Esfiya - Dhivehi Vaahaka Site
  • އިތުރު
    • އެހެނިހެން
    • ހަޤީޤީ
    • ހިތާމަ
    • ދީނީ
    • މަޒުމޫނު
    • ޅެން
    • މަޖާ
    • ލޯބި
    • ބިރުވެރި
  • އެސްފިޔަ
    • އެސްފިޔަ ޕްރޯ
    • ޤަވާއިދު
    • އިސްތިހާރު ކުރެއްވުމަށް
    • ގުޅުއްވުމަށް
    • މަގޭ ވާހަކަތައް
    • ★ޕޮއިންޓްސް★
  • ލޮގިން
  • ރެޖިސްޓަރ
  • އެހީ
  • ސީރީސްތައް
  • ފުރަތަމަ ޞަފްހާ
ހިތާމަލޯބި

އީޝަލް (ފަސްވަަނަ ބައި)

@aminath Level 110 Stories100 Login
May 30, 2020 4 Mins Read
4 Comments

******

” އަހަރެން ފައިލްތައް ބަލާލިއިރު މަލަކް ބުނިގޮތަށް މާޒް މިކޮމްޕެނީ އިން ޓްރެއިން ކޮށްފަ ވަނީ. އެކަމަކު އޭނާ މަލަކް ދާ ތަންތަން ބަލާކަމެއް ނޭނގެ” އަޔާން ގެ ދޮންތަ ނޫރާ ބުނެލިއެވެ. “އޯކޭ.. މާޒްގެ ދެން ހުރި ކަންތައްތައް އަހަރެން ބަލާނަން.. މަލަކް އެހެރީ މާޒާއި ހެދި މޮޔަވެފަ. ދެން ދިޔަޔަސް އެންމެ ރަނގަޅު.” އަޔާން އޭނާގެ ކޮޓީރީގައި ހުރި ގޮޑިއެއްގައި އިށީނދެލަމުން ބުންޏެވެ. “އެންމެ ރަނގަޅު އަހަރެން މިދަނީ” މިހެން ކިޔާ ނޫރާ އަޔާންގެ ކޮޓަރިން ނިކުންނަން ދިޔައެވެ.

މަލަކަކީ އަޔާންގެ ލޯބިވާ ކޮއްކޮކަމުން ކޮންމެ ގޮތެއް ހަދާފައިވެސް މާޒް އޭނާއަށް ހާޞިލްކުރަން މަސައްކަތްކޮށްދޭނެކަން ޔަޤީނެވެ. އަޔާންގެ ބޭނުމަކީ މަލަކް އަބަދުވެސް އުފަލުގައި ބެހެއްޓުމެވެ. މަލަކް އެގޮތަށް މީހަކު ދެކެ އެލޯބިވީ ވަރަށް ގިނަދުވަހަށް ފަހުއެވެ. މަލަކް ހިތްކުދިކުދިކޮށްލާކަށް އަޔާން ބޭނުމެއް ނުވެއެވެ.

******

“މަންމާ އަހަރެން މިދަނީ ކޮލެޖަށް” ހެނދުނުގެ ނާސްތާ ނިންމާލަމުން މާޒް ބުނެލިއެވެ. މިހެން ކިޔާ އޭނާ ގޭން ބޭރަށް ނިކުން އިރު ބޭރުގައި ފިރިހެނަކު އޭނާއަށް ބަލަން  ހުއްޓެވެ.  ” އަޔާން ބޭނުންވޭ ވާހަކަ ދައްކާލަން” އެމީހާ އެތާ ކައިރީގައި އޮތް ކާރަކާއި ދިމާއަށް އިޝާރާކުރަމުން ބުނެލިއެވެ.

“ކޮބާ މާޒް ކިހިނެއް؟” ކާރުނިކުން އަޔާން އޭނާގެ ލޮލުގައިވާ އަވި އައިނު ނަގަމުން އެހިއެވެ. މާޒަށް ހުރެވުނީ ވާނުވާނޭނގި ހައިރާންވެފާ އަޔާނަށް ބަލާށެވެ. “އަހަރެން އަޑު އަހާފިން އަހަރެންގެ ކޮއްކޮ މާޒް ބޭނުންވާ ވާހަކަ! އެކަމު މާޒް މަލަކަށް ދިން ޖަވާބަކީ މަލަކް ބޭނުންވާ ޖަވާބެއް ނޫން.” އަޔާން މާޒަށް ބަލަމުން ބުނެލިއެވެ. “އަހަރެން އެމީހަކު ބޭނުން ނުވަންޏާ އެ ޖަވާބެއްނު ދޭނީ.” މާޒް ކުޑަކޮށް ހީލަމުން ބުންޏެވެ.

