Esfiya - Dhivehi Vaahaka Site
  • އިތުރު
    • އެހެނިހެން
    • ހަޤީޤީ
    • ހިތާމަ
    • ދީނީ
    • މަޒުމޫނު
    • ޅެން
    • މަޖާ
    • ލޯބި
    • ބިރުވެރި
  • އެސްފިޔަ
    • އެސްފިޔަ ޕްރޯ
    • ޤަވާއިދު
    • އިސްތިހާރު ކުރެއްވުމަށް
    • ގުޅުއްވުމަށް
    • މަގޭ ވާހަކަތައް
    • ★ޕޮއިންޓްސް★
  • ލޮގިން
  • ރެޖިސްޓަރ
  • އެހީ
  • ސީރީސްތައް
  • ފުރަތަމަ ޞަފްހާ
ލޯބި

ވަރުދާ-8

Ali Shimhaz Level 110 Stories
June 27, 2021 3 Mins Read
0 Comments

“އަސްލުވެސްތަ؟ އެހެންވީއިރު ތިވާހަކަ ބުނަންވީނު އަލްތާފް ގާތު.” ސައުދާ ބުނެލިއެވެ. ” ބުނަންވީތަ؟ ކިހިނެތް ބުނާނީ؟” ވަރުދާ އެހިއެވެ. ” ދުލުންނެއްނު” ސައުދާ  ބުނެލިއެވެ.

އަލްތާފް އިނީ އަނަސްއާއިއެކު ތުނޑިމަތީ ހޮޅުއަށްޓެއްގައެވެ.

ތުނޑިމައްޗަށް ފިނި ވައިރޯޅިތައްޖެހެމުންދެއެވެ. ރުއްރުކުގެ ފަންތައް ހެލިލައެވެ. ގަސްގަހުގެ އޮފިތައް ހެލިލައެވެ. އެގޮތަށް ވައިރޯޅިތައް ޖެހުމުން   ހިތަށް އެ ލިބޭ ފިނިކަމަކީ ފަންކާއެއްގެ ވައިން   ލިބޭނެ ފިނިކަމެއްނޫނެވެ. ބޮޑަށް ހިތްހަމަޖެހެނީ މިފަދަ ވަޔެވެ.  އެ ހޮޅުއަށީގެ ކައިރީގައި މިދިލިގަހެއް ހުއްޓެވެ. އަޅައިފައި ހުރީ ހުސް ޅަގޮނބެވެ. ދިއްގާ ގަހަކާއި މަގޫގަސްތަކެއްވެސް އެ މީހުން އެތިބި ތާނގައި ހުއްޓެވެ.

”  ކީކޭ؟ ވަރުދާދެކެ ލޯބިވާ ވާހަކަ ބުނީއްޔޭ؟” އަލްތާފް  އެވާހަކަ ކިޔައިދިނުމުން އަނަސްއަށް ބުނެވުނެވެ. އަލްތާފް ހެވިލައިފައި ބޯޖަހައިލިއެވެ.  ” އަދި ވަރުދާއަށްޓަކައި ތަރުކަރީބަތްވެސްކެއީ. އެހެންވިއްޔާ ދެންޖެހޭނެ ތަރުކާރީބަތްކާން. ވަރަށް ފައިދާހުރި އެއްޗެކޭ އެއީ.” އަނަސް ބުނެލިއެވެ.

އަލްތާފް ހިނިތުންވެލިއެވެ.  އެކަމަކު އިރުކޮޅެއްފަހުން އެ ހިނިތުން ކެނޑިއްޖެއެވެ. ” އަނަސް އަހަރެންގެ ހިތްއެބަ ތެޅޭ. ވަރުދާ އަހަރެންދެކެ އެފަދަ ނަޒަރަކުން ނުދެކޭނަމަޔޯ” އަލްތާފް ބުނެލިއެވެ. ” ތިހެންވެދާނެ. ” އަނަސް ބުނެލިއެވެ. އަލްތާފްގެ މޫނުމަތިން މާޔޫސްކަމުގެ އަސަރު ފާޅުވިއެވެ.

