
ބީހުން….(15)
ޒޫމީ އޮޕުރޭޝަން ކުރިތާ މިއަދަކީ ތިންވަނަ ދުވަހެވެ. އިތުރު މައްސަލައެއް ނެތުމުން ޑޮކްޓަރު ވިދާޅުވެފަ އޮތީ މިއަދު އޭނާ ޑިސްޗާރޖު ކުރާނެކަމަށެވެ. އީތަންގެ އިރުޝާދާ އެއްކޮށް މިއަދު އެއްވެސް މީހެއް ހޮސްޕިޓަލަކަށް ނުދެއެވެ. އެއީ އެންމެން ރާވައިފަ އޮތީ ޒޫމީއަށް ބޮޑު ސަޕުރައިޒެއް ދޭންކަމުންނެވެ. އީތަން ހުރީ ގަނޑިއަށް ބަލައިގެން ޑޮކްޓަރު ދުރުވާނެ އިރަކަށް ވަގުތު ގުނަގުނައެވެ. “ޒޫމީ ކޮބީ ކިހިނެއްތަ ހާލު؟” ޑޮކްޓަރު އައިސް ޒޫމީއާ ވާހަކަ ދައްކާ އަޑަށް އީތަން ދިޔައީ ސިއްސާގެންނެވެ. އީތަން ވަގުތުން ހުރިގޮނޑިން ތެދުވެ ހަމަޔަކަށް އެޅިލިއެވެ. “ރަނގަޅު ޑޮކްޓަރ” ޒޫމީ ޑޮކްޓަރަށް ޖަވާބު ދޭންވެގެން ހިނިތުން ވުމަކާއިއެކު ބުނެލިއެވެ. “އެހެންވީމަ، އެންމެރަނގަޅު، އަދި ފަސް ދުވަސް ފަހުން ބޭސް ގަނޑު ބަދަލް ކުރަން ދުރުވޭ” ޑޮކްޓަރު އެހެން ވިދާޅުވެފަ ނަރުހެއް ކައިރީގަ އެއްޗެކޭ ބުނުމުން ނަރުސް ކުއްޖާ އައިސް ޒޫމީމެން ގެޔަށް ފޮނުވާލުމުގެ މަސައްކަތް ފަށައިފިއެވެ. “ކީއްވެ މަންމަމެން މިއަދު ނައީ؟!” ޒޫމީ ހައިރާންވެފަ އަހައިލިއެވެ. ހައިރާން ވާނެނޫންހެއްޔެވެ. އަމީނާމެން އެތެނަށް އައިސްސިއްޔާ އެއީ ދާން އުޅޭ ބައެއް ނޫން ވިއްޔާއެވެ. ” މިއަދު ޑިސްޗާރޖު ކުރާތީ މަންމަމެން ނައީ، މަންމަމެން ނެތަކަސް ޒޫ އަކަށް އެއްވެސް ކަމެއް އުންޏެއް ނުވޭންނޫން” ޒޫމީގެ މޫނަށް ބަލަމުން އީތަން ބުނެލިއެވެ. އީތަން އެހެން ބުނުމުން ޒޫމީ އިނީ އެއްވެސް އެއްޗެއް ނުބުނެ ކުޑަމީހައި އުރައިގެން އީތަން އެއްޗެހި ޕެކުކުރާތަން ބަލާށެވެ. އެއްޗެހި ޕެކުކޮއްގެން މާގިނަ އިރުތަކެއް ނުވަނީސް ކުޑަ މީހާ ގޮވައިގެން އީތަންމެން އައީ ގެޔަށެވެ. އީތަން ބެލް ޖަހައިލުމުން ދޮރު ހުޅުވީ ރާބިއާއެވެ. “މަރުހަބާ ދަރިފުޅާ، އަވަހަށް ވަނދޭ!” ރާބިއާ އެހެން ބުނުމުން ރާބިއާޔަށް ހިނިތުންވުމެއް ދީފަ ޒޫމީ ވަނީ އެތެރެއަށެވެ. ގޭތެރާގައި ވާއެއްވެސް ކަމެށް ޒޫމީއަށް ނުފެންނަ ކަހަލައެވެ.” ސަޕުރައިޒު!!” އަޒީޒާ ދުވެގޮސް ކުޑަމީހާ އަތުލަމުން ބުނެލިެވެ. ޒޫމީ ހުރީ ހައިރާންވެ ބަސް ހުއްޓިފައެވެ. “އަޅޭ ތުއްތާ ކޮން އިރަކު އައީ؟ ތުއްތަބެވެސް؟! އޯމައި ގޯޑު މާޒިންބެ ވެސް!