އެއްޖިންސުން ގުޅުން ހިނގުމުގެ މުޑުދާރު ޢަމަލު މިދުނިޔެއަށް އުފަންކުރުވި ބަޔަކީ لوط عليه السّلام ގެ ޤައުމުގެ މީސްތަކުންނެވެ. ސަދޫމުގެ މީސްތަކުންނެވެ. އެއަށްފަހު ދުނިޔަމަތީގައި ކޮންމެ ޒަމާނެއްގައިވެސް އެފާފަ ކުރަމުންގެންދާ ބަޔަކު ދިރިއުޅެމުން ގެންދެއެވެ. ނަމަވެސް އެ ޢަމަލަކީ އިންސާނީ ފިޠުރަތާއި މުޅިން ޚިލާފު ޢަމަލެކެވެ. އިންސާނީ ފިޠުރަތު އެކަމަށް ކުޑަވެސް ފުރުޞަތެއް ނުދޭ ޢަމަލެކެވެ. ބޮޑު ވަބާއެކެވެ. މިހާރުގެ ދުނިޔޭގެ ކަންކޮޅުތަކަށް ނަޒަރު ހިންގާލިކަމުގައިވިޔަސް ފެންނަމުން ދަނީ އެއް ޖިންސުން ގުޅުން ހިނގުމަކީ އެއީ ކޮންމެހެން […]
ދިވެހިރާއްޖޭގައި، އިސްލާމާދީން ނޫން އެހެން ދީނަކަށް ފުރްޞަތު ލިބިފައިނެތުމުން ކާފިރު ބައެއް ޤައުމުތަކަށް އެކަން ބޮޑުކަމެއްކަމުގައިވެގެން ދިޔަ ޒަމާނެއްވެސް ދިވެހީންވަނީ ދެކެފައެވެ. ދިވެހިޤައުމުން އިސްލާމްދީން ނައްތާލުމުގެ ނިޔަތުގައި ކްރިސްޓިއަންދީން ފަތުރަން މަސައްކަތްކުރި ބައެއްގެ ވާހަކަވެސް ދިވެހިން ހަނދާންނެތިފައިވާނެއެކޭ އަޅުގަނޑަކަށް ހީއެއްނުވެއެވެ. ކޮންމެއަކަސް ޒަމާންދިގުވެ، ދިވެހިރާއްޖެ މިދެކެމުން އަންނަ ތަރައްޤީ އާއި ތަހުޒީބުގެ ކުރިމަތީގައި ދިވެހިޤައުމުގެ ތެރެއިންވެސް އިސްލާމްދީނަށް ހަޖޫޖަހައި އެދީނުގެ “ހަތުރުންތަކެއް” ވަނީ އުފެދިފައެވެ. މިއީ ދިވެހިޤައުމު މިދެކެމުން އަންނަ ހުއްރިޔަތާއި މިނިވަންކަމަށް އަންނާން އުޅޭ ކޮޅިގަނޑެއް […]
مَرْيَمُ ގެފާނުގެ ބަފައިކަލުން عمران އާއި މައިކަނބަލުން حَنَّة އަކީ ނުހަނު ޞާލިޙު ތަޤުވާވެރި ދެބޭކަނބަލުންނެވެ. މާތް ﷲ ހަނދުމަކުރައްވާ ޒިކުރުކުރައްވަމުންގެންދެވި ދެކަނބަލުންނެވެ. އޭގެ ދެކަނބަލުން ކާވެނީގެ ގޮތުން ގުޅިވަޑައިގެން އުޅުއްވާތާ އެއްތަށް ދުވަހެއް ވީއިރުވެސް އޭގެ ދެކަނބަލުންނަކަށް ބޭފުޅަޅު ލިބިވަޑައެއް ނުގަންނަވައެވެ. محمد بن إسحاق ވިދާޅުވެފައިވެއެވެ. “حَنَّة އަކީ ދަރިމައިނުވާ ބޭކަނބަލެކެވެ. އެއްދުވަހަކު ގަހެއްގެ ހިޔަލުގައި އިންނަވަނިކޮށް އެކަމަނާއަށް ޅަދަރީންނަށް ކާންދޭ ދޫންޏެއްފެނިވަޑައިގެންނެވިއެވެ. އެމަންޒަރު ފެނިވަޑައިގެންނެވުމުން ތުއްޕުޅު ބޭފުޅަކަށް ޝަޢުޤުވެރިވުމުގެ ޝުޢޫރުއެކަމަނާގެ ހިތްޕުޅުގައި ހިނގައިގެންދިޔައެވެ. […]
