
ޤާތިލް-13
ޔަޝްފާން ކޮޓަރި އެނދުގައި ގައިގައި ރަޖާއަޅައިގެން ނިދައިފައި އޮތެވެ.
ޔަޝްފާންއަށް ހޭލެވިއްޖެއެވެ. ހޭލެވިގެން ލޯ ހުޅުވައިލެވުމާއިއެކު ޔަޝްފާންއަށް ފެނުނީ އޭނަގެ އެނދުގެ އަނެއް ފަރާތުގައި ޝަޔާމާ ނިދައިފައި އޮތްވައެވެ.ޔަޝްފާންގެ ދެލޯ ބޮޑުވިއެވެ. ހާސްވާން ފެށިއެވެ.ޝަޔާމާގެ ގަޔަކު ހެދުމެއްވެސް ނެތެވެ. ދެ މީހުންގެ ގައިގައި ވަނީ ރަޖައެކެވެ.
”ޝަޔާމާ”
”ޝަޔާމާ” ޔަޝްފާން ގޮވަންފެށިއެވެ. ޝަޔާމާއަށް ހޭލެވިއްޖެއެވެ. ޝަޔާމާއަށް ޝަޔާމާ ކައިރީގައި ޔަޝްފާން އޮއްވައި ފެނުމުން ސިހުނެވެ. ޝަޔާމާއަށް ޝަޔާމާގެ ގަޔަށް ބަލައިލެވުނެވެ. ކޮޓަރިތެރެއަށް ނަޒަރު ހިންގައިލެވުނެވެ. އޮއްތަންވެސް އެނގުނީ ދެނެވެ. ކޮޓަރީގެ ދޮރު ހުރީ ތަޅުލައިފައެވެ. ޔަޝްފާން އާއި ޝަޔާމާގެ ހެދުން އެނދު ކައިރީގައި ބާލައިފައި އޮތެވެ. ޝަޔާމާއަށް މިތަން ފެނިފައި ދެލޯ ބޮޑުވިއެވެ.
”ޔަޝް ކީއްތިކުރީ”
”ކީއްވެ ތިހެން ތިހެދީ” ޝަޔާމާއަށް ރޮވެންފެށިއެވެ.
”ޝަޔާމާ އަހަރެންގެ ވާހަކަ އަޑުއަހައިބަލަ”
”އަހަރެންނަށް ހީވަނީ އަހަރެންގެ އެކުވެރިން އަހަރެންނަށް ޖޫސްދިނީ އެޔަށް ކޮންމެވެސް މަސްތުވާ އެއްޗެއް އަޅައިފައިހެން”ޔަޝްފާން ބުނެދިނެވެ.
”އެހެންވީއިރު އަހަރެންގެ ޖޫސްތަށްޓަށްވެސް ތިޔަ އެއްޗެއް އަޅައިފައިވާނީ”
”ބޮލުގައިވެސް އެބަ ރިއްސާ”ޝަޔާމާ ބުނެދިނެވެ.
”އަހަރެން ހިއެއްވެސް ނުކުރަން އަހަރެންގެ އެކުވެރިން އަހަރެންނަށް މިކަހަލަ ލަނޑެއް ދީފައިނެކަމަކަށް”ޔަޝްފާން ގާތާށް ރުޅިއައެވެ.
”ލަނޑު މި ލިބުނީ އަހަރެންނަށް”
”ޔަޝްއަށް މިކަން ނުވާ ކަމަކަށްވެސް ހެދިދާނެ”
”އެކަމަކު އަހަރެމެން ކަހަލަ އަންހެންކުދީންނަށް ހުރިހާ އެއްޗަކީވެސް އަބުރާއި ޢިއްޒަތް”ކަރުނަތައް އޮހޮރަމުން ޝަޔާމާ ގެންދެއެވެ.
”އެކަމު އަހަރެންނަށް މި ހަނދާންވެ އަބަދުވެސް ދެރަވާނެ”
”އެކަމު ޝަޔާމާ ހަނދާންކުރަންވާނެ މިއީ އަހަރެން ގަސްތުގައި އަދި ހަމަހޭގައި ހުރެގެން ކުރިކަމެއް ނޫންކަން” ޔަޝްފާން ޔަޝްފަންއަށް ކުރެވުނު ކަންތަކާއިމެދު ވަރަށް ދެރަވިއެވެ.