، ޕިސް ޕިސް؟!!” ޒޫމީ ވީއުފަލުން ހައިރާން ވެގެން ދިޔައީ ބަޑި ފަޅާގެންނެވެ. ” އަޅެ ކީއްވެތަ އީތަން ނުބުނީ ތުއްތަމެން އައި ވާހަކަ؟” ޒޫމީ ހިތްހަމަ ނުޖެހިހުރެ ޝަކުވާ ކޮއްލިއެވެ. “ހެހެ…ބުނިނަމަ ސަޕުރައިޒަކަށް ނުވާނެންނޫން، އެހެންވެ ނުބުނީ” ޒޫމީ ކައިރީގަ ތުއްތަމެން އައި ސަބަބު ނުބުނިގޮތް އޮޅުންފިލުވާދިއެވެ. “އޭތެދެކޭ! ތުއްތަމެން ބުނީއޭ އީތަން ކައިރީގައި ނުބުނާށޭ އޭރުންނޫންތަ ޒޫއަށް ސަޕުރައިޒް އަކަށް ވާނީ؟!” އަޒީޒާ ހެމުން ހެމުން ބުނެލިއެވެ. “އަޅެ ހާދަ ލޯބި ފުށްގަނޑެކޭމީ، ހީވަނީ ހަމަ ޒޫ ކުޑައިރު ހެން” ކޮޑަމީހާޔާ ލޯބި ކޮއްލަމުން އަޒީޒާ ބުނެލިއެވެ. “ކޮންނެމެއްތަ މިސޮރަށް ކިޔަނީ؟ މިސޮރާ އެއްވަރަކަށް ރީތި ނަމެއް ދޭން ޖެހޭނެ އިނގޭ!” އަޒީޒާ އަނގަ މަޑުނުވެގެން ބުނެލިއެވެ. އަޒީޒާގެ އަގަޔަށް ހީވަނީ ރެވިތެޔޮ އެޅިގެން އުޅޭ ހެންޏެވެ. އެހާާވެސް އަނގަ ގަދައެވެ. ވާނީވެސް އެހެންތާއެވެ. އެތަށް ދޮވަހެއް ކޮއްފަ މާލެ އާއިރު އެއކތީ އާ މީހަކު ވެސް އައިސްވިއްޔާއެވެ. “ނޭނގެ ތުއްތާ؟ އެދި ނަމެއް ނުހޯދަން އެކަމަކު އީތަން ފާޑެއްގެ ނަމެއްކި މަ މިހާރަކު ހަނދާނެއްވެސް ނެތް އެނަމެއް” އަޒީޒާގެ ސުވާލަށް ދޭނެ ޖަވާބެއް ނޭނގޭތީ ޒޫމީ ބުނެލިއެވެ. “އާޗާ…ހާދަ އަވަހަކަށޭ ހަނދާން ނެތުނީ ދުވަސް ކޮޅަކުން މަގޭ މަތިންކަންނޭގެ ހަނދާން ނެތޭނީ” ޒޫމީ ރުޅި އަރުވާލަން ވެގެން އީތަން ބުނެލިއެވެ. “އަސްތާ މަ ކިހިނެއް އީތަން މަތިން ހަނދާން ނެތޭނީ؟ އަސްލު ބުނެބަލަ ކޮންނަމެއްތަ ބުނީ” ޒޫމީ ހަނދާން ނުވުމުން އީތަން ކުރެން އަހައިލިއެވެ.” މަބުނީ މާއިލް އޭ! އަޅެ އެނަން ހަޑިތަ؟ މަޝާ ޒޫ އާވެސް ގުޅޭ ނޫންތަ އެނަން؟” އީތަން އެންމެންގެ މޫނަށް ބަލަމުން ބުނެލިއެވެ.” ވާވް!!ވަރަށް ސަޅި ނަމެއްތީ!!” އަޒީޒާ އަނގަ ލައްޕައިގެން ނުހުރެވިގެން ބުނެލިއެވެ. “ދަރިފުޅާ ދެން ހިނގާ ކޮޓަރިއަށް ދާން މާގިނަ އިރު ވަންދެން ކޮއްޅަށް ހުރީމާ ވަރުބަލިވެދާނެ!” އަމީނާ އެހެން ބުނުމުން ޒޫމީ ވަނީ ކޮޓަރިއަށެވެ. ޒޫމީ އިނީވެސް އޮށޯންނަން ބޭނުން ވެފައެވެ. އެހާގިނައިރު ކޮޅަށް ހުރީތީ ހުރީ ވަރުބަލިވެފައެވެ. އެދުވަހު މުޅި ގޭތެރެ ހީވާނީ ބޮލަށް ވެއްޓިދާނެހެންނެވެ. އެހާވެސް ފޯރިގަދައެވެ.
