Esfiya - Dhivehi Vaahaka Site
  • އިތުރު
    • އެހެނިހެން
    • ހަޤީޤީ
    • ހިތާމަ
    • ދީނީ
    • މަޒުމޫނު
    • ޅެން
    • މަޖާ
    • ލޯބި
    • ބިރުވެރި
  • އެސްފިޔަ
    • އެސްފިޔަ ޕްރޯ
    • ޤަވާއިދު
    • އިސްތިހާރު ކުރެއްވުމަށް
    • ގުޅުއްވުމަށް
    • މަގޭ ވާހަކަތައް
    • ★ޕޮއިންޓްސް★
  • ލޮގިން
  • ރެޖިސްޓަރ
  • އެހީ
  • ސީރީސްތައް
  • ފުރަތަމަ ޞަފްހާ
ލޯބި

އިންތިހާ – 12

aminath shiyaa Level 110 Stories
February 21, 2018 5 Mins Read
22 Comments

“އައިކް ވެސް މިގަޑިގަ މާގިނަ ވާހަކަ ދައްކަން ނުހަދަބަލަ… ވަންޔާވެސް ނުވަންޔާވެސް ބުނެބަލަ” ނިޝާގެ އަޑުގައި ތުރު ތުރު އެޅުމެއް ހުއްޓެވެ. އެ ހިތައް ކޮށްފައިވާ އަސަރެއްގެ ބޮޑުކަމުން ލޮލުން ފައިބަމުންދާ ކަރުމަތައް ކޯތާފަތް ތެއްމަމުން ދެއެވެ.

“އޯކޭ މިހާރު މިއުޅެނީ ތިކަމާ….” އައިކް ފޯން ބޭވުމައްފަހު ލަބީބްއާ ބެހޭ މައުލޫމާތު ހޯދުމައް އަވަސްވެގަތެވެ.

ޝާޔާ ފޯން ރިންގްވާ އަޑައް ބަލައިލިއިރު ލިއުޝާ ގުޅަނީއެވެ.

“ޝާ ކޮންތަނަކަށްތަ  ތިދިޔައީ.. މިހާރު ހުރިހާ އެއްޗެއް ފިހެވި ކާން ރެޑީކޮށްފަ މިހުރީ… ދެންވެސް އަވަހައް އާދެބަލަ” ޝާޔާ ފޯނުނެގުމާއެކު ލިއުޝާބުނެލިއެވެ.

“ލިއު އެގުޅީ ..އައްނާށޯ އަވަހައް.. ” ޝާޔާ ވެލިގަނޑު މަތިން ތެދުވެ ދެއަތް ފޮޅާލަމުން ބުނެލިއެވެ.

ގަސްތަކުގެ ނިވަލުގައި ހުރި ނިޝާ ޔާން މެންތެދުވެ ހިނގައިގަތްތަން ފެނުމުން ފަޔައްލެވުނުހާ ބާރެއްލަމުން ހިނގާފައިގޮސް ބާބަކިއު ހަދާތާ މަޑުކޮށްލިއެވެ. ހިތުގައިވާ ހުރިހާ ރުޅިވެރި ކަމެއް ފޮރުވަމުން ގަދަކަމުން ކަހަލަ ގޮތަކަށް ބާބަކިއު ފޯރީގާ ބައިވެރި ވިއެވެ.

ޝާޔާގެ ފަހަތުން ޔާން އައުމުން އެންމެންގެ ނަޒަރު އެދިމާލައް ހުއްޓުނެވެ. އެންމެން ބަލަން ފެށުމުން ދެމީހުން ވެސް އެއްވެސް އެއްޗެއް ނުބުނެ އެއްޗެހި ރެޑީ ކޮށްފައި ހުރި މޭޒުކައިރީ އައިސް އިށީނިއެވެ.

