Esfiya - Dhivehi Vaahaka Site
  • އިތުރު
    • އެހެނިހެން
    • ހަޤީޤީ
    • ހިތާމަ
    • ދީނީ
    • މަޒުމޫނު
    • ޅެން
    • މަޖާ
    • ލޯބި
    • ބިރުވެރި
  • އެސްފިޔަ
    • އެސްފިޔަ ޕްރޯ
    • ޤަވާއިދު
    • އިސްތިހާރު ކުރެއްވުމަށް
    • ގުޅުއްވުމަށް
    • މަގޭ ވާހަކަތައް
    • ★ޕޮއިންޓްސް★
  • ލޮގިން
  • ރެޖިސްޓަރ
  • އެހީ
  • ސީރީސްތައް
  • ފުރަތަމަ ޞަފްހާ
ލޯބި

ވާލޯބި އެނގޭނަމަ 21

Aami Level 210 Stories100 Comments
April 22, 2019 6 Mins Read
17 Comments

“ކޮންމެސް ވަރެއްގެ ކެއްތެރިކަމެއްވެސް ހުންނަން އެބަޖެހޭދޯ. ބަޔެއް ކުދިންގެ ނުހުރޭ އެއްވެސް ވަރަކަށް ކެތްތެރިކަމެއް… ޕޭޝަންސް މައި ލަވް ޕޭޝަންސް. ހުރިހާ އެއްޗެސް ކިޔާދޭންށޭ މިއުޅެނީ…” މައިރާގެ ރާގު ހުރިގޮތުން މާހިލް ގާތަށް ހިނިއައެވެ. އެހެންކަމުން ވާހަކައާއިވެގެން ކުރިއަށް ދިޔުމުކުރިން މައިރާ އާއި ދިމާކޮށްލިއެވެ.

“ހުން ދެން އަހަރެންނާ ދިމާނުކޮށް ދިމޮޅު މީހާގެ މޮޅު އައިޑިއާ ކިޔާދީބަލަ” މާހިލް އާއި ދިމާއަށް ބަލައިލަމުން ތުންއަނބުރާލުމަށް ފަހު މައިރާ ބުނެލިއެވެ. އެދެމީހުން އުޅުން ގޮތުން ރާހިލް އާއި ރާދިން ވެސް ތިބީ ހީލީ ހަލާކުވެފައެވެ.

“އޯކޭ ދެން އަޑުއަހާ އަހަރެންގެ ޕަލޭން. މައި ބުނީމެއްނު މިއަންނަ ވީކްގެ ހޯމަ ދުވަހަކީ ލީންގެެ އުފަންދުވަހޭ ދޯ. ސޯ އެދުވަހު ލީން އަށް ސަޕްރައިޒްއެއް ދޭނީ. އަހަރެންމެންގެ މަންމަމެންވީ ބިޒްނަސް ޓްރިޕެއްގަ ރާއްޖޭން ބޭރަށް ގޮސް އެހެންވީމަ އަހަރެން ގެ ހުންނާނީ ހަމަ ހުސްކޮށް އެތާގަ ހުރިހާ ކަމެއް ކުރިއަށް ގެންދެވޭނެ ދޯ ރާހް.” މާހިލް އޭނާ ވިސްނި ގޮތް އެހެންމީހުންނާ ހިއްސާކުރިއެވެ. އެހެންމީހުންނަށް ވެސް މާހިލްގެ ހިޔާލުކަމުދިޔައެވެ. އެހެންކަމުން އިރުކޮޅަކު މައިރާ މެންގޭގައި ތިބެގެން ކަންތައް ކުރިއަށް ގެންދާނެގޮތަކާއި މެދު މަޝްވަރާކުރުމަށް ފަހު މާހިލް މެން ގެއަށް ދާން ނިކުތީ ވަރުބަލިވެފައި ތިބުމުންނެވެ. އެމީހުން ހޮސްޕިޓަލުން ނިކުންގޮތަށް ގެއަށްވެސްވަދެނުލާ މައިރާ ކައިރިއަށް އައުމުން ތިން މީހުންވެސް ތިބީ ވަރުބަލިވެފައެވެ.