“މާޒިންމެން މިހާރު ކައިވެނި ކުރަން ހަމަޖައްސަނީ ކޮންދުވަހަކުންތަ؟ އަޒީޒާޔާ އަމީނާ ދެބެއިން ވާހަކަ ދައްކަން ތިބެފަ އަމީނާ އަހައިލިއެވެ. “ނޭނގެ އަދި މާޒިން ބުނި އަންނަ ހަފުތާގައޭ ކުރާނީ، އޭ އަދި ތިވާހަކައެއް ނުނޭ ދައްތާ، އެ މަންޖެއަކީ ރަނގަޅު ކުއްޖެއްތަ އަނެއްކާ؟ އަޒީޒާ މަލަކާގެ ހަގީގަށް ނޭގޭތީ އޮޅުން ފިލުވަން ވެގެން އަމީނާ ކުރެން އަހައިލިއެވެ. “އެއީ ގޯސް ކުއްޖެއްނޫން، އެއީ ޒޫގެ ބެސްޓް ފްރޭންޑު!” އަމީނާ އޮޅުން ފިލުވައި ދިނެވެ. “މާޒިންވެސް ބުނި މަލަކާ އަކީ ޒޫގެ ބެސްޓު ފުރޭންޑޭ އެކަމަކުވެސް، ބަލަން ޖެހޭނެންނޫން؟ ޒޫ ކިތަންމެ ރަނގަޅަކަސް މަލަކާއަކީ ރަނގަޅު ކުއްޖަކަށް ވެސް ނުވެ ހިގާދާނެއެއްނޫން؟ އެހެންވެ ދައްތަ ކައިރީގަ މައެހީވެސް” އަޒީޒާ ފޮރުވުމެއްނެތި ކަން އޮތްގޮތަށް ބުނެލިއެވެ. އެއީވެސް ދޮނގެއް ނޫން ވިއްޔާއެވެ. ކިތަންމެ ރަނގަޅު ކުއްޖަކާ އެކު ވެސް ގޯސް ކުއްޖެއް އުޅެފާނެ ތާއެވެ. “ކައިވެނި ކޮއްގެން އެކޮޅަށް ބަދަލު ވަނީތަ؟ އަމީނާ އަހައިލިއެވެ.” ނޫނޭ އެކޮޅަކަށް ބަދަލެއް ނުވާނެ، މާޒިން ބުނީ މަލަކާ ވަޒީފާ ދޫކޮއްފަ ނުދާނެޔޯ މާލޭގަޔޯ އުޅޭނީ، މަލަކާމެންގޭގަ އުޅެވޭނެޔޯ، މަ ބުނިން ގޭގެ ފްލޯއެއް ހުސްވީމަ ގެޔަށް ބަދަލް ވާށޭ، އެކަމަކު އެސޮރު ބުނީ މަލަކާގެ މަންމަމެން އެކަނި ވާނެޔޯ ބަދަލް ވީމަ އެގޭގަޔޯ އުޅޭނީ، އެކުދިންނަށް ފެންނަ ގޮތަކަށް ކަންތަށް ކުރީމަ ހުންނާނީ ރަނގަޅަށް” އަޒީޒާ އެއް ނޭވާއިން ވާހަކަ އަމުނާ ނިއްމާލިއެވެ. ހަގީގަތުގަ އަޒީޒާ އޭނަގެ ދަރިންގެ އެއްވެސް ކަމަކާ ބެހޭކަށް ބޭނުމެން ނުވެއެވެ. އޭނާ ގަބޫލް ކުރާ ގޮތުގައި އެކުދިން ނިންމާނީ އެކުދިންނަށް އެންމެ ރަނގަޅު ގޮތެވެ. އެގޮތަށް އެތަށް އިރަކު އެދެބެއިން އެކިއެކި ވާހަކަ ދައްކަން ތިއްބެވެ.
މިއަދަކީ އީތަންގެ ދެމަފިރިންގެ ދަރިފުޅަށް ހަތް ދުވަސް ވާދުވަހެވެ. މިއަދަށް ޓަކައި އެގޭ ވަނީ ވަރަށް ޒީނަށްތެރި ކޮއްފައެވެ. ބަކަރި ކަތިލާ، ވަރުގަދަޔަށް ކައްކާމާހުން ކައްކަމުން ދިޔައެވެ. އަމީނާގެ ދެމަފިރިންވެސް ހީވަނީ އެހެން ކަމެއް ލައިގަނެގެން އުޅޭ ހެންނެވެ. ރާބިއާވެސް އޭނާޔަށް ކުރެވުނު އުފަލެއް ކުރަމުން ދިޔައެވެ. އާދަނު ނެތުމުން އޭނަގެ ހަނދާންތަކާ އެކުއެވެ. ކޮންމެއަކަސް އީތަންމެންގެ ދަރިފުޅަށް އީތަން ބޭނުންވި ފަދައިން އޭނަ ދޭން ބޭނުންވީ ނަމުން ނަން ކީޔާ އާއީލާ އެންމެން ވަރަށް އުފާވެރިކަމާއިއެކު އެކަން ނިންމާލައިފިއެވެ. އެ ދަރިފުޅަށް ދެވުނު ނަމަކީ އަޙުމަދު މާޢިލް އީތަން އެވެ. އެންމެންނަށް ވެސް އެނަން ކަމު ދިޔައެވެ. ދުނިޔޭގެ ކަންތައް ހިނގާގޮތް ނިކަން ދެކިބަލާށެވެ. އޮޅުމަކުން ވިޔަސް ނޭގިނަމަވެސް އެދަރިފުޅަށް ނަން އެދެވުނީ ޒޫމީއާ އީތަން އާ އަދި އެއްދުވަސް ވަރެއްގަ އީތަން ދެކެ އިންތިހާޔަށް ލޯބިވި އަދި ޒޫމީގެ އެންމެ ގާތް އެކުވެރިޔާގެ ނަމާވެސް ގުޅުވިގެންނެވެ. އެއީ ކާކުކަން ކިޔުން ތެރިންނަށް އިގޭނެކަމާމެދު ޝައްކެއް ނުކުރަމެވެ.
