Esfiya - Dhivehi Vaahaka Site
  • އިތުރު
    • އެހެނިހެން
    • ހަޤީޤީ
    • ހިތާމަ
    • ދީނީ
    • މަޒުމޫނު
    • ޅެން
    • މަޖާ
    • ލޯބި
    • ބިރުވެރި
  • އެސްފިޔަ
    • އެސްފިޔަ ޕްރޯ
    • ޤަވާއިދު
    • އިސްތިހާރު ކުރެއްވުމަށް
    • ގުޅުއްވުމަށް
    • މަގޭ ވާހަކަތައް
    • ★ޕޮއިންޓްސް★
  • ލޮގިން
  • ރެޖިސްޓަރ
  • އެހީ
  • ސީރީސްތައް
  • ފުރަތަމަ ޞަފްހާ
ލޯބި

މުޅި ހިތް ބޭޤަރާރު ވެއްޖޭ-8

_MuXo_
_MuXo_ Level 1010 Stories100 Comments100 Login100 Stories500 Login500 Comments
January 14, 2026 4 Mins Read
16 Comments

“ދަރިފުޅާ.. ބައްޕަ އެބައޮތް ވަރަށް މުހިންމު ވަރަށް ބޮޑު ވާހަކައެއް ބުނަންވެފަ..” ހަމްދާން ވަރަށް ސީރިއަސް ވެފައި ހުރެ ބުނެލިއެވެ. ސެހްރިޝްގެ ހިތް އަވަސްވިއެވެ. އަނެއްކާ ހަމްދާން ބުނަން އެއުޅެނީ ކީކޭ ބާއެވެ؟ ހަމަގައިމު ވެސް ވަރަށް މުހިންމު ވާހަކަ އެއްކަން އެނގިދަނީ މާމަ އާއި ކާފަ ވެސް އައިސް ތިބީމައެވެ.

*ޕާރޓް-8*

ހަމްދާން ފުންނޭވާ އެއް ދޫކޮށްލިއެވެ. ބުނަން އުޅޭ ވާހަކައަކަށް ތައްޔާުރު ވެލާފައި އޭނާ އަދިވެސް އެއްފަހަރު ސެހްރިޝްގެ މޫނަށް ބަލާލިއެވެ. ސެހްރިޝްގެ މޫނުމަތީ ކިތައްމެހާވެސް ރީއްޗަށް ޖެހިލުން ވުމުގެ ކުލަވަރު ފެންނަން ހުއްޓެވެ. އަނެއްކާ މިއީ އެއްމެ ރަގަނޅު ގޮތް ހެއްޔެވެ؟

“މިވާހަކަ ބުނަން އުޅުމުގެ ކުރިން ބައްޕަ އެއްޗެކޭ ބުނެލާނަން..” ހަމްދާން އެހެން ބުނެ ސެހްރިޝް އަށް ބަލާލިއެވެ. އޭރު ސެހްރިޝް ހުރީ ވާނުވާގައެވެ. އަނެއްކާ މިވަނީ ކިހިނެއް ހެއްޔެވެ.

“ބައްޕަ ކުރަން މިއުޅޭ ކަމެއް މިކުރަނީކީ ދަރިފުޅަށް އެއްމެ ރަގަނޅު ގޮތް ވިސްނާފަ.. ގައިމުވެސް ބައްޕައެއް ދަރިފުޅަކަށް ދެރަގޮެއް ނަަހަދާނަން.. ދަރިފުޅުވާނެ އެކަން ގަބޫލުކޮށްގެން އެއްބަސްވާން..” ހަމްދާން ނަސޭހަތް ދިނެވެ. ސެހްރިޝް ބޯޖަހާލިއެވެ.

