Esfiya - Dhivehi Vaahaka Site
  • އިތުރު
    • އެހެނިހެން
    • ހަޤީޤީ
    • ހިތާމަ
    • ދީނީ
    • މަޒުމޫނު
    • ޅެން
    • މަޖާ
    • ލޯބި
    • ބިރުވެރި
  • އެސްފިޔަ
    • އެސްފިޔަ ޕްރޯ
    • ޤަވާއިދު
    • އިސްތިހާރު ކުރެއްވުމަށް
    • ގުޅުއްވުމަށް
    • މަގޭ ވާހަކަތައް
    • ★ޕޮއިންޓްސް★
  • ލޮގިން
  • ރެޖިސްޓަރ
  • އެހީ
  • ފުރަތަމަ ޞަފްހާ
ލޯބި

ކޫރު 2/4

Maseeh Level 110 Stories
March 30, 2020 4 Mins Read
9 Comments

ދުވަސްތައް ފާއިތުވަމުން ދިޔައީ ހިތްދަތިކަން އައިރާއަށް އިހުސާސް ކޮށްދެމުންނެވެ. އައިރާގެ ކިޔެވުމަށްވެސް ކޮންމެވެސް ވަރެއްގެ ބަދަލުތަކެއް އައިސްފައިވެއެވެ. އެހުރިހާކަމެއް އެންމެ ގާތުން ދެކޭނެ މީހަކީ މިލްނާއެވެ. އެހެންނަމަވެސް އަދިވެސް މިލްނާ އެހުރީ ހަޤީގަތުގެ ތެރެއަކު ނޫނެވެ. އަދިވެސް މިލްނާ ހީކުރަނީ އައިރާ ލޯބިވަނީ އޭނާގެ ކްލާސް ކުއްޖެއްދެކެ ކަމުގައެވެ. އެޒުވާނާގެ ހަނދާންވާ ކޮންމެ ފަހަރަކު އައިރާ މިލްނާއާއި ވާހަކަ ދައްކަނީ ކްލާސް ކުއްޖެއްގެ ނަން ބޭނުން ކޮށްގެންނެވެ. ހިތުގައި އުތުރޭ ހުރިހާ އިހުސާސަކީ ޝާއިފް އަށްޓަކައި އުތުރޭ އިހުސާސް ތަކެއްގޮތުގައި ދައްކަމުންނެވެ.

އަހަރަކަށްވުރެ ގިނަދުވަސް ފާއިތުވެގެން ދިޔައިރުވެސް އެ ޒުވާނާގެ ހިލަމެއް ނުވިއެވެ. އައިރާ ހީކުރީ އޭނާ މުޅިން ގެއްލުނީ ކަމަށެވެ. އޭނާ ދެކޭހިތުން ތެޅިފޮޅެމުންދިޔަ އައިރާގެ ހިތްވެސް ވަގުތާއި ހާލަތާއެކު ހިމޭންވަމުން ދިޔައެވެ. މިހާރު އައިރާގެ ހުރިހާވެސް އުންމީދަކީ ކުރިމަތިވަމުން އަންނަ އޯލެވެލް އިމްތިހާނެވެ. ސިކުނޑި އެއްކޮށް ހުސްކޮށްލާފައިވަނީ ފިލާވަޅުތައް ސިކުނޑީގައި ޖަމާކޮށް ރައްކާކުރުމަށެވެ.

އަސުރު ނަމާދު ކޮށްލައިގެން އައިރާ ނުކުތީ ޤުރުއާން ކްލާހަށްދާށެވެ. މަންމައާއެކު އާދައިގެ ހިނގުމެއްގައި ހިނގާފައި ދިޔަ އައިރާއަށް ސިހުމެއް ލިބުނީ ރަށުގެ ބޮޑުމަގާ ހަމަޔަށް އެރުނު ވަގުތު ކުރިމަތިން ދިޔަ ސައިކަލުގެ ސަބަބުންނެވެ. މުޅި ހަށިގަނޑުން ހީބިހި ނަގައިގެން ދިޔައެވެ. އެއީ އައިރާގެ ހިތުގެ ވެރިޔާއެވެ. އެފިޔަގަނޑަކުން މާބުރުގެ ހިމާޔަތް ހޯދަން އައިރާ ބޭނުންވާ ކޮކާލެވެ.

