އުންމީދަކީ ގެނުވާ ބަދުނަސީބެކެވެ. ދެ މަލެއް އެކުވެ ފޮޅުވި މައު އަތްދަށުން ކެހިގަނތްފި އެވެ. މޫސުން ޚަބަރެއް ފައުޅުކުރުވި ފަދަ އެވެ. ޚިޔާލާތުތަކާއި މުސްތަޤުބަލުތަކާމެދު އެވެ. ނަމަވެސް ހިއްސުތައް މައުޖޫދުވެރިއެއް ނޫނެވެ. ކުރިމަގުގެ ތަޞައްވުރުތަކަކީ ވެސް ޢާލަމެކެވެ. އޭގައި ވަނީ ފޮނިކަމެވެ. ވިސްނުމުގެ ތަނަވަސްކަމުގައި ޝަރީކުކުރެވެދެއެވެ. ހުރިހާ ކަމެއް ފުރިހަމަވެފައިވާ ކަމަށް ދުށުމެވެ. ހާލަތެއްގައި ދެ ފަރާތެއް ނެތުމެވެ. ކުށަކީ އިޚުތިޔާރުގައި އޮންނަ ކަމަކަށް ވުމެވެ. އަދި އެ ކަމެއް އިސްލާޙުކޮށް ނަފުސު ޖުރުމުވެރިކުރުވެދިނުމުން ބަރީއަވެގަތުމެވެ. ތަޤުދީރަކީ […]
ބޭބެވީ ބޭރުތެރޭގައެވެ. އެކުވެރިންނާއެކު އެވެ. މަންމަ އާއި ބައްޕަ ވަޒީފާގެ ބުރަައިގައެވެ. ވަލާ, އޭނާގެ އާންމު ތަންހާވެރިކަމުގެ ތެރޭ ޓީވީ ބެލުމުގައެވެ. އިސްކޫލުން އާދެވުމާއެކުހެން, ހަވީރާހަމައަށް ހިއްސުތައް ދޫކޮށްލެވިފައިވަނީ އެކަމަކަށެވެ. އެއްވެސް ޤަވާއިދެއް ނެތެވެ. ބޭބެ އުޅޭނަމަ ދެ ކުދިން އެކުގައެވެ. އަދި ބައެއްފަހަރު ސަކަރާތްތަކުގައި ބެހިވެދެއެވެ. ހަވީރާ ގާތްވުމުން މަންމަ އަައިސް ނޫޑުލުސް ކަހަލަ އެއްޗެއް ހަދައިދޭނެ އެވެ. ނޫނީ ބޭރުތެރެއިން ކޮންމެވެސް ކެއުމުގެ ބާވަތެކެވެ. ނޫނީ ފުރިޖުގައި އަދި ތެއްޔާގައި ހިތް އެދޭ އެއްޗެއްވި […]
އެއީ ހޮނިހިރު ދުވަހެކެވެ. އަާދައިގެ ދުވަހެކެވެ. އިސްކޫލު ބަންދު ދުވަހެއްކަމުން ފިހާރަކޮށްލުމަށް ބޭރުތެރެއަށް ނުކުތީމެވެ. މަންމައާއެކު އެވެ. ‘ބަލަައިބަލަ މިހަރަ ރީތި ފޮތިގަނޑަކަށް. ވަރަށް ގުޅޭނެ ހިޝާ އަށް. ގަންނާނަންތަ?’ މަންމަ އެ ފޮތިގަނޑެއްގައި އަތްކާތަމުން އެހި އެވެ. ‘އާން. ގަންނާނަން.’ ތެދެކެވެ. އެއީ ރީތި, އަހަރުންނަށް ފިޓު ފޮއްޗެކެވެ. ވަސްދަމައިގެން ކަނޑައެޅޭނެ ކަމެއްނަމަ އެވެ. ދެތިން ކޮތަޅު ފުރައިގެން ގެ އަށް ވާޞިލުވެވިއްޖެ އެވެ. ދައްތަ ބޮޑުކޮޓަރިތެރޭ ޓީވީ ބެލުމުގަ އެވެ. އަހުރުމެން ވަދެވުމާ އެކު […]