އޭނާގެ ބައްޕަ އޭނާއަކަށް ދެރަގޮތެއް ނަހަދާނެ އެވެ. ކޮންމެ ގޮތެއް ވިއަސް ކޮންމެ ކަމެއް ކުރިއަސް، ކޮންމެ ފިޔަވަޅެއް ނެގިޔަސް އެއީ މިޢާއިލާ އަށާއި އެނާއަށް ރަގަނޅަކަށެެެވެ. ސެހްރިޝް އޭނާގެ ހިތަށް ވިސްނައިދިނެވެ.

“ބައްޕަ ވިސްނާފިން ދަރިފުޅުގެ ކައިވެނި ކުރުވަން..” ހަމްދާންގެ މިޖުމްލައާއި އެކު ސެހްރިޝްގެ ފައިދަށުން ހީވީ ބިންގަޑު ދަމައިގަތް ހެންނެވެ. ހިތުވިންދުވެސް އިރުކޮޅަކަށް ހުއްޓުނު ކަހަލައެވެ. ދެލޯ ބޮޑުކޮށްލެވުނެވެ. އަނެއްކާ މިއިވުނީ ރަގަނޅަށް ހެއްޔެވެ. ނޫނެެކެވެ. އޭނާގެ ކައިވެނި ކުރުވަން އެއުޅެނީ އެވެ. ދެން އޭނާގެ ލޯބިވާ ވާސިލް އެވެ. ވާސިލް އަށް އޭނާ ހަދާނީ ކިހިނެއް ހެއްޔެވެ؟

“ކައިވެންޔޭ..؟!!” ސެހްރިޝްގެ އަޑުބާރެވެ.

“ލައްބަ ދަރިފުޅާ.. ދަރިފުޅުގެ ކައިވެނި ކުރުނަން މިއުޅެނީ.. އެކަމު އެއީ ވަކި ދަރިފުޅާ މާދުރުމީހެއްނޫން..” މާމަ ސެހްރިޝްގެ ބުރަކަށީގައި ފިރުމާލަމުން ބުނެލިއެވެ.

“އަހަރެންނަށް ވިސްނަން ވަގުތުދީ ބައްޕާ..” ސެހްރިޝް ބުނެލިއެވެ. އޭރުވެސް އޭނާގެ ސިކުނޑިތެރެ ދިޔައީ ހިޔާލުތަކުން ތޮށްޖެހެމުންނެވެ.

“ބައްޕަ ދަރިފުޅަށް މިދެނީ ދެ ދުވަހުގެ މުއްދަތެއް..” ހަމްދާން ވަރަށް އަވަހަށް އެއްބަސް ވިއެވެ.

އިތުރަށް އެތާ މަޑުނުކުރަންވެގެން ސެހްރިޝް އަނެއްކާވެސް ގެއިން ނުކުތެވެ. ވަދީފާ ގޮވަން އުޅުމުން މާމަ ބުނީ ނޮގޮވުމަށެެވެ.

“އަނެއްކާ އެމަންޖެ އެއްބަސް ވާނެތަ..؟” އަހްމަދް ކައިރީ ސޯފާގައި އިން ރަޝްފާ އަހާލިއެވެ.

“ހަމްދާން އަހަރެންނަށް ވަރަށް ޔަގީންކަން ދިން.. ދެން އަހަރެެމެން ޖެހޭނީ އާކިފް ރުއްސަން.. އެކަމު ތިބުނީ އާކިފް އުޅެނީ ކުއްޖަކާ ރައްޓެހި ވެގެންނޭ..” އަހްމަދް ބުނެލިއެވެ. އޭނާ ބިރުގަންނަނީ އާކިފް އެއްބަސް ނުވެދާނެތީއެވެ.

“އާކިފް އާއި އެ އަންހެން ކުއްޖާ އާއި އެކު މާގިނަ ދުވަހަކު ނޫޅެވޭނެ.. އަހަރެން އެބަޖެހޭ އެއަންހެން ކުއްޖާ އާއި ބެހޭ މަޢުޅުމާތު ހޯދަން..” ރަޝްފާ ބުނެލިއެެެވެ.

