Esfiya - Dhivehi Vaahaka Site
  • އިތުރު
    • އެހެނިހެން
    • ހަޤީޤީ
    • ހިތާމަ
    • ދީނީ
    • މަޒުމޫނު
    • ޅެން
    • މަޖާ
    • ލޯބި
    • ބިރުވެރި
  • އެސްފިޔަ
    • އެސްފިޔަ ޕްރޯ
    • ޤަވާއިދު
    • އިސްތިހާރު ކުރެއްވުމަށް
    • ގުޅުއްވުމަށް
    • މަގޭ ވާހަކަތައް
    • ★ޕޮއިންޓްސް★
  • ލޮގިން
  • ރެޖިސްޓަރ
  • އެހީ
  • ފުރަތަމަ ޞަފްހާ
ލޯބި

ޢެދެމޭ އުފާ….(23)

Dhippi Level 4100 Comments10 Stories
October 1, 2017 6 Mins Read
52 Comments

“އެހެންތަ؟! މަންމަ ހީކުރީ ފަހުން ދާންވެގެން އައީ ކަމަށް…” ސޯފާއިން ތެދުވަމުން އަފީފާ އަހައިލިއެވެ. “ތި ވާހަކަ ބަހައްޓާ…! އަލްގެ ހަބަރެއް ވެއްޖެތަ؟” ސީދާ އަފީފާގެ މޫނަށް ބަލަމުން ވިނާން އަހައިލިއެވެ. “ނުވޭ ދަރިފުޅާ… މަންމަ މިހިރީ ތިކަމަކާ ހުރެ ކުރާނެ ކަމެއް ނޭނގިފަ ދަރިފުޅާ ދެން ކިހިނެއް ހަދާނީ؟” އަފީފާ ދެރަވެފައި އަހައިލިއެވެ. އޭރު އޭނާގެ ލޮލުން ކަރުނަ އާދެއެވެ. “ނޭގެ މަންމާ… ކީކޭ ދެން ބުނާނީވެސް އިރާދަ ކުރެއްވިއްޔާ އަދި އަލް އަންނާނެ، އަޅުގަނޑުގެ ހިތެއް ނުބުނޭ އޭނަ ނައިސް ހުރެދާނެއެކޭ… މަންމާ އަޅުގަނޑު ގޮސްލީއޭ!” އަފީފާޔާ ވާހަކަ ދައްކާލާފަ ދަނީ ކަމަށް ބުނެ ވިނާން ތެދުވެގެން ދިޔައީ އޭނަގެ ކޮޓަރިއަށެވެ.

ކޮޓަރިއަށް ވަދުނު ގޮތަށް ވިނާން ގުޅީއޭނަގެ އެންމެ ގާތް އެކުވެރިޔާ މިހާލް އަށެވެ. އެހެން ނަމަވެސް ނަސީބު ދެރަކަމުން އޭނަގެ ފޯނު އޮތީ ނިވާލާފައެވެ. އެހެން ކަމުން އަނެއްކާ ވެސް ފޯނު ނަގާ އެހެން ނަންބަރަކަށް ވިނާން ގުޅާލިއެވެ. “މާކް! ކޮންތާކު؟ ކޮބައިތަ މީހާލް؟ އޭނަގެ ފޯނު ވެސް ނިވާފަ އޮތީ…” މާކިން ފޯނު ނެގުމާ އެކު ވިނާން އަހައިލިއެވެ. “މިހާލް ފުރައިފި ލަންކާޔަށް، ބުނީ ވިނާން ފޯނު ނުނަގަޔޯ…” މާކިން ބުނެލިއެވެ. “އެހެންތަ؟ އެއީ ކީއްކުރަން ލަންކާއަށް ދިޔައީ؟” ހައިރާން ވެގެން ވިނާން އަހައިލިއެވެ. ހައިރާން ވާނެތާއެވެ. ޓަސް ލާފަ މިހާލް ފުރާވަރުގެ ކަމެއް އޮންނާނެހެނެއް ވިނާންއަކަށް ނޭނގޭ ވިއްޔާއެވެ. “އޭނަގެ މަންމަ ކުއްލިއަކަށް ބަލިވެގެން… އެހެންވެ އެމެޖެންސީކޮށް ފުރީ!” ވިނާންއަށް ނޭނގޭތީ މާކިން އޮޅުންފިލުވައި ދިނެވެ. “އޯ… އެހެންދޯ!! މާކް ބިޒީތަ؟ ބިޒީ ނޫނިއްޔާ ކޮފީއަކަށް އަރަން ހިނގާބަލަ ވަރަށް ބޮޑު ކަމެއް ޖެހިގެންނޭ މިއުޅެނީ!” އަސްލު ވިނާން ބޭނުންވާ މައުލޫއަށް ގޮސް ބުނެލިއެވެ. “ބްރަދަރ ގުޅީމަކާ ބިޒީއެއް ނުވާނެއްނުން! އެކަމަކު ކޮން އިރަކުތަ؟ މާލެ އައީ؟..” މާކިން އަހައިލިއެވެ. “ދެންމެ! މާކު ދޭބަލަ ޝެލްބިންއަށް މަމިނައްޓާލީ އެކޮޅަށް…” ވިނާން އެހެން ބުނުމުން މާކިން ވެސް ދަނީ ކަމަށް ބުނެ ފޯނު ބޭއްވިއެވެ.