ރޭގަނޑުގެ އަނދިރިކަން ހިތްފަސޭހަ ކުރުވި އެވެ. މަގުމަތީ ހިނގަމުން ގެންދިޔައީ އެކުވެރިންނާ އެކު އެވެ. މަސްފެށެވުމާ އެކުހެން ފިހާރަތަކަށް ދުވުމުގައެވެ. މުސާރަ ލިބުމާއެކު ގެނުވާ ހަލަބޮލިކަމެއްގެ ތެރެއިންނެވެ. ވަންނަ ކޮންމެ ފިހާރައަކުން ކޮންމެވެސް އެއްޗެއް ގަނެވޭގޮތްވެ އެވެ. ތަކެތީގައި އަތްޖެހުމުން އެ ގެނުވާ ސިހުރަކީއެވެ. ނޫނީ އިޚުތިޔާރުކުރުމުގަައި އުފެދިފައިވި ނިކަމެތިކަމަކީ އެވެ. ‘އޭތް, މިކޫ, ކަލޭ އަދިވެސް މި ފިހާރާގަތަ? ނުނިކުމެވިގެން ތި އުޅެނީ ކީއްވެ?’ މީކާލްއާ އެކު ނުކުނތް ހަތަރު އެކުވެރިންގެ ތެރެއިން އެކަކު އަނބުރާ […]
ހޫނުގަދަ ދުވަސްތަކެކެވެ. މޫސުން ހަރުޖެހިފަ އެވެ. ނަމަވެސް އެއް ދުވަސް އަތުވެއްޖެ އެވެ. ތަފާފު އަލިކަމެއް ފަތުރުއްވާފަ އެވެ. ހުދު އައްޔެކެވެ. ހަނދާައި އިރު އެކުވެ އުފެއްދުވި އީޖާދުވެރިކަމެކެވެ. ހަމަ މިއާއެކު ވައިގަނޑުތައް ނުކުމެއްޖައޫ އެވެ. ރުއްގަސްތައް ހެލިގަނތްފި އެވެ. މީސްތަކުންގެ ހަށިތައް ނިވާކުރަމުން ދިޔަ ފޭރާންތައް ނަށު ގަންނުވާ ގުނަންތައް އޮރިޔާން ކުރުވައިފި އެވެ. ހަރަކާތްތަކަށް ހަކަތަވެރިކަމެއް ލިބެއްޖައޫ އެވެ. އަދި ފުރާނަތައް ހާސްކުރުވައިފި އެވެ. އެއީ ފާލަމެވެ. މާ ދުރު ބަޔެކެވެ. ތުންފަތްތަކުން އިވޭ […]
ކުޑައިރު, އިސްކޫލު ދައުރުގައި މިސްކިތަށް އަރާ އަދި ފައިބައި އުޅެ ދިޔުމުގައި މަގުމަތިން ފެނުނު ފުރަތަމަ ދުވަސްތަކަކީ އެއީ އެވެ. އެންމެން ވެސް ބުނަމުން ގެންދިޔައީ އެއީ ބޯސްގޯސްވެފައިވާ މީހެއްގެ ގޮތުގަ އެވެ. އެހެންކަމުން އަހުރެން ވެސް ގަބޫލުކުރީ އެ ގޮތެވެ. ވާހަކަ އެއް ނުދައްކަ އެވެ. ފުން ނަޒަރުގެ ބެލުމެކެވެ. އަދި މޫނުގައި މޮޅިވެރިކަމެކެވެ. ބައެއްފަހަރު ހިނިތުންވުމެވެ. ނަމަވެސް އެހެން އާލަމެއްގައި ވީ ފަދައިންނެވެ. ބައެއް ހެނދުނުތަކުގައި އަހުރެންގެ ގޭ ހުރަސްކޮށް ތެލިބަރިތަކެއް ބޮލަށް އުފުލައި […]