އައިރާ އިތުރަށް ހައިރާންވީ އޭނާގެ ސައިކަލުގެ ފަހަތުގައި މިލްނާއްތަ އިނީމައެވެ. މިލްނާއްތައާއި އޭނާއާއި ދެމެދު އެކުވެރިކަމެއް އޮންނަ ކަމެއް މީގެ ކުރިއަކުން އައިރާއަކަށް ނޭނގެއެވެ.

ހުރަސްކޮށްފަދިޔަ ސައިކަލު ދަންދެން އައިރާ ބަލަމުން ގެންދިޔައެވެ. އެ ޒުވާނާއަށްވެސް އަދި މިލްނާ އަށްވެސް އައިރާއެއް ނުފެންނާނެއެވެ.

އަނެއްކާވެސް އައިރާގެ ހިތް ތެޅެންފެށީ އެ ބުނެދޭންނޭނގޭ ޖަޒުބާތުތަކުގައެވެ. ހިތަށް އުނދަގޫވިއެވެ. މިދަނޑިވަޅު އޭނާ ފެންނަން ފަށައިފިނަމަ އަނެއްކާވެސް އައިރާގެ ކިޔެވުމަށް އުނދަގޫ ވާނެކަން އައިރާއަށް ވިސްނެއެވެ.

ކުރިއަށްއައި ދުވަސްތަކުގައި އައިރާ މަސައްކަތް ކުރީ އޭނާ ފެންނަ ހިސާބަކަށްވެސް ނުގޮސް ވޭތޯއެވެ. އެހެންކަމުން އޭނާ ފެނިދާނެތީ ގޭދޮރުމައްޗަށްވެސް އައިރާ ނުނުކުމެއެވެ.

ޖެހިގެންއައި ދުވަހުގެރޭ އައިރާ މަޤްރިބް ނަމާދު ކޮށްގެން ކޮޓަރީގައި ޤުރުއާން ކިޔަވަން އިންދައި އައިރާގެ މަންމަ އައިސް ފޯނު ދިއްކޮށްލިއެވެ. “ދަރިފުޅާ މިއޮތީ މިލްނައްތަގެ ފޯނެއް އައިސްފަ.” އައިރާގޮސް ފޯނު ނަގާ ކަންފަތުގައި ޖައްސާލުމާއެކު މަންމަ ދޮރުލައްޕާފައި ދިޔައެވެ.

“ކީކޭ މިލްނާއްތާ؟” އައިރާ ގޮސް އެނދުމަތީގައި އިށީނދެލިއެވެ. “މިރޭ ފްރީތަ؟” މިލްނާ އަހާލިއެވެ. “އާނ.. ކިހިނެއްވީ؟” އައިރާ ސުވާލު ކޮށްލިއެވެ. “ހިނގާބަލަ މިރޭ ދައްތައާއެކީ ކޮފީއަކަށްދާން. އެބައުޅެއޭ އައިރާއާ ވަރަށް ފްރެންޑް ވާހިތުން އުޅޭ ކުއްޖެއް. ތިންމީހުން ދާނީ ދޯ؟” މިލްނާ ހިތްހެޔޮ ރާގެއްގަ ވާހަކަ ދައްކާލިއެވެ. “މައްސަލައެއްނެތް.. ރެޑީގަ ހުންނާނަން” އައިރާ ފޯނު ކަނޑާލިއެވެ. އެއީ ކާކުތޯވެސް އަހާނުލައެވެ. ހަޤީގަތުގައި އައިރާގެ އެކުވެރިއަކަށް ވާހިތުން އެއުޅެނީ ކާކުކަމެއް ބަލާކަށް އައިރާގެ މާބޮޑު ޝައުގުވެރިކަމެއް ނެތެވެ. މިލްނާއްތަ ބުނީތީވެ އައިރާ ކޮފީއަށް ދާން އެއްބަސްވީއެވެ.