”ޔަޝްފާން” އެއަޑަށް ދެމީހުންވެސް ސިއްސައިގެންދިޔައެވެ. އެއީ ޔަޝްފާންގެ މަންމަގެ އަޑެވެ. ޔަޝްފާން ވަރަށް ބިރުގަތެވެ. އޭނަގެ ކޮޓަރީގައި އަންހެންކުއްޖަކު އޮއްވައި ފެނިއްޖިނަމަ ވަރަށް ކަންތައް ގޯސްވާނެއެވެ. ޔަޝްފާންއާއި ޝަޔާމާވެސް ހާސްވާންފެށިއެވެ. ކުއްލިއަކަށް ޔަޝްފާންގެ ލޮލުގައި އަޅައިގަތީ ބޭރު ކުޑަދޮރެވެ. ޔަޝްފާން ޝަޔަމާގެ ހެދުން ޝަޔާމާ އަތަށް ދީފައި ފާޙާނާއަށް ވެއްދިއެވެ. ޔަޝްފާންގެ މަންމަ ދޮރުގައި ތަޅަމުން ގޮވަމުން ގެންދެއެވެ. ޔަޝްފާން އަވަހަށް އެއްޗިހިލާން ފެށިއެވެ. ޝަޔާމާ ފާޙާނާއިން ނުކުތުމުން ކުޑަދޮރުން ނުކުމެ ގެޔަށް ދިއުމުގެ ޙިޔާލްދިނެވެ. ޝަޔާމާ ހަމަ ދިޔުމާއިއެކު ޔަޝްފާން ދޮރު ހުޅުވިއެވެ.
އޮކްޓޯބަރުމަހުގެ ދިހަވަނަދުވަހެވެ.
މިއަދު ޝަޔާމާއަށް ވަރަށް އަވަހަށް ހޭލެވުނެވެ.ހޭލެވުމާއިއެކު އަވަހަށް ގިފިއްޔަށް ވަދެ އިސްކޫލަށް ދާން ފެންވަރައިލިއެވެ. ޝަޔާމާ ފެންވަރައިގެން ނުކުތުމާއިއެކު ބޮލަށް އެނބުރުން އެރިއެވެ.
އިސްކޫލޫގައި އިން އިރުވެސް ބޯ އަނބުރައިތީ އުޅުނެވެ. ހޮޑުލޭން ފާޙާނާއަށް ވެސް ދިޔައެވެ.
މެންދުރުވަނީއެވެ. ޝަކީލާ އިނީ ހަނޑޫހޮވާށެވެ.
ޝަޔާމާ މިތަން ބަލަހައްޓައިގެން ހުއްޓެވެ. އެހެން މަޑުން ހުރެފައި ކުއްލިއަކަށް ބަލައިކަށް ނުހުރެ ހަނޑޫކޮޅެއް ނަގައި އަނގަޔަށް ލިއެވެ. މިތަން ފެނިފައި ޝަކީލާ ހައިރާންވިއެވެ.
ފަހަކަށް އައިސް ޝަޔާމާ ބޯ އަނބުރައި ހޮޑުލައި ، ހުތް އެއްޗިހި ކައި ރޯ ހަނޑޫކައި ގިނައިން ފެންބޮއި އުޅެއެވެ. .މިކަމާއި ޝަކީލާ ވިސްނަންފެށިއެވެ.
މިއަދަކީ އިސްކޫލުދުވަހެއްނޫނެވެ. މެންދުރުވަނީއެވެ.
ޝަކީލާ އިނީ ބަދިގޭގައި ބަތްތަވާ އުދައިގެންނެވެ. ވަރަށް ބޮޑު ފިކުރެއްގައެވެ.
”މަންމާ’ ދަރިފުޅު ޝަޔާމާގެ އަޑަށް ޝަކީލާ ދިޔައީ ސިއްސައިގެންނެވެ.
”ކާކާށް ނުހެދޭތަ”
”ހާދަ ބަނޑުހަޔޭ” ޝަޔާމާ ބަދިގެޔަށް ވަދެ ޅަކުއްޖެއްހެން ޝަކުވާކުރިއެވެ.
