މުޅި ހިތް ބޭޤަރާރު ވެއްޖޭ-7
އޮފީސް ނިއްމާފައި އައި ގޮތަށް ކޮޓަރިއަށް ވައިން ސެހްރިޝް އެއް އިރުއޮށްސުނީރު ވެސް ނުނިކުމެއެވެ. ސެހްރިޝް އޮތީ އެނދުގައި އޮށޯވެލައިގެންނެވެ. އޭނާ ނަޒަރު ހުއްޓައިލައިގެން ހުރީ ސީލިންގާއި ދިމާއަށެވެ. ސެހްރިޝްގެ ހިޔާލުތަށް ގުޅިފައިވަނީ ވާސިލް އާއެެވެ. ވާސިލް އާއި ސެހްރިޝް ގުޅުނީ ވަރަށް އުފަލުންނެވެ. މިވީ ތިން އަހަރު ތެރޭގައި ވެސް ވާސިލް އޭނާ އަށް ވަރަަށް ރަގަނޅެވެ. ނަމަވެސް މިހާރު ކަންތަށް ވަމުން މިދަނީ ކިހިނެއް ހެއްޔެވެ. ހީވާގޮތުން ނަމަ ވާސިލް މިހާރު އޭނާ އާއި މެދު ވިސްނާ ހެނެއް ހިޔެއް ނުވެއެވެ. ސެހްރިޝްގެ ކޯތާފައްމަތިން ފިރުކިލާފައި އައި ކަރުނަ ތިއްކެއްް އެނދުގެ ގޮދަޑިއަށް ވެއްޓުނެވެ.
*ޕާރޓް-7*
ހެނދުނުގެ ނާސްތާ ކޮށްގެން ޒާޔާ އައިސް ކޮޓަރިއަށް ވަނުމާއި އެކީ އޭނާގެ ފޯނު ރިންގވާން ފެށިއެވެ. މޫނުކުނި ކޮށްލާގެން ހުރެ ޒާޔާ ފޯނަށް ބަލާލިއެވެ. އެއީ ޖައިލަމް އެވެ. ރިނގްވޭވޭ ގޮސް ކެޑެން ދެކަށް ޒާޔާ ފޯނަށް ބަލަހައްޓައިގެން ހުރީއެެވެ. ޖައިލަމް އެގުލަނީ ކީއްކުރަން ހެއްޔެވެ؟ އަނެއްކަ ފަހަރަށް ޖައިލަމް ގުޅުމުން ޒާޔާ ފޯނު ނެގިއެވެ.
“ކިހިނެއްވީ..؟” ޒާޔާ ފޫހިވެފައި ހުރެމެ އަހާލިއެވެ.
“އަހަރެންނާއި އެކީ މިރޭ ބޭރަށް ގޮސްލާނަންތަ..؟” ޒާޔާ އަށް ލިބުނީ ކުޑަ ހައިރާން ކަމެކެވެ. ޖައިލަމް ކުއްލިއަކަށް އޭނާ ގޮވައިގެން ބޭރަށް ދާން އެއުޅެނީ ކީއްވެހެއްޔެވެ؟ ކޮންމެ ގޮތެއްވިއަސް އޭނާ އެއް ޖައިލަމް އަކަށް އިތުބާރެއް ނުކުރެވެއެވެ.
“އެއީ..؟” ޒާޔާ ވެސް ކޮށްލީ ސުވާލެކެވެ.
“ހަަމަ ގޮސްލަން.. އަހަރެން އަންނާނަން ނުވައެއް ޖަހާރު ތައްޔާރު ވެގެން ހުންނާނީ..” ޖައިލަމް ފަހު ބަސް އިއްވާފައި ފޯނު ބޭއްވިއެވެ. ޒާޔާ އިނީ ބުނާނެ އެއްޗެއް ނޭނގިފައެެވެ. މިއި ހާދަ ހިތްމޮޅު މީހެކެެވެ. ބުނާނެ އެއްޗެއް ބުނެފަ އެހެން މީހުންގެ ހިޔާލެއް ބަލާލުމެއް ނެތެވެ.
ދުވަހަކީ އޮފީސް ބަންދު ދުވަހެއްކަމުން އާކިފް އުޅުނީ ފުހި ވެގެންނެވެ. ކުރާނެ ކަމެއް ނެތިގެން އުޅޭ ކުޑަކުއްޖެކޭ އެއްވަރެވެ. އަވާގެ ދަރިފުޅު އިވާން އާއި އެކީ އުޅެލާފައި އެކުއްޖާ ގޮވައިގެން އާކިފް ދިޔައީ ހިގާލާށެވެ. އިވާން އަށް މަގުމަތިންދާ ދުއްވާއެއްޗިހި ފެނި ވަަރަށް ފޯރި ހުއްޓެެވެ. އާކިފް އެހެން ހިގައިފައި ދަނިކޮށް މީހެއް ގައިގައި ޖެހިއްޖެއެެވެ. “ސޮރީ” އޭ ބުނެ ބަލައިލިއިރު އެކުއްޖާ އަވަހަށް އަނެއް ފަރާތަށް އެނބުރުނެވެ. ހީވަނީ އާކިފް އަށް އޭނާގެ މޫނު ދައްކަން ބޭނުން ނުވެގެން އުޅޭހެންނެވެ. އާކިފް އެމާބޮޑު ކަމަކަށް ނަހަދާ ދިޔައީ އެވެ.