ތަނަކަށްދާންވިއަސް މާބޮޑަށް ރީތިވެ ސެންޓްޖަހާ އުޅުމަކީ އައިރާގެ އާދައެއް ނޫނެވެ. އެއީ އައިރާ މާބޮޑަށް ގަޔާވާ ކަންކަމެއް ނޫނެވެ. އެހެންކަމުން ގަޑިން ނުވައެއް ޖެހިއިރުވެސް އައިރާ އިނީ އާންމުކޮށް ގޭތެރޭގައި ލައިގެންއުޅޭ ޓޮޕް ކޮޅަކާއި ޖިންސެއް ލައިގެންނެވެ.

“އައްސަލާމް އަލައިކުން” މިލްނާއައިސް ގެޔަށް ވަތްއިރު އައިރާ އިނީ ޓީވީ ކައިރީގައި އިށީނދެލާގެންނެވެ. އައިރާގެ މަންމަ އުބޭދާވެސް ކައިރީގައި އިނެވެ. “އުބެއްތަ ކިހިނެއްތަ؟” އައިރާ ތެދުވެގެން މިލްނާއާއި ދިމާލަށް ހިނގައިގަތް ވަގުތު މިލްނާ އުބޭދާ ގާތުގައި އަހާލިއެވެ. “ރަނގަޅު. ދެކުދިން ކޮންތާކަން ދާންތަ މިރޭ ތިއުޅެނީ؟” އުބޭދާ ހިނިތުންވެލާފައި އަހާލިއެވެ. “މިދަނީ ކޮފީއަކަށްދޯ؟” އައިރާއަށް ބަލާލަމުން މިލްނާ ބުނެލިއެވެ. އައިރާ ހިނިތުން ވެލަމުން ބޯޖަހާލިއެވެ.

މިލްނާއާއި އެކު އައިރާ ގެއިން ނުކުތްވަގުތު އައިރާގެ ހިތް ތެޅެންފެށީ ވަރަށް ބާރަށެވެ. އައިރާއަށް ހުރީ އުފާވާންވީކަމެއް ނުވަތަ ދެރަވާންވީކަމެއް ނޭނގިފައެވެ. ކުރިމަތީގައި ސައިކަލެއްގެ މަތީގައި އިށީނދެލާގެން އެއިނީ ފާއިތުވި އެއްއަހަރަށްވުރެ ގިނަ ދުވަސްތަކުގައި އައިރާގެ ހިތް ފަތަހަ ކުރަމުން އައި ޒުވާނާއެވެ. އައިރާގެ ހިތް މޭތެރޭއޮވެ ގިސްލަންފެށީ ކީއްވެގެންކަމެއް އައިރާއަކަށް ނޭނގުނެވެ. މިލްނާ އައިރާ ގޮވައިގެން އެޒުވާނާގެ ގާތަށް ހިނގަމުން ދިޔައިރު ފަސްއެނބުރި ދުއްވައިގަނެގެންގޮސް ގެއަށް ވަންނަން އައިރާ ބޭނުންވީ ކީއްވެގެން ކަމެއްވެސް އައިރާއަކަށް ނޭނގުނެވެ. ހިތް ބިރުގަންނަން ފެށިއެވެ. ވާނެގޮތެއް ނޭނގޭތީއެވެ. އެޒުވާނާގެ ނަޒަރުން ހިތުގައި ކޫރުއެޅި އަނެއްކާވެސް ޒަޚަމް ވެދާނެތީއެވެ.