ނަންފުޅާއި ނަސަބުފުޅު ثابت بن قيس رضى اللّـه عنــه ގެ ފުރިހަމަ ނަންފުޅަކީ، ثابت بن شماس بن قيس، އެވެ. މަންމާފުޅުގެ ނަންފުޅަކީ، هند الطائية އެވެ. އެކަލޭގެފާނަކީ ކައުސާހިބާގެ މިތުރު ޞަޙާބީންގެ ތެރެއިން ހިމެނިވަޑައިގަންނަވާ އަންޞާރުންގެ ބޭކަލެކެވެ. އެކަލޭގެފާނު ނިސްބަތްވަނީ، މަދީނާގެ ޤަދަރުހުރި ވަންހައެއްކަމުގައިވާ ޚަޒުރަޖު ވަންހައަށެވެ. އެބައިމީހުންގެ ތެރޭގައި އެކަލޭގެފާނު މަޝްހޫރުވެވަޑައިގެންފައިވަނީ خطيب الأنصار ގެ މަތިވެރި ލަޤަބުފުޅުންނެވެ. އެއީ، އެކަލޭގެފާނުގެ ދޫފުޅު ފަސޭހަކަމާއި، ބަސްފުޅުގެ ސީދާކަމުގެ ސަބަބުންނެވެ. ބަސްފުޅުގެ ފަޞާހާތްތެރިކަމާއި ބަލާޣާތްތެރިކަމުންގެ […]
މިއީ ކޮންކަހަލަ ދުނިޔެއެއް ހެއްޔެވެ؟ ދުނިޔޭގެ އުފަލާއި އަރާމު ލިބެނީ ހަމައެކަނި ކެހިވެރީންނަށް ހެއްޔެވެ؟ ނުވަތަ ދުނިޔޭގެ ޙަޤީޤީ ހައްޤުވެރިންނަކީ އަނިޔާވެރީން ހެއްޔެވެ؟ މި ސުވާލުތަކަކީ އަހަރެންގެ ޒަޚަމްވެފައިވާ ހިތަށް އަބަދުހެން ކުރެވެމުންދާ ސުވާލުތަކެކެވެ. މަޒީގައި އަހަރެންނާއި މެދުގައި ކަންތައްވެފައިވާ ގޮތުންނެވެ. މިހާރު ކަންތައް ހިނގަމުންދާ ގޮތުންނެވެ. އަހަރެންގެ ބައްޕައަކީ ރ. އަތޮޅުގެ ރަށަކަށް ނިސްބަތްވާ މީހެކެވެ. މަންމައަކީ އެ އަތޮޅު އެހެން ރަށަކަށް ނިސްބަތްވާ މީހެކެވެ. ބައްޕަ މަންމަ އާއި ކާވެނިކޮށްގެން މަންމަ ގޮވައިގެން ދިޔައީ […]
އަރަހުށި މާތް الله سبحانه وتعالى، ވަރަށްގިނަ އަދަދެއްގެ ނަބީބޭކަލުންނާއި ރަސޫލުބޭކަލުން ފޮނުއްވިއެވެ. އެކަލާނގެ އަށް އަޅުކަންކުރަން ގޮވައިލެއްވުމަށެވެ. މީސްތަކުންނަށް ތެދުމަގު ދައްކުވައި އެބައިމީހުން ހަމަމަގަށް އެޅުވުމަށެވެ. ހަމަހަމަކަމާއި ޢަދުލެވެރިކަން ޤާއިމުކުރެއްވުމަށާއި، ނަހަމައިގައި ތިބި މީސްތަކުންނަށް އިންޒާރު ދެއްވައި ހަމަމަގަށް އެޅުވޭތޯބެއްލެވުމަށެވެ. އެގޮތް ޤަބޫލުނުކޮށްފިނަމަ އެބައިމީހުންނަށް ﷲ ގެ އަޛާބުން ހުރިކަން އަންގަވައެވެ. ނުވަތަ އެޤައުމެއްގެ ނަބީބޭކަލެއްގެ ބަސްޤަބޫލު ނުކުރިބަޔަކަށް މާތް ﷲ ގެ ގަދަފަދަ އަޛާބުދެއްވައި ހަލާކުކުރައްވާނެކަން އަންގަވައެވެ. އެފަދައިން މާތް ﷲ ވަނީ ވަރަށް […]
