ޢަޒީޒުގެ ގަނޑުވަރުގައި ޤާފިލާގެ ވިޔަފާރިވެރިން މިޞްރަށް ގޮސް އެތަނުގެ ބާޒާރުގައި، ސަލާމްލެއްވި ޔަޢުޤޫބުގެފާނުގެ މޭފުޅުގެ އެއްބައި ކަމުގައި ހިމެނިވަޑައިގަންނަވާ ލޮބުވެތި ދަރިކަލުން ވިއްކައިލުމުގެ ކަންތައްތައް ފަށައިފިއެވެ. އެތަނުން ޔޫސުފުގެފާނު ބައްލަވައިގަތީ، މިޞްރުގެ ޢިއްޒަތްތެރި ވަޒީރެކެވެ. އިމާމު ސުހައިލީ ބަޔާން ކުރައްވާ ގޮތުގައި، އޭނާގެ ނަންފުޅަކީ، قطفير އެވެ. މުޙައްމަދު ބިން އިސްޙާޤު ބަޔާން ކުރައްވާ ގޮތުގައި، އޭނާގެ ނަންފުޅަކީ، إطفير بن رويحب އެވެ. އޭނާގެ ލަޤަބުފުޅަކީ، ޢަޒީޒެވެ. އޭނާއަކީ އެޒަމާނުގައި މިޞްރުގެ ޚަޒާނާތަކާ ޙަވާލުވެގެން ހުންނަ […]
ހުވަފެންފުޅު ޔޫސުފު ޢަލައިހިއްސަލާމު ތުއްޕުޅުއިރު އެއްރެއަކު އެކަލޭގެފާނު އަވަހާރަފުޅަށް އޮންނަވަނިކޮށް ވަރަށް ބަރަކާތްތެރި ހުވަފެންފުޅެއް ފެނިވަޑައިގެންނެވިއެވެ. އެކަލޭގެފާނަށް ފެނިވަޑައިގަތީ އެގާރަ ތަރިއާއި އިރާއި ހަނދު އެކަލޭގެފާނަށް ސަޖިދަކުރަނިކޮށެވެ. ޔޫސުފު ޢަލައިހިއްސަލާމު ގެ މި ބަރަކާތްތެރި ހުވަފެންފުޅުގެ ވާހަކަ ޤުރްއާނުގެ ޔޫސުފް ސޫރަތުގެ 24 ވަނަ އާޔަތުގައި މާތްﷲ ބަޔާން ކުރައްވަނީ މިދަންނަވާ ފަދައިންނެވެ. إِذْ قَالَ يُوسُفُ لِأَبِيهِ يَا أَبَتِ إِنِّي رَأَيْتُ أَحَدَ عَشَرَ كَوْكَبًا وَالشَّمْسَ وَالْقَمَرَ رَأَيْتُهُمْ لِي سَاجِدِينَ ﴿٤﴾ މާނައީ:[ […]
ނަންފުޅާއި ނަސަބުފުޅު يوسف عليه السّلام އަކީ يعقوب عليه السّلام ގެ ދަރިކަލެކެވެ. އެކަލޭގެފާނުގެ މައިކަނބަލުންގެ ނަންފުޅަކީ راحيل އެވެ. ނަންފުޅާއި ނަސަބުފުޅުގެ ގޮތުން يوسف عليه السّلام އަކީ އެއްވެސް އިންސާނަކަށް ލިބިފައިނުވާ ޝަރަފުތަކެއް ލިބިވަޑައިގެންފައިވާ ބޭކަލެކެވެ. ޚާއްޞަ އިމްތިޔާޒެއް ލިބިވަޑައިގެންފައިވާ ނަބީބޭކަލެކެވެ. يوسف عليه السّلام ގެ ބައްޕާފުޅު يعقوب عليه السّلام އަކީ ނަބީބޭކަލެކެވެ. ކާފާފުޅު إسحاق عليه السّلام، އަކީ ނަބީބޭކަލެކެވެ. މުނިކާފާފުޅު إبراهيم عليه السّلام އަކީ ނަބީބޭކަލެއް އަދި […]
