ބީހުން….(11)
“މަންމާ، އަޅުގަނޑު މިއަދު ޗުއްޓީއަށް ސިޓީލައިފިން، އޭރުން މަންމަމެންނަށް އިގޭނެއެއްނޫން އަޅުގަނޑު ބައްޔެއް ނޫންކަން!” ޒޫމީ ބަދިގެއަށް ވަންނަމުން ބުނެލިއެވެ.” އެހެންތަ؟ ދަރިފުޅު ހާދަ ރަނގަޅޭ” އަމީނާ ޖޫސް ތަށްޓެއް އަޅަމުން ބުނެލިއެވެ. އަމީނާޔާ ޒޫމީ އެތަށް އިރަކު އަނގަ ތަޅަން ބަދިގޭގައި ތިއްބެވެ. ” ދޮންތަބޭ ކޮންތާކު؟” ސަލީމު ފޯނުނެގުމުން މާޒިން އަހައިލިއެވެ. “މިހާރު ބައްދަލު ކުރެވިދާނެތޯ؟އަޅުގަނޑު ދޮންތަބޭ ކައިރި ވާހަކައެއް ބުނަވެގެން، މިގުޅީ ” ސަލީމުއަށް އެއްޗެކޭ ނުބުނެވެނީސް މާޒިން އަހައިލިއެވެ.” އެހެންތަ؟ ދޮންތަބޭ މިހިރީ އޮފީހުގަ، ވަރަށް ބިޒީކޮށް މިއުޅެނީ، އާދެބަލަ އޮފީހަށް” ސަލީމު އެހެން ބުނުމުން އާނ މިދަނީޔޭ ކިޔާފަ ފޯނު ޖީބަށް ލަމުން މާޒިން ނައްޓާލީ އޮފީހާ ދިމާލަށެވެ. އެވަގުތު މަގު ހުރަސް ކުރި މީހަކު އެރީ މާޒިން ބާރަށް ދުއްވާފަ ދިޔަ ސައިކަލް ކުރިމަށްޗަށެވެ. އެވަގުތު މާޒިން ބާރަށް ބުރެކި ނުޖެއްސިނަމަ އެމީހީ ވެއްޓޭނީ ބިއްމަށްޗަށެވެ.” ސޮރީ، އަޅުގަނޑަށް މާބާރަށް ދުއްވުނީ، އެއްވެސް ތަނަކަށް ތަދުވޭތަ؟!” މާޒިން ވީދެރައިން އަހައިލިއެވެ.”ހެހެ.. އިޓްސް އޯކޭ، އަހަންނަކަށް އައްވެސް ކަމެއް ނުވޭ!” މަލަކާ ހީލަމުން ބުނެލިއެވެ. މާޒިން އަށް ހުރެވުނީ ކަޅިވެސް ޖަހާނުލާ އެނުދަންނަ ކޮއްޖާގެ މޫނައް ބަލާށެވެ.” ހެލޯ” މާޒިން އަށް ހޭވެރިކަން ވީ އެކުއްޖާ ގޮވައިލުމުންނެވެ. މީމަޒިން މާޒިނަް އަމިއްލަޔަށް ތައާރަފު ވަމުން ތީ ކޮންކުއްޖެއް ތޯ؟ އަހައިލިއެވެ. ” މީ މަލަކާް” މަލަކާ ޖަވާބު ދިނެވެ. “ވަރަށް ރީތިނަމެއް! ކޮންތާކަށް ތިދަނީ؟ ހީވޭ ވަރަށް ލަސްވެފަ ހުރިހެން، މަލަކާ ބޭނުމިއްޔާ ޑްރޮޕް ކޮއްދީފާނަން” މާޒިން މަލަކާގެ ޖަންބެއް ފަދަ މޫނަށް ބަލަމުން އަހައިލިއެވެ.” އަޅުގަނޑު މިދަނީ އޭޑީކޭ އަށް، އަސްލުލަސް ވެގެން މިދަނީ، ވަރަށް ތޭންކްސް ޑްރޮޕް ކޮއްދީފިއްޔާމު” މަލަކާ އަނގަ ތުއިކޮއްފަ ބުނެލިއެވެ.”އޯކޭ އަވަހަށް އަރާ” މާޒިން އެހެން ބުނުމުން މަލަކާ ސައިކަލަށް އަރާ އިށީދެއްޖެއެވެ. މާޒިން ހުރީ ބައްތިރީސް ދަތް ދިއްކޮއްގެނެވެ. ކޮބާ މިހާރުމި ފްރޭންޑްވީ އެއްނޫން! ކިހިނެއް ދެން ފަހުން ދިމާވާނީ، ނަންބަރު ދިނީމައެއް ނޫން ކޮފީއަކަށް ވެސް ގުޅާލެވޭނީ” އޭޑީކޭ ކުރިމައްޗަށް މަޑު ކުރަމުން މާޒިން އަހައިލިއެވެ. މާޒިން ހުރީ ގަހުކުރީގަތޯޗެވެ. ތޭންކޮސް އޭ ކިޔާ ނަންބަރ ދީފަ ތުއި ހިނގުމެއްގައި ގޮސް މަލަކާ ވަނީ ހޮސްޕިޓަލެށެވެ.
