“މަންމާ ދެރަނުވޭ އިރާދަ ކުރެއްވިއްޔާ ބައްޕަ އަދި ރަންގަޅުވާނެ، ބައްޕައަށް އަވަސް ސިފާއެއް ދެއްވުން އެދި ﷲ ގެ އަޟްރަތުގަ ދުޢާދަންނަވަންވީ، އަޅުގަނޑު ވީ އެންމެ އަވަހަކަށް ބައްޕަ ބޭރައް ގެންގޮސް ފަރުވާ ހޯދޭނެ އިންތިޒާމެއް ހަމަޖައްސާނަން. ” މަންމަ އަށް ހިތްވަރު ދިނުމުގެ ގޮތުން ޔާން ބުނެލިއެވެ. ދެލޯ ފޮހެލުމައްފަހު ޔާން މަޑު ހިނގުމެއްގަގޮސް ބައްޕަގެ ކޮޓަރީގެ ދޮރު ހުޅުވާލިއެވެ. އޭރު ބައްޕަ އަށް ވަނީ ނިދިފައެވެ. ބައްޕަގެ ނިކަމެތިވެފައިވާ ހަށިގަނޑު ފެނުމުން ޔާން އިތުރައް […]
ހުސްނާއަށް ލޯބިވާ ދަރިފުޅުގެ ވާހަކަތައް އަޑުއިވުމައްފަހު ލޮލުން ކަރުނަތައް އޮހިގެންދިޔައެވެ. އެހިތައް ކެއްކުރަން އުދަގޫވީއެވެ. މަންމަގެ މަޑު ގިސްލުމުގެ އަޑު ފޯނުން އިވުމުން ޔާން އިތުރަށް ހާސްވިއެވެ. “މަންމާ އެއްފަހަރުވެސް ބުނެބަ ވެގެން އުޅޭގޮތެއް، މަންމަ ތިހެން ރޮންޔާ އަޅުގަނޑު ކިހާ ހާސްވާނެ.” ޔާން އަށް މަންމަ ރޯ އަޑު އަހަން ހުންނާކަށް ކެތެއްނުވިއެވެ. “ދަރިފުޅާ މަންމަ ދައްކަން ބޭނުން މިވާވާހަކަތައް ފޯނުން ކިޔާދިނުމެއް އެހާ ރަންގަޅެއް ނުވާނެ. އަހަންމަދުބެގެ ބޯޓް މިޔަދު ރަށައް އައްނަން ފުރާނެ، […]
“އަޅުގަނޑަކަށް ނޭގޭ ކުރިން މިގޭގައި އުޅުނީ ކޮންބައެއް ކަމެއް. މިހާރު އަޅުގަނޑާ އަޅުގަނޑުގެ ދެދަރިންނާ މިގޭގައި އުޅޭތާވެސް މިވަނީ އަހަރެއް.” އަންހެންމީހާގެ ވާހަކަތައް އަޑުއިވުމަށްފަހު އިތުރަށް އޮޅުންފިލުވާނެ ވާހަކަ އެއް ނެތުމުން ޝުކުރު އަދާ ކުރުމައްފަހު އެބުރި އައިކޮޅަށް ދިއުމަށްޓަކާ ޔާން ހިނގައިގަތެވެ. ********************************************** މެންދުރުގެ ކެއުން ތައްޔާރުކުރުމުގައި ލަކުސްމީ އަވެދިނެތި ބަދިގޭގައި އުޅެއެވެ. ފަހަތުން ނަސީމާވެސް ލަކުސްމީއަށް ކަންތައްތައް ކުރަންޖެހޭގޮތް ބުނެދީ އަތް ގާތްކޮށްލަދީ ހަދަން އުޅެއެވެ. ގޭގައި މަސައްކަތު މީހުން ބަހައްޓާފައި ހުއްޓަސް ހުރިހާ […]