އަސުރު ނަމާދުގެ ޖަމާޢަތުން ފައިބައިގެން މިސްކިތުން ނުކުމެގެން މީހުންތައް ދެއެވެ. ބައެއް މީހުން މިސްކިތުން ނިކުމެ ރައްޓެހިންނާއި ސަލާން ގަލާންކޮށް ހާލުއަހުވާލު އަހައި ހަދައެވެ. އަދި ވާހަކައަޅުވައިލައެވެ. ވަޙީދުވެސް ބައެއް ރައްޓެހިންނާއި ސަލާންކޮށް ކުޑަކޮށް ވާހަކަދައްކައިލުމަށްފަހު އެދަނީ ގެޔާއި ދިމާލަށެވެ.
ވަހީދު ގެޔަށް އައިސް ވަނުމާއިއެކު ވަޙީދަށް ވަޙީދުގެ އަންހެނުން ޝަކީލާ އަށީގައި ބޯ އަތަށްލައިގެން އޮށޯވެލައިގެން އޮތްތަން ފެނުނެވެ.
”ކިހިނެތްވެފައި ތިއޮތީ” ވަހީދު ޝަކީލާ ގާތަށް ގޮސް އެހިއެވެ.
”ވަޙީދު ”
”ވަޙީދު އަށް ފާހަގަކުރެވޭތަ އަހަރެމެންގެ ޝަޔާމާއަށް އައި ބަދަލު” ޝަކީލާ ބޯ ހިއްލައިލައި ތެދުވެ އަށީގައި އިށީނދެލުމަށްފަހު އެހިއެވެ.
”ތިބުނީ ކޮން ބަދަލެއްގެ ވާހަކަ” ވަޙީދު ޝަކީލާ ގާތުގައި އިށީނދެ ސުވާލުކުރިއެވެ.
”ވަހީދަކަށް ފާހަގައެއްނުކުރެވޭތަ”
”އޭނަ މިހާރަކަށް އައިސް ބޯ އަނބުރައިތީ އުޅޭ ، ހޮޑުލައި ، ހުތްއެއްޗިހިކައި ،ރޯ ހަނޑޫކައި ގިނައިން ފެންބޮއިހަދައި”
”މިއީ ހައްތާވެސް މާބަނޑުކަމުގެ ޢަލާމާތް” ޝަކީލާ ކިޔައިދިނެވެ. ޝައީމް ދުރުގައި މި ވާހަކަތައް އަޑުއަހަން ހުއްޓެވެ. ޝައީމްގެ ދެލޯ ބޮޑުވިއެވެ. ރުޅިއައިސް ދެލޯ ރަތްވިއެވެ.
ޝަޔާމާ ގޭތެރޭގައި ޓީވީ ބަލަން އިނެވެ. އިރު އިރުކޮޅައި ކައިރީގައި ބައިންދައިފައި އިން ފެންފުޅި ނަގައި ފެންފޮދެއްބޮއެލައެވެ.
”ޝަޔާމާ” ޝައީމްގެ ހަޅޭކުގެ އަޑަށް ޝަޔާމާ ދިޔައީ ސިއްސައިގެންނެވެ. ޝަޔާމާ އިނީ ފެންބޯން ފެންފުޅި އަނގަޔާއި ދިމާކޮށްގެންނެވެ. ޝައީމް ހަޅޭއްލަވައިގެން އަޑުއިވުމާއިއެކު ޝަޔާމާގެ އަތުން ފެންފުޅި ދޫވެ ވެއްޓުނެވެ. ފެންވެރި ތަޅުންގަނޑުގައި ފެންހެދިއްޖެއެވެ.
”ބޭބޭ”
”ކިހިނެތްތަވީ” ޝަޔާމާ ސުވާލުކުރިއެވެ.
”އެއީތެދެއްތަ”ޝަޔާމާގެ ގާތަށް ގޮސް ޝައީމް ރުޅިވެރިކަމާއިއެކު އެހިއެވެ.
”ކޮންވާހަކައެއް”ޝަޔާމާއަށް ނޭނގުމުން އަހައިލިއެވެ.
” ޝަޔާމާ ބަނޑުބޮޑުވާހަކަ” ޝައީމް ވާހަކަދައްކަމުން ގެންދިޔައީ ވަރަށް ބާރަށެވެ.
”ބަނޑުބޮޑު ވާހަކައޭ” ޝަޔާމާ ހައިރާންވެ އަނގަމަތީގައި އަތްއަޅައިލެވުނެވެ.