“އައްސަލާމު އަލައިކުމް”މާޒިން އޮފީހަށް ވަންނަމުން ސަލާމް ގޮވައިލިއެވެ. “ވައައިލައިކް މުއްސަލާމް” ބޮސް އެބަ އުޅުއްވާތޯ؟” ސަލާން ބަލައި ގަތުމުން މާޒިން އަހައިލިއެވެ.”ލައްބަ އެބަ އުޅުއްވާ، އިށީންނަވާ، އަޅުގަނޑު ގޮވައިލާނަން” މާޒިން އަށް އިށީންނަން ތަން ދައްކާފަ، ދުންޔާ ގޮއްސަ އެބުރި އައީ ސަލީމު ގޮވައިގެންނެވެ”. އަހަ މާޒިންދޯ” އާދޭ އެތެރެއަށް” ސަލީމު އެހެން ބުނުމުން ސަލީމުގެ ފަހަތުން މާޒިން ގޮސް ވަނީ ސަލީމުގެ ކެބިންނަށެވެ.” އާނ ކޮންވާހަކައެކޭ، ކިޔާބަލަ ތި ދައްކަން އުޅޭ ވާހަކައެއް، ދޮންތަބޭ މިއުޅެނީ ބިޒީކަމުން ނޭވާނުލެވިގެން” ސަލީމު އެއްނޭވާއިން ބުނެލިއެވެ.” އަޅުގަނޑު ބުނަން މިއުޅެނީ ޒޫމީއާ ބެހޭގޮތުން” މާޒީން ގޮޑީގައި ހަމަޖެހިލަމުން ބުނެލިއެވެ.”އެހެންތަ؟ އަނެއްކާ ކޮންވާހަކައެއްބާ؟!” ސަލީމު ހައިރާންވެފަ އަހައިލިއެވެ.”ރޭގަ ދޮންަތަބޭމެން ދެއްކި ވާހަކަޔާ ބެހޭގޮތުން، ދޮންތަބޭ އަޅުގަނޑަށް ވެސް ހީވަނީ ޒޫމީއަށް ދިމާވެގެން އެއުޅެނީ ޝައިތާނެއްގެ ކަމެއްހެން، އަޅުގަނޑު މިހެން މިބުނީ، އިއްޔެރޭގަ އަޅުގަނޑު ހޫނު ކަމުން ފިނި ކޮއްލަން ވެގެން ބޭރަށް ނިކުތް އިރު ޒޫމީ ހުރީ ސޯފާގައި، ޔަގީނުންވެސް އޭނަ ހުރީ އެކަނި، އެތާކު ނެތް އިތުރު މީހެއް އެކަމަކު ޒޫމީ ކޮންމެވެސް މީހަކާ ވާހަކަ ދައްކަން ހުރީ” މާޒިން ނޭވާ ވެސް ނުލާ އެރޭގެ ވާހަކަ ސުކުނެއް ވެސް ވައްޓާނުލައި ކިޔާދިނެވެ.” މާޒިންއަށް ހަމަ ޔަގީންތަ އެތާ އިތުރު މީހަކު ނެތްކަން؟؟! ސަލީމު ޔަގީން ނުވާތީ ހައިރާންވެފަ އަހައިލިއެވެ. “ލައްބަ ދޮންތަބޭ، އަޅުގަނޑަށް ޔަގީން އެތާކު އިތުރު މީހެއް ނެތްކަން ކުޑަމިނުން ޒޫމީ އަތަކު ފޯނެއްވެސް ނެތް، އެހެން ވީމަ އަޅުގަނޑު މިބުނަނީ އޭ ޝައިތާނެއްގެ ކަމެކޭ!” މާޒިން އޭނަޔަށް ހީވާ ގޮތަށް ބުނެލިއެވެ. ސަލީމު އިނީ މާޒިން ދެއްކި ވާހަކަޔާ މެދު ވިސްނާށެވެ. ރޭގަ އެއްމެން އެވާހަކަ ދެއްކި އިރު ވެސް މާޒިން އަގައިން ނުބުނެ ހުރީ ވަގުތު ހޯދައިގެން ސަލީމުއާ އެވާހަކަ ދަށްކާށެވެ .”