Esfiya - Dhivehi Vaahaka Site
  • އިތުރު
    • އެހެނިހެން
    • ހަޤީޤީ
    • ހިތާމަ
    • ދީނީ
    • މަޒުމޫނު
    • ޅެން
    • މަޖާ
    • ލޯބި
    • ބިރުވެރި
  • އެސްފިޔަ
    • އެސްފިޔަ ޕްރޯ
    • ޤަވާއިދު
    • އިސްތިހާރު ކުރެއްވުމަށް
    • ގުޅުއްވުމަށް
    • މަގޭ ވާހަކަތައް
    • ★ޕޮއިންޓްސް★
  • ލޮގިން
  • ރެޖިސްޓަރ
  • އެހީ
  • ސީރީސްތައް
  • ފުރަތަމަ ޞަފްހާ
ހިތާމަލޯބި

އީޝަލް (8ވަނަ ބައި)

@aminath Level 110 Stories100 Login
June 10, 2020 4 Mins Read
12 Comments

މާޒަށް އެވަގުތު ލިބުނީ ސިހުމެކެވެ. ކަޅުކުލައިގެ ހެދުމަކާއި ޖިންސެއްލައިގެން އެހެރީ އީޝަލްއެވެ. އެތައް ދުވަހެއް ފަހުން މާޒަށް އީޝަލްގެ ސޫރަ ފެނުމުން މާޒުގެ ހިތަށް  ބަޔާންކޮށް ދެން ނޭނގޭ އިޙްސާސްތަކެއްވިއެވެ. “އީޝާލް. އަހަރެން އީޝަލްއާއި ވާހަކަދައްކާލަން ބޭނުން .” އެދެމެދުގައިވާ ހަމަހިމޭންކަން ފޫދުއްވާލީ މާޒެވެ.

މާޒް އެހެން ބުނުމުން އީޝަލް އެތަނުން ދާން ހިނގާގަތެވެ. އެއަށްވުރެ އަވަހަށް މާޒް އީޝަލްގެ އަތުގައި ހިފެހެއްޓިވެއެވެ. “އީޝަލް އަހަރެން ދެކެ ރުޅި އައިސްފަތަ؟” މާޒް އީޝަލްގެ އަތުން ދޫކޮށްލަމުން ސުވާލުކޮށްލިއެވެ. ” ކިހިނެއްވީ އުފަލުން އަހަރެން މާޒްގެ ގައިގައި ބައްދާލަންވީތަ؟ އަހަރެން ހިތަށްއަރާ މާޒާއި އަހަރެން ދުވަހަކުވެސް ދިމާނުވިނަމައޭ. ދުވަހަކުވެސް މާޒް ދެކެ ލޯބިނުވެވުން ނަމައޭ.” އީޝަލްގެ އަޑުގައިވަނީ ރުޅިވެރިކަމެވެ. “އީޝަލް!  އަހަރެންނަށް ކުރެވުނު ހުރިހާ ކަމަކަށް އަހަރެން އީޝަލްގެ ކިބައިން މަޢާފަށް އެދެން. އޯކޭ އީޝަލް އަހަރެންނަށް މަޢާފު ނުކުރިޔަސްވެސް. އެކަމަކު މިވޭތުވެދިޔަ ދުވަސްތަކު ތެރޭގައި އަހަރެން އީޝަލް މަތިން ހަނދާން ނުކުރާ އެންމެ ދުވަހެއް ވެސް ނުދާނެ.” މާޒް އޭނާ އީޝަލް ދޫކޮށްފައި ދިޔައީ ކީއްވެކަން ކިތަންމެ ބުނަން ބޭނުންވިޔަސް އޭނާ މަންމައާއި މެދު ވިސްނާފައި އެ ސިއްރު ވަންހަނާ ކުރުމަށް ނިންމިއެވެ.

އެއްވެސް ޖަވާބެއް ނުދީ އީޝަލް އެތަނުން ދިޔައެވެ. މާޒްގެ ދެލޯ އެވަގުތު ފެންކަޅި ވިއެވެ. އޭނާގެ ހިތުގައި އަދިވެސް ލިޔެވިފައިވާ ނަމަކީ އީޝަލްއެވެ. އެހިތް އެދި ގޮވަނީ އީޝަލްއަށެވެ. ނަމަވެސް ކުރާނީ ކީއްހެއްޔެވެ؟ އޭނާއަށް މިއަދު މިވަނީ މަޖުބޫރުވެފައެވެ. މާޒް ފިހާރައިން ނިކުމެގެން ގޮސް އޭނާގެ ސައިކަލު ސްޓާޓުކުރުމަށްފަހު ދުއްވާލީ އެތަނުން ދިއުމަށެވެ.  އެވަގުތުވެސް އޭނާގެ ލޯކުރިމަތިން އީޝަލް ފެންނަމުން ދާކަހަލައެވެ.