” ނޫނީ ނުވެސް ހިނގައިދާނެ” އަނަސް ބުނެލިއެވެ.

އާމިނާ ބަދިގޭގައި ހަވީރުސަޔަށް ގުޅަކޮޅެއް ތެލުލަނީއެވެ.

” މަންމާ ބަނޑުހައިވެއްޖެ” އަފާފް ބަދިގެޔަށް ވަދެ އައިސް ބުނެލިއެވެ. ” މި ނިމެނީ ދެން ގުޅަކޮޅު ތެލުލައި” އާމިނާ ބުނެލިއެވެ. ” ކޮބާ ބޭބެ؟” އަފާފް އެހިއެވެ. ” އަނަސްއާއިއެކު ތުނޑިއަށް ދިޔައީ” އާމިނާ ބުނެލިއެވެ.

ގުޅަތައް ތެލުލައި ނިމިއްޖެއެވެ. އަފާފް ސައިބޯން ކާމޭޒުދޮށަށް އެރިއެވެ.  އަލްތާފްވެސް ގެޔަށް އައިސް ކޮއްކޮއާއި އެކު ސައިބޯން ކާމޭޒުދޮށުގައި އިށީނނެވެ. ގުޅަތައް ވަރަށް ހޫނެވެ. އަފާފް ގުޅައެއްގައި އަތްލައިއިރަށް ހޫނުކަމުން ގުޅަ އަތުން ދޫވިއެވެ. ސައިތަށީގައި އަނގަޖައްސައިލައިއިރަށް އަނގަމަތި ހީވީ ފިހުންހެންނެވެ. ” ކާއެއްޗެހި ހިހޫ ވަންދެއް އިހަށް މަޑުކޮށްލަމާ” އަލްތާފް ބުނެލިއެވެ.

އަފާފް އެގޮތާއި އެއްބަސްވިއެވެ. ” ސޯ ލެޓްސް ޓޯކް” އަފާފް ބުނެލިއެވެ. ” ކޮންވާހަކައެއް ދައްކަންވީ؟ ” އަލްތާފް އެހިއެވެ.

” ހިނގާ ވަރުދާގެ ވާހަކަ ދައްކަމާ” އަފާފް ބުނެލިއެވެ. އަލްތާފްގެ ތުންފަތްމައްޗަށް ރަކިހިނިތުންވުމެއް ވެރިވިއެވެ.

” މިއަދު ދިޔައިން އެގެޔަށް” އަލްތާފް ބުނެލިއެވެ. އަފާފް އެވާހަކަ އަހައިފައި ހައިރާންވިއެވެ. އަލްތާފް ހުރިހާވާހަކައެއް ރަގަޅަށް ކިޔައިދިނެވެ.  އަފާފް ވަރަށް އުފާކުރިއެވެ.

ވަރުދާ ވަރުދާގެ މަންމައާއި ބައްޕައާއިއެކުގައި ހަވީރުސައިބޯން ކާމޭޒުދޮށުގައި އިނެވެ. ހަދައިފައިހުރީ ސޭންޑްވިޗެވެ.

” ދަރިފުޅަ ވަރުދާ ދަރިފުޅު ކޮންއިރަކުން ފެށިގެން އަލްތާފް ދަންނަނީ؟” ވަރުދާގެ ބައްޕަ ޝިހާމްއެހިއެވެ.  ޝިހާމް ކުއްލިއަކަށް އެހެން އެހުމުން ވަރުދާއަށް ބައްޕަގެ މޫނުމައްޗަށް ބަލައިލެވުނެވެ.

” މިހެން މިއެހީ ކުރިން ދަރިފުޅުގެ އަލްތާފް ކިޔައި އެކުވެރިއެއް ހުންނަކަށް އެނގިފައި ނެތީމައި” ޝިހާމް ބުނެލިއެވެ.

“ދުވަސްތަކެއްވެއްޖެ ” ވަރުދާ ބުނެލިއެވެ. ” އޭނަޔަކަށް ކަމަކުނުދޭދޯ ތަރުކާރީ ބަތެއް؟” ޝިހާމްއެހިއެވެ. ވަރުދާ އާއެކޭ ބުނުމުގެ ގޮތުން ބޯޖަހައިލިއެވެ.  ” ވަރުދާއަކަށް ނޭނގޭތަ އޭނަޔަށް ތަރުކާރީބަތް ކަމުނުދާކަމެއް؟” ނާހިދާ  ބުނެލިއެވެ. ވަރުދާ އިސްޖެހިއެވެ.