ގެއަށް ވަދެގެންއައި ރާދިންގެ މޫނުމަތީގައި ވަނީ ރީތި ހިނިތުންވުމެކެވެ. ސޯފާގައި އިން ރައުދާއަށް ވެސް ދަރިފުޅުގެ މޫނުމަތީގައިވާ ހިނިތުންފެނި އުފާވިއެވެ. އަވްލީންއަށް ދިމާވި ކަންތަކަށް ފަހު ރައުދާއަށް އަބަދުވެސް ރާދިން ފެންނަނީ މާޔޫސްވެފައިވާ ހިތާމަވެރި މޫނެކެވެ. އެހެންކަމުން ރާދިންގެ މޫނުމަތީގައިވާ ހިތްހަމަޖެހުމާއި އުފާވެރިކަން ފެނިފައި ރައުދާއަށް ވެސް ހިތްހަމަޖެހުމެއް ލިބުނެވެ.

“ދަރިފުޅާ ހާދަ އުފާވެފަ ހުރިހެން ހީވެއޭ މަންމަ އަށް. އަނެއްކާ ކިހިނެތްވީ؟” ސޯފާގައި އައިސް ޖައްސާލި ރާދިންގެ މޫނަށް ބަލައިލަމުން ރައުދާ ވަރަށް ލޯބިން އަހާލިއެވެ. ޖަވާބަކަށް ރާދިންގެ ފަރާތުން ލިބުނީ ލުއި ހިނިތުންވުމެކެވެ.

“އެއީ ސަޕްރައިޒްއެއް މޮމް. ވަރަށް އަވަހަށް އެނގޭނެ މޮމް މެންނަށްވެސް. ވަރަށް ވަރުބަލިވެފަ މިހުރީ މިގަޑީ މިދަނީ ފްރެޝްވެލައިގެން ކުޑަކޮށް ރެސްޓްކޮށްލަން.” ރައުދާގެ ސުވާލަށް ޖަވާބު ދެމުން ރާދިން އޭނާގެ ކޮޓަރިއާއި ދިމާއަށް ހިނގައިގަތެވެ.

ސިޑިން މައްޗަށް އަރައިގެން ދިޔަ ރާދިން އާއި ދިމާއަށް ބަަލަން އިން ރައުދާގެ މޫނުމަތިންވެސް ހަމަޖެހިފައި އިން ކަމުގެ އަސަރު ފާޅުވާން ހުއްޓެވެ. އެދަރިފުޅުގެ މޫނުމަތިން މިކަހަލަ އުފާވެރިކަމެއް ފެނުމަށް ރައުދާއަށް ދުޢާކުރެވުނު އަދަދެއްވެސް ނޭނގެއެވެ.

**************************

ކޮޓަރިއަށް ވަން ރާދިން އެންމެ ފުރަތަމަވެސް ފާހަނައަށް ވަނީ ތާޒާވެލުމަށެވެ. ފެންވަރާ ތާޒާވެލުމަށް ފަހު އައިސް އެދުމަތީގައި އޮށޯން ރާދިން ދިޔައީ އޭނާގެ ފޯނުގައި ހުރި އަވްލީންގެ ފޮޓޯތަކަކަށް ބަލާށެވެ. އޭގެއެތެރެއިން ގިނައީ އެދެމީހުން އެކުގައި އުޅުނުއިރު ނަގާފައި ހުރި ފޮޓޯތަކެވެ. ފޮޓޯތަކަށް ބަލަން އޮތް އިރު ވެސް ރާދިންގެ ތުންފަތްމަތީގައި ހުރި ހިނިތުންވުން ފަނޑުވެގެން ނުދެއެވެ.

“އަހަރެން މިއަދު ވަރަށް ވަރަށް ހެޕީވެއްޖެ ލީން. ފައިނަލީ ލީން އަހަރެންގެ މީހަކަށް ހަދަން މަގުފަހިވީ މި. އަހަރެން ވައުދުވަން މިފަހަރު އަހަރެމެން ދެމީހުންގެ ދެމެދަށް އެއްވެސް މީހަކަށް ވަނަކަ ނުދޭނަން. ދުވަހަކުވެސް ލީން ދޫކޮށެއްނުލާނަން. އަބަދުވެސް ލީން އުފަލުގައި ގެންގުޅޭނަން.” ފޮޓޯތަކަށް ބަލަމުން ދިޔައިރު ރާދިން އޭނާގެ އަމިއްލަ ނަސްފަށް އެތަކެއް ވައުދު ތަކެއްވިއެވެ.

***************************

ކޮޓަރީގައި އޮތް އަވްލީން އޮތީ ފުން ވިސްނުމެއްގައެވެ. ރާދިން ދެކެ ލޯބިވާކަން މާހިލް މެންނަށް އެނގުމުން ދެން އެމީހުން ކަންތައް ކުރާނެ ގޮތެއް ނޭނގޭތީ އަވްލީން އޮތީ ކަންބޮޑުވެފައެވެ. އަނެއްކާ މާހިލް އެހުރިހާ ވާހަކައެއް ރާދިން އަށް ކިޔާދޭނެބާއެވެ. އޭރުން ރާދިން އޭނަ ދެކެ ރުޅި އަންނާނެއެވެ. މިކަހަލަ ހިޔާލުތައް ސިކުނޑިއަށް އަންނަން ފެށުމުން އަވްލީންގެ މޫޑު ހަރާބުވާގޮތްވިއެވެ. އެންމެ ފަހުން އޭނާއަށް ރުޅިއާދެވުނީ މައިރާ ދެކެއެވެ. އޭނަ ގުޅުމުން ފޯން ލައުޑް ސްޕީކަށް ލާން ޖެހޭ ހެއްޔެވެ. މާހިލް މެން އެތާގައި ތިބި ވާހަކަވެސް މައިރާއަށް ބުނެވުނީސްއެއް ނޫން ހެއްޔެވެ.

ހިޔާލުތަކަށް ގެއްލިފައި އޮތް އަވްލީން ސިއްސާގެން ދިޔައީ ވަރަށް ބާރަށް މީހަކު އައިސް އޭނާގެ ކޮޓަރީގެ ދޮރުފަތުގައި ޖަހައިލުމުންނެވެ. ވަގުތުން އެއީ ޔާސިރާކަން ދެނެގަންނާކަށް އަވްލީން އަށް އުނދަގުލެއްނުވިއެވެ. ޔާސިރާ ނޫން އެހެން މީހެއް އެކަހަލަ ކަމެއް ނުކުރާނެކަން އަވްލީން އަށް އެނގެއެވެ. މިރުހާން ވެސް ކުރިން އޭނަ ދެކެ ރުޅި އައި ނަމަވެސް އެކްސިޑެންޓްގެ ފަހުން އެހުރިހާ ކަމެއް ބަދަލުވެގެންދިޔަކަން އަވްލީން އަށް ފާހަގަވިއެވެ. އެކަމާ އަވްލީން ކިތެއްމެ އުފާވި ނަމަވެސް އަދިވެސް ޔާސިރާގެ ރުހުމާއި ލޯބި ނުލިބޭތީ އެހިތް ރޯލައެވެ. ޔާސިރާ އޭނަދެކެ ރުޅިއަންނަން އޭނަގެ އެއްވެސް ކުށެއް ނެތެވެ. އަވްލީން އަކީ މިރުހާންގެ ކުރީގެ އަނބިމީހާގެ ދަރިއަކަށްވުމަކީ އަވްލީންގެ ކުށެއް ނޫނެވެ.

އަވަހަށް އެނދުމަތިން ތެދުވެގެންގޮސް ކޮޓަރީގެ ދޮރު ހުޅަވާލިއިރު އަވްލީން ހުރީ ކުޑަކޮށް ޖެހިލުންވެފައެވެ. ޔާސިރާގެ ރުޅިގަނޑު އެނގޭތީ އަވްލީން ވަރަށް ޖެހިލުންވެއެވެ. މިފަހަރުވެސް އެއްޗިސް ކިޔާލާނެކަން އަވްލީން އަށް ހަމަ ރަނގަޅަށް އެނގެއެވެ.

