ޒަހްރާ ތެދުވެގެން ގޮސް އެސިޓީ ޑަސްބިނަށް ލިތަނާހެންގޭގެ ބޮޑު ދޮރުގައި ޓަކިދިން އަޑު އިވުނެވެ. އެއީ ރަޝްނާން ކަން އެނގޭތީވެ ލަސް ހިނގުމެއްގައި އައިސް ދޮރު ހުޅުވާލިއެވެ. *ޕާރޓް-9* ރަޝްނާން ފެނުމާއި އެކު ޒަހްރާ ހުއްޓުން އެރިއެވެ. ރަޝްނާން ފެންނަލެއް ހާދަ ރީއްޗެވެ. ހާދަ ފިރިހެން ވަންތައެވެ. ހާދަ ފުރިހަމައެވެ. އިސްތަށިގަނޑު ހާވާލާފައި އޮތުމުން އަދި މާ ރީތިކަމަށް ދައްކައެވެ. އެއޮށްވާ ދެލޮލެެވެ. މަޑު މުށި ކުލައަކަށްދާ ދެލޮލުން ޒަހްރާ އަށް ފެންނަނީ ބުނެދޭން ދަތި އަސަރު […]
“އެމަންޖެ ދާކަށް ބޭނުމެއް ނުވާނެ ކަންނޭނގެ..” ފިރާޝާ ބަހަނާއެއް ދެއްކިއެވެ. އޭނާ ޔަސްރާ ކައިރިއަށް ދާކަށް ބޭނުމެއްް ނޫނެވެ. “އެހެންވީރު އަހަރެން އަންނާނަން ގޮސްލާފަ..” ޔޫސުފް އެހެން ބުނުމުން ފިރާޝާ ވަނީއެވެ. ޔަސްރާ އާއި ފިރާޝާ އާއި މެދު އޮތީ ކޮން ދުޝްމިން ކަމެއް ހެއްޔެެވެ؟. އެއީ އޭނާގެ ދޮންދަރިއެއް ނޫން ހެއްޔެެވެ؟. *ޕާރޓް-28* ގެޔަށް ގޮށްސައި އަޒްހާން އައިސް ހަޔާ އާއި ކައިލާން ކައިރީ ގެޔަށް ދިއުމަށް ބުންޔެވެ. ހަޔާ ނުދާންވެގެން ބޮޑާހޭކިއެވެ. ޔަސްރާ ކިޔަ […]
ކާއެއްޗެހި ގަނެގެން އައިރު ވެސް ތާރާ އެއް ހެޔެއްނާރައެވެ. ޖާމިޔާ އާއި ތާރާގެ ބައްޕަ ކަމއްވާ ތައްހާން ތާރާ ކައިރީގައި ބައިންދާފައި ތިން މީހުން ދިޔައީ ރެސްޓޯރެންޓް އަކަށެވެ. ބަނޑުހައިވެފައި ހުރުމާއި އެކީ ތިން މީހުން ވެސް އެއްބަސް ވީއެވެ. *ޕާރޓް-11* ރުއި ރުއި ވަރުބަލި ވެގެން ޒާޔާ އަށް ނިދުނީއެވެ. ޖައިލަމް ޒާޔާ އުފުއްލާލާގެން ގެންގޮސް ކޮޓަރިއަށް ވެނެވެ. މިމަންޒަރު ބަލަން ޒާޔާގެ މަންމަ ޒައިނާ އިނީ ފެންކަޅިވެފައެވެ. ދަރިފުޅު ރޯންތަން ބަލާކަށް އޭނާ އަށް […]
“މިއަދު ހިގާ އަހަރެންގެ ގެޔަށް..” އަރްފާން އެހެން ބުނުމުން ޔޫރާ އެއްބަސް ވިއެވެ. “މަންމަމެން މިއަދު އައީމަ އަސްލު މިބުނީ..” އަރްފާން ބުނެލިއެވެ. “އަސްލުތަ..؟” ޔޫރާ ހިނިތުންވެލިއެވެ. “ހޫމް..” އަރްފާން އެހެންބުނެ ދުވެލި ބާރު ކޮށްލިއެވެ. *ޕާރޓް-8* ސައިކަލް މަޑުކޮށްލީ އާދައިގެ ގެޔެއް ކުރިމައްޗަށެވެ. ފެންސުޖަހައި ގޯތިވަކިކޮށްފައި އޮތީރު ވަރަށް ރީއްޗަށް އެތެރޭގައި ވަނީ ވިނަ ހައްދާފައެވެ. އެކި ވައްތަރުގެ މާގަސްތަށް ވެސް ފެންސު ކައިރީ އިންދާފައި ހުއްޓެވެ. ގޭގެ ބޮޑު ދޮރު ހުޅުވާލާފައި ހުރީރު އެތެރޭ […]
އިރުކޮޅަކު ހުއްޓުން އަރާފައި ރަޝްނާން އަށް ހުރެވުނެވެ. އަނެއްކާ މިއީ އިންސާނެއް ބާއޭ ވެސް އޭނާ ހިތަށް އެރިއެވެ. ރަޝްނާން ބިރުން ހުރެފާވެސް އެއަންހެން ކުއްޖާ އާއި ކައިރިއަށް ހިގައިގަތެވެ. އޭނާ އަށް ހިސާބަަކަށް ދެވުނީރަށް މަޑުމަޑުން އެއަންހެން ކުއްޖާ އެނބުރެން ފެށިއެވެ. ރަޝްނާން އަށް ނޭވާ ހިފާއްޓާލަން މަޖުބޫރު ވިއެވެ. *ޕާރޓް-7* އެއަންހެން ކުއްޖާ އެނބުރިލި ގޮތަށް ހަޅޭ ލަވައިގަތެވެ. ރަޝްނާން ދިޔައީ ސިއްސައިގެންނެވެ. އެކުއްޖާ ހަޅޭލަވައިގަތީމައެވެ. ބޭއިޙްތިޔާރުގައި ރަޝްނާން އަށް އެއަންހެން ކުއްޖާގެ އަނގަމަތީ އަތް […]
