Esfiya - Dhivehi Vaahaka Site
  • އިތުރު
    • އެހެނިހެން
    • ހަޤީޤީ
    • ހިތާމަ
    • ދީނީ
    • މަޒުމޫނު
    • ޅެން
    • މަޖާ
    • ލޯބި
    • ބިރުވެރި
  • އެސްފިޔަ
    • އެސްފިޔަ ޕްރޯ
    • ޤަވާއިދު
    • އިސްތިހާރު ކުރެއްވުމަށް
    • ގުޅުއްވުމަށް
    • މަގޭ ވާހަކަތައް
    • ★ޕޮއިންޓްސް★
  • ލޮގިން
  • ރެޖިސްޓަރ
  • އެހީ
  • ސީރީސްތައް
  • ފުރަތަމަ ޞަފްހާ
ލޯބި

ހަނދަކީ ކަލާ ކަމުގާވިޔަސް 6

Aishasha Level 310 Stories100 Login
December 24, 2021 2 Mins Read
1 Comment

ކާއެއްޗިއްސަށް އިންސާފުކުރަމުން ދިޔައިރު މާހައުލު ވަނީ ބަދަލުވެފައެވެ. ހަމްނާ، އޭނާގެ ބޭވަފާތެރި ލޯބިވެރިޔާއާ ރުޅިވި ވާހަކަ ކިޔައިދެމުންދިޔައީ ނިކަން ޖޯޝާއެކުގައެވެ. މިފަހަރު އެވާހަކަ ކިޔައިދިން އިރު ހަމްނާގެ ހިތުގައި ރައްޔާނާ މެދު އެއްވެސް އިހުސާސެއް ނެތްކަން އެނގެނީ އޭނާ ހީނހީނފައި އެވާހަކަ ކިޔައިދިން ގޮތުންނެވެ.

ކޮންމެއަކަސް، އާޒާދުގެ “ވަދާއީ ކެއުން” ނިމިގެންދިޔައީ ދެމީހުންގެ މޫނުމައްޗަށް ވެސް ހިނިތުންވުން ގެނުވަމުންނެވެ. އެނބުރި ގެއަށްދާން ކާރަށް އަރަމުން ހަމްނާ މިބުރުވެސް ފަހަތަށް އަރަން އުޅުމުން އާޒާދު އެންމެފަހުން ކުރީ ސީޓަށް ދަޢުވަތު ދީފިއެވެ. ވަދާޢީ ސަލާމް ކުރަމުން ދެމީހުން ވަކިވީ ކޮންމެވެސް ދުވަހަކުން ބައްދަލުވާނެޔޭ ބުނަމުންނެވެ.

ގެއަށް އައިސްފައި ހަމްނާއަށް ވިސްނެނީ ހަމަ އާޒާދުގެ މަތިންނެވެ. ލޯބީގެ އެއްވެސް އިހުސާސެއް ބާއްވަން ކިތަންމެ ބޭނުންނުވިޔަސް، އޭނާގެ ހިތާއި ނަފްސު ކުރަމުން ދިޔައީ އެންމެ ކަމެކެވެ. އާޒާދާއި ރައްޔާން އަޅާކިޔުމެވެ.

ރެސްޓޯރެންޓުގެ ދޮރު ކޮންމެފަހަރަކުވެސް އާޒާދު ހަމްނާއަށް ހުޅުވައިދޭ ފަދައިން، ރައްޔާންގެ ކިބައިން ދުވަހަކުވެސް އެ ސިފަ ނުފެނުމެވެ. ތަނަކަށް ކާން ގޮއްސިއްޔާ ރައްޔާން އަބަދުވެސް ބަލާނީ އެންމެކުރިން ގޮސް ގޮނޑީގައި އިށީނދެވޭތޯއެވެ. އޭގެ ބަދަލުގައި އާޒާދު ހަމްނާ އިށީންނަން ގޮނޑި ދުރުކޮށްދެއެވެ.

މިރޭ ކާން ގޮސްފައި ހަމްނާ ނެގި އާ ޒާތެއްގެ ކާއެއްޗެއް ރަހަބަލާފައި މޭނުބައިކޮށްގެން ފާހަނާއަށް ދުއްވައިގަތް އިރު، ހަމަ އެހާ ބާރަށް އާޒާދުވެސް ފަހަތުން އައީ ކަންބޮޑުވެ ހުރެއެވެ. ހަމްނާއަށް ހޮޑުލެވުމުން އާޒާދު އެހީތެރިވިއެވެ. އަނބުރާ ކާމޭޒުދޮށަށް އައިސްފައި ފެންތަށި ތުނބުގައި ޖައްސައިދިނީ އޭނާއެވެ. ނުވިތާކަށް ހަމްނާގެ މޭ ހެޔޮކުރަން ސޫޕެއްވެސް ގެނެސްދިނެވެ.