“އަލް ހާދަ ހުންގަދަވެފަ! ބޭސް ކާން ވީނުނު…” އަލްޔާގެ ކަނދުރާގައި އަތްލަމުނު ޒިއާދާ ބުނެލިއެވެ. އޭރު އަލްޔާ އޮތީ ހުމާ ފިހޭވަރު ވެފައެވެ. އެބުނާ އިދުރީސަކާ ދިމާ ވިފަހުން އަލްޔާ ހީވަނީ މަރުވެފައި ހުރި މީހެއް ހެންނެވެ. އެއްވެސް ވަރެއް ނެތި ކޮނުމަސް ބުރިއެއް ހެން ހަމަ އޮންނަނީއެވެ. އޮވެވޭނީވެސް އެހެނު ނޫން ހެއްޔެވެ. އަލްޔާ ބަލިވެ އުޅޭ ވާހަކަ ބުނީމަ އޭނަ އެވަރު ކޮއްލި ވިއްޔާއެވެ. ބެވި ބެވީނުން އަލްޔާ ފަކީރު ހުރީ ގަޔަށް ސީލެވޭ ވަރު ކޮއްފަ ވިއްޔާއެވެ. އެވަރު ކޮއްލީމަ ބަލި ނުވެ ހުރެދާނެ ހެއްޔެވެ؟ “ކީއްކުރަން ބޭސް ކަނީ؟ މަށަށް މާ ރަނގަޅު މިހާލުގައި އޮތުމަށް ވުރެ މަރު ވިޔަސް…” ހުމާ ތުރުތުރު ލަމުން އަލްޔާ ބުނެލިއެވެ. “ނޫން އަލް ތިހެން ނުބުނޭ! އެއްވެސް އިންސާނަކަށް ދެރަ ގޮތެއް ނުވާނެ އަހަރުން މިހާލުގައި އުޅޭތާ ކިހާ ޒަމާނެއް ވެއްޖެ، ކެތްކުރުން ނޫން ގޮތެއް އަދި ނެތީތީ ކެތް ކޮއްލާގެން މިތިބީ އަލްވެސް ވާނެ ވަރަށް ހިތްވަރު ގަދަ ކުރަން… އަހަރުން ބައްޔޭ ކިޔާފަ މިމީހުން ހިތަކަށް ނާރާނެ ވައްޖަހުތެކޭ ވެސް އަދި އިރާދަ ކުރެއްވިއްޔާ މިކަމުން އަހަރުން ވެސް ސަލާމަތް ވާނެ!” އަލްޔާއަށް ހިތްވަރު ދެމުން ޒިއާދާ ބުނެލިއެވެ. “އަހަރެންނަށް ހިތްވަރު ކުރެވިދާނެ އެކަމަކު މި ކަމުން ސަލާމަތް ވާނެ ބާއޭ އަހަރެން ހިތަށް މިއަރަނީ!” އެތަނުން ކުއްޖަކު ބޭސް ގުޅައެއް ދިނުމުން އެ ކާލަމުން އަލްޔާ ބުނެލިއެވެ. “ވާނެ އިރާދަ ކުރެއްވިއްޔާ!” ޔަގީން ކަމާއެކު ޒިއާދާ ބުނެލިއެވެ. ކިރިޔާ ވެސް ވަގުތެއް ވެއްޖެއްޔާ އެ ނިކަމެތި އަންހެން ކުދިންގެ ހާލަތަކީ އެ މުސީބާތުން ސަލާމަތް ވާނެ ގޮތަކާ މެދު ބަހުސް ކުރުމެވެ. އެ ގޭގެ ސެކިއުރިޓީއަށް އުޅޭ އައުވާނުންގެ އަދަދުވެސް އެހާ ގިނަ ވިއްޔާއެވެ. އެހެންވީމަ އެތަނުން ނިކުމެގެން ރައްކާ ވުމަކީ އެ ބަލިކަށި އަންހެނުންނަށް ފަސޭހަ ކަމަކަށް ނުވާނެއެވެ. އެގޮތަށް އެތަށް އިރަކު އެކުދިން ހުވަފެން ބަލަމުން ވާހަކަ ދައްކަމުން ދިޔައެވެ.

