ކުރިމަތީ ހުރި ޒުވާނާ ކުއްލިއަކަށް ސިހިފައި ހަޔާ އާއި ދިމާލަށް ބަލާލީ އުންމީދުވެސް ނުކޮށްހުއްޓާ ހަޔާ އޭނާގެ ކަންކަށިމަތީގައި ޖެހުމުންނެވެ. “ޑިޑް ޔޫ ޖަސްޓް ސުލެޕް މީ؟؟” އެޒުވާނާ ހަޔާގެ މޫނަށް ނަޒަރު ހުއްޓާލައިގެން ހުރިއިރު އެކަން ޤަބޫލުނުކުރެވިފައި ހުރިކަން އެމޫނިމަތިން އަރާ ފައިބަމުން ދިޔަ ކުލަތަކުން ސާފުވާންހުއްޓެވެ. “ހަޔާ” ދެމީހުންގެ ނަޒަރު ހުއްޓުނީ ފެހިކުލައިގެ އަތްދިގު ޓީޝާޓަކާ ކަޅުކުލައިގެ ސޯޓެއް ލާފައި ހުރި ޒުވާނާއަށެވެ. އަންހެންކުދިންގެ ހިތްތައްކަތިލާފަދަ ހިގުމެއްގައި ހަޔާމެންނާ ދިމާލަށް އައިއިރު ޓީޝާޓު ގަޔަށް […]
ދެމީހުންނަށް ހޭވެރިކަންވީ އެންމެން އެއްފަހަރާ ހަޅޭއްލަވައިގަތުމުންނެވެ. އެންމެން ފޯރިނަގާފައި ސަކަރާތް ޖަހަމުން ދިޔަ އިރު އަމާންވެސް އުޅުނީ ހަޔާ ކޮނޑަށް ލައިގެންނެވެ. ހަޔާ އެނާގެ އަތުތެރޭގައި ގެންގުޅެލާގޮތުން ހުދު ހަޔާވެސް ހުރީ އަޖައިބުވެފައެވެ. 6 ޖެހުމުން ހުރިހާ ފިރިހެންކުދިން ގެޔަށްދިޔައީ ހުރިހާ އަންހެންވެރިން ގެއަށްލާފައެވެ. އަމާންވެސް ހަޔާ ގެއަށްލާފައި ގޮސް އޭނާވެސް ގެއަށްވަދެ ފެންވަރާލައިގެން އެނދުގައި ޖައްސާލިއިރު އެތުންފަތްމަތީ ވަނީ ހިނިތުންވުމެކެވެ. ދެލޯމަރާލައިގެން އޮތްއިރު މިއަދުވީ ހުރިހާކަމެއް ހަނދާންކުރަމުން ދިޔައެވެ. “ދަރިފުޅާ” ދޮރުގައި ޓަކިޖަހާލަމުން ޒުބޭދާ އަމާންއަށް […]
ކޮޓަރިއަށްވަތް އަފްހަމް ހުރީ މަޑު ރާގެއް އަޅުވާލައިފައެވެ. އެނދުމަތީގައި އޭނާގެ ހަރަކާތްތައް ބަލަން އަފްރީން އިންކަންވެސް އޭނާއަށް ރޭކާއެއްނުލިއެވެ. ދެފައިވަށްކޮށްލައިގެން އެނދަށްއަރާއިން އަފްރީންއީނީ އަފްހަމް އުޅޭގޮތުން އަނގަހުޅުވިފައެވެ. އޭނައަށް ދެތިން ފަހަރަކު އިނގިލީގައި ދަތްވެސް އެޅިއްޖެވެ. އަފްހަމް ދިޔަގޮތަށް ގޮސް އޭނާގެ ކުލޯސެޓައަށް ވަނީ ލާންކަމުދާ ކަހަލަ ގަމީހެއް ހޯދުމަށެވެ. އެކަމަކު އެހާގިނަ ގަމީހާ ޓީޝާޓު ހުރިއިރުވެސް އޭނާއަށް ކަމުދާއެކައްޗެއް ފެނުނުކަމަކަށް ނުވިއެވެ. “ދޮންބޭ” އަފްހަމް ސިއްސައިގެން ދިޔައީ ކައިރީ ހުރެ އަފްރީން ވަރަށް ބާރަށް އޭނައަށް […]
ލައިގެންހުރި ހުދު ކުލައިގެ ފަލަމަސްގަނޑާ ހިސާބަށްދާ އަތްދިގު ގަމީހާއެކު ލާފައި ހުރި އައިސްބުލޫ ޖިންސުގައި އެކުއްޖާ ފެންނަލެއް ވަރަށް ހިތްގައިމެވެ. އެ ދިގު ފަން ކަޅު ކުލައިގެ އިސްތަށިގަނޑު މުށިކުލައިން ހައިލައިޓްވެފައި އޮތްއިރު ހީލާ ކޮންމެ ފަހަރަކު އެއްކޮލަށް އެޅިގެންދާ އަޑިކޮޅުން އެހިނިތުންވުމަށް އިތުރު ފުރިހަމަ ކަމެއް ގެނެސްދީފައިވެއެވެ. އިރުގެ އަލި އެދޮންމޫނަށް އެޅިފައި އޮތްއިރު އެދިގު އެސްފިޔަތަކުން ދެލޯވަނި ފޮރުވާލެވިފައެވެ. “އަފޫ އަތުޖެހިއްޖިއްޔާމު ދުވަސް ދިޔައީ އިނގޭ” އެއަންހެންކުއްޖާގެ ފަހަތުން ދުވަމުން އައި ޒުވާނާ ފެނުމުން […]
