އަނެއް ފަރާތުގައި ހުރި ޒުވާނާގެ ނަޒަރު އަމާޒުވެފައިވަނީ ދިގުއެސްފިޔަތަކުން ވަށާލެވިފައިވާ އީޝަލްގެ ރީތިރީތި ދެލޮލަށެވެ. އެއްވެސް އިޚްތިޔާރަކާނުލާ އެވަގުތު ދެމީހުންގެ ހަތަރުކަޅި ބައްދަލުވެގެން ދިޔައެވެ. އީޝަލް ހިނގަމުންދާވަރަކަށް އެބޯޑުގެ އަނެއް ފަރާތުގައި ހުރި ޒުވާނާވެސް އީޝަލްއާއި އެއްވަރަށް ހިނގަމުން ދެއެވެ. މިހެން ގޮސް ދެމީހުން އެކަކު އަނެކަކުގެ ކުރިމައްޗަށްއަރާ އެކަކު އަނެކަކުގެ ގައިގައި ޖެހުނެވެ. ދެމީހުންނަށް ސޮރީއޭ ބުނެވުނީ އެކުއެކީގައެވެ. އަދި މިއަށްފަހު އީޝަލް ބޯޑުގެ އަނެއް ފަރާތަށް ދާން ތަން ދެއްކިއެވެ. އީޝަލް އަނެއްކާވެސް ގަނޑުތަކަށް […]
ރޭގަނޑުގެ އަނދިރިކަން ވަދާޢުގެ ސަލާމް ކުރުމަށްފަހު އާދުވަހަކަށް މަރުޙަބާކިޔައިފިއެވެ. ކޮންމެ ދުވަހަކީވެސް މަސައްކަތްތައް ފުނިޖެހިފައިވާ ދުވަހެއްކަމުން، ކޮންމެ މީހަކުވެސް އެމީހެއްގެ މަސްއޫލިއްޔަތާގެން އަވަސްވެގަތެވެ. އާއެކެވެ. ތޮއްޖެހިފައިވާ މާލެއަކީ އަބަދުވެސް ހަލަބޮލިމާހައުލެކެވެ. ކޮންމެމީހަކާވެސް އެމީހަކާހަވާލުވެފައިވާ ޒިންމާތަކެއްވެއެވެ. އާއެކެވެ. އީޝަލްއަކީވެސް މިފަދަ ޒުވާނެކެވެ. އަރައިންގެންއައި އިރުގެ ދޯދިތައް ފަރުދާ ކަހާލެވިފައިވާ ކުޑަދޮރުން ފޭދިގެން އައިސް އީޝަލްގެ މޫނަށް އެޅިފައިވެއެވެ. ދޮރު ހުޅުވާލައިފައި އާލިޔާ ކޮޓަރިއަށް ވަނުމަށްފަހު ދޮންތާއޭ ކިޔާ ދެތިން ފަހަރު ގޮވާލުމުންވެސް އީޝަލް ހަމަ އެއޮތްގޮތަށް އޮތީއެވެ. “ދޮންތާ! […]