އީޝަލް އޮފީހަށް ވަދެ މޭޒު ކައިރި ހުރި ހުސްގޮނޑީގައި އިށީނެވެ. އީޝަލްގެ މޭޒުގެ އިތުރުން އެތާ ދެމޭޒު ހުއްޓެވެ. އެދެމޭޒު ކައިރީގައިވެސް ދެމީހުން ތިއްބެވެ. އެތާ އިށީނުމަށްފަހު މޭޒުގައިވާ ފައިލްތަކަށް ބަލަން ފެށިއެވެ. “ހޭ. އަހަރެންނަށް ކިޔަނީ ޒޯޔާ” އަންހެންކުއްޖެގެ އަޑަށް އީޝަލްއަށް އިސްއުފުލާ ބަލާލެވުނެވެ. އީޝަލްގެ ކުރިމަތީގައި ހުއްޓިލައިގެން އެހުރީ ފެންނަފެނުމަށް އޭނާއާއި އެއްއުމުރެއްގެ އަންހެންކުއްޖެކެވެ. ގައިގެކުލަ ދޮންވެފައި އޮމާނެވެ. ކަނދުރާއާއި ހަމައަށް އަރާވަރަށް ބުޅިއިސްތަށިގަނޑު ކޮށާލާފައިވެއެވެ. މެރޫންކުލައިގެ ހެދުމެއްލައިފައި ހުރިއިރު، އޭނާގެ ހަށިގަނޑުގެ ރީތިކަމަށް […]
އިރުކޮޅަކަށްފަހު އެހެން އިނުމަށްފަހު އަވަހަށް ފެންވަރަން ފާޚާނާއަށް ދިޔައެވެ. ފެންވަރައިގެން ނިކުން އީޝަލް އޭނާގެ ތެތްވެފައިވާ ފަށުވިކޮޅެއްފަދަ ފަން އިސްތަށިގަނޑު ތުވާލިން ހިއްކާލިއެވެ. ބޮލުގައި ތުވާލި އޮޅާލުމަށްފަހު އީޝަލް އާލިޔާއަށް ގޮވަން ދިޔައެވެ. ބާލިހުގައި ބައްދާލައިގެން އޮތް އާލިޔާގެ ރާޅުބާނި އިސްތަށިގަނޑުވަނީ މޫނު މައްޗަށް އެޅިފައެވެ. “އާލީޔާ! އާލިޔާ! އަވަހަށް ތެދުވޭ ފަތިސް ނަމާދުކޮށްގެން، ސުކޫލަށް ދާން ރެޑީވާން.” އީޝަލް އާލިޔާ ބައްދާލައިގެން އޮތް ބާލިސް ނަގަމުން ބުނެލިއެވެ. މިއަހަރަކީ އާލިޔާގެ ސްކޫލު ދައުރުގެ އެންމެ ފަހު […]
އެންމެންގެ ކުރީމަތީ، އީޝަލް އޭނާގެ ބައްޕައަކީ ދޮގުވެރިއެއް ނޫންކަން ހާމަކޮށްދެން ބޭނުންވެއެވެ. ނަމަވެސް އޭނާގެ ވާހަކަ އެއްވެސް މީހަކު ޤަބޫލު ނުކުރާނަމަ، ކުރާނީ ކީއްހެއްޔެވެ؟ އީޝަލްގެ ހަނދާނަށް ކުއްލިއަކަށް އައީ އެކޮމްޕެނީގައި ސީސީޓިވީ ހުންނާނެކަމެވެ. ޕޮލިހުން ގާތު އެވާހަކަ އީޝަލް އަވަހަށް ބުނީ އޭނާގެ ބައްޕަގެ ތެދުވެރިކަން ހާމަކޮށްދިނުމުގެ ގޮތުން ހެއްކެއް ހޯދުމުގެ ބޭނުމުގައެވެ. ސީސީޓީވީ އިން ވީޑިއޯ ހޯދުން ވެގެން ދިޔައީ ފޫނެއް ފަޔަށް ފެން ފުރުން ކަހަލަ ކަމަކަށެވެ. ޕޮލިހުން ޗެކް ކުރިއިރު އަޔާނަށް […]