” އަހަރެން ބޭނުމީ މަލަކް އަބަދުވެސް އުފަލުގަ ބަހައްޓަން. ދުވަހަކުވެސް މަލަކްގެ ލޮލުން އެންމެ ކަރުނަ އެއްވެސް ވެއްޓޭކަށް އަހަރެން ނޭދެން! އެމޫނުން ހިތާމަވެރިކަން ދެކެކޭކަށްވެސް ނޭދެން! މާޒް މަލަކް ސަލާމަތް ކުރީމެއްނު ދުވަހެއް….އެދުވަހަށްސުރެ މަލަކް ވަރަށް ބަދަލު ވެއްޖެ. އޭނާގެ ލޮލުން މާޒަށްޓަކައި ލޯބި ފެނޭ. މާޒްވެސް މަލަކާއި މެދު އެގޮތަށް ދެކޭނަމަ އަހަރެން މާޒް ބުނި ކޮންމެ ކަމެއް ކޮށްދޭނަން” އަޔާން ބޭނުންވާ ހުރިހާ ވާހަކައެއް އެއްފައްޗަކަށް އަމުނާލަމުން މާޒްގެ ކޮޑުގައި އަތް އަޅާލިއެވެ.

“އަހަރެންވެސް ހުރޭ އަންހެން ކޮއްކޮއެއް. އެހެންވީމަ އަހަރެންވެސް އަންޑަސްޑޭންޑް ވޭ. އެކަމަކު އަހަރެން ތިގޮތަށް މީހަކު ގާތު ނުބުނާނާނަން އަހަރެން ކޮއްކޮދެކެ ލޯބިވާށެކޭ. އަޔާންވެސް އެހެން ނަހަދާ! އޭނާއަށް ފިރިޔަކު ހޯދުމުގެ ބަދަލުގައި އޭނާއަށް ދަސްކޮށްދީ އޭނާދެކެ ލޯބިނުވާ މީހަކު ދޫކޮށްލާފައި އޭނާގެ ދިރިއުޅުމައިގެން ކުރިޔަށްދާން.” މާޒް އަޔާނަށް ވިސްނާދިނެވެ. “އެހެންވީމަ މާޒް ތިބުނީ މަލަކް އެއްވެސް ވަރަކަށް ބޭނުމެއްނޫނޭތަ؟” މާޒްގެ ކޮޑުގައި އަތް ބާއްވާލަމުން އަޔާން އަހާލިއެވެ. ” އާން އެހެން މިބުނީ! އަހަރެންގެ ހިތަކީ އެނބުރޭ ވަހުތާނެއް ނޫން.” މިހެން ކިޔާ މާޒް އެތަނުން ދިޔައެވެ.

******

“އެހެންތަ؟ އެހެންވީމަ އޭނަ މާލެ ގެނޭ. އާއިލާ ބައްދަލުކުރުވާ ގެނެއްސަ! ދެން އޭރަށް ވާގޮތް ބަލަން ހިނގާ.” ފޯނުގައި ހުރި އަޔާން މިހެންބުނުމަށްފަހު ފޯނު ކަޑާލިއެވެ. “މަލަކް ނުދިޔަ ތެރަޕީއަކަށް. މަންމަ ބުނި ބޭސް ކައިފިއޭ.” ގޭގައިވާ ބަގީޗާގައި އިން އުނދޯލީގައި އިން މަލަކް އަޔާނަށް ދައްކާލަމުން ނޫރާ ބުންޏެވެ.

