“ބައްޕަމެން ވަރަށް އުފާވެއްޖެ ތި ދެކުދިން ބައްޕަމެންގެ އެދުމާއި އެއްގޮތަށް ކަންތައް ކުރަން އެއްބަސްވީމަ.” މިރުހާން ވެސް ހުރީ ވަރަށް ހިތްހަމަޖެހިފައެވެ. “އެހެންވީމަ ކައިވެނީ ކަންތައް ކުރިއަށް ގެންދާން ވީ އެއްނު. މާ ލަސްކުރަން ހަދާނެ ކަމެއް ނެތެއްނު.” ޔާސިރާ ބޭނުންވީ ވީހާވެސް އަވަހަށް މި ކައިވެނި ކުރުވާށެވެ. “އަންނަ މަހު 25 ކިހިނެއް ވާނީ؟ ފުދޭ ވަރަކަށް ދުވަސް ވެސް އެބަ އޮތެއްނު އަދި.” ރިޔާދު އޭނާއަށް ފެންނަގޮތް ހާމަކޮށްލިއެވެ. “ހަމަ ބަރާބަރުވާނެ.” މިރުހާންއަށް ވެސް […]
ކޮންމެ ގޮތެއް ހަދައިގެން ނަމަވެސް މި ކައިވެނި ކުރުވަން ޔާސިރާ ބޭނުންވެއެވެ. އޭރުން މި ސުންޕާ ކުއްޖާގެ ފަރާތުން މިންޖު ވެވޭނެއޭ ޔާސިރާގެ ހިތަށް އެރިއެވެ. އޭނާ އަވްލީން އާއި އެހާ ލޯބިން ވާހަކަ ދައްކާ ހެދީވެސް މި ބޭނުމުގައެވެ. ލޯބީގެ މަޅީގައި ޖައްސައިގެން އަވްލީން ރުއްސުމަކީ މާ ބޮޑު ކަމަކަށް ނުވާނެ ކަން ޔާސިރާއަށް ރަނގަޅަށް އިނގެއެވެ. އެހެންކަމުން ލޯބީގެ މަޅީގައި ޖައްސައިގެން އަވްލީން ލައްވާ އެ ކައިވެންޏަށް އާބަސް ބުނުވަން ކުރެވެން އޮތް ކަމެއް […]
“ދެން މާ އަނގަ ތަޅާނެ ކަމެއް ނެތޭ. ދެން ދަނީ އިނގޭ ހޮސްޕިޓަލްއަށް. މައި ދެކިލާ ހިތުން ހަމަ މިއައީ ވެސް. މާދަން ވާނެ މީޓުވެލަން” އަވްލީން ހޮސްޕިޓަލަށް ދާން ނައްޓާލީ މާ ލަސްވާތީއެވެ. ގޭތެރެއަށް ވަދެގެން އައި ރާދިން ފެނިފައި އޭނާގެ މަންމަ ރައުދާ ގޮވައިލިއެވެ. “ދަރިފުޅާ އާދޭ ކާން. ބައްޕަ ވެސް އިރުކޮޅަކުން ދުރުވާނެ ކާން.” ރައުދާ ލޯބިން އޭނާގެ ދިރިފުޅާއި ވާހަކަދެއްކިއެވެ. “އެބަ އަންނަން ފެރްޝްވެލައިގެން މަންމާ.” ރާދިން އޭނާގެ މަންމައަށް ޖަވާބު […]
މާޒިން އޭނާގެ ދޮންތަ ދެކެ ވާ ލޯބި ފެނިފައި އަވްލީން ހުރީ އުފަލުން ފޮޅިފައެވެ. ދޮންމަންމަ އާއި ބައްޕަ އޭނާއަށް ކިތެއްމެ ގޯސް ވިޔަސް މާޒިން އޭނާއަށް އަޅާލާ ލޯބިވާވަރުފެނިފައި އެ ހިތަށް ހިތްހަމަޖެހުން ލިބެއެވެ. ނަމަވެސް މަންމަ އާއި ބައްޕަގެ ލޯބި ނުލިބޭތީ އެކަމާ އަވްލީން ވަރަށް ދެރަވެއެެ. ކޮންމެވެސް ދުވަހަކުން އެ ދެމީހުންގެ ރުހުމާއި ލޯބި ލިބޭނެކަމަށް އަވަލީން އުއްމީދު ކުރެއެވެ. އަދި އެދެމީހުންގެ ރުހުމާއި ލޯބި ހޯދުމަށް ކުރަންޖެހިއްޖެ ކޮންމެ ކަމެއް ކުރަންވެސް […]
ރާދިން އަކީ މުއްސަނދި އާއިލާއަކަށް ނިސްބަތްވާ ކުއްޖަކަށް ވާއިރު އަވްލީން އަކީ އާދައިގެ އާއިލާއަކަށް ނިސްބަތްވާ ކުއްޖެކެވެ. އަވްލީން ދެކޭ ގޮތުގައި އެފަދަ މުއްސަނދި އާއިލާއެއްގެ ކުއްޖަކާއި އޭނާ އާއި އެކަށިގެންނެއްނުވާނެއެވެ. ނަމަވެސް އަވްލީން އަށް ނުވިސްނުނު ކަމަކީ ލޯތްބަކީ ވަކި ފަންތީގެ ވަކި ބަޔަކަށް ހާއްސަކުރެވިފައިވާ އެއްޗެއް ނޫން ކަމެވެ. ރާދިން އަށް ނިދަން އޮތްއިރުވެސް ދިޔައީ އަވްލީން އާއި ދޭތެރޭގައި ވިސްނެމުންނެވެ. މީގެ ކުރިން އެއްވެސް އަންހެން ކުއްޖަކަށް ރާދިންގެ ހިތް ލެނބިފައި ނުވާއިރު […]