“މާކު މިއުޅެނީ ވަރަށް ކަޑަ ކަމެއް ވެގެން!” ޝެލްބީންގަ ކޮފީ ބޯން ހުރެ ވިނާން އޭނަގެ އެކުވެރިޔާ މާކިން އާ ވާހަކަ ދައްކަމުން ބުނެލިއެވެ. “ފޯނުން ވެސް ތިހެން ބުނި… ދެން ބުނަން ވެއްޖެއެއްނޫން ތިވެގެން އުޅޭ ގޮތެއް!” މާކިން ހަމަޖެހިލަމުން ބުނެލިއެވެ. “މިއުޅެނީ އަލްޔާ ގެއްލިގެން، ވީތަނެއް ހަރާން އިނގޭ އެކަކު ވެސް ނެތް! އެންމެ ބޮޑު މައްސަލައަކީ މިރަށަކީ އޭނަގެ އެއްވެސް އާއިލާ ބަޔަކު ނޫނީ ދަންނަ ބަޔަކު ވެސް ނޫޅޭކަން..!” ހައިރާންވެ ހުރެ މާކިންއަށް ކިޔާދެމުން ވިނާން ބުނެލިއެވެ. “ކީކޭ؟! ހުވާތަ؟!” ހައިރާން ވެގެން މާކިން އަނެއްކާވެސް އަހައިލިއެވެ. “އާއެކޭ ނެތޭ އޭނަގެ އެއްވެސް އެއްޗެއް ވެސް! ހުރިހާ އެއްޗެއް ވެސް ގެން ގޮސްފަ ހުރީ…” ޔަގީން ކޮއްދެމުން ވިނާން ކިޔާދިނެވެ. “ދެން ކިހިނެއް ހަދާނީ؟!” އަނެއްކާވެސް މާކިން ކޮއްލީ ސުވާލެކެވެ. “ތިއެއްދޯ މަށަށް ވެސް ނޭނގިގެން މިއުޅެނީ! މާކު ހުވާ މިބުނީ މަ ރަނގަޅަށް ވެސް ގޮވައިފި! މަ މިއުޅެނީ އިއްޔޭން ސުރެ ކާއެއްޗެއް ވެސް އަނގަޔަށް ނުލެވިގެން!” ވިނާން ރޮވޭތީ ކުރިއަށް ނުގެން ދެވިގެން ހުއްޓާލިއެވެ. “މާކްއަށް ގެޓް ވޭ ވިނާން ދެރަވާނެ ވަރު!” މާކިން އެހެން ބުނި އިރު އޭނަޔަށް ވެސް ހުރީ ރޮވިފައެވެ. ރޮވޭނެތާއެވެ. އިއްޔެ ރޭގަ އެމީހުން ކުރި މަޖަލާ ސަމާސާގަޑު އަދި ސިކުނޑިއަކުން ފިލައިގެން ނުދޭ ވިއްޔާއެވެ. ވިނާންއާ އޭނަގެ އެކުވެރިޔާއާ ދެމީހުން އެތައް އިރަކު ވާހަކަ ދައްކަން ތިބުމަށް ފަހު ދިޔައީ ސީއައިޑީ ޕޮލިހަކާ ގުޅިގެން ސިއްރުން އެކަން ތަކާ އުޅެން ނިންމާފައެވެ.

“ވިނާން ވެސް މިއަދު މާލެ އަތުވެއްޖެ އުޝާ ވާނެ ގިނަ ގިނައިން މިގެއަށް އަންނަން… އޭރުން އޭނަގެ އެ ފޮނި ހިތްގަޑު ފަތަހަ ކުރެވޭނީ” އުޝާޔާ ފޯނުން ވާހަކަ ދައްކަމުން ހީހީފަ އަފީފާ ބުނެލިއެވެ. “އެހެންތޯ!؟ އަޅުގަނޑު ދާނަން މާދަން، އަލްޔާ ގެއްލުނީމަ އެކަމުގެ ހިތާމައިގަ އައީދޯ؟” އުޝާ އަހައިލިއެވެ. “ހެހެ… ވެދާނެ ދެން! އެ އަލްޔާއެއް ހޯދަން ޖެހޭނީ ކައްވަޅުން، އޭނައެއް ދެން ނުފެންނާނެ!” އަފީފާ ހެމުން ބުނެލިއެވެ. އުޝާވެސް އަފީފާޔާ ބައިވެގެން ހީހީ ހެދިއެވެ. “ދައްތާ! އަޅުގަނޑު ބުނީ އަލްޔާ ދެން ކިހިނެއްބާއޭ ހަދާނީ؟ އޭނަ ހާދަ ހާލެއްގައޭދޯ އުޅޭނީ… ރެޔަކަށް ދިހަ ފިރިހެނުންދޯ! ހައްހައްހާ…” އުޝާ ހީހީފާ އަފީފާ ކައިރި ބުނެލިއެވެ. އަންހެނުންނަށް ވެތިބެ ކޮންފަދަ ދަށުދަރަޖައިގެ ދެމީހުން ހެއްޔެވެ. އަންހެނުންގެ އިހުސާސްތައް އިނގެނީ އަންހެނުންނަށޭ ބުނާ ބަހުގެ މުރާދަކީ ކޮބާ ހެއްޔެވެ؟. ހަމަގައިމު ވެސް އުޝާޔާ އަފީފާ އަކީ ވެސް އަންހެނުންނެވެ. އެކަމަކު އަލްޔާއަށް އެފަދަ ނިކަމެތި ގޮތެއް ހަދާލި އިރު އެ ހަރު ހިތްތަކަށް އަސަރެއް ވެސް ނުކުރިއެވެ. އިންސާނުންގެ ސިފާގައި ވަލު ޖަނަވާރަށް ވުރެ ނުބާ މީހުންވެސް އުޅެޔޭ ބުނަނީ ހަމަ ބުނަން ހައްގު ވީމައެވެ. “ދައްތާ ދެން ބޭއްވީއޭ… އަޅުގަނޑު ދާނަން މިރޭ” އުޝާޔާ އަފީފާއާ ދެމީހުން އެތައް އިރަކު ވާހަކަ ދައްކާފަ މިރޭ ދާނެ ކަމަށް ބުނެފަ އުޝާ ފޯނު ބޭއްވިއެވެ. އަފީފާ ވެސް ދިޔައީ އަސުރު ނަމާދު ނުކޮށް ހުރީތީ އަވަހަށް ނަމާދު ކުރާށެވެ.