“ބަލަ ބަލިވިއްޔޭ ކިޔާފަ އޭގެ ފަހުން ތި ކޮޓަރިގަނޑުން ނިކުމެއް ކަމެއްކޮށްލެވޭކަމަށް ވެސް ނުވޭތަ. މިހާރު ގައިމު ރަނގަޅުވެސް ވެފަ ތިޔަ ހުރީ. އެކަމަކު އަދިވެސް މަ ލައްވާ ގޭގެ ހުރިހާ ކަމެއް ކުރުވަންވެގެން މި ކަމަނާ މި އޮންނަނީ ކޮޓަރިކޮޅުގަ. މިދެން ކިހާދެރަކަމެއް. އަތުން ފައިން ކަމެއްކުރަނީ އެއްނޫން. ގޭގައި ކަމެއް ނުކުރާތާ ވަޒީފާގަނޑަކަށް ގޮސްގެން ލާރި ހޯދާކަށްވެސް ނޫޅުނެއްނު. އެހާ ހަރަދުކޮށްގެން މޮޅަށް ކިޔަވާދިނީ ކިޔަވާ ނިންމާގެން އައިސް އަތުން ފައިން ކަމެއްނުކޮށް ގޭގައި ތިޔަހެން އޮންނާކަށް ނޫނޭ ބަލަ.” ޔާސިރާ ހީވަނީ ރުޅި އައިސްގެން ފަޅައިގެން ހިނގައިދާނެ ހެންނެވެ. ހިތަށް އެރިހާ އެއްޗެއް އަވްލީން އާއި ދިމާއަށް ކިޔާލުމަށް ފަހު ތުންއަނބުރާލައިފައި ދިޔައީ އަވްލީން ދައްކާ ވާހަކަ އަޑުއެހުމެއްވެސް ނެތިއެވެ. ޔާސިރާ ދިޔަ ދިމާލަށް ބަލަން ހުރި އަވްލީންގެ ދެ ލޯ ފެންކަޅިވިއެެވެ. ޔާސިރާ ލޯބިން އޭނަ އާއި ވާހަކަދައްކާލާނެ ދުވަހެއް އަންނާނެބާއޭ އަވްލީންގެ ހިތަށް އެރިއެވެ.

މާޒިން ގެއަށް އައިސްވަނީ އަވްލީން އެގޮތަށް ކޮޓަރީގެ ދޮރުމަތީގައި ހުއްޓައެވެ. ހިޔާލަކަށް ގެއްލިފައި ހުރުމުން އަވްލީން އަށް މާޒިން އައިސް އެތެރެއަށް ވަން ކަމެއްވެސް ނޭނގުނެވެ.

“ދޮންތާ ކިހިނެތްވެފަ މިތާ ތިހުންނަނީ؟ އަނެއްކާ މަންމަ އެއްޗެކޭ ކީތަ؟” އަވްލީންގެ ފެންކަޅިވެފައިވާ ދެލޯފެނި ޔާސިރާ އަވްލީން އާއި ދިމާލަށް ކޮންމެސް އެއްޗެއްކީ ކަން މާޒިން އަށް ވިސްނުނެވެ.

“އުނހު ނުވޭކަމެއް. މަންމަ ނުކިޔާ އެއްޗިސްއެއް. ޒިން ކޮންއިރަކުތަ އައީ؟” އަވްލީން ލޯ ކައިރީގައި ހުރި ކަރުނަތައް ފޮހެލަމުން މާޒިން އާއި ވާހަކަ ދެއްކިއެވެ.

“ދެންމެ މިއައީ ހަމަ. ދޮންތަ ގެއްލިފައި ހުރި ވަރުން އަހަރެން އައިސް ވަން ކަމެއްވެސް ނޭނގުނެއްނު. އެންޑް ދޮންތަ ނުބުންޏަސް މަންމަ ކޮންމެސް އެއްޗެއް ކީކަން އަހަރެންނަށް އެނގޭ. ދޮންތަގެ ފެންކަޅިވެފައި ހުރި ލޯފެނިފައި އެކަން ދެނެގަންނާކަށް އުނދަގުލެއް ނޫން އަހަރެންނަކަށް.” މާޒިން އަވްލީންގެ ދެއަތުގައި ހިފައިލަމުން ބުނެލިއެވެ. ޔާސިރާ އަވްލީން އާއި ދޭތެރޭގައި ކަންތައް ކުރާ ގޮތުން މާޒިން ވެސް އިންތިހާއަށް ދެރަވެއެވެ. އޭނަ ހީކުރީ އަވްލީންގެ އެކްސިޑެންޓަށް ފަހު ޔާސިރާ އަވްލީން އާއި ދޭތެރޭ ދެކޭ ގޮތް ކޮންމެސް ވަރަކަށް ބަދަލުވާނެކަމަށެވެ. ނަމަވެސް އެވަރުންވެސް ޔާސިރާއަށް އެއްވެސް ބަދަލެއްނައެވެ.