ލައިގެންހުރި ހުދު ކުލައިގެ ފަލަމަސްގަނޑާ ހިސާބަށްދާ އަތްދިގު ގަމީހާއެކު ލާފައި ހުރި އައިސްބުލޫ ޖިންސުގައި އެކުއްޖާ ފެންނަލެއް ވަރަށް ހިތްގައިމެވެ. އެ ދިގު ފަން ކަޅު ކުލައިގެ އިސްތަށިގަނޑު މުށިކުލައިން ހައިލައިޓްވެފައި އޮތްއިރު ހީލާ ކޮންމެ ފަހަރަކު އެއްކޮލަށް އެޅިގެންދާ އަޑިކޮޅުން އެހިނިތުންވުމަށް އިތުރު ފުރިހަމަ ކަމެއް ގެނެސްދީފައިވެއެވެ. އިރުގެ އަލި އެދޮންމޫނަށް އެޅިފައި އޮތްއިރު އެދިގު އެސްފިޔަތަކުން ދެލޯވަނި ފޮރުވާލެވިފައެވެ. “އަފޫ އަތުޖެހިއްޖިއްޔާމު ދުވަސް ދިޔައީ އިނގޭ” އެއަންހެންކުއްޖާގެ ފަހަތުން ދުވަމުން އައި ޒުވާނާ ފެނުމުން […]
ފަތިސްނަމާދުގެ ބަންގީގެ އަޑާއެކު އަފްރީން ދެލޯ އުނގުޅަމުން ގޮސް ފާހަނަޔަށް ވަނީ ފެންވަރާލުމަށެވެ. ފެންވަރައިގެން ނިކުމެ ނަމާދުކޮއްލައިގެން އަފްރީން ތިރިއަށް ފޭބީ އާދައިގެ މަތިން ކޮފީތައްޓެއް ބޯލުމަށެވެ. އަފްރީން ކޮފީމަގު ހިފައިގެން ނިކުމެ ގޭގެ ބިއްދޮށް ފަރާތު ބަގީޗާގައި ހުރި ބެންޗެއްގައި އިށީނދެ އިދެ ކޮފީ ބޯންފެށިއެވެ. އޭރު އިރުގެ އަލި ކޮންމެސް ވަރަކަށް ވަނީ ބިމަށް ފޯރާފައެވެ. އެ ބަގީޗާއަކީ އަފްރީންގެ މަންމަ މިޝާ ވަރަށް ރަގަނޅަށް ބަލަހައްޓަމުންދާ ބަގީޗާއެކެވެ. ތަފާތު އެކިވައްތަރުގެ މާގަސް އެތަނުގައި […]
ފަތިސްނަމާދުގެ ބަންގީގެ އަޑާއެކު އަފްރީން ދެލޯ އުނގުޅަމުން ގޮސް ފާހަނަޔަށް ވަނީ ފެންވަރާލުމަށެވެ. ފެންވަރައިގެން ނިކުމެ ނަމާދުކޮއްލައިގެން އަފްރީން ތިރިއަށް ފޭބީ އާދައިގެ މަތިން ކޮފީއެއް ތައްޓެއް ބޯލުމަށެވެ. އަފްރީން ކޮފީމަގު ހިފައިގެން ނިކުމެ ގޭގެ ބިއްދޮށް ފަރާތު ބަގީޗާގައި ހުރި ބެންޗެއްގައި އިށީނދެ އިދެ ކޮފީ ބޯންފެށިއެވެ. އޭރު އިރުގެ އަލި ކޮންމެސް ވަރަކަށް ވަނީ ބިމަށް ފޯރާފައެވެ. އެ ބަގީޗާއަކީ އަފްރީންގެ މަންމަ މިޝާ ވަރަށް ރަގަނޅަށް ބަލަހައްޓަމުންދާ ބަގީޗާއެކެވެ. ތަފާތު އެކިވައްތަރުގެ މާގަސް […]
ދުވަމުން ދިޔަ އަފްރީންގެ މިސްރާބު ހުރީ ގޮނޑުދޮށާދިމާލަށެވެ. އުުޑުމަތި ބައްދަމުން ދިޔަ ކަޅުވިލާތަކަށް ސަމާލުކަމެއް ނުދީ އަފްރީން ގޮސް ގޮނޑުދޮށުގައި މަޑުކޮއްލިއިރު ފުންކޮށް ނޭވާލަމުންދިޔައެވެ. މުޅިމީހާ ތުރުތުރު އަޅަމުން ދިޔައިރު ދެލޯވަނީ ފެންކަޅިވެފައެވެ. ވައިބާރުވެ ކަނޑުގެ ރާޅުތައް ރުޅިވެރިކަމާއެކު ބިންދަމުން ދިޔަ އިރު ހީވަނީ ދެންމެ ދެންމެ ވާރޭ އޮއްސާލަފާނެހެންނެވެ. ހިތް ހަލާާކުވެފައި ވާއިރުވެސް ނުރޯންވެގެން ކުރަމުން ދިޔަ މަސައްކަތް ފެނި ހިތެއް ހުރި މީހެއް ވެއްޖިޔާ އަސަރުނުކޮއް ނުދާނެކަން ޔަގީނެވެ. އެވަގުތު ވާރޭވެސް ވެހިގަތީ އަފްރީންގެ […]