ގޮނޑީގައި އިން އަމާން ސިއްސައިގެން ދިޔައީ އަފްރީން މަންމާއޭ ކިޔާ ހަޅޭއްލަވާގަތުމުންނެވެ. އެމޭނުމަތީގައިވާ ބިރުވެރިކަމުން އަމާން އަފްރީންއަށް ގޮވާ ހޭލެއްވިއެވެ. އަފްރީން ދެލޯ ހުޅުވާލާފައި ވަށައިގެން ހޯދާލިއިރު އޭނާއަށް އަދިވެސް މިއޮވެވުނީ ހޮސްޕިޓަލްގައިކަން އެނގުމުން ފަޒާގެ ތެރެއަށް ފުންނޭވާއެއް ދޫކޮށްލެވުނެވެ. އޭރުވެސް އަފްރީން ދިޔައީ އަވަސް ނޭވާތަކެއް ލަމުންނެވެ. އަމާން އަފްހަމް ގުޅަން ފޯނު ނެގީ އަފްރީންއަށް ފެންފުޅިއެއް ގެނެސްދިނުމަށް ބުނާށެވެ. އެވަގުތުވީ އަފްހަމް އެކޮޓަރިއަށް ވަތް ވަގުތަށެވެ. ބޭސް ކޮތަޅަކާއެކު ފެންފިޅުއެއްވެސް ހިފައިގެން އައުމުން އަމާން […]
ބޯކޮށްވެހެމުން ދިޔަ ވާރޭ ތެރޭ ރޯންއިން އަފްރީންގެ ދެލޯވެސް ވަނީ ރަތްވެ ދުޅަވެފައެވެ. ރޮއެގެން އެދޮލުން ކަރުނަ ހުސްވާނެނަމަ މިހާރު އަފްރީންގެ ދެލޮލުން ކަރުނަ ހުސްވީހެވެ. އެހެން އިނދެފައި އަފްރީން ގެއަށް ދާން މިސްރާބު ޖެހީ ދުނިޔެމަތި އަނދިރިވާން ފެށުމުންނެވެ. ހިނގަމުން ދިޔަ އަފްރީންގެ ހެދުން ބިންމަތީ ކޭއްތެމުން ދިޔައިރު މިއަދު އޭނާ ވަނީ ދުނިޔެމަތިން ފޫހިވެފައެވެ. ނޭނގި ހުއްޓާ ބޯމަތިވި ވިލާގަނޑުން ސަލާމަތްވުމަށް އޭނާއަށް ކުރެވޭނެ އެއްވެސް ކަމެއް ނެތެވެ. މިއަދު އޭނާ ދަތުރުކުރަމުން އެދަނީ […]
ލެޕްޓޮޕުން މަސައްކަތެއް ކުރަން އިން އަފްރީން އިރު އިރު ކޮޅާ ފޯނަށް ބަލަމުން ދިޔައީ އަމާންގެ ހަބަރެއް ނުވުމުނެވެ. އޭނާގެ ހިތް ނޭނގޭ ބާރުމިނެއް ތެޅެމުން ދިޔައިރު ހިތްވަނީ ވަރަށް ބޮޑަށް ބިރުގެންފައެވެ. އަނެއްކާ މާން ރަގަނޅު ހެއްޔެވެ؟؟ މިހެން ހިތައް އެރުމާއެކު އަފްރީންއަކަށް އިތުރަކަށް ކެތެއް ނުވިއެވެ. ފޯނު ނަގާ އަމާންގެ ނަންބަރައަށް ޑައިލްކޮށްލުމަށްފަހު ކަންފަތުގައި ޖައްސާލިއެވެ. ދެފަހަރަކު ފޯނު ރިންގުވެފައި އެކޮޅުން އަމާން ހަލޯއޭ ބުނެލި އަޑު އިވުމުން އަފްރީންއަށް ހަމަޖެހުމުގެ ނޭވާއެއް ލެވުނެވެ. […]
ދުވެފައި ގޮސް ލަޔާން ހަޔާގެ ކައިރީގައި ކުޑަ ކަކޫ ޖަހާލަމުން ބިންމަތީގައި އިށީނނެވެ. އަދި ލެއިން ތަތްތެޅިފައި އޮތް ހަޔާ އަތްދަނޑި މައްޗައް ނަގާ އޭނާގެ ކާރާއި ދިމާލަށް މިސްރާބު ޖެހިއެވެ. އެއްވެތިބި މީހުންތަކުގެ ތެރެއިން ބަޔަކު އައިސް ކާރުގެ ދޮރު ހުޅުވައިދީފައި ހަޔާ ފަހަތު ސީޓުގައި ބޭއްވުމަށް އެހީ ވެދިނެވެ. ހަޔާ ރީއްޗަށް ބާއްވާލައިފައި ލަޔާން ކުރީ ސީޓަށް އަރާ ކާރު ދުއްވާލީ އޭޑީކޭއަށް ދިއުމަށެވެ. ހާސްވެފައި ހުރިވަރުން އޭނާއަށް ކާރު ދުއްވުނީވެސް ވަރަށް ބާރަށެވެ. […]
އަމާންގެ އެ ގާތްކަމުން އަފްރީންގެ ހިތުގެ ތެޅުން ދިޔައީ ހިނދެއް ހިނދެކަށް ބާރުވަމުންނެވެ. އަމާން ހުރީ އަފްރީންއަށް ވަމުން ދިޔަ ގޮތުން އެތެރެއިން ހީލަ ހީލައެވެ. އަފްރީން ސައިކަލުގެ ކުރީގައި އިނުމުން އަމާންއަށް ވަމުން ދިޔަ ފިނި ވަނީ ކުޑަވެފައެވެ. ނަަމަވެސް އަފްރީންގެ އަތްފައި ފިނިކަމުން ހީވަނީ ގަނޑުފެންކޮޅެއް ހެންނެވެ. ފަނަރަވަރަކަށް މިނެޓް ދުއްވުމަށްފަހު އަފްރީންއާއި އަމާން ގޮސް މަޑުކޮށްލީ މަގުގެ ކޮޅުގައި މަޑުކޮށްލައިގެން ތިބި އަފްހަމްއާއި ލިއުޝާގެ ކައިރިއަށެވެ. އަފްރީން ސައިކަލުގެ ހަރު ޖައްސާލުމަށްފަހު ސައިކަލުމަތީ […]
