Esfiya - Dhivehi Vaahaka Site
  • އިތުރު
    • އެހެނިހެން
    • ހަޤީޤީ
    • ހިތާމަ
    • ދީނީ
    • މަޒުމޫނު
    • ޅެން
    • މަޖާ
    • ލޯބި
    • ބިރުވެރި
  • އެސްފިޔަ
    • އެސްފިޔަ ޕްރޯ
    • ޤަވާއިދު
    • އިސްތިހާރު ކުރެއްވުމަށް
    • ގުޅުއްވުމަށް
    • މަގޭ ވާހަކަތައް
    • ★ޕޮއިންޓްސް★
  • ލޮގިން
  • ރެޖިސްޓަރ
  • އެހީ
  • ސީރީސްތައް
  • ފުރަތަމަ ޞަފްހާ
ލޯބި

ޢެދެމޭ އުފާ….(2)

Dhippi Level 4100 Comments10 Stories
August 28, 2017 6 Mins Read
8 Comments

އަލްޔާގެ ހަޔާތުގައި ދުވަސްތައް ފާއިތު ވަމުން ދިޔައީ ނުހަނު ފަރިތަ ކަމާއިއެކުއެވެ. އޭނާގެ ހަޔާތަށް އަދިވެސް އިތުރު ބަދަލް ތަކެއް ނާދެއެވެ. ހަމަ ކުރިއެކޭ އެއްގޮތަށް ލިބޭ އަނިޔާ އާ ކެކުޅުން ތަހައްމަލް ކުރަމުން ދިޔައީ ހިތް ދަތިކަމާއި ކެތްތެރި ކަމާއިއެކުގައެވެ. ބައެއްފަހަރު ދިމާވާ ކަންތަކުން އަމިއްލަ އަށް މަރުވުން ވެސް މާ ރަނގަޅޭ ހިތަށް އަރާ އެތައް ފަހަރެއް އާދެއެވެ. އެގޮތަށް އަލްޔާގެ ހަޔާތުން މިވެސް އެކަހަލަ ދުވަހެކެވެ. “ބަލަ ކަލޭ ކައިރީގައި ކިތައް ދުވަހު ބުނެފިންތަ؟ މަންމަ ބުނާގޮތް ހަދާގެން އުޅޭށޭ ކަލެއަށް ކީއްވެތަ މަބުނީމަ ބުނާ އެއްޗެއްގެ އަޑުއަހާ އެގޮތައް އަމަލްނުކުރެވެނީ؟، ކަލޭ ވެއްޖެއެއް ނޫން ދެން ތިފޮނިކަމާ ތުއި ކަން ދައްކަން، އެހެން ތަނެއް ހޯދައިގެން ދާން، މިތާކު ނެތް ކަލޭގެ ތި ޑްރާމާ ބަލާނެ އެކަކުވެސް” ވާފިރު ރުޅި އައިސް އަލްޔާ އާ ދިމާލަށް ހަޅޭއްފަޅޭ ލަވަމުން ދިޔައެވެ. ވާފިރު އެވަރު ކުރިއިރު ވެސް އަލްޔާ އުފް ވެސް ބުނެނުލާ އިސް ޖަހައިގެން ހުރީ ހިތުން ކަރުނަ އަޅާ ރޮއެ ރޮއެ އެވެ. ކަލޭހިތުން ކަލޭތީ ހާދަ ރީތި މަތް މިންނެކޭދޯ؟، ކަލޭ އިންނައްޗޭ މިނިސްޓަރަކާ!” ވާފިރު އޭނަގެ ދަރިއާ ދިމާލަށް މަލާމަތް ކުރަމުން ދިޔައީ އެއްވެސް ރަހުމެއް ނެތިއެވެ. އެމަންޒަރު ބަލަން ހެވި ދިލިފަ ދެއަތް ޖަހާލަ ޖަހާލަ ބަދޫރާ އިނީ އަމިއްލަ ނަފުސައް ވެސް ބޮޑާ ވެފައެވެ. އޭނާގެ ހިތުގައި ވެސް އިންސާނިއްޔަތު ކީއްކުރަން އީމާންތެރި ކަމެއް ވެސް ނެތެވެ. ހަމަ ގައިމު އީމާންތެރިކަން ހުރި އިންސާނެއްނަމަ ފިރިމީހާޔާ ދެމީހުން ވެގެން ދަރި އަކަށް އެ އަނިޔާ ތަކެއް ނުކުރާނެއެވެ. “ބައްޕާ އަޅުގަނޑު މަންމަ ބުނާބަސް އަހަމޭ، މިއަދު އަޅުގަނޑު ލަސްވީ އަތިރި މައްޗަށް ގޮއްސަ ހުއްޓާ ޝަރާއާ ދިމާވެގެން އޭނަޔާ ވާހަކަ ދައްކަން ހުރެވުނީމަ، ދެން އަޅުގަނޑު އަވަހަށް އަންނާނަން ބައްޕާ!” އަލްޔާ އެއްޗެއް ނުބުނެ ހުރެ އެންމެ ފަހުން އޭނަ ލަސްވީ ސަބަބު ތެދު ބަހުން ބުނެލިއެވެ. އޭރު ވެސް އަލްޔާ ހުރީ ބިރުން ފެންކަޅި ވެފައެވެ. “ޝަރާ އަކީ ކަލޭގެ އަމާތަ؟ ނުނީ ކަލޭގެ ބެލެނިވެރިޔާތަ؟” އެހެން ކިޔާ ވާފިރުގެ ފަލަ އަތަށް ލެވުނު ބާރެއްލައި އަލްޔާގެ ކަންފަތް މައްޗަށް ވިހެލައިފިއެވެ. އަލްޔާއަށް ވީ ތަދުން ރޮއެ ގަނެވުނެވެ. އޭރު ވެސް ވާފިރު ރުޅި އައިސް ގެން ހީވަނީ ވަލު ޖަނަވާރެއް ހެންޏެވެ. “ކަލޭގެ އަމާޔާ ދިމާވެގެން ކަލޭ ލަސްވީ، ބަދޫރާ ބުނަނީ ހަމަ ތެދެއް މިއީ މަށާ ޖެހިފައި ހުރި ނުފުއްސެވި ބަލާވެރިކަމެއް، މި ބަލާވެރިކަމު މަރުވާކަށް ވެސް ނުއުޅެޔޭ” ވާފިރު ރަހުމެއް ކުލުނެއް ނެތި ބޮޑު ވެފަ ހުރި އަންހެން ދަރިއެއްގެ ގައިގަ ތަޅާ މަރަމުން ހަޑި ހުތުރު އެއްޗެހި ގޮވަމުން ދިޔައެވެ. ލަދުގެ ކަންފުޅެއް ވެސް ނެތްކަހަލައެވެ. އަލްޔާ ހުރީ އޭރު ވެސް ރޮއެ ހޭރި ހޭރި އެވެ. އެފަކީރަށް ކުރެވޭނެ އިތުރު ކަމެއް ނެތްވިއްޔާއެވެ. “ކަލޭ ހީކުރީތަ؟ ކަލޭ ތެޅޭ ވަތްތަރު މަށަށް ނޭގެނީއޭ، ކަލޭ މިއަދު ވެސް ތިއައީ އެ ކަރަމް އާއެކު ތެޅޭނެ ވަތްތަރަކަށް ތެޅި ބާލާފައެއް ނޫން، ކަލޭ ތިވަތްތަރަށް ތެޅެމުން ގޮސް ދެން ނަހަލާލަށް ބަލިވެކަން ނޭގެ އިންނާނީ، އޭރުން މަށަށް ޖެހޭ، އަނެއް މުސީބާތެއް ނޫން” ވާފިރު ހަޅޭއް ލަވަމުން ގޮސް އަލްޔާގެ ދައްބަނޑުގެ ކޮޅުގައި ކޮޅުފައިން ޖަހާ ބިއްމައްޗަށް ވައްޓާލިއެވެ. އަލްޔާއަށް ވީތަދުން މަންމާއޭ ކިޔާ ގޮވައިލެވުނެވެ. އެހެން ނަމަވެސް އެއަޑު އިވޭނެ އެކަކުވެސް އެފުރާޅު ދަށަކު ނެތެވެެ. ބަދޫރާ ހުރީ ލިބުނު މޮޅު ހިތަށް އަރާ މަންޒަރު ބަލައިގެން ހެވި ދިލިފައެވެ. ވާފިރު ހިތް ފުރުނީމާ ދިޔައީ ނިކުމެގެން ބޭރެށެވެ.