“ހޫން މި ދޯ މިވީ ގޮތަކީ…ކުރިންވެސް ހީވެއްޖޭ ކަމެއް އުޅޭހެން… މާފޮޅުވަން ދަމުން ބުނެލާފަ ދިޔަނަމަ ހޯދަން އުޅޭކަށް ނުޖެހޭނު …އަހަރެމެން މިތިބެނީ ހުސް ބަނޑާ ތިމީހުން އައްނަންދެން” މިއާން ޖެއްސުމުގެ ރާގައް ޝާޔާ އަދި ޔާން ދިމާލައް ބަލައިލަމުން ބުނެލިއެވެ.

އަރީފްގެ ހިތްވަނީ ކުދި ކުދި ވެފައެވެ. ޝާޔާ ޔާންއާ މެދު ބަހައްޓާ ގާތްކަންފެނި އަރީފްގެ ހިތުގައި ޔާންއާ މެދު ނަފުރަތުގެ ހުޅުކޮޅު ރޯވެ އަދަން ފެށިއެވެ.

“އޭ ވަރަށް މީރު އެގޭ މި ކުކުޅުތައް..އަރީފް މަންމަގެ ލޮނުމިރުސް ގަނޑައް ހަމަ ސަތޭކަ…ދޭބަ ތައްތަ ކައިރީ ބުނަން އަހަރެމެންނާ އެކު ޖޮއިން ވާން އައްނާށޭ” ނާޒިމް ފިހެފައި ހުރި ކުކުޅު ފައި ތަކުގެ ތެރެއިން ފަޔެއް ރަހަބަލަމުން ބުނެލިއެވެ.

“މަންމަ މިހާރު ނިދާފާނެ…. ” އަރީފް އެއްވެސް ޝައުގުވެރިކަމެއް ނެތި ބުނެލިއެވެ.

“ޝާޔާ ރަންގަޅައް ކައްޗޭ.. ފަހަރެއްގަ ވެދާނު މީ ޝާޔާއަށް ހިތްހަމަޖެހިލައިގެން ކެވޭނެ އެންމެ ފަހުރޭ ކަމައްވެސް” ނިޝާ ތޫނު އެތިފަހަރެއް ޝާޔާ ދިމާލައް އެއްލާލިއެވެ.

ނިޝާ އެބުނި އެއްޗަކާ މެދު މާބޮޑައް ވިސްނާކަށް ޝާޔާ ބޭނުމެއް ނުވިއެވެ. އެއަށް ވުރެ މިރޭ ޝާޔާއަށް ލިބުން އުފާވެރިކަން މާބޮޑެވެ.

“ނިޝާ އާޔޫ ސިންގަލް” މިއާންގެ އެޖުމްލައިން އެންމެންނައް އެއްފަހަރާ ފަހަރަކު މިހެއްގެ މޫނާދިމަ ބަލާލެވުނެވެ.

“ކިހިނެއް ވި ތިހެންތިއެހީ” މިއާން އެކުރީ ނިޝާ އެހާ ގަޔާވާ ސުވާލެއްނޫނެވެ.

“ދެން ނިޝާ ބުނެބަލަ ކީއްތަވާނީ..މިއާން ކަހަލަ ލޯބި ބިޓެއް މަށާ އެސުވާލުކޮށްފިއްޔާ މަ ލަހެއް ފަހެއް ނުވެ ޖަވާބު ދޭނަން” ލިއު ދިމާކުރާ ރާގައް ހިނިގަޑެއް ޖަހާލުމައްފަހު ބުނެލިއެވެ.

“އަދި ހުސް … އެކަމަކު ކުއްޖަކަށް އިންތިޒާރުގަ.. އޭނައަށް އަހަރެން އޭނަދެކެ ލޯބިވާކަން އިހުސާސް ވަންދެން މިހުންނަނީ” ނިޝާ އެސުވާލައް ދޭނެޖަވާބެއް ނޭގިގެން އެންމެ ފަހުން ހިތުގައިވާ އިހުސާސްތައް ބޭރުކޮށްލިއެވެ.

