މިވީ ގޮތަކީ، އެއީ މިތާކައިރި އެހެން ރަށެއްގެ ކުއްޖެއް، އެގޭނުދޯ ނަފީސައްތަ އެގޭގަ ހުންނަނީ ، އޭނަވެސް އުޅެނީ ގުރޭގް ޓެން ގަ، މި ބުނީ ޓެން ބީ އޭ، ކިޔާނީ ލާމިއު. މިވަރުން ފުދޭތަ؟” މަރީ އަހަރެންނާ ދިމާކުރުމުގެ ގޮތުން ބުންޔެވެ.

މި ގޮތުން ސުކޫލައްދާ ކޮންމެ ފަހަރަކުވެސް ލާމިއު ފެނޭތޯ އަހަރެން ވަރަށް ބަލަމެވެ.

މަރީއެއްކޮށް ފާރުކައިރީ އެކުސްޓުރާ ކުލާހައް އައިސް ހުރި ރެއެކެވެ. އަހަރެމެންދައްކަމުން ދިޔަ ވާހަކަ މެދު ކަނޑާލަން ޖެހުނީ ކުއްލިޔަކަށް ލާމިއު އެތެނައް އައުމުންނެވެ.

“ހައެ، ކޮންމެ ރެއަކު މާގިނައިން ބަލާތީ މިއައީ ފުރެންޑް ވެލަން” ލާމިއު ލާނެތް ހިނުތުން ވުމެއް ދެމުން ބުނެލިއެވެ.

އަހަރެން އެރޭ ވަރަށް ލަދުގަތެވެ. އެހެންކަމުން ވީހާވެސް ލާމިއު އައް ނުބަލާ ސުކޫލައް ވަދެވޭތޯ އަހަރެން ބަލަމެވެ. މަދު ފަހަރެއްގަ އަހަންނައް ބަލާލެވޭ ފަހަރަކު ވެސް ލާމިއު ހުންނަނީ އަހަރެން ދިމާލައް ބަލަހައްޓައިގެން ހިނިއައިސްފައެވެ.

މެންދުރު ސުކޫލު ނިންމާލައިގެން އައިސް ބަދިގޭގައި މަންމައައް އެހީތެރި ވުމައްފަހު ރެސްޓް ކޮށްލަންވެގެން އަހަރެން ކޮޓަރިއަށް ގޮސް ޖައްސާލީމެވެ. އަދި ފުންވިސްނުމެއްގައި އޮއްވަ އަހަރެންގެ ފޯނައް ނުދަންނަ ނަންބަރަކުން ގުޅަންފެށިއެވެ. އަހަރެން ފޯނުގެ ސްކުރީނުން ފެންނަމުން ދާ ނަންބަރައް ވިސްނާލުމައްފަހު ފޯނު ނެގީމެވެ.

“ހަލޯ ކާކު؟” އަހަރެން ކުރު ޖުމްލައަކުން ކާކުހޭ އަހާލީމެވެ.

“ނޭގުންތަ މީ ލާމިއު، ވަރަށް އުދަގުލުން ފޯނު ނަންބަރ ލިބުނީ، ކިހިނެއްތަ ނާޝް؟”

އަހަރެންނައް ލާމިއުގެ އަޑު ފޯނުން ޖެހުމާއެކު ބާރައް ހިތްތެޅެން ފެށިއެވެ. އަހަރެންގެ ދޫވެސް ހީވީ މީހަކު ތަޅުއަޅުވާފައި ހުރިހެންނެވެ.

“ހަލޯ، ނާޝް، ހަމަ ވާހަކަ ނުދައްކާނަންތަ؟” އަހަރެން އެއްޗެކޭ ނުބުނުމުން ލާމިއު އަހާލިއެވެ.

” ނޫން ވާހަކަ ނުދައްކާކަށް ނޫން، ލާމިއު ކުއްލިޔަކަށް ގުޅީމަ އަސްލު” އަހަރެން ވަރަށް ލަދުން ހުރެ ބުނީމެވެ. ހުދު އަހަރެން ވެސް ލާމިއު އާ ވާހަކަ ދަންކަން ބޭނުންމެވެ. ލާމިއު ފެނުން ފުރަތަމަ ރޭވެސް އަހަންނައް ބުނެދެން ނޭގޭ އިހުސާސްތަކެއް ކުރުވިއެވެ.

