Esfiya - Dhivehi Vaahaka Site
  • އިތުރު
    • އެހެނިހެން
    • ހަޤީޤީ
    • ހިތާމަ
    • ދީނީ
    • މަޒުމޫނު
    • ޅެން
    • މަޖާ
    • ލޯބި
    • ބިރުވެރި
  • އެސްފިޔަ
    • އެސްފިޔަ ޕްރޯ
    • ޤަވާއިދު
    • އިސްތިހާރު ކުރެއްވުމަށް
    • ގުޅުއްވުމަށް
    • މަގޭ ވާހަކަތައް
    • ★ޕޮއިންޓްސް★
  • ލޮގިން
  • ރެޖިސްޓަރ
  • އެހީ
  • ފުރަތަމަ ޞަފްހާ
ލޯބި

އިންތިހާ – 8

aminath shiyaa Level 110 Stories
February 10, 2018 4 Mins Read
17 Comments

 

ފައިލް ތަކެއް ހިފައިގެން ނުކުއިން ޔާންގެ ނަޒަރު ހުއްޓުނީ އަރީފްމެންނާއެކު މަޑުކޮށްލައިގެން ހުރި ޝާޔާއަށެވެ.

“އެއާޕޯޓް ގާލް” ޔާންގެ އަގައިން މަޑުމަޑުން ބުނެލެވުނެވެ.

ފައިލްތައް ހިފައިގެން ފަޔައް ލެވުނުހާ ބާރެއްލުމައްފަހު އަރީފްމެންގެ ކުރިމައްޗަށް ޔާން މަޑުކޮށްލިއެވެ.

“އައްސަލާމް އަލައިކުމް ” ޔާން އިޙްތިރާމް އަދާކުރުމުގެ ގޮތުން އަރީމެންނައް ސަލާމް ގޮވާލިއެވެ.

“ވާލައިކުމް ސަލާމް، ޔާން ކޮބާ ރަންގަޅު ގަޑިޔަކުއޭ ތިއާދެވުނީ، މި ތިއްބެވީ ޑޮކުޓާރުންގެ ޓީމް” އަރީފް ޓީމްގެ ބައިވެރިން ތައާރަފު ކޮށްދެމުން ބުނެލިއެވެ.

ޝާޔާގެ ނަޒަރު ހުއްޓިފައި ހުރީ ޔާން އަށެވެ. ދެމީހުންގެ ހިތްވެސް އުފަލުން ނަށާކަހަލައެވެ. ހިތުގެ އިހުސާސްތައް ބައްޑުންވާކަހަލަ އެވެ. އެހެންނަމަވެސް ކައިރީގައި އެންމެން ތިބުމުން ދެމީހުންނައް ވެސް އެކަކު އަނެކަކާ ވާހަކަ ދައްކާކައް ނުކެރުނެވެ.

އަރީފް ހޮސްޕިޓަލްގެ މުހިންމު އެކި ތަންތަން ޓީމްގެ ބައިވެރިން ނައް ދައްކާ ހޮސްޕިޓަލްގެ ޑޮކުޓަރުންނައް ޓީމްގެ ބައިވެރިން ތައާރަފް ކޮށްދިނުމައްފަހު ރަސްމީކޮށް މާދަން މަސައްކަތްފެށުމައް ބުނެ ޓީމްގެ ބައިވެރިން ގޮވައިގެން ބައިވެރިން ތިބުމައްހަމަޖެހިފައިވާ ގެ ކަމުގައިވާ ހަނދުވަރީގެއަށް ދިޔައެވެ. ތަނަވަސް ބޮޑު ، ޒަމާނީ ފެންވަރަށް ހަދާފައިވާ ގެއެކެވެ. ގޭގެ އެއްފަރައިތެއްގަ ރީތި އެކިކަހަލަ މާގަސްތައް އިންދާފައި ހުއްޓެވެ. ޝާޔާއަށް ހަނދުވަރީގޭގެ މާހައުލު ވަރަށް ކަމުދިޔައެވެ. ގެއާ ގޯތިތެރެއަށް ނަޒަރު ހިންގާލިޔަސް  މަސައްކަތްތެރިކަން އެކި ތަންތަނުން ފެންނަން ހުއްޓެވެ.