“ދަރިފުޅާ ކޮބާތަ ކުޑަބެ؟ ހަވީރު ސައިބޯންވެސް ނީންނަނީތަ؟” ވިނާން ފެންނަން ނެތުމުން ސައުދު އަހައިލިއެވެ. “ކުޑަބެވީ ކޮޓަރީގައި، މެންދުރުވެސް ނުކާ! އަލްޔާ ވީތަނެއް ނޭނގުނީމަ އެކަމާ މާ ބޮޑަށް ވިސްނަނީކަން ނޭނގެ…!” ވަޒުނާ ދެރަވެފައި ބުނެލިއެވެ. ކަޑައެޅިގެން އެގި ހުރެ ވެސް ވަޒުނާ ބުނެލިއެވެ. ހަގީގަތުގައި އޭނަ އެހެން އެބުނީ ސައުދު ކައިރި އަލްޔާގެ ވާހަކަ ތަންކޮޅެއް ތަފުސީލުކޮށް ދެއްކުމުގެ ނިޔަތުގައެވެ. އަފީފާ ވެސް މިވަގުތު ހުރީ އޭނަގެ ކޮންމެވެސް ރައްޓެއްސެއްގެ ގޭގަ ކަމުންޏާވެސް އެކުއެވެ. “ދަރިފުޅާ! ބައްޕަވެސް ތިކަމާ ވަރަށް ދެރަވޭ މިހާރު… ހަފުތާއަކަށް ވުރެ ގިނަ ދުވަސް ވިއްޔާ މިވީ އޭނަ އަންނަ ގޮތަށް ދިޔަ ނަމަ އައީހެއް ނުން” ސައުދު ދެރަވެފައި ބުނެލިއެވެ. “ބައްޕަ ރުޅި ނާންނަ މަތިން އަޅުގަނޑު ވާހަކައެއް ނަން ގަންނަންތޯ؟!” ވިނާން އެދުނު ކަންތައް ކޮއްދިނުމުގެ ބޭނުމުގައި ވަޒުނާ ބުނެލިއެވެ. “ހެެހެ…. ކީއްވެތަ؟ ބައްޕަ ރުޅި އަންނަން ވީކީ ބައްޕަ ދަރިންނަށް ބައްޕަ ރުޅި އަންނަވަރުގެ ވާހަކައެއް ނުބުނާނެ އަވަހަށް ބުނެބަލަ..!” ހިނި އައިސް ސައުދު ބުނެލިއެވެ. “ބައްޕާ ކުޑަބެ…ކުޑަބެ…” ވަޒުނާ އިނީ އެ ވާހަކަ ދައްކަން އަދިވެސް ފަސްޖެހިފައެވެ. “ކުޑަބެ ކިހިނެއްވީ؟” ވަޒުނާގެ ވާހަކަ ނުނިމެނީސް ސައުދު އަހައިލިއެވެ. “ބައްޕާ ކުޑަބެ އުޅެނީ ވަރަށް ބަލިވެ. އެއްވެސް ކާއެއްޗައް ނުކާ މިހާރަކު… އަލްޔާ ދިޔަ ފަހުން ކުޑަބެ އެއްކޮށް ވީކު ވެއްޖެ!” ވަޒުނާގެ ލޮލުން ފެން ހިލެމުން ބުނެލިއެވެ. “އަލްޔާ ދިޔާމަ ބައްޕަވެސް ދެރަ ވެޔޭ ނަމަވެސް ރަނގަޅަށް ކާން ޖެހޭނެދޯ، އެކަމަކު ކުޑަބެ އެހާ ވީކް ވާންވީކީ ކީއްވެ؟” ސައުދު ހިތުގައި އޮތް ސުވާލުގެ ޖަވާބު ލިބިދާނެ ކަމުގެ އުންމީދުގައި އަހައިލިއެވެ. “ބައްޕާ ކުޑަބެ އުޅެނީ އަލްޔާ އާ ރައްޓެހިވެގެން! ވަރަށް ދުވެސް ވެއްޖެ، އަލްޔާ ދިޔާމަ ކުޑަބެެގެ ހުރިހާ އުންމީދެއް ފެނަށް ވެއްޖެ! ބައްޕާ ކުޑަބެ ދިރި ހުއްޓަސް މަރުވެފަ އެހެރީ… ކުޑަބެގެ ހުރިހާ އުންމީދެއް ފުޑުފުޑު ވެއްޖެ!” ވަޒުނާ ރޮމުން ބުނެލިއެވެ. ސައުދު ހުރީ ޝައްކު ޔަގީނަށް ބަދަލްވީތީ އިންތިހާޔަށް އުފާވެސް ވެފައެވެ. އަދި ހުރި އެކަނި ފިރިހެން ދަރި ކުރާ ހިތާމާގަ ދެރަވެސް ވެފައެވެ. “ބައްޕާ ކުޑަބެ ބުނީ އަޅުގަނޑު ކައިރީގަ ބައްޕަ ކައިރީގަ އެވާހަކަ ބުނެދެއްވާށޭ އެހެންވެ އަޅުގަނޑު މިބުނީ” އަތުގެ ނުފުށުން ކުރުނަ ފޮހެލަމުން ވަޒުނާ ބުނެލިއެވެ. މިހުރިހާ މަންޒަރުތައް ބަލަން އިން ޖަޔާ އިނީ ފެންކަޅި ވެފައެވެ. ޖަޔާ ބަލަން ހުރި ގޮތުން އޭނަޔަށް ކޮންމެވެސް އެއްޗައް އިނގެނީ ތޯއްޗެކެވެ. “ދަރިފުޅަށް އިނގޭތަ؟ ބައްޕަޔަށް ތިކަން ޝައްކުވާތާާ ދުވަސް ކޮޅެއް ވެއްޖެ އެކަމަކު ޔަގީން ނުވާތީ މިހުންނަނީ، އޮޅިގެން ވެސް މަންމަ ކައިރާގަ ނުބުނާތި! މަންމަޔަށް އެނގިއްޖެއްޔާ އަލްޔާ ފަކީރު ފެނުނު ދުވަހަކުން ރޮލާ ކާލާނެ…. ނަމަނަމަ މަންމަޔަށް ނާންގާތި!” ސައުދު ހިތްދަތި ގޮތަކަށް ބުނެލިއެވެ. “އަޅުގަނޑު ހުރެދާނަން ނުބުނެ އެކަމަކު އަޅުގަނޑު ވާހަކައެއް އަަހަންތޯ ބައްޕާ؟” ހައިރާންވެ ހުރެ ވަޒުނާ އަހައިލިއެވެ. އާއެކޭ ބުނެ ސައުދު ބޯޖަހައިލިއެވެ. “ކީއްވެ މަންމަ ކައިރީގަ ނުބުނަން ތިއުޅުއްވަނީ؟ އަޅުގަނޑަށް ވެސް އިނގޭ މަންމަ އަލްޔާ އަކާ ގުޅޭކަށް ނުރުހޭނެކަން އެކަމަކު ބައްޕަ ތިހެން ވިދާޅުވީމަ ހީވަނީ މަންމަޔަކަށް އިތުބާރު ނުކުރައްވާހެން!” ވިނާން ވެސް އަފީފާއަށް އިތުބާރު ނުކުރާކަން އިނގޭތީވެ އާއެކު ވަޒުނާ އަހައިލާއެވެ. ވަޒުނާ އެހެން ބުނުމުން އަލްޔާ އެގެއަށް ގެނެވުނު ގޮތާ އޭނަޔާ ދޭތެރޭ ކަންތައް ވީގޮތަށް އަލިފުން ޔާއަށް ސައުދު ކިޔާދިނެވެ. އަދިއިތުބާރު ވެސް ނުކުރަނީ އެސަބަބު ތަކާ ހުރެ ކަމަށް ކިޔީދިނެވެ. ވަޒުނާ ހުރީ އޭނަގެ މަންމަގެ ގޯސް ވަރު ހިތަށް އަރާ ވަރަށް ދެރަވެފައަވެ.