އަލްޔާ އެއޮތް ގޮތަށް އޮތްވާ ފަތިސް ނަމާދަށް ބަންގި ގޮވައިފިއެވެ. އެހެން ނަމަވެސް އޭނާ އަދިވެސް ހޭވެރިކަމެއް ނެތި އެއްތާ އޮތީއެވެ. “އަލްޔާ އަލްޔާ ތެދުވެބަލަ ކީއްވެ ބޭރުގަ ތިއޮތީ؟! ކީއްވެ ވެލި ގަނޑުމަތީ ތިއޮތީ؟! އެކުއެ ލޯހުޅުވާލަބަލަ” ނަފީސާ އެތައް ފަހަރަކު ގޮވުމުން އަލްޔާ ލޯ ހުޅުވައިފަ ފުންމައިގެން ތެދު ވެއްޖެއެވެ. ނަފީސާ އަކީ އެގެއާ ޖެހިގެން ހުންނަގޭ މީހާއެވެ. ނަމަވެސް ބަދޫރާގެ އަގަ މުޑުދާރު ކަމާ ހުންނަ މިޒާޖެއްގެ ސަބަބުން އެދެގޭ މީހުން އެއްވެސް ގުޅުމެއް ނުބާއްވައެވެ. ނަފީސާ ފަތިސް ނަމާދު ކޮއްގެން ބޭރަށް ނިކުތްއިރު އަލްޔާ އެތާ އޮތްތަން ފެނިގެން އައީއެވެ. “ދައްތާ އަވަހަށް ދޭ މަންމައަށް ފެނިއްޖެއްޔާ ވަރަށް ހަޅޭއްލަވާނެ! އަޅުގަނޑު ބޭނުމެއް ނޫން އަޅުގަނޑާ ހެދި ދައްތަޔާ ދިމާލަށް މަންމަ އެއްޗެހި ކިޔާކަށް!” ނަފީސާގެ ސުވާލަށް ޖަވާބުވެސް ނުދީ އަލްޔާ ތެދުވެ. ތަން ތަން ހޯދަމުން ބުނެލިއެވެ. ނަފީސާ ހުރީ އަލްޔާއަށް ވެފަހުރި ގޮތުން ހައިރާން ވެފައެވެ. އޭރު ވެސް ނަފީސާގެ ހިތް ބުނަމުން ދިޔައީ ކޮންމެވެސް ކަމެއް ގޯސްކޮށް ހިގާފި ކަމެވެ. ” ދައްތަ ހިނގާދާނަން އަލްޔާ އެކަމަކު ކީއްވެ ތިތާ ތިއޮތީ؟!” އެނެއްކާވެސް ނަފީސާ އަހައިލިއެވެ. “ދައްތާ ހެޔޮނުވާނެ ދޭމިތަނުން، ދައްތައަށް އިނގޭންނޫން މަންމައަށް ފެނިއްޖެނަމަ ކުރާނެވަރު!” އަލްޔާ އަނެއްކާވެސް ދާންބުނުމުން ނަފީސާ މަޑުނުކޮށް ހިނގައްޖެއެވެ. ނަފީސާއަށް ވެސް އެއީ އެކަން ވާނެގޮތް ކަންވެސް އިނގޭތީވެސް މެއެވެ. ނަފީސާ އެގެއިން ނިކުންނަމުން އެނިކަމެތި ކުއްޖާއަށް އެނޫން ދުވަހެއް ދައްކަވާތޯ ހިތާހިތުން ދުޢާ ވެސް ކުރިއެވެ. އަލްޔާ އަވަހަށް ގިފިލިއަށް ވަނދެ މޫނު ދޮވެލައިގެން އުޅެގަތީ ގޭ މީހުން ހޭލަން ވާއިރަށް ސައި ތައްޔާރު ކުރާށެވެ. އެފަކީރުގެ ހާލަކީ ކޮންމެ ދޮވަހަކު ވެސް އެއީއެވެ.