“އައްސަލާމް އަލައިކުމް” ގޭގެ މައިދޮރުމައްޗަށް ހުއްޓި އަރީފް ސަލާމް ގޮވާލިއެވެ.

“ވާލައިކުމް ސަލާމް” ސަލާމް ބަލައިގަންނަމުން ދެބައި އުމުރައްދާ އަންހެނަކު އަރީމްމެންގެ ކުރިމައްޗަށް ނުކުތެވެ.

“މަންމާ މިތިބީ އަޅުގަނޑު ބުނި ކުދިންތައް ، ވަރަށް ވަރުބަލި ވެފަ ކަންނޭގެ އެތިބީވެސް އަވަހަށް މިކުދިންނައް ތިބެން ހަމަޖެއްސި ކޮޓަރިދައްކާ” އަރީފް ބައިވެރިން ދައްކަމުން މަންމަ ކައިރީ އައި ބޭނުމުގެ ވާހަކަ ބުނެލިއެވެ.

“ކިހިނެއްތަ ހުރިހާ ކުދިން ، ވަރަށް ވަރުބަލިވެފަދޯ ތިތިބީ؟ މި ތާ ބަދިގެއާ ޖެހިގެން ވާ ގޮތައް މިހުރީ ފިރިހެން ކުދިންގެ ކޮޓަރި ، ދެން ޖެހިގެން މިހުރީ އަންހެން ކުދިންގެ ކޮޓަރި، އަވަހައްދޭ ފޮށިތައް ބަހައްޓާފަ ސައިބޯން އަންނަން، ދަރިފުޅުވެސް  ދާން ވާނީ މިކުދިންނާއެކު ސައިބޮއެގެން، ކޮބައިތަ ޤައިސް ؟ ދަރިފުޅު ބުނި ޤައިސްވެސް އަންނަ ވާހަކަ” ހައްވަ ފަހަތް ބަލައިލަމުން ޤައިސް ފެންނަން ނެތުމުން އަރީފް ކައިރީ އަހާލިއެވެ.

“ޤައިސް ކުޑަކަމެއް ދިމާވެގެން ހޮސްޕިޓަލް ގައި މަޑު ކޮށްލީ” ބައިވެރިން ނައް ކޮޓަރި އަށް އެއްޗެހި ވެއްދުމައް އެހީތެރިވެދެމުން އަރީފް ބުނެލިއެވެ.

ހުރިހާ އެންމެން އެކީ ސައިބޮއެ ނިންމާލައިގެން ބެލީ އެމީހަކު ކޮޓަރިއަށް ވަދެ އަވަހައް ޖައްސާލެވޭތޯއެވެ. ސާޔާގެ މޫނުމަތިން ފެންނަމުން ދަނީ އާދަޔާ ހިލާފު ވިދުމެކެވެ. ހުރިހާ ވަރުބަލިކަން ފިލައިގެން ދިޔަކަހަލައެވެ. ލިއު ކައިރީ ކޮޓަރިއަށް ދާނީ ފަހުން ކަމުގައި ބުނެ ގޭގެ ދޮރުމަތީ އެއްފަރައިތަކަށް ވާގޮތައް ބަހައްޓާފައި ހުރި ޖޯލިފަތީގައި ޝާޔާގޮސް އިށީނިއެވެ. ޝާޔާގެ ތުންފަތުގައި ހިނިތުންވުމެއް ދައުރު ވެވޭ ހުއްޓެވެ. ޔާން ފެނުން ވަގުތު އެވީ ގޮތް ހުދު ޝާޔާއަށް ވެސް ނޭގެއެވެ. ދުވަހަކުވެސް ފިރިހެނަކާ މެދު ވިސްނާ ފިކުރު ނުކުރާވަރަށް ޔާން އާ ވެދު ވިސްނެން ފެށިއެވެ. ހުދު ޔާންގެ ހާލަކީވެސް މީއެވެ. ޑިއުޓީ ނިންމާފަ ގެއަށް އައިގޮތައް ސއިބޯންވެސް ނުނިކުމެ ނިއްކުރި މަތީގައި އެއްއަތް ބާވާލައިގެން އޮވެ ވިސްނަމުން ދަނީ ޝާޔާއާ މެދުއެވެ. ޝާޔާއާ ބައްދަލު ވުމައް އެހިތް ވަނީ ކެއްމަދު ވެފައެވެ.

