ރަޝްނާން އަށް ހިޔާލު ތަކުން ބޭރުވެވުނީ ޕައްކިޔާފައި ފެން އެއްޗެއް އޭނާ ގަޔަށް ޖެހުމުންނެވެ. ހައިރާންވެފައި ހުރެ އޭނާ އަށް ފުރަތަމަ ބަލައިލެވުނީ ތެމި ފޮވެފައިވާ އޭނާގެ ގަމީހަށެވެ. ދެން ނަޒަރު ހިންގާލީ އޭނާގެ ކަނާތްފަރާތަށެވެ. *ޕާރޓް-3* އޭރު ބޮޑު ތައްޓެއް ހިފައިގެން ހުރީ އަންހެން ކުއްޖެކެވެ. އެކުއްޖާގެ މޫނު ހީވަނީ ހުދު ކަމުން ކާފޫރުތޮށި ކޮޅެއް ހެންނެވެ. އެކުއްޖާގެ މޫނުމަތިން ކިތައްމެހާވެސް ބިރުވެރިކަން ފެނަން ހުއްޓެވެ. ޒަހްރާ އަށް އިދެވުނީ ހުއްޓުން އަރާފައެވެ. މިވީ ކިހިނެއް ހެއްޔެވެ. […]
“ސޮރީ..” ދެމީހުންނައް ވެސް ބުނެވުނީ އެއްފަހަރާއެވެ. ފިރިހެންވަންތަ އަޑެކެވެ. އިސް އުފުލައި ހަޔާ ބަލައިލުމާއި އެކު އޭނާ ހައިރާންވި އެވެ. ހަމައެފަދައިން އެހާ އުފާވެސް މިއެވެ. އެފިރިހެން ކުއްޖާގެ ވެސް މޫނުމަތި އެއްކޮށް އަލިވެގެން ދިޔައެވެ. ރީތި ހިނިތުންވުމެއް އެކުއްޖާގެ ތުންފަތްމައްޗަށް ވެރިވިއެވެ. “ޒާމިން..” ހަޔާ އެނަން ކިޔާލިއެވެ. *ޕާރޓް-22* ޒާމިން ހިނިތުންވެ ހުރެ ބޯޖަހާލީ މިއީ އަސްލުވެސް އޭނާއޭ ބުނާފަދަ ގޮތަކަށެވެ. ޒާމިން އަކީ ހަޔާގެ ކުޑައިރުގެ ވަރަށް ގާތް އެކުވެރިއެކެވެ. ނަމަވެސް ހަޔާ ރާއްޖެ ދިޔަފަހަކުންނެއް ޒާމިން އެއް […]
ސެހްރިޝް އަވަސް އަވަހަށް ފޮޓޯއެއް ނަގާލިއެވެ. މާދަމާ އޭނާ ވާސިލް އަށް ގުޅާފައި އެއީ ކާކުތޯ އަހާނެއެވެ. ވާސިލް އޭނާ ކައިރީ ނުބުނެ އެހެން އަންހެން ކުދިން ގޮވައިގެން ބޭރަށް ނުކުންނަނީ ހެއްޔެވެ. އަނެއްކާ އެއީ ވާސިލްގެ އާއިލާ ކުއްޖެއް ބާއެެވެ؟. *ޕާރޓް-5* ކާރު ލޯގަނޑުން ބޭރު ބަލަން އިން ޒާޔާ އިނީ ރުޅި މޫނުހަދައިގެނެވެ. ޖައިލަމް ކާރު ދުއްވަމުން ދިޔައީ އޭނާ އުޅޭ ގެޔާއި ދިމާއަށެވެ. މުޅި ދަތުރު ހޭދަވެގެން ދިޔައީ ހަމަހިމޭން ކަންމަތީއެވެ. ޖައިލަމް […]
ޔޫރާ އަކީ ނުލާހިކު ވާހަކަ ކިޔުމަށް ފޯރި ހުންނަ ކުއްޖެކެވެ. ކޮންމެ ދުވަހަކުވެސް އެނާ ކޮލެޖް ނިއްމާ ފައި ބައިގަޑިއިރަށް ވިއަސް ލައިބްރެރީ އަށް ވަދެލާނެއެވެ. ނަލަހެދިލައިގެން ގެއިން ނުކުތް ޔޫރާ މަގުގެ ދެކޮޅު ހޯދާލިއެވެ. އެއްވެސް މީހެއްގެ ހިލަމެއް ނުވެއެވެ. މަޑުމަޑުން އައިސް ލައިބްރެރީ ހުރި މަގަށް އަޅައިލިތަނާހެން ފަތްތަކެއް މުގުރިގެން ދިޔަކަހަލަ އަޑެއް އިވުނެވެ. ޔޫރާ ފަހަތް ބަލައިލީރަށް އެމީހަކު އެތާ އިން ގަހެއްގެ ނިވަލަށް ވަދެ ނިވާވިއެވެ. ޔޫރާ އަށް ހަމަރަގަނޅަށް ވެސް […]
އެރޭ ހަޔާ ގެޔަށް ދިޔައިރު 10 ޖަހާ ބޮޑު ވެއްޖެއެވެ. އޭނާ ގެޔަށް ވަނީރު އެކަކުވެސް ފެންނާކަށް ނެތެވެ. އެހެންކަމުން އޭނާ ގޮސް ކޮޓަރިއަށް ވަނެވެ. ނިދަންވެގެން ފެންވަރައިގެން އޮށޯތުމާއި އެކީ ހަޔާ އަށް ނިދުނެެވެ. ފުން ނިންޖަކަށް ގެނބިފައި އޮތް ހަޔާ އަށް ހޭލެވުނީ އަޑެއް އިވުމުންނެވެ. *ޕާރޓް-21* އަދިރިކޮށް އޮތް އެކޮޓަރިތެރެއަށް ހަޔާގެ ދެލޯ ހޭނެން ކުޑަ ވަގުތުކޮޅެއް ނެގިއެވެ. ދެލޯ އުނގުޅައިފައި ކޮޓަރި ތެރެއަށް ނަޒަރެއް ހިންގާލިއެވެ. ހަޔާގެ ލޮލުގައި އަޅައިގަތީ ހުޅުވައިފައިވާ […]