އެހެންވީމަ، ތިދަނީކީ ރަނގަޅަށް ނޫންހެން ދޮންބެއަށް ހީވަނީ، ތިކަމާ ހުރެ މިހާރުވެސް ދޮންތަބޭގެ ބޯގޮވައިފަ މިހިރީ” ސަލީމު ބޮލުގައި އަށް އަޅާަލަމުން ބުނެލިއެވެ.” އަޅުގަނޑަށް ހީވަނީ ޒޫމީ ލަންކާޔަށް ގެންދަން ވީހެން، އެކޮޅުގަ އޮޅޭނެ ތިކަހަލަ ކަންތަކަށް ވަރަށް މޮޅެތި މީހުން” ސަލީމު ދޭނެ ޖަވާބަކާ ދޭތެރޭގައި ވިސްނަމުން މާޒިން ބުނެލިއެވެ. ހަގީގަތުގައި ޒޫމީއަށް ދެރައެއް ލިބޭނެ އެއްވެސް ކަމެއް ވާކަށް މާޒިން ނޭދެއެވެ. މާޒިން ބޭނުން ވަނީ ވީހާވެސް އަވަހަކަށް އެމުސީބާތުން ޒޫމީ ސަލާމަތް ކުރާށެވެ.” ތީވެސް ރަގަޅު ގޮތެއް އެކަމަކު، ދޮންތަބޭ އެބަ ވިސްނަން އޭގެ ކުރިން ކަމެއް ކުރުވަން ކަމަށް، އޭރުންތާ ވެގެން އުޅޭ ގޮތެއްވެސް އިގޭނީ!، ބަާލާފަ ވާއެއްޗަކުން ލަންކާޔަށް ދާން ވިސްނާނީ” ސަލީމު ވިސްނުން ތެރިކަމާއެކު ބުނެލިއެވެ. މާޒިން ވެސް ހުރީ އޭ އެންމެ ރަނގަޅު ގޮތް ކަމަށް ހިތާހިތުން ގަބޫލް ކޮއްގެންނެވެ. “ދޮންތަބޭ ރައްޓެހި މީހަކު ބުނި ހުރާގަ އުޅެޔޯ ވަރަށް މޮޅު ފަންޑިތަހަދާ މީހެއް، އޭނަ ލައްވާވެސް ބަލުވަން ކަމަށް މި ވިސްނަނީ، މާޒިން މީގެ އެއްވެސް ވާހަކައެއް ޒޫމީ އަށް އަޑު އިވޭ ގޮތަށް ނުކިޔާތި! މިރޭ ހީވަނީ އެމީހާޔަށް މާލެ އާދެވޭނެހެން، އިރާދަ ކުރެއްވިއްޔާ މިރޭގަ ކޮންމެވެސް ހައްލެއް ލިބިދާނެ، އަޅުން ކުރާނީ މަސައްކަތް ވާގީ ދެއްވާނީ އެފަރާތުން” ސަލީމު ފެންކަޅި ވެފަހުރެ ބުނެލިއެވެ. ހަގީގަތުގަ ސަލީމު ހުރީ ހުރި އެންމެ ދަރިއަށް ދިމާވެގެން އުޅޭ ގޮތުން ވަރަށް ހިތުގަ ޖެހިފައެވެ.” އެންމެ ރަގަޅު ދޮންތަބޭ އަޅުގަނޑު ދެން ގޮސް ލާނަން، މިރޭ އެއްވެސް ކަމެއް ކުރަންޏާ އަޅުގަނޑަށް އަންގާލާތި، ފަހަރެއްގަ ގޭގަނުހުރެވި ދާނެތީ މިބުނީ” ސަލީމު ދިން އުފާވެރި ހަބަރައިގެން މާޒިން ނިކުމެގެން ދިޔައެވެ.