“އަޒާން މިހިރީ އައިރާ ގެނެސްފަ.. އައިރާ މިއީ އަޒާން އިނގޭ..” އައިރާއަށް އޭނާގެ މޫނަށް ބަލާލެވުނެވެ. ފުރަތަމަ ފަހަރަށް އެ ރީތި ދެލޮލާ އައިރާގެ ދެލޯ ދިމާވެ ހަތަރުކަޅި ހަމަވިއެވެ. އެހާ ރީތި ދެލޮލެއް ދުނިޔެމަތީގައި އެއްވެސް އިންސާނަކަށް ލިބިދާނެކަމަކަށް އައިރާ މީގެ ކުރިން ހިއެއް ނުކުރެއެވެ. ދެކުދިންނަށް އެއްފަހަރާ ހިނިތުން ވެލެވުނެވެ. ‘އަޒާން’ އައިރާގެ ހިތް އެނަން ކިޔާލިއެވެ. އެހާމެ ރީތި ނަމެކެވެ. “އައިރާއަށް އިނގޭތަ؟ މިރޭ އަސްލު އައިރާ މިގެނައީ މި އަޒާން ކިޔާވަރުންނޭ.. އައިރާ ކުރިން އަހަރު އެޑިއުކޭޝަން މިނިސްޓަރ އައިސްގެން ސްކޫލްގައި ކިޔެވިއިރު އަޒާން ހުއްޓޯ އެތަނުގަ. އޭގެފަހުން ވަރަށް ބޭނުންވެޔޯ ފްރެންޑްވާން.. މިލްނާއްތަ ކައިރީގައި އެވާހަކަ ދެއްކިތަނާ މިލްނައްތަ ބުނީ އެއީ މިލްނައްތަ ކޮއްކޮއެކޭ.. މީޓް ކޮށްދޭނަމޭ” މިލްނާ ކިޔައިދިނެވެ. އައިރާ އަޒާންއަށް ބަލާލިއެވެ. “ދެން ތިވާހަކަ ނުދައްކާ ހިނގާބަލަ ކޮފީއަކަށް ދާން” އަޒާން ހިނިގަނޑެއް ޖަހާލާފައި ބުންނެވެ.

އެއަޑު ކަންފަތުގައި ޖެހުނުވަގުތު އައިރާގެ ގައިން ހީބިހި ނަގައިގެންދިޔައެވެ. އެހާރީތި އަޑެއްވެސް އަދި އައިރާ ނާހައެވެ. އަޒާންއާއި ގުޅިފައިވާ ކޮންމެ ކަމެއް އައިރާއަށް ގެނެސްދެނީ ހައިރާންކަމެވެ.

ކޮފީގައި ހޭދަވި ގަޑީރެއްހާއިރު ތެރޭގައި ދިރިއުޅުމުގެ އެތަށް ވާހަކައެއް އެކަކު އަނެކަކާއި ހިއްސާ ކުރެވުނެވެ. އަޒާން ދޭތެރެދޭތެރެއިން ރަށަށް އަންނަނީ ކީއްވެގެންކަންވެސް އޭނާ ކިޔައިދިނެވެ. އަޒާންގެ ބޭބެ ކައިވެނިކޮށްގެން އުޅެނީ މިރަށު މީހަކާއެވެ. އެހެންނަމަވެސް މިލްނާއާއި އަޒާންގެ ދެމެދުގައި އެކުވެރިކަން އުފެދުނީ ފޭސްބުކުންނެވެ.

އެ ވަގުތު ކޮޅަކީ އައިރާގެ ހިތަށް ފާއިތުވެގެން މިދިޔަ ދޮޅު އަހަރެއްހާ ދުވަހުގެތެރޭގައި އެންމެ ބޮޑު އުފާވެރިކަމެއް ގެނެސްދިން ވަގުތުކޮޅެވެ. އައިރާ ހީކުރި ގޮތާ ހިލާފަށް އަޒާންއާ ވާހަކަ ދައްކާލަން ފުރުސަތެއް ލިބުމުން އައިރާގެ ހިތަށް ވަގުތީ ހަމަޖެހުމެއް ލިބިއްޖެއެވެ. ކޮފީ ނިންމާފައި އައިރާ ގެޔަށްލާން އަޒާންއާއި މިލްނާ ދިޔައިރު އަޅާ ކޮންމެ ފިޔަވަޅަކާއެކު ވަގުތު ހުއްޓޭނެ ނަމައޭ އައިރާގެ ހިތް ގޮވަމުން ދިޔައެވެ. އަޒާންގެ އެ ހިތްހެޔޮ މޫނު ކުރިމަތިން ގެއްލޭކަށް އައިރާ ބޭނުމެއް ނުވިއެވެ. މުޅިރޭ އަޒާން ކުރިމަތީގައި ބަހައްޓަން އައިރާ ބޭނުންވިއެވެ.

