އަހަރެން ބާރު ހިގުމެއްގައި ގޮސް ފާހަނާ އިންނަ ކޮރިޑޯ އައް އަޅާލުމާއެކު ހުއްޓުން އެރިއެވެ. އަހަރެންގެ ގައިގައި ޖެހޭނުޖެހޭ ހިސާބު ކައިރީ އިޔާން ހުއްޓާ ފެނުމުން ގަޔަށް ފިނިވިއެވެ. އޭނާ ދެތިން ފިޔަވަޅު ފަހަތަށް ޖެހިލިއެވެ. “އަހަރެން ހީކުރީ މާލަސްވީމަ އިޔާން ދާނެކަމައް…” އަހަރެން ހަމަޖެހިލުމައް ފަހު ބުނެލީމެވެ. “އާން.. ދާން އުޅެނިކޮށް ތިއައީ..” އިޔާން ފާރުގައި ލެެގިލަލުން ބުންޏެވެ. “ކީކުރަން އަހަރެން ކައިރީ އަންނަން ބުނީ..؟” އަހަރެން އަހާލީމެވެ. “އާ ދޯ..!” އިޔާން ޖީބުން ނެގީ […]
އިރު އޭގެ ވާޖިބު އަދާކުރުމަށް ފަހު ދުނިޔެއާ ޢަލްވަދާއު ކިޔެވެ. ދުނިޔެމަތި އަދިރިވާން ފަށާފިއެވެ. މަގުތައްވެސް ފަޅުވެ މީހުން މަދުވާން ފެށިއެވެ. އަހަރެންނާއި ޝީން ވެސް ކުޅެނިންމައިގެން ގެޔައްދާން މިސްރާބުޖެހީމެވެ. ވޮލީ ކުޅެން ދިއުމަކީ އަހަރެންގެ އާދައެކެވެ. މޮޅަށް ވޮލީ ކުޅޭ މީހަކަށް ވުމީ އަހަރެންގެ ހުވަފެނެކެވެ. މިހާރުވެސް އަހަރެން ވަކި ދަށެއްނޫނެވެ. “އޭތް، ރާޔާ! ހާދަ ގަދައޭ ދޯ މިއަދު!” ގެޔައް ދިޔަ މަގުމަތިން ކުއްޖަކު ގޮވާލި އަޑު އިވުނެވެ. އހަރެންގެ ނަޒަރު ހުއްޓުނީ އިޔާން […]
ހަނދުވަރުގެ ރިހި އަލިން ގޯތިތެރެ ވަނީ އަލިކޮށްލާފަ އެވެ. ކަރަންޓު ނެތްކަމަކު އަނދިރިވެގެން އުޅޭކަށް ނުޖެހެ އެވެ. މަޑުމަޑު ފިނި ވައިރޯޅިތަށް އައިސް އަހަރެންގެ ހަށިގަނޑުގައި އޯގާ ތެރިކަމާއެކު ފިރުމަމުން ދިޔައެވެ. ބުނާ ކަހަލައެވެ. ދެރަނުވާށެވެ. އެއީ މާޒީ އެވެ. މުސްތަގްބަލް ފުރިހަމަ އައް ބިނާކުރާށެވެ. މަޑުމަޑުން އަހަރެންގެ ސިކުނޑީގައި ޓަކިޖަހާލީ އަހަރެންގެ މާޒީއެވެ. އަހަރެން އުޅެމުން ދިޔައީ ވަރަށް ވެސް އެކަނިވެރި ދިރިއުޅުމެކެވެ. އެކުވެރިއެއް އާއިލާއެއް ނެތް އެކަނިވެރި ދުނިޔޭގައި ހުރިހަމައެކަނި މީހަކީ އަހަރެންގެ މަންމައެވެ. […]
*”އޯ އެމް ޖީ…! މައިޝަ ޔޫ ކާންޓް ބިލީވް ވަޓް ޖަސްޓް ހެޕެންޑް…” މައިޝާގެ އެކުވެރިއެއް ކަމަށްވާ އަނާ ކުލާހަށް ވަތް ގޮތަށް ދުވެފައި އައެވެ. “ވަޓް…” ޝަޢުޤުވެރިވެފައި މައިޝާ އަހައިލި އެވެ. “ޔޫ ނޯ ސްކޫލްގެ އެންމެ ހޮޓް ބޯއި ވިޝާލް…” ލަދުރަކި ގޮތަކަށް އަނާ ބުނެލިއެވެ. “ވިޝާލް ކިހިނެއްވި؟” ހާސް ވެފައި މައިޝާ އަހައިލި އެވެ.* “ހީ ޖަސްޓް ޕްރޮޕޯސްޑް މީ” އުފަލުން ފޮޅިފައި ހުރެ އަނާ ބުނެލީ މައިޝާ އާއި ވިޝާލްގެ ދެމެދުގައިވާ […]