*********

ކޮޓަރީގައި ޚިޔާލަކަށް ގެއްލިފައިވާ އިން އީޝަލްއަށް ރޭކާލީ ފޯނުގެ ރިންގުވާ އަޑަށެވެ. ފޯނަށް ގުޅީ ނުދަންނަ ނަންބަރެކެވެ. ފޯނު ނެގުމުން އެކޮޅުން އިވިގެން ދިޔަ ޚަބަރަކުން އީޝަލްގެ ހިތަށް ހީވީ ތޫނު ހަންޖަރެއް ހަރާލިހެންނެވެ. މަންމާއޭ ކިޔާ ބާރަށް ގޮވާލެވުނެވެ. “ކިހިނެއްވީ؟” އެއަޑަށް ހުމޭރާ ދުވެފައި އައެވެ.  “މަންމާ ބައްޕަ…ބައްޕަމެން އުޅޭ ކޮންސްޓަރަކްޝަން ސައިޓްގަ ހުރި ލިފްޓް ހަލާކުވެގެން ވެއްޓުނީއޯ. އޭގަ މީހުންވެސް ތިއްބޯ” އީޝަލްއަށް އެހެން ބުނެވުނީ ވަރަށް މަސައްކަތުންނެވެ. “ހިނގާ އަވަހަށް އެތަނަށް ދާން.” ހުމޭރާ އަވަހަށް ދުއްވައިގަތީ  ބޭރަށް ދާށެވެ. އީޝަލް، ރިދްވާނަށާއި އާލިޔާއަށްވެސް ގޮވައި، ކޮޓަރިން ބޭރަށް ނެރުނެވެ. އެއަށްފަހު  ބައްޕަމަސައްކަތް ކުރާ ސައިޓްކައިރިއަށް ދިއުމަށް އަވަސްވެގަތެވެ.

އީޝަލްމެންނަށް ދެވުން އިރު އެތާގައި މީހުންތައްވަނީ ތޮއްޖެހިފައެވެ. 2 އެމްބިއުލާންސްވެސް އޮތެވެ. މީހުންގެ ތެރެއިން ވަންނަމުން ބައްޕާއޭ ގޮވަމުން އީޝަލް ހަޅޭލެވިއެވެ. ނަމަވެސް މީހުންނަށް އެތެރެއަށް ނުވަދެވޭ ގޮތަށް ޕޮލިހުން އެސަރަޙައްދުގައި ތިއްބެވެ. މީހުންގެ ގައިމައްޗަށްވަނީ ގާތަށް  ފުނޑުފުޑުވެގެން ވެރިފައެވެ. ޕޮލިސް އެތަނުން އެއްވެސް މީހަކު ދިރި ހުރި ތޯ ޗެކް ކުރަމުންދަނީއެވެ. 10 މީހުންގެ ތެރެއިން އެމީހުންނަށް ފުރާނަހުރިކަމަށް  ފެނުނީ އެންމެ ދެމީހުންނެވެ. އެދެމީހުންނަށްވެސް ވަނީ ވަރަށް ބޮޑެތި ޒަޚަމްތަކެއް ވެފައެވެ. ދެން ތިބި 8 މީހުން ވަނީ މި ފާނާވަނިވި ދުނިޔެއާއި ޢަލްވަދާޢު ކިޔާފައެވެ.