ގިނަ ރޭރޭ އަހަންނައް ނިދެނީވެސް ލާމިއުގެ ފޯނު ކޯލުގައި އޮއްވައެވެ. އަހަރެންގެ ހުރިހާ ސަމާލުކަމެއް ވަނީ ލާމިއު އަށް ހުއްޓިފައެވެ. މިކަމުގެ ނަތީޖާއަކަށް ވީ ކިޔެވުމާ ދުރުވާން ފެށުމެވެ.

އަހަރެމެން ދެމީހުން ގެ ގުޅުން ލޮއެބައް ބަދަލް ވާކަށް މާގިނަ ދުވަހެއް ނުނެގިއެވެ. އެއްކޮށް ސުކޫލައް ގޮސް އައިސް ހަދަން ފެށުމުން އެތައް ބައެއްގެ ނަޒަރު އަހަރެމެންނައް ހުއްޓުނެވެ. މަންމަ ވެސް އަހަރެންނާ ލާމިއުގެ ގުޅުމާ ބެހޭގޮތުން ސުވާލުކުރިއެވެ.

އަހަރެން ދުވަހަކުވެސް މަންމަ އައް ދޮގުހަދައިފައި ނުވާތީ ލާމިއު ދެކެ ލޯބިވާ ވާހަކަ ބުނީމެވެ. އެހެންނަމަވެސް މަންމަ ބުނީ މީ އެންމެ ފަހު އަހަރައް ވުމުން ކިޔެވުމައް ބުރުއަރާފަދަ ކަމެއް ނުކުރުމަށެވެ. އަދި ކިޔަވާ ނުނިމެނީސް ކުއްޖަކާ ގުޅުން ބޭވުމަކީ މަންމަ އެހާ ގަބޫލު ކަމެއް ނޫންކަމުގައި ބުންޔެވެ. އަހަންނައް އިތު އެއްޗެއް ބުނާކަށް ނުކެރުނެވެ.

މަންމަ އެހެން ބުނި ވާހަކަ އަހަރެން ލާމިއު ކައިރީ ބުނީމެވެ. އެހެން ކަމުން ލާމިއު ބޭނުންވީ އަހަރެމެން ދެމީހުންގެ ރިލޭޝަންޝިޕް ސިއްރެއްގެ ގޮތުގައި ކިޔަވާ ނިމެންދެން ބޭވުމަށެވެ.

އަފުތާގެ އެންމެ ފަހު ދުވަސްކަމުން ސުކޫލުގެ ކަންތައް ނިންމާލުމައްފަހު އަހަރެން ސީރީޒްއެއް ބެލުމައްޓަކާ ލެޕްޓޮޕް ނަގައިގެން އިނީމެވެ. މިހެން އިދެވުނީ ކިހާ އިރެއް ކަމެއްވެސް އަހަންނަކަށް ނޭގެއެވެ. ސީރީޒް މެދުކަނޑާލަން ޖެހުނީ ލާމިއު ގުޅުމުންނެވެ.

“ހެލޯ ލަވް ކީތިކޮށްލަނީ” ލާމިއު އަހަރެން ފޯނު ނެގުމާއެއްކޮށް ބުނެލިއެވެ.

“ސީރީޒްއެއް ބަލަން މިއޮތީ ލާމި ކީކުރަނީ” އަހަރެންވެސް ބުނެލީމެވެ.

“ވަރަށް މިސްވާތީ މިއުޅެނީ ދަންތަ ނާޝްގެ ލޯބި ލޯބި މޫނުދެކިލަން ” ލާމިއު މަސްތީ އަޑަކުން އަހަރެން ކައިރީ އަހާލިއެވެ.

އަހަރެން މަންމަ މެން ހޭލަފާނެ ކަމުގައި ލާމިއު ކައިރީ ބުނީމެވެ. އެހެން ނަމަވެސް ލާމިއު އާދެސް ކުރާވަރުން އަހަންނައް އިންކާރު ކުރާކަށް ނުކެރުނެވެ. އެރޭ ލާމިއު އައުމުން އަހަރެން ވަރަށް ގިނައިރު ވާހަކަ ދައްކަން ހުރީމެވެ.

ލާމިއު އަހަރެންގެ އުނަގަނޑުގައި ހިފާ ލާމިއުގެ ގަޔާކައިރި ކޮށްލުމައްފަހު ވަރަށް ލޯބިން އަހަރެންގެ ގައިގައި ބައްދާލިއެވެ. އަހަރެން ނައް ލާމިއު ގެ މި ހަރަކާތުން ހަށިގަނޑުގައި ހުރި ލޯލިތައް ކޮޅައްޖެހުނެވެ. ބުނެދެން ނޭގޭ މަސްތީކަމެއް ގެނުވާދިނެވެ. އަހަރެން ގެ ތުންފަތުގައި ލޯބި ކޮށްލުމައްފަހު އަހަރެންދެ ވަރަށް ލޯބިވާ ކަމުގައި ލާމިއު ބުނަމުން ދިއައެވެ.

