Esfiya - Dhivehi Vaahaka Site
  • އިތުރު
    • އެހެނިހެން
    • ހަޤީޤީ
    • ހިތާމަ
    • ދީނީ
    • މަޒުމޫނު
    • ޅެން
    • މަޖާ
    • ލޯބި
    • ބިރުވެރި
  • އެސްފިޔަ
    • އެސްފިޔަ ޕްރޯ
    • ޤަވާއިދު
    • އިސްތިހާރު ކުރެއްވުމަށް
    • ގުޅުއްވުމަށް
    • މަގޭ ވާހަކަތައް
    • ★ޕޮއިންޓްސް★
  • ލޮގިން
  • ރެޖިސްޓަރ
  • އެހީ
  • ސީރީސްތައް
  • ފުރަތަމަ ޞަފްހާ
ހިތާމަލޯބި

އީޝަލް (6ވަނަ ބައި)

@aminath Level 110 Stories100 Login
June 3, 2020 3 Mins Read
15 Comments

އީޝަލްއަށް ސިހުމެއް ލިބުނީ މާޒްގެ ޖީބުން ނެގި، މަޑުނޫކުލައިގެ އެސްކޮޅަކުން ޒީނަތްތެރިކޮށްފައިވާ ރަންކުލައިގެ އަނގޮއްޓި ފެނިފައެވެ.

“އީޝަލް..އީޝަލް އަހަރެންގެ ހަޔާތަށް އައި ދުވަހުން ފެށިގެން އަހަރެންނަށް އީޝަލްއާއި ނުލާ ދެން އުޅޭނީ ކިހިނެއްކަމެއް މިހާރު ސިފަވެސް ނުވޭ.. ދުވަހަކު އަންހެން ކުއްޖެއްދެކެ ނުވާ ލޯބި އަހަރެންނަށް އީޝަލް ދެކެ ވެވިއްޖެ.  އަހަރެން ބޭނުންވަނީ ދާއިމީ ގުޅުމަކުން މިގުޅުން ގޮށްޖަހާލަން.  ކުޑަ ދުވަސްކޮޅެއް ނޫނީ ވަކި އަހަރެއް ވަންދެން އީޝަލްއާއި އެކު ވަގުތު ހޭދަކުރާކަށްނޫން. އަހަރެން ބޭނުމީ މުޅި އުމުރު އީޝަލްއާއި އެކީ އުފާވެރި ހަޔާތެއް ހޭދަކުރަން. އަހަރެންގެ ފަހު ނޭވައާއި ހަމައަށް އަހަރެން ބޭނުންވަނީ އީޝަލްއާއި އެކީ ވާން. ވިލްޔޫ މެރީ މީ މަރިޔަމް އީޝަލް؟ ” އަނގޮއްޓި ހިފައިގެން އިން މާޒް އެއް ކަކޫ މައްޗަށް އެވަގުތު ތިރިވިއެވެ.

އެވަގުތު އީޝަލްގެ ދޫ ތަޅުލެވުން ކަހަލައެވެ. އީޝަލްގެ ރީތި ދެލޯ އެވަގުތު ފެންކަޅިވިއެވެ. ކަޅި ޖަހާ ނުލާ މާޒްއަށް އިރުކޮޅަކު ބަލަން އިނދެވުނެވެ. މާޒް އެއީ އޭނާއަށް ލިބުން ކިހާ ބޮޑު ނަސީބެއްހެއްޔެވެ؟ “ޔެސް ޔެސް” އީޝަލް އާއެކޭ ބުނުމުގެ ގޮތުން ބޯ ތަޅުވާލީ އެތުންފަތަށް ހިނިތުންވުމެއް ވެރިކުރަމުންނެވެ. އަދި އީޝަލްގެ ވާއަތް އެވަގުތު މާޒްއާއި ދިމާއަށް ދިއްކޮށްލިއެވެ. މާޒްގެ އަތުގައި އޮތް އަނގޮއްޓި އީޝަލްގެ ކަށި އިނގިލީގައި މާޒް އެޅުވިއެވެ. މާޒް އީޝަލްގެ ގައިގައި އެވަގުތު ބައްދާލީ ދުވަހަކުވެސް ދޫނުކޮށްލާނަމޭ ބުނާފަދަ ގޮތަކަށެވެ. އެވަގުތު  ރާޅު ޖަހާއަޑު ކަންފަތަށް  މިޔުޒިކެއްފަދައިން އިވެމުންދިޔައެވެ. ރާޅުތަކުގެ މިޔުޒިކީއަޑުވެސް މި ދެލޯބިވެރިންގެ މިއާ ފެށުމަށް މަރުހަބާކިޔަމުންދާ ކަހަލައެވެ.