“ބަސް އެހީމަ ލިބޭ އަނިޔާ ވެސް ކުޑަވާނެ..” އަނެއްކާ ވެސް ޔަސްރާގެ ސިކުނޑިތެރޭ ހަދާން އާވާން ފެށިއެވެ. އޭނާ އެކަންތަށް ހަދާން ކުރާކަށް ބޭނުމެއް ނޫނެވެ. ނަމަވެސް ކުރާނެ ކަމެއް ނެތެވެ. މިކަހަލަ ހިތާމަވެރި ކަމެއް ވެއްޖެއްޔާ އިންސާނާގެ ހަދާނުގައި އެކަންތަށް ވަރަށް ފަސޭހަ ކަމާއިި އެކީ ހަރުލާނެއެވެ. ޔަސްރާ ހުއްޓުން އަރާފައި އިންތަން ފެނިފައި އަޒްހާން ޔަސްރާގެ އަތުގައި ކޮށްޓާލިއެވެ. އެވަގުތު ޔަސްރާގެ ދެލޮލުން ކަރުނަ އަންނަން ފަށާފިއެވެ. އަޒްހާން ވަގުތުން ޔަސްރާ ގަަގައި ބައްދާލިއެވެ. ޔަސްރާ […]
“އެއްމެ ރަގަނޅު..” ލަޔާންގެ ތުންފަތް މައްޗަށް ވެރިވީ ހިނިތުންވުމެކެވެ. އާކިފް މީހަކާ އިނީއޭ ކިޔާފައި އޭނާ އެއް ނުހުއްޓުވޭނެއެވެ. އޭނާ ކާމިޔާބު ހޯދާފައި މެނުވީ ހުއްތައެއް ނުލާނެއެވެ. *ޕާރޓް-10* ބާރު ސްޕީޑެއްގައި އައި ކާރު މަޑުކޮށްލީ ސެހްރިޝް މެންގޭ ކުރިމައްޗަށެވެ. ވާސިލް އަވަހަށް ކާރުން ފައިބެފައި ލާރިދެއްކިއެވެ. ކަން ދިމާކުރި ގޮތުން އެވަގުތުވީ ސެހްރިޝް ވެސް ގެޔަށް އައި ވަގުތަށެެވެ. އޭނާ އަކަށް ފުރަތަމައަކުން ވާސިލް އެއް ނުފެނުނެވެ. ކާރު ޕާކް ކޮށްލާފައި ލަސް ހިގުމެއްގައި އައިސް […]
ފެނުނު މަންޒަރުން ހަޔާގެ ދެލޯ ބޮޑުވިއެވެ. މީހާ ހުއްޓުން އެރިއެވެ. މިމަންޒަރު ފެނިފައި ދެން ތިބި ދެމީހުން ވެސް އައިސް ކޮޓަރިތެރެެއަށް ބޯދިއްކޮށްލިއެވެ. ހަޔާ އެކޭ އެއްފަދައިން އަޒްހާން އާއި ކައިލާން އަށް ވެސް ވީ ހަމައެހެންނެވެ. *ޕާރޓް-26* ޑްރެސިން ޓޭބަލް އާއި ދިމާ ތިރިއަށް ޔަސްރާ އޮތީރު އޭނާ އޮތީ ހޭނެތިފައެވެ. އޭރު ވެސް ޔަސްރާގެ އަތުގެ ކުޑަހުޅުން ލޭއާދެއެވެ. އެމީހާ އެދިޔައީ ޔަސްރާގެ އަތް ކަފާލާފައެވެ. ހަޔާ އަށް ބިންމައްޗަށް ޖެހިގަނެވުނެވެ. އަޒްހާން ދުވެފައި […]
އެއްޗެހި ބަދަލުކޮށް މޫނުދޮވެ ހަދައިގެން ޒާޔާ ފާޙަނައިން ނުކުތެވެ. ނުކުތީރު ޖައިލަމް އޮތީ ނިދާފައެވެ. ޖައިލަމްގެ ކަޝްރަތީ ހަށިގަނޑު ފެނި ޒާޔާގެ ގަޔަށް ފިނިވިއެވެ. ޖައިލަމް ނިދާފަަ އޮންނައިރު ވެސް ހާދަ ރީއްޗެވެ. ހާދަ ހިއްގައިމެވެ. އިރުކޮޅަކު އެހެން ބަލަން ހުރެފައި ޒާޔާ ގޮސް ލައިޓް ނިއްވާލާފައި އައިސް އެނދުގެ އަނެއްފަރާތުގައި އޮށޯތެވެ. ޖައިލަމް އޭނާ އަށް ހާދަ ރަގަނޅެެވެ. އެކަމު އޭނާ ރުޅި އަައިސްގެން ޖައިލަމް އާއި ދިމާއަށް ހާދަ އެއްޗިއްސެއް ކިއިއްޖެއެވެ. އެކަމަކު ވެސް […]