އުޑުގައި ރަނިކަން ކުރަމުން ގެންދިޔަ ބުރުހަމަ ހަނދު ދިޔައީ އުޑުގެ ފަޅުފިލުވަމުންނެވެ. އުކާލެވިފައިވާ ކުލަ ބޮކި ތަކެށް ފަދައިން ތަރިތައް ބަބުޅަމުން ގެންދިޔަ އެވެ. ރޭގަނޑުގެ ހަމަހިމޭން ވަގުތު ސޫތްޕެއް ގޮވައިލާ އަޑު ވެސް ނީވެ އެވެ. މުޅި މާހައުލުގައި ވަނީ މަރުފަދަ ހިމޭން ކަމެކެވެ. ހުޅުމާލޭ ފޭސް ޓޫ ގެ ފަނަރަވަނަ ފްލެޓޮގެ ސައުވީސް ވަނަ ބުރީގެ ބެލްކަިންޏެއްގައި އަންހެން ކުއްޖަކު ހުއްތޓެވެ. ނިދާ ހެދުމެއްގައި ހުރި އެއަންހެން ކުއްޖާ ވަނީ މިރޭގެ ރީތިކަމުގެ އަވައިގައި […]
ރޭގަނޑުގެ އަދިރިކަން ފިލާ ދުވާލުގެ އަލިކަން ދުނިޔެ މައްޗަށް ފެތުރިގެން ދިޔައެވެ. އިރު ފެންމަތިން ތޮޅިލުމާއެކު ދޫނި ސޫފާސޫފި، އޭގެ ހާލިތައް ދޫކޮށް ފަޒާގެ ފަޅުފިލުވަން ފެށިއެވެ. އިރުގެ ރަން ދޯދިތަށް މޫދަށް އެޅިފާ ވީރު ބަލާ ފޫހި ނުވާހާއެވެ. އުޑު މައްޗަށް އަރަިގެން ދިޔަ ރީންދޫ ކުލައިން އާޝޯހު ވާހާއެވެ. މޮޅު ކުރެހުން ތެރި އެއްގެ ކުރެހުމަކާވެސް ވާދަނުކުރެވޭހާއެވެ. ޝާއިރެއްގެ ގަލަމަކުންވެސް ސިފަކުރަން ދަތިވާހާއެވެ. މަޑުމަޑުން ރަށުތެރެ ހޭލަން ފެށިއެވެ. ފަތިސް ނަމާދުން ފާބާގެން އިޝާން […]
މެންދަމުގެ ވަގުތެވެ. ބޯކޮށް ވާރޭ ވެހެމުން ދިޔަިރު ޖެހޭ ވައިގެ ސަބަބުން ގަސްތަށް ދެކޮޅަށް ހޫރެމުން ދިޔައެވެ. ދޭތެރެއަކުން ވިދާލައެވެ. ކުޑަދޮރަށް ވާރޭވިއްސާ މަންޒަރު ބަލަން އަހަރެންނަށް އޮވެވުނީ ނުނިދިފައެވެ. އެވަގުތު މާޒީގެ ސޮފްހާތަށް ލޯކުރިމަތީ ނިއުޅެން ފެށިއެވެ. އެއީ މީގެ 7 އަހަރު ކުރިއެވެ. އަހަރެން އޭރު އުޅޭނީ ގްރޭޑު 10 ގައެވެ. އަހަރެން ކިޔެވުމައް ވެސް މޮޅެވެ. ނަމަވެސް ފަހަކަށް އައިސް އަހަރެންގެ އެކުވެރިންގެ ވަސްވާހުގެ ސަބަބުން އަހަރެންގެ ހިޔާލު ބަދަލުވިއެވެ. އެކުވެރިން ބުނިގޮތުގައި […]
*މިއީ އަޅުގަނޑުގެ ފުރަތަމަ ވާހަކަ ކަމުން މިސްޓޭކްސް ހުރެދާނެ. ހުރިހާ ކިޔުންތެރިންނަށް މި ވާހަކަ ކަމުދާނެކަމަށް އުންމީދު ކުރަން.* ހެނދުނުގެ ހިތްގައިމު ވަގުތެވެ. ފިނިފިނި ވައިރޯޅި ޖެހެމުން ދިޔައެވެ. ފަޒާގައި ވެސް ތެއްފިނިކަމެއް ހުއްޓެވެ. އަހަރެން މިއިނީ އަތިރިމަތީގައެވެ. ފިނިވާތީ ދެއަތް ދެއަތާ އުނގުޅާލަ އުނގުޅައިލަ އެވެ. އެޑުމަތިން ވިއްސާރަ ގޮތް ދައްކައިލި އެވެ. ނަމަވެސް އަހަރެން ގެއަށްދާ ހިޔާލެއް ނުލުރަމެވެ. ޖެހޭ ފިނި ވައިރޯޅީގެ އަސަރު ހިތާށާއި ސިކުނޑިއަށް ފޯރަމުން ދިޔަ އެވެ. ސުކޫލު ދައުރުގެ […]