Esfiya - Dhivehi Vaahaka Site
  • އިތުރު
    • އެހެނިހެން
    • ހަޤީޤީ
    • ހިތާމަ
    • ދީނީ
    • މަޒުމޫނު
    • ޅެން
    • މަޖާ
    • ލޯބި
    • ބިރުވެރި
  • އެސްފިޔަ
    • އެސްފިޔަ ޕްރޯ
    • ޤަވާއިދު
    • އިސްތިހާރު ކުރެއްވުމަށް
    • ގުޅުއްވުމަށް
    • މަގޭ ވާހަކަތައް
    • ★ޕޮއިންޓްސް★
  • ލޮގިން
  • ރެޖިސްޓަރ
  • އެހީ
  • ސީރީސްތައް
  • ފުރަތަމަ ޞަފްހާ
ލޯބި

ބީހުން….(14)

Dhippi Level 4100 Comments10 Stories
August 13, 2017 6 Mins Read
17 Comments

” ޒޫ ޒޫ ކޮބައިތަ މަގޭ ބޭބީ؟” އީތަން ކޮޓަރިއަށް ވަންނަމުން ޒޫމީއަށް ގޮވިއެވެ. “މަގޭ ބޭބީއެއް އަދި ނާދޭ! ހުރޭ އަންނަންދެން، އަދި އެބައޮތް ސެވަން މަންތު، އައިމަ ހުރެޭ ގޮވަން” ޒޫމީ ފާހާނައިން ނުކުތްގޮތަށް އީތަންއާ ދިމާ ކުރަމުން ބޮނެލިއެވެ. “ނުވާނެ އެހެނެއް، މަގޭ ބޭބީ އުޅޭނެ ތިއެއް ނޫންތަ މަގޭ ބޭބީއަކީ؟ ޒޫމީގެ ގިލި ކޮށްޓަމުން އީތަަން ބުނެލިއެވެ. “ހޫ… ދެން ކޮންމެހެން މާ ލޯބިވާ ކަމަށް ހެދޭނެ ކަމެއް ނެތް” އީތަންގެ އަތް ދުރުކުރަމުން ޒޫމީ ހެވިފަ ބުނެލިއެވެ. “އޯކޭ އޯކޭ…އެކަމަކުވެސް ހިނގާބަަލަ މިރޭ ބޭރަށް ގޮސްލަން ވަރަށް ފޫހިވާތީ މިއުޅެނީ، ޒޫ ވެސް ކިހާ ފޫހި ވާނެ އަބަދު ގޭގަ އިންނަން ވީމަ” އީތަން ބުނެލިެވެ. އަދިމިހާރު މާލަސް ވެއްޖެ ބަލާބަލަ ގަޑި، އެޔޮއް އިލަވަންވީ، މިހާ ލަސްވީމަކާ ނުދެވޭނެ!” ޒޫމީ ތުއިވެފަ ބުނެލިއެވެ. “ކޮންކަމަކާތަ ލަސްވާންވީ؟! ލަހެއްނުވާނެ ހިގާބަދާން ޕުލީޒް” ޒޫމީގެ ތުންކޮޅު އަބުރަމުން އީތަން ބުނެލިއެވެ.” ކަންތަކާ ޖެހުނީއޭދޯ މީނަ ހިފި ކޮޅެއް ދޫނުކުރާނެ، އަބަދު ޖެެހެނީ މީނަގެ ކޮޅު ގަދަވާން ހެޔޮނުވާނެ ހިގާ” އެއްމެ ފަހުން ޒޫމީ ދާން އެއްބަސް ވީއެވެ. ހަގީގަތުގައި ޒޫމީ ހުރީ ނުދާކަށް ނޫނެވެ. އޭނަވެސް ހުރީ ވަރަށް ދާހިތުންނެވެ. ބިލާލް އާ ހުރެ ވަޅުލެވިފަ އޮތް ލޯބި ފޯދި ގަތީއެވެ. ބިލާލް އަކީ އެދެކުދިންގެ ލޯތްބަށް އެޅުނު އެއްމެ ބޮޑު ހިޔަނިއެވެ. އިރާދަ ކުރެއްވީތީ އީސަބެ ބުނިގޮތުން ވިއްޔާ އެކަމުން ވެސް ސަލާމަތް ވީއެވެ.

އޭގެ 6 މަސް ފަސް…..