އީޝަލްވަށައިގެން ހޯދަމުންދިޔައީ އޭނާގެ ފުރާނަފަދައިން ލޯބިވާ އޭނާގެ ބައްޕަ ފެނޭތޯއެވެ. އެވަގުތު އީޝަލްގެ މޫނުމަތިން ފެންނަމުންދަނީ ހާސްކަމެވެ. އެހާލަތުގައިވެސް އީޝަލް ބައްޕަ ހެޔޮޙާލުގައި ލެއްވުމަށް އެދި  މާތް ﷲ ގެ ޙަޟްރަތުގައި ހިތާހިތާ ދުޢާދަންނަވަމުންދިޔައެވެ. އެވަގުތު ކުއްލިއަކަށް އީޝަލްގެ ލޯ އަމާޒުވީ، ބަލިމީހުން އުފުލުމަށް ޙާއްޞަކުރެވިފައިވާ އަށިގަނޑަކަށް،   ލައިގެން، އޭނާގެ ފުރާނަފަދައިން ލޯބިވާ   ބައްޕަ ޕޮލިހުން ގެންދާ މަންޒަރަށެވެ. އެއްވެސް އިޚްތިޔާރަކާ ނުލާ “ބައްޕާއޭ ކިޔާ”  އީޝަލްއަށް ރޮއިގަނެވުނެވެ. އަދި  ޕޮލިހުން ގާތު އެއީ އީޝަލްގެ ބައްޕަކަމަށް ބުނުމުން ބައްޕަ ގާތަށް ދާން ތަން ދެއްކިއެވެ. އޭނާގެ ބައްޕަ ދިރިތިބި މީހުންގެ ތެރޭގައި ހިމެނެއެވެ. އަވަހަށް މަންމަމެންނާއެކު ބައްޕަލީ އެމްބިއުލާންސްއަށް އީޝަލްމެންވެސް އެރިއެވެ. އީޝަލްއަށް އެވަގުތު ބާރަށް ރޯން ފެށުނެވެ. ބައްޕަގެ ހާލާއި މެދު ވިސްނާލާފައެވެ.

އަޔާނާއި މާޒް ބާރަށް ދުވެފައި ކޮންސްޓްރަކްޝަން ސައިޓް އެތެރެއަށް ވަންއިރު މަރުވެފައި ތިބި މީހުންތައް އެމްބިއުލާންސްއަށްލުމަށްފަހު ގެންދަނީއެވެ. މުޅިތަނަށް ވެރިވެފައިވަނީ ހަލަބޮލިކަމެވެ. އެންމެންގެ މޫނުމަތިންވެސް ފެންނަނީ ހާސްކަމާއި ނުތަނަވަސްކަމެވެ. މުޅިތަނަށް ވެރިވެފައިވަނީ،  އެ އާއިލާތަކުގެ ގާތްތިމާގެ މީހުންނާއި، ރައްޓެހި ރަޙްމަތްތެރިންގެ ރުއިމުގެ އަޑެވެ.   މާޒްގެ މޫނުމަތީގައިވެސް  އެވަގުތު ވަނީ ހާސްކަމާއި ނުތަނަވަސްކަމެވެ ހިތުގައި އުފެދިފައިވަނީ ސުވާލުތަކެކެވެ. “އަހަރުމެން ދެން ކިހިނެއް ހަދާނީ؟  ކިތައް މީހުންގެ ފުރާނަ ވަކިވެގެން އެދިޔައީކިތައް.  މިއީ ކިހިނެއް ދިމާވި ކަމެއް؟”  މަރުވެފައި ތިބި މީހުންގެ އާއިލާތައް ރޯންތިބި މަންޒަރު ބަލަން ހުރެ މާޒް ބުނެލިއެވެ. “ހިނގާ އިހަށް މިތަނުން ދާން މާޒް” އަޔާން އެތަނުން ދާން ހިނގައިގަތެވެ. ” އަޔާނަށް އެނގޭ ދޯ މިކަން ދިމާވި ގޮތް؟” މާޒް އަޔާނާއި ހަމަކޮށް އެނެއްކާވެސް އަޔާނާއި ސުވާލުކުރިއެވެ.