ހިޔާލީ ދުނިޔެއަކަށް ގެއްލިފައި އޮތް ޝާޔާއަށް މީހަކު އައިކަން އިހުސާސްވީ އަރީފް ދާދި ކައިރިން ގޮވާލީމައެވެ.

“ޝާޔާ ކިހިނެއްވެފަ މިތާ ތިއޮތީ، ކަމަކާ ހިތްހަމަނުޖެހިފަތަ؟” ޝާޔާއާ ޖެހިގެން ހުރި ޖޯލީގައި އިށީނަމުން އަރީފް އަހާލިއެވެ.

“ކަމެއް ނުވެ ، މި މާގަސްތައް ރީތިވީމަ ބަލައިލަން ހަމަ އޮތީ… މީ އަރީފް މަންމަގެ މަސައްކަތް ދެއްތޯ” ޝާޔާ މާގަސްތަކާ ދިމާލައް ނަޒަރުހިންގާލަމުން ބުނެލިއެވެ.

“އާން މަންމަ ވަރަށް ގަސް އިންދުމައް ލޯބިކުރާނެ، އަހަރެންގެ ވަރަށް ބޮޑު އެދުމެއް މީ ޝާޔާވެސް މަށާ ރައްޓެއްށެއްގެ ހައިސިއްޔަތުން ވާހަކަ ދެއްކުން.. …އެކަމް އެއީ ޝާޔާ ހިތްހަމަ ޖެހޭނަމަ އެގޭ” އަރީފް ހިތުގައިވާ އިހުސާސްތައް ފޮރުވަން މަސައްކަތް ކުރަމުން ޝާޔާއާ ވާހަކަ ދެއްކިއެވެ.

“އޯކޭ މައްސަލައެއްނެއް …ފުރެންޑުސް.. ” ޝާޔާ ހިނިތުން ވެލަމުން ބެނެލިއެވެ.

“ވާހަކައެއް އަހާލަންތަ؟” އަރީފު އުޑާދިމާލައް ބަލަހައްޓައިގެން އޮވެ އަހާލިއެވެ.

“ބުނެބަ” އަރީފް ބުންއުޅެނީ ކީކޭބާއޭ ޝާޔާގެ ހިތައް އަރަމުން ދިޔައެވެ.

“ޝާޔާގެ ބޯއީފުރެންޑެއް ހުރޭތަ؟ އަރީފު ބޭނުންވީ ޝާޔާގެ ދިރިއުޅުމުގައި އިތުރު މީހަކު ހުރޭތޯ ބަލާށެވެ.

“ނޫން އަދި ނުހުރޭ.. ކިހިނެއްވީ ތިހެން ތިއެހީ؟” އަރީފު އެ ސުވާލު އެކުރީ ކީއްވެ ބާއޭ ޝާޔާގެ ހިތައްއަރަމުން ދިޔައެވެ.

“ކަމެއްނުވޭ ، ތިހާރީތި ކުދިން ހުސްކޮށް ނުތިބޭނެ ވިއްޔަ… މި ގޮތައް ވާހަކަ ދައްކާލަނިކޮށް ބިޓެއް ހުންނަންޔާ މައްސަލަޔަކަށް ވެދާނު” އަރީފު ޝާޔާ ދިމާލައް ބަލާލަމުން ބުނެލިއެވެ.

އިތުރައްއެއްޗެއް ނުބުނެ މާދަމާ ހޮސްޕިޓަލް އަށް ނުކުންނަން ވާއިރައް އަރާމުކޮށްލަން ދަނީ ކަމައްބުނެ ޝާޔާކޮޓަރިއަށް ވަނީއެވެ. އަރީފް އެހާ ގާތްކޮށް ޝާޔާއާ ވާހަކަ ދައްކަން ޝާޔާއެހާ ބޭނުމެއް ނުވެއެވެ. އެއީ އަރީފްގެ ހިތުގައި ވަނީ ކީކޭ ކަމެއް ޝަޔާއަކަށް ނޭގެއެވެ. އެހެންނަމަވެސް އަރީފްގެ އެބެލުންތައް ޝާޔާގެ ނަފުސައް ނުތަނަވަސްކަން ގެނުވައިދެއެވެ.

