“ވާހަކައިގެ ގޮތުން ދެން އެހެން އަހާލީހަމަ. އެނީވޭސް… މި އަނެއް… މިސާލަކަށް ލީން އަށް އެނގުނީއޯ ރާދް ކުރިން އެގޮތަށް ކަންތައްކުރީ ސަޕޯސް ކޮންމެވެސް ކަހަލަ މަޖުބޫރީކަމެއް ދިމާވެގެން ކަމަށް. އެންޑް ފަހުން ހަގީގަތް ލީން އަށް އެނގުނީމަ ވިލް ޔޫ ފޮގިވް ހިމް؟” މައިރާ އޭނާގެ ހިތުތެރޭގައި މިއޮތް ހުރިހާ އިރު އޮތް އެންމެ ބޮޑު ސުވާލު އަވްލީން އާއި ކޮށްލިއެވެ. އަދި އަވްލީން ދޭނެ ޖަވާބަކަށް އިންތިޒާރުކުރަމުން ދިޔައީ ކެއްތެރިކަމެއްނެތް މީހެއް ފަދައިންނެވެ. “ފުރަތަމަކަމަކަށް […]
“މިބުނީ އެއްނު އަހަރެންނާއި އަވްލީން އަށް އެކުގައި އުޅެވޭކަށް ނެތޭ. މީގެން އެއްވެސް ކަމެއް އަންޖަލް އަށް އެނގިއްޖެއްޔާ އޭނާ ލީންއަށް ކޮންމެ ފަދަ ގޮތެއް ހަދާކަށްވެސް ފަހެއްނުޖެހޭނެ. ކީއްވެގެންތަ ގަބޫލުނުކޮށްގެން ތިއުޅެނީ. އަންޖަލް ލީން މަރާލަ…” ރާދިންއަށް ހުއްޓާލެވުނީ ބުނެވުނު އެއްޗެއް ފަހުމް ވުމުންނެވެ. މީ ދުވަހަކުވެސް އޭނާ ބުނަން ބޭނުންވި އެއްޗެއް ނޫނެވެ. ނަމަވެސް އައި ރުޅީގައި ހުރިހާ އެއްޗެއް ދުލުން ބޭރުކުރެވުނީ އެއްވެސް އިހްތިޔާރަކާއި ނުލައެވެ. ރާދިންގެ ދުލުން ބޭރުވި ބަސްތައް އަޑުއިވިފައި […]
“ދަރިފުޅާ ދޮން މަންމަގެ ވާހަކަތަކާއި މާބޮޑަށް އަޅާލާނެކަމެއް ނެތް. ބައްޕަ އައީ ދަރިފުޅު މެލޭޝިޔާއަށް ދާން ހަމަޖެހިފައި އޮތީމަ އެ ވާހަކަ ބުނެލަން. އަންނަ ހަފްތާ ހޮނިހިރުގައި ފުރުން އިނީ. ދަރިފުޅު ތައްޔާރުވެގެން ހުންނާތި.” މިރުހާން ކުޑައިރުކޮޅަކު އަވްލީން އާއި ވާހަކަ ދައްކަން ހުރުމަށް ފަހު އޭނާގެ ކޮޓަރި އާއި ދިމާލަށް ދިޔުމުން އަވްލީން ވެސް އޭނާގެ ކޮޓަރިއަށް ވަނެވެ. ގޭތެރެއަށް ވަދެގެންއައި މައިރާ ހުރީ އެގޭގެ ރީތިކަން ފެނި ރަނގަޅަށް ވެސް އާޝޯހުވެފައެވެ. ބަލައިލާ ކޮންމެ […]
މިހުރިހާ އިރު ކެބިންގެ ބޭރުގައި އަންޖަލް އާއި ރާދިންގެ ވާހަކަތައް އަޑުއަހަން ތިބި މާހިލް އާއި ރާހިލް ތިބީ ހައިރާންވެފައެވެ. ކަންތައް މިފަދަ ގޮތަކަށް ހިނގާފާނެކަމަކަށް އެމީހުން ހިޔެއްނުކުރެއެވެ. “ކޮބާ ރާހިލް އަހަރެން އޭރުވެސް ބުނީމެއްނު ސަބަބެއް ނެތި ރާދިން އެފަދަ ގޮތަކަށް ކަންތަކެއް ނުކުރާނެޏޭ. ރާދިން އެއީ އިއްޔެއަކު ނޫނީ މިއަދު އަހަރެމެންނަށް ފެނުނު މީހެއް ނޫނޭ. އަވްލީން ކީއްކުރަން އެހެން ކުއްޖެއް ނަމަވެސް އެފަދަ ގޮތަކަށް ކައިވެންޏަކާއި ހަމައަށް ގެންގޮސްފަ އެފަދަ ގޮތަކަށް ރާދް […]
މި އަންނަ ހަފްތާގައި އަޅުގަނޑުގެެ ޓެސްޓްތައް އޮންނާތީ އެ ހަފްތާގައި ވާހަކަގެެ އާ އެޕިސޯޑްއެއް ގެނެސްދެވެން ނެތް ވާހަކަ ހިތާމަ އާއި އެކު ދަންނަވަމެވެ. ހުރިހާ ކިޔުންތެރިންވެސް އަންޑަސްޓޭންޑް ވާނެކަމަށް އުއްމީދުކުރަން. ޓެސްޓްތައް ނިމި ފްރީ ވާ އެންމެ އަވަހަކުން ވާހަަަކަަ އަޕް ކުރަމުން ގެންދާނެ ވާހަކަވެެސްް ދަންްނަވަަމެެވެެ. އެންޑް ލާސްޓް ބަޓްް ނޮޓް ދި ލީސްޓް…. އައި ހޭވް ޑިސައިޑެޑް އެގްޒާމްތައް ފެށުމުގެ ކުރިން އަދި އެއް ޕާޓް ގެނެސްދޭޭންް ސޯ ކީޕްް ވެއިޓިން ފޯ […]