އާކިފް ދިޔަތަން ބަލަން ހުރެފައި ލަޔާން ވެސް ހިގައިގަތެވެ. އާކިފް އާއި އެކު އޭނީ ކޮން ކުއްޖެއް ހެއްޔެވެ؟ އޭނާ ހިތަށް އެރިއެވެ. ގައިމުވެސް އެއީ އާކިފްގެ ދަރިޔަކަށް ނުވާނެ އެވެ.
ހަވީރުގެ ހިހިތްގައިމު ވަގުތެވެ. ބަނދަރުމަތީގައި މީހުން ގިނައެވެ. އެކި އުމުރު ފުރާގެ މީހުން ހަވީރުގެ ހިތްގައިމު ވަގުތު ލިބިގަންނަމުން ދަނީއެވެ. އޭގެތެރޭގައި ސެހްރިޝް ވެސް ހިމެނެއެވެ. އޭނާ އިނީ އެކަނިމާ އެކަނި ބެންޗް އެއްގައި އިށީންދެލައިގެންނެވެ. ބަލާލި ކޮންމެ މީހަކަަށްވެސް ސެހްރިޝްގެ މޫނުމަތިން ފެނަންހުރީ އުދާސްކަން ބުނަން އެނގޭނެއެވެ. އާއެކެވެ. އޭނާ އަށް ވިސްނެމުން ދިޔައީ ވާސިލް އާއި މެދުއެވެ. ވާސިލް މެސެޖް އެއް ކޮށްނުލައެވެ. ނުވިތާކަށް ގުޅައިވެސް ނުލައެވެ.
ހަވީރު ފިނީގައި ކާރު ދުއްވައިލަން ގޮށްސައި އާކިފް ވެސް އައީ ހަމަ ބަދަނރު މައްޗަށެވެ، އޭނާ ވެސް އެތާ އިން ހަޓަކުން ދެ ޖޫގޯ ގަނެގެން އައިސް އިށީންދެލީ ސެހްރިޝް ކައިރީގައެވެ. މީހަކު އައިސް އޭނާ ކައިރީ އިށީންކަން އެނގުމުންް ސެހްރިޝް ބަލާލިއެވެ. އެއީ އާކިފް އެވެ. އާކިފް މިވަގުތު މިތަނުން ފެނުމުން ސެހްރިޝް ފުދޭވަރަކަށް ހައިރާންވިއެވެ.
“އަން.. ހާދަ އެކަނިވެފަ ހެން ހީވެއޭ..” އާކިފް އެއް ޖޫގޯ ސެހްރިޝް އަށް ދިއްކޮށްލަމުން ބުނެލިއެވެ.
“ހޫމް.. އެކީގަ އަންނާނެ މީހެއް ނެތިއްޔާ.. އެކަމު މިހާރު އެކަންޔެއް ނޫނެއްނު..” ސެހްރިޝް އޭގައި ހިފާފައި ހިނިތުން ވެލިއެވެ.
“ކޮބާ ތާރާ..؟” އާކިފް އަހާލިއެވެ.
“އޭނަ އުޅެނީ ބަލިވެ..” ސެހްރިޝް ޖަވާބުގައި ބުނެލިއެވެ.
“އޮފީސްކަންތަށް ކިހިނެއް..؟” އާކިފް ދެން ފެށީ އޮފީސް ވާހަކަ އެވެ. ސެހްރިޝް އޭނާގެ މަސައްކަތާއި މެދު ކިޔައިދިނެވެ. އާކިފް ވެސް އޭނާގެ މަސައްކަތްތަށް ކުރިޔައްދާގޮށް ސެހްރިޝްއަށް ހިއްސާކުރިއެވެ.
ބަންގިގޮވާ އިރޯއްސުނީރުވެސް ދެމީހުން ތިބީ ވާހަކަ ދައްކާށެވެ. އެކަކުވެސް ދާކަށް ހިޔާލެއް ނުކުރެއެވެ. ވާހަކައިގެ އަވައިގައި ޖެހިފައި ތިބެގެން ގަޑިން ވީއިރުވެސް ނޭނގެއެވެ. ފޯން ރިންގްވާން ފެށުމުން ސެހްރިޝް ބަލާލީރު ހަމްދާން އެވެ. ސެހްރިޝް އަވަހަށް ފޯންނެގިއެވެ.
“ބަނދަރުގަ.. ލައްބަ.. އާކިފް އާއި އެކު.. ލައްބަ މިދަނީ..” އާކިފް ބަލައިލީރު ސެހްރިޝް ފޯން ބާއްވާފިއެވެ.
“އަހަރެން ގެޔަށް ދާންވެއްޖެ..” ސެހްރިޝް އެެހެން ބުނެ ތެދުވިއެވެ. އާކިފް އިނީއެވެ.