” ދޮންތާ، އަޅުގަނޑު މިއުޅެނީ ފުރަންވެގެން” އަމީނަގެ ކޮޓަރިއަށް ވަންނަމުން މާޒިން ބުނެލިއެވެ.” އެހެންތަ؟ ކޮންއިރަކު ފުރަނީ؟ ކީއްވެ މާ އަވަހަށް ފުރަން ތިއުޅެނީ؟” އަމީނާ އިނީ ހައިރާން ވެފައެވެ. “އަވަސްތަ ދޮންތާ؟ މިހާރުވެސް ކިހާދުވަހެއް ވެއްޖެ؟ މަންމަ ކިޔާވަރުން ދާންމިއުޅެނީ އަސްލު އަޅުގަނޑު އެހާދާހިތެއް ނުވޭ، އެކަމަކު މާދަން ފުރަން މިއުޅެނީ މަންމަ އެވަރަށް ކިޔަންނަކާ ނުުހުރެވޭންނޫން، އަދި ދޮންތަޔަށް އިގޭތަ؟ މަންމަ ބުނި އެއްޗެއް، މަންމަ ބުނަނީ ދޮންތަ ކައިރިޔަށް އާދެވުނީމަ މަންމަ މަތިން ހަނދާނެއް ވެސް ނެތޯ” މާޒިން ހެވިފަ ބުނެލިއެވެ. “ހެހެ އެހެންތަ؟ މަންމަ ކިޔާނެ އެކަހަލަ އެއްޗެހި އަޅާނުލާ، ދެން މަލަކާ ގޮވައިގެންތަ ދަނީ؟” އަމީނާ ހިނި އައިސް އަހައިލިއެވެ. ނޫން ލާހިކެއް ނޫން މެރީނުކޮށް ހުއްޓާ ގެންދާކަށް، އޭރުން މަންމަ އަލިފާންވާނެ” މާޒިން ހެމުން ބުނެިއެވެ. އޭނަ އެބުނީ ތެދެކެވެ. ހިލޭ އަންހެނަކު ގެންގޮސްފިއްޔާ އަޒީޒާ އެވަރު އަރުވާލާނެއެވެ. “އެހެންދޯ އެކަމަކު ތިހާ ވަގުތު ކުޑަކޮއްފަ ބުނީމަ ކިހިނެއް ހަދިޔާއެއްވެސް ފޮނުވާނީ” މާޒިން މާދަން ފުރާވާހަކަ ބުނުމުން އަމީނާ ދެރަވެފަ ބުނެލިއެވެ. “އޭއޯކޭ ވާނެޔޭ ދޮންތާ އެކަމަކާ އެހާ ނުވިސްނާ، އެހެން ނޫނަސް މަންމަ ނުލާހިކު ކޫލް ވާނެ” މާޒިން ބުނެލިއެވެ. “ހެހެ…އެހެންތަ؟ ނޭގޭންނޫން ދެންމެ ވިއްޔާ ތިބުނީ މަންމަ އަލިފާން ވާނެޔޭ!” މާޒިން އާ ދިމާކުރަން ވެގެން އަމީނާ ބުނެލިއެވެ. “ސާބަސް ދޮންތާ، މީހުންނާ ދިމާ ކުރަން މަންމައެކޭ ދޮންތައެކޭ އެއްގޮތް ތިދެން ބޮޑުވަރު!” މާޒިން ހިނިގަނޑެއް ޖަހައިލިއެވެ. ދޮންތަވެސް ވަރަށް ދާހިތް އެބަވޭ އެކޮޅަށް އެކަމަކު ކިހިނެތް ދާނީ؟ ޒޫމީ އެހެރީ ވިހަން ކައިރިވެފަ އެހެންވީމަ ހަތްތަހާވެސް، މިހުރެވެނީ “އަމީނާ ދެރަވެފަ ބުނެލިއެވެ. “އާނ…އޭތެދެކޭ ނެކުސްޓް މަންތުގަ ޒޫ ވިހައޭދޯ! މަހޭނަން އީތަންގެ ބާތުޑޭގަ ވިހައިފިއްޔާ” ކަން ދިމާވި ގޮތުން ޒޫމީ ވިހަނީ އީތަންގެ އުފަން ދުވަސް ޖެހޭ ހަފްތާގައެވެ. މިކަން ޓަސްލާފަ ހަނދާންވުމުން މާޒިން ބުނެލިއެވެ. “އާއޭ! ދޮންތަވެސް މިއިންނަނީ ތިހެން ހިތަށް އަރަ އަރަ އޭ” އަމީނާ އުފަލުން ހުރެ ބުނެލިއެވެ. “އޯކޭ ދޮންތާ ދަނީއޭ، މަލާބުނި މިރޭ ކޮންމެވެސް ތަނަކަށް ދާންޖެހޭ ވާހަކަ، ލަސްވެއްޖެއްޔާ ކަންތަކާ ޖެހުނީ” މާޒިން ކޮޓަރިން ނިކުންނަމުން ބުނެލިއެވެ. އަމީނާ ހުރީ މާޒިން އާ ދޭތެރޭ ފަހުރުވެރިވެފައެވެ. އެކަހަލަ ބަސް އަހާ ކުއްޖެއް ކޮއްކޮއަށް ލިބުނީތީ އިންތިހާޔަށް ޝުކުރު ވެރިވެފައެވެ.