އަޔާންމެންގެ ގެޔަކީ ވަރަށް ބޮޑު ގެޔެކެއެވެ. ބޮޑު ބަގީޗާއަކާއި ބޮޑު ސިޓިންރޫމަކާއި އަދި 8 ކޮޓަރިއާއި ކާގެއަކާއި ބަދިގެއެއް ހިމެނޭ ގެޔަކީ ގަނޑުވެރެއްފަދަ ގެޔެކެވެ. އެކި ވައްތަރުގެ މާބަގީޗާގައި އިންދާފައި ވާއިރު އެތަނީ ވަރަށް ހިތްގައިމު މާހައުލެކެވެ. އެގެޔަކީ ބޮޑު ގެޔެއްކަމުން ގެސާފު ކުރުމަށާއި ކެއްކުމަށް ނޯކުރުންވެސް ތިބިއެވެ.

“ދޮންބެ މާޒާއި ވާހަކަ ދެއްކިން މިއަދު.” މަލަކް ގާތު އުނދޯލީގައި އިށީނނަމުން އަޔާން ބުނެލިއެވެ. މާޔުސްވެ ދެރަވެފައި އިން މަލަކް އެވަގުތު އަޔާންދިމާ ކުޑަކޮށް ހައިރާންވެފައި ބަލާލިއެވެ. “ދޮންބެ މާޒްގެ ހުރިހާކަމެއް ހޯދައިފިން. މާޒް ލޯބިގެ ގޮތުން އެއްވެސް ކުއްޖަކާ ނުގުޅެ. މަލަކް ކުއްލިއަކަށް އެވާހަކަބުނުމުން ވެދާނެ މާޒް ބިރުގަތީ ކަމަށްވެސް!  އަޔާން މަލަކާއި  ދިމާބަލަމުން ބުނެލިއެވެ. “އަސްލުތަ ދޮންބޭ” މަލަކްގެ މޫނަށް އެވަގުތު އުފާވެރިކަން ވެރިވެގެން ދިޔައެވެ.

“މާޒަށް ވިސްނާލުމަށް ކުޑަވަގުތުކޮޅެއްދީ!” އަޔާން މަލަކްގެ ކޮނޑުގައި އަތް އަޅުވާލަމުން ބުންޏެވެ. ” އޯކޭ ދޮންބޭ.. އަހަރެން މާޒަށް އިންތިޒާރުކުރާނަން.” ހީލަމުން މަލަކް ބުނެލިއެވެ.

******

އީޝަލްއާއި މާޒް ދެމީހުން އެކުއެކީގައި ހިނގަމުން ދިޔައީ މިދިޔަ ހަފްތާ އާރޓް ގަޑީގައި ޓީޗަރު ހަވާލުކޮށްފައި އަލަށް ހަދާ އިމާރަތުގައި ކުލަލާށެވެ. ދެމީހުން ދެގުރޫޕަކަށް ދިޔަޔަސް  ދާންޖެހެނީ އެއް މަންޒިލަކަށް ކަމުން ދެމީހުން ދާން ނިންމީ އެކީއެވެ. ދެމީހުންގެ ގުޅުން ދުވަހަކަށްވުރެ ދުވަހެއް ދަނީ ގާތްވަމުންނެވެ. ދެމީހުންވެސް ކޮންމެ ދުވަހަކު ގުޅާ މެސެޖް ކުރެއެވެ.  ދެކުދިން އެކުގައި ވަގުތުހޭދަކުރާމިންވަރު އިތުރުވާން ފެށިއެވެ. ހިތްގައިމު މަންޒިލްތަކަށް ދެކުދިން އެކުގައި ޒިޔާރަތްކުރަމުންދިޔައެވެ. އާޓްފިޝަލް ބީޗަށާއި އެހެނިހެން މައިޒާންތަކަށެވެ.