އީޝަލް ގެއާއި ހިސާބަށް ލާފާ މާޒް ގެޔަށް ދިޔައިރު އެމޫނު މަތިން އަދިވެސް ފެންނަމުން ދިޔައީ އުފާވެރިކަމެވެ. ގެއަށްގޮސް އެންމެ ފުރަތަމަވެސް  އުފަލުން ގޮވާލެވުނީ މަންމައަށެވެ. މާޒް ހުރީ މަންމައަށް މިޚަބަރު ދޭން ކެތްމަދުވެފައެވެ. “މަންމާ ވަރަށް އަވަހަށް އަހަރެން މިގެއަށް އަންހެން ކުއްޖެއް ގެންނާނަން. މަންމައަށް ވަރަށް ކަމުދާނެ.” ފައިވާން ބަހައްޓާ ހަރުގަނޑުގައި ފައިވާން ބެހެއްޓުމަށްފަހު މާޒް މަންމަގާތަށް ދާން އަވަހަށް ހިނގައިގަތެވެ . ނަމަވެސް އޭނާގެ ލޮލުގައި އެވަގުތު އަޅާގަތީ ސިޓިންގްރޫމްގެ މުށިތައް މައްޗަށް ވެއްޓިފައިވާ އޭނާގެ ބައްޕައަށެވެ. ބައްޕަގެ ބޮލުން އެވަގުތު ލޭ އޮހޮރެމުންދެއެވެ. ސިޓިންގްރޫމުގައި މޭޒުވަނީ ވެއްޓިފައެވެ. ސޯފާގައިވާ ބާލިސްތައް ވަނީ އެކިތަންތަނުގައެވެ.  ސިޓިންގްރޫމުގައި ޓީވީ ރެކުމަތީ ބަހައްޓާފައި ހުރި މާވަށިގަނޑު ވަނީ ތަޅައިގެން ގޮސްފައެވެ. ބައްޕައާއި ކުޑަ ތަންކޮޅެއް ދުރުގައި ވެއްޓިފައި ޔޫނާ އޮތެވެ. އަދި ޔޫނާގެ ހަށިގަނޑުގައި ބައްދާލައިގެން މަންމައިނދެ ގިސްލަމުން ދެއެވެ.  ” މަންމާ ކިނިއްވީ؟ މަންމާ ޔޫނާއަށް ކިހިނެއްވީ؟” މާޒްގެ އަޑު އެވަގުތު ބިރުން ތުރު ތުރު އަޅައެވެ. މަންމަގެ ފަރާތުން ޖަވާބެއް ނައަމުން އެނެއްކާވެސް މާޒް ކިހިނެއްވީތޯ ސުވާލު ކުރަން ފެށިއެވެ. މިފަހަރު މާޒްގެ އަޑު ބާރެވެ.

” ދަރިފުޅާ! ބައްޕަ ގޭތެރެއަށް ވަންނަން އުޅުނީމަ ޔޫނާ އުޅުނީ ނުވައްދަން  ގެޔަށް. އެހެންވެ ބައްޕަ ގާތަށް ރުޅި އައިސަށް ޔޫނާގެ ކަރުގަ ހިފީ. ނިޔާޒު ވެސް ނޫޅެނެ ގެޔަކު. މަންމައަށްވެސް ހަދާނެ ގޮތް އެވަގުތު ހުސްވި. ޔޫނާއަށް ކަމެއް ވެދާނެތީ މަންމަ އެތާ ހުރި މާވަށިގަނޑުން ބައްޕަގެ ބޮލުގައި ޖެހީ. ޔޫނާ އެއޮތީ ހޭނެތިފަ”  މަންމަ ރޮމުން ރޮމުން މާޒަށް ކިޔާދިނެވެ.