أمّ المؤمنين السّيّدة زينب بنت جحش رضى اللّـه عنها އަކީ، ނަބިއްޔާ صلّى اللّـه عليه وسلّم ގެ ބޮޑުދައިތާފުޅެއް ކަމުގައިވާ އުމައިމާ ބިންތު ޢަބްދުލް މުއްޠަލިބު ގެ ދަރިކަނބަލެކެވެ. ބައްޕާފުޅަކީ، ޖަޙުޝް ބިން ރިއާބެވެ. އައްސައްޔިދާ ޒައިނަބު ބިންތި ޖަޙުޝް ރަޟިޔަﷲ ޢަންހާ އުފަންވެވަޑައިގަތީ، ނަބިއްޔާ މަދީނާއަށް ހިޖުރައަށް ވަޑައިގެންނެވުމުގެ ތިރީސް އަހަރު ކުރީން މާތް ވެގެންވާ މައްކާގައެވެ. އިސްލާމްދީނުގެ އުޖާލާ ދޯދިތައް މައްކާގެ މާތް ބިމުގައި، ވިދައި ބަބުޅަން ފެށިތާ ކުރީ ކޮޅު އައްސައްޔިދާ […]
ނަންފުޅާއި ނަސަބުފުޅު އައްސައްޔިދާ މައިމޫނާ ރަޟިޔަﷲ ޢަންޙާއަކީ، ހިލާލުވަންހަގެ ބޭކަނބަލެކެވެ. ބައްޕާފުޅަކީ އެވަންހައިގެ ބޮޑެއްކަމުގައިވާ ޙާރިޘް ބިން ޙަޒްނެވެ. އޭނާއަކީ ވަރަށް ހެޔޮވިސްނިވަޑައިގަންނަވާ އިންޞާފަށް ލޯބިކުރައްވާ މީހެކެވެ. ޖާހިލިއްޔަ ޒަމާނުގައި އާދަޔަކަށް ހަދާފައިވަނީ އަންހެން ކުއްޖަކު ލިބިއްޖެނަމަ ދުނިޔޭގެ ލަދަށާއި ލިބިދާނެ ނިކަމެތިކަމަށް ބިރުން އެކުއްޖަކު މަރާލުމެވެ. ބިމުގެ ފަސްގަނޑު ދަށައްލައި ފޮރުވާލުމެވެ. ނަމަވެސް ޙާރިޘް ބިން ޙަޒްނު އެގޮތަކަށް ކަންތަކެއް ނުކުރައްވައެވެ. ނުހަނު ލޯތްބާއި އަޅާލުން ދެއްވައި އޭނާގެ ދަރިދަރިކަނބަލުން ތަރުބިއްޔަތު ކުރެއްވިއެވެ. އައްސައްޔިދާ މައިމޫނާ […]
اليسع عليه السّلام އަކީ އަރަހުށި މާތް الله سبحانه وتعالى ބަނީޢިސްރާއީލު ބާގައިގެ މީސްތަކުންނަށް ތެދުމަގު ދެއްކެވުމަށްޓަކައި ފޮނުއްވި ނަބީބޭކަލެކެވެ. ކީރިތި ޤުރްއާނުގައި اليسع عليه السّلام ގެ ނަންފުޅު ދެފަހަރު ބަޔާން ކުރައްވާފައިވެއެވެ. އެއީ މާޢިދާ ސޫރަތާއި ޞާދު ސޫރަތުގައެވެ. ކީރިތި ޤުރްއާނުގައި اليسع عليه السّلام ގެ ނަންފުޅު ބަޔާން ކުރައްވާފައިވީނަމަވެސް އެކަލޭގެފާނުގެ ރިސާލަތާ ބެހޭ އެއްވެސް މައުލޫމާތެއް ނުވަތަ އެކަލޭގެފާނުގެ ޙަޔާތްޕުޅާ ބެހޭގޮތުން އެއްވެސް އިތުރު ތަފްސީލެއް ބަޔާން ކުރައްވާފައެއް […]