”ކާކު ބުނީ އަހަރެން ބަނޑުބޮޑޭ” ޝަޔާމާ އެހިއެވެ. ޝައީމް މަންމަ ބައްޕަގާތު ދެއްކި ވާހަކަތައް ޝަޔާމާއަށް ކިޔައިދިނެވެ. ޝަޔާމާ މިވާހަކަތއް އަހައިފައި އިންތަނުން ތެދުވިއެވެ.
”ބޭބޭ”
”އަހަރެންނަކަށް ނޭނގެ ބަލިވެ އިނުމުން ވާ ގޮތްތަކެއް” ޝަޔާމާގެ މިވާހަކައިން ޝައީމް ވަރަށް ކަންބޮޑުވިއެވެ.
”މިއީ ކޮންކަމެއްގެ އަލާމާތްތަކެއްކަމެއް ނޭނގެ”
”ބަލިވެ އިނުމަކީވެސް ވުން އެކަށީގެންވައި ކަމެއް” ޝަޔާމާ މިހެން ބުނުމުން ޝައީމް ބާރަށް ޝަޔާމާގެ އަތުގައި ހިފިއެވެ.
”ކޮއްކޮ ޔަޝްއާއިއެކު…”ޝައީމް ގާތަށް ވަރަށް ރުޅިއައެވެ.
”ނޫން”
”ވީގޮތަކީ ޔަޝްގެ އުފަންދުވަހުގެ ޕާރޓީގައި އިށީނދެލައިނެ ތަނެއް ނެތީމައި އަހަރެން ދިޔައީ ޔަޝް ކޮޓަރިއަށް”
”ޔަޝް އާއިއެކު ސައި ބޮއުނީ”
”ޔަޝްގެ އެކުވެރިން ޖޫސް ގެނެސްދިނީ”
”އަހަރެމެން ދެ މީހުންވެސް ޖޫސްމަތިން ހަނދާނެއްނުވި”
”އަހަރެމެންނަށް ހެދުނު އެންމެ ބޮޑު ގޯސް އެއީ އެ ޖޫސް ބޮއެވުނުކަން” ޝަޔާމާ ކިޔައިދިނެވެ.
”އެއީ ކީއްވެ” ޝައީމްއަށް އަހައިލެވުނެވެ.
”އެޔަށް ޔަޝްގެ އެކުވެރިން ހުރީ މަސްތުވާ އެއްޗެއް އަޅައިފައި” ޝަޔާމާ ބުނެދިނެވެ.
”ކިހިނެތް އެކަމު ކޮއްކޮއަށް އެނގުނީ” ޝައީމް އެހިއެވެ.
”ޔަޝް ބުނީ އެހެން ހީވައި ވާހަކަ” ޝަޔާމާ ބުނެދިނެވެ.
”ދެން ތިހުންނަނީ ޤަބޫލުކޮށްގެން” ޝައީމްއަށް އަހައިލެވުނެވެ.
”ކީއްވެ އެއްޗެކޭ ނުބުނީ” ޝަކީލާ ވަޙީދު އެއްޗެކޭ ނުބުނެ މަޑުން އިނުމުން އެހިއެވެ.
ވަހީދު އިނީ ރުޅިއައިސް ދެލޯ ރަތްވެފައެވެ.
”އަހަރެންގެ ދަރިޔަކު ތިފަދަ ވިޔާނުދާ ކަމެއް ނުކުރާނެ”
”ޝަކީލާއަށް ކެރުނީ ކިހިނެތް ދަރިޔަކާއި ލައިގެން ތިފަދަ ވާހަކައެއް ދައްކަން” ވަހީދު ގާތަށް ވަރަށް ރުޅި އަތުވެއްޖެއެވެ. ވަރަށް ބޮޑަށް ރުޅިއަތުވެއްޖެއެވެ.
”ސަބަބަކީ އަހަންނަކީ އަންހެނަކަށް ވާތީ”
”އަންހެނުންނަށް އެނގޭނެ މި ކަހަލަ ކަންތައްތައް” ޝަކީލާ ބުނެދިނެވެ.
”ވަހީދު” ޝަކީލާ ވަހީދުގެ ކޮނޑުގައި އަތްލިއެވެ.
”އޭނަ މަރުކަޒަށް ގެންދެބަލަ އަޅެ ދައްކައިލަން” ޝަކީލާ އެދުނެވެ.
