(ކުރީގެ ޢަދަދާ ގުޅޭ) ވަފުދުތަކުގެ އަހަރު މަދީނާއަށް އައި ވަފުދުތަކުގެ ތެރޭގައި އުއްމުލް މުއުމިނީން އައްސައްޔިދާ މައިމޫނާ ރަޟިޔަ ﷲ ޢަންހާ ގެ ވަންހަފުޅުކަމުގައިވާ ހިލާލުވަންހައިގެ ވަފުދުވެސް ހިމެނުނެވެ. އެ ވަފުދުގައި އެކަމަނާގެ އެއްބަނޑު އެއްބައްޕާފުޅު އުޚްތެއްކަމުގައިވާ عزّة بنت الحارث ގެ ދަރިކަލުން ޒިޔާދު ބިން ޢަބްދު ﷲ ބިން މާލިކު، ވެސް މަދީނާއަށް ވަޑައިގެންނެވިއެވެ. ޒިޔާދު މަދީނާއަށް ވަޑައިގެންފައި އެކަލޭގެފާނުގެ ބޮޑުދައިތާފުޅު ދެކެވަޑައިގަތުމަށްޓަކައި އުއްމުލް މުއުމިނީން އައްސައްޔިދާ މައިމޫނާ ރަޟިޔަ ﷲ ޢަންހާ ގެ ގެކޮޅަށް ވަޑައިގެންނެވިއެވެ. […]
ކީރިތި ރަސޫލާގެ އަރިހުގައި، އުއްމުލް މުއުމިނީން އައްސައްޔިދާ މައިމޫނާގެ ދިރިއުޅުއްވުން ރަސޫލާ صلّى اللّـه عليه وسلّم، ޢުމްރަތުލް ޤަޟާއިން އެނބުރި މަދީނައަށް ވަޑައިގެން އެކަލޭގެފާނުގެ މިސްކިތްކޮޅު ކައިރީގައި އުއްމުލް މުއުމިނީން އައްސައްޔިދާ މައިމޫނާ ރަޟިޔަ ﷲ ޢަންހާ، އަށް ކޮޓަރިކޮޅެއް ބިނާކޮށް ދެއްވިއެވެ. އެކަމަނާގެ ކޮޓަރިކޮޅަކީ، މި އުއްމަތުގެ އުއްމުލް މުއުމިނީނަކަށްޓަކައި އެންމެ ފަހުން ބިނާކުރެވުނު ކޮޓަރިކޮޅެވެ. ރަސޫލާ صلّى اللّـه عليه وسلّم، އުއްމުލް މުއުމިނީން އައްސައްޔިދާ މައިމޫނާ ރަޟިޔަ ﷲ ޢަންހާ، އާ ކާވެނި […]
އުއްމުލް މުއުމިނީން އައްސައްޔިދާ މައިމޫނާ ރަޟިޔަ ﷲ ޢަންޙާއަކީ، ހިލާލުވަންހައިގެ ބޭކަނބަލެކެވެ. ބައްޕާފުޅަކީ އެވަންހައިގެ ބޮޑެއްކަމުގައިވާ حَارِث بن حَزْن އެވެ. އެމަނާގެ މަންމާފުޅަކީ ޔަމަނުކަރައިގެ ޙިމްޔަރުވަންހައިގެ ބޭކަނބަލެކެވެ. ނަންފުޅަކީ، ހިންދު ބިންތު ޢައުފެވެ. ހިންދު ބިންތު ޢައުފަކީ ތާރީޚުގެ ފަތްފުށްތަކުގައި ވަރަށް ބޮޑު މަޝްޙޫރުކަމެއް ހޯއްދަވާފައިވާ ބޭކަނބަލެކެވެ. ތާރީޚް ޢިލްމުވެރިން ވިދާޅުވާ ގޮތުގައި އެކަމަނާއަށް ވުރެ ރަނގަޅު ދަނބިދަރިންތަކެއް ލިބިފައިވާ ދެވަނަ އަންހެނަކު އިންސާނީ ތާރީޚް ދެކެފައެއް ނުވެއެވެ. އުއްމުލް މުއުމިނީން އައްސައްޔިދާ މައިމޫނާ ރަޟިޔަ ﷲ […]