ޒާޔާ އިނީ ޑްރެސިންޓޭބަލް ކުރިމަތީގައި ދެއަތަށް ދެހެދުން ލައިގެންނެވެ. ރަތް ކުލައިގެ ދިގުހެނދުމަކާއި ކަޅު ކުލާގެ ކަކުލާއި ހަމައަށް އަރާ ހެދުމެކެވެ. ލާނެ އެއްޗެއް ނޭނގިގެން ހުރެފައި ވެސް އެއްމެފަހުން އޭނާ ނެގީ އެކަޅު ހެނދުމެެވެ. އެހެދުން އިސްތިރި ކޮށްލާފައި ޒާޔާ ވަނީ ފެންވަރާށެވެ. ފެނަވަރައިގެން އައިސް ތައްޔާރު ވާންފަށައިފައި އޭނާ އަމިއްލައަކަށް ހިތަށް އެރިއެވެ. ޖައިލަމް އާއި އެކީ ދަންޔާ މިހާ ރީތިވަނީ ކީއްކުރަން ހެއްޔެވެ؟ ޖައިލަމް އަށް ފޮނިދެއްކެން ހެއްޔެވެ؟ އަޗީޑިއެެެވެ. އޭނާ ދުވަހަކު ވެސް ޖައިލަމް ދެކެ ލޯތްބެއް ނުވާނެއެވެ.
ގޭތެރެއަށް ވަދެގެން އައި ސެހްރިޝް ހުއްޓުނީ ހަމްދާން ގޮވާލި އަޑަށެވެ. އޭރު ސިޓިންރޫމްގައި އޭނާގެ މާމަ އާއި ކާފަވެސް ތިއްބެވެ. ސެހްރިޝް ގޮސް މާމަކައިރީ އިށީނެދެލިއެެވެ.
“ދަރިފުޅާ.. ބައްޕަ އެބައޮށް ވަރަށް މުހިންމު، ވަރަށް ބޮޑުު ވާހަކައެއް ބުނަންވެފަ..” ހަމްދާން ވަަރަށް ސިރިއަސްވެފައި ހުރެ ބުނެލިއެވެ. ސެހްރިޝްގެ ހިތް އަވަސްވިއެވެ. އަނެއްކާ ހަމްދާން ބުނަން އެއުޅެނީ ކީކޭ ބާއެވެ؟ ހަމަގައިމުވެސް ވަރަށް މުހިންމު ވާހަކަ އެއް ކަން އެނގިދަނީ މާމަ އާއި ކާފަ ވެސް އައިސް ތިބީމައެެވެ.
*ނުނިމޭ*
މިވާހަކައިގެ ދެންއޮތް އެޕިސޯޑުގެ ލިންކު ކޮމެންޓް ސެކްޝަންގެ ތިރީގައި ވާނެއެވެ.
12 Comments!
Comments are closed.







Mi part ves Vrh Reethi MA!!!!
Anehka kon vhk eh Baa hamdhaan Bunan e ulheny..
By the way I am first ehehehe…
Curiously waiting for next part….
Whn nxt….???
Lysm and Tc my dear author 💙🤗
Thank you Alaika_22!! 🤗
E bunan ulhey vhk igeyne next part ga! 😊
Yes you are first! 💚
Next part nereveynee dhen inna dhevaahaka upload kohlaafa!
Love you too my dear reader!🥰
You also take care! 😘
Heyy..So so Beautiful story Maasha Allah ❤️🥀
I ‘ ve a question since Ur 14 last Year ,Which stream You took? I’m deciding my stream this year that’s why!!! I need the best opinion 💔 that’s all nothing else If u wanna just tell
Bye
Lysmm
Tc of Yourself 🫶❤️
❤️❤️❤️📚
I apriciate it! Glad you like it..! 😊
Well.. I am taking science stream.. It depends on your dream job and what you want become.. Well my dream is to became a doctor for sure.. 🤭
Love you too! 😘
You also take care!🥰
MuXo ge Furihama Nan Bunelabala plx just want to know MuXo if you wanna tell me just tell don’t wanna it’s ok…I heard Ur name Maasha Allah 💜💜🥀 Haadha Reethi Name eh Ur Meemu Atoll dhww…
Yes I am in M.Atoll.. 😊
Awwn.. Really happy to know that you like my name..🥰
Well my full name is, Kadheeja muxna maahir..
Maasha Allah 🫶❤️ So so Beautiful furihama name ….But I’m m being unknown I don’t know why u just tell others hide their personalities
Hehe!! Well you just asked so..😊
Some day You will achieve becoming A Doctor.. InshaAllah 🥀🤍Well,My Dream job is to be A Nurse…I ‘m planning a stream for next Year..Maybe I’ll take science Stream 💯Glad about knowing You took Science stream… MaashaAllah 💝 MaY Allah Bless You on Your hardwork, Patientice and everything…I truly appreciate Ur Tales A lot 🖤
💙
Are U spending Ur holidays In Mal’e or in Ur island ??..I’m so sad that I’m far away from Ur island too too far away…
I’m spending my holiday in island!
Hehe!! Inshaallah one day you will come meet me!!