”އަޖައިބުވެއްޖައިން”
”ދަރިންނަކަށް އިތުބާރެއްނުކުރަންތަ” ވަހީދު ހަޅޭއްލަވައިގަތެވެ.
”އިތުބާރު ނުކުރަނީކީ ނޫން”
”އެކަމު ކޮންމެ މީހަކަށް ވެސް ކުށެއްކުރެވިދާނެ”
”އަހަންނެއް ނުބުނާނަން ވަކި އަހަރެންގެ ދަރިޔަކަށް ކުށެއް ނުކުރެވޭނެޔެކޭ”
”ޒުވާންކަމުގެ ޖޯޝުގައި ވިސްނައިނުލައި ކުށެއްކުރެވިދާނެ”
”އަހަރެންވެސް އެދެނީ އަހަރެންގެ މި ހީ ކުށްހީއަކަށްވުން”
”ވަހީދު”
”އޭނަ ބަލިވެ އިންކަމުގައިވިޔަސް އޭނަޔަށް އެއްޗިހިކިޔަސް އަނިޔާނުކުރާތި” ޝަކީލާ ދެރަވެ ގިސްލަމުން ވަހީދުގެ ކޮނޑުގައި ބޯއަޅައިލިއެވެ.
”ޝަކީލާ..
”ވައުދުވޭ އަނިޔާނުކުރަންމަތިން”ޝަކީލާ ވަހީދު ބުނަން އުޅުނު ވާހަކަ މެނދުކަނޑުވައިލިއެވެ.
ވަހީދު އިރެއް ވަންދެއް ވިސްނަން އިނުމަށްފަހު އެގޮތަށް ވައުދުވެއްޖެއެވެ.
ވަހީދު އެދަނީ ޝަޔާމާ ގޮވައިގެން މަރުކަޒަށެވެ. ޝަޔާމާއަށް އޭނަ އެގެންދަނީ ކީއްވެކަން އެނގެޔެވެ.
މަރުކަޡުދޮށަށް އާދެވިއްޖެއެވެ.މަރުކަޒާއި އަރައި ހަމަވާއިރަށް އާދަމްމަނިކުއާއި އާދަމްމަނިކުގެ އަންހެނުން މަރުކަޒުން ނުކުމެއްޖެއެވެ.
”އަހާނ ވަޙީދު”
”ބަލީތަ” އާދަމްމަނިކު އެހިއެވެ.
”ނޫނޭ މިއީ ޝަޔާމާ ބޮލުގައި ރިއްސައިތީ”ވަހީދު ދޮގެއްހަދައިލިއެވެ.
”މިއީތަ ޝަޔާމާއަކީ އާދަމްމަނިކި ބުނި” އާދަމްމަނިކު އަންހެނުން އެހިއެވެ.
”މިއީ އަހަރެންގެ އަންހެނުން އަމީނާ’
”ދުވަސްގަނޑެއްވެއްޖެ އަމީނާ ބޯ އަނބުރައި ހޮޑުލައި އުޅޭތާ”
”އެހެންވެ ޑޮކްޓަރަށް ދައްކަން މި އައީ” އާދަމްމަނިކު ކިޔައިދިނެވެ.
”ކީކޭ ޑޮކްޓަރު ބުނީ” ވަޙީދު އެހިއެވެ.
”ބަނޑުބޮޑޭ” އާދަމްމަނިކު ޖަވާބުދިނެވެ. އާދަމްމަނިކު މިހެން ބުނުމުން ވަޙީދު ހިތްބިރުގަންނަންފެށިއެވެ ހިތް ބާރަށް ތެޅެންފެށިއެވެ. ފިޔަވަޅުތައް ފަހަތަށް އެޅެވުނެވެ. ޝަކީލާގެ ހީ ތެދަކަށް ވެދާނެތީ ހާސްވާންފެށިއެވެ. ކޮންމެއަކަސް ބިރުންނަމަވެސް ޝަޔާމާ ގޮވައިގެން މަރުކަޒަށް ވަދެއްޖެއެވެ. ޑޮކްޓަރު ޝަޔާމާ ލައްވައި ޓެސްޓުތަކެއް ހެދުވިއެވެ.އެއަށްފަހު ޓެސްޓުތަކުގެ ނަތީޖާ މާދަން ބަލައި އަންނަ ބުނެފައި ޝަޔާމާއާއި ޝަޔާމާގެ ބައްޕަ ފޮނުވައިލިއެވެ.