ރޭގަނޑެވެ. އަށެއްގެ ޙަބަރުބަލަން ޓީވީދޮށުގައި ނާހިދާ   އާއި ޝިހާމްއިނެވެ.    ދޮރުހުރީ ހުޅުވައިފައެވެ. ބޭރުދޮރެއްނޫނެވެ. ގޭތެރެއަށް ވަންނަ ދޮރެވެ.  މީހަކު ދޮރުމައްޗަށް އަރައި ސަލާންގޮވައިލިއެވެ. ” ވަޢަލައިކުމުއްސަލާމް” ނާހިދާ ގޮވައިލިއެވެ. ދޮރުމަތީގައި ހުރީ ސައުދާއެވެ.  ސައުދާ އެތެރެއަށްވަނެވެ.   ” ކޮބާ ވަރުދާ؟ ” ސައުދާ އެހިއެވެ.  ނާހިދާ  ގޮސް ވަރުދާގެ ކޮޓަރީގެ ދޮރުގައި ޓަކިދީ ގޮވަންފެށިއެވެ.  ވަރުދާ ކޮޓަރިން ނިކުތެވެ.

” ކިހިނެތްވީ މަންމާ؟ ” ވަރުދާ އެހިއެވެ.  ” ސައުދާ އައިސް އެހުރީ” ސައުދާއަށް އިޝާރަތްކުރަމުން ނާހިދާ ބުނެލިއެވެ.

” ހިނގާ ދާން” ވަރުދާ ސައުދާ ކައިރިޔަށް ގޮސް ބުނެލިއެވެ.

” ކޮންތާކަށް ދަނީ؟” ޝިހާމް އެހިއެވެ. ” ފިހާރައަށް. ދަނިއްޔެ މަންމާ” ވަރުދާ ބުނެލިއެވެ. ދެން ވަރުދާ އާއި ސައުދާ ފިހާރައަށް ދާން އެގެއިން ނިކުތެވެ.

“ވަރުދާ ކޮންއިރަކުންތަ އަލްތާފް ކައިރީގައި ބުނާނީ؟” ގެއިން ނިކުމެވޭއިރަށް ސައުދާ އެހިއެވެ.  ” އަހަރެންނަކަށް ހިއެއްނުވޭ ކެރޭނެހެން. އެކަމަކު ބަލާނަން ބުނެވޭތޯ” ވަރުދާ ބުނެލިއެވެ.

” އޯކޭ ދެން ދަމާހިނގާ” ސައުދާ ބުނެލިއެވެ.

ފިހާރައަށް  އާދެވިއްޖެއެވެ. ދޮރު ކޮއްޕައިލައިފައި އެތެރެއަށްވަނެވެ. އެއި ބޮޑު ފިހާރައެކެވެ. އެ ފިހާރައިގައި މީރުވަސް ދުވާ އެކިބާވަތުގެ ލޯޝަނާއި މީރުވަސްދުވާ އެކިބާވަތު ގެ އަންހެން އަދި ފިރިހެންސެންޓާއި ޖެލްދަޅާއި ލިޕްސްޓިކްއާއި

ފެއަރނެސް ކްރީމްއާއި އައިލައިނާއާއި ރޯލޯންވެސް ހުއްޓެވެ.