“މަންމަ އަށް އަހަރެމެންނާ ދިމާއަށް އެއްޗިސް ކިޔުމުގެ ހައްގު އޮންނާނެއެއްނު. އެހެންނޫނަސް މަންމަ ބުނީވެސް ގޯސް ވާހަަކައެއް ނޫން. ކިޔަވާގެން އައިސް މިހެން ގޭގަ އިނީމަ ރަނގަޅެއް ނުވާނެއެއްނު. ކިޔެވި އެއްޗެއްގެ ބޭނުންވެސް ހިފަންވާނެ އެއްނު. މިހާރު ދެން އަހަރެން އެއްކޮށް ރަނގަޅުވެސް ވެއްޖެއެއްނު.” އަވްލީން ކޮންމެސް ވަރަކަށް ޔާސިރާ ދެއްކި ވާހަކަތައް މާޒިން އަށް ކިޔާދިނެވެ.

އަވްލީންގެ ވާހަކަ އަޑުއިވުމުން މާޒިންގެ ހީ ޔަގީނަށް ބަދަލުވެގެންދިޔައެވެ. ނަމަވެސް އިތުރަށް އެ މަޢުލޫއަށް ވާހަކަ ދައްކަން ބޭނުންނުވީ އޭގެ ސަބަބުން އަވްލީން ދެރަވާނެކަން އެނގޭތީއެވެ.

“ޒިން ދޮންތަ މި ވިސްނަނީ ޖޮބަކަށް އެޕްލައިކުރަން. ދެން މިހެން ކިޔަވާގެން ގޭގަ ހުރީހަމެސް ކަމަކު ނުދާނެއެއްނު ދޯ. އެންޑް ދޮންތަ ވަރަށް ފޫހިވެސްވޭ މިހެން ގޭގަ އަބަދު އޮންނަން. ޒިން އަށް އެނގޭތަ ދޮންތަ މިހާރު މަސައްކަތްކުރަން ބޭނުންވާ ހޮސްޕިޓަލެއްވެސް ޗޫސްކޮށްފިން. އެނގެއެއްނު ޑްރީމް ކެއަރ ހޮސްޕިޓަލް ދޯ. އެހޮސްޕިޓަލަށް ދޮންތަ ދާން ބޭނުންވަނީވެސް.” އަވްލީން ވާހަކަ ދައްކަން ފެށީ ސީރިއަސް ވެފައި ނަމަވެސް ވާހަކަ ނިންމާލިއިރު މޫނު މަތީގައި ހިނިތުންވުމެއްވިއެވެ. ޑްރީމް ކެއަރ ހޮސްޕިޓަލް ހިޔާރުކުރި ސަބަބަކީ އެހޮސްޕިޓަަލަކީ ރާދިންގެ ބައްޕަގެ ހޮސްޕިޓަލަށް ވެފައި އެތަން މިހާރު ހިންގަނީ ރާދިން ކަން އެނގޭތީއެވެ.

އަވްލީންގެ މޫނުމަތީގެ ކުލަވަރުތައް ހުރި ގޮތުން މާޒިންއަށް އަވްލީން ވިސްނަނީ ކޮންކަމަކާ ދޭތެރޭގައި ކަން ދެނެގަންނާކަށް އުނދަގުލެއްނުވިއެވެ. އޭނާ އޮފީސް ނިންމާފައި ގެއަށް އައި މަގުމަތީގައި ރާހިލް މެން ގުޅާފައި އަވްލީންގެ ފޯން ކޯލާއި ގުޅޭ ހުރިހާ ވާހަަކައެއް މާޒިން އަށް ކިޔާދިނެވެ. އެހެންކަމުން މާޒިން އެތެރެ އެތެރެއިން ހީލަ ހީލާ ހުރީ އޭނާއަށް އެއްވެސް ކަމެއް އެނގޭކަން އަވްލީން އަށް ނާގާށެވެ.

“ދޮންތާ ކީއްކުރަން އެ ހޮސްޕިޓަލަށް ދާން؟ އެއަށް ވުރެ މާ ސަޅި ތަންތަން ހުންނާނެ.” މާޒިން ބޭނުންވީ އަވްލީން އަށް ޖެއްސުމެއްކޮށްލާށެވެ.

