ޝަޔާމާ ގެޔަށް އައިންސުރެން ވިސްނެނީ ނަތީޖާއާއި މެދުގައެވެ.ނަތީޖާ ނައްސިވޭތޯ ހިތާހިތުން ދުޢާކުރެވެން ފެށިއެވެ. ކުއްލިއަކަށް ޝަޔާމާއަށް ޔަޝްފާން މަތިން ހަނދާންވިއެވެ. ޝަޔާމާ ހިތަށް އެރިއެވެ. މިހާރު ޔަޝްއާއި ބައްދަލުނުވާތާ ހާދަ ދުވަހެއް ވެއްޖެއެވެ. އެރޭ ޕާރޓީއަށްފަހު އަދި ދިމައެއްނުވެއެވެ. އަހަރެންނާއި ރުޅިވީބާވައެވެ. ނޫނެކެވެ. އެރޭ ޕާރޓީގައި ކަންތައްވި ގޮތުން ހަތަރުކަޅި ހަމަކުރަން ނުކެރުނީއެވެ. އެހެންނެއްކަމަކު އަހަރެން ހަތަރުކަޅި ހަމަކުރާނަމެވެ. ޔަޝްއަށް އަހަރެންގެ މިޙާލަތު ކިޔައިދޭނަމެވެ. ޝަޔާމާ އެނދުން ތެދުވިއެވެ. ޝަޔާމާ ހުރީ ރީތިވެގެންކަމުން ހެދުން ބަދަލުކޮށް އަލަކުން ރީއްޗެއްނުވިއެވެ. ޔަޝްފާން ގާތަށް ދިޔުމުގެ ނިޔަތުގައި ފަންކައާއި ބޮކި ނިއްވައި ކޮޓަރިން ނިކުމެ ދޮރުޖެހިއެވެ.
”ކޮންތާކަށް ދަނީ” އެ ވަގުތަށް ޝައީމްއަށް އާދެވުނެވެ.
”ޔަޝްގެޔަށް” އެއްވެސް ޖެހިލުމެއްނެތި ޝަޔާމާ ތެދަށް ޖަވާބުދިނެވެ.
”ކޮއްކޮގެ އަބުރާއި އިޢްފަތް ފޭރިގެން އެ ނުލަފާ މީހާ ކައިރިއަށް ކޮއްކޮ ތިދަނީ” ޝައީމް ހުރީ ހައިރާންވެފައެވެ. އަދި ރުޅިވެސް އައިސްފައެވެ.
”އޭނަ އެކަމެއް ކުރީ މަސްތުގައި”ޝަޔާމާ ދެރަވެފައި ބުނެދިނެވެ.
”މަސްތުގައެއްނޫން ގަސްތުގައި”
”ކޮޓަރިއަށް ވަދޭ” ޝައީމް އަމުރުކުރިއެވެ.
”ތިހެން ނުހަދާ ބޭބޭ”
”އަހަރެން ދިޔަދީ”
”އަހަރެން ބޭނުން ޔަޝްއަށް އަހަރެންގެ ޙާލުކިޔައިދޭން”
”އަހަރެން އަވަހަށް އަންނާނަމޭ”
”ބޭބެއަށް ދުވަހަކުވެސް ކުއްޖެއްދެކެ ލޯބިވެފައިވާނަމަ އެ ކުއްޖެއްގެ ޙައްގުގައި ބުނަން އަހަރެން ދިޔަދީ”
ޝަޔާމާ ގިސްލަމުން އާދޭސްކުރަމުން ދިޔައެވެ. ޝަޔާމާ އެންމެ ފަހުން އެ ބުނި ވާހަކައަކުން ޝައީމްއަށް ޖެހުނީ ޝަޔާމާ ދިޔަދޭށެވެ. ބޭބޭ ދާން ހުއްދަދިނީތީ ޝަޔާމާ ވަރަށް އުފާވިއެވެ. އުފަލުން ބޭބެ ގައިގައި ބައްދައިލިއެވެ.