ޔަހޫދީންނަކީ މޫސާގެފާނަށް ތަބާވެ ތަޢުރާތަށް އީމާންވި މީސްތަކުންނެވެ. އަދި މިހާރުވެސް ތަޢުރާތަށް އީމާންވެގެން އުޅޭކަމަށް ދަޢުވާކޮށް އުޅޭ މީހުންނެވެ. ޔަހޫދީންވަނީ އެބައިމީހުން މުޤައްދަސް ކޮށްގެން ގެންގުޅޭ ތަޢުރާތު އެތަށް ގޮތަކަށް ބަދަލުކޮށް އޭގައިވާ ޙުކުމްތަކާއި އާޔަތްތަށް އޮޅުވާލާފައެވެ. މިހާރު ތަޢުރާތޭ ކިޔައިގެން ދައުވާކޮށްގެން އެބައިމީހުން ގެންގުޅޭ ފޮތަކީ އަމިއްލަ އަތްތަކުން ބަދަލުގެނެސް ހަދާފައިވާ “މަސްހުނި ރުނބަ” އެކެވެ. މޫސާގެފާނުގެ ޝަރީޢަތުގައި ހޮނިހިރު ދުވަހަކީ ޚާއްޞަ އިމްތިޔާޒީ މަޤާމެއް ދެއްވާފައިވާ ދުވަހެކެވެ. އަޅުގަނޑުމެން ގެ މި މާތްވި އިސްލާމީ […]
އެއްފަހަރަކު ޒުވާން ފިރިހެނަކު އައިސް ކައުސާހިބާ صلّى اللّـه عليه وسلّم ގެ އަރިހުގައި ދެންނެވިއެވެ. “އަޅުގަނޑަށް ޒިނޭ ކުރުމުގެ ހުއްދަ ދެއްވަފާނުތޯއެވެ؟” އޭނާ އެހެން ދެންނެވުމުން އިތުރު ސާހިބާ صلّى اللّـه عليه وسلّم ގެ އަރިހުގައިވާ ޞަޙާބީބޭކަލުން ނުރުހުންވެވަޑައިގެން އޭނާއާ ދިމާލަށް އެއްޗެތި ކިޔުއްވަން ފައްޓަވައިފިއެވެ. ނަމަވެސް އިތުރު ސާހިބާ ނުހަނު ހަމަޖެހިވަޑައިގެން އިންނަވައި ޙަދީޘު ކުރެއްވިއެވެ. “އަހަރެންގެ ކައިރިއަށް އަންނާށެވެ.” ދެން އޭނާ އައުމުން އިށީންނުމަށް ވިދާޅުވިއެވެ. އޭނާ އިށީނުމުން ޙަދީޘު ކުރެއްވިއެވެ. […]
جُلَيْبِيب رضى اللّـه عنه، (ޖުލައިބީބު ރަޟިޔަ ﷲ ޢަންހު) އަކީ ކައުސާހިބާ صلّى اللّـه عليه وسلّم، ގެ ޞަޙާބީބޭކަލުންގެ ތެރެއިން ހިމެނިވަޑައިގަންނަވާ އަންޞާރިއްޔަ ބޭކަލެކެވެ. ނުހަނު ދަރަޖަ މަތިވެރި ޞަޙާބީބޭކަލެކެވެ. ނަމަވެސް އެކަލޭގެފާނުގެ ދަރަޖަމަތިވެރި ކަމާގާތަށްވެސް އެކަލޭގެފާނާ ބެހޭ މަޢުލޫމާތެއް ލިބޭކަށް ނުހުރެއެވެ. އިސްލާމީ ތާރީޚުގެ އެދުރުން އެކަލޭގެފާނުގެ ހަސަބުފުޅެއް ނަސަބުފުޅެއް ބަޔާން ކުރައްވާފައެއްނުވެއެވެ. جُلَيْبِيب رضى اللّـه عنه، އަކީ މާރީތިފުޅު މީސްތަކުން ގަޔާވާކަހަލަ ބުރުސޫރަފުޅެއް ލިބިވަޑައިގެންފައިވާ ބޭކަލެއް ނޫނެވެ. އިސްކޮޅުފުޅުން ދިގު ބޭކަލެއްނޫނެވެ. އިސްލާމްދީން […]