” ކަލޭ މާ އަވަސް އަރުވައިލައިގެން ތިތެޅެނީ ކޮންތާކަށް ދާން ހިތާތާ؟” އަލްޔާ އަވަސް ކޮއްލައިގެން އަތިރިއަށް ދާނަމޭ ހިތާ އަވަހަށް ގޯތިން ކުނި ކަހަން ފެށީމަ ބަދޫރާއަށް އެއްޗެއް ނުބުނެ ނުހުރެވިގެން އަހައިލިއެވެ. “މަންމާ އަޅުގަނޑު މިއުޅެނީ އަތިރިމައްޗަށް ގޮސްލަން ވެގެން” އަލްޔާ އިސް ޖަހައިގެން ހުރެ ބުނެލިއެވެ. “ކަލޭގެ ގެދޮރުތަ އަތިރިމައްޗަކީ؟ ނޫނީ ކަލޭގެ އަމާގެ ޣަނީމާ މުދާގަނޑެއްތައޭ؟، ބަލަ މަށަށް އަހައިއިރު ވެސް އިނގެޔޭ ކަލޭ ތިދަނީ ކީއްކުރަންކަން! ކަލޭ ހީކުރީތަ މަށަށް ނޭނގިގެންނޭ މިއަހަނީ؟ ބަލަ ތިހިރަ ހޭބައްޔާ ކަލޭ ތިދުވަނީ އެއުޅޭ ހައްވަ ގޯތި ކަރަމް އާ ހޭބަލިވެގެން ނޫންތަ؟، ކަލޭ ތިހެން ތެޅެމުން ގޮސްފަ ވިހާނެ އަދި!” ބަދޫރާ އަގަޔަށް އާހައި ވަރެއް ކޮއްލިއެވެ. “ނޫން މަންމާ އަޅުގަނޑު އޭނަޔަކާ ވާހަކައެއް ވެސް ނުދައްކަން، އަޅުގަނޑު ތިކަހަލަ ވިޔާނުދާ ގޮތަކަށް ނުއުޅެން މަންމާ!” އަލްޔާ އެކަމަށް އިންކާރު ކޮތް ތެދުބަހުން ބުނެލިއެވެ. “އާޗާ ވާވް ހާދަ އޮމާނޭ ދޯ ކަލޭގެ ވާހަކަ ކަލޭ ތިހިރީ ރަނގަޅައްވެސް އެ ކަރަމް އަތުން ފިލާވަޅު ނަގައިގެން ،ބަލަ ރަށު އެންމެން ކާޅު ގޮވައިހެން އެގޮވަނީ، ކަލޭ ކޮންމެ ދުވަހަކު ތުނޑީ ކޮޅަށް ގޮސްފަ ގަންނަ ގަނޑު ފެންނަ ކިތައް މީހުން އަހަރެން ކައިރީގައި ބުނެފިތަ އެވާހަކަ؟ އެވަރުންވެސް ކަލޭ ތިއުޅެނީ ހިތުން މަށަށް އޮޅުވާލާނަމޭތަ؟ ކަލޭ ކައިރީގަ ރަނގަޅު ވާހަކައެއް ބުނަންތަ؟ ކަލެއަކަށް ލާހިކެއް ނޫން އެ ކަރަމް އާ ހިތާވެގެން އުޅޭކަށް! މަގޭ އަތުން މަރުވާން ބޭނުން ނެތިއްޔާ ކަލޭގެ ތި ކުޅިވަރު ހުއްޓާލާ!” ބަދޫރާ ހިތު ހުރި އެއްޗެއް ގޮވައި ނިންމާފައި އަލްޔާގެ ބޮލުގައި އަތް އަޅާ ކޮއްޕާލާފައި ހިނގައްޖެވެ. އޭރު ވެސް އަލްޔާގެ އެރީތި ލޮލުން ހިފެހެއްޓުމެއް ނެތި ކަރުނަ ފައިބަމުން ދިޔައެވެ. އަލްޔާ އެވަގުތު ހެއްދެވި ފަރާތަށް ޝުކުރު ކޮއްލައިގެން ކަރުނަ ބާލަމުން ދިޔައެވެ. ހަގީގަތުގައި އެބުނާ ކަރަމް އަކާ އޭނަޔާ އެކަހަލަ އެއްވެސަ ގުޅުމެއް އަދި ނެތެވެ. އެހެންނަމަވެސް އަލްޔާވެސް ކަރަމް ދެކެލޯބި ވެއެވެ. އެކަމަކު މަންމަމެން ދެކެ ބިރުން ގުޅުން ކުރިއަށް ގެންދަން ނުކެރެނީއެވެ.