“މަންމަ ތިކަންތަށް ދޫކޮށްލާ އަހަރެންނަށް..” އިވާން އުނގުގައި ބައިންދައިގެން ކާންދޭން ހުރި އަވާ ބުނެލިއެވެ. ރަޝްފާ އެއްބަސް ވުމުގެ ގޮތުން ބޯޖަހާލިއެވެ.

“އާކިފް ކޮބާ..؟ އޭނައަށް ގުޅާބަލަ..” އަހްމަދް ބުނެލިއެވެ.

ބަދަނރު މަތީގައި އިން އާކިފް އިނީ ހިޔާލަކަށް ގެއްލިފައެވެ. އޭނާގެ ވިސްނުންތަށް ގުޅިފައިވަނީ ޒާޔާ އާއި އެވެ. ކުރިން ޒާޔާ އުޅުން ގޮތާއި ހިލާފަށް މިހާރު އޭނާ ހާދަ ތަފާތެވެ. މިހާރު އޭނާ ނުވެސް ގުޅާލައެވެ. ވާހަކަވެސް ދައްކާނީ މަދުންނެވެ. ދިމާވިއަސް ހީވަނީ މީހަކަށް ފިލަފިލަ ފިލައިގެން އުޅޭ ހެންނެވެ. ޒާޔާގެ މިއުޅުމަށް އައި ބަދަލާއި އެކު އާކިފް ވަނީ ހައިރާން ވެފައެވެ.

ހިޔާލުތަކުން ބޭރުވާން އާކިފް އަށް މަޖުބޫރުވީ ފޯނު ރިންގްވާން ފެށުމުންނެވެ. ބަލައިލިއިރު ރަޝްފާ އެވެ. އަވަހަށް ފޯނުނެގިއެވެ.

“ދަރިފުޅު ތީނީ ކޮންތާކު..؟” ރަޝްފާ އެހިއެވެ.

“ބަނދަރު މަތީގަ.. އާން މިދަނީ..” އާކިފް ފޯނު ބާއްވާފައި އަވަހަށް ދިޔައެވެ. އިރުކޮޅަކުން އާކިފް އައިސް ގެތެރެއަށް ވަނެވެ. އޭރު އޭނާގެ މަންމަ އާއި ބައްޕަގެ އިތުރަށް އަވާ ވެސް ހުއްޓެވެ. އެއްމެންގެ މޫނުމަތިން ވެސް ފެންނަން ހުރީ ސީރިއަސް ކަމެވެ. އާކިފް ކުޑޮކަށް ޖެހިލުންވިއެވެ. އައިސް އަވާ ކައިރީ ސޯފާގައި އިށީން ދެލިއެެވެ.

“ދަރިފުޅާ.. ބައްޕަމެން ނިއްމާފިން ދަރިފުޅިގެ ކައިވެނި ކުރުވަން.. ނާހާތި ކާކާކަން..” އަހްމަދް ބުނެލިއެވެ.

މި ޖުމްލައާއި އެކު އާކިފް ހުއްޓުން އެރިއެވެ. ކައިވެންޔޭ؟!! އޭނާގެ ސިނކުޑިތެރޭ ބުނެލެވުނެވެ. އޭނާ ލޯބިވަނީ ޒާޔާ ދެކެވެ. މަންމަ އަށް އެކަން ރަގަނޅަށް އެނގޭނެއެވެ. ދެން ބައްޕަ އެހެން އެކިޔަނީ ކީއްވެ ހެއްޔެވެ؟ އާކިފްް ގާތަށް ކުޑަކޮށް ރުޅިއައެވެ. ކައިވެނި ކުރަން ނިއްމާފައި ކައިވެނި ކުރުވަން އުޅޭމީހާ ވެސް ނުބުނެވެނީ ހެއްޔެވެ؟

“މަންމާ އަހަރެން ބުނީމެއްނު އަހަރެންގެ ލޯބިވެރިއެއް ހުރެއޭ.. ދެން ކީއްވެތަ..” އާކިފްގެ ބަސް ހުއްޓުނެވެ.