“ނޫން ޒިން އެ ހޮސްޕިޓަލް އެއީ ހަމަ ބެސްޓް. އެންޑް އެތަނު އުޅޭނެ އެއްނު ރާ…..” އަވްލީން އަށް ކުއްލިއަކަށް ވާހަކަ މެދުކަނޑައިލެވުނީ ބުނަން އުޅެނު އެއްޗެއް ވިސްނުމުންނެވެ. މައިރާ މެންނަށް އެނގުނުގޮތަށް މާޒިން އަށް އެ ހަގީގަތް އެނގޭކަށް އަވްލީން އަދި ބޭނުމެއް ނުވެއެވެ. އަނެއްކާ މާޒިން އަށް އެނގިއްޖެނަމަ އޭނަ އާއި ދިމާކުރާނެކަން އަވްލީން އަށް އެނގެއެވެ.

“ކީއްވެ ތި ހުއްޓާލީ؟ ކޮން ރާ އެއްތަ؟” މާޒިން އަދިވެސް ހުރީ ހިނިގަނޑު ކޮންޓްރޯލްކޮށްލައިގެންނެވެ.

“އެއީ އެއްޗެއް ނޫން ދެން. އެކަމްވެސް ހަމަ ވޯކް ކުރަން ބޭނުންވަނީ އެ ހޮސްޕިޓަލްގަ.” އަވްލީން އަށް ބުނާނެ ވަކި އެއްޗެއް ނޭނގުނެއެވެ. އެހެންކަމުން އެ މައުޟޫ ބަދަލުކޮށްލާނެގޮތެއް ވިސްނަން ފެށިއެވެ.

“ދެން އިހަށް ތިވާހަކަ ބާއްވަބަލަ ޒިން. ދޮންތަ ވަރަށް ފޫހިވެފަ މިހުރީ އަސްލު. މިހާރު އޯލްމޮސްޓް މަންތެއް މިވަނީ ބޭރަށް ވެސް ނުދެވޭތާ. ހިނގާބަ މިރޭ ދޮންތަ ގޮވާގެން ބޭރަށް ކާން ދާން. ކާން ގޮއްސަ ބުރެއްވެސް ޖަހާފަ އަންނާނީ. ދާނަން ދޯ ޕްލީޒް….” އަވްލީން ޕްލީޒް އޭ ބުން ގޮތުން މާޒިން ގާތަށް ހިނިއައެވެ.

“މައި ބިގް ސިސް އަދިވެސް ބޮޑެއް ނުވޭދޯ؟ ހަމަ ކުޑަ ކުޑަ ބޭބީ ގާލް އެއްހެން ހީވަނީ. ހެހެހެހެހެހެހެހެ” މާޒިން އަވްލީން އާއި ދިމާކޮށްލަމުން އަވްލީންގެ ކޮލުގައި ލޯބިން ހިފާލިއެވެ.

“ދެން ޒިންގަނޑާ. ޑޯންޓް ފޮގެޓް އައި އޭމް ޔުއަރ ބިގް ސިސް ކަން.” އަވްލީން ރުޅިއަންނަ ގޮތް މޫނު މައްޗަށް ވެރިކޮށްލިއެވެ. ނަމަވެސް އެގޮތުގައި މާގިނަ އިރަކު ނުހުރެވުނެވެ. އިރުކޮޅަކުން އިވިގެން ދިޔައީ ދެބެންގެ ހުނުމުގެ އަޑެވެ.

“އޯކޭ ގެންދާނަން މިރޭ ބޭރަށް ބުރެއްޖަހާލަން. ބޭރަށް ނުނިކުމެހުރި ދުވަސްތަކަށް ވާވަރަށް ބޮޑު ބުރެއްޖަހާލަން ވާނެ. އަހަރެންވެސް މިދަނީ ރެޑީ ވާން ދޮންތަވެސް ދޭ ރެޑީވާން އަވަހަށް. ކާކުތޯ ކުރިއަށް ނިމެނީ.” އަވްލީންގެ އިސްތަށިގަނޑު ހާވައިލަމުން މާޒިން ދައްކާން ބޭނުން ވާހަކަތަކެއް ބުނުމަށްފަހު އަވްލީންގެ ހަމަލާއެއް އައުމުގެ ކުރިން ދުވަމުން އޭނާގެ ކޮޓަރިއަށް ދިޔައެވެ.