“ކޮއްކޯ ހިނގާ ކާންދާން! ކޮއްކޮ ނުކާ ހުރީމަ ޖަޔާ ބަރާބަރު ދެރަވަނީ… މިއަދު އެއްވެސް ޓައިމް ކޮއްކޮ ނުކަނީ…” ޖަޔާއަށް ކެތްނުވެގެން ވިނާން ކޮޓަރިއަށް އައިސް ބުނެލިއެވެ. ޖަޔާ އެދެކުދިން ދެކެ ދަރިން ދެކެވާ ލޯބިވެއެވެ. ލޯބި ނުވެސް ވެވި ނުހުންނާނެތާއެވެ. އެ ދެ ދަރިންނަކީ ވެސް ޖަޔާގެ އަތް މައްޗަށް ވިހާ ބޮޑު ވެފައި ތިބި ދެ ދަރިންނެވެ. އެހެންވީމަ އޭގެ ތެރެއިން ކޮންމެ ކުއްޖަކަށް ކަމެއް ވިޔަސް ޖަޔާ ވަރަށް ދެރަވެއެވެ. “ނުކާނަން ކާނީ ފަހުން!” ވިނާން ފޫހި ގޮތަކަށް ބުނެލިއެވެ. “ކޮއްކޮ ކާން ދިޔާމަ ޖަޔާ ވަރަށް ބޮޑު ވާހަކައެއް ބުނަނީ… ކޮއްކޮ ނުކަންޏާ ނުބުނަނީ!” ވިނާން ކާން އެއްބަސް ނުވުމުން ޖަޔާ ބުނެލިއެވެ. “ކޮން ވާހަކައެއް؟ ބުނީމަ ކާން ދާނީ!” ކާންދާން ބޭނުުން ނުވާތީ ވިނާން ބުނެލިއެވެ. “ކޮއްކޯ! އަލްޔާ ކޮއްކޮއަށް ވީގޮތަށް ޖަޔާއަށް އިނގޭ…” އެނދު ކައިރީގަ ހުރި ގޮނޑިއެއްގައި އިށީންނަމުން ޖަޔާ ބުނެލިއެވެ. ޖަޔާ އެހެން ބުނުމާއެކު އެނދު ހުރަސް ބަލި ޖެހިފައި އޮތް ވިނާން ފުއްމާގެން ތެދު ވެއްޖެއެވެ. “ކީކޭ؟ ޖަޔާއަށް އިނގެޔޭ؟ ކީކޭތަ ޖަޔާ ތިކިޔަނީ؟…” ހައިރާންވެގެން ވިނާން އަހައިލިއެވެ. “ޖަޔާއަށް އިނގޭ އަލްޔާ އިންނަނީ ކޮންތާކުކަން! މެޑަމް އަލްޔާ ފުނުވާލީ!” ޖަޔާ ގިސްލަމުން ބުނެލިއެވެ. “ކީކޭ! މެޑެމްއޭ! ޖަޔާއަށް އިނގޭތަ ތިކިޔޭ އެއްޗެއް؟!” ވިނާން ތަންކޮޅެއް ބާރަށް އަހައިލިއެވެ. އޭރު ވިނާންގެ ހިތް ބާރަށް ނެގި ޖެހެއެވެ. “ކޮއްކޯ ބާރަށް ވާހަކަ ނުދައްކާ! މެޑަމްއަށް އެނގިއްޖެއްޔާ ޖަޔާ ވެސް މިގެއިން ފުނުވާލާނެ!” ޖަޔާ ވިނާން ހަމަ ޔަކަށް އަރުވަން މަސައްކަތް ކުރިއެވެ.”މާ ވާހަކަ ދިގު ނުކޮށް ތިކިޔާ އެއްޗެއް ކިޔާބަލަ!” ހިތް އަވަސް ވެފަ ވިނާން ބުނެލިއެވެ. “އަލްޔާގެ ޕާރޓީ ބާއްވަން އޮތް ދުވަހު އަލްޔާ ފޮނުވާލަނީ، އެދުވަސް މެޑަމް ޖަޔާ ކައިރީގަ ބުނަނީ ހަވީރު ހަތަރެއް ޖަހަންދެން ޖަޔާ ޗުއްޓީވަނީއޭ ބޭރަށް ދިޔަޔަސް މައްސަލަ ނެތީ، މެޑަމް ބުނަނީ ވިނާން ވެސް ނެތީ ބޭބެވެސް އޮފީސް ހުންނަނީ ގޭގަ ކައްކަން ބޭނުން ނެތީ… ޖަޔާއަށް ޗުއްޓީ ދިނީމަ ޖަޔާގެ އެއްޗެހި ދޮންނަނީ ހިއްކަން ޓެރަސްގައި އަޅުވައިފަ ތިރިއަށް އަންނަނީ އޭރު އަލްޔާ ބޮޑުކޮށް ރޮނީ މޫނުގައި މާސްކް އަޅާފަ ހުންނަ މީހުން އަލްޔާގެ ގައިގަ ހިފަހައްޓާފަ ހުންނަނީ… މެޑަމް ބަރާބަރު ހަޅޭއް ލަވަނީ، އަލްޔާ ކައިރީގަ ބުނަނީ ވިނާންއާ ރައްޓެހާވަނީ ވިނާންގެ ޒިންދަގީއިން އެއްކޮށް ދުރަށް ފޮނުވާލަނީ، އަދި ދައްތަ ބުނަނީ އަލްޔާ ދެން ހުންނަން ޖެހެނީ ބޮޑީ ސެލްކުރާ ތަނުގަ، ދައްތަ ބުނަނީ އެމީހުންނަށް އަލްޔާ ވިއްކާލީ!!” އެދުވަހު ހިނގި ކަންތައްތައް ޖަޔާ ތަފުސީލްކޮށް ވިނާންއަށް ކިޔާދާނެވެ. އޭރު ޖަޔާ ހުރީ ވަރަށް ބޮޑަށް ރޮވިފައެވެ. ވިނާން ހުރީ ގަބޫލް ކުރަން ދަތިވެ ހަތަރެސް ފައިން ވާގިދޫވާ ވަރު ވެފައެވެ. “ޖަޔާ ކީއްވެ ކުރިން ނުބުނީ؟ މަންމައަށް އިނގޭނެތަ ޖަޔާއަށް އިނގޭ ކަމެއް!” ވިނާން އޮޅުން ފިލުވަން އަހައިލިއެވެ. “މެޑަމްއަށް ނޭނގެނީ އަހަރެން ހުންނަނީ ސިޑިމަތީގަ، އެއްވެސް މީހާޔަށް ޖަޔާ ނުފެންނަނީ!” ރޮމުން ޖަޔާ ބުނެލިއެވެ. “ތޭންކްސް ޖަޔާ! އެއްވެސް މީހެއް ކައިރީގަ ދެން ނުުބުނާތި އަހަރެން ކައިރީގަ ބުނި ވާހަކަތައް…” ދެއަތް މުއްކަވާލަމުން ވިނާން ބުނެލިއެވެ. “ކޮއްކޯ އަވަސް އަލްޔާ ގެންނަނީ އިނގޭ އަލްޔާ ނެތީމަ ކޮއްކޮ ބަރާބަރު ނުކަނީ، ބަލި ހުންނަނީ ކޮއްކޮ މުޅިން ހިކެނީ…” ޖަޔާ ރޮމުން ބުނެލިއެވެ. “އަލްޔާ ގެންނަނީ ޖަޔާ ދެންދޭ!” އެެހެން ބުނެފަ ދެ އަތުން ބޮލުގައި އަތް އަޅަމުން ވިނާން ތިރިވީ އެނދު މައްޗަށެވެ. އޭރު ޖަޔާ ވިނާންއަށް ފުރަގަސް ދެމުން ކޮޓަރިން ނިކުމެއްޖެއެވެ.