”ކޮއްކޯ”
”ބޭބެ ޔަޝްގާތަށް ކޮއްކޮ މިފޮނުވަނީ އެއްގޮތަކަށްވެސް ހިތްހަމަޖެހިގެންނެއް ނޫން”
”ބޭބެގެ ހިތެއް ނުބުނޭ އެއީ ރަނގަޅު މީހެކޭ”
”ބޭބެ ޔަޝްއަކަށް އިތުބާރެއް ނުކުރަން” މިހެން ޝައީމް ބުނުމުން ޝަޔާމާ ބޭބެގެ ގަޔާއި ދުރުވިއެވެ.
”އެކަމަކު ﷲ އަށް އިތުބާރުކުރަން”
”އެފަރާތް އަދި ތި ޔަޝްގެ އަސްލު ސިފަ ކޮއްކޮއަށް ދައްކުވައިދޭނެ”ބޭބެ ޝައީމް ޝަޔާމާގެ ބޮލުގައި ފިރުމައިލިއެވެ. ޝަޔާމާ އަވަހަށް ޔަޝްފާންއާއި ބައްދަލުކުރަން ޔަޝްފާންގެ ގެޔަށް ދިޔައެވެ. އެކަމަކު ޔަޝްފާންއެއް އޭރު ގެޔަކު ނޫޅެއެވެ. ޔަޝްފާންގެ މަންމަ ބުނީ އޭނަގެ އެކުވެރިބަޔަކާއިއެކު ކެފޭއަކަށް ކަމަށެވެ. ޔަޝްފާންގެ މަންމަ އެއީ ކޮން ކެފޭއެއްކަންވެސް ބުނެދިނެވެ. ޝަޔާމާ އަވަހަށް އެ ކެފޭއަށް ދާން ހިނގައިގަތެވެ.
ކެފޭއަށް އާދެވިއްޖެއެވެ. އެކަމަކު ޝަޔާމާއަށް އެތެރެއަށް ވަންނާކަށް ނުކެރުނެވެ. ބޭރުގައި ހުރެގެން ޔަޝްފާން ފެނޭތޯ ދިމަދިމާއަށް ކަޅިއަޅަމުން ގެންދެއެވެ. ބައެއްގެ ހުނުމުގެ އަޑު ކަންފަތުގައި ޖެހުމުން އެދިމާއަށް ޝަޔާމާއަށް ބަލައިލެވުނެވެ. އެއީ ޔަޝްފާންއާއި ޖާވިދުއާއި ރިފާޢު އަދި ސާމީއެވެ. އެ މީހުން ތިބީ ސިގިރޭޓް ރޯކޮށްގެންނެވެ. މި މަންޒަރު ފެނިފައި ޝަޔާމާ ވަރަށް ހައިރާންވިއެވެ. ފުރަތަމަ ހައިރާންވި ކަމަކީ ޔަޝްފާން ސިގިރޭޓްބޯން އިނީމައެވެ. ޔަޝްފާންއަކީ ސިގިރޭޓްބޯ މީހެއްކަމެއް ޝަޔާމާއަކަށް ކުރިން އެނގިފައެއް ނެތެވެ. ދެވަނައަށް އެންމެ ހައިރާންވީ ޔަޝްފާން ޔަޝްފާންއަށް އެހައި ބޮޑު ލަނޑެއް ދިން ބަޔަކާއިއެކު އެއްތާކު އިށީނދެ އިނީމައެވެ. ޝަޔާމާ ހީކުރީ މިހާރު ޔަޝްފާން އޭނަގެ އެ ނުލަފާ އެކުވެރިންނާއި ގުޅުން ކަނޑައިލައިފާނެކަމަށެވެ.
”އޭއް ޔަޝް”
”އަހަރެމެން މިތީބީ ކަލޭ ޕާރޓީގައި ކުރިކަމަކުން ވަރަށް ހިތްހަމަޖެހިފައި” ވާހަކަދެއްކީ ޖާވިދެވެ. ޖާވިދު އެބުނި އެއްޗަކުން ޝަޔާމާއަށް އޮޅުންއެރިއެވެ.