” ވާފިރު ހިނގާބަލަ، މާލެ ގޮސްލަން، އަޒުހަމް އެދަތެއްގައި ރިއްސާތީ އުޅޭތާ ކޮންދުވަހެއްތަ؟ އަނެއްކޮޅުން ސްކޫލްވެސް މިއޮތީ ބަންދު ވެފަ ހަފުތާއެއް ކޮއްފަ އައިމަ ރަނގަޅު ވާނެންނޫން؟” ރޭގަނޑުގެ ކެއުމަށް އިންސާފް ކުރަން ހުރެ ބަދޫރާ ބުނެލިއެވެ. “އާނ މަވެސް ތިހެން އެބަ ހިތައް އަރ، މިހަފުތާގައި ތަން ކޮޅެއް ހެޔޮކޮށް ލާރި ވެސް ލިބުނު، އެކަމަކު މައްސަލައަކީ ގޮސްފަ ހުންނާނެ ތަނެއް!” ވާފިރު އަނގަ ފުރެންދެން ބަތް އަޅައިގެން ހުރެ ބުނެލިއެވެ. “މަގޭ އަތުގައިވެސް ލާރި ކޮޅެއް އެބައޮތޭ، އެހެންވީމާ ގެސްޓު ހައުސް އެއްގަ ތިބެވި ދާނެއެއްނޫން؟” ބަދޫރާ އަނގަ ތަންމިނަށް ހުޅުވައިފަ ބުނެލިއެވެ. “އާނ ތިހެންވެސް ހެދިދާނެ، ފުރާ އޮޑިއެއް އޮތްތޯ ބަލަން ޖެހޭނީ މޫސަ ބުނި އަލީ ގޯތި އޮނޑި ދެދުވަސް ފަހުން ފުރާވާހަކަ، އެކަން އޮތް ގޮތެއް ޖެހޭނީ ބަލަން” ވާފިރު ފެންތަށި ދިރުވައިލަމުން ބުނެލިއެވެ. އަލްޔާ ހުރީ ދުރުގައި ހުރިހާ ވާހަކައެއް އަޑު އަހާށެވެ. އެމީހުން ކައި ނިމިގެން އެއްޗެއް ހުރީއްޔާ ނޫނީ އެފަކީރަކަށް ކާނެ އެއްޗެއް ނުލިބޭނެއެވެ. އެހެންވެ އަލްޔާ ހުރީ އެއްޗެއް ހުރިތޯ ބަލަން ކަރު ދިއްކޮއްފަ ބަލާށެވެ. ގިނަ ދުވަސް ދުވަހު އެފަކީރު ހުންނަނީ ކާނެ އެއްޗެއް ނުހުންނާތީ ރޮލާއެވެ. “ކަލޭ ބުޅާގަނޑެއްހެން ކޯއްޗެއްތަ ތިބަލަނީ؟ ދެންވެސް އައިސް މިތަށިތައް ނަގަން އުޅެބަލަ “ބަދޫރާ ޅިސްޖެހެންދެން އަޅައިގެން ވައި ދުއްވަމުން އަލްޔާއާ ދިމާލަށް ބުނެލިއެވެ. އަލްޔާ އަވަހަށް ބިރުންހުރެ އައިސް އެމީހުން ކޭ ތަށި ނަގައި އެތަން ސާފު ކުރަން ފެށިއެވެ. “ކަލޭ ތިއެއް ބަލާނެކަމެއްނެތް، ކަލޭކާކަށް ނުހުންނާނެ މިރެއަކު އެއްޗެއް ކަލޭ މިރޭ އޮންނަން ޖެހޭނީ ބަނޑައް ކޮޅު ތަޅައިގެން” ބަދޫރާ އޭނާގެ ބަނޑުގައި އަތް ހާކަމުން ބުނެލިއެވެ. ހަގީގަތުގައި އަލްޔާ ހުރީ ވަރަށް ބަނޑުހައި ވެފައެވެ. މިއަދު މެންދުރު ވެސް އަލްޔާ ހުރީ އެއްވެސް އެއްޗެއް ނުކައި ވިއްޔާއެވެ. މެންދުރު އެމީހުން ކައިގެން ބާކީ ހުރި އެއްޗެހި ބަދޫރާ އެޅީޑަސްބިނަށެވެ. އެ ވެސް އަލްޔާ ކާފާނެތީއެވެ. އަބަދު ވެސް އެގޭގެ ހާލަކީއެއެވެ. ގިނަފަހަރު ބަދޫރާ ހުރިހާ އެއްޗެއް އަޅާލަނީ ޑަސްބިނަށެވެ. “ދަރިފުޅާ އަމްޒާ ދޭބަލަ ފޯއްތަބައް ހިފައިގެން އަންނަން” ބަދޫރާ އެހެން ބުނުމުން އަމްޒާ ދުވެ ގޮސް ފޯއް ތަބައް ގެނެސް ދީފިއެވެ. “އަމްޒާވެސް ގޮވައިގެން ނޫންތަ ދާނީ؟ އެވަރުގެ ކުއްޖެއް ބަހައްޓާފަ ދާކަށް އަހަރެން ހިތްހަމައެއް ނުޖެހޭ!” ބަދޫރާ ޖޯލީގައި އިށީންނަމުން ބުނެލިއެވެ. “އާނ ތިއީވެސް ދޮގު ވާހަކައެއް ނޫން އެވަރުގެ އަންހެން ކުއްޖެއް ބަހައްޓާފަ މިޒަމާނުގައި ދާން ހެޔޮނުވާނެ!” ވާފިރު އަގަޔަށް ފޯއްކޮޅެއް ލަމުން ބުނެލިއެވެ. އެހުރިހާ ވާހަކައެއް އަޑުއަހަން ދުރުގައި އަލްޔާ ހުރީ ފެންކަޅިވެފައެވެ. “އަޅެ އަހަރެންވެސް މިއީ އެމީހުންގެ ދަރިއެއް ނޫންތަ؟ ކީއްވެތަ އެމީހުން އެހާ ވަރަށް ރުޅި އަންނަނީ؟” އަލްޔާ ހިތާހިތުން ބުނެލިއެވެ. އަލްޔާ އެކަނި ހުރެ އެތައް ޝަކުވާއެއް ކުރަމުން ދިޔައެވެ. އޭގެ ދެ ދުވަސް ފަހުން ބަދޫރާމެން މާލެއަށް ފުރިއެވެ.