ދޮވަސްތަށް ހަލުވިކަމާއެކު ހިނގަމުން ގޮސް މިއަދަކީ އެދުވަހަށް ޓަކާ މާޒިން އަދި މަލަކާ އިންތިޒާރު ކުރަމުން އައި ދުވަހެވެ. މިދުވަހަށްޓަކާ އިންތިޒާރު ކުރީ އެދެމީހުުން އެކަންޏެއްވެސް ނޫނެވެ. ދެފަރާތުގެ އާއިލާވެސް މިކަމުގައި ކެތްތެރި ކަމެއް ނެތި އިންތިޒާރު ކުރިއެވެ. ކައިވެނި ޕާޓީ ދޭން ހަމަ ޖެހިފައި އޮތީ ދަރުބާރުގޭ ކަމުން އެރޭ އަށެއް ޖަހާއިރަށް ދެފަރާތު އާއިލާ މީހުންދިޔައީ އަރުވައި ޖަހައިފަ ތައްޔާރު ވަމުންނެވެ. އެހެން ނަމަވެސް މިއުފަލުގަ ޒޫމީއެއް ބައިވެރި ނުވެއެވެ. މާއިލް މާ ކުޑަ ވީމަ އެންމެން ވެސް ނިންމީ ޒޫމީ ގޭގައި މަޑު ކުރާ ގޮތަށެވެ. މާއިލްއަށް އަދިވީ އެންމެ ބާރަ ދުވަސް ވިއްޔީއެވެ. އެހާ ތުއްތު ކުއްޖަކު ގޮވައިގެން ގޮސް ވާނެ މަޖަލެއް ނޯންނާނެވިއްޔާއެވެ. ކޮންމެ ކަމެއް ކޮންމެ ގޮތަކަށް ވެނިމިފަ އޮތަސް އެޕާރޓީގައި ބައިވެރިވާން ޒޫމީ ކިތަންމެހައިވެސް ބޭނުން ވިއެވެ. އެކަމަކު ކިތަންމެ ދާން ބޭނުން ވިޔަސް ދެވޭކަށް ނެތް ވިއްޔާއެވެ. “އެމަންޖެ ހީވަނީ ޕުރިންސެސް އެއްހެން ދޯ” ހަމީދު އޭނަގެ ދަބިދަރި ރީތިކަމާއިމެދު ތައުރީފު ކުރަމުން ބުނެލިއެވެ. ހަމީދު އެބުނީ ތެދެކެވެ. މަލަކާ ޕިންކު ކުލައިގެ ވެޑިން ޑޮރެސްގައި ހުރި އިރު ހީވަނީ ޖަލުޕަރީއެއް ހެންނެވެ. އެހާވެސް ޗާލު ވެފާ ފުރިހަމައެވެ. “އާނ…ތިބުނީ ތެދެއް އެމަންޖެ ވަރަށް ރީތި ރީތިކަމާއި އެއްވަރަށް އުޅުން ވެސް ރީތީއްޔާ އަހަރުންގެ މާޒިން އަކީ މިދުނިޔޭގަ ހުރި އެންމެ ނަސީބު ގަދަ ކުއްޖާއަށް ވާނެ” އަޒީޒާ ވެސް ހަމީދު އާ ބައިވެރި ވަމުން ދަބި ދަރިއަށް ތައުރީފު ކޮއްލިއެވެ. މާޒިންއާ މަލަކާޔާ ދެކުދިން ތިބީ ކައިވެނިކޮއް ނިމުމުން ޕާރޓީއަށް އަންނަ މެހެމާނުންނާ ސަލާން ކުރަން ހަމަޖެހިފަ ހުރި ޖަގަހައިގައެވެ. އޭރު ޕާރޓީއަށް ދައުވަތު ދީފަ ހުރި މީހުން ޖޯޑު ޖޯޑަށް އަންނަމުން ދިޔައެވެ. މީހުން ކުޑަކޮށް މަދުވި ވަގުތުކޮޅުގައި މަލަކާ މާޒިން އާ ކައިރިވެލިއެވެ. “މާޒު ހާދަ ދެފައިގައި ރިއްސައޭ ހުވާ މިބުނީީ މިއީ މިހާ ވަރުގަދަ ކަމެއް ކަން އިގުނުނަމަ ޕާރޓީއެއް ނުވެސް ބާއްވާނަން” މަލަކާ ކޮއްޅަށް ހުރެ ވަރުބަލިވެގެން ބުނެލިއެވެ. “ކެތް ކޮއްލާ އަދި އެބައިން ބައިގަޑިއިރު!” މަލަކާގެ އުނަގަނޑުގައި ހިފާ ގަޔާ ގާތް ކުރަމުން މާޒިން ބުނެލިއެވެ. މަލަކާ ހުރީ މާޒިންގެ އެހަރާކާތުން ފިނިފެން މަލެއްހެން ފޮޅިފައެވެ. އޭރު އެމަންޒަރު ބަލަން އަޒީޒާގެ ދެމަފިރިން ތިބީ ހެވި ދިލިފައެވެ. “މަލާއަށް އިނގޭތަ؟ އަދި ކުރިއަށް ހުރީ ވޭން އަޅާކަންކަން!” މަލަކާގެ އަރިކަށީގައި ކޮށްޓަމުން މާޒިން ބުނެލިއެވެ. އެވަގުތު އިތުރު ބަޔަކު ޕާރޓީއަށް އައުމުން މަލާކާ އެމީހުންނާ ސަލާންކޮށް ވާހަކަ ދައްކަން ފެށިއެވެ. މާޒިން ވެސް ކުޑަކޮށް މަލަކާޔާ ދުރުވެ އެމީހުންނާ ވާހަކަ ދައްކަން ފެށިއެވެ. “ނިމުނުތަނުންދޯ މިއާދެވުނީ”؟ މަލަކާއާއި އެކު ހޮސްޕިޓަލުގައި އުޅޭ ކުއްޖަކާ ސަލާން ކޮއްލަމުން މަލަކާ ބުނެލިއެވެ. “ނުނޭ ލަހެއް ނޫނެންނޫން ނިއްމާލާކަށް ނޫންތިއައީ؟، އެހެންވީމަ ލަހެއް ނުވާނެ” މަލަކާ ހީލަމުން ބުނެލިއެވެ. “ނިމުނީދޯ ހިނގާ އެއްކޮށް ކާންދާން މަލާ ހުންނާނީ މިހާރު ބަނޑުހައިވެފައެއް ނޫން” މަލާކާގެ ރަހުއްމައްތެރި އަޒޫ އެހެން ބުނުމުން އާއޭ ކިޔާ މަލަކާގެ ދެމެފިރިން ވެސް ދިޔައީ އޭނަޔާ އެއްކޮށް ކާން ވެގެންނެވެ.
” ހާދަ ވަރުބައްޔޭ، ދެފައި ކޮޅު ނެތްހެން ހީވަނީ، މަބޭނުމީ އަވަހަށް ނިދާލަން” މަލަކާ ފާހާނައިން ނިކުންނަމުން ހާއި ހޯއި ކިޔަމުން އެދަށް ވެއްޓިގަތެވެ. މަލަކާ އެހެން ބުނުމުން ހިނިގަނޑެއް ޖަހައިލައިފަ، މާޒިން ވެސް ވަނީ ފާހާނަޔަށެވެ. އެދެކުދިން ކައިވެނި ކޮއްގެން ދިރިއުޅުން ބަދަލުކުރީ މަލަކާމެންގެ ގެއަށެވެ. މަލަކާއަކީ އެ ދެމަފިރިންގެ ހުރި އެކަނި ދަރިއަށް ވީތީ އެމީހުން ވެސް ބޭނުންވީ އެގޮތެވެ. މަލަކާއަށް ޗުއްޓީ ނުލިބުމުން ހަނީމުން އޮތީ އަދި މަޑު ޖައްސާފައެވެ.
” ދަރިފުޅަށް އިގޭތަ؟ މިހިރީ ދަރިފުޅުގެ ކާފަ، ދަރިފުޅަށް އިގޭތަ ކާފައަކީ ބައްޕަގެ ހީރޯ!” އީތަން އޭނަގެ ހަމަހުގެ ކުޑަ ކުޑަ މާއިލްއަށް އާދަނުގެ ފޮޓޯ ދައްކަމުން ކިޔާދެމުން ދިޔައެވެ. އީތަން ކާފައޭ ކިޔާފަ ކޮންމެ ވާހަކައެއް ދެއްކިއަސް އެކުއްޖާ ފަކީރަށް އިނގޭނީ ކޯއްޗެއް ހެއްޔެވެ. އެމަންޒަރު ބަލަން ދުރުގައި ހުރި ޒޫމީ އިނީ ހީހީ ބަނޑަށް ތަދުވެފައެވެ. ޒޫމީ އެވަރަށް ހޭ އިރުވެސް އީތަން އަކަށް ރޭކާވެސް ނުލައެވެ. ޒޫމީ ކަރު ކަހައިލުމުން އީތަން ފަހަތަށް އެބުރި ބަލާލިއެވެ. “އީތަން ތިކިޔާއެއްޗެއް އެކުއްޖާފުޅަށް އިގޭނެތަ؟ އަޅޭ…މަށަށް ހީވަނީ އެކުއްޖާއަށް ވުރެ އީތަން މާ ތުއްތު ހެން!” ޒޫމީ ހެމުން އީތަން އާ ދިމާކޮއްލިއެވެ. ޒޫމީ އިނީ ހަގީގަތުގައި ވެސް ހީހީ ހަލާކު ވާވަރު ވެފައެވެ. “ޒޫ ދައްކާ މޮޔަވާހަކަދޯ؟ ބަލަ ކުނޑައިރުއްސުރެ ކިޔާދިނީމައޭ އެކުއްޖާޔަށް އިނގޭނީ ކާފައަކީ ހީރޯއެއް ކަން އެހެން ނޫނީ ނޭގެނެޔޭ” އީތަންއަށް ކުރެވުނު މޮޔަ ކަންތައް ހިތަށް އަރާ ދެރަ ނުވާންވެގެން ބުނެލިއެވެ. ހަގީގަތުގައި ޒޫމީ ދިމާކުރުމުން އީތަން ހުރީ ރަކިވެފައެވެ. “ހެހެ އެހެންދޯ އޯކޭ އޯކޭ ގިނައިން ކިޔާދީފަ ބަހަށްޓާ!” ޒޫމީ އަނެއްކާވެސް އީތަން އާ ދިމާ ކޮއްލަން ވެގެން ބުނެލިއެވެ. “މަންމިގެ ކުޑަ ކުޑަ މާލް އާދެބަލަ މަންމީ ބައްދާލަން” މާއިލް އެދުމަތީ އޮތްވާ ނަގައި ލޯބި ކުރަމުނު ބުނެލިއެވެ. މިހާރު ޒޫމީއާ އީތަން އަކީ ވަރަށް ލޯބިން އުޅޭ ދެކުދިންނެވެ. އިތުރު މީހެއްގެ އެސްފިންނާ ނުޖެހިއްޖެނަމަ ކޮންފަދަ ކަލާއްކޯއެވެ.
“ހާދަ މީރުވަހެއް އެބަދޮވައޭ!” އަމީނާ ބަދިގޭގައި ހުއްޓާ މާޒިން ނޯއްދަމަމުން އައިސް ބުނެލިއެވެ. “ހެހެ އެހެންތަ؟ މިއުޅެނީ ޒޫމީ ބިރިއާނީ ނުކެވިގެން އުޅޭތީ، ބިރިއާނީ ކައްކާލަން ވެގެން، އެކަނިތަ އައީ ކޮބާ މަލާ އެމަންޖެވެސް ގޮވައިގެން އައިނަމަ” އަމީނާ ހީލަމުން ބުނެލިއެވެ. “ދޮންތައަށް ހީވޭތަ އޭނަ ނައިސް ހުރެދާނެހެން؟، އައި ގޮތަށް ވަނީ ޒޫ ކޮޓަރިއަށް، މާލް މޮނޑޭ ހިތުން، މިއަދު އިރު އެރީއްސުރެ މިގެއަށް ނާދެވެގިން ހުރި ކުޅިވަރެއް” މާޒިން ހީހީފަ އަމީނާޔަށް ކިޔާދިނެވެ. “ހެހެ އެހަންތަ؟ އެހެންވީމަ މާޒިން ވެސް އުޅޭ އަވަހަށް ދަރިއެއް ހޯދަން އޭރުން ކައިވެނީގެ އަސްލު ކުލަ ޖެހޭނީ” އަމީނާ ހީލަމުން ބުނެލިއެވެ. “ޕިސް ޕިސް ދޮންތާ އަދި ކުއްޖަކު ހޯދަން މާ އަވަހެއް ނޫންތަ؟! މަލަކާ ވެސް ބޭނުން ނުވޭ، އެހާ އަވަހަށް ދަރިއަކު ހޯދާކަށް، އެހެން ނޫނަސް މާލް އެއުތީ ނޫން އެންމެން އޭނަ މޮޑެ މޮޑެ ތިބޭންނުން” މާޒިން ބޭރަށް ނިކުންނަމުން ބުނެލިއެވެ. “ދީބަލަ މަގޭ އަތަށް މާލް، އަޅެ މިހާރު ހާދަ ލޯބިއޭދޯ؟ ހީވަނީ ފޮތްގަނޑެއްހެން” ޒޫމީ މާއިލް އަށް ބުތްދޭން ހުއްޓާ މަލަކާ ވަނދެ މާއިލް ނަގައި ގަންނަމުން ބުނެލިއެވެ. “ތީރޭގަ އަންނަން ބުނިމީހާ، އަދި ކިރިޔާ ތިއާދެވުނީ، ހެހެ ތިދެން ވާނެވަރޭ” ޒޫމީ ޝަކުވާޔާ ދިމާ ކޮއްލުމަކާ އެއްފަހަރާ ކޮއްލިއެވެ. “ހެހެ ނޫނޭ އަސްލު އިނގޭތަ؟ ރޭގަ އަންނަންށޭ ހުރީ އެކަމަކު އަންނަން ނިކުއްތަނާ އެމެޖެންސީ ވެގެން ގުޅީ އެހެންވެ ނާދެވުނީ” މަލަކާޔަށް ނާދެވުނު ސަބަބު ބުނެލިއެވެ. މިހާރު މަލަކާޔާ ޒޫމީ އަކީ ކުރީގައި އުޅުނު ގޮތަށް ވަރަށް ގާތް ދެކުދިންނެވެ. މަލަކާ ވަނީ އޭނަޔަށް ކުރެވުނު ކަންތަކާ މާފަށް އެދިފައެވެ. އަދި ޒޫމީވެސް ވަނީ މަލަކާއަށް މާފުކޮއްދީ އެކުވެރިވެފައެވެ. އެދެކުދިންނަށް ވެސް ހަގީގަތުގައި އިތުރު ގޮތެއްވެސް ނެތެވެ. މަލަކާ އެވީ ޒޫމީގެ ފަހަރިއަށެވެ. އެހެންވީމާ އެންމެ ރަނގަޅު ގޮތަކީ ދެކުދިން އެކުވެރިވެ އެއްކޮއް އުޅުމެވެ.
