” ދަރިފުޅު ވަރަށް ވަރުބަލިދޯ؟” އަފީފާ ހީލަމުން ބުނެލިއެވެ. “އާނ ވަރު ބަލި ވާނެންނުުން، އެތައް އިރަކު ފުލައިކޮއްފަ ވިއްޔާމިއައީ” ވިނާން ހީލަމުން ބުނެލިއެވެ. “ހެހެ ދަރިފުޅުދޭ އަވަހަށް ފެން ވަރައިގެން އަންނަން ދަރިފުޅު އަންނަންދެން މަންމަމެން ވެސް މިތިބީ ސައި ނުބޮއެ، ވަރަށް ބަނޑުހައި ވެއްޖެ!” އަފީފާ ބަނޑުގައިއަތް ހާކަމުން ބުނެލިއެވެ. “އޯކޭ މަންމާ، އަޅުގަނޑު މިއަންނަނީ ވަރަށް އަވަސް ކޮއްލައިގެން، މަންމަމެން ބަނޑުހައި ވިޔަކަ ނުދޭނަން!” ވިނާން އެހެން ބުނެފަ އޭނާގެ ލަގެޖު ހިފައިގެން […]
ސައުދުއާ އަފީފާ ތިބީ ރޭގަނޑުގެ ކެއުމަށް އިންސާފު ކުރާށެވެ. އަފީފާ އެހެންޏާ ހުންނަގޮތައް ބަލައިފަ މިރޭ ހުރީ ތަންކޮޅެއް މޫޑީ ގޮތަކަށެވެ. ފަހަރެއްގައި މިއަދު އަލްޔާއާ ދިމާލައް ބުނެވުނު އެއްޗަކުން ވީގޮތަކަށް ވެސް ވެދާނެއެވެ. ވާނީ އެހެންތާއެވެ. އެވަރުގެ ޖަރީމާއެއް ހިންގާފައި އަމިއްލަ އަނގައިން ބޭޒާރު ވީމަ ކޮންމެ މީހަކަށް ވިޔަސް ވާނީ އެހެންތާއެވެ. އޭރު ވެސް އަލްޔާއާ ޖަޔާއާ ދެމީހުން ޖެހި ބުދެއްހެން މޭޒު ކައިރީގައި ކޮއްޅަށް ތިއްބެވެ. އެދެ ނޯކަރުންގެ ކަމަކީ އެމީހުންގެ ޙާދިމުން […]
“ސާބަސް މަހީކުރީ އަދި އެސޮރާ ހިތާވީކަމަށް” އަލްޔާގެ ކޮޑުގައި ޖަހައިލަމުން ޝަރާ ބުނެލިއެވެ. ޝަރާ އުންމީދު ކުރި ކަހަލަ ވާހަކައެއް ނޫން ކަން އެނގުމުން ޝަރާ ހުރީ ފޫހި ވެފައެވެ. “ޝަރާ، އަލް މިއުޅެނީ މާލެ ދާންވެގެން!” އަލްޔާ މޫދުބަލަން ހުރެ ބުނެލިއެވެ. “ކީކޭ؟! ނުވާނެ އެހެންޏެއް އަލްޔާ ކިހިނެއް މާލެ ދާނީ؟!” ޝަރާއަށް ގަބޫލު ނުކުރެވިގެން ހައިރާން ވެފަ އަހައިލިއެވެ. “ނުނެކޭ ހަމަ އަސްލު ވެސް މިއުޅެނީ ދާންވެގެން، މާދަން ހެނދުނު ފުރަން” އަލްޔާ ދޮންވެލި […]
“ދަރިފުޅާ، އަލްޔާ މަންމަ ނެތީމަ ވަރަށް ދެރަވެފަދޯ ތިހިރީ؟، ހިނގާބަލަ އެތެރެއަށް މަންމަ ހުންނާނެ ދަރިފުޅަށް ހަދިޔާ ގެނެސްފަ” ބަދޫރާ ގެއަށް އާދެވުމާއެކު ހެވި ދިލިފަ ހުރެ އަލްޔާއަށް ގޮވައި ލަމުން ބުނެލިއެވެ. އަލްޔާ ހުރީ ބުނާނެ އެއްޗެއް ނޭނގި ތަލިން ކުޅުހިކިފައެވެ. އެހެން ނުވެ ހުރެ ދާނެހެއްޔެވެ؟ އޭނަގެ ހަނދާން ހުންނަން ފެށީއްސުރެ ދަރިފުޅާއޭ ކިޔާފަ ގޮވި ފުރަތަމަ ފަހަރަކީ މި ވިއްޔާއެވެ. “ބަލަ ދަރިފުޅާ މަންމަ މިވާހަކަ ދައްކަނީ ދަރިފުޅާއޭ، ދަރިފުޅު ހައިރާންވެފަ ދޯ […]
އަލްޔާގެ ހަޔާތުގައި ދުވަސްތައް ފާއިތު ވަމުން ދިޔައީ ނުހަނު ފަރިތަ ކަމާއިއެކުއެވެ. އޭނާގެ ހަޔާތަށް އަދިވެސް އިތުރު ބަދަލް ތަކެއް ނާދެއެވެ. ހަމަ ކުރިއެކޭ އެއްގޮތަށް ލިބޭ އަނިޔާ އާ ކެކުޅުން ތަހައްމަލް ކުރަމުން ދިޔައީ ހިތް ދަތިކަމާއި ކެތްތެރި ކަމާއިއެކުގައެވެ. ބައެއްފަހަރު ދިމާވާ ކަންތަކުން އަމިއްލަ އަށް މަރުވުން ވެސް މާ ރަނގަޅޭ ހިތަށް އަރާ އެތައް ފަހަރެއް އާދެއެވެ. އެގޮތަށް އަލްޔާގެ ހަޔާތުން މިވެސް އެކަހަލަ ދުވަހެކެވެ. “ބަލަ ކަލޭ ކައިރީގައި ކިތައް ދުވަހު […]