މާޒަށް އެވަގުތު ލިބުނީ ސިހުމެކެވެ. ކަޅުކުލައިގެ ހެދުމަކާއި ޖިންސެއްލައިގެން އެހެރީ އީޝަލްއެވެ. އެތައް ދުވަހެއް ފަހުން މާޒަށް އީޝަލްގެ ސޫރަ ފެނުމުން މާޒުގެ ހިތަށް ބަޔާންކޮށް ދެން ނޭނގޭ އިޙްސާސްތަކެއްވިއެވެ. “އީޝާލް. އަހަރެން އީޝަލްއާއި ވާހަކަދައްކާލަން ބޭނުން .” އެދެމެދުގައިވާ ހަމަހިމޭންކަން ފޫދުއްވާލީ މާޒެވެ. މާޒް އެހެން ބުނުމުން އީޝަލް އެތަނުން ދާން ހިނގާގަތެވެ. އެއަށްވުރެ އަވަހަށް މާޒް އީޝަލްގެ އަތުގައި ހިފެހެއްޓިވެއެވެ. “އީޝަލް އަހަރެން ދެކެ ރުޅި އައިސްފަތަ؟” މާޒް އީޝަލްގެ އަތުން ދޫކޮށްލަމުން ސުވާލުކޮށްލިއެވެ. […]
ކޮލެޖަށް ދިއުމުން އެގުނީ މާޒް ކޮލެޖަށްވެސް ނުދާކަމެވެ. އީޝަލް ނިންމީ މާޒްގެ ގެއަށް ދިޔުމަށެވެ. އެގެއަށް ދިޔައިރު އެގެ ހުރީ ތަޅުލާފައެވެ. ދޮރުގައި އިރުކޮޅަކު އަތުގެ ނުފުށުން ދެތިންފަހަރަކު ޖަހާލުމަށްފަހު” އައްސަލާމް ޢަލައިކުމް ” މިހެން ސަލާމް ގޮވާލުމަށްފަހު އެއްވެސް މީހެއްގެ ހިލަމެއް ނުވުމުން ހުރުމަށްފަހު، އެތާ ކައިރި ގެއެއްގެ މީހެއްގެ ގާތު މާޒް މެންވީތަނެއް އެނގޭތޯ ސުވާލުކޮށްލިއެވެ. މާޒްމެން މިހާރު އުޅެނީ އެގެޔަކު ނޫން ކަމަށެވެ. މާޒް އީޝަލްއަށް އެއްވެސް ޚަބަރެއް ނުވެ އެގޮތަށް ދާންވީ […]
އީޝަލްއަށް ސިހުމެއް ލިބުނީ މާޒްގެ ޖީބުން ނެގި، މަޑުނޫކުލައިގެ އެސްކޮޅަކުން ޒީނަތްތެރިކޮށްފައިވާ ރަންކުލައިގެ އަނގޮއްޓި ފެނިފައެވެ. “އީޝަލް..އީޝަލް އަހަރެންގެ ހަޔާތަށް އައި ދުވަހުން ފެށިގެން އަހަރެންނަށް އީޝަލްއާއި ނުލާ ދެން އުޅޭނީ ކިހިނެއްކަމެއް މިހާރު ސިފަވެސް ނުވޭ.. ދުވަހަކު އަންހެން ކުއްޖެއްދެކެ ނުވާ ލޯބި އަހަރެންނަށް އީޝަލް ދެކެ ވެވިއްޖެ. އަހަރެން ބޭނުންވަނީ ދާއިމީ ގުޅުމަކުން މިގުޅުން ގޮށްޖަހާލަން. ކުޑަ ދުވަސްކޮޅެއް ނޫނީ ވަކި އަހަރެއް ވަންދެން އީޝަލްއާއި އެކު ވަގުތު ހޭދަކުރާކަށްނޫން. އަހަރެން ބޭނުމީ މުޅި […]