“އޯ އެއީ ކާކުތަ؟ ތިހާ ރީތި ކުއްޖަކު ލައްވާ އިންތިޒާރު ކުރުއްވާނީ ބޮޑުމޮޔައެއް” މިއާން ނިޝާގެ ހާލަތާ މެދު ހަމްދަރުދީވިއެވެ.

“ވެދާނު އެމީހަކު މިތާ އެބައިން ކަމަށްވަސް …”ނިޝާ ޔާން ދިމަ ބަލާލަމުން ބުނެލިއެވެ.

ނިޝާ އެބުނި ވާހަކަ ސީރިޔަސްކޮށް އެއްވެސް މީހަކު ނުނެގިނަމަވެސް ނިޝާ އެދައްކަނީ ޔާންގެ ވާހަކަކަން ޝާޔާއަށް ޔަގީންކުރެވެއެވެ. ނިޝާގެ ސަބަބުން އަލައްފެށި މިގުޅުން ހީނަރުވެގެން ދާކަށް ޝާޔާ ބޭނުމެއް ނުވެއެވެ. ޔާންނޫން އެހެން މީހަކަށް އެހިތުގައި ދުވަހަކުވެސް ޖާގައެއް ދޭން ޝާޔާ ބޭނުމެއް ނުވެއެވެ.

ބާބަކިއު ނިންމާލެވުންއިރު ދިހައެއްޖަހާ ބޮޑުވެއްޖެއެވެ. އެހެން ކަމުން މާދަމާ ބައްދަލުވުމުގެ ފޮނި އުންމީދުގައި ގެއަށް ގޮސް ފޯނުކުރާނެ ކަމަށް ބުނެ ޔާން ގެއާވީ ދިމާލައް މިސްރާބު ޖެހިއެވެ.

ނިޝާއެކަނި ގެއަށްދާން އުޅެން ފެށުމުން މިއާން ނިޝާއެއްކޮށް ދިއުމުގެ ހުއްދައަށް އެދުނެވެ. އެހެންނަމަވެސް އެއޮތް ނިޝާބޭނުމެއް ނުވިއެވެ. ބޭބެ ބަލާ އަށްނަކަމަށް ބުނެ ނިޝާ ދޮގުހެދިއެވެ.

މިއާން އުޅޭ ގޮތުން ކިތައްމެ ހިތްހަމަނުޖެހުނު ނަމަވެސް އެއްޗެއް ބުނާކަށް ނިޝާއަކަށް ނުކެރެއެވެ. މަޑު ހިނގުމެއްގަ ފަހަރަކު  ގޯޅިއެއް އަޅަމުންގޮސް މަންޒިލާ ހަމާލައް އާދެވުމުން ގޭގެ ބޭރުގައި ބަހައްޓާފައި ހުރި ޖޯލިފަތީގައި އިށީދެ އައިކް އަށް ގުޅާލިއެވެ.

“ކޮބާ އައިކް… މަ އެންމެ ކަމެއް ބުނެގެން ވީވަރުތީ… ފަނަރަ މިނެޓޭ

ބުނީމަ ކިތައް ގަޑިއިރު ވެއްޖެކަން އެގޭތަ؟” އައިކް ގެ ،ހަބަރެއް ނުވުމުން އެކަމާ ނިޝާ ހިތްހަމަނުޖެހުނެ.

“ނިޝާ ކާމް ޑައުން… ހަމަ ފޮނުވަން އުޅެނިކޮށޭ ތިގުޅީ… އަސްލު ކުއްލިޔަކަށް ބުނީމަ އުދަގޫވީ މައުލޫމާތު ހޯދަން .. ސޮރީ..” ނިޝާ ހިތްހަމަ ނުޖެހުމުން އެކަމާ އައިކް ދެރަވިއެވެ.

“އިޓްސް އޯކޭ.. އަވަހައް މެސެޖްކޮށްދީ ތިލިބުން ހުރިހާ މައުލޫމާތު ތަކެއް” ނިޝާ ވީ އުފަލެއްގެ ބޮޑުކަމުން މީހާގެ މޫނުމަތީގެ ކުލަވަރު ބަދަލު ވެގެން ދިޔައެވެ.

