Esfiya - Dhivehi Vaahaka Site
  • އިތުރު
    • އެހެނިހެން
    • ހަޤީޤީ
    • ހިތާމަ
    • ދީނީ
    • މަޒުމޫނު
    • ޅެން
    • މަޖާ
    • ލޯބި
    • ބިރުވެރި
  • އެސްފިޔަ
    • އެސްފިޔަ ޕްރޯ
    • ޤަވާއިދު
    • އިސްތިހާރު ކުރެއްވުމަށް
    • ގުޅުއްވުމަށް
    • މަގޭ ވާހަކަތައް
    • ★ޕޮއިންޓްސް★
  • ލޮގިން
  • ރެޖިސްޓަރ
  • އެހީ
  • ސީރީސްތައް
  • ފުރަތަމަ ޞަފްހާ
ހިތާމަކުރުވާހަކައެހެނިހެން

ނުގުނެވުނު ޒަމާން

Allura Level 110 Stories
February 6, 2019 2 Mins Read
3 Comments

‍‍‍‍ކުޑައިރު, ‍އިސްކޫލު ދައުރުގައި މިސްކިތަށް އަރާ އަދި ފައިބައި އުޅެ ދިޔުމުގައި މަގުމަތިން ފެނުނު ފުރަތަމަ ދުވަސްތަކަކީ އެއީ އެވެ. އެންމެން ވެސް ބުނަމުން ގެންދިޔައީ އެއީ ބޯސްގޯސްވެފައިވާ މީހެއްގެ ގޮތުގަ އެވެ. އެހެންކަމުން އަހުރެން ވެސް ގަބޫލުކުރީ އެ ގޮތެވެ. ވާހަކަ އެއް ނުދައްކަ އެވެ. ފުން ނަޒަރުގެ ބެލުމެކެވެ. އަދި މޫނުގައި މޮޅިވެރިކަމެކެވެ. ބައެއްފަހަރު ހިނިތުންވުމެވެ. ނަމަވެސް އެހެން އާލަމެއްގައި ވީ ފަދައިންނެވެ.

ބައެއް ހެނދުނުތަކުގައި އަހުރެންގެ ގޭ ހުރަސްކޮށް ތެލިބަރިތަކެއް ބޮލަށް އުފުލައި ގޮނޑުދޮށާ ދިމާ އަށް ދާތީ ފެނެއެވެ. ރަށުގެ ބައެއް ގޭތަކުން ހަވާލުކުރާ ބުރަތަކެވެ. ތެތްވެލިން ދެލިތައް ފިލުވާ އަނބުރާ ކިހިލީގައި ޖަހާ ގޭތަކަށް ހަވާލުކުރެ އެވެ. މީސްތަކުންގެ ރަޙުމުގެ ފެންވަރު ހުރީ އެފަދަ ހާލަތެއްގައެވެ. ދައްކުވައިދެވުނީ މަލާމާތްތަކެވެ. އެ އަންހެނާ ހަމަ އެހާ މޮޔަކަމުން ހެއްޔެވެ.

އެއިރު އުމުރުން އެގާރަ-ބާރަ އަހަރެވެ. އޭނައާ ވާހަކަދެއްކުމަށް ހިތް އެދުނެވެ. އެ މީހާގެ ބެލުމަށް ގަޔާވެވުނެވެ. ހުރަސްކޮށް ދާ ހިނދު އަހުރެނަށް ވެސް އެ މޫނަށް ކަޅި ފުންކުރެވުނެވެ. ސުވާލުތަކެއް އުފެދޭން ފެށެއެވެ. މި މީހަކު މި ގޮތުގައި އުޅޭތާ ކިހާ ޒަމާނެއް ވެދާނެ ބާވައެވެ. މީނާގެ އުމުރަކީ ކޮބައިބާވައެވެ. ކުޑައިރުގެ ދުވަސްތައް ދިޔައީ ކިހިނަކުންބާވައެވެ. އެކަމަކު ދެން, ގާތްވެލުމުން ދުވާ ނުބައި ވަހަކުން ބައެއްފަހަރު ޢައިބުގެ ނަޒަރަކުން ބެލެވޭގޮތްވެއެވެ. އަދި ފަހުން ނަފުސު ކުށްކުރެވެއެވެ.