ކުރެވޭނެ ކަމެއް ނެތެވެ. އައިރާމެންގޭގެ ދޮރުމައްޗަށް އަރާފައި އަޒާން އަތް ދިއްކޮށްލިއެވެ. ސަލާމް ކުރާށެވެ. އައިރާ ހިތުގެ އިހުސާސްތައް ފޮރުވާލަމުން ހިނިތުން ވެލާފައި އަޒާންއާއި ސަލާމްކުރިއެވެ.

“ދެންދޭ ގެއަށް. ދައްތަމެން މިދަނީ އިނގޭ.. ރަނގަޅަށް ފޮތް ކިޔައްޗޭ..” މިލްނާ އަޒާން އާއިއެކު ސައިކަލާ ދިމާލަށް ހިނގައިގަތެވެ.

އެމަންޒަރު ބަލަން ނުހުރެ އައިރާ ދުވެފައިގޮސް ކޮޓަރިއަށްވަދެ ދޮރު ލެއްޕިއެވެ. އަދި ދެލޯ މަރާލަމުން ދޮރުގައި ލެނގިލިއެވެ. ‘އަޒާން’ ވައިއަޑުން އައިރާ އެނަން ކިޔާލިއެވެ. ދެލޯ ހުޅުވާލިއިރު ދެލޯ ފުރާ ޖަމާވެފައި ހުރީ ކަރުނައެވެ. ‘އަޒާން’ އައިރާ އޭނާގެ ކަނާތް ނޭފަތާއި ގާތްކޮށް ވަސްބަލާލިއެވެ. އެއީ އަޒާންގެ ގައިން މިރޭ ދުވި މީރު ވަހެވެ. އައިރާއަށް ރޮވެން ފެށުނެވެ. ވާގޮތެއް ނޭނގެއެވެ. ހާސްވާން ފަށައިފިއެވެ. ހިތަކަށް ހަމަޖެހުމެއް ނެތެވެ. ހިތް އަޒާންއަށް އެބަ ގޮވައެވެ. އެކަމުގެ އަސަރު މުޅި ހަޑިގަނޑަށް އެބަކުރެވެ. ދެލޮލުން ފައިބަމުން އެދާ ކަރުނަތަށްވެސް އަޒާންއަށް ގޮވާ ފަދައެވެ. އާނއެކެވެ. އައިރާއަށް އެކަން އެބަ އިހުސާސް ކުރެވެއެވެ. އައިރާ އެދެނީ އަޒާންއެވެ. އެ ހިނިތުން ވުމާއި އެމީރު ވަހާއި އެ ހިތްގައި އަޑަށެވެ.

 

“މިހިތަށް ލޮޅުމެއް، ވެއްޖޭ ޔަގީނޭ

ބުނެދޭން ނޭނގޭ ގޮތްގޮތް ވަނީއޭ…

ކެތްވާނެބާ……………….

ބިރުގެންފިޔޭ މިހެން ވީމާ

ނުހިފޭއްޓުނޭ ކަރުނަ އައިމާ

އިންސާނުނަށް މިހެންވޭ ލޯބި ވީމާ… އާ އާ އާ

ހީވޭ ހިތާމޭ ދާހެން އޮޔާ… ”

 

