ރަޝްނާން ފަސް އެނބުރި ބަލާލުމުން ޒަހްރާ ހަނާ އަޅާލިއެެވެ. ރަޝްނާން ވެސް ހަނާ އަޅާލާފައި ދިޔައެވެ. ރަޝްނާން ސައިކަލުގައި ދިޔަތަން ބަލަން ހުރެފައި ޒަހްރާ ވަނީ ގޭތެރެއަށެވެ. އޭރު އޭނާގެ ހިތް ދިޔައީ ބާރަށް ތެޅެމުންނެވެ. މިވަނީ ކިހިނެއް ހެއްޔެވެ. *ޕާރޓް-6* ފިލާވަޅު ހަދައި ފޮތް ކިޔާ ނިއްމާގެން ޔޫރާ ނުކުމެލީ ގޯތިތެެރެެއަށެވެ. ގަނޑިން އަދި ނުވަގަނޑި ބައިނުވާތީ އޭނާ ގޮސް ޖޯލީގައި އޮށޯވެލިއެވެ. އުޑުމަތި ހާމައަށް ފެންނަން އޮތީރު އެތަކެއް ތަރިތަކެއް ވިދާ ބަބުޅަމުން ދާތަން ފެނެއެވެ. […]
ހަޔާ އައުމުން އަޒްހާން އާއި ދެމީހުން އަވަހަށް ދިޔައީ ގެޔަށެވެ. ގެޔަށް ގޮށްސައި އަޒްހާން ދިޔައި ބެލްކަންޔަށެެވެ. އޭނާ ގޮސް ރެއިލިން މަތީ އަތް އަޅުވާލައިފައި ބޭރަށް ނަޒަރު ހިންގާލިއެވެ. ރޭގަނޑުގެ ވަގުތުކަމުން ފަޒާމަތި ވަނީ ފިނިވެފައެވެ. ދޫންޔެއް ގޮވާލާ އަދޑުވެސް އެހިސާބަކަށް ނީވެއެވެ. ދުރުދުރަށް ދާންދެން ފެންނަމުން ދަނީ ހުސް މަގުތަކެވެ. އެއްވެސް މީހެއްގެ ހިލަމެއް ނުވެއެވެ. *ޕާރޓް-25* އެހެން އިދެލައިފައި އަޒްހާން ފޯނުނަގައި ގަޑިބަލައިލިއެވެ. އަދި ނުވަގަނޑި ބައިވީ އެވެ. ފުން ނޭވާއެއް ދޫކޮށްލާފައި […]
“ދަރިފުޅާ.. ބައްޕަ އެބައޮތް ވަރަށް މުހިންމު ވަރަށް ބޮޑު ވާހަކައެއް ބުނަންވެފަ..” ހަމްދާން ވަރަށް ސީރިއަސް ވެފައި ހުރެ ބުނެލިއެވެ. ސެހްރިޝްގެ ހިތް އަވަސްވިއެވެ. އަނެއްކާ ހަމްދާން ބުނަން އެއުޅެނީ ކީކޭ ބާއެވެ؟ ހަމަގައިމު ވެސް ވަރަށް މުހިންމު ވާހަކަ އެއްކަން އެނގިދަނީ މާމަ އާއި ކާފަ ވެސް އައިސް ތިބީމައެވެ. *ޕާރޓް-8* ހަމްދާން ފުންނޭވާ އެއް ދޫކޮށްލިއެވެ. ބުނަން އުޅޭ ވާހަކައަކަށް ތައްޔާުރު ވެލާފައި އޭނާ އަދިވެސް އެއްފަހަރު ސެހްރިޝްގެ މޫނަށް ބަލާލިއެވެ. ސެހްރިޝްގެ މޫނުމަތީ […]
ޔޫރާ ވަދެގެން އައިރު ރަޝްނާން ފެނުނެވެ. ރަޝްނާން ފެނުމާއި އެކު އޭނާ ހައިރާންވިއެވެ. ރަޝްނާން ލައިގެން އެހުރީ ކޮންގަމީހެއް ހެއްޔެވެ. ގައިމުވެސް އެއީ ރޭގައި އޭނާ ރަޝްނާން އަށް އިސްތިރިކޮށްދިން ގަމީހެއް ނޫނެެވެ. “ދޮންބެ ލައިގެން ތީނީ ކޮންގަމީހެއް..؟” ޔޫރާގެ މިސުވާލާއި އެކު ރާނިޔާގެ ވެސް ޝައުގުވެރިކަން ހުއްޓުނީ ރަޝްނާން އަށެވެ. *ޕާރޓް-5* ދޭނެ ޖަވާބަކާއި މެދު ރަޝްނާން ވިސްނާލިއެވެ. މިއީ ޒަހްރާދިން ގަމީހެކޭ ބުނަން ވީހެއްޔެވެ. ނޫނެކެެވެ. އެހެން ބުނެފިއްޔާ ރާނިޔާ ހިތަށް އަރާނީ ކީކޭހެއްޔެވެ. […]