ތިން ހަފްތާފަސް…….

” ދަރިފުޅާ، ޒޫމީ ވިހަން ކައިރި ވެއްޖެއެއްން ނޫންތަ؟ ކޮންއިރަކުންތަ ކުޑަމީހާޔަށް ބޭނުންވާ އެއްޗެހި ގަންނަނީ؟ މިރޭ ނޫންކަމެއް ނޭގެ އެމަންޖެ ވިހާނީ، ދަރިފުޅު ހާދަ ފަރުވާ ކުޑައޭ ދޯ ކަންކަމާ؟ ދަރިފުޅުގެ ބައްޕައަކީ ގައިމު ތިހާ ފަރުވާ ކުޑަމީހެއް ނޫން!” ރާބިއާ ވަރަށް ހިތްހަމަ ނުޖެހި ހުރެ ބުނެލިއެވެ. އީތަން ހުރީ އޭނަގެ މަންމަ ދައްކާ ވާހަކަ ނިމެންދެން އަގައިންނުބުނެ އަޑު އަހާށެވެ. “ނޫނޭ މަންމާ، އަޅުގަނޑު ފަރުވާ ކުޑައީކީނޫނޭ، ބައްޕަ ބުނީ އެއްޗެހި މިކޮޅުން ނުގަންނާށޭ، ބޭރުންނޯ އެއްޗެހި ގެންނާނީ އެހެންވެ އަޅުގަނޑު އަޅާނުލާ މިހުންނަނީ، ބައްޕަ ބުނި މި ވީކުގަ އެއްޗެހި އަންނަވާހަކަ” އެއްޗެހި ނުގަނެ ހުރި ސަބަބު އީތަން އޮޅުން ފިލުވައި ދިނެވެ. އެވަގުތު ރާބިއާގެ ދެލޯ ދިޔައީ ފެންކަޅި ވެގެންނެވެ. “އާދަނު މިއަދު ހުރިނަމަވެސް ވާނީ އެވަރު، އީތަންއަކަށް އައްވެސް އެއްޗެއް ހޯދާކަށް ނުޖައްސާނެ، ކީއްކުރާނީ އާދަނުއަކަށް ނުލިބުނު އެނަސީބެއްވެސް ކިހާ ބަދު ނަސީބު، އޭނައަށް އޭނަގެ ކާފަ ދަރިފުޅު ފެނުމުގެ ނަސީބެއްވެސް ނުލިބުނު!” ރާބިއާ ހިތާހިތުން ވާހަކަ ދައްކާލިއެވެ. އެބުނީ ތެދެކެވެ. އާދަނު ދުނިޔޭގަ ހުރިނަމަ އޭނަ ކަންކުރާނީ ހަމަ އެހެނޮނެވެ. “މަންމާ މަންމާ!” ރާބިއާ ހިޔާލެއްގެ ތެރެއަށް ގެއްލި ރޯން ހުރުމުން އީތަން ގޮވައިލިއެވެ. އެއަޑަށް ރާބިއާ ދިޔައީ ސިއްސައިގެންނެވެ. “މަންމަ ރޮނީތަ؟! ކީއްވެ މަންމަ ތިރޮނީ؟!” މަންމަ ރޯތީ އީތަން ވީގޮތެއް ނޭގުމުން އަހައިލިއެވެ. އީތަން ހުރީ މަންމަ ރޯންވީ ކަމެއް ނޭގުނީމަ ހައިރާން ވެފައެވެ. “މަންމަ ނުރުމޭ ދަރިފުޅާ” ރާބިއާ އަތުގެ ނުފުށުން ކަރުނަ ފޮހެމުން ބުނެލިއެވެ. “ނޫން މަންމާ ރުއިތަން އަޅުގަނޑު ދެކުނީމޭ، އަޅުގަނޑަށް އިގޭނެ މަންމަ ދެރަވެފަ ހުރީނަމަ، ބުނެބަލަ މަންމާ ޕުލީޒް!” މަންމަ ރޯތަން ފެނުމުން އީތަން ފެންކަޅިވެ ހުރެ އަހައިލިއެވެ. ރާބިއާ ހުރީ އަނގައިން ނުބުނެ ގިސްލެވިފައެވެ. “އަޅުގަނޑަށް އިނގޭ މަންމަ ތިރޮނީ ކީއްވެގެން ކަން؟ މަންމަ ތިރޮނީ ބައްޕަ މަތިން މާ ބޮޑަށް ހަނދާންވީމަ، މަންމަ ނުބުންޏަސް އަޅުގަނޑަށް އިގެޔޭ!” އީތަން ރާބިއާ ގައިގަ ބައްދާލަމުން ބުނެލިއެވެ. އޭރު އީތަންއަށް ވެސް ހުރެވުނީ ރޮވިފައެވެ. ވާނީ އެހެންނޫން ހެއްޔެވެ. އެހާ ލޯބިވާ ބައްޕަޔަކު މިއަދު ނެތީމަ ދެރަނުވެ ހުރެދާނެ ހެއްޔެވެ. “ދަރިފުޅާ މަންމަ ދެން ކާކު މަތިންތަ ހަނދާން ކުރަންހުރީވެސް؟ދަރިފުޅަށް އިނގޭތަ؟ަ ދަރިފުޅުގެ ބައްޕަޔަކީ ހާދަ ރަނގަޅު އިންސާނެކޭ!” ރާބިއާ ގިސްލަމުން ބުނެިއެވެ. “މަންމައަށް އިގޭތަ؟ ބައްޕައަކީ އަޅުނގަޑުގެ ހީރޯއޭ! އެކަމަކު އަބަދުވެސް މަންމަ ހުންނަނީ ސޭޑު ވެފަ، މަންމަ އަބަދު ތިގޮތަށް އަބަދު ސޭޑުވެފަ ހުރީމަ އަޅުގަނޑަށް ވާނީ ކިހިނެއް؟ އަޅުގަނޑު ވެސް ސޭޑު ވާނެދޯ؟” ރާބިއާ އެހާ ދެރަވެފަ ހުރީތީ އޭނަ ހަމަޔަކަށް އަޅުވަން ވެގެން އީތަން ބުނެލިއެވެ. ހަގީގަތުގައި އީތަން ވެސް ހުރީ ވަރަށް ދެރަވެފައެވެ. “ހެހެ މަންމަ ދެން ނުރޯނަމޭ މަންމަ ސޭޑުވީ ބައްޕައަށް ކާފަ ދަރިފުޅު ވެސް ނުފެނުނީތީ، ބައްޕަ އަބަދުވެސް ބުނާނެ ކާފަ ދަރިއަކު ލިބުނު ދުވަހަކުން އެވަނި ކަމެއް ކުރާނަމޭ މިވެނި ކަމެއް ކުރާނަމޭ، އެހެން ހިތަށް އަރާ މަންމައަށް ރޮވުނީ، އެކަމަކު ދެން މަންމަ ރޯތަނެއް ނުފެންނާނެ، ޔަގީން ކުރޭ ދަރިފުޅާ” ރާބިއާ ނެތް ހިތްވަރެއް ނެރެމުން ބުނެލިއެވެ. އެވެސް އޭނަގެ ލޯބިވާ ދަރިފުޅަށްޓަކައެވެ. “އިތަން، އީތަން ހޭލަބަލަ!” ޒޫމީ ބަނޑުގަ ރިއްސާވަރުން ކެތް ނުވެވިގެން އީތަންއަށް ގޮވަމުން ދިޔައެވެ.” ކިހިނެއްވީ ޒޫ؟” ޒޫމީ ގޮވަން ފެށުމުން އީތަން ހޭލެވިގެން ދެލޯ ކަހަމުން އަހައިލިއެވެ. “ބަނޑުގައި ރިހެނީ ހާދަ ތަދެއް އެބަވެޔޭ!” އަޅާވޭން ކެތް ނުވާތީ ހިތް ދިރުވަމުން ޒޫމީ ބުނެލިއެވެ. ޒޫމީ އެހެން ބުނުމާއިއެކު އީތަން ފުއްމާގެން ތެދު ވެއްޖެއެވެ. “ވަރަށް ބޮޑުކޮށް ރިއްސާތަ؟! ކޮންއިރަކު ރިއްސަން ފެށީ؟!” ޒޫމީގެ ބަނޑުގައި ފިރުމާލަމުން އީތަން ހައިރާން ވެފަ އަހައިލިއެވެ. އީތަން އެހެންއެހުމުން އިރު ގަނޑެއް ވެއްޖެޔޭ ކިޔާ ކުރުނޭވާތަކެއް ލާން ޒޫމީ ފަށައިފިއެވެ. ޒޫމީ ހުރީ އަޅާ ވޭނުން ކެތްވާވަރު ވެފައެވެ. “އެހެންތަ؟ އެބަ އަންނަން މަންމަ މެންނަށް ގޮވައިފަ، ބޭބީ ނުތެދުވައްޗޭ” އެހެންކިޔާ ޒޫމީ އެދު މަތީ ބާއްވާފަ އީތަން ދުވެނިކުތީ ކޮޓަރިން ބޭރަށެވެ. “މަންމާ މަންމާ ހުޅުވަބަލަ!!” ރާބިއާގެ ކޮޓަރީގައި ތަޅަމުން އީތަން ގޮވަމުން ދިޔައެވެ.” ކިހިނެތްވީ؟ ދަރިފުޅާ، ކަމެއް ގޯސްވީތަ؟!” ރާބިއާ ދޮރުހުޅުވައިފަ ހައިރާން ވެގެން އަހައިލިއެވެ.” ޒޫމީ ބަނޑުގަ ރިއްސާތީ މިއުޅެނީ “އީތަން ވެގެން އުޅޭގޮތް ބުނުމުން، މިދަނީއޭ ކިޔާ ރާބިއާ ވަނީ ފާހާނަޔަށެވެ. އީތަން އަމީނާއަށް ގޮވުމުން އިސާހިތަކު ގޭ އެންމެންނަށް ހޭލެވިއްޖެއެވެ. “ދަރިފުޅާ ހިނގާ އަވަހަށް ހޮސްޕިޓަލަށް ދަމާ، ވަރަށް ބޮޑުކޮށް އެބަތަދުވެއެއްނޫން؟” އަމީނާ ޒޫމީގެ ބަނޑުގަ ފިރުމާލަމުން ބުނެލިއެވެ. އާއޭކިޔާ ޒޫމީ ބޯޖަހައިލިއެވެ. “މިހާރު އެންބިއުލާންސް އަންނާނެ ހިގާ އަވަހަށް ނިކުންނަން” އީތަން ކޮޓަރިއަށް ވަންނަމުން ބުނެލިއެވެ. އީތަން ހުރީ ހިތް އަވަސް ވާވަރުން ކުރާނެ ކަމެއް ނޭގިފައެވެ. އެންމެން ނިކުތްއިރު އެންބިއުލާންސް އައިސް އޮތުމުން އަވަހަށް އެޔަށް އަރައިގެން ނައްޓާލީއެވެ. މާގިނަ އިރެއް ނުވަނީސް އޭޑީކޭއަށް ދެވުނެވެ. އޭރުވެސް އަޅާވޭނަށް ކެތްނުވެގެން ޒޫމީ ރޮއެ ހޭރެނީއެވެ. އެމީހުންނަށް އޭޑީކޭއަށް ވަނދެވުނު އިރު މަލަކާވެސް ޑިއުޓީ ގަޑިކަމުން އޭނަޔާވެސް ދިމާވެއްޖެއެވެ. “ދައްތާ ޒޫއަށް ކިހިނެތްވީ؟! އަނެއްކާ މާބޮޑަށް ރިއްސާގަތީތަ!!؟” ޒޫމީ އެމެޖެންސީ ރޫމަށް ވައްދަން އުޅުނު ނާސްމެންނަށް އެހީވާން އުޅެފަ އައިސް މަލަކާ އަހާލިއެވެ. ޖަވާބުގައި އާއޭކިޔާ އަމީނާ ބޯޖަހައިލިއެވެ. މިހާރު ޒޫމީއާ މަލަކާޔާ ދެކުދިން އެކަކު އަނެކަށް ހިތްސާފު ވެއްޖެއެވެ. ދެކުދިން މިހާރު ވަރަށް އެކުވެރި ވެއްޖެއެވެ. އެވަގުތު އެމެޖެންސީ ރޫމުން ވިއްސާ ކޮޓަރިއަށް ޒޫމީބަދަލް ކުރަނީއެވެ. އެކަމުގައި ވެސް މަލަކާ އެހީވަމުންދިޔައެވެ. ލިބޭނެ ހަބަރަކާ ދޭތެރޭ އެންމެން ތިބީ ދެކޮޅަށް ހިގާލަ ހިގާލައެވެ. އީތަންގެ ދެފައި އޭރު ވެސް އެއްތާކު ނުޖެހެއެވެ. “ދައްތާ އިރާދަ ކުރެއްވިއްޔާ ހުރިހާކަމެއް ވެސް ރަނގަޅު ވާނެ، އެހާވަރަށް އެކަމާ ނުވިސްނާތި” އަމީނާޔާ ޖެހިގެން ހުރި ގޮނޑީގައި އިށީންނަމުން މަލަކާ ބުނެލިއެވެ. “ދައްތަ ނުވިސްނަން ހުއްޓަސް ކިހިނެއް ނުވިސްނާ ހުންނާނީވެސް؟!، ދައްތަވެސް އެބަ ހިތްވަރު ކުރަމޭ” އަމީނާ ފެންކަޅިވެފަ ބުނެލިއެވެ. ވާނީވެސް އެވަރު ނޫން ހެއްޔެވެ. ހުރި އެކަނި ދަރި ހަނގުރާމަ ކުރަމުން އެދަނީ މަރު ފަދަ ކަމަކާ ވިއްޔާއެވެ.

