ޒޫމީ އޮޕުރޭޝަން ކުރިތާ މިއަދަކީ ތިންވަނަ ދުވަހެވެ. އިތުރު މައްސަލައެއް ނެތުމުން ޑޮކްޓަރު ވިދާޅުވެފަ އޮތީ މިއަދު އޭނާ ޑިސްޗާރޖު ކުރާނެކަމަށެވެ. އީތަންގެ އިރުޝާދާ އެއްކޮށް މިއަދު އެއްވެސް މީހެއް ހޮސްޕިޓަލަކަށް ނުދެއެވެ. އެއީ އެންމެން ރާވައިފަ އޮތީ ޒޫމީއަށް ބޮޑު ސަޕުރައިޒެއް ދޭންކަމުންނެވެ. އީތަން ހުރީ ގަނޑިއަށް ބަލައިގެން ޑޮކްޓަރު ދުރުވާނެ އިރަކަށް ވަގުތު ގުނަގުނައެވެ. “ޒޫމީ ކޮބީ ކިހިނެއްތަ ހާލު؟” ޑޮކްޓަރު އައިސް ޒޫމީއާ ވާހަކަ ދައްކާ އަޑަށް އީތަން ދިޔައީ ސިއްސާގެންނެވެ. އީތަން […]
” ޒޫ ޒޫ ކޮބައިތަ މަގޭ ބޭބީ؟” އީތަން ކޮޓަރިއަށް ވަންނަމުން ޒޫމީއަށް ގޮވިއެވެ. “މަގޭ ބޭބީއެއް އަދި ނާދޭ! ހުރޭ އަންނަންދެން، އަދި އެބައޮތް ސެވަން މަންތު، އައިމަ ހުރެޭ ގޮވަން” ޒޫމީ ފާހާނައިން ނުކުތްގޮތަށް އީތަންއާ ދިމާ ކުރަމުން ބޮނެލިއެވެ. “ނުވާނެ އެހެނެއް، މަގޭ ބޭބީ އުޅޭނެ ތިއެއް ނޫންތަ މަގޭ ބޭބީއަކީ؟ ޒޫމީގެ ގިލި ކޮށްޓަމުން އީތަަން ބުނެލިއެވެ. “ހޫ… ދެން ކޮންމެހެން މާ ލޯބިވާ ކަމަށް ހެދޭނެ ކަމެއް ނެތް” އީތަންގެ […]
އަމީނާޔާ ޒޫމީ ވާހަކަ ދައްކަން ތިއްބާ އީތަން އައީ ހުތްއަބު ކޮތަޅެއް ހިފާގެންނެވެ.” ދަރިފުޅާ ތިޔޯ،؟! ކޮންތާކުން މާ ބައިވަރު އަނބު ތަކެއް ހޯދީ؟!” އީތަން ވަނުމުން އަމީނާ ހައިރާން ވެފަ އަހައިލިއެވެ. “މަންމާ މިއީ ރަށުން ލިބުނު އަނބު ކޮތަޅެއް ޒޫމީ އަނބު ކައި ހިތުން އުޅޭތީ ރައްޓެއްސެއް ލަށްވާ ގެނުވީ” އީތަން އަމީނާޔަށް އަނބު ލިބުނު ގޮތާ ގެނާ ސަބަބު ބުނެލިއެވެ.”އާ… އެހެންދޯ މަންމަ ހަދާން ނެތުނީއޭ، މަންމަ މިހާރު ވެސް މިކިޔަނީ ޒޫމީ […]
” ކޮއްކޯ، އެއްވެސް މީހަކު ފެނޭތަ؟” އީސަބޭ ޔަގީން ކުރަންވެގެން އަހައިލިއެވެ.”ލައްބަ މިތާ އެބަ އުޅޭ ވަރަށް ގިނަމީހުން” ޒޫމީ ލޯމަރައިގެން އޮތަކަސް އެކި ތަންތަނަށް ކަޅި އުކަމުން ބުނެލިއެވެ.”އަހާބަލަ ތީކޮންބައެއްހޭ؟، ކީއްކުރާ ބައެއްހެޭ؟” އީސަބެ އެއްބުމަ އަރުވަމުން، ބޮނެލިއެވެ.” ބިލާލްގެ އާއިލާ މީހުނާ އޭނަގެ ރަށްޓެހިންނޯ” ޒޫމީ އޮއްގޮތަށް އޮވެ ބުނެލިއެވެ.” އަހައިބަލަ، ތީކޮންބިލާލެއްހޭ؟ބުނެެ ވާހަކަ ދައްކަ ބަލާށޭ!” އީސަބެ އެހެން ބުނުމުން ޒޫމީ އެއްވެސް އެއްޗެއް ނުބުނެ އޮތީއެވެ.” ކުދިންނޭ ކިޔެވެލި ބާރު ކުރޭ” […]
“މަންމާ، އަޅުގަނޑު މިއަދު ޗުއްޓީއަށް ސިޓީލައިފިން، އޭރުން މަންމަމެންނަށް އިގޭނެއެއްނޫން އަޅުގަނޑު ބައްޔެއް ނޫންކަން!” ޒޫމީ ބަދިގެއަށް ވަންނަމުން ބުނެލިއެވެ.” އެހެންތަ؟ ދަރިފުޅު ހާދަ ރަނގަޅޭ” އަމީނާ ޖޫސް ތަށްޓެއް އަޅަމުން ބުނެލިއެވެ. އަމީނާޔާ ޒޫމީ އެތަށް އިރަކު އަނގަ ތަޅަން ބަދިގޭގައި ތިއްބެވެ. ” ދޮންތަބޭ ކޮންތާކު؟” ސަލީމު ފޯނުނެގުމުން މާޒިން އަހައިލިއެވެ. “މިހާރު ބައްދަލު ކުރެވިދާނެތޯ؟އަޅުގަނޑު ދޮންތަބޭ ކައިރި ވާހަކައެއް ބުނަވެގެން، މިގުޅީ ” ސަލީމުއަށް އެއްޗެކޭ ނުބުނެވެނީސް މާޒިން އަހައިލިއެވެ.” އެހެންތަ؟ ދޮންތަބޭ […]