“ލޯބިވެރިއަކު ހުއްޓަސް މިހާރު އަހަރެން ވަނީ ކަލޭ ކައިވެނި ކުރުވަން ރަގަނޅު މީހަކު ހޯދަދީފަ..” އަހްމަދްގެ އަޑު މަޑުމައިތިރިއެވެ.

“އެކަމަކު ވެސް އަހަރެން ލޯބިވަނީ ހަމަ އެކަނި ޒާޔާ ދެކެ.. ދެން އަހަރެން އޭނާއަށް ދައްކަންވީ ކޮން މޫނެއްތަ..؟ އޭނާ ހާދަ ދެރަވާނޭ.. ތިހެން ބުނާރަކަށް އަހަރެންނަކަށް އެއްބަހެެއް ނުވެވޭނެ..” އާކިފް ތެދުވިއެވެ. އޭނާ ހުރީ ހާސްވެފައެވެ. ރުޅި އައިސްފައެވެ.

“އާކިފް އަށް ތިއުޅެނީ ތިކިޔާ ޒާޔާ އެއްގެ ހަޤީޤަތް ނޭނގިގެން..” އަވާ ބުނެލިއެވެ. އަވާގެ އަޑުއިވުމުން އާކިފް ބަލާލިއެވެ.

“ދޮންތަ ވެސް އަހަރެންނާ ދެކޮޅު..؟ ދެން ތިކިޔަނީ ކޮން ހަޤީޤަތެއްގެ ވާހަކައެއްތަ..؟” އާކިފްގެ އަޑުދިޔައީ ފަހަރަކަށް ވުރެ ފަހަރެއް ބާރުވަމުންނެވެ.

“މާދަަން ހަޤީޤަތް ހޯދާފަ ބުނެދޭނަން.. ހެއްކި ވެސް ދައްކާނަން..” އަވާގެ އަޑުގައިވަނީ ޔަޤީންކަމެވެ. އާކިފް ބަލަން ހުރެފައި ބާރަށް ހިގައިފައި ގޮސް ވަނީ ކޮޓަރިއަށެވެ.

ޒާޔާ މެންގޭ ދޮރުކުރިމަތީގައި ޒާޔާ އާއި ޖައިލަމް ދެމީހުންވެސް ތިބީ ދެމީހުންނަށް ބަލަހައްޓައިގެންނެވެ. ރެސްޓޯރެންޓް އަކުން ކައިގެން ޒާޔާ ގެޔަށް ލާން އައި ދެމީހުން މިތިބީއެވެ. ޖައިލަމް ބަލަން ހުރިގޮތުން ޒާޔާ އިނީ ލަދުގަނެފައެވެ. ނަމަވެސް ޖައިލަމް އަށް އެކަން ނުދައްކަން ވެގެން އޭނާ އިނީ ޖައިލަމް އަށް ވެސް ބަލާށެވެ.

“ދެން މިހެން ތިބޭނީތަ..” އެއްމެފަހުން ޖައިލަމް އެއްޗެކޭ ބުނެލިއެވެ.

“ކަލޭ ވެސް ބަލާތީވެ އަހަރެން ވެސް މިބަލަނީ..” ޒާޔާ ބުނެލިއެެވެ. ޖައިލަމް ބޯޖަހާލާފައި ސައިކަލުން ފޭބިއެވެ. އަދި ގޮސް ގޭދޮރުމައްޗަަށް އެރިއެވެ. ޒާޔާ އިނީ ސުވާލު އުފެދިފައެވެ. އޭނާ ވެސް އަވަސް ފިޔަ ވަޅުތަކެއްގައި އައިސް ޖައިލަމް ކައިރީ ހުއްޓިލިއެވެ. ޖައިލަމް އިޝާރާތް ކޮށްލީ ދޮރު ހުލުވުމަށެވެ. ޒާޔާ ހޭންޑް ބޭގް ތެރެއިން ތަޅުދަނޑި ފަތި ނަގައި ދޮރު ހުޅުވާލިއެވެ. ޒާޔާ ދޮރުހުޅު ވުމުން ސިކުންތު ކޮޅެއް ވެސް ވޭތުކޮށް ނުލާ ޖައިލަމް އެތެރެއަށް ދެމިގަތެވެ. ޖައިލަމް ކުރަން އުޅޭ ކަމެއް ނޭނގޭތީވެ ޒާޔާ އިރުކޮޅަކު ބަަލަން ހުރެފައި ދޮރު ލެއްޕިއެވެ.