އެވަގޮތު ވިއްސާކޮޓަރިން ޑޮކުޓަރަކާ ނަރުހަކާ ނިކުމެ އެންމެން ތިބިތަނަށް އައުމުން އެންމެން ތެދުވެ ކިހިނެއްތޯ ސުވާލު ކޮއްލިއެވެ. “ކޮބައިތޯ ޒޫމީގެ ފިރިމީހާ އަކީ؟” ޑޮޓުޓަރު ބުނެލިއެވެ. ” މިއީ ޒޫމީގެ ފިރިމީހާ އަކީ ކިހިނެއްވީތޯ؟!” އީތަން ހާސްވެފަ ބުނެލިއެވެ. “ޒޫމީގެ ހާލް ގޯހެއްނޫން އެކަމަކު، ޖެހެނީ އޮޕަރޭޝަނަކަށް ދާން، އަޅުގަނޑުމެން ވަރަށް ޓްރައި ކޮއްފިން ވިއްސޭތޯ، އެކަމަކު، ދަރިފުޅު އުފެދިފައި އިންގޮތުން ވިއްސޭގޮތެއްނުވި” ޑޮކުޓަރު ވީގޮތް އީތަން އަށް އަންގައިދިނެވެ. ޑަކުޓަރު އެހެން ބުނުމުން އީތަން ހުރީ ދެން ހަދަންވީގޮތެއް ނޭގި ހުއްޓިފައެވެ. ” ދަރިފުޅާ ކިހިނެއްތަވީ؟!”ސަލީމު ތަންކޮޅެއް ދުރުގަ ހުރެފަ އައިސް އަހާލިއެވެ.” ބައްޕާ ޒޫ އޮޕުރޭޝަން ކުރަންށޯ ޖެހެނީ، އެހެންވެ މިހިރީ ހަދަންވީ ގޮތެއް ނޭގިފަ” އީތަން އޭނާގެ އަތަށް ސޮއި ކުރަންދިން ފޯމަށް ބަލަމުން، ސަލީމުއަށް ޖަވާބުދިނެވެ. “ދެން އަވަސް ކުރޭ ދަރިފުޅާ، ތިހެން ހުއްޓަކަސް ނުވާނެ އަވަހަށް ތީގަ ސައިން ކޮއްލާާ، އިރާދަ ކުރެއްވިއްޔާ ހުރިހާކަމެއްވެސް ރަނގަޅުވާނެ” އީތަންގެ ބުރަކަށީގައި ފިރުމާލަމުން ސަލީމު ބުނެލިއެވެ. އީތަން އިތުރު ވަގުތުނުނަގާ ސަލީމު އެހެން ބުނުމުން ސައިން ކޮއްފަ ފައިލް ނަރުސްކުއްޖާ އަތަށް ދިށްކޮއްލިއެވެ. އެވަގުތު ފަތިސްނަމާދަށް ބަންގި ގޮވުމުން ސަލީމްގެ ދެބަފައިން މިދަނީ ނަމާދަށޭ ބުނެ ދިޔައީ މިސްކިތަށެވެ. އަމީނާޔާ ރާބިއާޔާ މަޑުކޮއްގެން ތިބިތާ ތިބިއެވެ. މަލަކާވެސް ޑިއުޓީ ނިމުމުން އައިސް އެމީހުން ކައިރީގައި ހުއްޓެވެ. “ކޮބާ ހަބަރެއް ނުވޭތަ؟” ސަލީމުމެން އެތަނަށް ހުއްޓެމުން އަހައިލިއެވެ.” އާ އަދި ހަބަރެއް ނުވޭ! ސަލީމުމެން ދާންވީނުން ކޮފީތަށްޓެއް ބޮއެގެން އަންނަން، އަހަރުން މަޑުކުރާނަން އަންނަންދެން” ސަލީމު މިގަޑީގަ ކޮފީބޯން ބޭނުން ވާނެކަން އިގޭތީ އަމީނާ ބުނެލިއެވެ.އަމީނާ އެހެން ބުނުމާއެކު އާއޭ ކިޔާފަ ސަލީމުމެން ދިޔައީ ކެންޓީނާވީ ދިމާލަށެވެ. އެމީހުން ދިޔަތާ އިރުކޮޅެއްފަހުން، ނަރުސް ކުއްޖާ ނިކުތީ ކުޑަ ކުޑަ ބޭބީއެއް ގޮވައިގެންނެވެ. “މަރުހަބާ ފިރިހެން ކުއްޖެއް!” ބޭބީ އަމީނާ އަތަށް ދިއްކުރަމުން ނަރުސް ކުއްޖާ ބުނެލިއެވެ. އެންމެން ބޭބީ އުރާނިމުމުން ނަރުސް ކުއްޖާ އެބުރި ދިޔައީ ބޭބީ ގޮވައިގެންނެވެ. ނަރުސް ކުއްޖާ އެތެރެއަށް ވަންތާ އިރުކޮޅެއްފަހުން ސަލީމުމެން އަތުވެއްޖެއެވެ. “ވިހާފި ފިރިހެން ކޮއްޖެއް ވަރަށް ލޯބި ހީވަނީ ހަމަ އެމަންޖެހެން” އަމީނާ ބަތްތިރީސް ދަތް ދިއްކޮއްގެން އެމީހުން އައުމުން ބުނެލިއެވެ. އެވަގޮތު އަނެއްކާވެސް ނަރުސްނިކުމެއްޖެއެވެ.” ޒޫމީ ބޭނުންވޭ އީތަންއާ ބައްދަލްކުރަން” ނަރުސް ކުއްޖާ އެހެން ބުނުމާއެކު އީތަން ނާރސް ފަހަތުން ވަދެގެން ހިނގައްޖެއެވެ. “ތޭންކޮސް ބޭބީ!” ޒޫމީއަށް ބަހެއް ނުބުނެވެނީސް އީތަން ބުނެލިއެވެ. ޒޫމީ އޮތީ އުފަލުން އީތަންއާ ދިމާލަށް ބަލައިގެންނެވެ.” ކޮންކަމަކާ ތޭންކޮސް ތިބުނީ؟” ޒޫމީ ހީލަމުން ބުބެލިއެވެ.” ހެހެ މަގޭ ބާތްޑޭގަ މަށަށް ބޯއި އެއް ގެނެސްދިނީތީ” ޒޫމީގެ ކޮލަށް ދޮނެއް ދެމުން އީތަން ބުނެލިއެވެ. ކޮބާ މަކިހާމޮޅު؟ އެވަރުންވެސް ނުބުނާނެ މަރަނގަޅެކޭ!” ޒޫމީ އުފަލުން ބުނެލިއެވެ. އެވަގުތު ބޭބީ ރޯތީ ބުއްދޭންވެގެން ނަރުސް ކުއްޖާ ބޭބީ ގެނައެވެ. އީތަން ހުރީ ކަޅިވެސް ޖަހާނުލާ އެ ބޭބީއާ ދިމާލަށް ބަލާށެވެ. ހާދަ ލޯބިއޭ އޭރު އީތަންގެ ހިތަށް އަރަމުން ދިޔައެވެ. ވަގު ވަގަށް އީތަން ހުރީ ބޭބީގެ ކޮލާ ކުޅެލަ ކުޅެލައެވެ. އެވަގުތު އެހެން ނަރުހެއް އައިސް ރޫމުއަށް ޗޭންޖު ކުރާވާހަކަ ބުނުމުން އީތަން ނިކުތީބޭރަށެވެ.

