Esfiya - Dhivehi Vaahaka Site
  • އިތުރު
    • އެހެނިހެން
    • ހަޤީޤީ
    • ހިތާމަ
    • ދީނީ
    • މަޒުމޫނު
    • ޅެން
    • މަޖާ
    • ލޯބި
    • ބިރުވެރި
  • އެސްފިޔަ
    • އެސްފިޔަ ޕްރޯ
    • ޤަވާއިދު
    • އިސްތިހާރު ކުރެއްވުމަށް
    • ގުޅުއްވުމަށް
    • މަގޭ ވާހަކަތައް
    • ★ޕޮއިންޓްސް★
  • ލޮގިން
  • ރެޖިސްޓަރ
  • އެހީ
  • ސީރީސްތައް
  • ފުރަތަމަ ޞަފްހާ
ލޯބި

ވަރުދާ-1

Ali Shimhaz Level 110 Stories
May 13, 2021 One Min Read
0 Comments

 

ބަރަކާތްތެރި ފިތުރުޢީދު ދުވަހެވެ. އަލްތާފް އަރާމު ތަންމަތިދޫކޮށް

އެހެން ޢީދުތަކެކޭ އެއްފަދައިން ހެނދުނުހެނދުނާ ޢީދުނަމާދަށް ދާން ހޭލިއެވެ. މޯޅިއަކަށް ދެމިލިއެވެ. ދެލޯ  އުނގުޅައިލިއެވެ.

މޫނުމަތީގައި ނިދީގެއަސަރު ހުއްޓަސް އުފާވެރިކަމުގެ އަސަރުވެސް އެބަހުއްޓެވެ. ލައިގެންހުރި ހެދުންބޭލުމަށްފަހު ފާޙާނާއަށް ފެންވަރަންވަނީ ނުހަނު ޝައުޤުވެރިކަމުގައެވެ. ފެންވަރައިނިމިގެން ގަޔަށް ފޮގްސެންޓު ބުރުވައިލައި ޢީދުހެދުންލިއެވެ. އެހެދުމަކީ ރަތާއި ނޫރޮނގު ދަމައިފައި ހުރި ގޮޅިޖެހިގަމީހެކެވެ. އަޅިކުލައިގެ ޖިންސެކެވެ. ބޮލުގައި ޖެލްލައި ފުނާއަޅައިލައި ސަޑެއްނެގިއެވެ.

އެއަށްފަހު ގެއިންނިކުމެ މިސްކިތާއިދިމައަށް މިސްރާބުޖެހިއެވެ.

މިސްކިތަށް އާދެވިއްޖެއެވެ. އޭރު އަދި ތަކްބީރެއްނުފަށައެވެ.

މިސްކިތުގެހޯލްތެރެއަށް އަލްތާފް ވަންނަންއުޅޭއިރަށް އަލްތާފްގެ ލޮލުގައި އަޅައިގަތީ  އަންހެނުންގެ ބަޔަށް ވަން ހަމުގެކުލަދޮން ލޫޅާފަތި ޒުވާން އަންހެންކުއްޖެކެވެ. އޭނަ ލައިފައިވަނީ  ނޫމާތަކެއްހުރި ހުދުކުލައިގެ ހެދުމެކެވެ. މަޑުނޫ ބުރުގަލެއްއަޅައިފައިވެއެވެ. އެތެރެއަށްވަންނަމުން ދޮޅިއެޅިއެވެ.

”ޢީދު މުބާރިކް” ވާތުކޮނޑުގައި ހިފައި ކޮންމެވެސްމީހަކު ޢީދުގެ ތަހުނިޔާކިޔެވެ. އަލްތާފް އެއަޑަށް އެފަރާތަށް އެނބުރުނެވެ. އެއީ އަލްތާފްގެ އެކުވެރިއެކެވެ. ނަމަކީ އަނަސްއެވެ.

”ޢީދު މުބާރިކް” އަލްތާފްވެސް އަނަސްއަށް ޢީދުތަހުނިޔާ ކިޔައި ޢީދުސަލާންކުރިއެވެ. ދެމީހުން މިސްކިތުހޯލުތެރެއަށް  ވަނެވެ.  ތަކްބީރުފެށިއްޖެއެވެ.  ތަކްބީރުގެއަޑުން މިސްކިތާއި ރަށުތެރެ ގުގުމައިލިއެވެ.

ޢީދުނަމާދުގެ ޖަމާޢަތްނިމުމުން މިސްކިތުންނިކުމެ އަލްތާފް މިހާރު އެދަނީ ގެޔަށެވެ. އެކުވެރި އަނަސް ގޮވައިގެންނެވެ.

ދެ އެކުވެރިން މަގުމަތީ ލައްކަ އަނގަތަޅަމުންދެއެވެ.

ގެޔަށް އާދެވިއްޖެއެވެ.  އަލްތާފް އަނަސްއާއިއެކު ކާމޭޒުދޮށުގައި އިށީންނެވެ. އަލްތާފްގެ މަންމަ  އާމިނާ އަލްތާފްއަށާއި އަނަސްއަށް ސައިއަޅައިދިނެވެ.  ގޭގައި އުޅެނީ ދެމީހުންކަމުން ސަޔަށް ގިނަ އެއްޗިއްސެއް ނުހަދައެވެ. އެއީ އަލްތާފްއާއި އަލްތާފްގެ ކޮއްކޮ އަފާފްއެވެ. ސަޔަށް ހަދައިފައިހުރީ ކުޅިބޯކިބަލާއި ތެލުލިބަނބުކުޔޮލާއި ގުޅައެވެ.

”ކޮންކުއްޖަކަށްތަ އަލްތާފް މިސްކިތުގައި ބަލަހައްޓައިގެން ހުރީ” އަނަސް ބޯކިބާކޮޅެއް ކައިލައިފައި އެހިއެވެ.

މިވާހަކައިގެ ދެންއޮތް އެޕިސޯޑުގެ ލިންކު ކޮމެންޓް ސެކްޝަންގެ ތިރީގައި ވާނެއެވެ.

Share Article

Follow Me Written By

Ali Shimhaz

Level 110 Stories

Other Articles

Previous

ބަދު ނަސީބުގެ ހިޔަނި އެޅުމުން (27)

Next

ހިތުގެ ޝަކުވާ… ދިހަވަނަ ބައި

Next
May 13, 2021

ހިތުގެ ޝަކުވާ… ދިހަވަނަ ބައި

Previews
May 13, 2021

ބަދު ނަސީބުގެ ހިޔަނި އެޅުމުން (27)



All Right Reserved!