“އެކަމަކުވެސް ކަލޭ ނުޖެހޭނެ މަގޭ ކޮޓަރިއަށް ވަންނާކަށް..” ޒާޔާ މޭމަތީގައި އަތް ހުރަސްކޮށްލަައިފައި ތުން ކޮޅު އަނބުރާލިއެވެ. “އަހަރެންނަށް ފުރިހަމަ ހައްޤު އޮންނާނެ ޒާޔާގެ ކޮޓަރިއަށް ވަންނަން..” އެމީހާ މިހެން ބުނެ އެނބުރުނެވެ. *ޕާރޓް-4* އެއީ ޒުވާން ފިރިހެނެކެވެ. ޒާޔާ ދެބުމަ ގޮށް ޖަހައިލައިފައި އެމީހާ އާއި ކައިރިއަށް ފިޔަވަޅެއް އަޅާލިއެވެ. އެމީހާ ވިހަ ގޮތަކަށް ހިނިތުން ވެލިއެވެ. “ކަލޭ ބޭނުން ވަނީ ކޮންކަމެއް..؟” ޒާޔާ މަޑުމަޑުން އަހާލިއެވެ. “އަހަރެން ބޭނުންވަނީ..” އެމީހާ ޖުމްލަ އެއް ފުރިހަމަ […]
އިރު އޭގެ ވާޖިބް އަދާކޮށްފައި ދުނިޔެއާއި އަލްވަދާޢު ކިޔައިފިއެވެ. ދުނިޔެމަތި އަނދިރިވާން ފަށައިފިއެވެ. މަގުތައްމަތި ފަޅުވާން ފަށައިފިއެވެ. ދުނި ސޫފާސޫފިތައްވެސް އެއެއްޗިހީގެ ހާލިތަކަށް ވަންނަން ފަށައިފިއެވެ. ކޮލެޖް ނިއްމާފައި ނުކުތް ކުދިންތަށް އެކުދިންގެ ގޭތަކަށް ދާން މިސްރާބު ޖަހައިފިއެވެ. ކުދިންތަށް ގޮސް ހުސްވިއިރުވެސް ގޭޓް ކައިރީގައި ކުއްޖަކު ހުއްޓެެވެ. ބެލެވޭ ގޮތުގައި އެކުއްޖާ އެއިނީ ބަލާ ނައިސް ގެންނެވެ. ފޯނުން އިރުއިރު ކޮޅާ ގުޅާލައެވެ. ވަރަށް މަގުމަތިވެސް ހޯދަލައެވެ. ނަމަވެސް އެއްވެސް މީހެއްގެ ހިލަމެއް ނުވެއެވެ. އެއްމެ […]
“އަވަހަށް ހިގާ ދާން ޔަސް ކައިރިއަށް..” ކައިލާން އެހެންބުނެ ބައިސްކަލު އަނބުރާލިއެވެ. ހަޔާ ވެސް އަވަހަށް ބޭނުންވަނީ ޔަސްރާ އަށް މިމީހަކު ދައްކައިފައި އަވަހަށް މައްސަލަ ހުށައަޅާށެވެ. *ޕާރްޓް-20* މާ ބާރަށް ދުއްވައިފައި އަންނަމުން އެކްސިޑެންޓް ނުވީވެސް ހަމަ ކިރިޔާއެވެ. ކައިލާން ކުޑަކޮށް މަޑުޖެހިލިއެވެ. ހަޔާ ހަމަ ކުރިން ދުއްވި ބާރު މިނުގައި ދުއްވައިފައި އެބަދެއެވެ. “ހަޔާ.. ހަމަ ޖެހިލަބަލަ..” ކައިލާން ގޮވާލިއެވެ. ހަޔާ ފަސްއެނބުރި ބަލައިލައިފައި ބުނެލިއެވެ. “އަހަރެން ބޭނުމީ އަވަހަށް ދާން..” ކައިލާން އަށް […]
ބޯކޮށް ވާރޭ ވެހެމުން ދިޔައިރު ވައިވެސް އެހާ ބާރެވެ. ވަޔާއި ދެކޮޅަށް ހަނގުރާމަ ނުކުރެވިގެން ގަސްތައްވެސް ހަތިޔާރުތައް ބަހައްޓައިފައި ވަޔާއި އެއްކޮށް ހެލެމުން ދަނިއެވެ. މަގުތައް ފެންބޮޑު ވަމުން ދިޔައީ ސިކުންތުކޮޅެއް ތެރޭގައެވެ. މިއޮށްބޯ ވިއްސާރަ ތެރޭގައި މަގުމެދުން އަންހެން ކުއްޖަކު ހިގައިފައި އަންނަތަން ފެނިއްޖެއެވެ. އެކުއްޖާގެ މޫނުމައްޗަކު އެއްވެސް ދިރުމެއްނެތެވެ. އޭރުވެސް އެކުއްޖާ އަށް ދިޔައީ ގިސްލެވެމުންނެވެ. “ކަލޭޔާ ހެދި މަގޭ ކޮއްކޮގެ ހިތް ހަލާކު ވެއްޖެ.. ކަލޭ ހީއްކުރަނީ އަދިވެސް މަ ކަލޭ ދައްކާ […]