އެހެންދުވަސް ދުވަހާ ހިލާފައް ޝާޔާގެ ހިތުގެ ވިންދު މިޔަދުވަނީ އަވަސް ވެފައެވެ. ލޯގަނޑު ކުރިމައްޗަށްއަރާ އެތައް ފަހަރެއްގެ މަތިން އަމިއްލަ ސޫރައަށް ބަލާލެވުނެވެ.

“ސާބަހޭ ޝާ ރީޗޭ ރީޗޭ” ލިއު ދިމާކުރާ ރާގައް ޝާޔާއާ ދިމާލައް ބުނެލިއެވެ.

ޝާޔާގެ ފޯނު ރިންގުވާ އަޑައް ބަލައި ލިއިރު ތިޔާ ގުޅަނީއެވެ.

“ހަލޯ ޝާ އަޅެ ކޮންތާކުތަ ތިއުޅެނީ  ގުޅާވެސްނުލާ  ނަސީމައްތަވެސް ޝާޔާގެ ހަބަރެއްނުވެގެން ހާސްވެގެން އުޅުން” ޝާޔާއަށް ވީގޮތެއް ނޭގިގެން ތިޔާ ހުރީ ވަރަށް ކަންބޮޑުވެފައެވެ.

“އަޅެ ސޮރީ ޑާލިން ވަރަށް ވަރުބަލިވެފަ ހުރީ މިރަށައް އާދެވުންއިރު ، އެހެންވެ ޖައްސާލެވުނެ ތަނާ ނިދުނީ ، މަންމަމެންވެސް ވަރަށް ގުޅާފައެބައޮތް، އެކަމް މިހާރުމިއުޅެނީ ހޮސްޕިޓަލްއަށް ދާން ވަރަށް ލަސްވެގެން ތިޔާއަށް ގުޅާލާނަން ފުރީވެގެން ” ޝާޔާ ތިޔާގެ ފޯނު ކޯލު ކުރުކޮށްކުމައްފަހު ހޮސްޕިޓަލްއިން ކާރުބަލާއަންނަން ވާއިރައް ތައްޔާރު ވެލިއެވެ.

“ދަރިފުޅާ ޔާން ސައިނުބޮންޏާ މިކޮފީތަށި ނަމަވސް ބޮއެލައިގެން ދޭބަލަ” ބަދިގެއިން ނުކުއިން ހުސްނާ ޔާން ސައިބޮއުމެއްވެސް ނެތި އަވަސްއަރުވާލާފައި ހޮސްޕިޓަލްއަށް ދާން އުޅުމުން އެކަމާ ކަންބޮޑުވިއެވެ.

“މަންމާ އަޅުގަނޑު އެކޮޅައް ގޮސް ގޮތެއް ހަދާލާނަމޭ” އަވަސްވެފައިވާ ހިތަކާއިއެކު ޔާން ސައިކަލް ސްޓާޓްކޮށްލިއެވެ.

ހުސްނާ ދެފަރައިތަކަށް ބޯހޫރާލުމައްފަހު ކޮފީޓަށި ހިފައިގެން ހިގައިގަތް ވަގުތު ފޯނެއް ރިންގުވާ އަޑައް ބަލައިލިއިރު ޔާންގެ ފޯނު މޭޒުމަތީ ރިންގުވެވޭ އޮތެވެ.

“ހަލޯ ޒިދާން … ޔާންއެދިޔައީ ފޯނު ހަދާން ނައްތާލައިފައި ބާވާފަ، އެކޮއެ އާދެބަލަ މިފޯނު ޔާއަށް ގެންގޮންދޭން ، ނޫނީ ޑިއުޓިއަށް ގޮސް މިހޯދާނެ” ހުސްނާ ދަރިފުޅައް ބޮޑު ކަމެއް ދިމާވެގެން އުޅެނީކަމަށް ހީކޮށް ހުރީ ވަރަށް ކަންބޮޑުވެފައެވެ.

އަތޮޅުތަކުގެ އެކި ރައްތަކުން ފުނަދޫ ހޮސްޕިޓަލްއަށް ޑޮކުޓަރަށް ދެއްކުމައްޓަކާ ގިނަ އަދަދެއްގެ މީހުން އައިސްތިއްބެވެ. ގިނަ ބަޔަކު ތިބީ މާލެނުގޮސް މިފަދަފުރުސަތެއް ލިބުމުން ނުހަނު ހިތްހަމަޖެހިފައެވެ.