ޔަހޫދީންނަކީ، މާތް ﷲ ގެ ދީނާމެދު ޣަދަރުވެރިކަމާއި ނުސިޔާނުކަން ފާޅުކުރަމުން ގެންދިޔަބައެކެވެ. އެ މާތް ދީނުގެ ހަތުރުންނެވެ. އިސްލާމްދީނުގެ މާތް ނަބިއްޔާ މުޙައްމަދު صلّى اللّـه عليه وسلّم ނަބީކަމައިގެން ފޮނުއްވުމުގެ ކުރިން ވަޑައިގެންނެވި ނަބީބޭކަލުންނާމެދު އެބައިމީހުން ޢަމަލުކޮށްފައިވާ އިހާނެތި ގޮތްތަކީ، ސާދަވިލޭރޭގެ ހަނދުފަދައިން ފަދައިން ސާފުކޮށް ބަޔާންވެފައި ހުންނަ ވާހަކަތަކެވެ. ކައުއިތުރު ރަސޫލާ މަދީނާއަށް ވަޑައިގެންނެވި އިރު މަދީނާގައި ތިން ޤަބީލާއެއްގެ ޔަހޫދީން ވަޒަންވެރިވެގެން އުޅުނެވެ. އޭގެތެރެއިން އެއްބަޔަކީ، ބަނުއްނަޟީރުވަންހައިގެ ޔަހޫދީންނެވެ. އެބައިމީހުންގެ އަދާވާތްތެރިކަމާއި ދެފުށްދެގޮތްކަން […]
ޔާސިރާއި، ޙާރިޘާއި، މާލިކާ ތިން ބޭކަލުންނަކީ ތިން އަޚުންނެވެ. އޭގެ ތިން ކަލުން އެއްފަހަރަކު ޔަމަނުކަރައިން މައްކާއަށް ދަތުރުފެށިއެވެ. މައްކާގެ ތަފާތު މާހައުލާއި އެތަނުގެ އިޖްތިމާއީ ދިރިއުޅުމާއި ސަގާފަތް ތަޖްރިބާކޮށްލެއްވުމަށްޓަކައެވެ. އޭގެ ތެރެއިން މާލިކާއި، ޙާރިޘް މައްކާއަށް ވަޑައިގެން ދުވަސްކޮޅަކު ތިއްބެވުމަށްފަހު އެނބުރި އެބޭކަލުންގެ އަސްލު ވަޒަންކަމުގައިވާ ޔަމަނަށް ވަޑައިގެންފިއެވެ. އޭގެ ދެކަލުންގެ އަނެއް އަޚް ޔާސިރު ބިން އާމިރު މައްކާއަށް ދޫކުރައްވާފައެވެ. ޔާސިރު ބޭނުންފުޅުވީ މައްކާގައި މަޑުކުރެއްވުމަށެވެ. އަބަދުގެ އަބަދަށް މައްކާގައި ވަޒަންވެރިވުމަށެވެ. ޔާސިރު ހުންނެވީ […]
އަޅުގަނޑުމެންގެ މާތް ނަބިއްޔާ މުޙައްމަދު صلّى اللّـه عليه وسلّم އަކީ މުޅި އިންސާނިއްޔަތަށް ރަޙްމަތެއްކަމުގައި ފޮނުއްވި ސާހިބާއެވެ. އިސްލާމްދީނުގެ ހަރުދަނާ އުސޫލުތައް އުނގަންނަވައި ދެއްވުމުގެ އިތުރުން އެކަލޭގެފާނު ވެވަޑައިގެންނެވީ މުޅި އިންސާނިއްޔަތަށް ފައިދާއާއި ލާބައާއި މަންފާކުރަނިވި އެންމެހައި ކަންތައްތަކެއް ބަޔާންކޮށްދެއްވި ރަސޫލާކަމުގައެވެ. އެންމެހައި ހެޔޮ ޚުލުޤުފުޅާއި މަކާރިމްތަކެއް އިންސާނިއްޔަތަށް ބަޔާންކޮށްދެއްވި ޚާތިމުލް އަންބިޔާޢު ކަމުގައެވެ. މިއެންމެހައި ކަމެއް އެކަލޭގެފާނުވަނީ ޢަމަލުފުޅާއި ބަސްފުޅުތަކުން ސާބިތުކޮށްދެއްވާފައެވެ. ކުޑަކުދިންނަކީ ހިތްތަކުގެ އުފާވެރިކަމެވެ. މާދަމާގެ ކުރިމަގެއެވެ. ރަނގަޅު ހަރުދަނާ ޖީލެއް ބިނާވެގެންދަނީ […]