“ޒިންގަނޑާ ހުރެބަލަ. އެންމެ ކުރިއަށް ރެޑީ ވާނީ ވެސް އަހަރެން.” އަވްލީން ވެސް އަވަހަށް އޭނާގެ ކޮޓަރިއަށް ވަނީ ތައްޔާރުވާށެވެ.

އެއޮތް ހުރިހާ އިރު މާޒިން އާއި އަވްލީންގެ ހަރަކާތްތަކަށް ބަލަން ހުރި މިރުހާންގެ މޫނުމަތީގައި ވަނީ ހިތްހަަމަޖެހުމެވެ. އެދެބެން ގުޅިގެން އުޅޭތީ މިރުހާން ވަރަށް އުފާވެއެވެ. އަވްލީން މާޒިން ދެކެ ލޯބިވާ ފަދައިން މާޒިންވެސް އޭނާގެ ދޮންތަ ދެކެ އިންތިހާއަށް ލޯބިވާކަން އެނގުމުން މިރުހާންގެ ހިތަށް ފިނިކަމެއްލިބިގެންދެއެވެ.

 

*********************************************

ދުވަސްތައް ހަލުވިކަމާއެކު ހިނގަމުން ގޮސް މިއަދަކީ އަވްލީންގެ އުފަންދުވަހެވެ. ހެނދުނު 8 އަށް މައިރާ އާއި ރާދިން އަދި މާޒިން ރާހިލް މެން ގެއަށް އެއްވީ މިރެއަށް ރާވައިފައި އޮތް ސަޕްރައިޒް ޕާޓީއަށް ވާންޖެހޭ ތައްޔާރީތައްވުމަށެވެ. އެންމެން އެއްވެގެން ގޭތެރެ ވަރަށް ފުރިހަމައަށް ޒީނަތްތެރިކޮށްލިއެވެ. މިރެއަކީ އަވްލީން އަށް ވަރަށް ހާއްސަ ރެއަކަށް ހަދަން ރާދިން ބޭނުންވިއެވެ. އެހެންކަމުން ތައްޔާރީތަކުގައި އެއްވެސް އުކަމެއްނެތި ހުރިހާ ކަމެއް ވަރަށް ފުރިހަމައަށް ނިންމަން ރާދިން ބޭނުންވިއެވެ. ހަވީރު 6 ޖަހަން ވީއިރަށް އެމީހުން ބޭނުންވާ ގޮތަށް ކަންތައްކޮށް ތަން ރާވާ ހުރިހާ ކަމެއް ނިމުމުން މާޒިން އާއި މައިރާ އާއި ރާދިން ގެއަށް ދިޔައީ މިރޭގެ ޕާޓިއަށް ތައްޔާރުވާށެވެ. އެމީހުން ޕްލޭންކޮށްފައި އޮތީ އަވްލީން މައިރާ ތައްޔާރުވެގެން އަވްލީން މެން ގެއަށް ގޮސް އަވްލީން ގޮވާގެން މާހިލް މެން ގެއަށް އަންނަގޮތަށެވެ. އަވްލީން އޮތީ މާކުރިން މައިރާ ކައިރީގައި މިރޭ އަވްލީން މެން ގެއަށް އަންނަން އެދިފައެވެ. އެހެންކަމުން މައިރާ އަށް އަވްލީން ގޮވައިގެން އެ ގެއަށް ދިޔުމަކީ އުނދަގޫ ކަމަކަށް ނުވާނެއެވެ.

************************

އާންމުކޮށް ބޭރަށް ދާއިރު މާވަރަކަށް ރީތި ނުވި ނަމަވެސް މިއަދަކީ އަވްލީންގެ އުފަންދުވަސް ކަމުން ބޭރަށް ދާން ތައްޔާރުވެލީ އެހެން ފަހަރު ފަހަރާ ހިލާފަށެވެ. ލައިގެން ހުރި ގަދަ ރަތް ކުލައިގެ މެކްސީ އަވްލީންގެ ދޮން ހަށިގަނޑާއި ނުހަނު ގުޅެއެވެ. އެހެދުމަކީ މާޒިން އަވްލީން އަށް އުފަންދުވަހުގެ ހަދިޔާއަކަށް ދިން ހެދުމެކެވެ. ނަމަވެސް އަވްލީން އަށް ނޭނގުނުކަމަކީ އެ ހެދުމަކީ އަވްލީން އަށް ދިނުމަށްޓަކައި މާޒިން އަތަށް ރާދިން ދިން ހެދުމެކެވެ. ހެދުމާއި ގުޅޭގޮތަށް ތުންފަތުގައިވެސް ގަދަ ރަތްކުލައިގެ ލިޕްސްޓިކެއް ހާކައިލިއެވެ. އަވްލީން ހިތްހަމަޖެހޭ ވަރު ވުމުން ލޯގަނޑުން އަމިއްލަ ސޫރައަށް ބަލައިލުމަށްފަހު ޑްރެސިންޓޭބަލް މަތީގައި އިން ސެންޓު ފުޅި ނަގައި މުޅި ގަޔަށް ސެންޓް ބުރުވާވިއެވެ. އަދި ކޮޓަރިން ނިކުންނަން ހިނގައިގަންތަނާ ކޮޓަރީގެ ދޮރުފަތް ހުޅުވުނެވެ.