އުއްމު ކުލްޘޫމު ރަޟިޔަ ﷲ ޢަންހާއަކީ ކައުއިތުރު ރަސޫލާ صلّى اللّـه عليه وسلّم ގެ ތިންވަނަ ދަރިކަނބަލުންނެވެ. އެކަމަނާގެ ޢިއްޒަތްތެރި މަންމާފުޅަކީ އުއްމުލް މުއުމިނީން ޚަދީޖާ ރަޟިޔަ ﷲ ޢަންހާއެވެ. އެކަމަނާ ރައްކާވީ ކައުއިތުރު ރަސޫލާ صلّى اللّـه عليه وسلّم ރަސޫލުކަމާއިގެން ފޮނުއްވުމުގެ ކުރިން މާތްވެގެންވާ މައްކަތުލް މުކައްރަމާގެއެވެ. އައްސައްޔިދާ އުއްމު ކުލްޘޫމު ރަޟިޔަ ﷲ ޢަންހާގެ ތުއްޕުޅު ދުވަސްތައް ހޭދަކުރައްވާފައިވަނީ ނުހަނު ހަރުދަނާ މަންމާފުޅަކާއި، ނުހަނު އޯގާތެރި ބައްޕާފުޅެއްގެ އުނގުފުޅު ތެރޭގައެވެ. މަންމާފުޅުގެ […]
އައްޔޫބު ޢަލައިހިއްސަލާމްއަކީ، ސަލާމްލެއްވި އިބްރާހީމުގެފާނުގެ ނަސަބުފުޅުން ވަޑައިގެންނެވި ނަބީބޭކަލެކެވެ. މާތް الله سبحانه وتعالى، أيّوب عليه السّلام އަށް ވަނީ މިބިންމަތީގެ ހުރިހާ ނިޢުމަތެއްދެއްވާފައެވެ. މުދަލާއި ދަރީންދެއްވާފައެވެ. ޝާމްކަރައިގެ އުސްވާދީތަކާއި، ބާދިޔާތަކާއި ބިންތަކުގައިވާ ހުރިހާ ރޯދިބަރަކާތްތަކެވެ. އެކަލޭގެފާނުގެ މިލްކުވެރިކަމުގެ ދަށުގައި ގެރިބަކަރި ޖަމަލާއި ޙިމާރާއި މިނޫވެސް ފެހާމާނު މުދާ ހުރީ އެޒަމާނުގެ އެއްވެސް އިންސާނަކަށް ދެއްވާފައިނުވާ މިންވަރަށެވެ. މިދެންނެވި ފަދަ ގިނަގުނަ ނިޢުމަތްތައް މީހަކަށް ލިބިއްޖެނަމަ ވަރަށް އަވަހަށް އޭނާ، އޭނާ ހައްދަވައި ބޮޑުކުރެއްވި ރަސްކަލާނގެ […]
މޫސާގެފާނު އަވަހާރަވުމަށްފަހު ބަނީއިސްރާޢީލު ބާގައިގެ މީސްތަކުންގެ ގާތަށް ނަބީކަމައިގެން ފޮނުއްވީ ޔޫޝަޢުގެފާނެވެ. ޔޫޝަޢުގެފާނު އެބައިމީހުންނަށް ތެދުމަގު ދެއްކެވުމުގައި ދުވަސްތަކެއް ވޭތުކުރެއްވިއެވެ. އެކަލޭގެފާނު އަވަހާރަވުމުން އެކަލޭގެފާނުގެ ޚަލީފެއްގެ ގޮތުން ދީނުގެ ކަންތައްތައް ކުރިއަށް ގެންދެވީ كالب بن يوفنا އެވެ. كالب بن يوفنا އަޖަލުގެ ގޮވެއްޗަށް އިޖާބަދެއްވުމުން ބަނީއިސްރާޢީލު ބާގައިގެ މީސްތަކުންގެ ގާތަށް ނަބީކަމުގެ މަތިވެރި މަސްއޫލިއްޔަތާއިގެން حزقيل (ހިޒްޤީލު) عليه السّلام ފޮނުއްވިއެވެ. އިބްނު އިސްޙާޤު، ވަހަބު ބިން މުނައްބިޙުގެ އަރިހުން ރިވާކުރައްވާ ގޮތުގައި حزقيلގެފާނުގެ ފުރިހަމަ ނަންފުޅަކީ، حزقيل […]