މިރޭގެ އެ ހާދިސާ ހަނދާންވުމުން ހަމްނާގެ ހަނދާނަށް ދެން އައީ އެއްފަހަރަކު ރައްޔާނާއެކީ ކައިރި ރަށަކަށް ކުރި ދަތުރެއްގައި ކަނޑުގަދަވެގެން ހަމްނާ ބޯއަނބުރާފައި ހޮޑުލަވާ ވާހަކަ ބުނުމުން ރައްޔާން ދިން ޖަވާބެވެ. ހޮޑުލާން ވެއްޖިއްޔާ ކޮތަޅެއް ހިފައިގެން އެކޮޅު ގޮނޑީގައި އިށީންނާށޭ، އެހެންނޫނީ ތިމަންނާވެސް ހޮޑުލަވައިފާނެޔޭ ބުނިއިރު ހަމްނާއާމެދު ރަހުމެއް ހުރިހެނެއް ހިއެއް ނުވެއެވެ. އެކަމަކު އޭރު އެކަން ފާހަގަނުވީ، ހަމްނާ އޭނާދެކެ ވީ ލޯތްބެއްގެ ބޮޑުކަމުންނެވެ. ބޯއަނބުރާފައި ވެސް އެ ދަތުރުމަތީގައި ހަމްނާ ހޮޑުނުލުމުން އެއީ މާ ބޮޑު ކަމަކަށް ނުވިއެވެ. އެކަމަކު އެދަތުރުގައި ހިނގި އެހެން ކަމަކުން ހަމްނާ އޭރުވެސް ހިތްދަތިވިއެވެ. އެއީ ލޯންޗުން ފައިބަންވެގެން ހަމްނާ ރައްޔާނާ ދިމާއަށް އަތްދިއްކޮލުމުން ރައްޔާނަށް އެކަން ފެނުނު ކަމަށްވެސް ނުހެދުމުންނެވެ. އޭނާ ހުރީ ހެޑްސެޓުން ލަވަޖަހައިގެންނެވެ. އެންމެފަހުން ހަމްނާގެ އަތުގައި ހިފައި ލޯންޗުން ބޭލުވީ އެތާހުރި ބިދޭސީ ފަޅުވެރިއެކެވެ. ހަމްނާ ހުރީ އެދުވަހު އިންތިހާއަށް ލަދުވެސް ގަނެފައެވެ. އެއީ އެ މަންޒަރު އެތާ ތިބި އެހެން މީހުންނަށްވެސް ފެނުމުންނެވެ. އެކަމަކު އެވަރުންވެސް ރައްޔާނަށް އެއީ މާބޮޑު ކަމަކަށް ނުވިއެވެ.

ހަމްނާގެ ހާލުބަލަން އަރޫޝާ ގުޅި ދުވަހަކު ހަމްނާއަށް ނުހުރެވިގެން އާޒާދުގެ ވާހަކަ ކިޔައިދޭން ފެށުނެވެ. ފުރަތަމަ ދިމާވި ގޮތާއި، ދެރެއެއްގެ މަތިން ބޭރަށް ކާންދިޔަ ވާހަކަ ތަފްސީލާއެކު ކިޔައިދީ ނިމުނުތަނާ އަރޫޝާ ކުރީ ވަރަށް އެހެން ކަހަލަ ސުވާލެކެވެ.

“ހަމް އަށްވުރެ ދޮށީ މީހެއް، ހަމަ ތަނަކުން ދިމާވެގެން ތިހާ ފްރެންޑްލީ ވީމަ އެއްޗެއް ފީލް އެއް ނުވޭތަ؟ އަހަންނަށް ވަރަށް ކްރީޕީ ތި ވާހަކަ…” އަރޫޝާ ދެކޭގޮތް އޭނާ ފާޅުކޮށްލިއެވެ. އެއާއެކު ހަމްނާގެ ސިކުނޑި އެސުވާލު ތަކުރާރުކޮށްލުމާއެކު އެކަމާމެދު ވިސްނައިލަން މަޖުބޫރުވިއެވެ.

(ނުނިމޭ)

މިވާހަކައިގެ ދެންއޮތް އެޕިސޯޑުގެ ލިންކު ކޮމެންޓް ސެކްޝަންގެ ތިރީގައި ވާނެއެވެ.

Share Article

Follow Me Written By

Aishasha

Level 310 Stories100 Login

Other Articles

Previous

ހައިދަރު-12

Next

ކިޔުންތެރިންގެ ސަމާލުކަމަށް

Next
December 24, 2021

ކިޔުންތެރިންގެ ސަމާލުކަމަށް

Previews
December 23, 2021

ހައިދަރު-12

One Comment

  1. Hûdhãkkø says:
    December 24, 2021 at 4:04 pm

    Yh dhw aslu VX vrh creepy
    BTW
    Vaahaka vrh reethi ???

Comments are closed.

Next Episodeހަނދަކީ ކަލާ ކަމުގާވިޔަސް 7←


All Right Reserved!