” ޒޫ ކިހިނެއްތަ ހާލު؟” ޒޫމީ ކައިރިޔަށް ހުއްޓެމުން މަލަކާ އަހައިލިއެވެ. މަލަކާ ހުރީ ޒޫމީ އާ ދިމާކޮއްފަ ނޫނީީ ނުދާންވެގެންނެވެ. އޭނަ ޑިއުޓީ ނިމުނުތާ ކިތަންމެ އިރެކެވެ. “އިރާދަ ކުރެއްވީތީ ރަނގަޅު!” ޒޫމީ ވަރުބަލި ފާޑަކަށް ބުނެލިއެވެ. އޭރުވެސް ޒޫމީގެ ފަޅައިލި ތަނުގައި ރިއްސާތީ ކެތްވާވަރެއް ނޫނެވެ. އެހެންނަމަވެސް ކެތްކުރުން ނޫން ގޮތެއް ނެތްވިއްޔާއެވެ. “ބައްޕަމެން ދާންވީނޫންތޯ ގެޔަށް” ސަލީމު ލޮޑުވެފަ ހުރެދާނެތީ އީތަން ބުނެލިއެވެ.” އެންމެ ރަނގަޅު ބައްޕަ ގޮސްލާނަން ބައްޕަ ޖެހޭނެ އޮފީހަށް ދާންވެސް” އެހެން ކިޔާފަ ސަލީމު ދާން ހިގާގަތެވެ. އަމީނާ ނުދާނެކަން އިނގޭތީ ސަލީމު ދާން ނުވެސް ބުނެއެވެ. “މަންމަމެން ވެސް ދާންވީނޫންތޯ އަޅުގަނޑު މަޑުކުރާނަމޭ، މަންމެން ވަރުބަލިވާނެންނޫން؟!” އެންމެ ރަނގަޅު މަންމަމެން ވެސް ގޮސްލާނަން، ކަމެއް ދިމާވިއްޔާ މަންމަމެންނަށް ގުޅާތި!” އަމީނާ ދާހިތް ނުވިޔަސް އީތަން ބުނުމުން ހިނގައްޖެއެވެ.
…..ނުނިމޭ…..