އައިކް މެސެޖް ލިބުމުން އަވަސްއަވަހައް މެސެޖްގައިވާ ނަންބަރަށް ޑައިލް ކޮށްލިއެވެ.

“އައްސަލާމް އަލައިކުމް .. ލަބީބް އާ ވާހަކަ ދައްކާ ލެވިދާނެތޯ” އެކޮޅުން ފޯނުނެގުމާއެކު ވަރަށް ހުށިޔާރުވެ ހުރެ ނިޝާ ވަހަކަދެއް ކިއެވެ.

“ލަބީބް ވާހަކަ ދައްކަނީ… ކޮންކުއްޖެއްތޯ ތީ…” ލަބީބު ހީކުރީ އެހީއެއް ހޯދުމައް ގުޅި ކުއްޖެއް ކަމަށެވެ.

“އަޅުގަނޑަށް ކިޔާނަން މުހިއްމެއްނޫން … ލަބީބުގެ ދަރިއެއްތޯ ޝާޔާއަކީ… އަޅުގަނޑު ދައްކަން މިއުޅޭ ވާހަކަ ރަންގަޅައް އަޑުއެހުން އެދެން..އަޅުގަނޑު ބޭނުމެއް ނޫން އެއްވެސް ހާލަތެއްގަ ލަބީބުމެންގެ އާއިލާއަށް ދެރައެއް ލިބުމަކަށް” ނިޝާ ލަބީބުގެ ޝައުގުވެރިކަން ހޯދުމުގެ ބޭނުމުގައި ބުނެލިއެވެ.

“ތީ ކާކު… މަގޭ ޝާޔާއަށް ކިހިނެއްވީ” ފޯނުގެ އަނެއްކޮޅުން އިވެވުންދާ ވާހަކަތައް އެއްވެސް ވަރަކަށް ލަބީބްގެ ސިކުޑިއަކަށް ނުވަދުނެވެ. ޝާޔާއަށް ކަމެއް ވީހިތާ އެ ހިތް ބާރަށް ތެޅެންފެށިއެވެ.

“ހީ ކޮށްލާ އަޅުގަނޑަކީ ތިއާއިލާއަށް ހެޔޮއެދޭ މީހެކޭ… ތިބޭފުޅާގެ ދަރިފުޅު މިރަށައް އައިސް އުޅެނީ މީހަކާ ހިތާވެގެން ވަރަށް ވިޔާނުދާކޮށް.. މާލޭގެ އިއްޒަތްތެރިންގެ ދަރިން އަންނަހާ ރަށެއްގަ މިހެން އުޅެންވެއްޖެއްޔާ މާރީތި އަޑެއް ނީވޭނެ ދެއްތޯ ” ނިޝާގެ މޫނު މަތީގައި މަކަރުވެރިކަމުގެ ހިނިތުންވުން ފާޅުވެވޭހުއްޓެވެ.

“ކަލޭ ކީކޭތަ ތިކިޔަނީ… މަގޭ ދަރި ކަލޭ ތިބުނާ ގޮތަކަށް ނޫޅޭނެ..ކަލޭ ތިކިޔާއެއްޗެހި އަހަރެން ގަބޫލު ކުރާކަށް ބޭނުމެއްނޫން” ލޯބިވާ ދަރިފުޅާ ބެހޭގޮތުން އެފަދަ ދަށުދަރަޖައިގެ ވާހަކަ ތަކެއް އަޑުއަހަން ހުންނަން އެހިތަކަށް ކެތެއް ނުވިއެވެ.