“ޒޫ ޒޫ ބަލާބަލަ، މާލް އުޅޭ ގޮތެއް! ކޯއްޗެއް ބަލާފަތަ؟ މިވަރަކަށް، މިހެނީ ބަލާބަލަ މައްޗަށް ބަލައިގެންނޭ މިވަރަކަށް މިހެނީ!!” މަލަކާ ހުރީ މާއިލް އުޅޭ ގޮތުން ހައިރާން ވެފައެވެ. ޒޫމީ ވެސް ހުރީ މަލަކާ ދެއްކުމުން މާއިލް އުޅޭގޮތް ބަލާށެވެ. “އެކަމަކުވާ އެކުއްޖާފުޅަށް ކޯއްޗެއްބާ ފެނިގެން މިއުޅެނީ؟!” މަލަކާ ހީވަނީ ދުވަހަކުވެސް ކުޑަ ކޮއްޖަކު ނުފެނި ހުރި ހެންނެވެ. “ޒޫ މަށަށް ހީވަނީ ފަންކާޔަށް ބަލައިގެންހެން މިވަރަކަށް މިހެނީ” މާއިލް އުޅޭ ގޮތުން ހައިރާން ވެގެން މަލަކާ އަނެއްކާވެސް ބުނެލިއެވެ. “ވެދާނެ ތިހެންވެސް އެއްބައި ފަހަރު ހޭނެ އެއްބައި ފަހަރު ރޯނެ، ރޭގަވެސް ރޯވަރުން ހީވަނީ އެހެން ކަމެއްހެން، މަފަކީރު އޮތީ ލޮލު ފިއައެށް ވެސް ޖަހާނުލާ، މަށަށް ހަނދާންނެތި އީތަން ކައިރީގަވެސް އަދި ނުބުނެވޭ އެވާހަކައެއް، ވަރަށް އެކަހަލަ ކަންތައްތައް މަށަށް ފާހަގަވޭ މާލްގެ ފަރާތުން” ޒޫމީ ފާނޑަކަށް ހުރެ މާލްގެ ފަރާތުން ފެންނަ ކަންތަކުގެ ވާހަކަ މަލަކާއަށް ކިޔާދިނެވެ. “ސާބަސް އެކުއްޖާއަށް ލޮލުފިޔައެއް ވެސް ޖެހުނަ ނުދެއްޗޭ އަންހެނާ!” މަލަކާޔާ ޒޫމީ ވާހަކާގައި ތިއްބާ މާޒިން ވަނދެގެން އައިސް ބުނެފިއެވެ. “މާޒުއަށް އިނގޭތަ މާލް ކުރާކަމެއް؟ މައްޗަށް ބަލާގެން ހެނީ ހީވަނީ އޭނަޔާ އެއްކޮށް އެހެން މީހަކު ހުންނަހެން އުޅޭގޮތުން” މަލަކާ ސީރިއަސް ކަމާއެކު މާޒިން އެހަން ބުނުމުން ބުނެލިއެވެ.” އެހަންތަ؟ އެހެން ވިއްޔާ ކުރުސި ލިޔެފަ އޮތް ގަނޑެއް ތަތްކޮއްލައިފަ ބައިންދާ، އިރާދަ ކުރެއްވިއްޔާ ރަނގަޅު ވާނެ” މާޒިންވެސް ވަކި އެއްޗެއް ހިތަށް ނާރުވާ ބުނެލިއެވެ. “އޭތެދެއްތަ؟ މާލް އެހާ ހަލަނިވީތަ މިހާރު؟” މާލްގެ ކޮލުގައި ހިފާލަމުން މާޒިން ބުނެލިއެވެ. “އާއެކޭ މާޒިންބޭ މިބުނީނޫން ރޭގަވެސް އެންމެ ލޮލުފިޔައެއްވެސް ނުޖެހެޔޭ ރޯވަރުން ހީވަނީ އެހެން ކަމެއްހެން” ޒޫމީ މާޒިންއަށް އޮޅުން ފިލުވައި ދެމުން ބުނެލިއެވެ. “އެހެންވެޔޭ މިބުނީ ކުރުސި ލިޔެފަ ތަތްކުރާށޭ” މާޒިންއަށް ފެންނަ ހިޔާލް އަނެއްކާމީވެސް ދިނެވެ. ޒުމީ އާއޭ ކިޔާ ބޯޖަހައިލިއެވެ. “މާޒިންބޭ ދެން ކޮންއިރަކުންތަ ދަރިއެއް ހޯދަނީ؟” މާޒިންއާ މަލަކާޔާ ދެމީހުންގެ މޫނަށް ބަލައިލަމުން ޒޫމީ އަހައިލިއެވެ. “އަދިނުވެއެއްނޫން ދަރިއެއް ހޯދާކަަށް މެރީކުރިފަހުން ވެސް އަދި މާގިނަ ދޮވަހެއް ނުވޭވިއްޔާ، ދޯ މަލާ” މާޒިން މަލަކާއަށް ދޯދެމުން