ހިނގަމުން ދިޔައިރު އީޝަލް އިރުކޮޅުކޮޅާއި މާޒަށް ބަލާލައެވެ. ވަޅު ފެހި ކުލައިގެ ޓީޝަޓަކާއި ޖިންސެއްލާފައި ހުރި މާޒް ފެނިފައި އެތައް އަންހެންކުދިންގެ ހިތްތައް ކަތިލާނެކަން ޔަޤީނެވެ. މާޒް ހީލާ ކޮންމެ ފަހަރަކު ކޮލުގައިވާ އަޑިކޮޅުން އިތުރު ފުރިހަމަގެނެސް ދެއެވެ.  ކަންފަތާއި ހިސާބަށް ކޮށާލާފައިވާ ފަންއިސްތަށިނގަޑުގައި މާޒު އިރުކޮޅުކޮޅާއި ކުޅެލައެވެ. ހިނގަމުން ދިޔައިރު ދެމީހުންގެ މެދުގައިވަނީ މަޑުމައިތިރި ކަމެވެ. އެކަކުވެސް އަނގައިންނެއް ނުބުނެވެ. އީޝަލް ދެއަތާއި ކުޅެމުން މާޒާއި އެއްވަރަށް ހިނގަމުން ދެއެވެ. އީޝަލް އަރަނީ މާޒްގެ ކޮނޑާ ހިސާބަށެވެ.

“އީޝަލް” އެދެމެދުގައިވާ ހަމަހިމޭކަން ފޫދުއްވާލީ މާޒެވެ. “ކީކޭ” މާޒް ހިނގުން ހުއްޓާލުމުން އީޝަލްވެސް މާޒް ގާތު ހުއްޓުނެވެ. “އެހެރި އެހެދުން އީޝަލްއާއި ވަރަށް ގުޅޭ.” ފިހާރައެއްގެ އެތޭރެގައި ބިއްލޫރި ގަނޑުން ފެންނަށް ހުރި ރަތްކުލައިގެ ކަކުލާ ހިސާބަށް އަރާ ހެދުމަށް ދައްކަމުން މާޒް ބުނެލިއެވެ. އީޝަލް މާޒް އެހެންބުނުމުން ކުޑަކޮށް ހީލުމަށްފަހު ދާން ހިނގާށޭ ކިޔާ މާޒްގެ އަތުގައި ހިފާލިއެވެ.

“މާޒް!  އަހަރެން  ދެވަނަ ފްލޯއަށް، އެހެން ކުއްޖަކާއެކު ބަދަލުކޮށްލަންތަ؟ ” ދެމީހުންގެ މަންޒިލަށް އާދެވުމުން އީޝަލް ބުނެލިއެވެ. “އީޝަލް ބޭނުން ގޮތެއް..” މާޒް އީޝަލް އަތުގައި ހިފާލަމުން ބުނެލިއެވެ.

އީޝަލްއަށް ލިބުން ފްލޯ އެހެން ކުއްޖަކާ ބަދަލުކުރުމަށްފަހު މާޒާއެކު ލިފްޓުގައި ދެވަނަ ފްލޯއަށް ދިޔައެވެ. އީޝަލް ދުވެފައި ގޮސް ހުއްޓުނީ ބެލްކަނީ ކައިރިއެވެ. އެވަގުތު ގަދަޔަށް ވައި ޖެހެއެވެ. އީޝަލް އިސްތަށިގަނޑު ވަޔާއެކު ވިހުރެމުންދެއެވެ. މާޒް ހުރީ ބެލްކަންޏާ ކައިރިވާން ނުކުރިގެން  ތަންކޮޅެއް ދުރުގައެވެ. މާޒްގެ ސިކުނޑީގައި އެވަގުތު ދައުރުވަމުން ދިޔައީ މާޒީގެ ހަނދާންތަކެވެ. ކަންފަތުގައި ގުގުމަމުން ދިޔައީ އޭނާގެ ބައްޕަގެ ޒީލަގަދަ އަޑެވެ. އޭނައަށް އިއްޔެ ވީކަމެއްހެން ސިފަވަމުންދިޔައީ އޭނާގެ ހަޔާތުން ހިތްތަދި ޞަފުޙާއެކެވެ.  މާޒްގެ ދެލޯ އެވަގުތު ފެންކަޅިވެއްޖެއެވެ. މީހާ ކުޑާކޮށް ތުރުތުރު އަޅައެވެ.