= ނުމިނޭ =

މިވާހަކައިގެ ދެންއޮތް އެޕިސޯޑުގެ ލިންކު ކޮމެންޓް ސެކްޝަންގެ ތިރީގައި ވާނެއެވެ.

Share Article

Follow Me Written By

Aami

Level 210 Stories100 Comments

Other Articles

Previous

ރޭދުވާ ނިމެނީ ކުރާ މި ޚިޔާލުގާ…………! (17 ވަނަ ބައި)

Next

ލޯބިވެވުނީ….

Next
April 22, 2019

ލޯބިވެވުނީ….

Previews
April 22, 2019

ރޭދުވާ ނިމެނީ ކުރާ މި ޚިޔާލުގާ…………! (17 ވަނަ ބައި)

17 Comments!

  1. jiji says:
    April 22, 2019 at 10:26 pm

    First baa? ?will comment after reading In Sha Allah ??

    1. Aami says:
      April 22, 2019 at 10:30 pm

      Yes you are first dear ?

  2. Nau says:
    April 22, 2019 at 11:03 pm

    When nxt aami???

    1. Haha says:
      April 22, 2019 at 11:13 pm

      2or 3 months fahun anehkaaves?

    2. Aami says:
      April 23, 2019 at 5:57 am

      Soon In Sha Allah ??

  3. someone says:
    April 23, 2019 at 9:08 am

    story is nice but i just want to say something. for me ifoo ge ” Inthizaarugaa Hunnamey Loabin ” e story aa varah varah same gothakah story dhany. Sifakurunvx adhi incidents thah vx. ifoo ge storyga henn propose kuraa rey ready kuranyvx friend ehge ge adhi dress vx hama raadhin dheny. so mikahala kankan. Dont mind please. story hama varah reethi. keep it up.

    1. Aami says:
      April 23, 2019 at 12:38 pm

      Im happy that you liked the story dear. Nd dhe storyga ehgothah incidents huri namaves mee hama alhugandu amilla ah liyaa vaahaka eh ?
      It’s just a coincidence as in most of the love stories most of the times things happen in a very common way ??

  4. jiji says:
    April 23, 2019 at 1:57 pm

    It’s really amazing and cute..I realise luv it amii dhahthy ??❤????♥??..I like the way that u r bringing the story..woah…keep it up..luv ya bodukoh hama bodukoh

    1. Aami says:
      April 23, 2019 at 10:56 pm

      Awww thankiu so much dear ???
      Keep waiting for the next episode ??

  5. pubg says:
    April 23, 2019 at 4:05 pm

    aami..v salhi mibaives……..miss u….

    1. Aami says:
      April 23, 2019 at 10:56 pm

      So happy that you liked this episode tooooo ??

  6. yaaanaa says:
    April 28, 2019 at 9:02 pm

    when next part?

    1. Aami says:
      May 3, 2019 at 11:42 am

      Already submitted. It will soon be uploaded ?

  7. ?@m¡n@t#? says:
    April 29, 2019 at 3:30 pm

    When next part

    1. Aami says:
      May 3, 2019 at 11:43 am

      Already submitted. It will soon be uploaded ?

  8. reader says:
    May 2, 2019 at 1:28 pm

    When next part

    1. Aami says:
      May 3, 2019 at 11:43 am

      Already submitted. It will soon be uploaded ?

Comments are closed.

Next Episodeވާލޯބި އެނގޭނަމަ 22←


All Right Reserved!