ބުނެލިއެވެ. އެދެކުދިން އަދި ދަރިއަކު ހޯދާކަށް ހިތަށް ވެސް ނާރައެވެ. “އޭތެދެއް ޒޫ މަބޭނުމެއް ނޫން އެހާ އަވަހަށް މުސްކުޅިވާކަށް” މަލަކާ ހިނިގަނޑަކާއި އެކު ބުނެލިއެވެ.” އޯ ދެން ތިބުނީ މަ މުސްކުޅި ވީއޭތަ؟!” މަލަކާގެ މޫނަށް ބަލާގެން ވަތްތަރު ޖައްސަމުން ޒޫމީ ބުނެލިއެވެ. “އަޅޭ ނޫން ޒޫ އާދިމާލަށް ބުނިއެއްޗެއް ނޫނޭ އެއަކީ، އޭ މަލާ މަޖަލަކަށް ބުނި އެއްޗެކޭ” އެހެން ބުނެވުނީތީ ދެރަވެގެން މަލަކާ ބުނެލިއެވެ. “ހެހެ… ސާބަސް ޒޫ އަށް އިގެޔޭ މަޖަލަކަށް ބުނި އެއްޗެއްކަން” މަލަކާ ދެރަވެފަ ހުރިހެން ހީވެގެން ޒޫމީ ބުނެލިއެވެ. “ތޭންކްސް ޒޫ ދަނީއޭ، މަންމަ ބުނެގެން އެއްޗެއް ގަނެލަން ވެސް އެބަޖެހޭ އަދި އިރު ކޮޅަކުން ބަންގި ގޮވައިފާނެ، މިރޭ ފްރީވެއްޖެއްޔާ އަދި އަންނާނަން” މާއިލްގެ ކޯތާފަތަށް ދޮނެއް ދެމުން ބާއި އޭ ކިޔަމުން މަލަކާޔާ މާޒިން ނިކުމެގެން ހިނގައްޖެއެވެ. އެމީހުން ދިއުމުން ޒޫމީ ހުރީ މާއިލް އާދޭތެރޭ ވިސްނާށެވެ. ހަމަ ޔާގީނުން ވެސް ޒޫމީގެ ހިތް ބުނަމުން ދަނީ މާއިލްއަށް ކޮންމެވެސް ކަމެއް ވާހެންނެވެ. މައި މީހާޔަށް ވީތީ ވަރަށް ގިނަ ކަންތައް އިގޭނެތާއެވެ. އެހެން އެކި އެކި ހިޔާލް ތަކެއްގަ ހުރެފަ މާއިލް އުރައިގެން ޒޫމީ ނިކުތީ ބޭރަށެވެ. އޭރުވެސު މާއިލް އެޖަހައި ސަކަރާތެއް ޖަހަމުން ދިޔައެވެ.
…..ނުނިމޭ…..
8 Comments!
Comments are closed.
Mi part ves kamu dhaane kamah ummeedhu kuran adhi ragalhu kuran vee kanthah ves bunedheyne kamah ummeedhu kuran
Masha allah v rythi v furihams ??? maail aaves faavy dhw bilaaluge myheh but maail ah dheraeh nudhechchey vedhaane dhw zoo aa bilaaluge dhari avves zoo maail kairy quraan jahaafa bahattaa aanmukon kudakudhin kairy myhun quran jahaane dhw stry obiness to the max when nxt prt avahah up kollchchey plx gud nyt ??❤❤??????????????
Thanks khjja
Masha Allah v rythi when next part
Hei.. Its v naice mihaaru. I love how u said e jahaa sakaraatheh jahamun dhiyaeyy buni thankolhu
??❤️
Hehe thanks
Eiy baabil aa zoo ge kid hen hyvany eh bilaal buni first kid will be thers
Mipart ves nice keep it up
???
Dhen alhe vaagotheh balan hurihai kudhin inthixaaruga thibelan hingaa dhw. Eyrun nehnu vaa nuvaa egeyny. V rythi stry