ކައިލާން އާއި އެކީ ޒާމިން ވެސް ކައިލާން މެން ގެޔާއި ހަމައަށް އައެެވެ. އައި މަގުމަތީގައި ޒާމިން އަނގަ ހުއްޓާނުލައެވެ. އެކި ވާހަކަ ދެއްކިއެވެ. ކައިލާން މަދު އެއްޗެކޭ ބުނެލާނެއެެވެ. ކައިލާން ގެޔަށް ވަންނަމުން ޒާމިން އަށް ބަލާލިއެވެ. އޭރު އޭނާ ބަލަން ހުރިގޮތުން ކައިލާން އަށް ބޮޑަށް އުނދަގޫވިއެވެ. އެގޮތަށް އޭނާ އެބަލަނީ ކީއްވެ ހެއްޔެެވެ. ކައިލާން ހީލާފައި ވަނީއެވެ. *ޕާރޓް-24* ހަޔާ އާއި އެކީ ޔަސްރާ ގެޔަށް ލާން އަޒްހާން ވެސް ދިޔައެވެ. އެގެޔަށް ދިޔަ […]
އޮފީސް ނިއްމާފައި އައި ގޮތަށް ކޮޓަރިއަށް ވައިން ސެހްރިޝް އެއް އިރުއޮށްސުނީރު ވެސް ނުނިކުމެއެވެ. ސެހްރިޝް އޮތީ އެނދުގައި އޮށޯވެލައިގެންނެވެ. އޭނާ ނަޒަރު ހުއްޓައިލައިގެން ހުރީ ސީލިންގާއި ދިމާއަށެވެ. ސެހްރިޝްގެ ހިޔާލުތަށް ގުޅިފައިވަނީ ވާސިލް އާއެެވެ. ވާސިލް އާއި ސެހްރިޝް ގުޅުނީ ވަރަށް އުފަލުންނެވެ. މިވީ ތިން އަހަރު ތެރޭގައި ވެސް ވާސިލް އޭނާ އަށް ވަރަަށް ރަގަނޅެވެ. ނަމަވެސް މިހާރު ކަންތަށް ވަމުން މިދަނީ ކިހިނެއް ހެއްޔެވެ. ހީވާގޮތުން ނަމަ ވާސިލް މިހާރު އޭނާ އާއި މެދު […]
ބުރަ ދުވަހަކަށް ފަހު ބްޜޭކް ލިބުމުން ރަޝްނާން ބޭނުންވީ ސިކުނޑި ތާޒާ ކޮށްލުމަށް އެއްޗެއް ބޯލާށެވެ. މިއަދު ކައިފް ނާންނާތިވެ އޭނާ އިނީ ފޫހި ވެފައެވެ. އެކީގައި ތާކަށް ގޮސްލާކަށް ކައިފް ނެތިއްޔާ ނެތެވެ. ފޯނު ބަލަމުން ރަޝްނާން ގޮސް ވަނީ އޮފިސް ކައިރީ ހުރި ކޮފީ ވިއްކާ ތަނަކަށެވެ. ބިއްލޫރި ކުދަދޮރު ކައިރީ ހުރި ގޮނޑީގައި ރަޝްނާން އިށީންތާ މާގިނަ އިރެއް ނުވެ އޭނާ ކައިރިއަށް ކުއްޖަކު އައެވެ. “ކޯއްޗެއް ތޯ ބޭނުމީ..؟” ދަންނަ އަޑެކެވެ. ރަޝްނާން […]
“ދަރިފުޅާ، މަންމަ ބުނާނަން މިއަދު ބައްޕަ ކައިރީ.. ތިހެންވީރު ހިނގާ މިރޭ މަންމައާ އެއްކޮށް ލޯގަނދެއް ގަންނަން ދާން.. އޯކޭ..” ސުފްޝާ ހިތްހަމަ ޖައްސައި ދިނުމައް ފިރާޝާ ބުންޔެވެ. ސުފްޝާ ހޫމް އަޅުވައިލައިފައި ކޮޓަރިއަށް ވަނެވެ. ފިރާޝާ ފުން ނޭވާ އެއް ބޭރުކޮށްލައިފައި ދެލޯ މަރާލިއެވެ. *ޕާރޓް-23* ހަވީރު ވުމުން ގަޑިކިޔައިފައި އޮތް ގަޑިޔަށް ޔަސްރާ ހަޔާ މެން ގެޔަށް ދިޔައެވެ. އޭނާ ލައިގެން ހުރީ ކްރީމް ކުލައިގެ ގަމީސް ކޮޅަކާއި ބޭގީ ޖިންސް އެކެވެ. ހުޅި އަކަށް […]
“ސޮރީ.. ތާރާ ބައެއްފަހަރު ވަރަށް އަވަހަށް ރުޅި އަންނާނެ.. މިގަޑީގަ އެއިނީއެހާ ރަގަނޅު މޫޑް އެއްގައެއް ނޫން..” ސެހްރިޝް މަޢާފަށް އެދުނެވެ. “އޯކޭ އޭ..” ކައިސާން ބުނެލިއެވެ. ސެހްރިޝް ދަނީއޭ ބުނެ ކާރަށް އެރިއެވެ. އާކިފް ބަލައިލީ ކައިސާން އަށެެވެ. އޭރު އޭނާ ގެޔާއި ދިމާއަށް ހިގައިގަތެވެ. *ޕާރޓް-6* ފެންވަރައި ހަދައިގެން އައިސް އެނދުމަތީ އިށީންދެލައިފައި ސެހްރިޝް އޭނާގެ ފޯނު ނެގިއެވެ. ވާސިލް ނުވެސް ގުޅައެވެ. ކީއްވެހެއްޔެެވެ؟ ވާސިލް އެއަންހެން ކުއްޖާ އާއި އެކީ އެއުޅެނީ ކީއްވެހެއްޔެެވެ. މިކަހަލަ […]