****** ” އަހަރެން ފައިލްތައް ބަލާލިއިރު މަލަކް ބުނިގޮތަށް މާޒް މިކޮމްޕެނީ އިން ޓްރެއިން ކޮށްފަ ވަނީ. އެކަމަކު އޭނާ މަލަކް ދާ ތަންތަން ބަލާކަމެއް ނޭނގެ” އަޔާން ގެ ދޮންތަ ނޫރާ ބުނެލިއެވެ. “އޯކޭ.. މާޒްގެ ދެން ހުރި ކަންތައްތައް އަހަރެން ބަލާނަން.. މަލަކް އެހެރީ މާޒާއި ހެދި މޮޔަވެފަ. ދެން ދިޔަޔަސް އެންމެ ރަނގަޅު.” އަޔާން އޭނާގެ ކޮޓީރީގައި ހުރި ގޮޑިއެއްގައި އިށީނދެލަމުން ބުންޏެވެ. “އެންމެ ރަނގަޅު އަހަރެން މިދަނީ” މިހެން ކިޔާ ނޫރާ […]
“އަހަރެންވެސް. މިއަދު ހަވީރު ސުކޫލުގަ އޮންނަ ޕާޓީއަށް ދާނަންތަ؟” މާޒް އީޝަލްއާއި ސުވާލުކޮށްލިއެވެ. “އާ ދާނަން” މާޒާއި ދިމާއަށް ކުޑަކޮށް ހީލަމުން ބުންޏެވެ. މިހެން ބުނުމަށްފަހު އީޝަލް ފިހާރައަށްވަނެވެ. ތިންގަޑި ބައި ހާއިރު ފިހާރައިން ނިމިގެން ގެއަށް ދިޔަމަގުތީގައި އޭނާ އަށް އަޅައިގަތީ ދެއަތުން ބޮޑު ދެކޮތަޅު ހިފައިގެންދާ އޭނާގެ މަންމައެވެ. ” މަންމާ! މަންމާ!” މަންމައާއި އެއްވަރަކުރަން ވެގެން އީޝަލް ކުޑަކޮށް ދުވަމުން ގޮވިއެވެ. “މިއެއްޗެހިތައް ހިފާބަލަ. މަންމަ ބަލިވެއްޖެ” ހުމޭރާ ގާތަށް ހުއްޓުން އީޝަލް […]
މާޒް އެތަނުން ދާން ހިނގައިގަތުމުން “މާޒް” މަލަކް މާޒާއި އެއްވަރުކުރަމުން ގޮވާލިއެވެ. އަދި މާޒަށް ގަނޑުކޮޅެއް ދިނުމަށްފަހު ހީލަމުން އެތަނުން ދިޔައެވެ. އޭގައި ވަނީ މަލަކްގެ ފޯނު ނަންބަރެވެ. މާޒް ފަސްއެނބުރި އަޔާނަށާއި މަލަކްއަށް ބަލާލުމަށްފަހު އެތަނުން ދިޔައެވެ. އަޔާނާއި މަލަކްގެ ބައްޕަ މިދުނިޔާއި ޢަލްވަދާއު ކިޔުމަށްފަހު މަލަކްގެ ކަންތައްތައް ބައްޕައެއް ފަދައިން ބަލަނީ އަޔާނެވެ. އަޔާންގެ އުމުރުން މިހާރު 32 އަހަރުވީއެވެ. ވޭތުވެދިޔަ އަހަރުތަކުގައި 21 އަހަރުގެ މަލަކްގެ ހުރިހާ ކަމެއް ބަލާ އަދި ގޯސްކޮށް […]