“މިއަދު  މެންދުރު މިތަނުގަ މަސައްކަތްކުރާ މީހެއް އައި ސިޓީ އެއް ހިފައިގެން. އަހަރެން މިހާރު ހަނދާނެއް ނެތް އޭނާގެ ނަމެއްވެސް. މިތަނުގެ ލިފްޓް ހަލާކުވެފައިވާތީ އެމައްސަލަ ހައްލުކުރަން ލިޔެފައޮތް ސިޓީއެއް އެއީ.” އަޔާން މާޒްގެ މޫނަށް ބަލަމުން ޖަވާބުދިނެވެ. ” ދެން ކީއްވެ އެއްވެސް ފިޔަވަޅެއް ނޭޅީ.” މާޒްގެ އަޑު އެވަގުތު ބާރުވިއެވެ. “އަހަރެން ހަނދާން ނެތުނީ” އަޔާން ބުންޏެވެ. “ހަނދާން ނެތުނީއޭ! އެނގޭތަ ތިކިޔޭ އެއްޗެއް. އަޔާންގެ ފަރުވާ ކުޑަކަމުން ކިތައް މީހުން މަރު އެވީ.” މާޒް އެވަގުތު އަޔާން ގައިގައި ހިފިއެވެ. ” އެނގޭތަ އެވަގުތު އަހަރެން ކުރި ކަންތައް. އަހަރެން އުޅުނީ މަލަކްގެ ފުރާނަ ސަލާމަތް ކުރަން. މަލަކް ހުރީ އިމާރަތުގެ އެންމެ މައްޗަށް އަރާ ކިރިޔާ ނުވެއްޓޭ ހިސާބުގަ! އެވެސް މާޒާއި ހެދި!. މާޒް މަލަކް ދެކެ ލޯބިނުވާ ކަމަށް ހީކޮށް. އެހެންވެ އަހަރެން މަލަކް ގާތު ބުނެފިން ވަރަށް އަވަހަށް މަލަކްއާއި މާޒްގެ ކައިވެނި ކުރެވޭނޭ! ކޮންމެ ކަމެއް ކުރިޔަސް އަހަރެން އެންމެ ފުރަތަމަ ޗޫސް ކުރާނީ އަހަރެންގެ އާއިލާ. މިރޭ އެމަރުވި އެކަކަށްވުރެވެސް އަހަންނަށް އަހަރެންގެ ކޮއްކޮގެ ފުރާނަ މާ މުހިންމު. މާޒްވެސް އާއިލާއަށްޓަކައި ކޮންމެ ކަމެއްވެސް ކުރަނީއެއްނު!.” މާޒްގެ އަތް ފޮޅާލަމުން އަޔާން ހުރިހާ ވާހަކައެއް އެއްފައްޗަކަށް އަމުނާލިއެވެ. ދެމީހުންގެ މެދުގައި އެވަގުތު ހަމަހިމޭންކަންވެރި ވެގެން ދިޔައެވެ.

އީޝަލް އާލިޔާގެ ގައިގައި ބައްދާލައިގެން އިންތިޒާރުގައި އެހުރީ ބައްޕަގެ އޮޕްރޭޝަން ނިމޭނެ އިރަކަށެވެ. ދެކުދިންވެސް ތިބީ ރޯށެވެ. ރިދްވާނާއި ހުމޭރާވެސް ގޮނޑިއެއްގައި ތިއްބެއެވެ. އެދެމައިން ވެސް ރޮނީއެވެ. އެންމެވެސް ތިބީ  ހެޔޮޙާލުގައި ލެއްވުމަށް އެދި  މާތްﷲ ގެ ޙަރުޟްރަތުގައި، ހިތާ ހިތާ ދުޢާކޮށްލަ ކޮށްލައެވެ. އީޝަލްގެ ހިތުގައިވަނީ ހާސްކަމެވެ. ބައްޕައަށް ކަމެއް ވެދާނެ ކަމުގެ ބިރުންނެވެ. ނަމަވެސް ހުރިހާ ކަމެއް ދިމާވީ ރަނގަޅަށެވެ. ބައްޕަގެ ހާލު ރަނގަޅެވެ. އޮޕްރޭޝަންވެސް ކާމިޔާބުވިއެވެ.  ހޭނާރާތީ އިހަށް ހޮސްޕިޓަލުގައި އެޑްމިޓްކުރާނެކަމަށްވެސް ޑޮކްޓަރ ބުންޏެވެ.

*******

އަޔާނާއި ނޫރާ އަޔާންގެ އޮފީސް ހާވަމުން އެދަނީ ފާރިޝް ދިން ސިޓީ ނުފެނިގެންނެވެ. ހުރިހާ ތަނެއް ހާވާ ހާވާ ވެސް އެޔެއް ނުފެނުނެވެ. އަޔާން ފާޑަކަށް ބިރުގަންނަން ފަށަފިއެވެ. އޭނާގެ ހިތްބުނަމިންދަނީ   އެތާ ބޭއްވުނު ކަމަށެވެ.   އެސިޓީ އެހެން މީހެއްގެ އަތަށް އަރާފިއްޔާ އޭނާ ކުށްވެރިވާނެކަމުގެ ބިރު އޭނާގެ ހިތުގައި އެބައޮތެވެ. މުޅިންތަން އެއްފުށުން އަނެއް ފުށަށް ޖެހި އިރުވެސް ފެނުން ކަމަކަށް ނުވިއެވެ.