ޒާޔާ އަށް ތުރެއް އަވަހަށް ޖައިލަމް ގޮސް ޒާޔާގެ ކޮޓަރިއަށް ވެނެވެ. ޒާޔާ ވެސް ޖައިލަމް ފަހަތުން އައިސް ކޮޓަރިއަށް ވަދެ ހޭންޑް ބޭގް ބަހައްޓައިފައި ދެއުކުޅުގައި އަތް ވިއްދާލިއެވެ.

“ކަލޭ ގެޔަށް ނޮގޮސް މިކޮޓަރިއަށް ވަނީ ކީއްކުރަން..؟” ޒާޔާ ފޫހި ވެފައި ހުރި ރާގެއްގައި އަހާލިއެވެ.

“އަހަރެން މިރޭ ނިދާނީ މިތާގަ..” ޖައިލަމް ގޮސް އެނދުގެ އެއްފަރާތުގައި އޮށޯވެލިއެވެ. ޒާޔާ އިނީ ބުނާނެ އެއްޗެއް ނޭނގިފައެެވެ.

“އޭޔް..؟!! ކަލޭ ބުނާރަކަށެއް މިތާކު އެއް ނޯވެވޭނެ.. ހަމަމިހާރު-” ޒާޔާގެ އަނގަބަންދުވީ ކުއްލިއަކަށް ޖައިލަމް އައިސް އޭނާގެ އަނގަމަތީ އަތް އެޅުމުންނެވެ. ޒާޔާ އިނީ ހުއްޓުން އަރާފައެެވެ. ޖައިލަމްގެ ދެލޮލަށް ބަލަހައްޓައިގެންނެވެ.

“ޝޫޝް.. މަންމަމެން އެއޮތީ ނިދާފަ.. މާއަޑުގަދަ ނުކުރޭ.. ދެން އެއްމެ ރެއަކު އަަހަރެން މިތާ އޮވެލައިގެން ގައިމު ތިވަރުވާކަށް ނުޖެހެ.. އެހެން ނޫނަސް އަހަރެންމީ ޒާޔާގެ ފިރިމީހާ.. އަހަރެން ބޭނުން އިރަކުން އައިސް މިތާ މިދާނުގައި ނިދަން އަހަރެންނަށް ފުރިހަމަ ހައްޤު އެބައޮތް..” ޖައިލަމް އެއްފައްޗަކަށް ކިޔާލިއެވެ. ގައިމުވެސް އޭނާ އެބުނީކީ ދޮގެއް ނޫނެެވެ.

ޒާޔާ ބުންޏަސް ޖައިލަމް ނުދާނެކަން އެނގޭތީވެ ޒާޔާ އެއްމެފަހުން އެއް ބަސްވިއެވެ. ޒާޔާ އެއްބަސްވިކަން އެނގުމުން ޖައިލަމް ޒާޔާގެ އަނގަމަތިން އަތް ނަގާފައި ޒާޔާގެ ބޮލުގައި ފިރުމާލިއެވެ.

