Skip to content
އެސްފިޔަ

ކޫރު – ޓްރެއިލާރ

މިވާހަކަ އަކީ ހަގީގީ ހާދިސާއެއްގެ މައްޗަށް ބިނާކޮށް ތައްޔާރުކޮށް ފޭސްބުކަށް އަޕްލޯޑު ކުރެވިފައިވާ ޑްރާމާ ‘ކޫރު އަޅުވާލިއެ މިހިތާ މޭގާ’ އަސްލަކަށް ބަލައިގެން ލިޔެފައިވާ ހިޔާލީ ވާހަކައެކެވެ.

އެވާހަކައިގައި ގެނެސްދެވިފައިވާނީ އަޒާން އައިރާއަށް ބޭނުންވެގެން އުޅުނު ގޮތެވެ. އެހެންނަމަވެސް އައިރާ ހަގީގަތުގައި ބޭނުންވާގޮތެއް އަޑުއެހުންތެރިންނަކަށް ނޭނގެއެވެ. ނަމަވެސް މިވާހަކައިގައި އައިރާ ލޯބިވީ ކާކު ދެކެ ކަމާއި، އައިރާއަށް އެ ލޯބި ހާސިލްވުމަށް ހުރި ގޮންޖެހުންތައް ގެނެސްދެވޭނެއެވެ.

 

[އައިރާއަށް އިހުސާސް ކުރެވުނީ މާޔުސްކަމެވެ. ހިތަށް ވާގޮތްތައް މީހަކާ ހިއްސާ ކުރަންވެސް ބޭނުންވިއެވެ. ނަމަވެސް ބުނާނީ ކާކު ކައިރީގައި ކަމެއް ނުވަތަ ބުނާނީ ކީކޭ ކަމެއްވެސް އައިރާއަކަށް ނޭނގުނެވެ. ހިތުގެ މި ނުކުޅެދުންތެރިކަމުގައި އައިރާގެ ނަފްސް ބަލިކަށިވީއެވެ.

މާގިނަ ދުވަސްތަކެއްނުވެ އަނެއްކާވެސް އޭނާ އެރަށަށް އައިސްފިއެވެ. އޭނާ އައިރާމެންގޭގެ މަގުން ހިނގަން ފެށިއެވެ. އޭނާ އެމަގުން ހިނގާއިރު އައިރާއަށް އިސްއުފުލާ ބަލާ ނުލިއެއްކަމަކު އޭނާ އައިރާގެ ކުރިމަތިން ހުރަސްކަނޑާފައި ދާއިރު އައިރާގެ ހިތް ތެޅިތެޅި ވަރުބަލިވެއެވެ. އައިރާގެ ހިތުން އޭނާއަށް އިންތިހާއަށް އެދެވެންފެށީ އެދުވަސްކޮޅެވެ. ކުރަންހުރި ހުރިހާކަމެއް ހުއްޓާލާފައިވެސް އޭނާ އެމަގުން ހުރަސްކުރޭތޯބަލަން އައިރާ ދޮރުމައްޗަށް ނުކުމެ ހުރެއެވެ. ]

Comments (2)

  1. Rainstorm

    Naakaa nugenes dheyan tha dheneh…be vhk haadha riihchey ? Missed u maseeh

    1. Maseeh
      Rainstorm

      ވަރަށް ބޮޑަށް ސޮރީ ރެއިންސްޓޯން. އެވާހަކަ އަކީ އަޅުގަނޑުގެ ސިކުނޑި ހަމައެކަނި އެއަށް ހުސްކޮށްގެން ލިޔަމުންދިޔަ ވާހަކައެއް. އެހެންނަމަވެސް ކިޔެވުމުގެ ކަންކަމާއި ދިރިއުޅުން ބަދަލުވެގެން ދިޔަ ގޮތުގެ ސަބަބުން އެކަށީގެންވާވަރަށް އަޅުގަނޑަށް ވާހަކަ ލިޔަން ވަގުތެއް ނުލިބުނު. އެގޮތުގައި ތިންމަސް ވޭތުވީއިރު މިވަނީ އަޅުގަނޑަށް ބާކީއޮތްބައި ލިޔުމުގެ ކުރިން ވަރަށް ރަނގަޅަށް ވާހަކައިގެ ހާދިސާގެ ތެރެއަށް ވަންނަން މަސައްކަތްކުރަން އަނެއްކާވެސް މަޖުބޫރު ވެފަ. ކަންމިހެން ހުރިއިރު ކުރިއަށް މިއޮތީ ރޯދަމަސް. ރޯދަމަހު ވާހަކަ ލިޔުމަށް ވަގުތު ހުސްކުރެވޭކަށް ނޯންނާނެ. އެހެންކަމުން އަޅުގަނޑު އިރާކުރެއްވިއްޔާ ހަމަޖެހިލައިގެން ވާހަކަ ލިޔެ އެއްކޮށް ނިންމާފައި އަޕްލޯޑް ކުރަން ދެން ފަށާނީވެސް. އަދިވެސް އެއްފަހަރު ޝުކުރިއްޔާ

Comments are closed.