” ރޭގަ ހާދަދަންވަން ދެން ހޭލާ އުޅުނީ އަނެއްކާ ކަމެއް ވީބާ؟”! ޒޫވީ ސޯފައިގައި އޮއްވާ ފެނުމުން މާޒިން އަހައިލިއެވެ.”ކާކު ބުނީ މަ ހޭލާ އުޅުނޭ؟”ޒޫމީ ހައިރާން ވެފަ އަހައިލިއެވެ.” މީހަކުއެއް ނުބުނޭ، ހޫނު ގަދަކަމުން ފިނި ކޮއްލަން ބޭރަށް ނިކުއް އިރު ޒޫ ސޯފައިގަ އޮތީ، އެހެންވެ އެގުނީ އަނެއްކާ ފުރޭތައެއްބާއޭ؟!” މާޒިން ހިނިގަނޑަކާ އެއްކޮއް،އޮޅުން ފިލުވާދިނެވެ.” އެހެންތަ؟ހެހެ…މަހޭލާ އުޅުނީމޭ، މަވެސް ހޫނު ކަމުން ނިކުމެ އޮތީ” ޒޫމީ ދޮގު ޖަވާބެއް ދިނެވެ.” ނަސީބެއް ނޫން […]
ޓަކަޓަކަ…ބަޝީރާ މަލަކާގެ ކޮޓަރީގައި ތަޅަމުން ދިޔައެެވެ. ” ދަރިފުޅާ ދެން ނިކުންނަން އުޅެބަލަ ޒޫމީއަށް ލަސްވާނެންނުން އޭނަ ޑިއުޓީއަށް ދާ މަގުމަތީގައޭ އެވެނީ” ބަޝީރާ އަނެއްކާވެސް މަލަކާ ލަސް ވުމުން ގޮވައިފައި ބުނެލިއެވެ. ބަޝީރާ ދެވަނަ ފަހަރަށް ދޮރުގައި ތަޅައި ގަތުމުން މަލަކާ މުޫނު ކުނި ކޮށްލައިގެން ނިކުތެވެ. މަލަކާ ކޮޓަރިން ނުކުތުމުން ޒޫމީ މަލަކާ ގާތަށް ގޮސް ހުއްޓިއަޖެއެވެ.” މަލާ ބަލީތަ؟ ކީީއްވެތަ މަ ގުޅީމަ ފޯނު ނުނަގަނީ؟ ކިތައް މެސެޖު ކޮއްފިން!” ޒޫމީ އެއްފަހަރާ […]
ޑޮކުޓަރު އެވަގުތު އީތަން އަށް ގޮވާ އެއްފަރާތަކަށް ގެންދިއައެވެ.”އައެމް ސޮރީ އީތަން، އަޅުގަނޑުމެންނަކަށް އެބޭފުޅާގެ ފުރާނައެއް ސަލާމަތެއް ނުކުރެވުނު އަޅުގަނޑުމެން ވަރަށް މަސައްކަތް ކުރިން އެކަމަކު އަޅުގަނޑު މެންނަކަށް އެއްވެސް މީހެއްގެ ފުރާނައިގަ ނުހިފެހެއްޓޭނެ، އެކްްސިޑެންޓުގެ ސަބަބުނަް ވަނީ ސިކުޑިއަށް ލޭ އެޅިފަ” ޑޮކުޓަރު އީތަން އަށް ހިތަވަރު ދެމުން ދިއައެވެ. އީތަން އަށް ހީވީ ބޮލަށް އުޑު ވެއްޓުނުހެންނެވެ. ނަމަވެސް މަންމަޔަށް ވާނެ ވަރު ހިތަށް އަރާ ކެއްކޮއްލީއެވެ.” ދަރިފުޅާ ކީކޭތާ ޑޮކުޓަރު ބުނީ”ރާބިއާ އީތަން […]
” އަމީނާ، އަމީނާ” ސަލީމު ގޮވަމުން ދިޔައެވެ. ” އޯއި ހާދަ ބާރަކަށް ތި ހަޅޭއްލަވަނީ ތަނެއްގަ ރޯވީތަ،؟ ކިހިނެތް ތަވީ؟ އަމީނާ ބަދިގެއިން ނިކުންނަމުން ބުނެލިއެވެ.” ތަނެއް ރޯވީކީ ނޫން، ޒޫމީ ގުޅި، ބުނީ މަންމަ ފޯނެއް ނުނަގަޔޯ މިރޭ މާލެ އަންނަމޯ” އެހެންވެ އެވާހަކަ ބުނަންވެގެން ކަމަނާޔަށް މިގޮވަނީ” ސަލީމު ގޮވި ސަބަބު ބުނެލިއެވެ.” އެހެންތަ؟ ފޯނު ވީ ކޮޓަރީގަ، އެހެންވެ ނޭގުނީ” އަމީނާ ބުނެލިއެވެ.”ކޮބަ؟ ރާބިއާ” ސަލީމު އަހައިލިއެވެ.” ވެއްޖެ އެތެރޭގައި ،ރަށަށް […]