ރީތިބަތްކާތަށިތާކާއި ތޮރުފިތަށްޓާއި އުނދުޅިއާއި ޖޯޑާއި ފެންބޯތަށްޓާއި އުލާއި ސަމުސަލެވެ. ޗިޕްސްއާއި ޑައެރީ މިލްކްއާއި ޓޮބްލެރޫންއެވެ. އަދި އެފިހާރައިގައި ހުރި އައިސް އަލަމާރީގައި ޕެޕްސީދަޅާއި ކޯކްދަޅާއި ފެންޓާދަޅާއި މައުންޓެއިންޑިއު ދަޅާއި އާފަލާއި އޮރެންޖާއި މޭބިސްކަދުރާއި ރޯކަދުރު ހުއްޓެވެ. އެކަމަކު ވަރުދާގެ ލޮލުގައި އެންމެ އަޅައިގަތް އެއްޗަކީ އެ ފިހާރައިގައި ވިއްކަން ހުރި ކާޑުތަކެކެވެ. އެއީ ވަރަށް ރީތި ކާޑުތަކެކެވެ. އެއްކާޑުގެ ބޭރުގަނޑުގައި ހިތެއްއިނެވެ. އަނެއްކާޑުގެ ބޭރުގަނޑުގައި ފިނިފެންމަލެއް އިނެވެ. އަނެއްކާޑުގެ ބޭރުގަނޑުގައި ފިނިފެންމާތަކެކެވެ. އަދި އެއްކާޑުގެ ބޭރުގަނޑުގައި ޓެޑީ ބެއަރއެއްއިނެވެ. ވަރުދާ އެކާޑުތައް ބަލައިލިއެވެ. އެއިން ކާޑެއްގެ އެތެރެއަކު އެއްވެސް ލިޔުމެއްނެތެވެ. އެވަގުތު ވަރުދާގެ ސިކުނޑިއަށް މޮޅު ޙިޔާލެއްވަނެވެ.  ވަރުދާ ފިނިފެންމާތަކެއް ހުރި ކާޑުގަތެވެ. ސައުދާއަށް ވަރުދާ އެ ކާޑު ގަތީ ކީއްކުރަންކަން އެނގުނެވެ. ވަރުދާ އެ ކާޑުގެ އިތުރުން ސެންޓުފުޅިއެއްގަތެވެ. ސައުދާ ލޯޝަންފުޅިއަކާއި މައުންޓެއިން ޑިއު ދަޅެއްގަތެވެ.

އަލްތާފް ރީތިކޮށް ޓީވީދޮށުގައި އިނެވެ. މަންމައާއި ކޮއްކޮއެއް ގެޔަކުނެތެވެ.    ” އައްސަލާމްއަލައިކުމް” ގޭގެ ދޮރުމައްޗަށް ހުއްޓި ކުއްޖަކު ސަލާންގޮވައިލިއެވެ.  ” ވަޢަލައިކުމުއްސަލާމް” އަލްތާފް ސަލާމްގެ ޖަވާބުދިނެވެ. އެ ކުއްޖަކީ ކުޑަކުއްޖެކެވެ. އެ ކުއްޖާ ކާޑު ދީފައި ހިނގައްޖެއެވެ. އެ ކާޑުގެ ބޭރުގަނޑުގައި ފިނިފެންމާތަކެއްހުއްޓެވެ. އަލްތާފް އެ ކާޑުގެ އެތެރެ ބަލައިލިއެވެ.

” އަހަރެންވެސް އަލްތާފް ދެކެ ލޯބިވޭ އަލްތާފް” އެ ޖުމްލަ ފެނުމުން އަލްތާފްގެ ހިތް އުފަލުން ފޮޅުނެވެ. އެ ކާޑު މޭގައި ލައްކޮށްލިއެވެ. އަލްތާފްއަށް ހީވީ އަރުތެރެ ހިތިވެގެން އުޅެނިކޮށް ފޮނިކާއެއްޗެއް ލިބުންހެނެވެ.

 

މިވާހަކައިގެ ދެންއޮތް އެޕިސޯޑުގެ ލިންކު ކޮމެންޓް ސެކްޝަންގެ ތިރީގައި ވާނެއެވެ.

Share Article

Follow Me Written By

Ali Shimhaz

Level 110 Stories

Other Articles

Previous

ދިމާވި އާދަޔާ ޚިލާފް ޒުވާނާ (ތިންވަނަ ބައި)

Next

ހިރާސް 31 & 32

Next
June 27, 2021

ހިރާސް 31 & 32

Previews
June 27, 2021

ދިމާވި އާދަޔާ ޚިލާފް ޒުވާނާ (ތިންވަނަ ބައި)



All Right Reserved!