“ކަލޭގެ އާއިލާ މީހުން ކައިރި ބުނޭ މަށަށް ފަންޑިތަ ނަހަދާށޭ! އެމީހުން އެކަން ކުރީމަ ދެރަ ލިބޭނީ ހަމަ އެމީހުންނަށް! ކަލޭއަކަށް ނޭގޭތަ މަ ކަލޭ ދެކެ ވާ ލޯތްބެއް؟ ކީއްވެތަ ކަލެއަށް މަ ބުނާއެއްޗެއް ގަބޫލު ނުކުރެވެންވީ؟” ޖިންނި ރުޅި އައިސް ރަތް ވެފަ ހުރެ ޒޫމީ އާ ދިމާލަށް ހަޅޭއްލަވަމުން ދިޔައެވެ. “އޭ ކީކޭ؟ ކާކުތަ ފަންޑިތަ ހަދަނީ؟ އެކަކުވެސް ނުއުޅޭ ފަންޑިތަ ހަދާކަށް، ކަލޭ ތިއުޅެނީ މޮޔަވެގެން! ތިހިރީ ރަނގަޅަށް ވެސް ހޭބަލިވެފަ” ޒޫމީ އެދުން ތެދުވަމުން ހަމަޖެހިލާފަ ބުނެލިއެވެ. މިހާރު ޒޫމީ އެއްގޮތަކަށް ވެސް އެ އެއްޗެއް ދެކެ ބިރެއް ނުގަނެއެވެ. އަބަދު އެއްކަމަކާ ކުރިމަތި ލާން ވީމަ ވާނީވެސް އެހެންތާއެވެ. ހަގީގަތުގަ ވެސް މީހަކު ފަންޑިތަ ހަދަން އުޅޭ ކަމެއް ޒޫމީ އަކަށް ނޭގެއެވެ. އޭނަގެ ބައްޕަމެން ކުރަން އުޅޭ ކަމެއް ކުރަން އެއުޅެނީ އޭނަޔަށް ނައަންގާ ވިއްޔާއެވެ.”އަހަރެން ޒޫ ދެކެ ވަނީ ހަގީގީ ލޯބި، އަހަރެން ޒޫ ދެކެ ލޯބިވާވަރަށް އެކަކުވެސް ޒޫ ދެކެ ލޯއްބެއް ނުވޭ، ޒޫ ދެކެ އެންމެ ފުރަތަމަ ވެސް ލޯބިިވި މީހަކީ އަހަރެން، ކީއްވެތަ؟ އެމީހުންނަށް އެވަރު ނުވިސްނިގެން އެއުޅެނީ، ހަމަ މިހާރު އެމީހުން ލައްވާ އެކުރަން އުޅޭ ކަންތައް ހުއްޓުވާ، އެހެން ނޫނީ ކަލޭގެ އާއިލާވެސް ނެތި ކޮއްލާނަން، ކަލޭމެންނަކީ ޝުކުރު ކުރަންވެސް އިގޭ ބައެއް ނޫން، ނިކަމެތި އިންސާނުން ތަކެއްތީ” އޭތީ ރުޅި އައިސް ރަތްވެފަ ހުރެ ހަޅޭލަވަމުން ދިޔައެވެ. މިއާ ކޮންކަހަލަ އެއްޗެއްބާ! އެއްފަހަރު ލޯބި ވާނެ އަނެއް ފަހަރު ފުފޭނެ މިއީ ކިހިނެއް ވެގެން އުޅޭ އެއްޗެއްބާ! އޭރު ޒޫމީގެ ހިތަށް އަރަމުން ދިޔައެވެ. ނަސީބަކުން އެވާގޮތަގީ އީތަން ކޮޓަރިއަށް ވަންނަން ވެގެން ދޮރު ހުޅުވާލި ވަގުތެވެ. އެވަގުތު އީތަންއަށް ފެނުނު މަންޒަރުން ދިޔައީ ދެލޯ ބޮޑު ވެގެންނެވެ. އީތަން އަށް ބިރުން ޖެހެވުނީ ފަހަތަށެވެ. ޒޫމީ އޭ ކިޔާ އީތަން ބާރަށް ހަޅޭއް ލަވާގަތް އަޑަށް، ރާބިއާ ވެސް ބަދިގޭގަ ހުރެފަ ދުވެ އައީ އީތަން އުޅޭ ކޮޓަރިއާ ދިމާއެށެވެ. އޭރު އަމީނާ ވެސް އެއަޑަށް އައިސް ހުއްޓުނީ ކޮޓަރި ދޮރު މައްޗަށެވެ. ވިދާލި ވިދުމަކާ އެކު އޭތި ގެއްލުނީ އެންމެންގެ ލޯ ކުރިމައްޗަށެވެ.” ދަރިފުޅާ ޒޫމީ ދެންމެ މިތާ ހުރީ ކާކުތަ؟! އެއީ ކޯއްޗެއްތަ؟!” އަމީނާ ހައިރާންވެފަ ޒޫމީއާ ސުވާލް ކުރަމުން ދިޔައެވެ. “ބޭބީ އަށް އިގޭނެ އެ ކާކުކަން، ބުނެބަލަ ޕުލީޒު…ހެޔޮ ނުވާނެ ބޭބީ އާދޭސް މިކުރީ އެއީ ކާކުކަން ބުނެދީބަލަ” އީތަން ފެން ކަޅިވެފަ ހުރެ އަހަމުން ދިޔައެވެ.” އެއީ ކާކުކަން އެގިހުރެ މަގޭ ކައިރީގަ ކޯއްޗެއްތަ ތިއަހަނީ؟، އެއީ ކާކުކަން އިގޭތީއެއް ނޫންތަ ފަންޑިތަ ހަދަން ވެގެން ތިއުޅެނީ؟” ޒޫމީ ކިތައްމެ ދެރަ ވެފަ ހުއްޓަސް ރުޅި މޫނު ދައްކަމުން ބުނެލިއެވެ. ޒޫމީ އެބުނި އައްޗަކުން އެކަކު އަނެކުކުގެ މޫނަށް ބަލަން ފެށީ ހައިރާން ކަމާ އެކީގައެވެ. އަމީނާމެން ތިބީ ބުނާނެ އެއްޗެއް ނޭގިފައެވެ.”ތިމީހުން ތިކުރަން އުޅޭ ކަންތަށް ހުއްޓާލާ! އޭތި ބުނީ، މި އާއިލާ އެއްކޮށް ދުއްވާލާނަމޯ، ހެޔޮ ނުވާނެ ބޭބީ ތިކަންކަން ހުއްޓާލާ، މަންމާ އާދޭސް މިކުރީ ތިކަން ހުއްޓާާލާ، އަޅުގަނޑު ބޭނުމެންނޫން މަންމަ މެންނާ ވަކި ވާކަށް” ޒޫމީ އެއްތާކު ދެފައި މަޑު ނުޖެހި އީތަން އާ އަމީނާޔާ ދެމީހުންގެ ފައި ދަށަށް ވެއްޓި އާދޭސް ކުރަމުން ދިޔައެވެ. ޒޫމީއަށް ވަގަށް ކުރަން އުޅޭ ކަމެއް އޭނަޔަށް އިގުނީތީ އަމީނާމެން ތިބީ ކޮސް ވެފައެވެ.
” އެވަގުތަކީ އީތަން ގުޅުމުން ސަލީމު އަށް ވެސް ގެޔަށް އައިސް ވަދެވުނު ވަގުތެވެ. ސަލީމުގެ ފަހަތުން ހުދު ހެދުމެއް ލައިގެން ތާކިހާ އެއް އަޅާގެން ހުރި މީހަކުވެސް ވަނެވެ. ސަލީމު ފެނުމާއެކު ޒޫމީ ގޮސް ސަލީމުގެ ދެފައި މަށްޗަށް ވެއްޓި ރޯން ފަށައިފިއެވެ. “ބައްޕާ ހެޔުނުވާނެ ފަންޑިތަ ނަހަދާތި ފަންޑިތަ ހަދާފިއްޔާ، އެއްމެން މަރު ވާނެ! ޕުލީޒު ބައްޕާ އޭތި ބުނީ އެންމެން މަރާލަާނަމޯ!” ޒޫމީ އަޑުން އަޑުނަގާ ރޮނީއެވެ. ރޯމަހެއް ތެޅޭހެން ޒޫމީ އުޅުނެވެ. .”ދަރިފުޅާ ހަމަ ޖެހިބަލަ، ތެދުވެބަ، ކޮންއިރަކުތަ ދަރިފުޅު ތިހާ ބަލިކަށިވީ؟” ސަލީމު ޒޫމީގެ ދެކޮޑުގައި ހިފާ ނަގަމުން ބުނެލިއެވެ. ޒޫމީ ދިޔައީ ހުއްޓާނުލާ ރޮމުންނެވެ. އީސަބެ ހުރީ އަގައިން ވެސް ނުބުނެ ޒޫމީ ކިޔާ އެއްޗެއް އަޑު އަހާށެވެ. “އީސަބެެ މިއީ އަޅުގަނޑު ބުނި ކުއްޖަކީ، މީ އަޅުގަނޑުގެ ހުރި ހަމަ އެކަނި ދަރިއަކީ، އީސަބެ މިއީ އަހަރެންގެ ފުރާނަ!” ސަލީމު ގިސްލަމުން އީސިބެ އާ ވާހަކަ ދައްކަމުން ދިޔައެވެ.” ސަލީމު