އަހުރެން ކެފޭއަކަށް ވަނތް ފަހަރެކެވެ. ކޮށިގަނޑުމަތިން ފެނުނު ހެދިކާކޮޅަކަށާއި ކޮފީ އަކަށެވެ. އޮފީހުގެ މަސައްކަތްތަކުން ފުނިޖެހުމަށްވުރެން ބޯހާސްކަން އިތުރުކުރުވީ ބުރޭކް ނަގަން ވަދެވުނު ތަނުގެ ހަލަބޮލިކަމަކުންނެވެ. ހަރަކާތްތެރިކަމެއް ނޫނެވެ. އަޑުތަކުގެ ހަރުކަށިކަމެވެ. މި އެތެރެވެވުނީ ސަހަލު ތަކަނަކަށް ކަމާމެދު އަމިއްލަ ނަފުސާ ސުވާލުކުރެވުނެވެ. އެކަމަކު މި އީ އައު ކަމެއް ވެސްމެ ނޫނެވެ. އަހަރެންގެ އުންމީދު ގޯސްވީ އެވެ. އަހަރެންނަށް އުންމީދުކުރެވުނީ ސަހަރާ އަކަށެވެ. މަޚުލޫގުން އާންމުތަނެއްގައި މުސްތަހީލު އެދެވުމެކެވެ. މި އެދުމަށް އަމިއްލަ ކޮޓަރިތެރެ ރަނގަޅުވީހެވެ. ބޯހާސްކަން […]
”ﷲއަކުބަރު!” ސިރާގެ ހަށިގަނޑު ކުއްލިއަކަށް ކޮޅަށް ޖެހުނު އިރު މަންޒަރު ތަފާތެވެ. ނަފުސަށް ވެސް އޮތީ ސަލާމަތްތެރިކަމެކެވެ. ތަން ހަމަހިމޭންވެފައި ފަނޑެވެ. ހަމަނުޖެހުމެއްގެ އަޑެއްބަޑެއް ނެތެވެ. ފެތުރިފައިވި ހާސްކަން ހަމައަކަން އެޅެން ފެށުނެެވެ. އޭނާ އަށް ދެންމެއަކު އެ ފެނުނީ ހުވަފެނެއްކަން ޔަގީވުމުންނެވެ. އެހެނެއްކަމަކު ހިތުގައިވި އުދާސްކަމެއް ނުފިލުވުނެވެ. ފެނުނު ހުވަފެން ރަނގަޅުނޫން ވުމުންނެވެ. އަދި އެ ހުވަފެނުގެ ފަހަތުގައި ނޭދެވޭ ތަޢުބީރެއް އޮވެދާނެ ކަމަށްޓަކައެވެ. އެ ރެއަކު އިތުރަކަށެއް ނުނިދުނެވެ. ނަސީބަކުން ހޭލެވުނީ ވެސް ފަތިސް […]
އެއީ އެހެންވެސް އާންމު ރޭތައް ފަދައިންނެވެ. ފޭސްބުކް ހުޅުވައިގެން ޓެރެންޑުތައް ބެލުމުގައެވެ. ދަންނަ މީހުންނާއި ނުދަންނަ މީހުންގެ ޕޯސްޓުތައް ކޮނެއުމުގައެވެ. ވާނުވާ އާއި ކަންކަން ވާންވީގޮތްތައް ދެނެގަނެ ހޯދުމަގައެވެ. އަބަދުވެސް ވިސްނުން ގެއްލިފައި އޮންނަނީ އެހެން މީހުންގެ އަމަލުތަކަށެވެ. އާންމުކަމެއްނަމަ އެކަމެއް ބަލައިގަނެވޭގޮތް ވެއެވެ. އާނއެކެވެ. އެހެންމީހުންގެ ރުހުން ހޯދުމުގައެވެ. ނުރުހެވޭ ސަމާލުކަމަކުން ދުރުވެގަނެއުމަށެވެ. ނޫނީ އެކަހެރިވެދާނެތީ އެވެ. މީހުންގެ ފުރައްސާރަތަކާއި މަލާމާތްތައް ލިބިދާނެތީ އެވެ. އަމިއްލަ ނަފުސު ނިކަމެތިކުރެވިދާނެ ކަމަށްޓަކައެވެ. މިއީ އިސްކޫލުދައުރުން ފެށިގެންވެސް ހަރުލާފައިވި […]
އިރު ފައިބަމުން ދިޔަ ވަގުތެވެ. މީސްތަކުންގެ ހަލަބޮލިކަން ކެނޑި ހަވާސް ބިން މައިތިރިކުރުވައިފި އެވެ. ހަނދުގެ އަލި ދުނިޔެމައްޗަށް ބާރުގެނުވާ ގަސްތަކާއި ރުއްތަކުން ސަރަހައްދު ފަނޑުކުރުވައިފި އެވެ. މިއިން ކަމެއް އިހުސާސް ކުރެވިފައި ނުވާ ފަދައިން ގަސްތަކުގެ ހިޔާފަހިކަމުގެ ތެރޭ ބަހައްޓާފައި ހުރި ޖޯޔެއްގައި އޮށޯވެލައިގެން އޮތް ފަރުދާނުގެ ދެ ލޯ ހުއްޓިފައިވީ ހާމަވެފައި އޮތް އުނދަރެހަށެވެ. ނަމަވެސް ސިކުޑީގެ ނާރުތަކާއި ހިއްސުތައް މާ ދުރުނޫން އާލަމެއްގައި ޣަރަޣުވެފަ އެވެ. އެއީ ފުރާވަރުގެ ދުވަސްތަކެވެ. މަސްޣޫލުވެ އުޅުނީ […]