“ތިބޭފުޅާ ދަރިފުޅަކީ ތިހީކުރާ ކަހަލަ ހުދު ފޮތިގަނޑެއް ނޫން އިގޭތޯ.. އަޅުގަނޑު މި ފޮނުވާ ޕޮޓޯތައް ބަލާލައިފަ ދަރިފުޅު ރަންކުރޭ” ނިޝާ ދައްކާ ވާހަކަތައް ލަބީބު ގަބޫލުނުކުރުމުން އެކާ ހިތްހަމަ ނުޖެހުނެވެ. އަދި ފޯނުގައި ސޭވްކޮށްފައި ހުރި މިރޭ ޝާޔާ ޔާން އެއްކޮށް ގައިގޯޅި ވަމުން ދިޔަ މަންޒަރު ދައްކުވާދޭ ފޮޓޯއެއް ލަބީބް އަށް ފޮނުވާލިއެވެ.

ފޯނައް އައި ފޮޓޯ ހުޅުވާލުމާއެކު ލަބީބްގެ ދެލޯ ބޮޑުވެގެން ދިޔައެވެ. ލޯބިވާ ދަރިފުޅު އެފަދަ ގޮތަކަށް އުޅެދާނެ ކަމަށް ދުވަހަކުވެސް ލަބީބް ހީނުކުރެއެވެ.

އަތުކެ ނުފުށުން ދެ ލޯފޮހެލުމައްފަހު ޝާޔާއަށް ގުޅުމައް ޑައިލް ކޮށްލިއެވެ. އެހެންނަމަވެސް ފޯނު ރިންގް ވުމުގެ ކުރިން ކަނޑާލީ ފޯނުން މިފަދަ ވާހަކައެއް ދެއްކުން ރަންގަޅު ނުވާނެ ކަމަށް ލަބީބުގެ ސިކުޑިން ވިސްނުވައިދިނީމައެވެ.

ފަތިސްނަމާދުގެ ބަންގީގެ އަޑަށް ޝާޔާ ތެދުވެ ވުޟޫކޮށްލައިގެން އައިސް ލިއުއަށް ނަމާދުކުރަން ގޮވިއެވެ. ދެމީހުން އެއްކޮށް ނަމާދުން އަވަދިވެގެން ދަތުރައް ތައްޔާރުވާން ފެށިއެވެ. ފުރުން ހަމަޖެހިފައި އޮތީ ހެދުނު 7.30 ގައި ކަމުން ލިއު ގޮސް މިއާންމެން ނައްގޮވިއެވެ.

ޝާޔާ ފޯނުން ޔާން އެއްކޮށް ނަގާފައި ހުރި ފޮޓޯތަކަށް ބަލަމުން ހިނިތުން ވެލިއެވެ. އަދި ޔާންގެ މޫނު ވަކިން ޒޫމްކޮށް ތުންފަތުގައި ޖައްސާލުމައް ފަހު ލޯމަރާލިއެވެ.

“އޭ ޖޫލިއެޓް ތިދެން އަޅެ ކޮންކަމެއް..” ޝާޔާ ފޯނު ގެ ޑިސްޕްލޭ ތުންފަތުގައި ޖައްސައިގެން އިންތަން ފެނުމުން ލިއު ދިމާކޮށްލިއެވެ.

“ލިއު އަށް ވެސް މީހަކު ދެކެ މިވަރަށް ލޯބި ވެވުނީމަ ތިހެން ނުބުނާނެ… ތެދު ތެދައް ބުނަނީނަމަ މި ފަސްގަނޑު ދޫކޮށް މިހާރު ދާހިތެއް ނުވޭ” ޔާން އާ އެއްކޮށް ހޭދަކުރި ވަގުތުތައް  ހަދާންކުރަމުން ޝާޔާ ބުނެލިއެވެ.

“މަ ނޫޅެން ތިކަހަލަ ކަމަކު ހަލާކުވެގެންދާކަށް… ދެންވެސް ތިހެން ނީދެ ހިގާބަލަ ކޮފީއެއް ބޯލަން އެފަރައިތައް ” ފުރަން ދާން ލާނެ ހެދުން ރެޑީކޮށް ކޮޑުގައި އަޅުވާލަމުން ލިއު ބުނެލިއެވެ.