ބަދޫރާމެން މާލެ ދިޔަތާ މިއަދަކީ ހަތްވަނަ ދުވަހެވެ. އެމީހުން ބުނި ގޮތުން ވިއްޔާ މިއަދަކީ އެމީހުން ރަށަށް އަންނަން ހަމަ ޖެހިފަ އޮތްދުވަހެވެ. އެމީހުން ފުރާއިގެން ދިޔަފަހުން އަލްޔާ އުޅެނީ އެކަނިމާ އެކަންޏެވެ. ގިނަރޭރޭ އެކަނި ނިދަން ނުކެރިގެން ދަނީ ޖެހިގެން ހުންނަ ނަފީސާމެން ގެއަށެވެ. ނަފީސާ އަލްޔާ ކައިރީގައި ބުނެފަ އޮންނަނީ އެގޮތަށެވެ. އެވަރު އަންހެން ކުއްޖެއް އެކަނި އެހެން ބާއްވަން ނަފީސާގެ ހިތަށް ކެތްނުވެގެންނެވެ. “އޭ ހާދަ ބިޒީކޮއް ތިއުޅެނީ ތިގޭ މެޑަމް މިއަދު ވަޑައިގަންނަވަނީދޯ؟” އަލްޔާ ގޯތިން ކުނި ކަހަން ހުއްޓާ ޝަރާ އެހެން ދަމުން ކައިރި ކޮއްލާފައި ބުނެލިއެވެ. އަލްޔާ ހިނިގަނޑެއް ޖަހައިލާ އާއެ ކިޔާ ބޯޖަހައިލިއެވެ. “އަލް މަބުނަންތަ މޮޅު ގޮތެއް އެމީހުން އަންނަން ވާއިރަށް ތިގެއިން ފިލާ، އޭރުން ތިބޭންނޫން ރާކަނި މަސް ކެވިފަ” ޝަރާ ހިނި ގަނޑަކާއިއެކު ވަރުގަދަ ހިޔާލެއް ދިނެވެ. “މަށަކަށް ލާހިކެއް ނޫން ތިކަން ކުރާކަށް އެެރުން މިރަށް ފަތަހަ ކޮއްލާނެ” އަލްޔާ ހެމުން ބުނެލިއެވެ. ” ހެހެ އޭ މަ ގޮސްލީއޭ މާމަގެއަށް ދަމުން އަލް ފެނުނީމަ މަޑު ކޮއްލީ” ޝަރާ ހިނިގަނޑެއް ޖަހައި ދަނީއޭ ބުނެ ހިނގައްޖެއެވެ. އާާ އޭ ކިޔާ އިލޮށި ފަތި ބަހައްޓާފައި އަލްޔާ ވަނީ ބަދިގެއަށެވެ. ހަގީގަތުގައި އެމީހުން ނެތީމަ އަލްޔާއަށް މާ ރަނގަޅެވެ. ގައިމު އެމީހުން ނެތީމަ ބަތް ކޮޅެއް ބަނޑު ފުރައި މުއްތި ކޮއްލެވެއެވެ. ނުވިތާކަށް އެލިބޭ އަނިޔާތަކެއް ވެސް ނުލިބެއެވެ. “އައްސަލާމު އަލައިކުމް!” އަލްޔާ ފުށްމޮޑެން އިންދާ މީހަކު ސަލާން ގޮވައިލި އަޑަށް ދުވެ ނިކުތީ ބޭރަށެވެ. “އަހަ ބުޝްރާއްތާ ކޮންކަމަކު؟” އަލްޔާ ސަލާމް ބަލައިގަންނަމުން ބޭރަށް ނިކުމެ އަހައިލިއެވެ. “މިއޮތީ ދައްތަ ގޯތި