ދެމީހުން ދެމީހުންނައް ބޭނުން ވެފައި ހުރިވަރުން އެރޭ ކުރެވުން ނުކުރެވުން ކަމެއްވެސް އަހަންނަކަށް ނޭގުނެވެ. މުޅި ތަޅުން މަތީ އޮތީ އަހަރެން ލައިގެން ހުރި ހެދުމެވެ. ލާމިއުގެ ހެދުން އެދުގެ އެއްފަރާތެއްގައި އޮތެވެ. ބެޑުޝީޓްވަނީ ހަޑިވެފައެވެ. އަހަރެންގެ ދައްބަނޑުގައި ގަދަޔައް ރިއްސަންފެށިއެވެ.

އަހަރެން ލާމިއު ކައިރީ އަހަންނައް ދެރަގޮތެއް ނުހެދުމައް ބުނީމެވެ. އަދި ލާމިއުއައްޓަކާ އަހަރެންގެ ލޯބި ގުރުބާން ކުރީމެވެ.

ފަތިސް ވުމުގެ ކުރިން އަހަރެން ލާމިއު ފޮނުވާލީމެވެ. ލާމިއު ދިއުމާއެކު މަންމަމެން ހޭލުމުގެ ކުރިން ބެޑުޝީޓް ދޮވެ ކޮޓަރިތެރެ ތަރުތީބު ކޮށްލާ ހެދީމެވެ.

އެރެއަށްފަހު ކޮންމެ ރެއަކުވެސް މަންމަ މެން ނިދުމުން އަހަރެން ލާމިއުއާ ބައްދަލު ކުރަމެވެ. ހުދު އަހަންނައްވެސް މިކުރެވެނީ އެހާ ރަންގަޅު ކަމެއް ނޫން ކަމުގައި އިގޭއިރުވެސް ލާމިއު ދެކެ ލޯބިވާތީ އަދި އެ ލޮއެބައް ބޭނުންވެފައި ހުރި ވަރުން ބައްދަލު ނުކޮށް ނުހުރެވެނީއެވެ.

އަހަރެމެންގެ މި ގުޅުމަށް ފަސް މަސް ވެފައި ވަނިކޮށް އެއްދުވަހަކު އަހަރެން އާއިލާ އެންމެން އެކޮށް މެންދުރު ކާން އިންދަ މޭ ނުބައި ކުރާގޮތައް ވާން ފަށައިފިއެވެ. އަހަންނައް ދުވެފަ ސިންކްއާ ހަމައަށް ދެވުނީ ކިރިއާއެވެ. އޯކައްދެމި ހޮޑުލެވެން ފެށިއެވެ. ހުދު އަހަންނައް ވެސް ދެންވީ ގޮތެއްނޭގެއެވެ. ހޭވެރިކަން ވީއިރު އަހަރެން އޮތީ ހޮސްޕިޓަލްގައެވެ.

އޭރު މަންމަ އާ ބައްޕަ އަދި އާއިލާ އެހެން މީހުންވެސް ކައިރީގައި ތިއްބެވެ. މަންމަ ގެ ރަތްވެ ދުޅަވެފައިވާ ދެލޯވެފުމުން އަހަރެން ވެގެން އުޅޭ ގޮތެއް އޮޅުން ފިލުވާލީމެވެ. އަހަރެން ހީކުރީ އަހަރެން ހޭނެތުމުން މަންމަ މާބޮޑައް ފިކުރު ބޮޑުވީ ކަމަށެވެ.

އަހަންނައް ދެން މަންމަގެ އަގައިން އިވުން ޖުމްލައިން އަހަރެން ގައިގައި ހީބިހި ނަގައި ގަތެވެ.

“ނާޝް ބަޑުބޮޑު” މިހެން ބުނެފައި މަންމަ ބާރައް ރޯން ފެށިއެވެ.

ބައްޕަ އަދި އާއިލާ މީހުންވެސް އަހަރެން ދިމާލައް ވަރަށް އެއްޗެހި ކިއެވެ. އަދި ބަނޑުގައިވަނީ ކާކުގެ ދަރިއެއްތޯ އަހަންނާ ސުވާލުކުރިއެވެ. އަހަރެން ވަރަށް ހިތްވަރު ކޮށްފައި ލާމިއު އޭ ބުނެލީމެވެ.