އައްސުލްޠާން ޙަސަން ނޫރައްދީނުއްޘާނީ ނުވަތަ އައްސުލްޠާން ޙަސަން ނޫރައްދީން (ދެވަނަ) އަކީ، 1886 ވަނަ އަހަރުން ފެށިގެން 1888 އަހަރާއި ހަމައަށް ރާއްޖޭގައި ރަސްކަންކުރެއްވި އައްސުލްޠާން މުޙައްމަދު މުޢީނުއްދީން (ދެވަނަ)، ނުވަތަ ކުޑަ ބަންޑާރައިންގެ ދަރިކަލެކެވެ. މިރަދުންގެ މަންމާފުޅަކީ ދަނޑިކޮށިގޭ ޒުލައިޚާދީދީއެވެ. މިރަދުން އުފަންވެވަޑައިގެންނެވީ މީލާދީ ތާރީޚުން 1887 ވަނަ އަހަރު މާޖެހިގޭގައެވެ. އޭރު ރަސްކަމުގައި ހުންނެވީ އެރަދުންގެ ބައްޕާފުޅު އައްސުލްޠާން މުޙައްމަދު މުޢީނުއްދީން (ދެވަނަ)، ނުވަތަ ކުޑަ ބަންޑާރައިންނެވެ. މިރަދުންނަށް މާޖެހިގޭމަނިއްޕުޅު، އެއްގަމުގޭ މަނިއްޕުޅު ނުވަތަ […]
އަމީރުލް މުއުމިނީން ޢުމަރު ބުނުލް ޚައްތާބުގެ ޚިލާފަތުގެ ދުވަސްވަރުގެ ހާދިޘާއެކެވެ. އެއްފަހަރަކު މަދީނާއަށް ދިޔުމަށް ޒުވާންފުރައިގެ ފިރިހެން ކުއްޖަކު ދަތުރުފެށިއެވެ. ދަތުރުގެ ސަވާރެއްކަމުގައި ގެންދިޔައީ ޖަމަލެކެވެ. ދަތުރަކީ ދިގު ދަތުރެކެވެ. އެހެންކަމުން ބައެއް ފަހަރު ދަތުރުކުރަމުން ގޮސް ދަތުރުގެ ވަރުބަލިކަން ފިލުވާލުމަށްޓަކައި މަޑުކޮށްލައެވެ. އެގޮތުން އެއްފަހަރަކު މަންޒިލަކަށް ފައިބައި އޭނާ އަރާމުކޮށްލުމަށްޓަކައި މަޑުކޮށްލިއެވެ. އިރުކޮޅެއްގެ ތެރޭގައި އޭނާގެ މައްޗަށް ނިދިގަދަވެގެންފިއެވެ. ފުންނިންޖަކުން ނިދިއްޖެއެވެ. އޭރު އޭނާގެ ޖަމަލު ވިނަކަމުންގޮސް، އެހެން މީހެއްގެ ދަނޑުބިމަކަށް ވަދެގެން އެތަނުގެ ގަސްތަކާއި […]
މާތް ﷲ، ސަދޫމު ސަހަރާއި، އެ ސަހަރުގެ މީހުން ހަލާކުކުރެއްވިއިރު، لوط عليه السّلام އާއި، އެކަލޭގެފާނުގެ އަހުލުބައިތުން ސަލާމަތްކުރެއްވިއެވެ. އެކަލޭގެފާނުގެ އަނބިކަނބަލުން ފިޔަވައެވެ. ހަމައެހެންމެ،نوح عليه السّلام ގެ ޤައުމުގެ މީސްތަކުންނަށް އަޛާބުދެއްވައި ހަލާކުކުރެއްވިއިރު އެކަލޭގެފާނުގެ ދަރިކަލުންނާއި އަނބިކަނބަލުންވީ އަޛާބު ލިބި ގަރަޤުވި މީސްތަކުންގެ ތެރެއިންނެވެ. أمّ المؤمنين السّيّدة عائشة صدّيقة رضى اللّـه عنها ވިދާޅުވެފައިވެއެވެ. ޖިބްރީލުގެފާނު މާތް ނަބިއްޔާ صلّى اللّـه عليه وسلّم ގެ އަރިހަށް ވަޑައިގެން ޚަބަރުދެއްވިއެވެ. ނޫޙުގެފާނުގެ […]