އީޝަލްއަށް މިމަންޒަރު ފެނުމުން މާޒް ގާތަށް ދިޔައެވެ. “މާޒް އޯކޭތަ؟” މާޒް އެވަގުތު އެހުރިތަނަށް ތިރިވެ އެތާ އިށީނދެލިއެވެ. ” އޭރު އެއީ އަހަރެންގެ އުމުރުން ގާތްގަޑަކަށް 5 އަހަރު.  އަހަންނަށް ބައްޕަ ހިތްހަމަނުޖެހޭ ކޮންމެވެސް ކަމެއް ކުރެވުނު ދުވަހެއް. އެކަމަކު އެއީ ކޮންކަމެއްކަމެއް މިހާރު އެއްގޮތަކަށްވެސް ހަނދާނެއްނެތް.  އެކުރެވުން ކަމަކުން ބައްޕަ ގާތަށް ރުޅިއައީ. އެކަމުގެ އަދަބެއްގެ ގޮތުން ބެލެކަންޏެއް ކައިރި ގެންގޮސް އަހަރެންގެ ހަށިގަނޑަށް އަނިޔާވާގޮތަށް، ގައިގަ ހިފަހައްޓާފަ އަހަރެން ތެޅުވީ. އުސްކަމުން އަހަރެން ހުރީ ވަރަށް ބިރުން.” މިވާހަކަ ކިޔާދީނިންމީއިރު މާޒަށް ހުރީ ހަމަ ރަނގަޅަށް ވެސް ރޮވިފައެވެ.  މުޅިމީހާހުރީ ހާސްވެ ދާހިތްލާ ފޯވެފައެވެ. މޫނުމަތިން ދާތިކިތައް އޮހެމުން ދިޔައެވެ. އީޝަލްގެ ލޯ ވެސް މާޒް ރޯތަން ފެނިފާ އެވަގުތު ފެންކަޅިވިއެވެ. މާޒްގެ ލޮލުން އަންނަ ކަރުނަތައް އީޝަލްގެ ކުޑަރުމާލުން ފޮހެލާދިނެވެ.

އީޝަލް ކޮޅަށް ތެދުވެ މާޒަށް ދިމާއަށް އަތްދިއްކޮށްލީ އޭނާގެ އަތުގައި ހިފާށޭ ބުނާފަދަ ގޮތަކަށެވެ. މާޒް އީޝަލްގެއަތުގައި ހިފުމުން އީޝަލް މަޑުމަޑުން މާޒް ބެލްކަންޏާވީ ދިމާއަށް ގެންދިޔައެވެ. “އަހަރެން މިހިރީއެއްނު މާޒާއި އެއްކޮށް” މާޒް ހުރީ އަދިވެސް ބިރުގަނެފައެވެ. އީޝަލް މާޒްގެ އަތަށް ބާރުކޮށްލުމަށްފަހު ތިރި ބެލުމަށް ބުންޏެވެ. މާޒް ކުޑައިރުކޮޅަކު ތިރިބަލަމުން ހުރީ ގާވެފައެވެ. އީޝަލްގެއަތަށް ބާރުކޮށްލަމުން މާޒް އީޝަލްއަށް ޝުކުރުވެރިވީ ހިނިތުންވަމުންނެވެ.

އިރުއޮއްސެން ގާތްވެފައިވަނިކޮށް ކަޅު ބޯވިލާތަކުން އޮރެންޖްކުލައިގެ އިރުފޮރުވާލިއެވެ. ހަތަރު އުދަރެސް ބަނަވެފައި އޮތީ ބޯ ވިއްސާރަ ވިލާތަކުންނެވެ.  މުޅި ދުނިޔެ އަނދިރިކޮށްލުމަށްފަހު ބޯކޮށް ވާރޭ ވެހެންފެށިއެވެ. މާޒްއާއި އީޝަލް ދުވެފައި ގޮސް ވަނީ ގެއެއްގެ އަސްކަނި ދޮށަށެވެ. ދެމީހުން ތިބީ ތެމި ފޯވެފައެވެ. މުޅިމީހާ ތެމިފޯވެފައިހުރުމުން އީޝަލްގެ ހަށިގަނޑު ތުރުތުރު އަޅަންފެށިއެވެ.  މޭކަޕެއް ބޭނުމެއް ނުކޮށް ހުރި އީޝަލްގެ މަޑު ފިޔާތޮށި ކުލައިގެ ދެ ތުންފަތްވެސް ތުރުތުރުއަޅެއެވެ.  ވާރޭ ތުނިކޮށްލީ ބައިގަޑިއިރެއްހާއިރު ފަހުންނެވެ. ވާރޭގެ ސަބަބުން މަގުތަކުގައި އޮތީ ފެން ހެދިފައެވެ. އެދުވަހު ދެމީހުންނަށް  ގެއަށް ދެވުނުއިރު ހުރީ ރޭގަނޑު 8 ޖަހާފައެވެ.