މަންމައާ ބައްޕަ އެހާ ގިނައިން ދުވަހަކުވެސް ރޯތަނެއް އަހަރެން ނުދެކެމެވެ. ގެއައް އައުމައްފަހު މަންމަ އަހަންނާ ދިމާލައް ވަރައް އެއްޗެހި ކިއެވެ. ތިފަދަ ހަޑި ހުތުރު އަމަލެއް ހިންގުމުގެ ކުރިން އާއިލާއާ މެދު ވިސްނާ، އާހިރަތާ މެދު ބިރު ވެތިވި ނަމަ ކިހާރަންގަޅުހޭ މަންމަ ބުންޔެވެ. ބައްޕަ އަހަންނާ ވާހަކައެއްވެސް ނުދައްކައެވެ. އަދި ތިފަދަ ހަޑިހުތުރު އަމަލުކުރާ ދަރިންނެއް ބައްޕަގެ ނުހުންނާނެ ކަމުގައި ބުނެ ، ގޭން ނުކުމެގެން ދާން އަހަންނައް އަމުރު ކުރިއެވެ.

އަހަރެން ރޮމުން ރޮމުން އައިސް ކޮޓަރިއައް ވަނީމެވެ. އަދި ލާމިއު އައް ގުޅާ ކަންތައް ވެގެން އުޅޭ ގޮތުގެ ވާހަކަ ބުނީމެވެ. އަދި އަހަރެންގެ ބަނޑުގައި މިވަނީ އަހަރެން އެކަނި ކުރި ފާފައެއްގެ ނިޝާނެއް ނޫން ކަމުގައިވެސް ބުނީމެވެ.

ލާމިއު ބުނީ އޭނައައް ދެރިފުޅުގެ ޒިންމާ ބޮލުގައި  ނޭޅުވޭނެކަމަށެވެ. އަދި އެފަދަ ޒިންމާއެއް ބޮލުގައި އަޅައިގެން އޭނަގެ ހުރިހާ ހުންމީދެއް ވެއްޔާ މޮޑެލަން ބޭނުން ނުވާކަމަށެވެ. އަހަރެން ލާމިއު ކައިރީ ވަރައް އާދެސް ކޮށް ރޮއެ ހެދީމެވެ. އަދި އަހަރެން އެކަނި ބޭޒާރުކޮށް ގިނަ ނުކޮށްލުމައް ބުނެ އާދެސް ކުރީމެވެ. އެހެން ނަމަވެސް ލާމިއު އަހަރެން ދެއްކި ވާހަކަ ތަކަށް ދިނީ ބީރު ކަންފަތެކެވެ. އަދި އޭނަގެ އެއްވެސް ދަރިއަކު ނުހުންނާނެ ކަމައްބުނެ ފޯނުކަނޑާލިއެވެ.

އެދުވަހައްފަހު ސުކޫލައް ދިއުންވެސް ހުއްޓުނެވެ. އަހަރެން ގޭގަ އުޅުނަސް އަހަންނާ އަގައިން ބުނެ ހަދާލާނެ މީހެއްނެތެވެ. ބައްޕަ ގޭން ނުކުމެގެންދާ އަމުރުކުރުމުންވެސް ވަންނާނެ ދާނެ އިތުރު ތަނެއް ނެތުމުން އަހަރެން ކެއްކޮށްލާފައި ގޭގައި އުޅެމުން ގެންދިޔައީމެވެ.

ރަށުގެ މީހުންގެ މަލާމާތުގެ ބަސްތަކުން މަންމަ އަބަދުމެ ހުންނަނީ ރޮއެލަ ރޮއެލައެވެ. އެފަކީރުގެ ހާލަތު ފެނުމުން އަހަރެންގެ ނަފްސް ދެކެ އިންތިހާއައް ރުޅިއާދެވުނެވެ. ހިތްފަޅާގެން ދާހާވެއެވެ. އަމިއްލަޔައް މަރުވުމައް އެތައްފަހަރަކު އަހަރެން ހިތައް އެރިއެވެ. އެކަމަކު ފާފައެއްގެ މައްޗައް ފާފައެއް ކުރަން އަހަރެން ބޭނުމެއް ނޫނެވެ. އަހަރެން ބޭނުންވަނީ އަހަންނައް ކުރެވުން ފާފައަށް ތައުބާވެ އާއަޒުމަކާ އެއްކޮށް ކުރިއައްދިއުމަށެވެ.