މީޒާ ދިން ހެދުން ކޮތަޅެއް، ބުނީ އަލްޔާއަށް ދޭށޭ އެހެންވެ މި ހިފައިގެން މިއައީ” ބުޝްރާ ކޮތަޅު ދިއްކޮއްލަމުން ބުނެލިއެވެ. އަލްޔާ ޝުކުރިއްޔާއޭ ކިޔާ ކޮތަޅުގައި ހިފަމުން ބުނެލިއެވެ. “އެކޮއެ މަންމަމެން އަންނަނީ ކޮންއިރަކުން؟” އަލްޔާ ކޮތަޅުގައި ހިފުމުން ބުޝްރާ އަހައިލިއެވެ. “ނޭނގެ ބުޝްރާއްތާ، މަންމަމެން ބުނީ ހަފުތާއެކޯ އެކޮޅުގައި ވާނީ، ހީވަނީ މިއަދު އަންނާނެހެން މިއަދުގެ އޮޑިއެއް އެބަ އަންނަކަންނޭގެ” އަލްޔާއަށް ހީވާ ގޮތައް ބުނެލިއެވެ. އެހެންދޯ އޭ ކިޔާ ބުޝްރާ ދިޔައީއެވެ. ބުޝްރާ ދިއުމުން އަލްޔާ އުފަލުން އެ ކޮތަޅު ހިފައިގެން ވަނީ ކޮޓަރިއަށެވެ. އަލްޔާ އަވަހަށް ބޭނުންވީ އޭނަޔަށް ލެވޭނެ ކަހަލަ ރީތި ހެދުމެއް އޮތްތޯ ބެލުމެވެ. ފަހަރަކު ހެދުމެއް ނަގާ ގަޔަށް މަހާލައިފަ ހުރިހާ ހެދުމެއް ނަގާ އޭނަ އެއްޗެހި ބަހައްޓަން ދީފަ ހުންނަ ކަބަޑައް ލިއެވެ. ކަބަޑެކޭ ބުނީމަ މުސްކުޅިއެއްގެެ ހެލޭދަތެކޭ އެއްވެސް ތަފާތެއް ނެތެވެ. އެހާ ވެސް ހާލު ދެރަ ކަބަޑު ގަނޑެކެވެ. ކޮންމެއަކަސް އަލްޔާއަށް އާ ހެދުން ތަކެއް ލިބުނީތީ އޭނާ ހުރީ ލައްކަ އުފަންނެވެ. މީހަކު ލައި ބައިވެފަ އޮތަސް އެހެދުންތައް ވާނީ އޭނާޔަށް އާ އެއްޗެއްސަށެވެ. ހަޔާތުގައިވެސް އޭނަގެ މައިން ބަފައިން އޭނަޔަކަށް އާ ހެދުމެއް ހޯދާ ދީފައެއް ނުހުންނާނެއެވެ. މުޅިންވެސް އޭނާ ލައި އުޅެނީ މީހުން ލައި ބައިވެފަ އޮންނަ ހެދުން ތަކެވެ. އެހަން ނަމަވެސް އަލްޔާ އެކަމަކާ ޝަކުވައެއް ނުކުރެއެވެ. ކުރިއަސް ލިބޭނީ ހޫނު ބޮނޑިއެއްކަން އޭނަޔަށް އިނގޭ ވިއްޔާއެވެ. އަމްޒާ މެންނަށް ކޮންމެ އީދަކަށް ވެސް އާ އެއްޗެހި ހޯދާދެއެވެ. އެކަމަކު އަލްޔާ އަކަށް އެޔެއް ނުލިބެއެވެ. ނުވެސް ލިބޭނެކަން އޭނާޔަށް ރަނގަޅަށްވެސް އިނގެއެވެ.
…..ނުނިމޭ…..