ރިޔާދުގެ ފަހަތުން ދެން ތިބި މީހުންވެސް ކޮޓަރިއަށް ވަން އިރު އަވްލީންއަށް ބޭރުގައި ހުރެވުނީއެވެ. އަވްލީން އެތެރެއަށް ވަންނަން އުޅުމުން ރައުދާ އައިސް އަވްލީން ކޮޓަރިއަށް ވަނަ ނުދީ ހިފެހެއްޓީ ފެންނަ މަންޒަރަކުން އަވްލީންގެ ހިތް ކުދިކުދިވެގެންދާނެކަން އިނގޭތީއެވެ. ރައުދާގެ އަތް ދުރުކޮށްލަމުން އަވްލީން އެތެރެެއަށް ވަނީ ތެޅިތެޅި އޮތް ހިތަކާއިއެކުއެވެ. ކޮޓަރިތެރެއިން ފެނުނު މަންޒަރުން އަވްލީންގެ ހިތްކުދިކުދިވެއެވެ. ރާދިން އެފަދަ ގޮތަކަށް އޭނާގެ އިހްސާސްތަކާއި ކުޅެލާނެކަމަކަށް ހުވަފުގައިވެސް އަވްލީން ހިޔެއްނުކުރެވެ. ލޯބިގެ ދަޅަދައްކާފައި އެ ހިތް […]
އެއްޗެއްގައި އަޅައިގަނެފައި ވެއްޓެން ދިޔަ އަވްލީންގެ ހަޅޭކުގެ އަޑަށް ދޯނީގައި ތިބި އެންމެން އެދިމާލަށް ބަލައިލިއެވެ. އަވްލީންގެ އަތުގައި ހިފޭތޯ ދުއްވައިގަން ރާދިން އަށް އަވްލީން އާއި ހިސާބަށް ދެވުމުކުރިން ދޯނިން ބޭރަށް އަވްލީން ވެއްޓުނެވެ. ހަތަރު އުދަރެެސް ފެނުޖެހިފައިހުރި މީހެއް ފަދައިން ރާދިން އަށް ކުޑައިރުކޮޅަކު ގަބުވެފައިހުރެވުނެވެ. އޭގެ ދެވަނަ ސިކުންތުގައި ރޯޅުތަކުގެ ޝިކާރައަކަށް ވަމުން ދިޔަ އަވްލީން ސަލާމަތްކުރުމަށް ފުންމާލީ އޭނާގެ ފުރާނައަށް ބެލުމެއްނެތިއެވެ. ބިޔަ ކަނޑުގެ ރާޅުތަކުގެ ތެރޭގައި ރާދިން އަވްލީން ސަލާމަތްކުރެވޭތޯ […]
ރާދިން އާއި އަވްލީންއަށް ނޭނގުނުކަމަކީ އެ ދެމީހުންގެ އެ ލޯބިވެތި ވަގުތުކޮޅު ބަލަން ފާރައަށް އެހެން މީހެއް ހުރިކަމެވެ. އެމީހާގެ މޫނުމަތީގައިވާ ރުޅިވެރިކަމުގެ އަލިފާނުން އަވްލީން ރޯކޮށްލާން އުޅޭފަދައަކުން އަވްލީން އާއި ދިމާލަށް ބަލަމުން ދިޔައެވެ. “އައި ވިލް ޑިސްޓްރޯއީ ޔޫ އަވްލީން.” ރުޅިވެރި އަޑަކުން އެމީހާ ބުނެލިއެވެ. އަވްލީން އާއި ރާދިން އައުމުން އެންމެންގެ ފަރާތުން މަރުހަބާގެ ބަސްތައް ދެމީހުންނަށް އޮހެމުން ދިޔައެވެ. މިރެއަކީ އަވްލީން އާއި ރާދިންގެ ހަޔާތަށްއައި އެންމެ އުފާރެވި ރެއަށް ވާނެކަންގައިމެވެ. […]
“އެހެންތަ؟ އެވެދާނެ މީހެއް ސަމާސައަކަށް ކުރިކަމެއް ކަމަށްވެސް. އެހެން މީހެއް ބުނާ އެއްޗަކަށް އެވަރަށް ވިސްނާނެކަމެއް ނެތް. އެންޑް އަހަރެން ހުރިހާ ހިނދަކު ލީން އަށް އެއްވެސް ކަމެއް ވިޔަކަ ނުދޭނަން އިންޝާﷲ. ޓްރަސްޓް މީ ބޭބީ. އެންޑް ކުރިން ވެސް ބުނީމެއްނު ސަރ ނުކިޔާށޭ. އެޓްލީސްޓް ނައު ޔޫ ޝުލްޑް ސްޓޮޕް ކޯލްގް މީ ސަރ އާފްޓަރއޯލް އައި އޭމް ޔުއަ ޓުބީ ހަޒްބެންޑް އެއްނު.” ރާދިން ފުރަތަމަ ބުނެލި ވާހަކަ ބުނެލީ ކަންބޮޑުވުން އެކުލެވިގެންވީ […]