އީރާދަ ކުރެއްވިއްޔާ ހުރިހާކަމެއް ވެސް ދާނީ ރަގަޅަށް، އެންމެ ފުރަތަމަ ޖެހޭނީ ވެގެން އުޅޭ ގޮތެއް ބަލަން، އެޔަށް ފަހު އެއްޗެއް ބުނަން އިގޭނީ ، އެމަންޖެ އެ ދެއްކި ވާހަކައިން ހީވަނީ ގޯސް ކޮއް ހެން އެދަނީ، އެހެން ވީމާ ކުއް ނުޖެހި އަޑު ބާރުކޮށް ޤުރުއާން ކިޔެވޭނެ، ހަތަރު ފަސް ވަރަކަށް ފިރިހެނުން ހޯދާތި، އަދި ކުންނާރު ކަށްޓާ އޮލްބަތާ ނާޝި ކޮޅެއް ހޯދާތި ، އެންމެ ރަނގަޅު ވާނެ ދެލި ވިޔަސް، މަ އަންނާނަން އިޝާނަމާދު ކޮއްގެން، ދެން ބޭނުން ވާ ތަކަކެތި، އަންނަމުން މަ ގެންނާނަން” އީސަބެ ވަރުގަދަ ލިސްޓެއް ދީފަ ދިޔައެވެ. ދެން ވާނެގޮތެއް އޭގެ އެކަކަށް ވެސް ނޭގެއެވެ. އީސަބެ ދިއުމުން ޒޫމީ ފަކީރު ފަހަރަކު މީހެއް ކައިރީގަ ފަންޑިތަ ނަހަދާށޭ ކިޔާ އާދޭސް ކުރަމުން ދިޔައެވެ. ސަލީމުމެން ކިތަށްމެ ހިތުގަ ޖެހުނެސް މިއަދު ޒޫމީ އެ އެދޭ ކަމެއް ކޮއްދެވޭކަށް ނެތެވެ.
މަލަކާ ޑިއުޓީ ނިމުމުން ނިކުތީ ބޭރަށެވެ. އޭރު މާޒިން ހުރީ މަލަކާ ބަލައި އައިސްއެވެ.” އޮންޓައިމަށް ދޯ ތިއައީ؟! ގަޑިއަށް ވަރަށް ބަރާބަރު” މަލަކާ އެހެން ކިޔަމުން އެރީ ސައިކަލް ފަހަތަށެވެ.” ހެހެ…ގަޑިއަށް ފަރުވާތެރި ވާން ވާނެންނޫން އެހެން ނޫނަސް ތިހާރީތި ކުއްޖަކު ހިގާފަ ދަނިކޮށް ވަގަށް ވެސް ނަގާފާނެ” މާޒިން ސައިކަލުގެ ލޯގަނޑުން މަލަކާގެ ދޮން މޫނަށް ބަލަމުން ބުނެލިއެވެ. އެވަގުތު މާޒިންގެ ފޯނު ރިންގުވާހެން ހީވުމުނަ ސައިކަލު މަޑު ކޮއްފަ ފޯނު ނެގިއެވެ.” ކީކޭ ދޮންތާ؟….އެހެންތަ؟ މިދަނީ” އަމީނާ ގުޅުމުން ވާހަކަ ދައްކާފަ ފޯނު ޖީބަށް ލަމުން މާޒިން ނައްޓާލިއެވެ. .”ކާކުގުޅީ؟!”މަލަކާ އޮޅުން ފިލުވަންވެގެން އަހައިލިއެވެ.” އެއީ ދޮންތަ، ވަރަށް އަވަހަށް ގެޔަށް އައިސް ބަލާށޯ ބުނީ ” މާޒިން އޮޅުން ފިލުވައި ދިނެވެ. ” އޯ އެހެން ދޯ މަހީކުރީ ބިޓެއްކަމަށް” މަލަކާ ތުއިއިވެފަ ބުނެލިއެވެ.” ތިހިރީ ނުލާހިކު ރީތި ކުއްޖެއް ދެން ކީއްކުރާ ބިޓެށް؟”މާޒިންއަށް އެހިސާބަށް ބުނެވުނު އިރު މަލަކާމެންގޭ ދޮރު މަށްޗަށް އަރާ ހަމަވީއެވެ.” ހޭއި…ޑިއާރ…ފަހުން ގުޅާނަން، ކޮފީއަކަށް، މިވަގުތު ގޮސް ލީއޭ” އެހެން ކިޔާ މާޒިން ނައްޓާލިއެވެ. އޯކޭ ތެންކްސް އޭ ބާއި އޭ ކިޔާ ހަނާ އަޅަމުން މަަލަކާ ވަނީ ގެއަށެވެ.