………

އާއިލާ މުއްސަންޖެއެވެ. ފަގީރީ ހަށިގަނޑެވެ. ފައިވާނަކަށް އެރުމެއް ނެތެވެ. އަތްކުރު ޓޮޕަކާއި ހަރުވާޅެކެވެ. ފޫކެނޑިފަ އެވެ. ހަމުގައި ވެސް ކިލާކަމެވެ. އިސްތަށިގަނޑު ކުރުނަމަވެސް ގޮއްޖެހި ހަންޑިހެދިފަ އެވެ. ދެ ލޯ ވަޅުޖެހިފަ އެވެ. ދަތްޕިލަތައް ދަބަރުވެފަ އެވެ. ހަށިގަނޑު އަނަރޫފަވެ އަންހެންވަންތަކަމުގެ ސިފަ ގެއްލިފަ އެވެ. މި އީ ޖިސްމާނީ ބައްޔަކީތާ އެވެ.

މިވީ ބާރަވަރަކަަށް އަހަރު ފަހެވެ. ހަސްފަތާލު މަސައްކަތުގެ ޑިއުޓީ ނިންމުމަށްފަހު ވަރުބަލިކަމުގައި ދުއްވާފައި ދިޔަ ސައިކަލުގެ ކުރިމައްޗަށް އެ ހުއްޓުނީ ހަމަ އެ އަންހެނާ އެވެ. ބޭރުފުށުގެ ބަދަލެއް ނެތެވެ. އަޖާއިބެކެވެ. އުމުރުފުރާވެފައިވާ ކަމުގެ އަސަރެއް ނުފެނުމެވެ. ހަންގަނޑުގައި ހަމަ އެ ކުރަކިކަމެވެ. އެ ނަޒަރެވެ. ތުންފަތުގައި ވި އޮއިވަރެވެ. ނަފުސިއްޔާތުގެ ނަޒަރަކުން އަހަރުންނަށް އޭނައާމެދު ފިކިރުކުރެވޭން ފެށުނެވެ.

އޭނާގެ ކުށަކަށްވީ ކޮބައިބާވައެވެ. ޖިސްމީ ޢައިބުކަން ހެއްޔެވެ. އެކަމުގެ ސަބަބަކުން އާއިލާގެ ތެރެއިންނާއި މުޖުތަމައުން ބާކީކުރެވިފައިވި އެކަނިކުރުމެވެ. އަދި ފިކުރު ތަޢައްޔަރުވެ ތަބީޢަތް ފުނޑުކޮށްލެވުނު އަނިޔާވެރިކަމެވެ. ބުއްދިގޯސްވެފައި ވީކީއެއް ނޫނެވެ. ބުއްދިގޯސްކުރުވީ އެވެ.

……….

އެހެރަ ހުރި އަންހެނަކީތޯ އެވެ. ސިފަކުރެވުން ކައިރީ އުޅޭނެ ތަނެއް ނެތް, ބިކަހާލުގައި ވި މުސާފިރަކާ އެވެ. އަހަރުތަކަަކަށް ތާހިރުވުމެއްނެތި, ކޮށި ހިނގުމެއްގައި ވި މަގުމަތިވެފައިވާ މީހަކާ އެވެ. ހިޔާލިބިފައިވި ކަންގަނޑުތަކު ދޮށުގައި ބުޑު ޖައްސައި, ކަކޫ ދެ އަތްދަނޑިތެރޭ މުއްކަވައި އިނދެ ވަގުތު ގުނުމުގައެވެ. ނަމަވެސް އެއީ ގުނޭނެ އެއްޗެއްނަމަ އެވެ.

(ނިމުނީ)

Share Article

Follow Me Written By

Allura

Level 110 Stories

Other Articles

Previous

ލޯބި 4

Next

މަސްތުވާ ކޮންމެ އެއްޗެއްގެ ސަބަބުން ވެސް ލިބެނީ ގެއްލުމެވެ.

Next
February 6, 2019

މަސްތުވާ ކޮންމެ އެއްޗެއްގެ ސަބަބުން ވެސް ލިބެނީ ގެއްލުމެވެ.

Previews
February 6, 2019

ލޯބި 4

3 Comments!

  1. jhon says:
    February 6, 2019 at 9:32 am

    alhey varah varah salhi.. adhi thankolheh dhigu kohlinama?

  2. ކަލާ 123 says:
    February 6, 2019 at 2:11 pm

    އަސަރެއް ހުރި ޝަޚުޞީ ފޮޓޯއެއް.”ބުއްދި ގޯސްވެފައި ވީކީއެއް ނޫނެވެ.ބުއްދި ގޯސް ކުރުވީއެވެ.”ތަންކޮޅެއް ތަފްސީލުކޮށް ގެންނެވި ނަމަ

  3. Anonymous says:
    February 6, 2019 at 3:07 pm

    ???

Comments are closed.



All Right Reserved!