……ނުނިމޭ…..

Share Article

Follow Me Written By

Dhippi

Level 4100 Comments10 Stories

My name is Athifa Adam (Dhippi). I like to read and write stories. I am from K.Mal'e. I'm a woman. I'm 35 years old.

Other Articles

Previous

02:30 ސައުރަތިރީސްވަނަ ބައި

Next

ޔާރު މިވަނީ ލޯތްބޭ ހަޤީގީ 37 (ސަތުތިރީސްވަނަ ބައި)

Next
October 1, 2017

ޔާރު މިވަނީ ލޯތްބޭ ހަޤީގީ 37 (ސަތުތިރީސްވަނަ ބައި)

Previews
October 1, 2017

02:30 ސައުރަތިރީސްވަނަ ބައި

52 Comments!

  1. Adam says:
    October 1, 2017 at 3:10 pm

    Ummeedhu kuran mi part ves kamu dhaane kamah sorry kuru koh genesdheveythy midhuvas kolhu maa buxy veema ummeedhu kuran kiyun theringe mi uxuru gabaol kuraane kamah

  2. rose says:
    October 1, 2017 at 3:22 pm

    ehen ves vaane aee mahssala eh noon.good luck

    1. Adam says:
      October 1, 2017 at 4:17 pm

      Thanks rose

  3. Xaan says:
    October 1, 2017 at 3:27 pm

    Masha Ahlhah v reethi

    1. Adam says:
      October 1, 2017 at 4:20 pm

      Thanks xaan

  4. Nonni says:
    October 1, 2017 at 3:28 pm

    Nice❤

    1. Adam says:
      October 1, 2017 at 4:21 pm

      Thanks nonni

  5. You says:
    October 1, 2017 at 3:35 pm

    Omg waiting next part

    1. Adam says:
      October 1, 2017 at 4:19 pm

      Thanks

  6. some one says:
    October 1, 2017 at 3:36 pm

    Varah varah reethi .. alyaa gennahchey n afeefa enmennah falhaa aruvaalaba

    1. Adam says:
      October 2, 2017 at 2:25 pm

      Yap sure thanks some one alya ah othee ufaa kuriyah bt hatharu agulhirhega knneyga efakeeru hunna jehenee

  7. Rashy says:
    October 1, 2017 at 3:44 pm

    Hi
    Aslu jaya vinan aa ehaa loabin vaahaka dhakkaa iru ves vinan varah foohi gothakah eyna aa vaahaka dhakkany. E kyve?. Ehaa loabin kaan dhaan bunyma ves vinaan foohi gothakah nukaanamey e bunany…hyvani alyaa noon myhaka rythi koh talk nukuraahen.. adam mi kan ragalhu kohdheyn vynu. V dhera ve aslu

    1. Adam says:
      October 1, 2017 at 4:14 pm

      Aslu vinaan Jaya aa ves talk kuranee reethi Koh bt vaguthaa haalathun ehen evee vinan ehaa boa govaafa ineeema ehen evee

    2. reader says:
      October 1, 2017 at 4:45 pm

      Upset vefa huryma kamah vaany

    3. Adam says:
      October 2, 2017 at 9:56 pm

      Yap reader ur ryt

  8. sana says:
    October 1, 2017 at 3:59 pm

    Wow!nice waiting for next part?????