އެރޭ އިޝާނަމާދު ކޮއްގެން އީސަބެ ސަލީމުމެން ގެޔަށް އަތު ވެއްޖެއެވެ. އޭރު ސަލީމުމެން ތިބީ އީސަބެ ދިން ލިސްޓަށް އެއްޗެހި ހަމަ ކޮއްގެން އެެނާގެ އިންތިޒާރުގައެވެ.”އީސަބެެ އަވަހަށް ވަދޭ، މިތިބީ އިންތިޒާރުގަ!” ސަލީމު އީސަބެއަށް ގޮވަމުން ބުނެލިއެވެ. އޭރު ޒޫމީވީ އެތެރޭގައެވެ. އީތަންއަށް އާދޭސް ކުރުން ހުއްޓާނުލާ ޒޫމީ ދިޔައީ ރޮމުންނެވެ. ލޯބިވާ ފެމެލީއާ ލޯބިވާ ފިރިމީހާ މަރާލާނެތީ ބިރުންނެވެ. ވާނީއެހެންތާއެވެ. އޭތި ހުރީ އެވަރަށް ބިރު ދައްކާފަ ވިއްޔާއެވެ. “ކޮބާ ކިޔަވާމީހުން؟ އީސަބެ އަހައިލިއެވެ. “އެމީހުން އަންނާނެ ނަމާދު ކޮއްގެން،” ސަލީމު ޔަޤީން ކަމާއެކު ބުނެލިއެވެ. އެވަގުތު މާޒިންވެސް ގެއަށް އައިސް ވަނެވެ. “ދޮންތާ، ކިހިނެއްވީގުޅީ؟!” މާޒިން އެހެން އެހުމުން އަމީނާ ސޯފައިން ތެދުވެގެން، މާޒިން ގޮވައިގެން ވަނީ ބަދިގެއަށެވެ. އޭރުވެސް މާޒިން އިނީ ކޮންމެވެސް ވަރަކަށް ހައިރާން ވެފައެވެ. “މާޒިން.. މިރޭ މިއުޅެނީ ޒޫމީއަށް ވެގެން އުޅޭ ގޮތެއް ބަލަން ވެގެން، މާޒިންގެ އެހީތެރިކަން ވެސް މިކަމުގަ ވަރަށް ބޭނުން” އަމީނާ ގޮތް ހުސް ވެފަ ހުރި މީހެއް ފަދައިން ބުނެލިއެވެ.”އަޅެ ދޮންތާ ތީ ބުނަން ވެސް ޖެހޭ ކަމެއް ނޫނެއްނޫން، އޭ އަޅުގަނޑުގެ ވެސް ކަމެކޭ، ދޮންތަ ދެން އެހާ ވަރަށް ނުވިސްނާ އިރާދަ ކުރެއްވިއްޔާ ހުރިހާ ކަމެއް ވެސް ރަގަޅު ވާނެ” ދެމައިން އެއްކޮށް ބޭރަށް ނިކުތް އިރު ކިޔަވާމީހުން ވެސް ތިބީ އައިސްއެވެ…
” ކޮބާ އެމަންޖެ؟ އަވަހަށް ގޮވައިގެން އާދޭ، ވަގުތު ޖެހިއްޖެ” އީސަބެ ފާޑެއްގެ ކަރުދާސް ތަކެއް އޮޅައި ނިއްމާލާފަ އެހެން ބުނުމުން އަމީނާ ދެފައިން ބަޑިތަޅައިފަ ދިޔައީ ޒޫމީ ބަލާއެވެ. އޭރު ވެސް ޒޫމީ ކުޑަ ކުއްޖެއްހެން އީތަން ކައިރީގަ ރޮނީއެވެ.” ދަރިފުޅާ ހިނގާބަލަ ބޭރަށް ނިކުންނަން، ބައްޕަ އެބަ ގޮވައި ދަރިފުޅަށް” އަމީނާ ޒޫމީގެ ބޮލުގައި ފިރުމައި ލަމުން ބުނެލިއެވެ. އަމީނާ ޒޫމީ ކައިރި އެހެން ބުނިއިރު ވެސް ޒޫމީގެ ހާލަތު އެގެއެވެ. ނަމަވެސް އެދަރިފުޅު ކިތަންމެ ދެކޮޅެއް ހެދިޔަސް ނުގެންގޮސް ވާންނެތީއެވެ.”ނޫން މަންމާ އަޅުގަނޑެއް ނުދާނަން، އަޅުގަނޑު ބިރުގަނޭ، އޭތި އެންމެން މަރާލާނެ!” ޒޫމީ ނުދާން ގަދަ ހަދަމުން ބުނެލިއެވެ.”