ޖެހިގެން އައި ދުވަހު  ފާރިޝް ހޭއެރުމާއި އެކު ޕޮލިހުން  ހޮސްޕިޓަލަށް އައިސް  ފާރިޝާއި ސުވާލުކުރިއެވެ. ވީގޮތް ފާރިޝް ވަރަށް ރަނގަޅަށް ކިޔާ ދިނެވެ. އީޝަލްވެސް ބައްޕައާއި އެއްކޮޅަށް ވާހަކަ ދެއްކިއެވެ. ނަމަވެސް އަޔާން ގާތު ޕޮލިސް ސުވާލު ކުރުމުން އޭނާއަށް އެއްވެސް ސިޓީއެއް ނުލިބޭ ކަމަށް ބުނެ ދޮގު ހަދާ އޮޅުވާލިއެވެ.  ފާރިޝްގެ ހުރިހާ ވާހަކައެއް އަޔާން ދޮގު ކުރިއެވެ. ޕޮލިހުން ގަބޫލުކުރީ އަޔާންންގެ ވާހަކައެވެ. އަޔާން އެފަދަވަގުތެއްގައިވެސް   އޭނާއަށް ލިބިފައިވާ  ބާރު ގެ ބޭނުން  ނަޙަލާލު ގޮތުގައި ހިފިއެވެ.

މާޒަށް ކަމުގެ ހަޤީގަތް އެނގޭތީ އަޔާން މާޒްގެ ބައްޕަ ކަންތައް ބުނާނެ ކަމަށް ބުނެ ބްލެކްމޭލް ކުރިއެވެ. އަދި އެސިޓީ ދިން މީހާގެ ހާލަތު ގޯސްވެ މަރުވީކަމަށް ބުނެ މާޒަށް އަޔާން ދޮގު ހެދިއެވެ.  އެވަގުތު ސިޓީ ދޭން ކޮމްޕެނީއަށް އައިއިރު އަޔާން ވާނީ މާޒާއި އެކު ކަމަށް ޕޮލިސް ގާތު ބުންޏެވެ. މާޒްވެސް މިކަމަށް އެއްބަސްވީ އިތުރު ގޮތެއް ނެތިގެންނެވެ. ދޮގު ހަދަން ބޭނުން ނުވިޔަސް އޭނާ ދޮގުހެދީ ފާރިޝް މަރުވީކަމަށް ހީކޮށެވެ. މާޒަށް އެއީ އީޝަލްގެ ބައްޕަ ކަމެއްވެސް ނޭނގެއެވެ. ފާރިޝާއި އީޝަލްގެ ވާހަކަ އެއްވެސް މީހަކު ޤަބޫލެއް ނުކުރެއެވެ.

= ނުނިމޭ =

މިވާހަކައިގެ ދެންއޮތް އެޕިސޯޑުގެ ލިންކު ކޮމެންޓް ސެކްޝަންގެ ތިރީގައި ވާނެއެވެ.

Share Article

Follow Me Written By

@aminath

Level 110 Stories100 Login

Other Articles

Previous

ނުފިލާނޭ މިހިތަކުން… 11

Next

އިންތިޒާރު 14

Next
June 10, 2020

އިންތިޒާރު 14

Previews
June 10, 2020

ނުފިލާނޭ މިހިތަކުން… 11

12 Comments!

  1. Ju-udhaa Abdull Aleem says:
    June 10, 2020 at 2:49 am

    Vaahaka v reethi. Hihvaraaeku kuriahdhey.

    1. @aminath says:
      June 10, 2020 at 3:00 pm

      Thankyou?

  2. Anuahs says:
    June 10, 2020 at 8:23 pm

    Varah salhi vaahaka eh mee. Hama ?♥️. Hope thankolheh avahah part thah up kohdheyne kamah. And thankolheh dhigu kohlla dhinun ves ehdhen.?

    1. @aminath says:
      June 10, 2020 at 11:03 pm

      Thankyou? liyevun haa avahakah up veytho balaanan?

  3. Anaa says:
    June 10, 2020 at 8:47 pm

    Mii zemheri series copy kohfa in vahaka eh dhw

    1. @aminath says:
      June 10, 2020 at 11:04 pm

      No the main story will be different?

  4. Nikko says:
    June 12, 2020 at 11:12 pm

    Kon iraku up vaneee ????
    Maasha Allah Varah reethi ?????

    1. @aminath says:
      June 12, 2020 at 11:57 pm

      Submit kohlaafa vaany? Thankyou❤️

  5. ?Aashko?? says:
    June 13, 2020 at 10:09 am

    Maasha Allah. ??v v reethi mi part ves…
    Waiting for the next

    1. @aminath says:
      June 13, 2020 at 3:49 pm

      Thankyou?❤️

  6. Garee says:
    June 13, 2020 at 7:22 pm

    Vaahaka varah reethi…keep it up

    1. @aminath says:
      June 15, 2020 at 1:43 pm

      Thankyou?

Comments are closed.

Next Episodeއީޝާލް(9ވަނަ ބައި)←


All Right Reserved!