ހުއްޓުމެއް ނެތި ވާރޭ ވެހޭތާ ދެތިން ދުވަސް ފަހުން މިއަދަކީ އަވި ގަދަ ދުވަހެއް ކަމުން މުޅި ރަށުތެރެ އޮތީ ހަލަ ބޮލި ވެފައެވެ. ހަވީރު ހަތަރެއް ޖެހުމާއެކު ފުޓުބޯޅަ ކުޅެން އުޅޭ ކުދިވެރިން ދުއްވާގަތީ ފުޓުބޯޅަ ދަނޑާ ދިމާލަށެވެ. އަންހެން ކުދިން ދުއްވާގަތީ ބަށި ކުޅޭ ދިމާލަށެވެ. އެރަށުގެ އުޅޭ ޒުވާނުންގެ ދިރުމަކީ އެއީވެ. ބަށި ކުޅޭތަނަށް ނުދާ އަންހެން ކުއްޖަކު ނެތޭ ބުންޏަސް ދޮގަކަށް ނުވާނެއެވެ. އެހެން ނަމަވެސް އަތިރިމަތީ ވެލިގަނޑާ ކުޅެން އެހެރަ […]
އިރާދަ ކުރެއްވިއްޔާ މިވާހަކަ އޮގަސްޓު 27 ވަނަ ދުވަހުން ފެށިގެން އަޕް ކުރާނަން އެދުވަހަކީ އަޅުގަނޑުގެ ހަޔާތުގަ ވަރަށް މުހިންމު ދުވަހެއް ވީމަ އެދޮވަހަށް މަޑު ކޮއްލުން އެދެމެވެ. އުންމީދު ކުރަން މިވާހަކަޔަށް އިންތިޒާރު ކުރާނެކަމަށް މިއީ ހިތާމަވެރި ލޯބީގެ ވާހަކައެއް ހާއްސަކޮށް އަންހެން ބޭފުޅުންނަށް ވިދާޅުވަން ވަރަށް ކަމުދާނޭ. ޝުކުރިއްޔާ ވަރަށް ލޯބިވޭ އަޅުގަނޑުގެ ވާހަކަ ވިދާޅުވާ ހުރިހާ ބޭފުޅުން ދެކެވެސް. އަލްޔާގެހަޔާތުން މިވެސް ދުވަހެކެވެ. އެފަކީރުގެ މުޅި ހަޔާތުގައި ވެސް މިނޫން ދުވަހެއް އަދި […]
“އެކޮއެ މިސޮރު ގޮވައިގެން ސިޓިން ރޫމަށް ހިގާ، މިތާ ބާއްވައިގެންނެއް މިކަމެއް ނުވާނެ” ރައޫފްބެ އެހެން ކިޔާ މާއިލް އަތަށް ނަގައިގެން ނިކުތީ ބޭރަށެވެ. އޭރުވެސް މާއިލް އޮތީ ދެލޯ މެރިފައެވެ. ހަގީގަތުގައި ރައޫފްބެ ކިޔަވަން ފެށުމުން މާއިލް އޮތީ ހޭނެތިފައެވެ. ރައޫފްބެ މާއިލް ގޮވައިގެން ނިކުތުމުން ޒޫމީވެސް ފަހަތުން ނިކުތެވެ. އޭރުވެސް ޒޫމީ ހުރީ ރޮއެ ރޮއެއެވެ. މަލަކާ ދެވުނު ހިތްވަރެއް ޒޫމީއަށް ދެމުން ދިޔައެވެ. އިސާހިތަކު އެވަގުތަކީ ސަލީމުމެން ވެސް އައިސް ވަން ވަގުތެވެ. […]
“އައްސަލާމް އަލައިކުމް” އީސަބެ ފޯނުނެގުމުން ސަލީމު ސަލާން ގޮވައިލިއެވެ. “ސަލީމު ހާދަ ދުވަހެއް ކޮއްލައިފަ ތިގުޅާލީ، ކިހިނެއް ވީތޯ؟!، އަނެއްކާ ކަމެއް ދިމާވީތޯ؟!” އީސަބެ އެއް ނޭވަޔަކުން އަހައިލިއެވެ. “މިގުޅާލީ ފާޑެއްގެ ކަމެއް ދިމާވެގެން، އީސަބެއަށް މާލެ ޖައްސާލެވިދާނެތޯ؟” ސަލީމު ފުރަތަމަ ސަބަބު ބުނެ މާލެ އާދެވޭނެތޯ އަހައިލިއެވެ. “އެހެންތަ؟ ކުޑަގޮތަކަށް ކިޔާދީބަލަ އޭރުންތާ އިގޭނީ، ފަހަރެއްގައި ތިކޮޅަށް ނުގޮސްވެސް ހަމަޖެހިދާނެއް ނޫން” އީސަބެއަށް މާލެ ދިއުން އެހާ ފަސޭހަކަމަކަށް ނުވާތީ ރަށުގަހުރެގެން ކުރެވޭ ވަރުގެ ކަމެއްތޯ […]