    1. Adam says:
      October 1, 2017 at 4:16 pm

      Thanks sana

  9. annoying reader says:
    October 1, 2017 at 4:25 pm

    oh my gooooooood varah reeethi, thanks adam, waiting for the next part as soon as possible. hah afeefa kaley foshi ready kohgen court ah dhaan ready vey -_-! mi faharu al gendhiya meehunge ves dhuvas dhiyai dhw. i am excited yeay

    1. Adam says:
      October 2, 2017 at 2:27 pm

      Hehe thanks annoying reader afeefaaa dhaanee guridhoo ah knneyge hehe

  10. peace eye says:
    October 1, 2017 at 4:37 pm

    Nice

    1. Adam says:
      October 1, 2017 at 4:40 pm

      Thanks peace eye

  11. Lai says:
    October 1, 2017 at 4:42 pm

    Vv reethi mi part ves
    Aslu vv wait kurevey mi story ah and this is one of the best story in esfiya

    1. Adam says:
      October 1, 2017 at 5:12 pm

      Wow thanks lai thi dhehvaa tharuheebah insha Allah maadhan Rey up kuraanan wait kuraane kamah ummeedhu kuran

  12. Lam says:
    October 1, 2017 at 5:15 pm

    Waiting…avahah up kodeh chay ingey plx

    1. Adam says:
      October 1, 2017 at 5:21 pm

      Thanks lam maadhen Rey up kuraanan insha allah

  13. Mady says:
    October 1, 2017 at 5:16 pm

    V nice

    1. Adam says:
      October 1, 2017 at 5:22 pm

      Thanks Mady

  14. datha says:
    October 1, 2017 at 5:33 pm

    Alhe haadha reechay avass ingay dhathaya nu vess nidhay kiyaa hithun

    1. Adam says:
      October 2, 2017 at 2:18 pm

      Hehe thanks dhatha ragalha nidhaathi ehen noonee kamaku nudhaane miey up kuraanan

  15. siyaa says:
    October 1, 2017 at 6:04 pm

    Varah reethi vahakaye

    1. Adam says:
      October 1, 2017 at 6:17 pm

      Thanks shiyaa

  16. Zuvaana says:
    October 1, 2017 at 6:20 pm

    Aaa haadha kurey aslu ves vara reethi

    1. Adam says:
      October 2, 2017 at 2:16 pm

      Thanks zuvaana next part dhigu veythoa balaanan adam v buxy dhuvas kolheh ehenve

  17. Mal says:
    October 1, 2017 at 6:34 pm

    Woow vvv salhi ….

    1. Adam says:
      October 2, 2017 at 2:19 pm

      Thanks mal

  18. khajja says:
    October 1, 2017 at 7:33 pm

    Ohh wow masha allah stry v v habeys??? thank u so much jayaa? vinaan dhen madumadun afeefaa ah faaralaa eynage phone callthah adu ahaalabala eyrunves engidhaane ennu al v thaneh ekam vinaan ge dad n vazoo avves kommes varakah thikan angaalaa eyrun thikamuga v kuri erun libeyne kamaffennany whn nxt prt avaskolladhybala thank u 4 the awsome stry adam gud nyt ly????❤❤???????????

    1. Adam says:
      October 2, 2017 at 2:23 pm

      Thanks khajja vazoo ah ves ingeyne adhi adhi geythereyge haguraama othee kuriyah inthizaaru kohlaaa khajaa veema kuda hinteh midhinee hehe mire ah inthizaaru kohlaa

  19. Rym says:
    October 1, 2017 at 8:10 pm

    Nice?

    1. Adam says:
      October 2, 2017 at 2:30 pm

      Thanks rym

  20. annoying reader says:
    October 2, 2017 at 8:17 am

    varah reethi,thanks adam,finally afeefa foshi thayyaru kohgen mini van vaan ready vey, al gendhiya meehun ge fahu dhuvas jehuny thoacheh ? can’t wait for the next part

    1. Adam says:
      October 2, 2017 at 2:29 pm

      Thanks afeefa ah haggu avnee guridhoo moyainge gilhi eynayah golhi eh hoadhadheeba fonuvaalan

  21. ipher says:
    October 2, 2017 at 3:03 pm

    Maasha Allah…v v v v reethi mi part vx….waiting waiting

    1. Adam says:
      October 2, 2017 at 6:11 pm

      Thanks ipher

  22. Mona says:
    October 2, 2017 at 6:07 pm

    Mirey kihaa iraku story up vany….cant wait to read…plx avaha up kohba

    1. Adam says:
      October 2, 2017 at 6:12 pm

      Yeah mirey up kuraanan

  23. Mona says:
    October 2, 2017 at 8:56 pm

    Adam canbi get ur number

    1. Adam says:
      October 2, 2017 at 8:59 pm

      Oops Mona e kihineh veethoa

  24. Mona says:
    October 2, 2017 at 9:10 pm

    Can i get…
    Plx plx

    1. Adam says:
      October 2, 2017 at 9:44 pm

      Sorry Mona mithaa kihineh number jahaane Mona okk yaa number dhee Adam gulhaalaa faanan

  25. naayaa says:
    October 2, 2017 at 11:14 pm

    Vr reethi and vr kiyaa hithun mi vaahaka kiyenii.

    1. ibbe says:
      October 2, 2017 at 11:23 pm

      Hmm vr reethi Vr kiyaa hithun kiyenii Pis pis pis.

  26. naayaa says:
    October 2, 2017 at 11:17 pm

    Vr reethi and vr kiyaa hithun mi vaahaka kiyenii :-):-)

Comments are closed.


All Right Reserved!