ހޯލުގެ ފާރުގައި ބޮޑުއަކުރުން ‘މަރުހަބާ ޑރ. އާމިނަތު އަވްލީން މިރުހާން’ ޖަހާފައި އިނެވެ. އަވްލީން ހިނިތުންވެލަމުން އެންމެންނާއި ސަލަމް ކުރިއެވެ. ހުރިހާ އެންމެން ވެސް ވަރަށް ހިތްހެޔޮވެފައި ގުޅެއެވެ. އެހެންކަމުން އަވްލީން ހުރީ ވަރަށް ހިތްހަމަޖެހިފައެވެ. “މީ މި ހޮސްޕިޓަލްގެ ސްޓާފުންގެ ފަރާތުން ޑރ. އަވްލީން އަށް ދޭ ކުޑަކުޑަ ސަޕްރައިޒް އެއް. ޕްލަސް ހުރިހާ އެންމެންގެ އިންޓްރޯއެއް ދިނުމަށް ބާއްވާލި ކުޑަ މީޓިން އެއް. އެވްރިވަން ޕްލީޒް ސިޓް ޑައުން. އިރުކޮޅަކުން ޑރ. ރާދިން ދުރުވާނެ […]
“ލީން ދެރަވާނެތީ އޭ އަސްލު މަ އެއް ވަނަ ނުހޯދަނީ. އެއީ ލީން އަށް ސްޕެޝަލްކޮށްފަ އިންނަ ޕްލޭސް އެއް. އެނީވޭސް!! މިފަހަރު އަސްލުވެސް ހަމަ އުނދަގޫ އިނގޭ. ދެން ބަލަމާ ދޯ ވާނެ ގޮތެއް ވެސް” ވާހަކައިގައި ތިބެ އަވްލީންގެ ގެއާ ހަމައަށް އާދެވުމުން ދެ އެކުވެރިން ވަކިވިއެވެ. 3 މަސް ފަސް އަމީނިއްޔާ ސްކޫލްގެ ގޯތިތެރެ ވަނީ ދަރިވަރުންނާއި ބެލެނިވެރިންނުން ފުރާލެވިފައެވެ. ކޮންމެ މިހެން ވެސް އިންތިޒާރު ކުރަމުން ދިޔައީ އެންމެ ފަހުން […]
އިރު އޭގެ ވާޖިބު އަދާކުރަމުން ދުނިޔެއަށް އޭގެ ރަން ދޯދިތައް ފޯރުވަމުން ދެއެވެ. މިއަދުވެސް އަވްލީން އަތްމަތި އަވަސްކޮށްލައިގެން އުޅެނީ ސްކޫލަށް ދާން ޖެހޭ ގަޑި ކުޑަތަން ވެފައި ހުރުމުންނެވެ. މިއީ ކޮންމެ ދުވަހެއްގެ ވެސް އާދައެވެ. އަވަލީންއަށް ފަތިހު ތެދުވެ ގޭތެރެ ސާފުކޮށް ސައިހަދާ ކަންތައް ކުރުމަށް ފަހު ސްކޫލަށް ގަޑިއަށް ދެވެނީ ހަމަ ކިޔިރަ ކިރިޔާއެވެ. ކިތެއްމެ ލަހުން ތެދުވެވުނު ނަމަވެސް ސައިހަދައިކަންތައް ނުކޮށް ސްކޫލަށް ގޮސްފި ނަމަ އަވްލީން ގެ ދޮންމަންމަ ޔާސިރާ […]
އަވްލީން އަކީ އާދައިގެ އާއިލާއަކަަށްް ނިސްބަތްވާ ކުއްޖެކެވެ. ހަޔާތުގައި ދިމާވި އަޑިގުޑަންތައް ކެއްތިކަމާއި އެކުު ކަޑައްތުކުރުމަށް ފަހު އެންމެ ކުޑައިރުއްސުރެ ޑޮކްޓަރަކަށް ވުމަށް ދެކެމުން އައި ހުވަފެނުގައި ކުލަޖައްސައެެވެ. ރާދިން އަކީ ‘ޑްރީމްް ކެއާ ހޮސްޕިޓަލް’ ގެ ވެރިފަރާާތް ކަމިގައިވާާ ރިޔާދުގެ ހުރި ހަމައެކަނިި ދަރިފުޅެވެ. ރާދިންއަށް އަވްލީން އެންމެ ފުރަތަމަ ފެނިލުމިންވެސް އަވްލީން ދެކެ ލޯބިވެވެއެވެ. އަދި އަވްލީންގެެ ލޯބި ހާސިލްކުރުމަށް އަތުކުރި އޮޅާލައެވެ. * މީ އަޅުގަނޑު މިި ސައިޓަށް ލިޔާ އެންމެ ފުރަތަަމަ […]