“ދެން ދޭ ބައްސަހައިގެން އެއްޗިހިބަދަލު ކޮށްގެން އަންނަން..” ޖައިލަމް މަޑުމަޑުން ބުނެލިއެެވެ. ޒާޔާ ޖައިލަމް އާއި ދިމާއަށް ލޯ އަޅާލައިފައި ނިދާހެނދުން ހިފައިގެން ފާޙަނާ އަށް ވަނެވެ. ޒާޔާ ވައިންތަން ބަލަން ހުރެފައި ޖައިލަމް އޭނާ ލައިގެން ހުރި ގަމީސް ބާލާފައި ޒާޔާގެ ހެނދުން އަޅުވާ ހަރުގައި އަޅުވާލިއެވެ. އަދި އައިސް އޮށޯތެވެ.

އެއްޗިހި ބަދަލުކޮށް މޫނުދޮވެ ހަދައިގެން ޒާޔާ ފާޙަނައިން ނުކުތެެވެ. ނުކުތީރު ޖައިލަމް އޮތީ ނިދާފައެވެ. ޖައިލަމްގެ ކަޝްރަތީ ހަށިގަނޑު ފެނި ޒާޔާގެ ގަޔަށް ފިނިވިއެވެ. ޖައިލަމް ނިދާފަ އޮންނާއިރު ވެސް ހާދަ ރީއްޗެވެ. ހާދަ ހިއްގައިމެވެ. އިރު ކޮޅަކު އެހެން ބަލަން ހުރެފައި ޒާޔާ ގޮސް ލައިޓް ނިއްވާލާފައި އައިސް އެނދުގެ އަނެއްފަރާތުގައި އޮށޯތެވެ. ޖައިލަމް އޭނާ އަށް ހާދަ ރަގަނޅެެވެ. އެކަމު އޭނާ ރުޅި އައިސްގެން ޖައިލަމް އާއި ދިމާއަށް ހާދަ އެއްޗިއްސެއް ކިއިއްޖެއެވެ. އެކަމަކު ވެސް ޖައިލަމް އޭނާ ދެކެއެއްް ރުޅި އެއް ނާދެއެވެ. އޭނާ ވަރިއެއް ނުކުރެއެވެ. މިކަހަލަ ހިޔާލުތަކުގައި އޮވެފައި ޒާޔާ އަށް ނިދުނެވެ.

*ނުނިމޭ*

މިވާހަކައިގެ ދެންއޮތް އެޕިސޯޑުގެ ލިންކު ކޮމެންޓް ސެކްޝަންގެ ތިރީގައި ވާނެއެވެ.

Share Article

_MuXo_
Follow Me Written By

_MuXo_

Level 1010 Stories100 Comments100 Login100 Stories500 Login500 Comments

Other Articles

Previous

މާސްކު (ޕާޓް 35)

Next

އެދެނިިީ އުމުރަށް ތިބާ 01

Next
January 14, 2026

އެދެނިިީ އުމުރަށް ތިބާ 01

Previews
January 14, 2026

މާސްކު (ޕާޓް 35)

16 Comments!

  1. Alaika_22 says:
    January 14, 2026 at 4:20 pm

    Mi part ves Vrh Reethi MA!!!!
    Alheyy sehrish haadha dhera vaane dhw ehn nubune eyna loabi vaa meeha noon ehn meehakaa merry kuran jehunyma….. Same Hama aakif ah ves…….
    Curiously waiting for next part…..
    Whn nxt….????
    Lysm and Tc my dear author 💙🖤

    1. _MuXo_ _MuXo_ says:
      January 14, 2026 at 4:45 pm

      Thank you Aliaka_22! 🥰
      Next paet ves Inshaallah next part ves v avahah! 🤗
      Love you more! 😘
      You also take care my dear reader! 💙💚

  2. Miss jennie says:
    January 14, 2026 at 4:36 pm

    Mi part ves varah reethi. Curiously waiting for next part???