މިވާހަކައިގެ ދެންއޮތް އެޕިސޯޑުގެ ލިންކު ކޮމެންޓް ސެކްޝަންގެ ތިރީގައި ވާނެއެވެ.

Share Article

Follow Me Written By

Dhippi

Level 4100 Comments10 Stories

My name is Athifa Adam (Dhippi). I like to read and write stories. I am from K.Mal'e. I'm a woman. I'm 35 years old.

Other Articles

Previous

ދިހައެއް ( ތޭރަވަނަ ބައި )

Next

ޒިޔާ… (3)

Next
August 13, 2017

ޒިޔާ… (3)

Previews
August 13, 2017

ދިހައެއް ( ތޭރަވަނަ ބައި )

17 Comments!

  1. Adam says:
    August 13, 2017 at 7:20 pm

    Ummeedhu kuran mi part ves kamu dhaane kamah

  2. click a shot ? says:
    August 13, 2017 at 7:49 pm

    Varah loabi mi part ves ?

    1. Adam says:
      August 13, 2017 at 8:03 pm

      Thanks click a shot

  3. love says:
    August 13, 2017 at 8:40 pm

    Woooooow… nice… when next part

    1. Adam says:
      August 13, 2017 at 8:58 pm

      Thanks love I Sha Allah maadhan nooney maadhan Rey up kuraanan

  4. Ram says:
    August 13, 2017 at 11:18 pm

    Wow… amazing as always.. ?

    1. Adam says:
      August 13, 2017 at 11:40 pm

      Thanks ram?

  5. Nas? says:
    August 13, 2017 at 11:28 pm

    Wow nice waiting❤?

    1. Adam says:
      August 13, 2017 at 11:46 pm

      Thanks nas

  6. khajja says:
    August 14, 2017 at 1:07 am

    Oh wow masha allah v rythi v furi hama when nxt prt avaskollachchey gud nyt ly??❤❤?????????

    1. Adam says:
      August 14, 2017 at 11:36 am

      Thanks khajja

  7. Yalaa says:
    August 14, 2017 at 8:45 am

    Vaahaka aslu rythi Ekam vaahakaige bas magu huri goiy kamaku nudhey ehbai faharu maa English words beynun kohfa hunnaathy and myhun dhahkaa vaahaka hunna goiy vx eha kamaku nudhey. This is my opinion ingey Ebai rangalhu kohlanikoh Hama habeys vaane vaahaka ??

    1. Adam says:
      August 14, 2017 at 11:39 am

      Thanks yalaa ragalhu kuranvee kanthah bunedhineema ekameh ragalhu kuran ingenee assu ehaa English word beynun kurevunu kamakah hithakah naaraa insha Allah next part ragalhu kuraanan

  8. zainab says:
    August 14, 2017 at 12:35 pm

    zzomy thui maa bodu
    ehn ve mi part varah foohi

    1. Adam says:
      August 14, 2017 at 1:11 pm

      Hehe

  9. imagination says:
    August 14, 2017 at 1:00 pm

    Aslu thedhah bunanya.. Plot hama okey ingey. Ekamaku story eh furihama kurumahtakaaa bas thakaa sifa kurun v muhinmmu. Maa bodah abas aruvaali ma dhigu vaahaka eh reehcheh nuvaane. Though m not very experienced i know these things. Dhen paragraph kurumaa komaa koalhi rangalhah beynun kohllima reethi vaane. Dhen anehkamaki story ge therein meehun dhahkaafa hunna vaahaka ves ei story ge, mibuni narration ge bayehhen ehbai faharu heevani. Good luck though. Furathama bayaa balaafa aslu u have improved a lot hama. Good job ❤️❤️

  10. Ainth says:
    August 24, 2017 at 10:24 pm

    V rythi mi part

Comments are closed.

Next Episodeބީހުން….(15)←


All Right Reserved!