ދުވަސްތައް ފާއިތުވަމުންދިޔައީ އެންމެ ހަލުއިމިނުގައެވެ. އީޝަލްއާއި މާޒްގެ ގުޅުންވަނީ ވަކިނުވެވޭވަރަށް ގާތްވެފައެވެ. އީޝަލްއަކީ މާޒް ދިރިހުރުމުގެ އެއް މަޤުޞަދެއް ވެއްޖެއެވެ. މާޒް އެރޭ ތައްޔާރުވަމުން އެދަނީ އީޝަލްއަށް  ސަޕްރައިޒެއް ދިނުމަށެވެ. އެހެންދުވަސް ދުވަހެކޭ އެއްގޮތަށް އެރޭވެސް އާޓިފިޝަލް ބީޗުން ދިމާވާން ދެމީހުންވަނީ ގަޑިކިޔާފައެވެ.

މާޒް އެތަނަށް ދިޔައީ އީޝަލްއަށް ވުރެ ކުރިންނެވެ. މާޒް އެތާ އިންތާ 15 ވަރަކަށް މިނެޓް ފަހުން އީޝަލް އަތުވެއްޖެއެވެ. ދެމީހުންވެސް ތިބީ އެތާ ތަންކޮޅެއް އެކަހެރި ހިސާބެއްގައި ހުރި ބެންޗެއްގައެވެ. މިލަ ހަނދުވަރެއްދޭ މިހިތްގައިމުރޭ އީޝަލް ފެންނަނީ ފަތްމިންޏެއް ފަދައިންނެވެ. ހަނދުވަރުގެ އަލިން އީޝަލްގެ މޫނު ނުހަނު ސާފުކޮށް މާޒަށް ފެނެއެވެ. އޭނާ އެދޮންމޫނަށް އިރުކޮޅުކޮޅާއި ބަލާލައެވެ. އީޝަލް އިސްޖަހާލައިގެން އިން އިރު އޭނާ މައުސޫމުކަމާއި ނިޔަނެތިކަން ފާޅުވެއެވެ. އެ ޖާދުވީ މޫނު ލަދުގެންފައިވާއިރު ބަޔާންކުރަން ނޭނގޭ އަސަރުތަކެއްވެއެވެ. އީޝަލްއަށް ސިހުމެއް ލިބުނީ މާޒްގެ ޖީބުން ނެގި، މަޑުނޫކުލައިގެ އެސްކޮޅަކުން ޒީނަތްތެރިކޮށްފައިވާ ރަންކުލައިގެ އަނގޮއްޓި ފެނިފައެވެ.

= ނުނިމޭ =

 

 

މިވާހަކައިގެ ދެންއޮތް އެޕިސޯޑުގެ ލިންކު ކޮމެންޓް ސެކްޝަންގެ ތިރީގައި ވާނެއެވެ.

Share Article

Follow Me Written By

@aminath

Level 110 Stories100 Login

Other Articles

Previous

ހެޔޮ ރަޙުމަތް 1

Next

ޝުކުރިއްޔާ ބައްޕާ!

Next
May 30, 2020

ޝުކުރިއްޔާ ބައްޕާ!

Previews
May 30, 2020

ހެޔޮ ރަޙުމަތް 1

4 Comments!

  1. Ju-udhaa Abdull Aleem says:
    May 30, 2020 at 6:06 pm

    Varah reethi vaahakaeh. Jehigen Anna bayah inthizaaru kuran.

    1. @aminath says:
      June 8, 2020 at 11:33 am

      Thankyou?

  2. ibilees says:
    May 31, 2020 at 1:02 am

    kada

  3. fazlee says:
    June 8, 2020 at 11:41 am

    than than sifa kohdheefa hunna leh varah reethi vaahaka varah salhi??

Comments are closed.

Next Episodeއީޝަލް (6ވަނަ ބައި)←


All Right Reserved!