ސުކޫލައް ދިއުން ހުއްޓާލުމައްފަހު އަހަރެން އެންމެ އެއްކޮށް އުޅުން ރަހުމަތްތެރިޔާ ވެސް އަހަރެންގެ ހާލު ބަލައިލަން ވެސް ނާދެއެވެ. އަހަރެން ފަދަ މީހަކާ ބައްދަލުކުރަން ލަދު ގަންނަނީ ކަމައްވެސް ވެދާނެއެވެ.

ލާމިއު ގެ ނަން އިވުނަސް އަހަރެން މިހާރު ފޫހިވެއެވެ. އަދި ލާމިއު ގެ ހަދާން އާކޮށް ރޮއެހަދަން އަހަރެން ބޭނުމެއް ނޫނެވެ. އެހެން ނަމަވެސް އަހަރެންގެ ބަނޑުގައި މިވާ ފުރާނަ ވާހާ ހިނދަކު ލާމިއުގެ ހަދާން ތަކާ ދުރައްދާނީ ކިހިނެއް ހެއްޔެވެ.

ދުވަސްފުރި ވިހާ ގަދަ ވުމައްފަހު އަހަރެންގެ ގައިގައި ހައްދު ޖެހުނެވެ. އެދުވަހު ރަށުގެ އެންމެން އެތެނައް އެއްވެފައި ތިއްބެވެ. އަހަރެން ދިމާލައް އެތައް ބަޔަކު އެދުވަހު އަހަރެން ހިތްފަޅައިގެން ދާވަރު އެއްޗެހި ކިއެވެ. ކޮންމެ އެތިފަހަރެއް ޖަހާއިރު އެއަޅާ ވޭނައްވުރެ މީހުން ގެ ބަސްތަކުން އަހަރެންގެ ހަށިގަނޑުގައި އަޅާވޭން މާބޮޑެވެ. އަހަރެން އަމިއްލަޔައް ދަރިޔަކު ނުހޯދޭނެ ކަން އެމީހުން ނައް ނޭގެނީބާއޭ އަހަރެންގެ ހިތައްއަރަމުން ދިއައެވެ. އަހަރެންނާ އެއްވަރައް މި ކަމުގައި ލާމިއު ހިއްސާ ވާނެކަން ހަމަ ޔަޤީނެވެ.

އަހަންނައް ވަގުތީ އުފަލެއްގެ ބޭނުމުގައި އެޅުނު މިކަތިފިޔަ ވަޅުގެ ސަބަބުން އަހަރެންގެ މުޅިހަޔާތް މިވަނީ ބަދަލުވެފައެވެ.

-ނިމުނީ-

 

Share Article

Follow Me Written By

aminath shiyaa

Level 110 Stories

Other Articles

Previous

ނޭންގިހިތޭ ގެންދެވީމަ މިތުރާ… (18، ފަހުބައި)

Next

ހިތާ ފުރާނައިން (14)

Next
January 23, 2018

ހިތާ ފުރާނައިން (14)

Previews
January 22, 2018

ނޭންގިހިތޭ ގެންދެވީމަ މިތުރާ… (18، ފަހުބައި)

10 Comments!

  1. Marie says:
    January 23, 2018 at 10:24 am

    Varah reethi

  2. How loves story says:
    January 23, 2018 at 1:35 pm

    V nice

  3. A says:
    January 23, 2018 at 4:36 pm

    Thy shiyaa thy velidhoo kuhjehtha???

    1. aminath shiyaa says:
      January 25, 2018 at 12:30 am

      velidhoo eh noon ?

  4. Anga gadha mithuru says:
    January 23, 2018 at 4:46 pm

    Mrege ehn part eh genes dheyn v nun

    1. aminath shiyaa says:
      January 25, 2018 at 12:43 am

      V visnaanan…thank you ?

  5. Nazeera says:
    January 24, 2018 at 3:10 pm

    Your stories are lovely but it would be more lovely if you could write a long story please its a request do you know i know a Shia who also writes story like you so she is my friend and if you are accepting my request you are the one of the best story
    ????Writer

  6. Nazeera says:
    January 24, 2018 at 3:25 pm

    I’m sorry but story mihaa kuruveema aslu kada. Ehaa foani umeedhakaaekee Kiya Kiya huthai story eo avahaanimuny please mibaa ???improve kolachey

  7. aminath shiyaa says:
    January 25, 2018 at 12:33 pm

    Hello naseera.. thank you so much for the feedback.. rangalhu kohlaanan thikanthah aslu mi story mee friend eh ge request ah liyefa oiyy vaahaka eh ehenve ehen gennan jjehunee ???????

  8. Misha says:
    March 27, 2018 at 9:56 am

    Ibrahtheri vaahaka eh..salhi keep it up..

Comments are closed.



All Right Reserved!