“މަންމާ ކީއްތަ ތިކުރީ؟ ބައްޕަ އެއޮތީ މަރުވެފަ އެއްނު” މާޒް ފާރު ކައިރިއަށް ތިރިވިއެވެ.  މާޒްގެ މޫނުން ފެންނަމުން ދިޔައީ  ބިރުވެރިކަމާއި ހާސްކަމެވެ.  އަދި އޭނާގެ ލޮލުން  އެވަގުތު ކަރުނަ އޮހެއެވެ. ޖީބުގައިވާ މާޒްގެ ފޯނު ނެގިއިރު މާޒްގެ އަތުން ތުރުތުރު އަޅައެވެ. “އަހަރެން ޕޮލިހަށް ގުޅާފަ ބުނާނަން އަހަރެން ކުރި ކަމެކޭ” މާޒް ކުރަކި އަޑަކުން ބުނެލިއެވެ. “ނޫން ދަރިފުޅާ! މަންމަ ކުރިކަމެއް ދަރިފުޅު ބޮލުގަ އަޅުވަން ނޫޅޭ. މަންމަ ދަރިފުޅު ކަމެއްވިޔަކަށް ނުދޭނަން !” މާޒްގެ އަތުގައި އޮތް ފޯނު އަތުލަމުން ސާދިޔާ ބުނެލިއެވެ. އެގޮތަށް އެކަން ނުކުރާނެކަމަށް ބުނެ މާޒް އޭނާގެ މަންމަގެ ގައިގައި ބައްދާލިއެވެ.

މާޒްވެސް މަންމައަށް ކަމެއް ވާކަށް ނޭދެއެވެ. އޭނާ ފުރާނަ ފަދައިން ލޯބިވާ މަންމަ ޖަލަށް ދާކަށް  ނޭދެއެވެ. މަންމާއާއި ނުލާ އުޅޭކަށް  މާޒް ބޭނުމެއް ނުވެއެވެ.  މާޒްގެ ސިކުނޑީގައި ކުއްލިއަކަށް ގުގުމާލީ އަޔާން ބުނި ވާހަކައެވެ. މާޒް ބުނި ކޮންމެ ކަމެއް ކޮށްދޭނެ ވާހަކައެވެ. މާޒަށް އެވަގުތު އެނޫން ހައްލެއް ނުފެނުނެވެ. މަންމަގެ ހަޔާތުގެ ބާކީ ބައި ޖަލުގައި ހޭދަކުރާކަށް މާޒް ނޭދެއެވެ. ކޮޓަރިއަށްގޮސް އަޔާންގެ ނަންބަރު ހޯދާ އަޔާނަށް ޑައިލް ކޮށްލިއެވެ. މާޒް ވީގޮތް އަޔާނަށް އަލިފުން ޔާ އަށް ކިޔާދިނެވެ. އޭގެ ބަދަލުގައި މާޒް މަލަކްގެ ލޯބި ޤަބޫލުކުރާނެކަމަށް ބުންޏެވެ. ހީވެސްނުކުރާހާ ފަސޭހައިން އަޔާން އެކަމަށް އެއްބަސް ވެއްޖެއެވެ. އަދި އެރޭ ދިމާވި ހުރިހާ ކަމެއް އޭނާ ހަމަޖައްސާނެކަމަށް ބުންޏެވެ.

ފޯނު ބޭއްވުމަށްފަހު މާޒްގެ ނަޒަރު އަޅައިގަތީ ކޮޓަރީގެ މޭޒުގައި ބައްވާފައިވާ ފޮޓޯގަނޑާށެވެ. އެފޮޓޯގައި ވަނީ މާޒާއި އީޝަލް އެވެ.  އެފޮޓޯއަށް ބަލަން އިން މާޒްގެ ހަނދާނަށް އައީ އީޝަލްއެވެ. އީޝަލް ދެކެ ކިތަންމެ ލޯބިވިޔަސް މާޒް ވަނީ އޭނާގެ މަންމައަށްޓަކައި އެލޯބި ޤުރުބާން ކުރަން ޖެހިފައެވެ. “އަހަރެންނަށް މަޢާފުކުރޭ!” ފޮޓާއަށް ބަލަން އިން މާޒް ފޮޓޯގައި އަތްކާތާލަމުން ބުންޏެވެ.

މުޅިރޭ ދިޔައީ ރުއިމުގައެވެ. ނިޔާޒު ގެޔަށް އަންނަންވާއިރަށް އަދި ޔޫނާ ހޭއަރަންވާއިރަށް އަޔާން ހުރިހާ ކަމެއް ނިންމީ ވަރަށް އަވަހަށެވެ. ރުފިޔާ ބޭނުންކޮށްލައިގެން މިކަން އަޔާން ނިންމީ ވަރަށް ފަސޭހައިންނެވެ. އަޔާނާއި  މަންމައާއި  މާޒްގެ އިތުރުން މާޒްގެ ބައްޕައަށް ވީގޮތް އިތުރު މީހަކަށް ނޭނގެއެވެ.