އެތައް އިރެއް ވަންދެން ޒުބައިދާއާ ވާހަކަ ދައްކަން އިނުމައްފަހު ތައްޔާރުވާ ދަނީކަމަށް ބުނެ ދެމީހުން ގޮސް ކޮޓަރިއަށް ވަނެވެ.

ފެންވަރައިލައިގެން އައިސް ޗާޖައްޖަހާފައި އޮތް ފޯނުނަގާ ޔާންއަށް ގުޅާލިއެވެ. ދެފަހަރަކު ގުޅުމުންވެސް ޔާން ފޯނުނުނެގުމުން ޝާޔާ މާޔުސްވިއެވެ. ޔާން ނުފެނި ފުރަންޖެހި ދާނެތީ ޝާޔާ ކަންބޮޑުވިއެވެ.

ކޮޓަރީގެ ދޮރުގައި ތަޅާވަރުން ބޮލައް އުދަގޫވެގެން ގޮސް ލިއު ދޮރު ހުޅުވިއެވެ.

“ހޫން ތި މީހުންދޯ… ބަޔަކަށް ރެޑީ ވެވިއްޖެކަން އެބައެގޭ…” ދޮރުމަތީހުއްޓިލައިގެން ހުރި މިއާން އަދި ނާޒިމް ފެނުމުން ލިއު ބުނެލިއެވެ.

“އޭ  އަވަސްކުރޭ އެގޭ ..ނެތޭ ގަޑިޔަކު ތަނެއްވެސް.. މި އަންހެން ވެރިން ގޮވައިގެން ތަނަކަށް ދާން އުޅޭނެކަމެއް ނެއް” މިއާން ދޮރު  ގައި އަތް ވިއްދައިގެން ހުރެ ޖެއްސުމުގެ ރާގައް ބުނެލިއެވެ.

“އަހަރެމެން މި ނިމެނީއޭ.. ތިމީހުން މި ފޮށިތައް އަހަރެމެން ރެޑީވާން ވާއިރަށް ބޭރަށް ނެރެދީބަލަ” ލިއު ކޮޓަރީގެ އެއްފަރައިތެއްގައި ބަހައްޓާފަހުރި ފޮށިތައް ދައްކަމުން ބުނެލިއެވެ.

*****************************************

“ދަރިފުޅާ..ޔާން ހޭލަބަލަ… ޒިދާން މަންމަ އަށް ގުޅާފަބުނި ދަރިފުޅު ހޭލެއްވުމަށް…މަންމަ ބުނިން ދަރިފުޅު އޮފް ދުވަހޭ ބުނީމަވެސް ބުނީ ގޮވާށޭ” ހުސްނާ ދެފަހަރަކު ގޮވުމުން ޔާންއަށް ހޭލެވުނެވެ.

“މަންމާ ގަޑިން ކިހާވަރެއް..” އަވަސް ވެފައިވާ ހިތަކާއެކު ޔާން ފުންމައިގެން ތެދުވެ ފޯނު ހޯދަންފެށިއެވެ.

“މިހާރު ހަތް ގަޑި ފަނަރައަށް ވުރެ ބޮޑުވެއްޖެ…” ހުސްނާ ދަރިފުޅައް ވީގޮތް ބަލަން އިދެ ބުނެލިއެވެ.

“އޯ ޝިޓް.. ޝާޔާ…. މަންމާ ޝާޔާ ފުރާނެ 7.30ގަ…” ޔާން ފާހާނާ އަށް ވަދެ އަވަސް އަވަސް ކޮށްލައިގެން ނުކުމެ ފުރަތަމަ ފެނުނު ގަމީސް ގަޔައް ވައްޓާލައިގެން ގޮސް ސައިކަލައް އަރާ ސްޓާޓްކޮށްލިއެވެ.

ޝާޔާ އެންމެ ފަހު ފަހަރަށް ޔާން އައް ގުޅާލިއެވެ.