ފޭޝަންޓުން ބަލާ ނިމުންއިރު ޝާޔާހުރީ ވަރަށް ވަރުބަލިވެފައެވެ. އެހެންކަމުން ފިނިއެއްޗެއް ބޯލުމައްޓަކާ ހޮސްޕިޓަލްގެ ފުރަގަހުގައި ހަދާފައި ހުރި ކެންޓީންއަށް ވަދެ ތަންކޮޅެއް ނިވާވާ ގޮތައްހުރި މޭޖެއްކައިރީ ގޮސް އިށީނިއެވެ. ލިއޫވެސް ފޯނުނުނެގުމުން އަންނަންޖެހުނީ އެކަނި ކަމުން ޝާޔާހުރީ ވަރަށް ބީރައްޓެހިވެފައެވެ. ވޭޓަރަކު އޯޑާނަގަން އައުމުން ފުރެސް އޮރެންޖަކަށް އޯޑާދިނުމައްފަހު ތިޔާއަށް ގުޅާލިއެވެ.

“އޭ ތިޔާ ޔޫނޯވަޓް.. ހީއިޒް ހިޔާ…” ތިޔާ ފޯނުނެގުމާ އެކު ޝާޔާ އުފަލުން ގޮސް ބުނެލިއެވެ.

“ކާކު ވާހަކައެއްތަ ޝާ ތިދައްކަނީ، އަނެއްކާ މާ ކަމުދާ ކުއްޖަކު ތިރަށުން ފެނުނީތަ؟” ޝާޔާ ކިޔާއެއްޗެއް ސާފުނުވެގެން ތިޔާ އަހާލިއެވެ.

“އެއާޕޯޓް ބޯއީ، އެގޭތަ އޭނަވެސް އެއީ ޑޮކުޓަރެއް ..ޔާން ކިޔަނީ…ތިޔާކައިރީ ކުރިން ވެސް ބުނީމެއް ނު އަހަރެމެން ދެމީހުން އަދި ދިމާވާނޭ…..” ޝާޔާގެ އަޑުގައި އާދަޔާއިލާފު ޖޯޝެއްއެކުލެވިފައި ހުއްޓެވެ.

ފޯނުން ވާހަކަ ދައްކަން އިން ޝާޔާ މީހަކު ގޮވާލިއަޑައް ބަލައިލިއިރު ޔާން ޝާޔާއާ ދާދި ކައިރީގައި ހުއްޓިލައިގެން ހުއްޓެވެ.

“ތިޔާ ފަހުން ގުޅާނަން ..” ތިޔާ ވާހަކަ ދައްކަ ދައްކާ ހުއްޓަ ޝާޔާ އަވަސް އަވަހައް ފޯނު ކަނޑާލިއެވެ.

“އޯކޭތަ އިށީނިޔަސް މިތާ..” ޔާން އިށީނުމުގެ ހުއްދަޔައް ޝާޔާގެ ކިބައިން އެދުނެވެ.

“އޯކޭ ..” ޝާޔާގެ އަތް ވަނީ ފިނިވެފައެވެ. އަޑުގައި ތުރުތުރު އެޅުމެއް ހުއްޓެވެ. މިހާ ކައިރިން ޔާން ފެނުމުން ހިތައް އެތައް އުދަގޫތަކެއް ވާންފެށިއެވެ.

“އަދިވެސް އެއާޕޯޓްއިންވި ކަންތަކާ ހިތްހަމަނުޖެހިފަތަ؟” ޔާން ވަރަށް ހިތްވަރު ކޮށްފައި ޝާޔާއާ ވާހަކަ ދެއްކޭތޯ މަސައްކަތް ކުރިއެވެ.

“ނޫން ދެންއެއީ އެހާވަރުގެ ކަމެއްވެސް ނޫނެއްނު…  އަސްލު ހީނުކުރަން ޔާންއާ ދެވަނަ ފަހަރަށް ބައްދަލު ވެދާނެ ކަމަކަށް” ޝާޔާ ލަދުވެތި ކަމާއެކު ދެތުންފަތް ހަފަމުން ދިޔައެވެ.

“ބައްދަލު ކުރާހިތުންތަ ތިހުރީ؟” ޔާން ޝާޔާގެ ހަރަކާތަކަށް ކަޅިޖަހާ ނުލާ  ބަލަހައްޓައިގެން އިދެ އަހާލިއެވެ.