ލުއިފަސޭހަ ކަމެވެ. ކޮޓަރިތެރޭ އަރާމުކުރެވުމެވެ. ހިތް އެދޭ ވަގުތަކަށެވެ. ޓީވީ ބެލުމާއި ފޯނުގައެވެ. ކެއުމާއި ބުއިމެވެ. ފުރިހަމަ ނިންޖަކަށް ފަހު އަަައު ދުވަހަކަަށް އިރުއެރުމެވެ. ދިރިއުޅުން ނުކުޅަދާނަވެފައެވެ. ކަންނެތްކަން އޭގެ އިންތިހާގަ އެވެ. މައްސަލައަކަށްވީ އާދަތަކެއް ނޫނެވެ. ހާލަތެވެ. ގޭގެ ހުރިހާ މަސައްކަތެއްހެން ކުރުމުގައި އުޅެނީ މަންމަ އެވެ. ބައްޕަ އޮފީހުގަ އެވެ. އަދި މައިޝާގެ ދިހަ އަހަރުގެ ފިރިހެން ދަރިފުޅު އިސްކޫލުގަ އެވެ. މަސައްކަތެއް ކުރުމެއްނެތި އަތަށް ލާރި އަރަމުން ދިޔަ އެވެ. ހަތް އަހަރުވެ ވަރިވެފައި […]
ކަޅުފޮއި ރެއެކެވެ. އާންމުކޮންހެން އިޝާގެ ފަހުން އެ ދެ ކުދިން އޮތީ ގޭގެ ފުރާޅުމައްޗަށް އަރާ އޮށޮއިވެލައިގެންނެވެ. ހިޝާންގެ އަހަރުން ބާރަ އަހަރެވެ. އަދި ޔާސްމީންގެ އަހަރުން ނުވައެކެވެ. އުޑުގެ ވިދުވަރަށް ކަޅިގެއްލިފަ އެވެ. ހަނުހިމޭންކަމަކާ އެކު ދެ ކުދިން ހިނިތުންވަމުން ގެންދިޔަ ހިނދު ސިފަކުރުވީ އިޝްރާޤީ މުޢާމަލާތެއް ދެމެދުގަަައި ހިނގެވެމުން ދިޔަ ފަދަހެންނެވެ. އެކަކުގެ ކަނާ އަތް އަނެކަކުގެ ވައަތު އަތާ ގުޅި ގަތާލެވިފަ އެވެ. އެއީ ޖާދޫވަންތަ ކަމެކެވެ. ‘ޔާޝްކޮ އަށް އެނގޭތަ ޔާޝްކޮ […]
އެއީ ކައިވެނި ކުރުމުގެ އުމުރެވެ. އުމުރުން 27ވީހެވެ. އާއިލާގެ ތެރެއިން އަހުރެންނަށް ދިޔައީ ނޭދެވޭ ސަމާލުކަމެއް ލިބެމުންނެވެ. ކަައިވެނި ކުރުމުގެ ޚިޔާލެއް ފައުޅުކޮށްފައި ނުވާތީ އެވެ. ކުއްޖަކާ އެކު އެއްވެސް ކަހަލަ ގުޅުމެއް ބޭއްވިފައި ނުވާތީ އެވެ. އަދި އާއިލާގެ ދަރަޖަ އުފުލުމުގައި ނުކުޅެދުންތެރިކަން ފެންނާތީ އެވެ. އާއިލާތެރެ ފެށުނޫންސުރެ ބައްޓަންވަމުން އައީ ވަކި އުސޫލުތަކެއްގެ ތެރެއިންނެވެ. ސީދާސާދާ ކޮށެވެ. އިހުތިރާމުވެރިކޮށެވެ. އަމަލުތަކާއި މުޚާތަބުގައި އަދަބުވެރިކޮށެވެ. ދިރިއުޅުމުގެ ފެންވަރު ދެއްކުވުމުގައި މަތީ ދަރަޖައެއްގަ އެވެ. ހަށިތަކުގައި ބަރު, […]