‘އެޔޯ”
ކަލޭމެން ތިހައި ހިތްހަމަޖެހުނީ ކީއްވެ” ޔަޝްފާން އެހިއެވެ.
”އެއީ އަހަރެމެން ހީކުރީ ޔަޝް ޝަޔާމާއާއި ސީރިޔަސްކަމަށް” ޖާވިދު އޭނަ ހީކުރިގޮތް ބުނެދިނެވެ.
”އާނ އަހަރެންވެސް ހީކޮށްގެން ހުރީ ހަމަ ތިހެން” ވާހަކަދެއްކީ ރިފާޢުއެވެ.
”އަހަރެންވެސް ހީކުރީ އެންމެ ފަހުން ޔަޝްއަށް ޝަޔާމާދެކެ ލޯބިވެވުނީކަމަށް” ސާމީ ބުނެދިނެވެ.
”ކީކޭ”
” ލޯތްބޭ”
”ޗީއް”’
”ކަލޭމެންނަށް އަދިވެސް އަހަރެން ނޭނގެ ދޯ”
”އަހަރެންނަކީ ލޯބިވެރިޔެއް ނޫން”
”ޝިކާރަވެރިޔެއް”
”އަހަރެން ޝިކާރަކުރަނީ ރީތި އަންހެން ފުއްލާ” މިހެން ބުނެ ޔަޝްފާން ހިނިގަނޑެއް ޖަހައިލިއެވެ. ޝަޔާމާއަށް ހީވީ ބޮލަށް އެނބުރުން އަރައިގަނެގެން ވެއްޓެން އުޅުނުހެންނެވެ.
”އަހަރެން ޝަޔާމާދެކެ ލޯތްބެއް ނުވޭ”
”އަހަރެން އޭނަ ފުރަތަމަ ދުށް ދުވަހުންވެސް ބޭނުންވީ އޭނަ އަހަރެންގެ ތަންމައްޗަށް ގެންނަށް”
ޝަޔާމާއަށް މިއަޑުއިވިފައި ދެލޯބޮޑުވިއެވެ.
”އަހަރެން އޭނަޔާއި އެކުވެރިވުމާއި ލޯބިވާކަމަށް ބުނުމާއި ބުނި ލޯބީގެ ރީތި ފަށުވި ޖުމްލަތަކާއި ވި ވައުދާއި ހުވާތަކާއި އެއީ އަހަރެން ކުޅުނު ޑުރާމާއެއް”
މި އަޑުއިވިފައި ޝަޔާމާގެ ލޮލުން ކަރުނަފޭބިއެވެ.
”މިގޮތަށް މިކަން ކުރުމުގެ ބޭނުމަކީ އަހަރެންނަކީ ރަނގަޅު މީހެއްކަން ޝަޔާމާއަށް ދައްކައިދިނުން”
”އަދި އަހަރެންގެ ނިޔަތް ފޮރުވުން”
”މިކަން އަހަންނަށް މިކަން ކާމިޔާބުވީ ކަލޭމެންގެވެސް އެއްބާރުލުމުން”
”އަހަރެން ބުނި ބުނުމަށް ކަލޭމެން ޖޫހަށް މަސްތުވައެއްޗެއް އެޅީމައި” ޔަޝްފާން ސިގިރޭޓް ދުން ބުރުވައިލިއެވެ.
”އެކަމު ޔަޝް މިހާރު ކަލޭގެ އިމޭޖް އޮންނާނީ ޝަޔާމާއަށް ބަސްޓުވެފައެއްނު” ވާހަކަދެއްކީ ސާމީއެވެ.
”ނޫނޭ އަހަރެން ބުނެފައި އޮންނާނީ އަހަރެންނަށް ހީވަނީ ކަލޭމެން އަހަރެންގެ ޖޫސްތަށްޓަށް މަސްތުވާއެއްޗެއް އެޅީހެންނޭ”
”އެކަމު ކަލޭމެން އަސްލު އެ އެއްޗެއް އެޅީ ހަމައެކަނި ޝަޔާމާގެ ޖޫސްތަށްޓަށް” ޔަޝްފާން ހިނިގަނޑެއް ޖަހައިލިއެވެ. އޭނަގެ އެކުވެރިންވެސް ބާރަށް ހޭންފެށިއެވެ.