“ޔާން ކޮބާތަ..އަޅެ ހާދަ ވަރަކަށް ގުޅައިފީމޭ” ޔާން ފޯނުނެގުމާއެކީ ޝާޔާ ޝަކުވާކުރިއެވެ.

“ބޭބީ… އައި އޭމް ސޯ ސޮރީ.. ފަހަތް ބަލާލަބަލަ ” ޝާޔާ ފަހަތް ބަލާލުމުން ޔާން އަތުގެ އިޝާރައިތުން ހަނާ އަޅާލިއެވެ..

“އަޅެ ޔާން ހާދަ އިންތިޒާރެއް ކޮށްފީމޭ..މިހާރު ލޯޗްވެސް ނައްޓާލާ ގަޑި އެއޮށް ޖެހުނީ..” ފުރުމުގެ ކުރިން ޔާންއާ ބައްދަލުވުމުން އެ ހިތުގައި އުފެދިފައިވާ ހުރިހާ ނުތަނަވަސް ކަމެއް ފިލާދިއެވެ.

“ކީކުރާނި.. ޒިދު ކައިރީ ރޭގަ ގޮވާށޭ ބުނެވިފަ އޮތްކަމުން މިހޭލެވުނީވެސް.. ” ޔާން ޝާޔާގެ އަތުގައި ލޯބިން ހިފާލަމުން ބުނެލިއެވެ. ޝާޔާ އަބުރާ މާލެ ފޮނުވާކަށް ޔާން އެއްވެސް ވަރަކަށް ބޭނުމެއް ނޫނެވެ. އެހެންނަމަވެސް ޝާޔާ ހިފަހައްޓަން ދައްކާނެ ވާހަކައެއް ޔާންއަކަށް ނޭގެއެވެ.

“އޭ ޝާ އަވަސްކުރޭ ލޯޗްނައްޓާލަނީ” ލިއު ލޯޗް ކަށްޕި ފުރާގަޑި ޖެހިއްޖެ ކަމަށް ބުނުމުން ޝާޔާއައް ގޮވާލިއެވެ.

“ޔާން ދެންދަނީ .. ވަރަށް މިސްވާނެ.. ޝާ މަތިން ހަދާން ނައްތާނުލައްޗޭ” ޝާޔާ ލޯބިން ފުރިގެން ވާ ބަލައިލުމަކުން ޔާއަށް ބަލާލިއެވެ.

“އަދި މަޑުކޮށްބަ މި ހިފައިގެންދޭ…” ޔާން ޝާޔާގެ އަތުގައި ސިލްވާ އަގޮތްޓިއެއް އަޅުވަމުން ބުނެލިއެވެ.

“ޝާ މިރިންގް އަބަދުވެސް ޝާގެ އަތުގައި ބައިންދައްޗޭ… ވަރަށް އަވަހަށް އިރާދަ ކުރެއްވިއްޔާ ޝާ ކައިރިއަށް ދާނަން .. ވަރަށް ލޯބިވޭ” އެންމެ ފަހުގެ ވަދާއީ ސަލާމް ކޮށްލަމުން ޔާންބުނެލިއެވެ.

ރިންގްގައި ބޮސްދެމުން އެތައް ވައުދެއް ކޮށް ޝާޔާ ލޯޗްއާ ދިމާލައް ހިނގައިގަތެވެ.

ލޯންޗް ފަޅުންނުކުމެ ގެއްލެންދެން އެދިމަ ބަލަހައްޓައިގެން ޔާން އަށް ހުރެވުނެވެ. އެތައްދުވަހަކު މީހަކު އެކުގައި އުޅުމަށްފަހު ވަކިވެގެން ދާކަމުގެ އިހުސާސް ޔާންއަށް ކުރެވެން  ފެށިއެވެ.

 

-ނުނިމޭ-

މިވާހަކައިގެ ދެންއޮތް އެޕިސޯޑުގެ ލިންކު ކޮމެންޓް ސެކްޝަންގެ ތިރީގައި ވާނެއެވެ.