ކެރި ކަނޑާނުލައި އިރާކޮޅު ވެހުނު ވާރޭގަނޑުގެ ސަބަބުން އަހަންނަށް ހޭލެވުނީ ފިނިބޮޑުވެގެންނެވެ. އޭރު އަހަރެންނާ ޖެހިގެން ހުރި އެދުގައި ބައްޕައާއި މަންމަ ނިދާފައި އޮތެވެ. އަހަރެންގެ ގެ އަކީ އެހާ ބޮޑުގެއަކަށް ނުވާތީ އަހަރެން އެންމެ ކުޑައިރުއްސުރެ ނިދަންޖެހެނީ މަންމައާ ބައްޕައާ އެކީ އެއްކޮޓަރިއެއްގައެވެ. ޖެހިގެން ހުރި ކޮޓަރީގައި ނިދަނީ މަންމަ ކުރިން އިންމީހާއަށް ލިބުނު އަހަރެންގެ އެއްބަނޑު ބޭބެ އިހުސާން އާ ބޭބެގެ އަންހެނުންނާ ދެމީހުންނެވެ. އިތުރު ކޮޓަރިއެއް ނެތުމުގެ ސަބަބުން އަހަންނަށް ވަރަށް އުދަގޫތަކާ […]
މާގިނަ އިރު ތަކެއް ނުވެ ފެރީ އައިސް މާލޭ ތޮށިގަނޑާ ގުޅިފައިވާ ފާލަމަށް ކައިރިކޮށްލިއެވެ. ދެ މީހަކު ފޭބުމާއެކު ޝާޔާ އަދި ތިޔާވެސް އެ ޒުވާނާ ފަހަތުން ހިނގައިގަތީ ބެކްޕެކް އަދި ފޮށިތައް ހިފައިގެން ފެރިން ފޭބުމަށެވެ. ފެރިން ފޭބުމަށްފަހު ނަޒަރު ހިންގާލެވުނީ މާލޭ މަގުތަކަށެވެ. މާލޭގެ މަލަމައްޗާ މީހުންގެ ދިރިއުޅުން ހާދަބަދަލްވެއްޖެއޭ ޝާޔާގެ ހިތަށްއަރަމުންދިޔައެވެ. ޝާޔާހުރީ އާއިލާ މީހުންނާ ބައްދަލުވުމަށް ކެތްމަދުވެފައެވެ. ފަސްއަހަރުގެ ދިގު ކިޔެވުމުގެ ދަތުރު ނިންމާލުމަށްފަހު ތިޔާގެ ވެޑިންނާ ސީދާ ދިމާކޮށް މާލެ […]
މިއީ ޙަޤީޤީ ޙާދިސާއެއްގެ މައްޗައް ބިނާކޮށް ލިޔެފައިވާ ލޯބީގެވާހަކައެކެވެ. މި ވާހަކައިގައި ހިމަނާފައިވާ ނަންތަކަކީ އަސްލު ނަންތަކެއް ނޫނެވެ އެއާ ޕޯޓްއަށް ވަދެނިކުމެގެންދާ އެންމެންގެ ސަމަލުކަމަށް ހުއްޓެނީ ރަތްކުލައިގެ ފޮއްޓެއް ހިފައިގެން މަޑުކޮށްލައިގެން ހުރި ޒުވާން ރީތި އަންހެން ކުއްޖާއަށެވެ. ހަމުގެ ކުލަ އަލި ރީތި ފަންއިސްތަށިގަނޑުގެ އެ އަންހެން ކުއްޖާއަށް ލިބިގެންވަނީ ނުހަނު ހިތްގައިމު ރީތި ސިފަތަކެކެވެ. ފޮށި ދަމަމުން ފެރީ ތަކާ ދިމާލައް މިސްރާބު ޖެހިއެވެ. އެވަގުތު ފަހަތުން މީހަކު އައިސް ގައިގާ ބައްދައިގަތެވެ. […]