ދަރިފުޅާ މަންމަމެން ވެސް މިތިބީނޫން، އިރާދަ ކުރެއްވިއްޔާ އެއްވެސް ކަމެއް ނުވާނެ، ދަރިފުޅު ބިރު ގަންނާތީ ހީވާއެއްޗެއްތީ” އަމީނާގެ ލޮލަށް ޖަމާވަމުން ދިޔަ ކަރުނަތައް ފޮހެލަމުން އަރުވައި ޖަހައިފަ ޒޫމީގެ އަތުގަ ހިފައިގެން ބޭރަށް ނުކުމެއްޖެއެވެ. އޭރު އީތަން ވެސް އަމީނާ ފަހަތުން ނިކުތެވެ. އޭރު ސިޓިނަރޫމު އިނީ އެކަމަށްޓަކައި ރެޑީ ކޮއްފައެވެ.”ކޮއްކޯ! އަވަހަށް އޮށޯވެލާ” ޒޫމީ ބާއްވަން ރެޑީކޮއްފަ ހުރި ތަނަށް އިޝާރާތް ކުރަމުން އީސަބެ ބުނެލިއެވެ. ޒޫމީ ކިތަންމެ ބިރު ގަތަސް އިތުރު ގޮތެއް ނެތުމުން އެތާ އޮށޯވެއްޖެއެވެ. “ކޮބާ ކިޔަވާ ކުދިން ތައްޔާރުތަ؟ އަވަހަށް ކިޔަވަން ފައްޓާ، އެއްވެސް ކުއްޖެއް ހަނދާން ނައްތާ ނުލާތި، ޖިންނި ސޫރަތް ކިޔަވާނީ، މިތާތެރޭގަ ކޮންމެ ކަމެއް ވިޔަސް މަގޭ އިޝާރަތަކާ ނުލައި ކެޔެވުން މަޑު ނުކުރާތި ކިޔެވުން ހުއްޓާގެން ނުވާނެ” އީސަބެ އަލިފުން ޔާޔަށް ހަދަން ވީގޮތް ކިޔާދިނެވެ. ކިޔަވާ މީހުން ވެސް ލައްބައޭ ކިޔާ ބޯޖަހައިލިއެވެ. ޒޫމީ ފަކީރު އޮތީ ވާނެ ގޮތަކާ ދޭތެރޭ ވިސްނާ ވިސްނާ ބޯ ހަލާކު ވާވަރު ވެގެން ދެލޯ މަރާ ތަގޮޅި ކޮއްލާގެންނެވެ. ވާނީ އެހެންތާއެވެ. އެފަކީރު ހުރީ އެހާ ބިރު ގަނެފައެވެ. ކިޔެވުން ފެށިގެން ކުރިއަށް ދަނީއެވެ. އީސަބެ ރޯކޮއްފަ ހުރި އަލިފާން ގަޑަށް ކޮތަބެރި އަޅާ ދޮން ގަނޑު ބޮޑު ކުރަމުން ދަނީއެވެ. އެއްމެން ތިބީ ދެން ވާނީ ކީކޭ ބާއޭ ހިތަށް އަރައަރައެވެ.
……ނުނިމޭ….
10 Comments
Comments are closed.
Mi part ves reethi vaane kamah ummeedhu kuran pls mistake Tha huriyya buneladhehchey Eyrun rangalhu kuran ingenee?
Mi part ves v reethi.. v kiyaa hithun indhaa nimuny.. next part ah v inthizaaru kureve. .tc
Thanks navya mirey up kuraanan
V Reethi☺
V salhi.. next part avahah upp kohdhehcheyy… waiting…
Nice….
Aharen ves hithah ara dhen vaani kihineh ba ey?
Alhey..
Dhn kihineh vaanebaa dhw
Ohhh wow?? it’s luvly stry thanks 4 the luvly stry n mirey up koh dheyvaahakaves bunefi thank u so much Adam will wait v hiy gaimu v interesting stry eh ???❤❤❤❤???????
V salhi
Anehkaa eethan maraa nulahchey Adam. V salhi