ދެމީހުންގެ ލޮލާލޯ ސީދާވި ވަގުތު ހީވީ މުޅި ހަށިގަނޑައް ކަރަންޓު ޝޮކެއް ވެރިވިހެންނެވެ. ދެމީހުންގެ ލޮލުން އެކަކު އަނެކަކަށް އެތައް މެސެޖެއް ދޭންބޭނުން ވާކަހަލައެވެ.

“އޭ ޝާޔާ މިތާދޯ ތިއިނީ ..ކޮންއިރެއް ހޯދާތާ ..ފޯނައްވެސް ނުގުޅޭ..؟ ކުރިމަތިން އިވުން ލިއޫގެ އަޑައް ޝާޔާ ހަމަޖެހިލިއެވެ. އަދި ކައިރީގައި ޔާން އިނުމުން ލިއު ހިތައްއަރާފާނެ އެއްޗަކަށް ކަންބޮޑުވިއެވެ.

ލިއު އެތަނައް އައުމުން ޔާންއަށް އެތާ އިތުރަށް މަޑުކުރާކަށް ނުކެރުނެވެ. ކަމެއްޖެހިއްޖެ ކަމައްބުނެ ވަރަށް ސިއްރުސިއްރުން ޓިޝޫއެއް ނެގުމައްފަހު ގަލަމުން އެއްޗެއް ލިޔެލުމައްފަހު ޝާޔާ ކައިރީގައި ބާވާލިއެވެ.

-ނުނިމޭ-

Share Article

Follow Me Written By

aminath shiyaa

Level 110 Stories

Other Articles

Previous

ހަޔާތުގެ ދިރުން

Next

ޝީން

Next
February 10, 2018

ޝީން

Previews
February 10, 2018

ހަޔާތުގެ ދިރުން

17 Comments!

  1. Miru says:
    February 10, 2018 at 12:05 pm

    Yeyyyy me first vvv reethi mi
    baives
    Thank you shiyaa

    1. aminath shiyaa says:
      February 10, 2018 at 12:43 pm

      Thank you mirey

  2. Shaaya says:
    February 10, 2018 at 12:10 pm

    V reethi alhe haadha rom ey

    1. aminath shiyaa says:
      February 10, 2018 at 12:45 pm

      Adhi kuriyah huri baithah kiyahchey
      Thank you shaaya

  3. Humey says:
    February 10, 2018 at 12:29 pm

    Vvvvvvccsalhi

    Thankolheh avahah up koddee plx plx plx plx

    1. aminath shiyaa says:
      February 10, 2018 at 12:46 pm

      Thank you humey
      V try kuraanan

  4. Icy♡ says:
    February 10, 2018 at 1:06 pm

    Wow
    Vrh reethi
    Kon irakun next part

    1. aminath shiyaa says:
      February 11, 2018 at 9:43 am

      Miyadhu inshaa Allah
      Have a good day ?

  5. shaan says:
    February 10, 2018 at 1:50 pm

    hahahahaa diemaa viyo ?????

    1. aminath shiyaa says:
      February 11, 2018 at 9:43 am

      Yesssss finally ???

  6. Thas says:
    February 10, 2018 at 3:13 pm

    V reethi

    1. aminath shiyaa says:
      February 11, 2018 at 9:45 am

      Thank you

  7. Pinky shifoo says:
    February 10, 2018 at 4:47 pm

    Hii shiyaa… Mi part vx hama awesome ???.. Varah varah reethi… I loved it ❤️❤️❤️❤️… Haadha inthizaaru kohfymey mi story ah… Varah kiyaahithun indha e nimuny… Waiting for next part…. Avahah up kohladhehchey plxxxxx ??????

    1. aminath shiyaa says:
      February 11, 2018 at 9:45 am

      Yes sure thank you pinky shifoo ??

  8. Shimla says:
    February 11, 2018 at 11:08 am

    Salhiyey

  9. Humey says:
    February 11, 2018 at 3:12 pm

    Vvv inthixaaruga unmeedhukarn mikiraa inthizaaruge nimun fonivaane kamah9

  10. Misha says:
    March 26, 2018 at 7:08 pm

    V salhi

Comments are closed.


All Right Reserved!