ޝަޔާމާ މިވާކަތައް އަހައިފައި ޔަޝްފާން ގާތަށް ގޮސް އެތިފަހަރެއް އަޅައި އެއްޗިހިކިޔައިފާނަމޭ ހިތަށް އެރިއެވެ. އެކަމަކު ޝަޔާމާއަށް ކެތްނުކުރެވިގެން ނުހުރެވިގެން ކަރުނަތައް އޮހޮރަން ހުރެފައި ދިޔައީއްޔެވެ. މަޑު މަޑު ލަސް ފިޔަވަޅު އަޅަމުން އެއްވެސް ކޮޅަކަށް ބެލުމެއްނެތި ސީދަލަށް ޝަޔާމާ ހިނގަމުންދެއެވެ. ޔަޝްފާން ބުނި އެ ޖުމްލަތައް ޝަޔާމާގެ ބޮލުތެރޭގައި އެނބުރެމުންދެއެވެ. ކޮންމެ ބަހެއް ކޮންމެ ޖުމްލައެއް ވަކިވަކިން ތަކުރާރުވަމުންދެއެވެ. ހީވަނީ ކަންފަތްދޮށުގައި ގުގުރިއެއް ޖަހައިހެންނެވެ. ޝަޔާމާއަށް އުދަނގުވެގެން ދެކަންފަތުގައި އަތްއެޅިއެވެ. ހަޅޭއްލަވައިގަނެވުނެވެ. މަގުމަތިން ހިނގަމުންދިޔަ މީހުން އެ ހިސާބުން ޝަޔާމާއަށް ހައިރާންކަމާއިއެކު ބަލަންފެށިއެވެ. ޝަޔާމާއަށްވެސް ދެ ކަންފަތުން އަތްނަގައި އެ މީހުންނަށް ބަލައިލެވުނެވެ.
ޝަޔާމާއަށް ގެޔާއި ހަމައަށް އާދެވުނުއިރު ގެޔަށް ވަންނަތާ ދޮރުމަތީ ޝަޔާމާގެ މަންމަ ޝަކީލާ ހުއްޓެވެ.
”ކޮންތާކުން ތިއައީ” ޝަކީލާ ސުވާލުކުރިއެވެ.
ޝަޔާމާއަށް ބޭއިޙްތިޔާރުގައި މަންމަގެ ގައިގައި ބައްދައިލެވުނެވެ. އަދި ކޮނޑުގައި ބޯއަޅައި ރޮވެންފެށުނެވެ. ޝަކީލާއަށް ވީނުވީއެއް ނޭނގުނެވެ. އެހެންނަމަވެސް ދަރިފުޅުގެ ގައިގައި ޝަކީލާވެސް ބައްދައިލިއެވެ.
”ކިހިނެތްވީ ދަރިފުޅާ” ޝަކީލާއަށް އެހުނެވެ.
ޝަޔާމާ ކޮޓަރިއަށްވަދެ އެނދުގައި އިށީނދެ ކަކޫމަތީ ބޯޖަހައިގެން ރޮނީއެވެ.
ޝައީމް އައިސް އެ ކޮޓަރިއަށް ވަނެވެ. ޝަޔާމާ ވީގޮތް ބޭބެއަށް ކިޔައިދިނެވެ. ޝަޔާމާ ހަމަ ރޮނީއެވެ. ޝައީމް ކޮއްކޮގެ ބުރިކަށީގައި ފިރުމައި ހިތްވަރުދީ ކޮއްކޮ ހަމައަކަށް އެޅުވޭތޯ ބެލިއެވެ. ޝަޔާމާ ޔަޝްފާން ދިން ފަށް ގެންގޮސް މޫދަށް އެއްލައިލިއެވެ
މިވާހަކައިގެ ދެންއޮތް އެޕިސޯޑުގެ ލިންކު ކޮމެންޓް ސެކްޝަންގެ ތިރީގައި ވާނެއެވެ.