    1. _MuXo_ _MuXo_ says:
      January 14, 2026 at 4:46 pm

      Thak you Miss jennie! 💙

  3. 🖤🥀 says:
    January 14, 2026 at 6:15 pm

    Heyyy…_MuXo_🖤🥀
    Maasha Allah 🖤🥀This part is Actually so so Incredible!!…Jailam & Xayerr ‘Re Couples…I wish Xayerr agree for Jailam He’s actually so so kind to Herr…So so sorry for Sehrish.. Don’t worry Sehrish!! Everything will be fine…Aakif too He’s also so confused 🤔 I think he’s gonna Like her in first sight cause of the Trailer…Aakif doesn’t need to like someone’s wife..I think Ava is Showing Evidence of Xayerr For Xayerr it’s illegal to be with other man Although,Jailam not care about that at All!!Anyways ,So so Cool Tale 😎Dude
    Lysmm
    Tc of Yourself
    When’s next?Dude

    1. _MuXo_ says:
      January 14, 2026 at 7:24 pm

      Thank you 🖤🥀 so much!
      Glad you liked the story! 😄
      Aakif doesn’t know that zayaa is married that’s why he is with her! 😊
      Love you too!! 😘
      You also take care Dude!! ✌
      Well next part dhen berevey nee dhen oii dhe vhk upload kohlaafa!🥰
      V ummeedhu kuran inthizaaru kuraane kamah! 🤗

  4. 🖤🥀_Itxx A says:
    January 14, 2026 at 9:11 pm

    When Bestie publishing other two stories? Could you tell me ??? I’m wenting here for every sec 💕 Btw, Happy holidays 🥳❤️🥀 When’s Ur birthday coming???🥀

    1. _MuXo_ says:
      January 14, 2026 at 10:12 pm

      Inshaallah tonight liyelaafa submit kohlaanan one story.. 🤗
      I hope you also have the happiest holidays.. 🥰
      My birth day is aharu nimey kolhu.. Hehe! 😅

  5. Shaba_73 says:
    January 14, 2026 at 9:20 pm

    Mi part vx vrh reethi MA!! 😍
    I think dhen ehme rangalhu vaany Aakif aa sehrish aa gulhunyma hen…. Xaayaa ah jailam ranalhehnu… Sehrish and Aakif vx vrh dhera vaane dhw Ekam vx keehkurany 😭
    Curiously waiting for the next part when’s next?
    Lysm and Tc my lovely 🤗❤️

  6. _MuXo_ says:
    January 14, 2026 at 10:15 pm

    Thank you Shaba_73! 😃
    Lets see dhw Aakif and Sehrish ah vaane goii dhw! 😊
    Next part of the story will be uploaded when the other two stories are out! 🥰
    Love you more Shaba_73! 😘
    You also take care my dear reader! 🤗

  7. Gurl 🩷 says:
    January 15, 2026 at 8:55 am

    Mi part vx v reethi❤😊
    curiously waiting for the next part❤😊
    When next???.? ❤😊

    1. _MuXo_ says:
      January 15, 2026 at 2:22 pm

      Thank you!! 😃
      Next part ves v avahah Inshaallah! 😊

  8. Ilovegemini🪐 says:
    January 16, 2026 at 1:21 pm

    Omggg salhi as alwaysss mhr test ah ready vumuge badhalu I am starting to read stories again 😭 hma vrh reethi

    1. _MuXo_ _MuXo_ says:
      January 16, 2026 at 6:08 pm

      Thank you! 🥰
      Test ah balai gen ulhechey.. Test ah dhas kohlaafa ais vhk kiyaanee okay..! 😊

    2. _MuXo_ _MuXo_ says:
      January 16, 2026 at 6:09 pm

      Btw name fenifa ves egihjje kaaku kan! Hehe!! ✌💙

  9. Ilovegemini🪐 says:
    January 17, 2026 at 9:55 pm

    Ahahaha salhi dhw name 😭😭

Comments are closed.

Next Episodeމުޅި ހިތް ބޭޤަރާރު ވެއްޖޭ-9←


All Right Reserved!