ޖެހިގެންއައި ދުވަހު އިރުއެރުމާއެކު ތެދުވި އީޝަލްގެ މޫނުން ފެންނަނީ އުފާވެރިކަމެވެ. އަތުގައިވާ އަނގޮއްޓިއާއި ދިމާބަލަން އީޝަލްއަށް އިރުކޮޅަކު އިނދެވުނެވެ. މާޒްގެ އަޑުއަހަން ކެތްމަދުވެފައި އީޝަލް މާޒްއަށް ގުޅާލިއެވެ. އީޝަލްއަށް ސިހުމެއް ލިބުނީ މާޒް އީޝަލްގެ ނަންބަރު ބްލޮކް ކޮށްލައިފައިވުމުންނެވެ. ފޯނު ޗެކްކޮށްލިއިރު މާޒްވަނީ ހުރިހާ އެއްޗަކުން އީޝަލް ބްލޮކްކޮށްފައެވެ. މާޒް އީޝަލް ބިރުގަންނަވަންވީ ކީއްވެހެއްޔެވެ؟ މާޒް އަނެއްކާ ކޮންމެވެސް ސަކަރާތެއް ޖަހަނީބާއެވެ. އީޝަލްގެ ހިތަށް އެވަގުތު ތަފާތު އެއްޗެހި ހިތަށް އަރަމުންދިޔައެވެ. ބިރުވެރި އިހްސާސްތަކަކުން އޭނާ ވަށާލައިފިއެވެ.

= ނުނިމޭ =

މިވާހަކައިގެ ދެންއޮތް އެޕިސޯޑުގެ ލިންކު ކޮމެންޓް ސެކްޝަންގެ ތިރީގައި ވާނެއެވެ.

Share Article

Follow Me Written By

@aminath

Level 110 Stories100 Login

Other Articles

Previous

ވަކިވީއެ މިހަޔާތާ

Next

ފުރަ މެންދަން ޓްރެއިލަރ

Next
June 3, 2020

ފުރަ މެންދަން ޓްރެއިލަރ

Previews
June 3, 2020

ވަކިވީއެ މިހަޔާތާ

15 Comments!

  1. Kylie says:
    June 4, 2020 at 12:33 am

    Alhey eyoh kiyaa hithun kiyanikoh kihineh evy….. Maaz aa eeshal dhn nugulheynetha…….. Btw Waiting fr nxt part…. Stay safe igey…

    1. @aminath says:
      June 4, 2020 at 1:08 am

      Kuriyah oiy baithah keema adhi igeyne?You too stay safe

  2. Ju-udhaa Abdull Aleem says:
    June 4, 2020 at 1:40 am

    Kuriah oiy baithah kiyumah v shauguverivey. V reethi.

    1. @aminath says:
      June 4, 2020 at 2:05 pm

      Thankyou

  3. Livy says:
    June 4, 2020 at 6:36 am

    Alhey haadha dhera gothekey maaz ah evee?????????????????btw mi part Varah Varah reethi ❣️?✨?
    Maa sha Allah ??????????
    Curiously waiting for the next part ???

    1. @aminath says:
      June 4, 2020 at 2:06 pm

      Thankyou so much❤️

  4. Mathoo says:
    June 4, 2020 at 7:44 am

    Angotti eh noon dhw… Angoti aslu rangalhu gothaky.

    1. @aminath says:
      June 8, 2020 at 11:30 am

      Okay?

  5. Irish says:
    June 4, 2020 at 11:21 am

    Aharennah heevany maaz ge bappa marailee Ayaanhen
    BTW story vrh salhi

    1. @aminath says:
      June 8, 2020 at 11:29 am

      Thankyou?

  6. ?Ril? says:
    June 4, 2020 at 12:06 pm

    Wow just amazing. Aley dhen evy kihinehtha. Dhen oi bayah inthizaaru kurevey eba.

    1. @aminath says:
      June 8, 2020 at 11:29 am

      Thankyou?

  7. Felix says:
    June 6, 2020 at 3:18 pm

    ❤️

  8. Rageee says:
    June 13, 2020 at 7:27 pm

    Rageee ah mi vahaaka varah reethi…

    1. @aminath says:
      June 15, 2020 at 1:53 pm

      Thankyou?

Comments are closed.

Next Episodeއީޝަލްް (7ވަނަ ބައި)←


All Right Reserved!