-ދެވަނަ އެޕިސޯޑް ނިމުނީ-

Share Article

Follow Me Written By

Maseeh

Level 110 Stories

Other Articles

Previous

ޚަމްދު ލީލާ – 03

Next

ކައިރީގައި އެހެނަސް.. ދުރުގައި… 7

Next
March 30, 2020

ކައިރީގައި އެހެނަސް.. ދުރުގައި… 7

Previews
March 30, 2020

ޚަމްދު ލީލާ – 03

9 Comments!

  1. Anonymous says:
    March 30, 2020 at 4:13 pm

    Vv reethi

    1. Maseeh says:
      March 31, 2020 at 8:48 am

      thank you

  2. Rainstorm says:
    March 30, 2020 at 9:15 pm

    Alhey this story is beyond perfection… ??❤️ Masha allah… Maseeh ge huriha vhk eh vx vrh riithi but mi vhk hama… Neynge bunaane ehcheh vx… N btw emme thiriiga eynii maseeh amilla ah hadhaafa in lhemeh tha? If so, i should say u r multi talented ❤️? adhi kiriya mi ingunii maseeh akii student eh kan ? If u dont mind, can i ask ur age

    1. Maseeh says:
      March 31, 2020 at 8:56 am

      ރެއިންސްޓޯމްގެ ކޮންމެ ކޮމެންޓެއް ފެނިފައިވެސް އަޅުގަނޑު އުފަލުން ފޮޅޭ. އެހާމެ ހިތްގައިމު ތައުރީފު ކޮށްފައި ހުރޭ. އެކަމަށްޓަކާ ހިތުގެ އެންމެ އަޑިން ވަރަށް ބޮޑަށް ޝުކުރިއްޔާ.. ދެން ތިބުނީ ޅެމުގެ ވާހަކަ! އަޅުގަނޑަކީ ޅެން ހަދަން އެނގޭ ކުއްޖެއް ނޫން. އެހެންނަމަވެސް ރީތި ޅެމެއް ފެންނަހިނދު އެޅެން ހާލަތާގުޅޭގޮތަށް ބަދަލުކޮށް ހަދަން. މި ޅެމަކީވެސް އަޅުގަނޑަށް ލަވައަކުން ފެނުނު ޅެމެއް. އަޅުގަނޑު މިއިނީ ކުޑަކުޑަ ބަދަލެއް ގެނެސް އައިރާއާއި ގުޅުވާލާފައި. ދެން އަނެއްކަމަކަށް އަޅުގަނޑު ކިޔަވަން. އެކަމް އަދި އޮފިޝަލީ ސްޓޫޑެންޓެއް ނޫން. ކޯސް އަކާ ގުޅެން ތައްޔާރުވުމަށް ކިޔަވަމުން މިދަނީ.. އެންމެ ފަހު ކަމަކަށް އަދި އަހާލަން ބޭނުން ރެއިންސްޓޯން މިވާހަކައިގެ އަސްލު ވާހަކަ “ކޫރު އަޅުވާލިއެ މިހިތާ މޭގާ” އަޑު އަހާލާފިންތަ؟ އަޑު އަހާލާފިކަމުގައި ވާނަމަ މިވާހަކަ އިތުރަށް ޝައުގުވެރިވާނެހެން ހީވޭ.. އެހެންކަމުން ޖަވާބެއް ދެއްވުން އެދެން

    2. Rainstorm says:
      March 31, 2020 at 6:56 pm

      Nope nukiyan adhi eh… Maseehge story eh tha eii vx… Fbga dhw e vhk inii… Hehe… U deserve to b praised ❤️?? btw goodluck with ur studies ❤️

    3. Rainstorm says:
      March 31, 2020 at 6:57 pm

      Nope nukiyan adhi eh… Maseehge story eh tha eii vx… Fbga dhw e vhk inii… Hehe… U deserve to b praised ❤️?? btw goodluck with ur studies ❤️ ?

    4. Maseeh says:
      April 1, 2020 at 9:41 am

      yeah FB ga

  3. Yan♥️ says:
    March 30, 2020 at 10:21 pm

    Varah reethi Masha Allah
    Waiting for the next part ?

    1. Maseeh says:
      March 31, 2020 at 8:57 am

      thank you very much Yan.

Comments are closed.


All Right Reserved!