Share Article

Follow Me Written By

aminath shiyaa

Level 110 Stories

Other Articles

Previous

ކެތްކުރިން ކުރަން އަދިވެސް ކުރާނަން….4

Next

ލޯބިވަން…(ދިހަވަނަބައި)

Next
February 21, 2018

ލޯބިވަން…(ދިހަވަނަބައި)

Previews
February 21, 2018

ކެތްކުރިން ކުރަން އަދިވެސް ކުރާނަން….4

22 Comments!

  1. Immi says:
    February 21, 2018 at 3:20 pm

    V reethi … dhen kihineh vaaanee

    1. aminath shiyaa says:
      February 21, 2018 at 4:02 pm

      Thank you immi
      Let’s see…… ??

  2. Yaaan says:
    February 21, 2018 at 3:23 pm

    Shiyaa dhemeehun dhuru nukurahchey

    1. aminath shiyaa says:
      February 21, 2018 at 4:05 pm

      Thank you
      ☺☺☺
      Higaadhw balamaa…

  3. Anonymous says:
    February 21, 2018 at 3:26 pm

    Vrh reethi shiyaaa.????

    1. aminath shiyaa says:
      February 21, 2018 at 4:01 pm

      Thank you ??

  4. sam♥ says:
    February 21, 2018 at 5:15 pm

    yaan n sayaa dhuru nukuruvahchey .plx.. ehrun v dhera vaane… loves

    1. aminath shiyaa says:
      February 22, 2018 at 10:54 am

      Thank you sam ??….
      Let’s see ? keep reading

  5. Dhurugaaviyas says:
    February 21, 2018 at 5:33 pm

    Please nishage mission success viya nudhehchey.. ehen ulhey meehun dheke b foohivey…. loabi vaahaa ehnmen dhen nulibeyne dhw

    1. aminath shiyaa says:
      February 22, 2018 at 10:55 am

      Ur right loabi vaahaa ehnmen nulibeyne

      Thank you dhurugaaviyas ☺

  6. readers says:
    February 21, 2018 at 6:03 pm

    Alhe haadha kurey vaahaka upload kuraaleh…. mi ah vureh dhigu kohladheeba pls…….. nice stry

    1. aminath shiyaa says:
      February 22, 2018 at 10:55 am

      Aslu ves kuru tha???
      Thank you readers ☺

  7. Marujaan says:
    February 21, 2018 at 7:26 pm

    Vvvvvv
    Nice
    Mipart dhigu

    1. aminath shiyaa says:
      February 22, 2018 at 10:56 am

      Thank you marujaan ☺☺☺☺?

  8. Pinky shifoo says:
    February 21, 2018 at 8:50 pm

    Wow ❤️❤️❤️… Mi part vx as usual v v v reethi ???… V kiyaahihvaa story eh mee ???… Nishaa haadha gohey… I hate her ???… Curiously waiting for the next part.. ???

    1. aminath shiyaa says:
      February 22, 2018 at 10:57 am

      Thank you pinky shifoo…. I hate her too ????…. keep reading ?

  9. Twingirl says:
    February 21, 2018 at 11:14 pm

    Vv rythi storyy. .. keep it up. . Bt thankolheh avahah up kohdhehcheyy. .. v kiyaahithun mihuryy … ???

    1. aminath shiyaa says:
      February 22, 2018 at 10:58 am

      Lahee dhw up vaaleh… I will try my best
      Thank you twingirl ??

  10. Hana says:
    February 22, 2018 at 12:01 am

    Yaan and shaaya dhuru nukurahchey v reethi mi story

    1. aminath shiyaa says:
      February 22, 2018 at 10:58 am

      Thank you hana ☺☺☺☺☺?…. keep reading…

  11. riley says:
    February 22, 2018 at 1:05 pm

    wow amazing story

  12. Misha says:
    March 27, 2018 at 4:41 am

    Ehme fahun ring eh ves e’lhu v dho..kihineh vaanebaa.?? Salhi story

Comments are closed.

Next Episodeއިންތިހާ -13←


All Right Reserved!