ކަމަކު ނުދޭތަ؟؟ އަފްރީން އައިސް ކައިރީގައި ހުއްޓިލަމުން ބުންޏެވެ. “މާ ބޮޑަށްވެސް ކަމުދޭ އަވަހަށް އާދެ ސައިބޯން” އަފްހަމް އަފްރީންގެ އަތުގައި ހިފާ ދަމާލަމުން ބުންޏެވެ. ސައިބޮއި ނިމުމުން އަފްރާހް އަފްރީން ގޮވައިގެން އޮފީހަށް ދިޔައީ މިހާރު އޮފީހުގައި ކަންކަން ހިނގާގޮތް ބުނެލަދިނުމަށެވެ. ފުރަތަމަ ދުވަހުވެސް ސްޓާފުންގެ ފަރާތުން ލިބުނު އެއްބާރުލުމުގެ ސަބަބުން އަފްރީންގެ މަސައްކަތް އިތުރަށް ފަސޭހަވެގެން ދިޔައެވެ. އޭނަގެ އެސިސްޓެންޓް ކަމަށްވާ ރައިހާ އޭނާއަށް މިހާރު ހިންގަމުންދާ ޕޮރެޖެކްޓްތަކާއި ހުރިހާއެއްޗެއް ކިޔާދެމުން ދިޔައިރު އަފްރީން […]
މާޒީގެ ހަނދާންތަށް އާވުމުން އެ ހިތުގައި ރިއްސާލިއެވެ. އަދި ކިހާ ދުވަހަކު މިހެން އެކަހެރިވެ އިނދެ ހިތާމަ ކުރަން ޖެހޭނެ ހެއްޔެވެ؟؟ އަމާންގެ ހިތައްއެރިއެވެ. ހިތް ޝަކުވާއިން ފުރެމުން ދިޔައިރުވެސް އެންމެ ލަފްޒެއްވެސް ދުލާ ހަމަޔަށް ނައެވެ. އަފްހަމް ސައިކަލާ އައިސް އަމާންގެ ކައިރިއަށް މަޑުކޮށްލީ އަމާން އެ ހިތާމައިގައި ވަނިކޮށެވެ. ހިޔާލުތަކުން ބޭރުވުމަށް އަމާން ލޯ މަރާލި ވަގުތު ކުރިމަތިން އަފްރީންގެ ސޫރަ ފެނުމުން ސިހިފައި ދެލޯ ހުޅުވާލިއެވެ. އެވަގުތު އޭނާއަށް ބޭއިހްތިޔާރުގައި އަފްރީންގެ ނަންވެސް […]
އަވަސްވަމުން ދިޔަ ހިތް ހަމަޔަކަށް އަޅުވާލަމުން އަމާން އަފްރީންއާއި ދުރަށް ޖެހިލިއެވެ. އަފްރީންްވެސް ހަމަބިމަށް އާދެވުމުން މޫނަށް ވައްތަރެއް ޖައްސާލީ އޭނާ އެއްކޮށް ތެމިފައި ހުރުމުންނެވެ. އޭރު ދެންތިބި މީހުން ތިބީ އަފްރީން މޫނަށް ޖައްސައިގެން ހުރި ވައްތަރުން މަޖާވެފައެވެ. “އަދި ވެސް އުޅޭތި ފެން ޖަހަން” އަފްހަމް އަފްރީންގެ ނޭފަތުގައި ހިފާލަމުން ބުންޏެވެ. “މޮޅުވިކަމަށް ހީނުކުރާތި އަފޫ ތެންމަން ހަދައިގެން ތިއެންމެން ތި ތިބީ ތެމިފަ” އަފްހަމްއާއި ދިމާލަށް ދޫނެރެލާފައި އަފްރީން ގޮސް ކޮޓަރިއަށް ވަނެވެ. […]
އިސާހިތަކު އެދެލޮލުން ކަރުނަ ފައިބަން ފެށިއެވެ. އެދިގު އެސްފިޔަތައް ތެމިގެން ދިޔައީ ބަސްބުނާހާ ކުޑަ ހިދުކޮޅެއް ތެރޭގައެވެ. އެހެން އެތައް އިރަކު އިނުމަށްފަހު އަމާން ތެދުވީ ގެޔަށް ދިއުމަށެވެ. އޭރުގަޑިން މެންދުރު ދޭއްޖަހައިފިއެވެ. ކޮޓަރިތެރޭގައި ކޮޅުކޮޅަށް ހިނގާލަ ހިނގާލަ ހުރި ހަޔާގެ މޫނުމަތީން ކަންބޮޑުވުން ފާޅުވާން ހުރިއިރު އިރުއިރުކޮޅާ ފޯނުން ލަޔާންއަށް ގުޅަމުން ދިޔައެވެ. މިހާރު އޭނާއަށް ލަޔާންގެ ފޯނަށް ގުޅުނު އަދަދެއްވެސް ނޭގެއެވެ. ފޯނުވެސް ނުނެގިއެވެ. ހާސްވެފައި ހުރިވަރުން ކުރަންވީ ކަމެއްވެސް ހަޔާގެ ސިނކުޑިއަށް ނައެވެ. […]