މިވާހަކައިގެ ދެންއޮތް އެޕިސޯޑުގެ ލިންކު ކޮމެންޓް ސެކްޝަންގެ ތިރީގައި ވާނެއެވެ.

Share Article

Follow Me Written By

Dhippi

Level 4100 Comments10 Stories

My name is Athifa Adam (Dhippi). I like to read and write stories. I am from K.Mal'e. I'm a woman. I'm 35 years old.

Other Articles

Previous

02:30 ފަނަރަވަނަ ބައި

Next

ޝުދޫ*******(19)

Next
August 28, 2017

ޝުދޫ*******(19)

Previews
August 28, 2017

02:30 ފަނަރަވަނަ ބައި

8 Comments!

  1. zaru says:
    August 28, 2017 at 8:36 pm

    kyveh paragraph ar liyaanii.. v reethi..

    1. Adam says:
      August 28, 2017 at 9:42 pm

      Thanks paragraph liyanee Faseyha veema

  2. Ahoo says:
    August 28, 2017 at 8:42 pm

    V v reethi mi part ves

    1. Adam says:
      August 29, 2017 at 12:12 am

      Thanks

  3. Juvey says:
    August 28, 2017 at 11:24 pm

    Vv reethi ..v dhera vey alyaa a medhu kanthah kuraa gothun ..

    1. Adam says:
      August 28, 2017 at 11:47 pm

      Yeah adhi adhi fahun maa dhera vaane kanneyge

  4. Ahmed says:
    August 29, 2017 at 9:38 am

    Alya e ulhey haaluga mi dhuniyeyga meehaku nulahvaashi…. Aameen

    1. Adam says:
      August 29, 2017 at 7:58 pm

      Dhw

Comments are closed.

Next Episodeޢެދެމޭ އުފާ….(3)←


All Right Reserved!